ހަތަރުވަނަބައި

ގަދައަޑުންހަޅޭލަވަމުން އޭނާގެސަލާމަތަށްޓަކައި ކުރެވޭންހުރި ހުރިހާކަމެއް ކުރަމުންދިޔަ އަގުލީމާ މައިތިރި ކުރުމަށްޓަކައި ޑޮކްޓަރަކު އައިސް އޭނާގެ ގަޔަށް އިންޖެކްޝަނެއްޖެހިއެވެ. އެއާއެކުހެން އަގުލީމާގެއަޑުކެނޑި ހަރަކާތްވެސް ހުއްޓުނެވެ.
ދޭތެރެދޭތެރޭން އޭނާއަށް އެހެންވާކަމަށާއިއެފަދަކޮންމެފަހަރަކު އޭނާ މައިތިރިކުރާންޖެހެނީ އިންޖެކްޝަނެއް ޖަހައިގެންކަމަށް އެތަނުގެ މުއައްޒަފަކު އަލްމާސްގާތު ބުންޏެވެ.
ކޮންމެގޮތަކަށް ކަންތައް ހިނގާފައިވީ ނަމަވެސް، އަގުލީމާގެ ވާހަކަތަކާމެދު އަލްމާސަށް ޝައުޤުވެރިވެވުމުން ދިޔައެވެ. ހަމައެހެންމެ އަގުލީމާގެ ވާހަކަތަކުގެސަބަބުން އޭނާގެވިސްނުމަށް ކޮންމެވެސްވަރެއްގެބަދަލުތަކެއްއަންނަމުންދިޔައެވެ.
އަގުލީމާގެ ޢާއިލާއާގުޅިގެން، އަގުލީމާގެ ޢާއިލާގާތަށް އޭނާ ގެނައުމަށްޓަކައި ކުރެވޭންހުރިހުރިހާކަމެއް އަލްމާސް ކުރަމުން ދިޔައެވެ. އެހެނަސް އަގުލީމާގެބޭބެ ނޫރައްދީނާއި އަލްމާސްފިޔަވާ އެހެންމީހަކަށް އެކަމާބެހޭ އެއްވެސް މަޢުލޫމާތެއް ނޭނގެއެވެ. އަންގާކަށް އެމީހުން ބޭނުމެއް ވެސް ނުވެއެވެ.
އަގުލީމާ މާލެ ގެނައުމަށްޓަކައި މާލޭންކުރާންޖެހޭ ހުރިހާކަމެއް ނިންމުމަށްފަހު ގުރައިދޫން ނިންމާންޖެހޭ އެންމެފަހުގެ ކަންތައްތައް ނިންމުމަށްޓަކައި ނޫރައްދީނު ގުރައިދުއަށް ދިޔައެވެ.
ގުރައިދުއަށްދެވުމާއެކުހެން ނޫރައްދީނުއަވަސްވެގަތީޚާއްޞަ އެހީއަށް ބޭނުންވާމީހުން ތިބޭމަރުކަޒުން ނިންމާންޖެހޭކަންކަން ނިންމުމަށް އެތަނަށް ދިއުމަށެވެ.
ޚާއްޞައެހީއަށްބޭނުންވާ މީހުންތިބޭ މަރުކަޒަށް ނޫރައްދީނު ވަދެގެންދިޔަވަގުތު އެތަނުންނުކުތްމީހަކު ނޫރައްދީނަށް ފާހަގަކުރެވުނެވެ. އެހެނަސް އެއީކާކުކަމެއް އޭނާއަކަށް ނޭނގުނެވެ. އެއީކާކުކަން އޭނާއަށް ނޭނގުނު ނަމަވެސް، އެއީމީގެކުރިން ދެކެފައިވާމީހެއްކަން އޭނާއަށް ޔަގީންވިއެވެ.
އޭނާ އުންމީދުކުރަމުންއިންތިޒާރުކުރަމުންއައި ވަގުތުޖެހުނީކަން ނޫރައްދީނަށް ޔަގީންވީ ނާޒިފާއާއި ބައްދަލުވުމުންނެވެ. އަގުލީމާ ބެލެހެއްޓުމުގައި އިސްކޮށް ހަރަކާތްތެރި ވަމުންދިޔަ ނާޒިފާގެ ވާހަކަތަކުގެސަބަބުން ނޫރައްދީނަށް ވަރަށްބޮޑު ހައިރާންކަމެއް ލިބިގެންދިޔައެވެ. ހަމައެހެންމެ އިތުރުއެތައްމަޢުލޫމާތެއް ލިބިގެންދިޔައެވެ. އަގުލީމާގެދުވަސްދުއްވާލުމަށްމީހަކުމަސައްކަތް ކުރަމުންދާކަމާއި މިއީވެސް އެމީހާގެރޭވުމެއްކަން ނޫރައްދީނަށް އެނގިޔަގީންވިއެވެ.
ލިބެމުންދިޔަމަޢުލޫމާތުތަކުގެސަބަބުން ނޫރައްދީނަށްވެސް ގަބޫލުކުރެވުނީ އަގުލީމާދައްކަމުންދާ ވާހަކަތަކުގައި ކޮންމެވެސްވަރެއްގެ ޙަޤީޤަތެއް ވާކަމަށެވެ. ހަމައެހެންމެ އަގުލީމާގެ ވާހަކަތަކާމެދު އިތުރަށްވިސްނާ އެކަމާބެހޭ ކުޑަ ނަމަވެސްމަޢުލޫމާތެއްލިބޭތޯ މަސައްކަތްކުރުން މުހިންމުކަމަށްވެސް ވިސްނުނެވެ.
އަގުލީމާގެ އެކިކަންކަމުގައި ކޮންމެ ދުވަހަކު ކަހަލަގޮތަކަށް އެތަނަށް އައިސް ޑޮކްޓަރާއި ބައްދަލުކުރަމުންދާ މީހާގެފޮޓޯއެއްވެސް ނާޒިފާގެފޯނުން ނޫރައްދީނަށް ދެއްކިއެވެ. ތަންކޮޅެއްދުރުން ނަގާފައިވާ އެފޮޓޯގަނޑު ފެނުމާއެކުހެން ނޫރައްދީނުގެ ލޯކުރިމަތީގައިސިފަވެގެންދިޔައީ އޭނާއެތަނަށްވަންނަނިކޮށް އެތަނުން ނުކުމެގެންދިޔަ މީހާއެވެ. އެއީ އެމީހާގެ ފޮޓޯއެއްކަން ނޫރައްދީނަށް ޔަގީންވިއެވެ.
އަލްމާސްގެއެހީއާއެކު ނޫރައްދީނު ކުރިމަސައްކަތުން އަގުލީމާ އޭނާގެ ޢާއިލާގާތަށް ބަދަލުކުރިއެވެ. ހަމައެހެންމެ އެރޭގެވަގުތެއްގައި، އަގުލީމާއަށް ބޭސްކުރުމަށް އޭނާގޮވައިގެން ނޫރައްދީނު ރާއްޖޭންބޭރަށް ދިޔައެވެ. އަގުލީމާއާ ބެހޭގޮތުން މަރުކަޒުގެ ޑޮކްޓަރު ދައްކަމުންދާ ވާހަކަތައް ޔަގީންކުރާން ނޫރައްދީނާއި އަލްމާސް ބޭނުންވިއެވެ.
އަގުލީމާގޮވައިގެން ސްރީލަންކާއަށް ގޮސް އެކަމަށް ޙާއްޞަ ޑޮކްޓަރަކަށް ދައްކައި ޓެސްޓްހެދުމުން އެނގުނީ އަގުލީމާގެކިބާގައި އެފަދައެއްވެސްކަމެއްނުވާކަމެވެ. ހަމައެހެންމެ އަގުލީމާއަކީ ސިކުނޑިވެސްބަރާބަރަށް މަސައްކަތް ކުރާ ފުރިހަމަ އިންސާނެއްކަމެވެ. އެކަމުގެ ސަބަބުން ނޫރައްދީނަށް ވަރަށްބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ލިބިގެންދިޔައެވެ.
އަގުލީމާއަކީ ފުރިހަމައިންސާނެއްނަމަވެސްއޭނާގެ ސިކުނޑި އަށް އަސަރުކުރާ ކަހަލަ ބޭހެއް ބޭނުންކޮށްފައިވާކަމަށް ވެސް ޑޮކްޓަރު ބުންޏެވެ. އެކަމާބެހޭގޮތުން އަގުލީމާބުނީ އޭނާ މަރުކަޒުގައި ހުރިއިރު ކޮންމެދުވަހަކު ދެފަހަރު ގަދަކަމުން ބޭސްދިން ކަމަށެވެ.
އަގުލީމާގެ ބޭހުގެކަންތައް ނިންމާލުމަށްފަހު، ޖެހިގެންއައި ދުވަހު އަގުލީމާ އާއި ނޫރައްދީނު ރާއްޖެ އައިސްފިއެވެ.
ގަދަވެސަލާމަތުން ހެޔޮޙާލުގައި އަގުލީމާ ހުޅުމާލޭގައިހުރި ނަމަވެސް، އެޢާއިލާގެ މެންބަރުންނާއި އަލްމާސް ފިޔަވާ އެހެން މީހަކަށް އެކަމެއް ނޭނގެއެވެ.
އަގުލީމާއެދެމުންދިޔައެދުމުގެމަތިން އަގުލީމާއަށް އަލްމާސްއާ ބައްދަލުކުރެވޭނެގޮތް ނޫރައްދީނު ހަމަޖައްސައިދިނެވެ. އެހެންވެ އަގުލީމާ ވަރަށް އުފާވެ ހިތްހަމަ ޖެހުނެވެ.
އަގުލީމާގެ ވާހަކަތައްގަބޫލުކޮށް އޭނާ މަރުކަޒުން ސަލާމަތް ކޮށްދިނީތީ އާއި އޭނާގެޙާލަތު ދެނެގަނެ ބޭސްފަރުވާކުރުމަށް ވެދިން އެހީތެރިކަމަށް ޓަކައި އަލްމާސަށް އަގުލީމާ ޝުކުރުއަދާކުރިއެވެ. ހަމައެހެންމެ އޭނާއަށް އިތުބާރު ކުރީތީވެސްއަލްމާސަށް ޝުކުރުއަދާކުރާކަމަށް ތަކުރާރުކޮށް އަގުލީމާ ބުނަމުންދިޔަ އެވެ. އޭރު އޭނާގެމޫނުމަތިންނާއި ހަރަކާތްތަކުން ފެންނަމުންދަނީ އުފަލާއި ހިތްހަމަ ޖެހުމުގެ އަސަރުތަކެވެ.
އަގުލީމާއަށްފެނުނުހުވަފެންނޫރައްދީނާއި އަލްމާސަށް ކިޔައި ދިނުމުން އެދެމީހުންގެ ހައިރާންކަން އިތުރުވެގެން ދިޔައެވެ. އެއާއެކުހެން އަލްމާސް ކޮންމެވެސް ވަރަކަށް ކަންބޮޑުވެސް ވިއެވެ.
އަގުލީމާގެ ހުވަފެނުގައި ގަޒާލާއަށް އެހެން ހެދުމަށްފަހު، ފައިސާތައް ހިފައިގެންދިޔަ މީހާގެ ވާހަކަ ބުނުމުން ނޫރައްދީނުގެ ހަނދާނަށް އައީ އަގުލީމާއަށް ގެއްލުންދޭން މަސައްކަތްކުރިމީހާއެވެ.ނަޒީފާގެ ފޯނުން އެފޮޓޯގަނޑު ނެގުނުކަން އެއީ ނަސީބެކޭ ނޫރައްދީނުގެ ހިތަށް އެރިއެވެ.
ނޫރައްދީނުގެ ފޯނުންދެއްކި ފޮޓޯގަނޑުގައިވާ މީހާއަކީ ގަޒާލާ މަރާލުމަށްފަހު ފައިސާތައް ހިފައިގެންދިޔަ މީހާކަމަށް އަގުލީމާބުންޏެވެ.އެއާއެކުހެން އަލްމާސަށް ލިބުނު ސިހުމުގައި ފުންމައިގެން ކަހަލަގޮތަކަށް ކޮޅަށް ތެދުވެވުނެވެ. އަދި ރުޅިއާއިނަފްރަތާއެކު ވަށައިގެން ހޯދާލަމުން ދޮރާއިދިމާއަށް ހިނގައިގަތްއިރު، އޭނާ ރުޅިއައިސް ރަތްވެފައިވާވަރު ފާޅުވަމުންދިޔައެވެ.
އަލްމާސް އެދުނު އެދުމުގެމަތިން އޭނާއާއެކުގައި ނޫރައްދީނާއި އަގުލީމާ ވެސް އަލްމާސްމެން ކުންފުނީގެ އޮފީހަށްދިޔައެވެ.
ނުނިމޭ

6

4 Comments

 1. fathimath Asim

  June 24, 2013 at 9:32 am

  އެއީ ބާސިތު.ވ ތަފާތު ވާހަކައެއް.

 2. ކްރިޓިކް

  June 24, 2013 at 10:52 am

  ަެަެނީރުގެ މިވާހަކަ އަދި ކޮޅިގަނޑުވެސް ރަނގަޅު. އެކަމަކު ނީރަށް ނަންގަނެލަން އޮތީ މިފަންނުގައި ކުރިއަށް ދުރުވާން ބޭނުންްވެލައްވާނަމަ، ކުރީގެ ދިވެހި ވާހަކަތައް ތަންކޮޅެއް ގިނައިން ކިޔުއްވާށޭ! އޭރުން ވާހަކައިގެ އިބާރާތްކުރުމާ ހުށަހަޅައިދިނުން މާރީތިކުރެއްވޭނެ…ވަރަށް ރީތިވާނެ ޝަމީމާ ޔަޙްޔާގެ ވާހަކަތައް.

 3. pinky

  June 24, 2013 at 1:08 pm

  baasith bust v dhw 😛

 4. min

  December 9, 2014 at 7:08 am

  i agree critic

Comments are closed.