Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ގެއްލުނު އަންހެންކުއްޖާ

mohamed neer Level 210 Stories100 Stories
June 23, 2013 3 Mins Read
4 Comments

ދެވަނަބައި

ބޭހުގެހުރިހާކަމެއްނިމިއަގުލީމާހަމައަކަށްއެޅުމުން ހޮސްޕިޓަލުންދޫކޮށްލީ މެންދުރުފަހު ތިނެއްޖަހާކަންހާއިރުއެވެ. އަގުލީމާހޮސްޕިޓަލުން ދޫކޮށްލުމުން އޭނާ ގޮވައިގެން ގެއަށްދިއުމަށް ނޫރައްދީނާއި ހަސްނާ ހޮސްޕިޓަލަށްއައެވެ. އޭރު އަގުލީމާގެ މޫނުމަތިން ފާޅުވަމުންދަނީ ހިތްހަމަ ޖެހުމުގެ އަސަރުތަކެވެ. އަގުލީމާ ހަމައަކަށް އެޅުމުން ހަސްނާމެން ވެސް ވަރަށް ހިތްހަމަޖެހުނެވެ.
ހަވީރު ހަތަރުގަޑި ތިރީސްކަން ހާއިރެވެ. އަގުލީމާ އެދެމުން ދިޔަވަރުން އޭނާގޮވައިގެން އޭނާއެބުނާތަނަށް ނޫރައްދީނުދިޔައެވެ. އެއީ އަގުލީމާ އަށްހީވާގޮތެއްކަމަށް ނޫރައްދީނަށް ގަބޫލުކުރެވިއެވާހަކަތައްދައްކަމުންދިޔަނަމަވެސް އަގުލީމާ އެދެމުންދިޔަވަރުން އޭނާ ހިތްހަމަޖައްސާލުމަށް ދިޔައީއެވެ.
އަގުލީމާ ވަރަށްފަރުވާތެރިކަމާއެކު އެތަނުގެއެތަންމިތަން ވަކި ވަކިން ބަލަމުންދިޔައެވެ. އެހެނަސްއެކަމާގުޅުންހުރިއެއްވެސްމަޢުލޫމާތެއްއެތަނަކުން ނުލިބުނެވެ. ހަމައެހެންމެ އެކަމާގުޅުންހުރި އެއްވެސް ނިޝާނެއް ވެސް އެތަނަކުން ނުފެނުނެވެ.
ކަންތައްތައް އެހެންދިމާވި ނަމަވެސް އަގުލީމާ ބުނަމުންދިޔައީ ކުރިންވެސް އޭނާ ބުނަމުންދިޔަ ފަދައިންނެވެ.
ޖެހިގެންއައިދުވަހުގެ ހެނދުނު ދިހައެއްޖަހާކަން ހާއިރެވެ. އަގުލީމާ އޭނާގެ އާދައިގެމަތިން ފިހާރާގައި މަސައްކަތް ކުރަމުން ދިޔައެވެ.
ފިހާރައިގެ އޮފީހުންގުޅާފައި އަގުލީމާ އޮފީހަށްއައުމަށް އެދުމުން އަގުލީމާ އޮފީހަށް ދިޔައެވެ.
އޮފީސްތެރެއަށްވަދެ ވަށައިގެން ހޯދާލަމުން އަގުލީމާ ގޮސް މަޑުކުރީ އެކުންފުނީގެވެރިޔާ އަލްމާސްއިންމޭޒުކައިރިއަށެވެ. އެއާއެކުހެން އަގުލީމާގެ ލޮލުގައިއަޅައިގަތީ މޭޒުމަތީހުރި ފޮޓޯފުރޭމްގައިވާ އަންހެންކުއްޖާއެވެ. އެއަންހެންކުއްޖާ ފެނުމާއެކުހެން އަގުލީމާ ސިއްސައިގެންދިޔައެވެ. ހަމައެހެންމެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ.
މޭޒުމަތީގައިވާ ފޮޓޯފުރޭމުން ގަޒާލާފެނުމާއެކުހެން އަގުލީމާއަށް އައިބަދަލު އަލްމާސަށްފާހަގަކުރެވުނެވެ.ހަމައެހެންމެއެކަމުގެސަބަބުން އަލްމާސްގެ ހިތުގައި ސުވާލުއުފެދިގެން ދިޔައެވެ.
އެއީ ކޮންއަންހެންކުއްޖެއްތޯއަގުލީމާސުވާލުކުރުމުން އަލްމާސް ބުނީ އެއީ އޭނާގެ ދެދަރީންގެތެރެއިން ދޮށީދަރިފުޅު ގަޒާލާ ކަމަށެވެ. ހަމައެހެންމެ އޭނާ ރާއްޖޭންބޭރުގަ އާއި މާލޭގައި ނުހުންނަ ދުވަސްވަރު ވިޔަފާރީގެ ހުރިހާކަމެއް ބަލަހައްޓަމުންދަނީ ގަޒާލާ ކަމަށެވެ.
އެހެނަސް އޭނާ ރާއްޖޭގައި ނެތިސް އެއްރެއަކު ފިހާރަތައް ބަންދުކުރުމުން ފައިސާތައްހިފައިގެން އޮފީހަށްއައިފަހުން އޭނާ ގެއްލިފައިވާ ކަމަށެވެ. އަދި އޭނާ އެރޭ އޮފީހަށްގެނައި ފައިސާތަކަށް ވީގޮތެއްވެސް ނޭނގޭކަމަށެވެ. އޭނާ ހޯދުމަށް ހައެއްކަމަސްދުވަސް މަސައްކަތްކުރި ކަމަށާއި އެއައްފަހުވެސް ތަފާތު ގޮތް ގޮތަށް އޭނާހޯދުމަށް މަސައްކަތްކުރި ކަމަށެވެ. ހަމައެހެންމެއޭގެފަހުން މިހާރު ތިން އަހަރެއްހާ ދުވަސްވީކަމަށްވެސް ބުންޏެވެ. އެހާދުވަސް ވީއިރުވެސް އޭނާ ޚަބަރެއް ނުވުމުންނާއި އޭނާ ހޯދުމަށްކުރި އެއްވެސް މަސައްކަތެއް ކާމިޔާބުނުވުމުން އޭނާ މަރުވީކަމަށް ނިންމާފައިވާކަމަށް ވެސް ބުންޏެވެ.
އަލްމާސް ވާހަދައްކާނިމުނުއިރު އޭނާގެމޫނުމަތިން ފާޅުވަމުންދަނީ ހިތާމައާއި ހިތްދަތިކަމުގެ އަސަރުތަކެވެ.ހަމައެހެންމެ ދެލޮލުގެ ކައިރިން ކަރުނައިގެ އަސަރުތައް ފާޅުވާން ހުއްޓެވެ.
އަލްމާސްގެއެވާހަކަތަކުގެ ސަބަބުން އަގުލީމާ ވަރަށްހައިރާން ވިއެވެ. ހަމައެހެންމެ ވަރަށްދެރަވެ މާޔޫސްވާގޮތްވެސް ވިއެވެ. އެކަން އޭނާގެ މޫނު މަތިން ވެސް އެނގުނެވެ.
ގަޒާލާގެފޮޓޯ ފެނުނީއްސުރެފެށިގެންއަގުލީމާއަށްއަންނަމުންދިޔަ ބަދަލުތަކާއިއަލްމާސްގެވާހަކަތަކުގެސަބަބުންއަގުލީމާއަށްއަންނަމުންދިޔަބަދަލުތައް އަލްމާސްއަށް ފާހަގަކުރެވެމުން ދިޔައެވެ.
އެކަމާމެދުވިސްނާން އެތައްއިރަކުއިނުމަށްފަހު، އޭނާ އެތަނަށް އަގުލީމާގެނައީ ސައިކަލް އެކްސިޑެންޓްވެ ހޮސްޕިޓަލްގައި އެނދުމަތި ކުރި ވާހަކަ އަޑުއިވިފައިވާތީ މިހާރުހާލުކިހިނެތްތޯބަލާލާންކަމަށްއަލްމާސްބުންޏެވެ. ހަމައެހެންމެ ބޭހުގެކަންތަކައް ކޮށްފައިވާ ޙަރަދުގެތަފްސީލް ގެނެސްދިނުމަށާއި އެކަމަށްވީ ޙަރަދު އޮފީހުގެފަރާތުން ދޭނެކަމަށް ވެސް ބުންޏެވެ. އަލްމާސްއަށް ޝުކުރުއަދާކުރަމުން، އަލްމާސްގެ ސުވާލަށް ޖަވާބު ދެމުން އަގުލީމާ ބުނީ މިހާރު އޭނާ ރަނގަޅުކަމަށެވެ.
ވަގުތުތައް ފާއިތުވަމުން ދިޔައިރު އަގުލީމާއަށް ވިސްނެމުން ދިޔައީ އަލްމާސް ދެއްކިވާހަކަތަކާއިމެދުގައެވެ. ހަމައެހެންމެރޭގެކުރީރޭ ހިނގާދިޔަ ހާދިސާއާ ގަޒާލާއާ މެދުގައެވެ.
ރޭގަނޑުގެ ޑިއުޓީ ނިންމާލުމަށްފަހު ގެއަށްދިއުމަށް އަގުލީމާ ފިހާރައިން ނުކުތްއިރު، އޭނާ ބަލާ އޭނާގެ ބޭބެ ނޫރައްދީނު އައިސްހުއްޓެވެ. އަގުލީމާ އާއި ނޫރައްދީނު ގެއާދިމާއަށް ހިނގަމުންދިޔައިރު ކުރީރޭ ހިނގާދިޔަ ހާދިސާ އާއި އެއަންހެންކުއްޖާއާބެހޭގޮތުން އަގުލީމާ ވާހަކަދައްކަމުން ދިޔައެވެ. ހަމައެހެންމެ އޭނާގާތު އަލްމާސް ދެއްކިވާހަކަތައް ކިޔައިދިނެވެ.
އަގުލީމާ ދައްކަމުންދިޔަ ވާހަކަތައްއަޑުއަހަމުން އެކަމާމެދުގައި ވިސްނަމުން އޭނާއާ އެކުގައި ނޫރައްދީނު ހިނގަމުންދިޔައެވެ.
ނިދާންއޮތްއިރުވެސް އަގުލީމާއަށް ވިސްނެމުންދިޔައީ ކުރީރޭ ހިނގާދިޔަ ހާދިސާއާ މެދުގައެވެ. ހަމައެހެންމެ ވީނުވީއެއް ނޭނގި ކުއްލިއަކަށް ގެއްލުނުކަމަށްބުނާ ގަޒާލާއާ މެދުގައެވެ.
ވަގުތުތައް ފާއިތުވަމުންއައިސް މެންދަމުންއަލިވެ ދޭއްޖަހާކަން ހާއިރެވެ. ވިސްނާންއޮތް އަގުލީމާއަށް ނިދުނުއިރެއް އޭނާއަށް ވެސް ނޭނގެއެވެ.
ރޭގަނޑު އެގާރަޖަހާކަން ހާއިރެވެ. ފިހާރައިގެ މަސައްކަތްތައް ނިންމާލާފައި ގަޒާލާ ފިހާރައިން ނުކުތުމާއެކުހެން އަނެއް ދެ ފިހާރައިގެ ސޭޓުން އައިސް ފައިސާ އާއި ހިސާބުތައް ގަޒާލާ ހަވާލުކުރިއެވެ. މުއައްޒަފުންތައް ގެއަށް ފޮނުވާފައި ގަޒާލާ ދިޔައީއޮފީހަށެވެ. އެފިހާރައިގެ މަތީގައިވާ ހަދާފައިވާ އެއޮފީހަށް ގަޒާލާ ދިޔައީ މިއަދާއި މިރޭ ތިންފިހާރައަށް ލިބުނު ފައިސާއާއި ލިޔެކިޔުންތައް ރައްކާކުރާށެވެ.
ގަޒާލާގެ ބައްޕަ އަލްމާސް ރާއްޖޭގައި ނެތުމުން ފިހާރަތަކުގެ ހުރިހާކަމެއް ބަލަހައްޓަމުންދަނީ ގަޒާލާއެވެ.
އޮފީހަށްވަދެ ލައިޓެއް ދިއްލާލުމަށްފަހު، ކޮންޕިއުޓަރ ކައިރީ އިށީންދެ ލިޔުމުގެމަސައްކަތް ގަޒާލާފެށިއެވެ. އެކަމާއިގެން މަޝްޣޫލްވެއިން ގަޒާލާ ސިއްސައިގެންދިޔައީ އޭނާގެފުރަގަހުން މީހެއްގެހިލަމެއްވުމުންނެވެ.އެކަމުގެސަބަބުން ލިބުނު ހައިރާންކަމާއެކު ގަޒާލާ އުޅުނީ އަވަސް އަވަހަށް ފަހަތަށް އެނބުރޭށެވެ.
ގަޒާލާފަހަތަށް އެނބުރުމުގެކުރިން އެމީހަކު ވަރަށްހުޝިޔާރު ކަމާއެކުގަޒާލާގެ އަނގައާއިނޭފަތާއެކުއަތްއެޅިއެވެ. އަދިގަޒާލާގެނޭވާ ހާސްކޮށްލާން މަސައްކަތްކުރިއެވެ.
އެމީހާގެ މަޤްސަދަކީކޮބައިކަން އެނގުމާއެކުހެން އެމީހާގެއަތް ދަށުން ސަލާމަތްވާން ގަޒާލާ މަސައްކަތްފެށިއެވެ. އެހެނަސް އެމީހާ ހުރީ އެވަރު ވިސްނައި އެކަމަށް ސަމާލުވެގެން ކަމަށްވާތީ އެކަން ކުރުމަކީ އެހާ ފަސޭހަކަމަކަށް ނުވިއެވެ. އަނގަ ބަންދުކޮށްފައިވާތީ ވާހަކަދައްކާން ނުވަތަ ހެޅޭލަވާން މަސައްކަތް ކުރި ނަމަވެސް ރަނގަޅަށް އަޑުނުކުންނަގޮތެއް ވެސްނުވިއެވެ.
އެމީހާގެ އަތްދަށުން ސަލާމަތްވުމަށް ގަޒާލާ ކުރަމުންދިޔަ މަސައްކަތަށް ކޮންމެވެސްވަރެއްގެ އަލިކަމެއް ލިބުނުނަމަވެސް އެއީކާކުކަން އެނގޭ ވަރެއް ނުވިއެވެ. އެމީހާހުރީ ދެއަތާއިމޫނު ވެސް ނިވާކޮށްގެން ކަމަށްވާތީ ގަޒާލާގެ ބިރުގަތުމާއި ސިހުން ކުރިޔަށްވުރެ އިތުރު ވެގެންދިޔައެވެ. ހަމައެހެންމެ އެމީހާގެ ގޮތްހޯދާން އުނދަގޫވިއެވެ.
ވަރަށް ފަރުވާތެރިކަމާ އެހާމެހުޝިޔާރުކަމާއިއެކު ގަޒާލާގެ ގައިގަ ހިފަހައްޓައިގެން ހުރިމީހާ ގަޒާލާ ކޮށްޕާލިއެވެ. އެއާއެކުހެން ވިއްސައިގެން ކަހަލަގޮތަކަށްދިޔަ ގަޒާލާގެބޯޖެހުނީ މޭޒުގެކަނުގައެވެ.އެއާއެކުހެން އޭނާގެ ހަރަކާތާއި އަޑުހުއްޓި ޙަބަރުހުސްވެގެން ކަހަލަގޮތަކަށް ތަޅުންމައްޗަށް ގަޒާލާ ވެއްޓިއްޖެއެވެ.
ގަޒާލާއަށް އެހެންހެދުމަށްފަހު އެމީހާ ގޮސް މޭޒުމަތީހުރި ފައިސާތައް ނެގިއެވެ. އަދި އޭނާގެ ގެންގުޅުނު ދަބަހަކަށް ފައިސާތައް އަޅާލިއެވެ.
އޮފީހުން ނުކުންނާން ހިނގައިގަތް ނަމަވެސް ގަޒާލާއަށް ވެފައިވާގޮތްބަލާލާން އެމީހާ ބޭނުންވިއެވެ. އެހެންވެ މަޑުމަޑުން ގޮސް ގަޒާލާގާތަށް ގުދުވަމުން ވަރަށްފަރުވާތެރިކަމާއެކު ގަޒާލާގެމޫނަށް ނަޒަރުހިންގާލިއެވެ.ހަމައެހެންމެ އޭނާއޮތީ ޚަބަރުހުސްވެފައިތޯ ނުވަތަ ނޫންތޯ ޔަގީންކޮށްލާން މަސައްކަތްކުރިއެވެ.
ގަޒާލާއާ ދިމާއަށް ގުދުވެއޮތްމީހާ ފުންމައިގެން ކަހަލަގޮތަކަށް ކޮޅަށްތެދުވިއެވެ. އަދި ހާސްކަމާނުތަނަވަސްކަމާއެކު ވަށައިގެން ހޯދާލިއެވެ.
މޭޒުމަތީހުރިފެންފުޅިހިފައިގެންއައިސް ގަޒާލާގެމޫނަށް ފެންވިހެ ގަޒާލާ ހޭއެރުވޭތޯ އެމީހާ މަސައްކަތްކުރަމުން ދިޔައެވެ.
އެތައްއިރަކު އެތައްމަސައްކަތެއް ކުރުމަށްފަހު، އެމީހާ ކޮޅަށް ތެދުވަމުން އޭނާގެއަތްދަނޑިމައްޗަށްގަޒާލާނެގިއެވެ. އަދިގަޒާލާގޮވައިގެން އޮފީހުން ބޭރަށްނުކުންނަމުން އޭނާގެމޫނުމަތީގައިވާ ފޮތިގަނޑުނެގިއެވެ.ހަމައެހެންމެ ފޮތިގަނޑު ނެގުމާއެކުހެން މޫނުފޮރުވޭވަރުގެ ބޮޑުއައިނެއްއަޅާ މޫނުން ބޮޑުބައެއް ފޮރުވާލިއެވެ.
ވަގުތަކީ މެންދަންވަމުން އަންނަ ވަގުތުކަމަށްވާތީ އާއި ވާރޭ ވެހެމުންދާތީ އެމަގުގެ އެއްވެސްހިސާބަކުން މީހަކު ފެންނާކަށް ނެތެވެ. ހަމައެހެންމެ ދުއްވާއެއްޗެއްވެސް ނުފެނެއެވެ. އެކަމުގެސަބަބުން އެމީހާއަށް ވަރަށްބޮޑު ހިތްހަމަ ޖެހުމެއް ލިބިގެންދިޔަކަން އޭނާގެ މޫނުމަތިން ފާޅުވި އަސަރުތަކުން އެނގުނެވެ.
ގަޒާލާ ގޮވައިގެން އޮފީހުން ނުކުމެ ދޮރުކައިރީގައި ގަޒާލާ ބޭއްވުމަށްފަހު އޮފީސް ދޮރުލައްޕައި ތަޅުލިއެވެ.
ވެހެމުންދިޔަ ވާރޭއަށް މާބޮޑުސަމާލުކަމެއްނުދީ ގަޒާލާ އަތް ދަނޑިމައްޗަށްނަގައިގެން އެމީހާ ދިޔަގޮތަށްގޮސް ތަންކޮޅެއް ދުރުގައިއޮތް ކާރެއްގެ ފަހަތުބަޔަށް ގަޒާލާއެރުވިއެވެ.އަދި ވަށައިގެން ހޯދާލުމަށްފަހު ކާރުގެކުރީސީޓަށް އަރައި ދުއްވާލިއެވެ.
ނުހަނު ފަރުވާތެރިކަމާއެކު އެމީހާ ކާރުދުއްވަމުން ދިޔައިރު މަގުތަކުން ފެންނަމުންދަނީ ހަމަހިމޭންކަމާއި ފަޅުކަމެވެ. އެކަން ވެގެންދިޔައީ އެމީހާ އަށް ލިބުނު ވަރަށްބޮޑު ހިތްހަމަޖެހުމަކަށެވެ.
ނުހަނު ގަސްގިނަ ހިސާބެއްގައިވާ މަގެއްގެއެއްފަރާތަށް ކާރު މަޑުކޮށްލުމަށްފަހު އެމީހާ ކާރުންފޭބިއެވެ. އަދިވަރަށްފަރުވާތެރި ކަމާއެކު ވަށައިގެން ހޯދާލަމުން ކާރުގެ ފަހަތުބައިގެ ދޮރުހުޅުވާލިއެވެ. ހަމައެހެންމެ އަވަސް ހަރަކާތް ތަކަކާއެކު ގަޒާލާނަގާ އަތްދަނޑިމައްޗަށްލައިގެންގޮސް ގަސްތަކުގެތެރެއަށް ވަނެވެ.
ގަޒާލާނަގާ އަތްދަނޑިމައްޗަށް ލައިގެން ގަސްތަކުގެތެރެއަށް ވަދެގެންދިޔަ މީހާ، އެތަނުންނުކުތީ ފަނަރަވަރަކަށް މިނިޓް ފަހުންނެވެ. އޭރު އޭނާގެ މޫނުމަތިން ފާޅުވަމުންދާ ހިތްހަމަޖެހުމާއެކުހެން ވަރުބަލިކަންވެސް ފާޅުވާންހުއްޓެވެ. ހަމައެހެންމެ އޭނާގެގައިގަ ކޮންމެވެސް ވަރަކަށް ވެލިއުނގުޅިފައި ވެސް ހުއްޓެވެ.
މަގުގެދެކޮޅުހޯދާލުމަށްފަހުއެމީހާގޮސް ކާރަށްއަރާ އަވަސް އަވަހަށް ކާރު ދުއްވާލިއެވެ.
ނުނިމޭ

Share Article

Follow Me Written By

mohamed neer

Level 210 Stories100 Stories

Other Articles

Previous

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 25

Next

ނިދީތެރޭން

Next
June 23, 2013

ނިދީތެރޭން

Previews
June 22, 2013

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 25

4 Comments!

  1. ސަމްސުނިސާ says:
    June 23, 2013 at 10:02 am

    ދެވަނަބައި ވެސް ވަރަށް ރީތި.

  2. މުޙައްމަދު says:
    June 23, 2013 at 10:05 am

    ތަފާތު ވާހަކައެއްކަމަށް ގަބޫލުކުރެވޭ

  3. fathimath Asim says:
    June 24, 2013 at 9:13 am

    މީ ހާދަ ކިޔަން އުދަގޫ ނަން ތަކެކޭ.ވ ރީތި

  4. min says:
    December 9, 2014 at 6:49 am

    asim ebunee rangalhu vaahaka eh

Comments are closed.


All Right Reserved!