Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ސީ އައި ޑީ

mohamed neer Level 210 Stories100 Stories
June 9, 2013 3 Mins Read
7 Comments

ފުލުހުންގެ މަސައްކަތްތަކަށް ނުވަތަ ފުލުހުންނަށް ތަޢުރީފުކުރާކަށް އަހަރެން ބޭނުމެއްނޫނެވެ. ހަމައެހެންމެ އެބޭކަލުންގެ މަސައްކަތަށް ތާއިދެއްވެސް ނުކުރަމެވެ. އަދި ކުރާކަށް ބޭނުމެއްވެސް ނޫނެވެ. އެހެނަސް އަހަރެމެން އަތުލައިގަތުމަށް ރޫބީ ކުރިމަސައްކަތް މޮޅުކަން ގަބޫލުކޮށް އެކަމަށްޓަކައި އޭނާއަށް ތަޢުރީފުކުރެވުނެވެ. ފުލުހުންގެ ބެލުމުގެދަށުން ތަމްރީނު ލިބިގެން މޮޅު ރޭވުންތަކަކާއި އެކު އައިސް އަހަރެމެންނާއި ކުރިމަތިލީ ރޫބީ އަކީ އެކަމަށް އެންމެ އެކަށީގެންވާ ޒުވާނާކަމުގައި އަހަރެން ގަބޫލުކުރަމެވެ. އަހަރެން ގަބޫލުކުރާ ގޮތުގައި އެކަމަކީ އޭނާގެ ވިސްނުންތެރި ކަމާއި ރޭވުންތެރިކަމެވެ. އޭނާގެސިކުނޑި މަސައްކަތް ކުރާލެއް މޮޅުކަމެވެ.
އަހަރެމެންނާއި ރޫބީ ބައްދަލުވެ ރަހުމަތްތެރިކަން އުފެދި ގުޅުން އާލާވީ ސަބީނާގެ ފަރާތުންނެވެ. ސަބީނާގެ ފަރާތުން އަހަރެމެންނަށް އެނގުނު ގޮތުގައި ރޫބީ އަކީ ޗުއްޓީ ހޭދަކޮށްލުމަށް އެރަށަށް އައި ޒުވާނެކެވެ. ސަބީނާ އާއި ރޫބީ ބައްދަލުވީ ރަށަށް އައި ދޯނިމަތިންނެވެ.
ސަބީނާ އާއި ރޫބީގެ މެދުގައި ރަހުމަތްތެރިކަން އުފެއްދީ ރޫބީ އަމިއްލައަށް އިސްނަގައިގެންނެވެ. ރޫބީ އެދުނު ފަދައިން ސަބީނާމެން ގޭގައި ރޫބީ ހުރުމުގެ ކަންތައް ސަބީނާ ހަމަޖައްސައިދިނެވެ. އަދި އޭނާގެ ރަހުމަތްތެރިންނާއި ރޫބީ ރަހުމަތްތެރި ކޮށްދިނެވެ. ރޫބީއަކީ އެންމެ މިހާރުގެ ފެޝަންތަކަށް ލޯބިކުރާ ޒަމާނީ ޒުވާނެއްކަން އޭނާ ބޭނުންކުރާ ޒަމާނީ ހެދުންތަކުންނާއި ރީތިވުމަށް ބޭނުންކުރާ ބާވަތްތަކުން ވެސް އެނގޭހާ ވެއެވެ.
ސަބީނާގެ ރައްޓެހިންނާއި ރޫބީ ބަދަހިކުރި ގުޅުމުގެ ތެރޭން ވެސް އޭނާ އެންމެ ގަޔާވީ އަހަރެންނާއިކަން އަހަރެންގެ އިތުރުން އަހަރެންގެ ރައްޓެހިންނަށް ވެސް ފާހަގަކުރެވުނެވެ. ހަމައެހެންމެ ތަފާތު ގޮތްގޮތަށް ވާހަކަދައްކައި ވަގުތުގެ ބޭނުންހިފުމަށާއި މަލުގެ ފޮނިބޯލުމަށް ބުނަމުން ހިތްވަރުދެމުން ދިޔައެވެ. ސަމުސަލަށް އެޅުމުން ބޯލާންވީ ކަމަށާއި ނުބޯންވީ ސަބަބެއް ނެތްކަމަށް ވެސް ބުނަމުންދިޔައެވެ.
އަހަރެންގެ ރައްޓެހިން ބުނަމުންދިޔަ ފަދައިން ރޫބީ އާއި ހާއްސަ ގުޅުމެއް އުފެއްދޭތޯ އަހަރެންވެސް މަސައްކަތްކުރަމުން ގެންދިޔައީމެވެ. އަދި އަހަރެމެންގެ އަމަލުތަކަށާއި އާދަތަކަށް އޭނާ ހޭނުވޭތޯވެސް މަސައްކަތްކުރަމުން ގެންދިޔައީމެވެ.
އަހަރެމެންގެ ރޭވުމުގެ ބޮޑުބައެއް ވަރަށް ކާމިޔާބެވެ. އަހަރެމެން ބޭނުން ކޮންމެއިރަކު ރޫބީގެ ޚަރަދުގައި ހޮޓަލަށް ދަމެވެ. އޭނާގެ ޚަރަދުގައި ސިނގިރެޓް ގަންނަމެވެ. އެހެނަސް އެއިން އެއްވެސް ކަމަކަށް އޭނާ އަޅައެއްނުލައެވެ. ހާހެއް ނުވެއެވެ. ކަންބޮޑެއް ވެސް ނުވެއެވެ. އަބަދު ވެސް ފެންނަމުންދަނީ ރަހުމަތްތެރިކަމާއި ގާތްކަމެވެ. ހިތްހެޔޮކަމާއި ހިނިތުންވުމެވެ.
ދުވަސްތައް މާޒީއާއި އެކުވަމުންދިޔައިރު އަހަރެމެންގެ ސިއްރުން ފުރިގެންވީ ރަސްމީ ވިޔަފާރީގެ ތެރެއަށް ވެސް ރޫބީ ވައްދައިފީ މެވެ. އެކަން ވެގެންދިޔައީ ރޫބީ ވެސް ވަރަށް ގަޔާވާ އަދި އެހާމެ ޝައުޤުވެރިވާ ކަމަކަށެވެ. ހަމައެހެންމެ އެކަމާއިގެން ކުރިޔަށްދިއުމަށް އޭނާ ވެސް ނުހަނު ބޭނުންވާ ކަމަކަށެވެ.
އަހަރެމެންނާއި ރޫބީގެ މެދުގައިވާ ގާތްގުޅުމުގެ ސަބަބުން އޭނާއާއި މެދުގައިއޮތް އިތުބާރު ބޮޑުވަމުން ދިޔައެވެ. އަދި އަހަރެމެންގެ އެވިޔަފާރިއާއި ބެހޭ ހުރިހާ މަޢުލޫމާތެއްދީ އެކަމާގުޅުންހުރި ފަރާތްތަކާއި ރޫބީ ރަހުމަތްތެރިކުރުވީމެވެ. އެކަމުގެ ސަބަބުން ރޫބީގެ އުފަލާއި ހިތްހަމަޖެހުން އިތުރުވެގެންދިޔަކަން އަހަރެމެން އެންމެންނަށް ވެސް އެނގެއެވެ.
އަހަރެމެންގެ ސިއްރު ވިޔަފާރީގެ މައިމުގޫކަމުގައިވާ ހަރުސަމްއަށް ރޫބީ ވަރަށްކަމުދިޔައެވެ. ހަމައެހެންމެ އޭނާއާ ވަރަށް ގަޔާވިއެވެ. ހަރުސަމް އެކޭ އެއްފަދައިން ރޫބީ ވެސް އޭނާއާ ވަރަށް ގަޔާވިއެވެ. އެހެންވެ ހަރުސަމް އާއި އެކުގައި ހޭދަކުރާ ވަގުތު ގިނަކުރަމުންދިޔައެވެ.
ހަރުސަމް ބޭނުންވާ ފަދައިން ހަރުސަމް އާއި އެކުގައި ރޫބީ ވަގުތު ހޭދަކުރަމުންދިޔަ ނަމަވެސް، ރޫބީފަރާތުން ހަރުސަމް އެންމެ ބޭނުންވާ ކަންތައް ނުވާކަމަށް ހަރުސަމް ބުނުމުން އަހަރެމެން ވަރަށް ހައިރާންވިއެވެ. ހަމައެހެންމެ ތިއީ ގަބޫލުކުރާން ދަތި ވާހަކައެއްކަމަށް ބުނީމެވެ. އެހެންނޫނީ ހަރުސަމް އަހަރެމެންނަށް އޮޅުވާލަނީ ކަމަށް ބުނީމެވެ.
ރޫބީގެ ފަރާތުން ހަރުސަމް ބޭނުންވާ މަޤްސަދު ހާސިލް ނުވަނީ ދުވަސްވަރުގެ ގޮތުން ކަމަށް ރުބީ ބުނަމުންދާ ބުނުން ޔަގީން ކުރުމުގެ ގޮތުން އަހަރެމެން ސަބީނާ އާއި ވާހަކަދެއްކުމުން ސަބީނާ އެކަން ޔަގީންކޮށްދިނެވެ.
ސަބީނާ އެބުނާފަދަ ހާލަތުގައި ރޫބީ ހުރިނަމަ އެކަން ކާމިޔާބު ނުވެދާނެކަމަށް އަހަރެމެން އެއްބެސްވީމެވެ.
ދުވަސްތައް މާޒީ އާއި އެކުވަމުން ދިޔައިރު ރޫބީގެ މޫނުމަތިންނާއި ހަރަކާތްތަކުން ފެންނަމުންދަނީ އުފަލާއި ހިތްހަމަޖެހުމުގެ އަސަރުތަކެވެ.
ދެހަފްތާއެއްހާދުވަހު އަހަރެމެންނާއި އެކުގައި އުޅުމަށްފަހު ރޫބީ މާލެ ދިޔައީ ވަރަށް އަވަހަށް އަންނާނެކަމަށް ބުނެފައެވެ. ހަމައެހެންމެ އަހަރެމެންގެ ސިއްރު ވިޔަފާރިއަށް ބޭނުންވާ ސާމާނު ވެސް ގެންނާނެ ކަމަށް ބުނެފައެވެ.
ރޫބީ މާލޭގައި ހުރި ނަމަވެސް އަހަރެމެންނާއި ގުޅައިގެން ހާލުއަހުވާލު އޮޅުންފިލުވާ ހަދައެވެ. އެކަމުގެ ސަބަބުން އަހަރެމެންނަށް ލިބެމުންދާ އުފަލާއި ހިތްހަމަ ޖެހުން އިތުރުވަމުން ދިޔައެވެ.
ދެތިންދުވަސް މާލޭގައި ހޭދަކުރުމަށްފަހު އަނެއްކާ ރޫބީ އައީ އެއްރޭ ފަތިހުއެވެ. އޭނާ ބޭނުންވި ފަދައިން އޭނާ ދަތުރުވަރުބަލި ފިލުވާލާ ނިދާލުމަށް އަހަރެމެން އެދުވަސް އެއްކޮށް އޭނާއަށް ދޫކޮށްލީމެވެ.
އަހަރެމެންނާއި ރޫބީ ބައްދަލުކުރީ އެރޭގެ ދިހައެއްޖަހާކަން ހާއިރު އަހަރެމެންގެ ރަސްމީ މަރުކަޒު ކަމުގައިވާ ހަރުސަމްމެން ގެއިންނެވެ. އޭރު އެންމެންގެ މޫނު މަތިން ވެސް ފާޅުވަމުންދަނީ އުފަލާއި ހިތްހަމަޖެހުމުގެ އަސަރުތަކެވެ.
ރޫބީ އޭނާގެ އަތްދަބަސް ހުޅުވާލުމަށްފަހު ދަބަހުން ނެގި ކޮތަޅެއް މޭޒުމަތީގައި ބަހައްޓާލިއެވެ. އަދި ވަރަށް ފަރުވާތެރިކަމާއެކު އޭގައިވާ ތަކެތިނަގާ މޭޒުމަތީ ބެހެއްޓިއެވެ. މޭޒުމަތީގައި ބެހެއްޓި ތަކެތި ފެނުމާއެކުހެން އެންމެންގެ މޫނުމަތިން ފާޅުވަމުން ދިޔަ އުފަލާއި ހިތްހަމަޖެހުން އިތުރުވެގެން ދިޔައެވެ.
ވިޔަފާރީގެ ކަންތައް ކުރިޔަށްގެންދާނެ ގޮތަކާމެދު ވާހަކަ ދައްކާ މަޝްވަރާކުރާން ތިއްބައި އަހަރެމެން އެންމެން ސިއްސައިގެން ދިޔައީ ކުއްލިއަކަށް ކަހަލަ ގޮތަކަށް ދޮރުފަތަށް ލޮޅުމެއް އެރުމުންނެވެ. އެއާއެކުހެން ދޮރުހުޅުވާލާފައި ކޮޓަރިއަށްވަނީ ފުލުހުންގެ ހަތަރު ބޭކަލުންނެވެ.
އެކިމީހުން އެކިދިމާއަށް ދުއްވައިގަތް ނަމަވެސް ފިލޭނޭ އެއްވެސް ގޮތެއް ނެތެވެ. ފުލުހުންގެ އަތްދަށުން ސަލާމަތްވެގެން ފިލާން އަހަރެމެން އުޅުނުއިރު ރޫބީ އިނީ ރޯލަރޯލާއެވެ. ރަށުގައިހުރި ފުލުހުންގެ މަރުކަޒަށް އަހަރެމެން އެންމެން ގެންދިޔައީ އެކުގައެވެ.
ފުލުހުންގެ ބެލުމުގެދަށަށް އަހަރެމެން ގެނައިއިރު އެކޮޓަރިން ފެނުނު މަސްތުވާތަކެތި ވެސް ގެނައެވެ. އެކަމާބެހޭ ގޮތުން ފުލުހުން ސުވާލުކުރުމުން އަހަރެމެން އެންމެން ވެސް މަސައްކަތްކުރީ ތިމާ ސަލާމަތްވާށެވެ. ނަތީޖާއަކަށް ވެގެންދިޔައީ އަހަރެމެން އެންމެންގެ ބުނުން ދިމާވެ ރޫބީ ހައްޔަރުވާގޮތް ވުމެވެ. އެކަމުގެ ސަބަބުން ރޫބީ އަށް ކުރާނެ އަސަރަކަށް އޭނާއަށް ލިބޭނެ ހިތާމައަކަށް ބަލާކަށް އަހަރެމެން ބޭނުމެއް ނުވިއެވެ.
ރޫބީގެ ބޮލުގައި ހުރިހާކަމެއް އެޅުވުމަށް އަހަރެމެން ސަލާމަތްވުމަށް ކުރި މަސައްކަތް ކާމިޔާބުވާނެކަމުގެ ފޮނި އުންމީދުގައި ތިބި އަހަރެމެން ސިއްސައިގެން ދިޔައީ ފުލުހުން ދައްކާންފެށި ވީޑިއޯ ފެނުމުންނެވެ.
އެ ވީޑިއޯއަކީ އަހަރެމެން މަސްތުވާތަކެތި ބޭނުންކޮށް އެކަމުގައި ހަރަކާތްތެރި ވަމުން ދަނިކޮށް ނަގާފައިވާ ވީޑިއޯ އެކެވެ. ހަމައެހެންމެ އެކަމާއި ގުޅުންހުރި އެފަދަ އެތައް ވީޑިއޯއެއް ދެއްކިއެވެ. އެހެނަސް އެވީޑިއޯތައް ނަގާފައިވާގޮތެއް ނޭނގުމުން ނުހަނު ގިނަ ސުވާލު އުފެދުނެވެ.
އަހަރެމެން އެންމެންގެ އިއްތިފާގުން، މަސްތުވާތަކެތި އެތެރެކުރި މީހަކަށް ލޭބަލް ވެފައިވާ ރޫބީގެ ބޮލުގައި ޖަހާފައިވާ ދަތި ފުލުހުން ނައްޓާލުމާއިއެކުހެން އަހަރެންގެ ވިސްނުން ބަދަލުވިއެވެ. އެއީ އެދަތީގެ ބޭނުންކޮށްގެން ކޮށްފައިވާ ވީޑިއޯތަކެއް ކަމުގައި އަހަރެންނަށް ގަބޫލުކުރެވުނީ ވީޑިއޯކޮށްފައިވާ ދިމާއިންނާއި އެއިން އެއްވެސް ވީޑިއޯއެއްގައި ރޫބީ ނުފެންނާތީއެވެ.
ދެހަފްތާއެއްހާ ދުވަސް ވާންދެން އަހަރެމެންނާ އެކުގައި އަހަރެމެން ބުނިހާ ގޮތަކަށް ރުހިގެން ގުޅުން ބަދަހިކޮށްގެން އުޅުނީ ސިއްރު ފުލުހެއްކަން އަހަރެމެންނަށް އެނގުނީ ވަގުތު ފާއިތުވީ ފަހުންނެވެ. ހަމައެހެންމެ އެކަމުން ސަލާމަތްވުމަށް ކުރެވޭނެ އެއްވެސް ކަމެއް ނެތްވަރަށް ބެދުނު ފަހުންނެވެ.
ނިވާކަން ކުޑަ ހާމަކަންބޮޑު ޒަމާނީ ހެދުންތަކާއި ޒަމާނީ ގޮތްތަކަށް ލޯބިކުރާކަން ދައްކަމުންދިޔަ ރޫބީ އެފަދަ ހެދުންތައް އަޅަމުންދިޔައީ، އެކަމަށް ހާއްސަ އަދި ހަށިގަނޑާއި ގުޅުންހުރި ހެދުމެއް ބޭނުންކުރުމަށްފަހު އޭގެމަތިންކަން އަހަރެމެންނަށް އެނގުނީ ސަބީނާގެ ފަރާތުންނެވެ. އެހެނަސް އެއީ ވެސް އެކަން ނިމުނު ފަހުންނެވެ.
އެ ހެދުމަކީ ރޫބީގެ ހަށިގަނޑާއި ގުޅުން ބަދަހިކަމުންނާއި ކުލަ އެއްގޮތްވުމުގެ އިތުރުން އެކަމަށް ހާއްސަ ފޮއްޗަކުން ފަހާފައިވާ ހެދުމަކަށް ވާތީ އެހެދުން ލައިގެން ހުންނައިރު އެހެން މީހަކަށް ނޭނގޭނެއެވެ. ހަމައެހެންމެ ޝައްކު ވެސް ނުވާނޭހެން ފަހާފައިވާ ހެދުމެކެވެ.
ރޫބީއާއި މެދުގައި އަހަރެމެންނަށް ސަމާލު ވެވުނީ އޭނާ އޭނާގެރޭވުން ކާމިޔާބުކޮށް އޭނާގެ މަޤްސަދު ވެސް ހާސިލްކުރި ފަހުންނެވެ.
ނިމުނީ

Share Article

Follow Me Written By

mohamed neer

Level 210 Stories100 Stories

Other Articles

Previous

ބަދަލުވެ ދިޔަ ހަޔާތް – 2

Next

މުޅި އުމުރަށްވެސް ލޯބި ވާނަމެވެ…… (6 ވަނަ ބައި)

Next
June 9, 2013

މުޅި އުމުރަށްވެސް ލޯބި ވާނަމެވެ…… (6 ވަނަ ބައި)

Previews
June 9, 2013

ބަދަލުވެ ދިޔަ ހަޔާތް – 2

7 Comments!

  1. fathimath Asim says:
    June 9, 2013 at 2:59 pm

    ވ ސަޅި

  2. އަނހާ says:
    June 9, 2013 at 3:51 pm

    ވަރަށް ފައްކާ…

  3. zoyasham says:
    June 9, 2013 at 7:03 pm

    ސަޅި ވަރަށް………

  4. Milli Adam says:
    June 10, 2013 at 1:26 pm

    ހަަހަހަ…..
    ވަރަސް ރީތި

  5. ފަވާ says:
    June 12, 2013 at 6:03 pm

    ވަރަށް ފައްކާ…

  6. ނާޒުލީ says:
    June 12, 2013 at 9:42 pm

    ވަރަށް ތަފާތު ސަޅި ލިޔުމެއް

  7. ރިން says:
    July 11, 2013 at 3:39 pm

    ހަބޭސް

Comments are closed.


All Right Reserved!