Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ފާތާނިކެ

mohamed neer
June 11, 2013
3 Mins Read
2 Comments

ފުރަތަމަބައި

ހެނދުނު ހަތެއްޖަހާކަން ހާއިރެވެ. ނުހަނު އަރާމުގައި ނިދާލާފައިއޮތް ނަމްޒާއަށް ހޭލެވުނީ ގޭތެރޭގައި އަޑުގަދަވެގެންނެވެ. އިވެމުންދިޔަ އަޑުތަކާމެދު ސަމާލުވެލުމާއެކުހެން ނަމްޒާގެ ހަތަރެސްފައި ކޮޅަށް ޖެހިގެން ދިޔަކަހަލައެވެ. ފުންމައިގެން ކަހަލަގޮތަކަށް އެނދުން ފޭބިއިރު ދެލޮލުން ކަރުނަ ހިލިއްޖެއެވެ. ހަދާނެ ނުހަދާނެގޮތެއް ނުވިސްނުމުން އެންމެ ފުރަތަމަ ދުއްވައިގަނެވުނީ ފާހާނާބައިގެ ދޮރާއިދިމާއަށެވެ. ކަންތައް މި ކުރެވުނީ އަދި އެންމެ ރަނގަޅަށް ނޫންކަން ވިސްނުނީ ދޮރުހުޅުވާލިފަހުންނެވެ. ނިތްކުރީގައި މަޑުމަޑުން ޖަހާލުމަށްފަހު އަނގައިން ޗޮކެއް ކަނޑާލަމުން ދުވެފައި ގޮސް ކޮޓަރިން ނުކުތްއިރު މަންމަ އާއި ދޮންތަ އަދި ދެކޮއްކޮއާއި ދޮންދަތަގެ ތިންދަރިން ތިބީ ފެންޑާތެރޭގައި ރޯށެވެ. އެމީހުންނަށް ނަސޭހަތްދީ އެމީހުން ހަމައަކަށް އެޅުވޭތޯ ބައްޕަ އާއި ދޮންތަގެ ފިރިމީހާ މަސައްކަތް ކުރަމުންދިޔައެވެ.
ނަމްޒާ ކޮޓަރިން ނުކުތުމާއެކުހެން އޭނާގެ މަންމަ ރާބިޔާ ދުވެފައި އައިސް ނަމްޒާގެ ގައިގެ ބައްދައި ގަންނަމުން ކުރިޔަށްވުރެ ބާރަށް ރޮއިގަތެވެ. އަދި އަޑުގަ ނެތްބާރެއް ލާފައި ކަހަލަގޮތަކަށް މާމަ މަރުވެއްޖެކަމަށް ބުނެ ކުރިޔަށްވުރެ ބާރަށް ރޮއިގަތެވެ.
އިވުނު ޖުމްލައާއެކު ނަމްޒާ ގަނޑުވި ކަހަލައެވެ. ބުނާނެ އެއްޗެއް ކުރާނެ ހަރަކާތެއް ނޭނގިފައި ކަހަލަގޮތަކަށް ނަމްޒާއަށް ހުރެވުނީ ކިހާއިރަކުކަމެއް އޭނާއަށް ވެސް ނޭނގުނެވެ. އޭރު އޭނާގެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ.
” ދަރިފުޅާ ނަމްޒާ! ތަންކޮޅެއް އަވަހަށް ތާހިރުވެލައިގެން ސައިބޮއިގެން ދޭބަލަ މާމަގެއަށް. ގޮސް ހިނަވާމީހުންނަށް އެހީތެރި ވެލަން…. ހިތްވަރުކުރާންވާނެ. މިއީ ކޮންމެމީހަކަށް ވެސް އަންނާނެ ދުވަހެއް. ” ނަމްޒާއަށް ބަލާލަމުން އޭނާގެ ބައްޕަ އިބްރާހިމް ބުންޏެވެ.
އިބްރާހިމް ބުނިފަދައިން ޢަމަލުކުރުމަށް ނަމްޒާ އަވަސްވެގަތެވެ. މަންމަ އާއި ދައްތައަށް އަދި ކޮއްކޮމެންނަށް ހިތްވަރާއި ނަސޭހަތް ދެމުން ނުހަނު ހިތްވަރާއި ގަދައަޒުމާ ކުރިޔަށް ޖެހެލިއެވެ.
އުމުރުން ހަތްދިހަވަރަކަށް އަހަރުގެ ފާތާނިކެ އަކީ އޭނާގެ އުމުރާއި އަޅާބަލާއިރު އެހާ ބަލިކަށި މީހެއް ނޫނެވެ.
ފާތާނިކެ އާއި އީސައަށް ލިބިފައިވާ ދެއަންހެންކުދިން ދެފިރިހެންކުދިންގެ ތެރެއިން ދެއަންހެންކުދިން މީހުންނާއި އިނދެގެން އެހެން ދެގެއެއްގައި ދިރިއުޅެމުންދާއިރު އެއްފިރިހެން ދަރިއަކު މީހަކާއި އިނދެގެން މާލޭގައި ދިރިއުޅެމުންދަނީއެވެ. ކައިވެންޏަށްފަހު އަނބިދަރިންނާއެކު ފާތާނިކެ ގާތުގައި ދިރިއުޅެމުންދާ އަދްލީ ވެސް އަނބިދަރިން ގޮވައިގެން މިވަގުތުވީ ލަންކާއަށް ގޮހެވެ. ސްކޫލްބަންދާއި ގުޅިގެން ލިބުނު ޗުއްޓީގައި އަދުލީމެން ލަންކާއަށް ދިޔަތާ އަދި މިވީ ހަފްތާއެއްހާ ދުވަހެވެ. ފާތާނިކެގެ ފިރިމީހާ އީސަ ނިޔަވިތާ މިހާރު ވިއްސަކަށް އަހަރު ވެދާނެއެވެ.
އަދުލީމެން މާލެއިން އަންނާންދެން އެޢާއިލާތަށް ގާތު މަޑުކުރުމަށް އެގެއަށް ދިއުމަށް ފާތާނިކެގެ ދެއަންހެންދަރިން އެދެމުންދިޔަ ނަމަވެސް ފާތާނިކެއަކަށް އެގޮތް ކަމަކުނުދިޔައެވެ. ފާތާނިކެ ބޭނުންވީ އޭނާގެ ޢަލަތުކައިވެންޏާއިއެކު ދިރިއުޅުންބިނާކުރި އެގޭގައި އުމުރުދުވަހު އުޅޭށެވެ.
ފާތާނިކެ އޭނާގެ އާދައިގެމަތިން މިއަދު ވެސް އޭނާގެ ދެދަރިންގާތަށް ގޮސް އެދެދަރިންނާއި އެދަރިންގެ ފިރިންނާއި ދަރިންނާ ބައްދަލުކޮށް ހެދިއެވެ. ނުހަނު އުފަލާއި ހިތްހަމަޖެހުމާއެކު އެމީހުންނާއިއެކު ކާބޯހަދައި ވާހަކަދައްކާ ނަސޭހަތްދިނުމުގައި ވަގުތުހޭދަކުރިއެވެ.
ފާތާނިކެ އަކީ އޭނާގެ މެދުއުމުރުން ފެށިގެން ކަހަލަ ގޮތަކަށް ރަށުގެ ކުޑަކުދިންނަށް ޤުރުއާން ކިޔަވައިދީ އަކުރުއުގައްނައިދިނުމުގެ މަސައްކަތް ހިލޭ ސާބަހަށް ކުރަމުންއައި މީހެކެވެ. ފާތާނިކެގެ މިމަސައްކަތުގެ ސަބަބުން ރަށުގެ ގިނަބައެއްގެ ލޯތްބާއި އިހްތިރާމް ފާތާނިކެއަށް ލިބެމުން ދިޔަ މީހެކެވެ.
ފާތާނިކެގެ މަރުގެ ސަބަބުން ރަށުތެރެއަށްވަނީ ހަމަހިމޭންކަން ވެރިވެފައެވެ. އިއްޔެއާއި ރޭވެސް ނުހަނު ރަނގަޅަށް ހުރި ފާތާނިކެ ކުއްލިއަކަށް މަރުވުން ވެގެންދިޔައީ އޭނާގެ ޢާއިލާމެންބަރުންގެ އިތުރުން މުޅިރަށަށް ލިބުނު ހިތާމައަކަށެވެ. އެހެނަސް މަރަކީ ކޮންމެމީހަކަށް ވެސް ކުރިމަތިވާނެކަމެއްކަން ވިސްނައިދީ އެމީހުން ހަމައަކަށް އެޅުވޭތޯ މަސައްކަތްކުރަމުންދާ މީހުން ވެސް މަދެއްނޫނެވެ.
ފާތާނިކެ މަރުގެ ހަބަރު ލިބުމާއެކުހެން، މާލޭގައި ދިރިއުޅެމުންދާ އޭނާގެ ދަރިފުޅު އަހުމަދު ވެސް އަނބިދަރިން ގޮވައިގެން ރަށަށް އައެވެ. ހަމައެހެންމެ އަދުލީއަށް އެހަބަރު ދިނެވެ.
ފާތާނިކެ ހިނަވައި ކަފުންކޮށް ވަޅުލުމުގެ ހުރިހާކަމެއް ނިމުނުއިރު ހަވީރު ވެއްޖެއެވެ.
ހަތަރުގަޑި ބައި ފަހެއް ޖަހާކަން ހާއިރެވެ. ކޮޓަރީމޭޒުމަތީގައި އޮތް ވޮލެޓް ހިފައިގެން ނަމްޒާ ބޭރަށް ނުކުރީ ފާތާނިކެ ވަޅުލުމަށް ޓަކައި ވަޅުކޮނުމުގެ މަސައްކަތް ކުރިމީހުންނަށް ހަދިޔާއެއްދިނުމަށް އޭނާގެ މަންމަ ބުނެގެން އެމީހުންނަށް ލާރި ދިނުމަށްޓަކައެވެ. އެމީހުންނަށް ފައިސާ ދިނުމަށްޓަކައި ވޮލެޓުން ފައިސާ ނެގިވަގުތު ވޮލެޓްތެރޭން ވެއްޓުނު ކަރުދާސްކޮޅު ނަމްޒާއަށް ފެނުނެވެ. ކަރުދާސްކޮޅެއް ފަދައިން ފަށްޖަހާލާފައިވާ އެ ބިލް ހުޅުވައި ބަލާލުމާ އެކުހެން ނަމްޒާގެ ފިޔަވަޅުތަކަށް ހުއްޓުން އެރިއެވެ.
ނަމްޒާއަށް ވަޒީފާ ހަމަޖެހި އޭނާއަށް ލިބުނު ފުރަތަަމަ މުސާރައިން ހަތްހާސްރުފިޔާ ހަރަދުކޮށް އޭނާގެ މާމައަށް އޭނާ ގަނެދިން ރަންފަށް ކޮބައިބާއޭ ނަމްޒާގެ ހިތަށްއެރީ އެވަގުތުއެވެ. އެއާއެކުހެން އަވަސް އަވަހަށް ގޯތިން ނުކުމެ އޭނާގެ ބޮޑުދައިތަ ވާހިދާ ދިރިއުޅޭގެއާ ދިމާއަށް މިސްރާބު ޖެހިއެވެ.
ފާތާނިކެ ހިނަވައި ކަފުންކުރުމުގެ މަސައްކަތުގައި އުޅުނުމީހުންނަށް އެހީތެރިކަން ދިނުމުގައި އިސްވެ ހަރަކާތްތެރިވި ވާހިދާ އާއި ނަމްޒާ ބައްދަލުކޮށް ދެކެވުނު ވާހަކަތަކުގެ ސަބަބުން އެއްފަހަރާ އެތައް ސުވާލެއް އުފެދިގެން ދިޔައެވެ.
ފާތާނިކެ ހިނެވުމުގެ މަސައްކަތުގައި އުޅުނު މީހުންނާއި ނަމްޒާ އަދި ވާހިދާ ބައްދަލުކޮށް ވާހަކަދެއްކި ދެއްކުމުގައި ފާތާނިކެގެ ހަށިގަނޑުން އެއްވެސް ގަހަނާއެއް ނުފެންނަކަމަށް، ހިނެވިމީހުން ބުނުން ވެގެންދިޔައީ އެންމެނަށް ވެސް ލިބުނު ހައިރާންކަމަކަށެވެ.
އަދުލީއަށް ފޯނުކޮށް ވެގެން އުޅޭގޮތް ކިޔައިދިނީ ނަމްޒާއެވެ. އެވާހަކަތަކުގެ ސަބަބުން އަދުލީ ވަރަށް ކަންބޮޑުވެއްޖެ ކަން އޭނާގެ ވާހަކަތަކާއި އަޑުން ޔަގީންވިއެވެ. އެއާއެކުހެން އަދުލީ ބުނީ އަވަހަށް އެގެއަށް ގޮސް ފާތާނިކެގެ އަލަމާރި އާއި ކޮޓަރި ބަލައި ފާސްކުރުމަށެވެ. ފާތާނިކެގެ އަލަމާރީގައި އެތައް ބައިވަރު ފައިސާ ހުންނާނެ ކަމަށާއި އަދުހަމް ވަރަށްފަހުން މާމައަށް ގަނެދިން އަގުބޮޑު މޮޅު ފޯނެއް ވެސް އޮންނާނެ ކަމަށެވެ.
ނަމްޒާމެން އެގެއަށް ގޮސް ބެލިބެލުމުން އެފަދަ އެއްވެސްއެއްޗެއް އެގެއަކުން ނުފެނުނެވެ. ހަމައެހެންމެ އެގޭގައިވާ އެއްވެސް އެއްޗަކަށް އެއްވެސް ގެއްލުމެއް ވެސް ދީފައެެއްނުވެއެވެ. އަދުލީ ބުނި ފަދައިން ތަޅުދަނޑި ހޯދައިގެން ހުރިހާތަނެއް ވަކިވަކިން ބަލައިގެން ވެސް އެއްވެސް އެއްޗެއް ނުފެނުނެވެ.

ނުނިމޭ

10
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

mohamed neer

Other Articles

Previous

ތުންފުހި

Next

އެ ހަނދާން…… ނުފިލާނެ…………

Next
June 11, 2013

އެ ހަނދާން…… ނުފިލާނެ…………

Previews
June 10, 2013

ތުންފުހި

2 Comments

  1. އަނާ says:
    June 11, 2013 at 12:07 pm

    ހްމްމް.. ވަރަށް އިންޓްރެސްޓިންގް.. ދެވަނަ ބައި ވަރަށް ސަޅިވާނެހެން ހީވަނީ..

  2. ފަޔާ says:
    June 12, 2013 at 6:58 pm

    ސަޅި

Comments are closed.

All Right Reserved!