Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

500 ޑޮލަރު

mohamed neer Level 210 Stories100 Stories
June 23, 2013 3 Mins Read
11 Comments

މެންދުރުފަހު ތިނެއްޖަހާކަން ހާއިރެވެ. ޑޮކްޓަރ އާކާސް އާއި ސާޖިދުތިބީ ހޮސްޕިޓަލް ކެންޓީނުގައެވެ.
އެދެމެދުގައި ކޮންމެވެސް ސިއްރުވާހަކަތަކެއް ދެކެވެމުންދިޔައެވެ. އޭރު ދެމީހުންގެ މޫނުމަތިންވެސް ފާޅުވަމުންދަނީ ކަންބޮޑުވުމުގެ އަސަރުތަކެވެ. ހާސްކަމާއި ނުތަނަވަސްކަމުގެ ކުލަވަރު ވެސް މެއެވެ.
ޑޮކްޓަރު އާކާސް،ސާޖިދުގެ އަތަށްދިން ޓެސްޓްތަކާއި ދިމާއަށް ބަލަހައްޓައިގެން އިންއިރު އޭނާގެދެލޮލުގެކައިރިން ކަރުނައިގެ އަސަރުތައް ފާޅުވާންހުއްޓެވެ.
ޑޮކްޓަރުގެ ވާހަކަތަކާއި ދެކޮޅުހަދަމުން އެކަމާދެކޮޅަށް ވާހަކަ ދައްކަމުންދިޔަ،ސާޖިދުގެ އަނގަބަންދުވީ އޭނާގެ ކުރިމަތިން ހުރަސްކުރި ނަރުސްކުއްޖާ ފެނުމުންނެވެ.
އޭނާގެ ކުރިމަތިން ހުރަސްކުރި ނަރުސްކުއްޖާ ފެނުމާއެކުހެން މާޒީގެތެރޭން ސާޖިދުގެ ހަނދާނަށްއައީ އޭނާ ބެންކޮކަށްކުރި ދަތުރެވެ.
ބައެއްދިވެހިން ބެންކޮކަށް ދަތުރުކުރާފަދައިން މަޖާކޮށްލާ އުފާ ކޮށްލުމަށް ސާޖިދު ވެސް އޭނާގެ ރައްޓެހިންތަކަކާއެކު ބެންކޮކަށް ދިޔައެވެ.
ސާޖިދުމެންތިބި ގެސްޓްހައުސްގެ،އަވަސްފަރުވާދޭ ކޮޓަރީގައި ނަރުހެއްގެ ގޮތުގައި މަސައްކަތްކުރަމުންދާ މާޓިނާ އާއި ސާޖިދު ބައްދަލުވީ ސާޖިދުމެން ބެންކޮކަށްދިޔަ ދުވަހު ހަވީރުއެވެ.
ނުހަނުސާފު އެހާމެހުދުޔުނީފޯމެއްގައިހުރި ރީތިފުރިހަމަ ލޫޅާފަތި ހިމަތޮޅި އިސްކޮޅުންދިގު،މާޓިނާ ފުރަތަމަ ފެނިލުމާއެކުވެސް ސާޖިދުގެ ހިތުގައި އެސޫރަ ކުރެހުނެވެ. އެއްވެސްވަރެއްގެއައިބެއް ފާހަގަނުކުރެވުނު އެމޫނުގައިވާސާފުރީތި ބޮޑު ދެލޮލާއި ދިމާއަށް އެތައްފަހަރަކުބެލުނެވެ. ރަތްކުލާގެލިޕްސްޓިކުން ޖަރީކޮށްފައިވާ ފިނިފެންމަލެއްފަދަ ތުންފަތަށް ޝައުޤުވެރި ވެވުނުއިރު، ޖަންބުކުލައިގެ ކޯތާފަތަށްވެސް އެހާމެ ޝައުޤުވެރި ވެވުނެވެ.
ވަގުތުތައް ފާއިތުވަމުންދިޔައިރު ސާޖިދު އޭނާގެ ރައްޓެހިންނާއި އެކުގައި ވަގުތުތައް ހޭދަކުރަމުން ބެންކޮކްގެ ތަފާތުތަންތަނަށް ޒިޔާރަތްކޮށްބަލަމުން މުހިންމު ތަންތަނާ ބެހޭގޮތުން މަޢުލޫމާތު ހޯދަމުންދިޔައެވެ.
ރައްޓެހިންނާއި އެކުގައި ވަގުތައް ހޭދަކުރަމުންދިޔަ ނަމަވެސް ސާޖިދުގެކުރިމަތީގައި ސިފަވަމުންދަނީ މާޓިނާގެ ސޫރައެވެ. އެރީތި އެހާމެފުރިހަމަ މާޓިނާއާ ބައްދަލުކޮށްލާ ވާހަކަދައްކާލުމަށް ސާޖިދުގެހިތްއެދި ގޮވަމުންދިޔައެވެ. ހަމައެހެންމެ އޭނާގެ ހިތުގެގޮވުމަށް އިޖާބަދިނުމަށް އޭނާގެ ސިކުނޑި އޭނާއަށް ވިސްނައިދެމުންދިޔަ ކަހަލައެވެ.
ގެސްޓްހައުސްގައި ހޭދަކުރާ ގިނަވަގުތު ސާޖިދު އުޅެނީ މާޓިނާ ހޯދުމުގައެވެ. ހަމައެހެންމެ އޭނާއާއި ވާހަކަދައްކާލާނެ ފުރުސަތެއް ހޯދުމުގެމަސައްކަތުގައެވެ. އެފަދަ ފުރުސަތެއް ނުލިބޭހާހިނދަކު އޭނާގެހިތަކަށް ހަމަޖެހުމެއް ނުލިބޭނެކަމުގައި އޭނާ އަމިއްލައަށް ނިންމިއެވެ.
ވަގުތުތައް ފާއިތުވަމުންއައިސް އިރުއޮއްސި ހަތެއްޖަހާކަންހާއިރެވެ. އޭނާގެ ރައްޓެހިންތަކުގެ ތެރެއިން ނާސިޒް އާއި ސާޖިދު ރެސްޓޯރެންޓަށް ދިޔައީ ކޮފީއެއް ބޯލާށެވެ.
ރެސްޓޯރެންޓަށް ވަދެގެންގޮސް މޭޒެއްކައިރީގައި އިށީންނަމުން، ވަށައިގެންވާ މާހަޢުލަށް ނަޒަރުހިންގާލުމާއެކުހެން ސާޖިދުގެ ލޮލުގައިއަޅައިގަތީ މާޓިނާއެވެ. ނިވާކަންކުޑަ ތުނި ހެދުމެއްގައި ހުރި މާޓިނާގެ އެހެދުމުގެ ސަބަބުން އޭނާގެ ހަށިގަނޑުގެ ބޮޑުބައެއް ހާމަވެފެންނަމުންދިޔައެވެ. އެއާއެކުހެން ސާޖިދުގެ ސަމާލުކަންހުއްޓުނީ މާޓިނާގެ ހަށިގަނޑަށެވެ. ކުލައަލި އެހާމެ ލޫޅާފަތި އެހަށިގަނޑަށް އިތުރުފުރިހަކަމެއް ގެނެސްދެނީ އެހަށިގަނޑާއި ބައްޓަންތަކުގެ ގުޅުންބަދަހިކަމުންނެވެ.
ކަޅިޖަހާނުލާ މާޓިނާއާދިމާއަށް ބަލާންހުރި ސާޖިދަށް އެއްވެސް އިޙްތިޔާރަކާނުލާ ހިންދިރުވާލެވުނެވެ.
މާޓިނާއާއި އޭނާގެ އެކުވެރިޔާގޮސް މޭޒެއްކައިރީގައި އިށީނުމުން ނާސިޒަށް އެމީހުން ދައްކާލަމުން އެތަނަށްދާންވީނޫންހޭ ސާޖިދު ބުންޏެވެ.
ސާޖިދުގެ އެހުށަހެޅުމަށް އިޖާބަދީ އާނއެކޭ ބުނަމުން ނާސިޒް ހިނިތުންވެލިއެވެ. އެއާއެކުހެން ސާޖިދުގެ މޫނުމަތިންވެސް އުފާވެރިކަން ފާޅުވެގެންދިޔައެވެ.
ސާޖިދާއި ނާސިޒްގޮސް މާޓިނާމެންތިބި މޭޒުކައިރިއަށްހުއްޓެމުން އެތަނުގައި އެދެމީހުން އިށީނުމުގެ ހުއްދައަށް އެދުނެވެ. އެއާއެކުހެން މާޓިނާ އާއި އޭނާގެ އެކުވެރިޔާ ސާޖިދުމެނަށް ބަލާލާ ހިނިތުންވެލަމުން ސާޖިދުމެން އެތަނުގައި އިށީނަސް މައްސަލައެއްނެތްކަމަށް ބުންޏެވެ.
ފަރިތަކަމާއެކު އިނގިރޭސިބަހުން ވާހަކަދައްކާންއެނގޭކަން އެއީ ނަސީބެކޭ ސާޖިދުގެ ހިތަށްއެރީ،ނުހަނު ފަރިތަކަމާއެކު މާޓިނާ އާއި އޭނާގެ އެކުވެރިޔާ އިނގިރޭސިބަހުން ވާހަކަދެއްކުމުންނެވެ.
ސާޖިދާއި ނާސިޒް އެތަނުގައި އިށީނުމުން ހަތަރުމީހުން ކޮންމެ މީހަކުވެސް އަމިއްލައަށް ތަޢާރަފުވެލިއެވެ.
މާޓިނާ އާއި އޭނާގެ ރަހުމަތްތެރިޔާ ލޫސިޔާނާ ވެސް އެތަނަށް އައިސްތިބީ ކޮފީބޯންކަމަށްވާތީ، ހަތަރުމީހުން ކޮފީބޮމުން ތަފާތުމަޢުލޫތަކަށް ވާހަކަދައްކަމުން ދިޔައެވެ. އެކަމާއިގެން މަސްޢޫލުވެ ތިބިވަރުން ވަގުތުތައް ފާއިތުވަމުންދިޔަގޮތެއް އެހަތަރު މީހުންކުރެ އެކަކަށްވެސް ނޭނގެއެވެ.
ލޫސިޔާނާއަށް ފޯނެއްއައިސްގެން އެނާ އެތަނުން ބޭރަށްދިއުމުން ސާޖިދަށް ފުރުސަތުދީފައި ނާސިޒް ވެސް ހިނގައްޖެއެވެ.
ސާޖިދާއި ނާސިޒްގެ ރައްޓެހިންގާތަށް ނާސިޒް ގޮސް ސާޖިދު ވީތަނާއި އޭނާ އެތަނުގައިކުރާކަންތައް ބުންޏެވެ. އެހެންވެ ސާޖިދުބޭނުންވާފަދައިން އޭނާއަށް އެފުރުސަތުދީފައި އޭނާގެރައްޓެހިން އެމީހުންގެ ކަންތައްތަކާއިގެން ހަރަކާތްތެރިވަމުންދިޔައެވެ.
މާޓިނާ އާއި ސާޖިދު އެތަނުގައި ތިބެގެން ކޮންމެވެސް މުހިންމު ވާހަކަތަކެއް ދައްކަމުންދިޔައެވެ. އޭރު ދެމީހުންގެ މޫނުމަތިންވެސް ފާޅުވަމުންދަނީ އުފަލާއި ހިތްހަމަޖެހުމުގެ އަސަރުތަކެވެ. ހަމައެހެންމެ ސީރިއަސްކަމުގެ ކުލަވަރެވެ.
އެތައްވަގުތެއް އެތަނުގައި ހޭދަކުރުމަށްފަހު މާޓިނާ އާއި ސާޖިދު އެތަނުން ނުކުތެވެ. އަދި ދެމީހުން އެކުގައިކަހަލަގޮތަކަށް ހިނގައިގަތީ އެތަނާ މާދުރުނޫން ހިސާބަކުން ފެންނާންހުރި ގެސްޓްހައުސްއާދިމާއަށެވެ. އޭރުވެސް އެދެމެދުގައި ކޮންމެވެސް ވާހަކަތަކެއްދެކެވެމުން ދިޔައެވެ. ހަމައެހެންމެ ހުނުމާއިސަކަރާތުގެ މަންޒަރުވެސް ފެންނާން ފެށިއެވެ.
މާޓިނާ އާއި ސާޖިދު އެގެސްޓްހައުސްއަށް ގޮސް އެތަނުންކޮޓަރިއެއް ކުއްޔަށްހިފިއެވެ.
މާޓިނާގޮވައިގެން ސާޖިދު ގޮސް ކޮޓަރިއަށްވަދެ ދޮރުލައްޕާތަޅުލަމުންމާޓިނާގެ އަތުގައިހިފާ އޭނާއާގާތަށްދަމާލިއެވެ. އެއާއެކުހެން ސާޖިދު ބޭނުންވިފަދައިން މާޓިނާ އައިސް ސާޖިދުގެ މޭގައި ލައްވެލިއެވެ.
ސާޖިދުގެމޭގައި ލައްވެލައިގެން ސާޖިދަށް އޭނާ ބޭނުންވާ ފަދައިން ފުރުސަތު ދީގެންހުރި މާޓިނާ،ސާޖިދު ބޭނުންވާ ފަދައިން ކުރިޔަށްވުރެވެސް ބޮޑަށް އޭނާގެ ހަށިގަނޑު ހާމަކޮށްލިއެވެ. އެއާއެކުހެން ސާޖިދުގެ މޫނުމަތިން ފާޅުވަމުންދިޔަ ހިނިތުންވުމާއި ހިތްހަމަޖެހުން އިތުރުވެގެންދިޔައެވެ.
ކޮޓަރީގެ ނިދާބޮކި ދިއްލުމަށްފަހު މާޓިނާ ނަގާ އަތްދަނޑިމައްޗަށް ލައިގެން ސާޖިދު ހިނގައިގަތްއިރު ދެމީހުންގެމޫނުމަތިންވެސް ފާޅުވަމުންދަނީ އުފާވެރިކަމުގެ އަސަރުތަކެވެ.
ސާޖިދުގެ ހިޔާލީއާލަމުން އޭނާ ހޭލައްވާލީ ޑޮކްޓަރ އާކާސްއެވެ. އެތައްއިރެއްގެ ހަމަހިމޭންކަމަށްފަހު އާކާސް ވާހަކަދައްކާންފެށުމުން ސާޖިދަށް އޭނާގެހިޔާލީ އާލަމުން ހޭލެވިއްޖެއެވެ.
ސާޖިދަށް އޭނާގެމާޒީތެރޭން ހަނދާންވި ހާދިސާއާއެކުހެން ޑޮކްޓަރުގެ ވާހަކަތައް ގަބޫލުކުރެވޭކަމަށާއި ޓެސްޓްތަކުގެ ނަތީޖާ ވެސް ގަބޫލުކުރެވޭކަމަށް ބުންޏެވެ. ހަމައެހެންމެ އެކަން ހިނގާފައިވާގޮތް ކިޔައިދީ އެކަމަށްޓަކައި އޭނާކުރި ޚަރަދުވެސް ކިޔައި ދިނެވެ. އޭރު އޭނާގެދެލޮލުން އޮހޮރެމުންދާ ކަރުނައާ އޭނާގެ އަޑާއިހަރަކާތަށް ބަލާލުމުން ވެސް އެކަމުގެ ޙަޤީޤަތް އެނގުމުން އޭނާ އެކަމާދެރަވެ ހިތާމަކުރާވަރު އެނގެއެވެ.
ސާޖިދުގެވާހަކަތަކާމެދު ވިސްނާ ހިތާމަކުރަމުން ސާޖިދަށްހިތްވަރާއި ނަސޭހަތްދެމުންދިޔަ ޑޮކްޓަރ އާކާސްއަށް އިތުރު ހައިރާންކަމެއްލިބުނީ،ހަމައެކަނި އެރޭގެ އުފަލާއި އަރާމާ ހިތްހަމަޖެހުމަށްޓަކައި ހަމައެކަނި މާޓިނާއަށް ފަސްސަތޭކަޑޮލަރު ދިންކަމަށް ބުނުމުންނެވެ.
މާޓިނާއަށްޓަކައި ބޮޑުޚަރަދެއްކޮށް ހޯދިއުފަލާއި ހިތްހަމަޖެހުމުގެ ހިތި ނަތީޖާ ސާޖިދަށް ލިބުނުއިރުވަނީ ވަގުތުފާއިތުވެފައެވެ. ބަލާންވީވަރަށް ނުބެލުމާއި ދީނީ ކަންކަމަށް ދޭންވާ ސަމާލުކަން ނުދިނުމުގެ ނަތީޖާއެއްގެގޮތުން ސާޖިދަށް ޖެހުނީ އެއިޑްސް ޖެހިފައިވާ މީހެއްގެ ގޮތުގައި ދުވަސްތައް ހޭދަކުރާށެވެ.
ފަސްސަތޭކަޑޮލަރުން އެވަގުތައް ބޭނުންވި އުފަލާއި ހިތްހަމަޖެހުން ލިބުނުފަދައިން މިއަދުމިވަނީ އެކަމުގެހިތާމައާހިތްދަތިކަން ތަހައްމަލްކުރާށެވެ. ހަމައެހެންމެ އަދިމިހާތަނަށް ސިފާއެއްހޯދިފައިނެތް އެއިޑުސްބައްޔާއި ހަނގުރާމަކުރާށެވެ.

ނިމުނީ

Share Article

Follow Me Written By

mohamed neer

Level 210 Stories100 Stories

Other Articles

Previous

ނިދީތެރޭން

Next

ގެއްލުނު އަންހެންކުއްޖާ

Next
June 23, 2013

ގެއްލުނު އަންހެންކުއްޖާ

Previews
June 23, 2013

ނިދީތެރޭން

11 Comments!

  1. ސައުފާ says:
    June 23, 2013 at 9:54 am

    ވަރަށް ރީތި ވާހަކައެއް. މިއީ ބައެއް ފިރިހެން އުޅޭ ވައްތަރު ދޯ

  2. ބެއްޔާ says:
    June 23, 2013 at 9:55 am

    ހެހެ. ސަޅި ސްޓޯރީއެއް

  3. އަލީ says:
    June 23, 2013 at 9:58 am

    ހަބޭސް ވާހަކަ

  4. ދައްކާތަ says:
    June 23, 2013 at 2:04 pm

    ނަސޭހަތުގެ ވާހަކައެއް. ތެންކްސް މުޙައްމަދު ނީރު

  5. ސދޭނޯ says:
    June 27, 2013 at 9:44 am

    ޔޮޕސދފގހޖކލޒޝޗބމަހޯމޫޣޭ

  6. ރިނޮ says:
    June 27, 2013 at 9:51 am

    ޥވ އިބުރަތ ތެރި ވަާހަކައެ

  7. Nau Nausha says:
    June 29, 2013 at 1:50 pm

    ޕިސް ޕިސް މީދޯ މީހުން އުޅޭގޮއް

  8. ހަބޭސް says:
    January 27, 2014 at 1:24 pm

    އިބްރަތްތެރި….މިކަހަލަ ވާހަކަތަކަށް މަރުހަބާ

  9. rose says:
    June 18, 2015 at 10:16 am

    Okay

  10. Lidhoo says:
    June 25, 2015 at 4:55 pm

    Mee bath firihenunnaa bath anhenun ulheyey iburaytherivaahakaeh

  11. Anonymous says:
    August 31, 2015 at 6:36 pm

    Nice

Comments are closed.



All Right Reserved!