އެ ބަދުނަސީބު ރޭ
ިއަދަކީ ވަރަށް ވިއްސާރަދުވަހެކެވެ. ހަވީރު ވަގުތު އަހަރެން ބޭރަށް ނިކުތީ ވިއްސާރަ މަޑުވެލާފައި އޮތުމާއި އެކު ފޯނުކޯލެއް ކޮށްލުމުގެ ނިޔަތުގައެވެ. ގެ ކައިރީގައި އިންނަ އަށްޓަކީ އަހަރެން ފޯނުގައި އިންނަ މަޒިލް ކަމުން އެތާނގައި މަޑުކޮށްލީމެވެ. އަދި އަހަރެން ފޯން ކޯލް ކޮށްލީމެވެ. ޖެހުނު ބޮޑު ވާހަކައިގެ ސަބަބުން މަޖާވެގެން ހިގަން ފެށުނެވެ. ގެ އާއި މާދުރަށްވެސް ދުރަށް ދެވުނެވެ. އޭރު ގާތް ގަނޑަކަށް ފަހެއް ޖަހަން އުޅޭނެއެވެ. އިރު އޮއްސެން ގާތްވުމާއެކު އަހަރެންގެ ފޯނުކޯލުވެސް ކުރުކޮށްލުމަށް ފަހު ގެއަށް އެބުރި ދިޔުމަށް ހިގައި ގަތީމެވެ. ގެއަށް ދާން ހަމަ ހިނގައި ގަތް ތަނުން އަނެއްކާވެސް ފޯނު ރިންގުވާން ފެށިއެވެ. މިފަހަރު ގުޅީ ވަރަށް ޒަމާންވީ އެކުވެރިއެކެވެ. އޭނާ ނުގުޅާތާ ގާތްގަނޑަކަށް މަހެއްހައި ދުވަސް ވެދާނެވެ. ގުޅައިގެން ވާހަކަ ދައްކަމުން ހިނގަމުން އަހަންނަށް ދެވުނީ އަތިރި އާއި ދިމާޔަށެވެ. މީހަކު އަހަރެންގެ ފަސްފަހަތުގައި އުޅޭ ހެންހީވާތާ އިރުގަނޑެއް ވެއްޖެއެވެ. މިކަން ޔަގީނަށް ބަދަލުވީ އަތިރިކައިރީގައި ހުރުމަށް ފަހު މަގަށް ނުކުތުމާއިއެކު އަހަރެންގެ ފަހަތުން އަޅައިގަނެގެން ނައްޓަން ނޭނގިގެން އުޅޭ މީހެއް އެމަގުން އަތިރިއާއި ދިމާއަށް އަންނަތަން ފެނުމުންނެވެ. ފޯނުން ގުޅައިގެން ހުރި އެކުވެރިޔާ ކައިރީގަ އެވާހަކަ ބުނީމެވެ. އަދި އޭނާ އުޅޭ ގޮތުން ކޮންމެވެސް ކަމަކަށް ފާރަލާހެން ހީވާ ވާހަކަވެސް ބުނީމެވެ. އޭނާ އަކީ މުޅި ރަށުގައި ނުބައި އަރުވާ މީހުންގެ ތެރެއިން ވެސް އެއްވަނައެވެ. ސަބަބަކީ އޭނާގެ ބޭބެ އަކީ ރަށު ބޮޑުކަތީބު ކަމުގައި ވާތީވެ ކަންވެސް ނޭނގެއެވެ. މިހުރިހާ ސަބަބަކާއި ހުރެ އަހަރެންގެ އެކުވެރިޔާ އަހަރެން އަވަހަށް ގެއަށް ދިޔުމަށް ނަސޭހަތްތެރި ވިއެވެ. އަދި އަހަރެންވެސް ފޯނު ކަނޑާލުމަށްފަހު ގެއަށްދިޔުމަށް ހިނގައިގަތީމެވެ. އޭނާ އޭރުވެސް އަހަންނާ ދިމާޔަށް ހިގަމުން އާދެއެވެ. އަހަންނާއި އޭނާ އަރާހަމަ ވުމާއި އެކު ވަރަށް ބާރަށް އަތުގައި ހިފިއެވެ. އަހަރެންއަތުން ދޫކުރުމަށް ބުނީމެވެ. ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން ބުނީމެވެ. އެހެނަސް ބުނި އެއްޗެއް އަޑުއިވުނު ހެނެއްވެސް ހިއެއްނުވެއެވެ. އަހަރެން އެއްއަތުން ފޯނުނެގީމެވެ. އަދި އެންމެ އަވަހަށް ގުޅެން އިން ނަމްބަރަކަށް ގުޅީމެވެ. ގުޅުނީ އަހަރެން ކައިރީގައި ގެއަށް ދިޔުމަށް ނަސޭހަތްތެރިވި އެކުވެރިޔާ އަށެވެ. އަދި އެތަނަށް މީހެއްފޮނުވާ ދިނުމަށާއި ކޮންމެވެސް މީހެއް ކައިރީގައި އެވާހަކަ ބުނުމަށް އެދުނީމެވެ. އެވަގުތު އަހަރެންގެ އަތުން އެނުލަފާ މީހާ އަހަރެންގެ ފޯނު އަތުލިއެވެ. އަދި ބިމަށް ފޯނު ޖެހިއެވެ. ފޯނުގެ ބެޓެރި ނެއްޓިގެން ފޯނު ނިވުނެވެ. އަހަރެން ގަތް ބިރުން ތެޅިގަނެވުނެވެ. ދުވެ ފިލުމަށް މަސައްކަތް ކުރީމެވެ. ނަމަވެސް އަހަރެން ގައިގާ އޭނާ ހިފެހެއްޓިއެވެ. ހަޅޭލަވަން މަސައްކަތް ކުރީމެވެ. އެހެނަސް އަހަރެންގެ “ބަދުނަސީބު” ކަމުން އޭނާ އަހަރެންގެ އަނގަމަތީގައި އަތް އަޅާ ހަޅޭ ނުލެވޭ ގޮތައް ހެދިއެވެ. އަހަރެން ގަދަ ދައްކަން ފެށީމެވެ. އެގޮތަށް ގަދަ ދެއްކުމުގެ ތެރޭގައި ކުއްލިއަކަށް އަހަރެންގެ މޫނު މަތީގައި ފޮތިގަނޑެއް ނޫނީ ޓީސޯޓެއް ކަހަލައެއްޗެއް އެޅުނެވެ. އަދި އެޅުނުގޮތަށް މޫނުމަތީގައި ހައްޔަރު ވިއެވެ. އެނާ އަހަރެންގެ މޫނުމަތީގައި އެފޮތިގަނޑު އޮޅާލީއެވެ. އަހަނަށް އެވެސްތަނެއް ނުފެންނަ ގޮތަށެވެ. އަހަރެން ބިރުން ރޯމަހެއް ތެޅޭހެން ތެޅުމުން ގެންދިޔައިމެވެ. އަހަރެން ތާކަށް ގެންދާން އުޅޭކަން އިގޭތީއެވެ. އެތަނުގައި އުޅެނީ އޭނަ އެކަނި ނޫންކަން އިނގުނީ ދެނެވެ. ދެމީހެއްވެސް ނޫނެވެ. ހަތަރު ފަސް ވަރަކަށް މީހުން އުޅޭކަން އެނގުނެވެ. އަހަރެންގެ “ބަދުނަސީބު” ކަމަކީ އޭގެ އެންމެ މީހެއްފިޔަވާ ދެން އެހެން އެއްވެސް މީހެއްގެ މޫނު އަހަންނަށް އެވަގުތު ނުފެނު ކަމެވެ. އެމީހުން އަހަރެން ދުރު ހިސާބަކަށް ގެންދިޔައެވެ. މީހުން ނޫޅޭ ވާބޯ ހިސާބަކަށެވެ. އެކަން އަހަންނަށް އެނގެނީ އަހަރެން ތެޅި ފޮޅުމުގެ ތެރޭގައި ގަސްގަހުގައި އަޅައިގަތްކަމުންނެވެ. ވަކި ހިސާބަކަށް ގެންދިޔުމަށް ފަހު އަހަރެން ބިންމައްޗަށް އެއްލާލިއެވެ. އެވަގުތު އަހަރެންގެ ބޯ އެއްޗެއްގައި ޖެހުނެވެ. އަދި ބޮލަށް އެވަގުތު ވަރަށް ތަދުވިއެވެ. އެ ހައިވާނުންތަކެއްފަދަ މީހުންގެ ޝަހުވާނީ ހުރިހާ އެދުމެއް ފުއްދުމަށް އަހަރެން ކަނު ބަދެފައި ބާއްވާ ބޭނުން ކުރުމަށް ފަހު އަހަރެން ވާތެރޭގައި ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދާއި ދުރުހިސާބަކަށް ޖަނަވާރެއް އެއްލާލާ ބީދައިން އެއްލާލުމަށް ފަހު ހުރިހާ އެންމެން ފިލީއެވެ. އަހަރެން އެތަނުގައި ގިސްލާ ރުއީމެވެ. އަދި ދެލޯ މަތީގައިވާ އަޅާފައިވާ ފޮތިގަނޑު މޮހާލުމަށް ފަހު އަހަރެންގެ ކަޝްފުވެފައިވާ އައުރަ ނިވައިކޮށްލުމަށް އެތަނުން އަހަރެންގެ ހެދުން ފެނޭތޯ ހޯދަން ފެށީމެވެ. ހެދުންވަނީ އެތަށް ދިމާޔަކުން ވީދާލާފައެވެ. ހެދުން ލައިގެން އެތަނުގައި ނުހިނގިފައި އެތައް އިރަކު އިންނަންޖެހުނެވެ. މީހެއްގެ އެހީއެއް ލިބުމަށް އެދި އެދިއެވެ. ނަމަވެސް އެތަނަށް މީހެއް ނާންނާނެކަން ޔަގީނެވެ. ހިތްވަރު ކޮލުމަށް ފަހު އަތިރިމައްޗައް ފޭބީމެވެ. އެދި މީހުން އުޅޭ ހިސާބަށް ދިޔުމަށް ހިނގައިގަތީމެވެ. ދިޔައިރު ވާތެރޭގައި މީހުން އުޅޭހެންހީވިއެވެ. ގަތް ބިރާއި އެކު އެދިމާއިން ދުރަށްގޮސް އެތަނުގައި ހުރި ރުކެއްގެ ބުޑުގައި އިށީންނީމެވެ. އަދި އަމިއްލަ ނަފުސަށްޓަކައި ދެރަވެ ހިތާމަ ކުރީމެވެ. އަހަރެން ހޯދަމުން އަހަރެންގެ ކޮއްކޮ އަހަންނަށް އިށީދެގެންއިން ރުކާދިމާލަށް ދުވެފައަންނަތަން އަހަރެންނަށް ފެނުނެވެ. މިއަދު އަހަންނަކީ ވެސް ބައެއްގެ ޖިންސީ ޝިކާރައަކަށް ވެފައިވާ މީހަކީމެވެ. މި ފަދަ އަމަލު ކުރާ މީހުންނަށް ހަރުކަށި އަދަބު ދިނުމަށް އަހަރެން އަމިއްލައަށް ގޮވާލަމެވެ. އަހަރެންގެ ޙަޔާތަށް އެ ހައިވާނުން ގެނުވި ބަދުނަސީބު ރެއި އެހެން އަންހެން ކުއްޖަކަށް ކުރިމަތިވާކަށް އަހަންނެއް ނޭދެމެވެ. އެ ހައިވާނުންނަށް ނުވިސްނުނަސް އަހަންނަށް ހާދަ ވޭނެއް އެޅިއެވެ. ހާދަ ތަދެއް އިޙްސާސް ކުރެވުނެވެ. އަންހެން ކުއްޖެއްގެ އެންމެ އަގުބޮޑު ގަހަނާކަމަށްވާ އަހަރެންގެ ޢިއްފަތްތެރިކަން އެމީހުން ފޭރިގަތީ އެއްވެސް ޙައްޤަކާއި ނުލައެވެ. އެ ހައިވާނުންނަށް އެކަމުގެ ހިތި ޝަޒާ މިދުނިޔެއިން ލިބެމުންދިއުން އެއީ އަހަރެންގެ ހިތް ނޭދުނަސް ކުރެވޭ ދުޢާއެކެވެ. ހަމަގައިމުވެސް މަޙްޝަރުގެ މައިދާނުގައި އެ ހައިވާނުންތަކެއްފަދަ އިންސާނުންނަށް އެކަމުގެ ޙައްޤު ޝަޒާލިބޭނެއެވެ.
=ނިމުނީ=
7 Comments!
Comments are closed.

މިއީ ވަރަށް ގިނައިން މިހާރަކަށް އައިސް ހިނގާ ކަމެއް. މިކަހަލަ ކަންތަކަށް އެކަށީގެންވާ ފިޔަވަޅު އެޅޭން ވާނެ!
އެއް ނޭވާއިން ހުރިހާ އިހްސާސް ތައް އަސަރައި އެކު ބަންޑުން ކޮށްލާފަ ދޯ….!
ނައިސް. ވެއިޓިންގް ފޮ ދި ނެކްސްޓް ޕާޓް(: ތަންކޮޅެ އަވަހައް އަޕް ކޮއްދީބަ….
ނީރް ވ ގިނަ ވާހަކަތައް ކިޔާފިން……ވ ރީތި މިވާހަކަ ވެސް
mi vaahaka reethi
ekamaku me bunelaanee emanje ves nujehey reygandu ekani beyruga firihenunnah thithi dhakkan dhuaakah
ehenve buneveynyy emanjege ves ihmaalunney ehen evee
mihaaru ulhey kudhin laanyy kuru ehchehi
dhanvaru 2 jaha iru adhi geakah nuannane
dhn ehen ulhenikoh kameh veema bunaane kameh vee eyy
thimaa ulhey gotheh noannaane
agree with mysterious girl
mikahala kudhinge feelings dheneganan nd i agry mysterious girls