Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ގެއްލުނު އަންހެންކުއްޖާ

mohamed neer
June 23, 2013
3 Mins Read
4 Comments

ތިންވަނަބައި

މަގުގެދެކޮޅުހޯދާލުމަށްފަހުއެމީހާގޮސް ކާރަށްއަރާ އަވަސް އަވަހަށް ކާރު ދުއްވާލިއެވެ.
ނުހަނުއަރާމުގައި ނިދާލާފައިއޮތް އަގުލީމާއަށް ސިއްސައިގެންގޮސް ހޭލެވުނީ ވަރަށްބާރަށް ގުގުރައިގަތް އަޑަށެވެ. އަވަސްއަވަހަށް ފުންމައިގެން ކަހަލަގޮތަކަށް ތެދުވިއިރު ވަރަށް ވިއްސާރައެވެ.
ކުރަމުންދިޔަ ވިއްސާރައިގެއަސަރު ފަހަރަކަށްވުރެ ފަހަރެއް އިތުރުވަމުންދިޔައެވެ. ގުގުރާވިދުންއިތުރުވަމުންދިޔައިރު ގަދަވަޔާއެކު ވެހެމުންދިޔަ ވާރޭ ބޯކުރަމުންދިޔައެވެ.
ކުރަމުންދާގަދަވިއްސާރައިގެސަބަބުން ނުނިދިފައި އަގުލީމާ އޮތެވެ.
ކުރަމުންދާގަދަވިއްސާރައިގެސަބަބުންމަގުތަކަށްވެރިވެފައިވާފަޅުކަމާއެކު ވަގުތުތައްފާއިތުވަމުން އައިސްފަތިސްނަމާދު ވަގުތު ވެއްޖެއެވެ.
ފަތިސްނަމާދުގެ ބަންގިގޮވުމާއި އެކުހެން އަގުލީމާ އަވަސް އަވަހަށްތެދުވެ ގައިންތާހިރުވެ ފަތިސްނަމާދުކުރިއެވެ. ރަށުތެރެއަށް ވެރިވަމުންދިޔަ އަލިކަމާއެކުހެން ވިއްސާރައިގެ އަސަރުތައް ވެސް ކެނޑެމުންދިޔައެވެ.
ފަތިސްނަމާދު ކޮށްގެން އެނދަށްއަރާ އޮށޯވެ މާގިނައިރެއް ނުވަނީސް އަގުލީމާއަށް ނިދިއްޖެއެވެ.
މެންދުރުކުރީއެގާރަ ޖަހާކަންހާއިރެވެ. ފިހާރައަށް ގެންނާން ޖެހޭ ލިޔުންތަކެއްގެނައުމަށްޓަކައި ފިހާރައިގެފަރާތުންފޮނުވައިގެންއަގުލީމާއޮފީހަށް ދިޔައެވެ.
އޮފީސްދޮރުހުޅުވާލާފައި އެތެރެއަށް ވަނުމާއެކުހެން އަގުލީމާގެ ލޮލުގައި އަޅައިގަތީ ގަޒާލާގެ ފޮޓޯގަނޑެވެ. އެއާއެކުހެން އޭނާގެ ހިތަށްވެރިވެގެން ދިޔައީ ރޭގައި އޭނާއަށް ފެނުނު ހުވަފެނެވެ.
އެއްވެސް އިޙްތިޔާރަކާނުލައި އަގުލީމާއަށް ހިނގައިގަނެވުނީ އެފޮޓޯގަނޑާއި ދިމާއަށެވެ. އެކަންއެތަނުގައިތިބިއެހެންމީހުނަށް ފާހަގަ ނުކުރެވުނު ނަމަވެސްއަލްމާސަށް އެކަންފާހަގަކުރެވުނެވެ. އެހެންވެއޭނާއިނީ އެކަމަށްސަމާލުކަން ދީގެންނެވެ.
އަގުލީމާ އައިގޮތަށްއައިސް މޭޒުކައިރިއަށް ހުއްޓެމުން އެފޮޓޯ ގަނޑު ނެގިއެވެ. އެއާއެކުހެން އޮފީހުގައި ތިބި އެންމެންގެ ނަޒަރު އަގުލީމާއަށް ހުއްޓުނެވެ.
ފޮޓޯގަނޑުހިފައިގެން އަލްމާސްގާތަށްޖެހިލަމުން އަގުލީމާ ވާހަކަދައްކާން ފެށިއެވެ. އަލްމާސާއި އެހެންމީހުން ކޮންމެގޮތަކަށް ދެކުނުނަމަވެސް ، ގަޒާލާ މަރުނުވާކަމަށާއި އޭނާމަރާލާން އުޅުނުމީހާގެއަތްދަށުން އޭނާ ސަލާމަތްވި ކަމަށް އަގުލީމާ ބުނުމުން އެތަނުގައިތިބި އެންމެން ސިއްސައިގެންދިޔައެވެ. އޭނާ ސައިކަލުން ވެއްޓުނުރޭ އޭނާއަށް ގަޒާލާ ފެނުނުކަމަށާއި އޭނާ ސައިކަލުންވެއްޓުނީ ގަޒާލާގެގައިން ސައިކަލް ނައްޓާން އުޅެނިކޮށް އޭނާގެގައިގަ ސައިކަލުން ޖެހިފައި ކަމަށްވެސް އަގުލީމާ ބުންޏެވެ. ހަމައެހެންމެ ގަޒާލާމަގުމައްޗަށް ވެއްޓުނުކަމަށާއި އޭނާގެ ކޮންމެވެސް ތަނެއް ޒަޚަމުވެ ލޭ ފޭބިމަންޒަރު ވެސް އޭނާއަށް ފެނުނުކަމަށް އަގުލީމާ ބުންޏެވެ.
އަގުލީމާގެ ވާހަކަތައް އެހެންހުރި ނަމަވެސް، އަގުލީމާ ސައިކަލުންވެއްޓުނު ގޮތާބެހޭގޮތުން ދެކެވުނުވާހަކަތައް އެންމެނަށްވެސް އެނގެއެވެ. ހަމައެހެންމެ ގަޒާލާ މަރުވެފައިވާކަމަށް ވެސް އެއެންމެން ގަބޫލުކުރެއެވެ.
އަގުލީމާގެވާހަކަތަކުގެސަބަބުން އަލްމާސަށް އަންނަމުންދިޔަ ބަދަލުއެތަނުގައިތިބިމީހުނަށް ފާހަގަކުރެވުނެވެ. ހަމައެހެންމެއަގުލީމާ ދައްކަމުން އެދަނީ ހަމަޖެހޭ ވާހަކަތަކެއް ނޫންކަން ވެސް އެއެންމެނަށް އެނގެއެވެ.
އަގުލީމާއެހުރީމޮޔަވެފައިކަމަށާއި އޭނާގޮވައިގެންހޮސްޕިޓަލަށް ދިއުމަށް ޓެކްސީއެއްގެނައުމަށް ބާސިތުބުންޏެވެ. އެއާއެކުހެންއެތަނުގެ މުއައްޒަފަކު ޓެކްސީސެންޓަރަކަށް ފޯނުކޮށް ޓެކްސީއެއް ގެނައުމުގެކަންތައް ހަމަޖެއްސިއެވެ.
އަގުލީމާ ދައްކަމުން މިދަނީ ތެދުވާހަކަކަމަށާއި އޭނާ އެހުރީ މޮޔަވެފައިނޫންކަމަށް އަގުލީމާ ބުނަމުންދިޔަނަމަވެސް އެތަނުގައި ދެންތިބި މީހުން ނަކަށް އެވާހަކަތައް ގަބޫލެއްނުކުރެވުނެވެ. އެހެންވެ އޭނާގެންދިޔައީހޮސްޕިޓަލަށެވެ.
ބާސިތުގެ ވާހަކަތަކާއެކު އަގުލީމާބަލައި ޓެސްޓްކުރުމަށްފަހު، އޭނާ އެނދުމަތިކުރުމަށް ޑޮކްޓަރުންލަފާދީ އެގޮތަށްނިންމި އެވެ. އަގުލީމާ އެކަމާ ދެކޮޅުހަދަމުންދިޔަ ނަމަވެސް ބާސިތު ވެސް ބޭނުންވީ އެގޮތެވެ.
އަގުލީމާގެސިއްޙީހާލަތުހުރިގޮތުން ހޮސްޕިޓަލްގައިއެނދުމަތި ކޮށްގެން ފަރުވާދޭންޖެހޭތީ އޭނާ އެނދުމަތިކުރިވާހަކަ އޭނާގެ ގެޔަށް ފޯނުކޮށްފައި ބާސިތު ބުންޏެވެ.
އަގުލީމާއެނދުމަތިކުރިއިރުވެސް އޭނާދައްކަމުންދިޔަވާހަކަތައް ދައްކަމުންދިޔައެވެ. ހަމައެހެންމެ އޭނާ އެނދުމަތިކުރާން ނުޖެހޭކަމަށާއި އޭނާ އެހުރީ ގަދަވެސަލާމަތުން ހެޔޮހާލުގައި ކަމަށް ވެސް އަގުލީމާ ބުނަމުންދިޔައެވެ.
އެނދުމަތިކޮށް މާގިނައިރެއް ނުވަނީސް އަގުލީމާގެގަޔަށް ދެ އިންޖެކްޝަންޖެހިއެވެ. އަދި އިންޖެކްޝަންޖެހިތާ މާގިނައިރެއްނުވަނީސް އަގުލީމާއަށް ނިދިއްޖެއެވެ.
އަގުލީމާގެ ޢާއިލާމެންބަރުން އަންނާންދެން އަގުލީމާގާތުގައި މަޑުކުރާން އިނާގާތު ބާސިތު ބުންޏެވެ. އިނާ ގާތު އެހެންބުނެފައި ބާސިތު އެތަނުން ނުކުމެގެން ދިޔައިރު އޭނާގެ މޫނުމަތިން ފާޅުވަމުންދަނީ ހިތްހަމަޖެހުމުގެ އަސަރުތަކެވެ. ހިނިތުންވުމުގެ ކުލަވަރެވެ.
އަގުލީމާއާހަވާލުވުމަށްއެގެއިންއައީއޭނާގެމަންމަ ހަސްނާއެވެ. އަގުލީމާއާބެހޭގޮތުން އިނާ ދެއްކި ވާހަކަތަކުގެސަބަބުން ހަސްނާ ވަރަށްދެރަވިއެވެ. ހަމައެހެންމެ އެމާޔޫސްކަމާއި ހިތްދަތިކަމުގެ ސަބަބުން ދެލޮލުން ކަރުނަފާއްދާލިއެވެ.
ހަސްނާ އައިސް އަގުލީމާއާ ހަވާލުވުމުން އިނާ އަނެއްކާ ވެސް އޮފީހަށް ހިނގައްޖެއެވެ.
ހަނދުގެ ދައުރުވުމާއެކުހެން ވަގުތުތައްފާއިތުވަމުން ދިޔައެވެ. ހަމައެހެންމެ އަގުލީމާއަށްދިމާވެފައިވާ ހާލަތުގެސަބަބުން އެޢާއިލާގެމެންބަރުންނަށް ލިބެމުންދިޔަ ހިތާމައާއި ހިތްދަތިކަން އިތުރުވަމުން ދިޔައެވެ.
ދެދުވަހަކު ހޮސްޕިޓަލްގައިބޭއްވުމަށްފަހު، ޑޮކްޓަރުންކުރި ޓެސްޓްތަކުންއަގުލީމާއަކީ ސިކުނޑިހަމަނުޖެހޭމީހެއްގެގޮތުގައި ފެންނާތީ ދައުލަތުގެ ޚާއްޞައެހީއަށް ބޭނުންވާމީހުން ތިބޭ މަރުކަޒަށް އަގުލީމާގެންދިޔައެވެ. އެކަމާބެހޭ ކަންކަންއޮންނަގޮތެއް ހަސްނާއަކަށް އަދި އެޢާއިލާގެ އެހެންމެންބަރުންނަކަށް ވެސް ނޭނގެއެވެ.
އަގުލީމާއަށް ދިމާވި ކަންތަކުގެސަބަބުން އެޢާއިލާގެ މެންބަރުންނަށް ލިބެމުންދިޔަ ހިތާމައާއިހިތްދަތިކަން ދުވަހަކަށްވުރެދުވަހެއް އިތުރުވަމުން ދިޔައެވެ. ހަމައެހެންމެ ހަސްނާގެ ޙާލަތު ވަކިން ގޯހެވެ.
ވިޔަފާރީގެ ބައެއްކަންކަން ނިންމުމަށްޓަކައި ހަފްތާއެއްހާދުވަހު ރާއްޖޭންބޭރުގައި އުޅުމަށްފަހުއަލްމާސް ރާއްޖެއައިދުވަހެވެ.އޮފީހަށްގޮސްހަމަޖެހިލުމާ އެކުހެން އޭނާއަށްއަޑުއިވިގެންދިޔައީ އަގުލީމާ ގުރައިދުއަށް ފޮނުވާލިވާހަކައެވެ. ހަމަ އެހެންމެ ސައިލުންވެއްޓުނުފަހުން އޭނާގެސިކުނޑިއަށް އަސަރުކޮށްފައިވާ ވާހަކައެވެ.
އަގުލީމާއަށްގަޒާލާގެފޮޓޯގަނޑު ފެނުނުފަހުން އޭނާއަށް އަންނަ މުންދިޔަ ބަދަލުތައް އަލްމާސަށް ފާހަގަކުރެވެމުންދިޔައެވެ. ހަމައެހެންމެއެކަމާމެދު ވިސްނެމުންދިޔައެވެ.
އޭނާއަށް އިވިގެންދިޔަ ވާހަކަތަކާއި، އަގުލީމާގެ ވާހަކަތަކާއި އަގުލީމާއަށްގަޒާލާގެފޮޓޯގަނޑުފެނުމުން ވަމުންދިޔަގޮތްތަކާމެދުއަލްމާސް ވިސްނަމުން ދިޔައެވެ.
ދައުލަތުގެޚާއްޞައެހީއަށް ބޭނުންވާ މީހުންތިބޭ މަރުކަޒުގައި ސިކުނޑިހަމަނުޖެހޭ މީހެއްގެގޮތުގައި އަގުލީމާ ބަހައްޓާފައި ހުރިނަމަވެސް އެކަމެއް އަގުލީމާއެއް ގަބޫލެއް ނުކުރެއެވެ. ހަމައެހެންމެ އޭނާ ދޫކޮށްލުމަށް ތަފާތުވާހަކަތައް ދައްކަމުންދެއެވެ. އެހެނަސް އަގުލީމާގެ އެ ވާހަކަތަކަށް ސަމާލުކަންދޭ އެއްވެސް މީހަކު ނޫޅެއެވެ.
ދައުލަތުގެ ޚާއްޞައެހީއަށްބޭނުންވާ މީހުންތިބޭ މަރުކަޒުގައި އަގުލީމާ އުޅެމުންދިޔައިރު، އޭނާއަށް ދިމާވެފައިވާ ކަންތަކުން ސަލާމަތްކުރުމަށް ޤަވާޢިދުން ބޭސްކުރަމުންދިޔައެވެ. ފުރަތަމަކޮޅު އޭނާ ބޭސްނުކައި މަކަރުހަދާކަން ޑޮކްޓަރަށް އެނގުމުން ބޭސްދޭގޮތް ބަދަލުކުރިއެވެ. އޭގެފަހުން އަގުލީމާއަށް ބޭސް ދެނީ ޑޮކްޓަރެވެ.
ގަޒާލާގެމަތިން ހަނދާންވާ ކޮންމެފަހަރަކު އަގުލީމާގެ މަތިން ހަނދާންވެއަގުލީމާގެމަތިން ހަނދާންވާ ކޮންމެފަހަރަކު ގަޒާލާގެމަތިން ހަނދާންވުމަކީ އަލްމާސަށް އާންމުކަމަކަށްވިއެވެ. ހަމައެހެންމެ އެކަމާމެދު ވިސްނޭވިސްނުން އިތުރު ވަމުންދިޔައެވެ.
އެތަނުން އޭނާސަލާމާތްވާނެކަމުގެ އުންމީދާއި ޔަގީންކަމުގައި ދަންނަވާންޖެހޭ ފަރާތްތަކުގައި ދަންނަވަމުން އެކަމަށްޓަކައި ކުރާންޖެހޭ ހުރިހާކަމެއް އަގުލީމާ ކުރަމުންގެންދިޔައެވެ.ހަމައެހެންމެއެކަމުގެސަބަބުންއަގުލީމާއަށް ލިބެމުން ދިޔަ ހިތްހަމަޖެހުން އިތުރުވަމުންދިޔައެވެ.
ހޮނިހިރުދުވަހުގެ ހެނދުނުވަގުތެވެ. ދައުލަތުގެޚާއްސައެހީއަށް ބޭނުންވާ މީހުންތިބޭ މަރުކަޒުގެ ގޯތިތެރޭގައި އެލުވާފައިވާ ޖޯލިތަކުން ޖޯއްޔެއްގައި އޮށޯވެލައިގެން، ޚިޔާލެއްގެ ތެރެއަށްގެއްލިފައިކަހަލަގޮތަކަށްއަގުލީމާއޮތެވެ. ޖެހުމުން ދިޔަ ހިތްގައިމުވައިރޯޅިތަކުގެސަބަބުން އަގުލީމާއަށް ހިތްހަމަޖެހުން ލިބެމުންދިޔަ އެވެ.
މަޒުކަޒަށް ވަންނާންހުރި ދޮރާއިދިމާއަށް ބަލަހައްޓައިގެންއޮތް އަގުލީމާ ސިއްސައިގެންދިޔައީ މަރުކަޒުގެ ގޯތިތެރެއަށް ވަދެގެންއައި އަލްމާސް ފެނުމުންނެވެ. އެއާއެކުހެން ލިބުނު ހިތްހަމަޖެހުމުގައި ހިނިތުންވެލަމުން އެދިމާއަށް އަގުލީމާއަށް ދުއްވައިގަނެވުނެވެ.
އަލްމާސާއިދިމާއަށް ދުވެފައިއައި އަގުލީމާއަލްމާސަށް ވެސް ފެނުނެވެ.
އަގުލީމާދިޔަގޮތަށް ގޮސްއަލްމާސްގެއަތުގައި ހިފާ އޭނާ ސަލާމަތް ކޮށްދިނުމަށް އެދުނެވެ. ހަމައެހެންމެ އޭނާއަކީ މޮޔައެއްނޫންކަމަށް ވެސް ބުންޏެވެ. އަދި އެކަމާއިގުޅުންހުރި އެތައްވާހަކައެއް ދެއްކިއެވެ. އޭރު އޭނާގެ މޫނު މަތީގެ ކުލަވަރު ބަދަލުވަމުން ފެންކަޅިވަމުން ދިޔައެވެ.
މަރުކަޒުގައިތިބޭ ޚާއްޞައެހީއަށް ބޭނުންވާ މީހުންނަށް އެހީ ވުމުގެ މަސައްކަތުގައި އުޅޭ މުއައްޒަފުންނަށް އަލްމާސްގެއަތުގައި ހިފައިގެންހުރި އަގުލީމާ ފެނުނެވެ.
އެމީހުނަށް އަގުލީމާގެ ހަރަކާތްތައް ފެނުމާއެކުހެން އަވަސް އަވަހަށްގޮސް އަގުލީމާގެ ކިބައިން އަލްމާސް ސަލާމަތްކުރުމަށް ޓަކައި އަގުލީމާ ދުރައްލިއެވެ. އޭނާއަށް އެހެންނުހެދުމަށާއި އޭނާދޫކޮށްލުމަށް އަގުލީމާ ގޮވަމުންދިޔަ އެވެ. ހަމައެހެންމެ އޭނާއަކީ މޮޔައެއް ނޫންކަމަށާއި ގަޒާލާ މަރުނުވާކަމަށާއި އޭނާ މަރާލާން މަސައްކަތްކުރި މީހާގެ ކިބައިން އޭނާ ސަލާމަތްވިކަމަށް ވެސް ބުނަމުން ދިޔައެވެ.
ގަދައަޑުންހަޅޭލަވަމުން އޭނާގެސަލާމަތަށްޓަކައި ކުރެވޭންހުރި ހުރިހާކަމެއް ކުރަމުންދިޔަ އަގުލީމާ މައިތިރި ކުރުމަށްޓަކައި ޑޮކްޓަރަކު އައިސް އޭނާގެ ގަޔަށް އިންޖެކްޝަނެއްޖެހިއެވެ. އެއާއެކުހެން އަގުލީމާގެއަޑުކެނޑި ހަރަކާތްވެސް ހުއްޓުނެވެ.
ނުނިމޭ

7
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

mohamed neer

Other Articles

Previous

500 ޑޮލަރު

Next

ނިދީތެރޭން

Next
June 23, 2013

ނިދީތެރޭން

Previews
June 23, 2013

500 ޑޮލަރު

4 Comments

  1. bAashithaa says:
    June 23, 2013 at 1:59 pm

    mibai ves v reethi

  2. ލޯންގްމޭން says:
    June 23, 2013 at 2:01 pm

    މިއީ ކޮންދުވަސްވަރެއްގެ ކަމޭތަ؟ މިވާހަކަ ވަރަށް ހަމަ ފައްކަލޭ

  3. min says:
    December 9, 2014 at 7:00 am

    salhi

  4. milaan says:
    November 24, 2016 at 8:33 pm

    wow nice story hop you will let us know whats the end of this story

Comments are closed.

All Right Reserved!