Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ޑިސެންބަރު ތިރީސް އެކެއް 1

Jinni Level 410 Stories100 Login100 Comments500 Login
December 5, 2018 7 Mins Read
37 Comments

ބޮޑުތިކި ވާރޭގެ ތެރޭގައި ތެމި ފޯވެފައި ކުޑަ އަންހެންކުއްޖާ ހުރީ ފަސް ބުރީ އިމާރާތުގެ ޓެރަސްމަތީއެވެ. ވަށައިގެން ޖަހާފައިވާ ދަގަނޑުތަކުގެ ބޭރަށް ވާގޮތަށް ހުރި ހަނި ތަންކޮޅުގައި ހުރިއިރު އެކުއްޖާގެ ފައި ތުރުތުރުލީ ހީކެރުވުމާއި ބިރާއި އެކުވެގެންނެވެ. ކުރިއަށް އެއް ފިޔަވަޅު އަޅައިލިއެވެ. އެ ކުޑަކުޑަ ހަށިގަނޑު ތިރިއަށް ދަތުރުކުރަން ފެށުމުގެ ކުރިން ހުއްޓުނީ މީހަކު އަތުގައި ހިފެހެއްޓުމުންނެވެ. އެއީ އޭނާއާއި ދާދި އެއް އުމުރެއްގެ ފިރިހެންކުއްޖެކެވެ.

“ބާރަށް ހިފަހައްޓާ… ދޫ ނުކޮށްލައްޗޭ…” ފިރިހެންކުއްޖާ މަސައްކަތްކުރީ ވަރަށް ބިރުގަތްފައި ހުރެވެސް އަންހެންކުއްޖާ ވެއްޓުނަނުދީ ހިފެހެއްޓޭތޯއެވެ. ކުޑަ ކުޑަ ދެ އަތުން ބާރަށް ހިފަހައްޓައިގެން، ގައިގައި ހުރިބާރެއް އޭނާ ސަލާމަތްކުރުމަށް ލަމުންދިޔަ ފިރިހެންކުއްޖާ ފެނި އަންހެންކުއްޖާގެ ހިތް ދިރިއުޅެން ބޭނުންވާކަމަށް އެދި ގޮވަންފެށިއެވެ. އެއޮއްހާއިރު ނުފޭބި ކަރުނަތައް އޭގެ މަގާމު ދޫކޮށް ފައިބަންފެށިއެވެ. ވައިގެ ތެރޭގައި އޮތް އަނެއް އަތުން ފިރިހެންކުއްޖާގެ ދެއަތުގައި ހިފަހައްޓައިލިއެވެ. ފިރިހެންކުއްޖާއަށް ކިތަންމެ ބާރަށް ހިފެހެއްޓުނު ނަމަވެސް އަންހެންކުއްޖާ މައްޗަށް އުފުލާލެވޭގޮތެއް ނުވިއެވެ. އެ ވަގުތު އެތަނަށް އެހެން މީހަކު ވަތްކަން ނަސީބެކެވެ. އެމީހާ އަންހެންކުއްޖާ މައްޗަށް އުފުލައި ނަގައިދިނެވެ. ބިންމަތީ ފައި ޖެހުމާއިއެކު އަންހެންކުއްޖާ ދުއްވައިގަތެވެ. ފަހަތުން ދާން އުޅުނު މީހާ ހުއްޓުނީ ދޮރުކައިރިއަށް އައި އަންހެންކުއްޖާގެ މާމަ ފެނިފައެވެ. އަންހެންކުއްޖާ މާމަގެ އަތުގައި ހިފައިގެން ނުކުމެ ދިޔައީ ފަސް އެނބުރި ބަލައިލުމެއްނެތިއެވެ.

“ނޫން. މަޑުކުރޭ… ޝުކުރު އަދާކުރޭ… ނަން… އޭނަގެ ނަން އަހާ…” އެ މަންޒަރު ބަލަން ހުރި އަހަންނަށް ކިޔައިލެވުނެވެ. ދުވެފައިގޮސް އަންހެންކުއްޖާ ހުއްޓުވަން ބޭނުންވި ނަމަވެސް އަހަރެންގެ ފަޔެއް ނުގުޑިއެވެ. މިއީ ހުވަފެނެއްކަން އިނގޭއިރުވެސް އަހަރެން ބޭނުންވީ މި މަންޒަރަށް ބަދަލެއް ގެންނަންށެވެ.

ސޯނާގެ އަޑަށް ހޭލެވުމުން އެނދާއި ޖެހިގެން ހުރި ކުޑަ މޭޒުމަތީ ހުރި ގަޑީގައި ޖަހައި އަޑު ކަނޑައިލުމަށްފަހު އަލުން ނިދީގެ ތެރެއަށް ފިީނައިގަނެވޭތޯ ރަޖާދަށަށް ވަނީމެވެ. ނަމަވެސް ވަރަށް މަސައްކަތަށްފަހުވެސް ނުނިދުމުން ލޯ ހުޅުވައިލީމެވެ. އެނދުން ތެދުވުމަކާއި ނުލާ އެންމެ ފުރަތަމަވެސް ހުޅުވައިލީ ފޯނެވެ. ގަޑިން އަށް ގަޑި އެކެކެވެ. ދުވަހަކީ ޑިސެންބަރު މަހުގެ ފަހު ދުވަހެވެ.

އެހާ ހެނދުނާ ހޭލާ އަހަރެންގެ އެކުވެރިން މަދުކަމުން ނުބަލާ ހުރި އާ ފޮޓޯތަކާއި ހަބަރުތައް މަދެވެ. ފޭސްބުކުގައި އޮތީ ޝަފީއުގެ ބުޅާ މަރުވި ވާހަކައެވެ. އިންސްޓާރގްރާމްގައި އާލިޔާ އާ ބިޓަކާއިއެކު ސައި ބޯ ފޮޓޮއެވެ. ފޯނު ބާއްވަން އުޅެނިކޮށް ނޮޓިފިކޭޝަންއެއް އައުމުން ބަލައިލިއިރު އިނާޝްގެ ސްނެޕްއެކެވެ. ނިދާހޭލިގޮތަށް އެނދުމަތީ އޮވެ ނެގި ސެލްފީއެއްގައި ގުޑް މޯރނިންގ ބޭބްއޭ ޖަހާފައެވެ. ބަދަލުގައި އަހަރެންވެސް މޯރނިންގ ޖަހާފައި ސެލްފީއެއް ފޮނުވީ ދެން އޭނާވެސް ފޮނުވީތީއެވެ. އެކަން ކުރާ ހިތަކުން ނޫނެވެ. ރައްޓެހިވީތާ އަަހަރެއް ވީއިރު އަަހަރެން ވަނީ އިނާޝް މަތިން ފޫހިވެފައެވެ. ވަކި ސަބަބަކާއި ނުލައެވެ. މާދަމާއަކީ އަހަންނާއި އިނާޝް ރައްޓެހިވިތާ އަަހަރެއް ފުރޭ ދުވަސްދޯއޭ އަަހަރެންގެ ހިތަށް އެރިއެވެ. ފާހަނައިގައި ފެންވަރަން ހުރިއިރު ވިސްނީ އެނިވާސަރީގެ ކުރިން އޭނާއާއި ފަސޭހައިން ވަކިވެވޭނެ ގޮތަކާއެވެ. އެންމެ ފަހުން ނިންމީ ހަމަ ރީތިކޮށްގޮސް ބުނަންނަށެވެ.

އެންމެ ފުރަތަމަ އަތުޖެހުނު ޓީޝާޓު ވައްޓައިލައިފައި އައިސްއަލަމާރި ހުޅުވައި ކޮފީދަޅެއް ނެގީމެވެ. އެއީ ކޮންމެ ހެނދުނެއްގެ އަަހަރެންގެ ހަކަތައެވެ. ބާކީ އެންމެ ދަޅެއް އިނުމުން އެވެސް ގަންނަންވީއޭ ހިތަށް އެރިއެވެ. ކޮފީ ބޮމުން ނުބަލާ ހުރެ މޭޒުމަތިން ދަބަސް ނެގި މަގުމަތީ ދަބަހުން ޖެހި ބިއްލޫރި ތައްތެއް ތަޅައިގެން ދިޔުމުން އަަހަރެންގެ އަނގައިން ނުކުތީ ހުތުރު ބަހެކެވެ. ވާނީވެސް އެހެންތާއެވެ. އެ ސާފުކުރަން އަނެއްކާ އަނެއް ކަންތަކެވެ. ގުދުވެ ބިއްލޫރިކޮޅުތައް ނަގަންފެށިތަނާ ތޫނު އެތިކޮޅަކުން އިނގިލި ކަނޑައިގެން ގޮއްސިއެވެ. މޫޑުވީ ހައްތަހާ ހަރާބެވެ. އިިނގިލިން ފޭބި ލޭތަކަށް ނުބަލަންވެގެން ނަޒަރު ދުރުކޮށްލީ އަހަންނަކި ލޭ ފެނުމުން ބޯ އަނބުރާ މީހަކަށްވާތީއެވެ.

ގެއިން ނުކުމެ ސައިކަލު ވަށިގަނޑަށް ދަބަސް ލުމަަށްފަހު ސައިކަލު ދުއްވައިލީމެވެ. މިސްރާބަކީ އަހަރެން މަސައްކަތްކުރާ ފޮޓޯނަގާ ތަނެވެ. ފޮޓޯގްރަފާރއަކަށް ވުމަކީ އަހަރެން ސްކޫލު ދައުރުންސުރެ ދުއް ހުވަފެނެކެވެ. ނަމަވެސް މިހާރު އެ ގޮޅިގަނޑުގައި މީހުންގެ ޕާސްޕޮޓު ފޮޓޯނަގަން އިންނަންޖެހުމުން އެ ހުވަފެން ހުވަފެނެއްގެ ގޮތުގައި ބާއްވާފައި ތަންކޮޅެއް އޮއްޓަރުހުރި މާދަމައަކަށް ވިސްނުންނަމައޭ ހިތަށްއަރައެވެ. އޭރުން އޯލެވެލްއާއި ހަމައިން ކިޔެވުން ހުއްޓައެއްނުލީސްއެވެ. ހިޔާލުތަކުގެ ތެރޭގައި އިނދެ ޓްރެފިކް ލައިޓު ފެހި ވުމުން ދުއްވާލިިއިރު އަނެއް މަގުން ގަވާއިދާ ހިލާފަށް އައި ސައިކަލު ފެނުނީ މާ ފަހުންނެވެ. ބުރަކި ޖައްސައިލިއިރު އަހަރެންގެ ސައިކަލު ދިޔައީ އަރިއަކަށް ކެހިގެންނެވެ. އަނެއް ކޮޅުން އައި ސައިކަލުގޮސް ދުވާރު އަރިމަތީ ޖަހާފައިހުރި ދަގަނޑުގަޑުގައި ޖެހުނެވެ. އެ ސައިކަލުގައި ތިބީ ދެ މީހުންނެވެ. ދުއްވަންއިން ޒުވާނާ އޮތީ ސައިކަލު ދަށުވެފައެވެ. ފަހަތުގައި އިން ޒުވާނާ ވިއްސައިގެންގޮސް އޮތީ މާ ދުރުގައެވެ. ސައިކަލު ކޮޅަށް ނެގުމަށްފަހު ވިއްސައިގެންދިޔަ ޒުވާނާއަށް ބަލައިލެވުމުން އަަހަރެންގެ ހަން މެށިފައިވާ ފައިގެ ތަދުމަތިން ހަނދާންނެތުނު ކަހަލައެވެ. އޭނާގެ ގައިދަށުން ލޭގެ ކޯރެއް ފޭދުނީ އަހަރެން ބަލަން ހުއްޓައެވެ. މީހަކު ކައިރިއަށް އައިސް ކޮއްކޮ ރަނގަޅުުހޭ ބުނެލި ހަނދާންވެއެވެ. އެއަށްފަހު އަަހަރެންގެ ލޯ މައްޗަށް އަނދިރިވެ، ހުރިހާއެއްޗެއް ލޯމަތިން ގެއްލިއްޖެއެވެ.

ދެން ލޯ ހުޅުވުނުއިރު އޮވެވުނީ ހޮސްޕިޓަލުގައެވެ. ބަޔަކު ވާހަކަ ދައްކާ އަޑަށް ބަލައިލިއިރު ތަންކޮޅެއް ދުރުގައިި އިނާޝް ޑޮކްޓަރަކާ ވާހަކަ ދައްކަން ހުއްޓެވެ.

“ކަނާތު ފައިގެ ކަކޫ ވަރަށް ބޮޑަށް މަށައިގެންގޮއްސަ ހުރީ. އޭގެ އިތުރުން އެއްވެސް ގެއްލުމެއް ނެތް. ބޮލަށްވެސް އެއްވެސް އަނިޔާއެއް ވެފަކާއެއް ނެތް. ހޭނެތުނީ ލިބުނު ޝޮކެއްގެ ސަބަބުންހެން ހީވަނީ. ޕޭޝަންޓް ހޭލީމަ އެކަމާ ބެހޭގޮތުން ސުވާލުކޮށްލަންޖެހޭނީ.” ޑޮކްޓަރު، އިނާޝްއަށް ކިޔައިދިނެވެ. އިނާޝް ބޯ ޖަހައިލުމަށްފަހު އަހަންނާއި ދިމާއަށް އަންނަންފެށިއެވެ.

“ސާރާ… އޯކޭތަ؟” އިނާޝްއަށް އަހަރެން ހޭލާ އޮޮތްތަން ފެނުމާއެކު ގޮވައިލިއެވެ. އަހަރެން ބޯ ޖަހައިލީމެވެ. އިނާޝް ހީލިއެވެ. ހޮސްޕިޓަލުގައި އޮތް ވާހަކަ އިވުމުން އޭނާ ދުވެފައި އައިގޮތް އަހަންނަށް ސިފަކުރެވެއެވެ. ވަރަށްވެސް ހެޔޮ މީހެކެވެ. ވަކިވާން ހިތަށް އަރާ ސަބަބެއް ޚުދު އަހަންނަކަށްވެސް ނުވިސްނެއެވެ. ނަމަވެސް ފޫހިވެފައިވާ ގުޅުމެއް ކުރިއަށްގެންދާކަށް އަހަރެން ބޭނުމެއްނޫނެވެ.

“އެ މީހާ… އެ މީހާ ކޮބާ؟ އޭނާ ރަނގަޅުތަ؟” ކުއްލިއަކަށް އެކްސިޑެންޓުވީއިރު ވިއްސައިގެންދިޔަ މީހާ މަތިން ހަނދާންވެގެން އަހަރެން ސުވާލުކުރީމެވެ. ކޮންމީހެއްތޯ އިނާޝް ދެ ބުމަ ގާތްކޮށްލާފައި އެއްސެވެ. އަހަރެން އިނާޝްއަށް ވީގޮތް ކިޔައިދިނީމެވެ. އަހަރެން ހޭ ނެތުނީ އެ މިހާ ގައިން ފޭބިހާ ލޭތަށް ފެނިފަ ކަމަށްވެސް ބުނީމެވެ.

“ސައިކަލު ދުއްވަން އިން މީހާ ފާޑަކަށް ބޯ ފަޅައިގެން ދިޔައީއޯ. އެހާ ބޮޑަކަށް ނޫނޯ. ފަހަތުގަ އިން މީހާ އޮތީ އައިސީޔޫގަ. ތަފްސީލެއް ނޭންގެ އެކަމު އައިސީޔުގަ އޮންނާނީ ބޮޑުވަރުވީމައެންނު.” އިނާޝް ބުންޏެވެ. ” ސާރާ ކޮންކަމަކާ ތި ދެރަވަނީ. އެ މީހުންނެއްނު ގަވާއިދާ ހިލާފަށް ދިޔައީ.” އަހަރެންގެ މޫނުގެ ކުލަވަރު އޮއްސުންތަން ފެނިފައި އިނާޝް ބުންޏެވެ. އެހެންޏާ އަހަރެންވެސް ބުނާނީ އެހެންނެވެ. ނަމަވެސް އެ މީހާގެ ހާލަތަށް އަހަންނަށް ހަމްދަރްދީ ވެވުނެވެ.

މާ ގިނައިރެއްނުވެ ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ. އެންމެ ފުރަތަމަވެސް އަަހަރެން ބެލީ ސައިކަލު ސަލާމަތުން ހުރިތޯއެވެ. ކަނާތްފަޅީ އަރިމަތީ ކޫރުންތަކެއް އެޅިފައިވުމުން އަހަރެންގެ ހިތުގައި ރިއްސައިލިއެވެ. މަސައްކަތައް ދިޔައީ ސައިކަލު ހަދާ ތަނަކަށް ލުމަށް އިނާޝްއާއި ހަވާލުކޮށްފައެވެ.

އެރެއެވެ. އިނާޝްއާއި އެއްކޮށް ކާން ބޭރަށް ދިޔައީމެވެ. ލޯބިވެރިޔާގެ ހައިއްސިއްޔަތުން އެންމެ ފަހު ފަހަރެއްކަމަށް ކާންދޭންށެވެ. ކައި ނިމިގެން އަަހަރެން ބުނަން ބޭނުންވި އެތި އިނާޝްއަށް ބުނެލީމެވެ. އިނާޝް އަަހަރެންގެ ބަސް ހަޖަމުކުރީ ހީކުރި ވަރަށްވުރެ ފަސޭހައިންނެވެ. އެހާ ހިތްހެޔޮ މީހަކު ދެނެއް ނުލިބޭނެޔޭ އަަހަރެންގެ ހިތަށް އެރިއެވެ. ކަރުގައި ލީ ހިތި ރަހައަށް ނުވިސްނޭތޯ މަސައްކަތްކުރަމުން އަަހަރެން ރެސްޓޯރެންޓުން ނުކުމެ އިނާޝް ދިޔަ ކޮޅު ނޫން އަނެއް ކޮޅަށް ހިނގައިގަތީމެވެ. ހިނގުން ހުއްޓައިލީ ހޮސްޕިޓަލާއި ހަމައިންނެވެ. އަަހަރެންގެ ދެފައި އެތަނަށް ގެންދިޔައީ ކީއްވެބާއެވެ؟ މާ ބޮޑު ވިސްނުމަކާއި ނުލާ އަަހަރެންގޮސް ހުއްޓުނީ އައިސީޔޫ ކުރިމަތީއެވެ. އޭރު އެތަނުން އެނދެއް ނެރެނީއެވެ. އެނދުމަތީ އޮތް މީހާގެ މޫނުމަތީގަޔާއި އެކީ ވަނީ ފޮތިގަނޑު އަޅާފައެވެ. އެ އެނދު ކައިރިން ލާފައި ދިޔައީ ހެނދުނު އެކްސިޑެންޓުވީއިރު ސައިކަލު ދުއްވަން އިން މީހާއެވެ. އޭނާގެ ބޮލުގައި ބޭސްގަނޑެއް ބަނދެފައިވިއެވެ.

“އޭތް…” އެ މީހާއަށް ގޮވައިލީމެވެ. އަހަރެންނަކީ އެކްސިޑެންޓުވީ އަނެއް ސައިކަލުގައި އިން މީހާކަން އެ މީހާއަށް ފާާހަގަވިކަންނޭންގެއެވެ. “މީ… މީ އެ މިހާތަ؟ އެގަޑީ ސައިކަލުގަ އިން މިހާތަ؟” އަހަރެން އެނދުމަތީ އޮތް މަސްގަނޑަށް އިޝާރާތްކުރަމުން މަޑުމަޑުންް އެހީމެވެ. އެ މީހާ ޖަވާބުގައި މިލާފައިވާ އަޑަކުން އާނއެކޭ ބުންޏެވެ. ކުއްލިއަކަށް އެތަނަށް އައިސް ވަނީ ދެ ފުލުހުންނެވެ. މި ޙަބަރު ފޯރައިގެންނެވެ. މައްސަލަ ތަހުގީގުކުރުމަށް އަހަންނާއި އެ މީހާ ގެންދިޔައެވެ. އެ މީހާގެ ނަމަކީ މުޖާހިދުކަމާއި، މަރުވި ޒުވާނާއަށް ކިޔަނީ ރާއިންކަން އަހަންނަށް އިނގުނެވެ. ފުލުހުންގެ ސުވާލުތައް ނިމި ހުރިހާކަމެއް ހަމައަކަށް އެޅުންއިރު އެގާރަގަޑި ބައި ވަނީއެވެ. ގަވާއިދާ ހިލާފަށް ދިޔަ މުޖާހިދަށް ލިބޭ އަދަބެއް އަހަންނަކަށް ނޭންގެއެވެ. އަހަރެންގެ ފަރާތުން ޖެއްސީ ސައިކަލަށް ލިބުނު ގެއްލުމުގެ މައްސަލަ އެކަންޏެވެ. އެކަމަށް ފައިސާ ލިބުމުން އަހަންނަށް ފުދުނެވެ. ދެން އޮތީ މަރުވި ރާއިންގެ އާއިލާއިން ޖައްސާނެ މައްސަަލައެކެވެ. އެކަމުން ސަލާމަތްވީއޭ ހިތާ ޝުކުރުކޮށްފައި އަހަރެން ދިޔައީ ގެޔަށެވެ. ވަދެވުނު ހައިޖާނުގަނޑުގެ ކުޑަވެސް ވަހުމެއްނެތިއެވެ.

ގެއަށްގޮސް ސޯފާގައި ޖައްސައިލައި ފޯނު ހުޅުވައިލީމެވެ. ޗާޖު ދަށްވެފައިވާ ވަރު ފެނިފައި ސޯފާ ކައިރިން ތިރިއަށް ގުދުވެލީ ޗާޖަށް ޖެހުމަށެވެ. އެއާއިއެކު އަހަރެންގެ ލޮލުގައި އަޅައިގަތީ ބިންމަތީ ވެއްޓިފައި އޮތް ފޮޓޮއެކެވެ. ފޯނު ޗާޖަށް ޖެހުމަށްފަހު އެ ފޮޓޯ ނަގައި ބަލައިލީމެވެ. އެއީ އިންސްޓެންޓް ކެމެރާއިން އޭގެ ދެތިން ދުވަސް ކުރިން އަހަރެން ނެގި ފޮޓޮއެކެވެ. އެއީ ހުކުރު ދުވަހެއްކަމުން، ހުޅުމާލެއަށް ގޮސް އަަހަރެން ހިތްފަސޭހަކޮށްލަން އަތިރިމަތީ ހިނގައިލީމެވެ. ކެމެރާ އަތަށް ލައިގެން ހުރި ނަމަވެސް ނަގާނެ ރީތި ފޮޓޮއެއް ނުފެނުނެވެ. ރާޅުޖަހާ ހިސާބުގައި ހުރި އެ މީހާ ފެނުމަށް ދާންދެންނެވެ. ދެ ޖީބަށް އަތް ޖަހައިލައިގެން އޮއްސެމުންދިޔަ އިރަށް ބަލައަހައްޓައިގެން ހުރި އޭނާގެ ސޫރަ އަަހަރެންގެ ހިތް އަތުލިއެވެ. ކެމެރާ ލޮލުގައި ޖައްސައިލެވުނީ އިހުތިޔާރަކާނުލައެވެ. އުޑުމައްޗަށް ވެރިވެފައިވީ ރަތާއި އޮރެންޖުގެ ކުލަތަކުތެރެއަށް އޭނާގެ ސޫރަ ހަމަ އެންމެ ފުރިހަމައެވެ. އެ ހިތްގައިމު ރީތި މަންޒަރު އަހަރެން ފޮޓޮއެއްގައި ހައްޔަރުކުރީމެވެ. ހިޔާލުން ބޭރަށް ނުކުމެ އެ ފޮޓޯގައި އިން މީހާގެ މޫނަށް ސަމާލުވެވުނީ މާ ފަހުންނެވެ. ލޯ ކުޑަކޮށްލާފައި ބަލައިލީ ހީވި ހީވުމަކުންނެވެ. އެއާއިއެކު އަހަރެންގެ ސިކުނޑިއަށް އައީ ހެނދުނު ވީ އެކްސިޑެންޓެވެ. ސައިކަލު ފަހަތުން ވިއްސައިގެންދިޔަ ރާއިންއެވެ.

“މީ އޭނަ… މީ ހަމަ އެކަކު.” އަހަންނަށް ކިޔައިލެވުނެވެ. ރާއިންގެ ގައިން ފޭބި ލެއިިން ކޯރު ހެދޭތަން ހިތަށް ގެނެވުމުން އަަހަރެންގެ މޭ ނުބައި ކުރަންފެށިއެވެ. ފާހަނަޔާއި ދިމާއަށް ދުއްވައިގަތްތަނާ ކުއްލިއަކަށް ފައިން ދިލަ ތަދެއް ނަގައިގަތެވެ. ފައި ހިއްލާލާފައި ބަލައިލިއިރު ކުޑަކުޑަ ފުޅިމަދުކޮޅެއް ފަޔަށް ހެރުނީއެވެ. ހެނދުނު ތަޅައިގެންދިޔަ ތަށިން މާ ދުރަށް ބުރާފައި އޮތް އެތިކޮޅެކެވެ. ފައިން ލޭ ރޮނގެއް ފައިބާތަން ފެނުމުން އަަހަރެންގެ މޫނުމައްޗަށް އަނދިރިވާގޮތްވިއެވެ. އަނެއް ފަޅިއަށް ބޯ އަނބުރައިލި ނަމަވެސް ފައިން ވަރު ދޫވެގެން ތަޅުންގަނޑު މައްޗަށް ވެއްޓުނެވެ. ލޮލަށް އެކީ އަނދިރިވެގެން ދިޔަ ވަގުތު އަަހަރެން އަތުގައި އޮތް ފޮޓޯގަނޑު އަތުތެރޭ ބާރުކޮށްލީމެވެ.

********************

ސޯނާ ކަނޑައިލީމެވެ. ކަންނެތްކަން ފިލުވަން އޮވެލާފައި ލޯ ހުޅުވައި އާދައިގެމަތިން ފޯނު ނެގީމެވެ. ގަޑިން އަށެއް ޖަހައި އެއް މިނެޓެވެ. ތާރީހުން ޑިސެންބަރު ތިރީސް އެކެކެވެ. އެންމެ ފުރަތަމަ ހުޅުވައިލީ ފޭސްބުކެވެ. އަދިވެސް ޝަފީއުގެ ބުޅާ މަރުވިކަމުގެ ހިތާމަ ފާޅު ކުރަނީއެވެ. މިއަދުވެސް އާލިޔާ އާ ބިޓަކާއެކު ސައި ބޮނީއޭ ކިޔައި ކާ އެއްޗެހީގެ ފޮޓޮއާއި ދެ މީހުން އެކީ ނަގާފައި ހުރި ސެލްފީއެއް އިންސްޓާގްރާމްގައި ހުއްޓެވެ.

“އަނެއްކާ؟ ދުވާލަކު ބިޓެއްތަ ގެންގުޅެނީ މީނަ؟ ނޫން، ހަމަ އޭނަ ދޯ މީ. އަދިވެސް އާ ކަން ނުފިލަނީދޯ.” އަހަރެންގެ ހިތަށް އެރިއެވެ. ފާޑަކަށް ފޮޓޯތަކަށް ބަލަން އޮއްވާ ސްނެޕްޗެޓުން ނޮޓިފިކޭޝަންއެއް އައެވެ. ހުޅުވައި ބަލައިލިއިރު އިނާޝްގެ ސެލްފީއެކެވެ. ގުޑް މޯނިންގ ބޭބްއޭ ޖަހާފައެވެ. “މީނަ ސަކަރާތްޖަހަނީތަ؟ ރުޅިވީމަވެސް ކީއްވެ ބޭބްއޭ މި ކިޔަނީ؟ އަނެއްކާ ހިތް ތަޅުވަންތަ މި އުޅެނީ؟” އަހަރެން ކުޑަކޮށް ހިތްހަމަ ނުޖެހުނެވެ. ނަމަވެސް ވަކި އެއްޗެކޭ ނުބުނަމެވެ. އަަހަރެން އަޅާނުލާކަން އިނގުމުން ހަނދާންނައްތާލަން ނިންމާނޭ ހިތާއެވެ. ފެން ވަރައިގެން ނުކުމެ ލީ ކަޅުކުލައިގެ ގަމީހެކެވެ. އައިސް އަލަމާރި ހުޅުވައި ބާކީ އިން ދެ ކޮފީ ދަޅުން އެއް ދަޅު ނަގައި ބޯލީމެވެ. މޭޒުމަތީ އޮތް ދަބަސް ނަގައި ކޮނޑުގައި އަޅުވަން އުޅެނިކޮށް ބިއްލޫރި ތައްޓެއް ވެއްޓި ތަޅައިގެން ގޮއްސިއެވެ.

“އަނެއްކާ މިއަދުވެސް؟!” ހުތުރު ބަހެއް އަނގައިން ބޭރުކޮށްލުމަށްފަހު އަހަންނަށް ބުނެވުނެވެ. ގުދުވެ ބިއްލޫރިކޮޅުތައް ނަގަނިކޮށް އިނގިލި ކެނޑިއްޖެއެވެ. ލެއަށް ނުބަލަންވެގެން އަނެއް ފަޅިއަށް ބޯ އަނބުރައިލީމެވެ. ސިންކު ކައިރިއަށްގޮސް ލޭ މަނާވަންދެން ފެން އެޅީމެވެ. އިނގިއްޔަށް ބަލައިލީ ކަނޑައިގެންދިޔައީ ވަރަށް ބޮޑަށްތޯ ބެލުމަށެވެ. އިއްޔެވެސް ކަނޑައިގެންދިޔައީ ހަމަ އެތަނުންނޭ ހިތަށް އެރިއެވެ. މާ ބޮޑު ކަމަކަށް ނަަހަދައި ބިއްލޫރިތައް ސާފުކުރުމަށްފަހު ގެއިން ނުކުތީމެވެ. ސައިކަލު އާންމުކޮށް ބައިންދާ ތާންގައި އިނުމުން އިނާޝް ސައިކަލު ގެނަސްދިންލެއް ހާދަ އަވަހޭ ހިތަށްއެރިއެވެ. ގެއްލުންވި ހުރިހާ ތަނެއް ހުރި ވަރަށް ފުރިހަމަޔަށް ހަދާފައެވެ. ހަލާކުނުވާއިރާއި ތަފާތެއްނެތެވެ.

ޓްރެފިކް ލައިޓުގެ ފެހި ބޮކި ދިއްލުމުން ސައިކަލު ދުއްވައިލިމެވެ. ބުރަކި ޖައްސައިލެވުނީ އަނެއް މަގުން އައި ސައިކަލުގައި ޖެހުނު ފަހުންނެވެ. އަރިއަކަށް ކަހައިލައިގެންގޮސް ސައިކަލު ދަށުވިއިރު އަހަންނަށް އޮވެވުނީ ތެދުވަން މަސައްކަތް ކުރުމަކާއި ނުލާ ގަބުވެފައެވެ. ހަމަ އެ ސައިކަލެވެ. ހަމަ އެ ދެމީހުންނެވެ. އެއް މަންޒަރެކެވެ.

“ކޮއްކޮ ރަނގަޅުތަ؟” މީހަކު އައިސް އަހަރެންގެ ސައިކަލު ނަގައިދިނެވެ. ކޮޅަށް ތެދުުވުމަކާއިނުލާ އޮތް އަަހަރެން ރާއިންގެ ގައި ދަށުން ހެދުނު ލޭކޯރު ފެނުމާއިއެކު ހޭނެތުނެވެ.

ހޭއެރިއިރު އޮވެވުނީ ހޮސްޕިޓަލުގައި އެނދުމަތިކޮށްފައެވެ. ކަންތައް ހިނގިގޮތާއިމެދު އަހަންނަށް ވިސްނައިލެވުނެވެ. ކުރީރޭ ހޭނެތިގެން ބިންމައްޗަށް ވެއްޓުނު ހަނދާންވީ އަދިކިރިޔާއެވެ. ހެނދުނު ހޭލެވުނުއޮރު އޮވެވުނީ އެނދުގައެވެ. ސޯޝަލް މީޑިއާގައި ހުރި ފޮޓޯތައް ކުރީ ދުވަހަކާއި ތަފާތެއް ނެތެވެ. އިނާޝްގެ ސްނެޕްވެސްމެއެވެ. ފެންވެރިއިރު އޭގެ ކުރީ ދުވަހު ފައިން މެށުނުތަން އިން ހަނދާނެއް ނުވެއެެވެ. އާދައިގެމަތިން ފެންވަރަމުން ލަވަކިޔުމުގައި މަޝްއޫލުވިވަރުން އެކަން ފާހަގަނުވީއެވެ. އައިސް އަލަމާރީގައި އިންނަންޖެހޭނީ ބާކީ އެންމެ ކޮފީ ދަޅެކެވެ. ނަމަވެސް ބާކީ ދެ ދަޅު މިއަދުވެސް އިނެވެ. ދަބަހުން ޖެހި ތެޅުނު ތައްޓެވެ. އަތުން ކަނޑައިގެންދިޔަ ތަންކޮޅެވެ. އަލުން ރިޕީޓުވި އެކްސިޑެންޓެވެ. އަވަސް އަވަހަށް ޖީބުން ފޯނު ނަގައި ބަލައިލީމެވެ. ތާރީހުގައި އިނީ ޑިސެންބަރު ތިރީސް އެކެކެވެ. ޑިސެންބަރު ތިރީސް އެކެއް އެއީ ހަމަ ގައިމުވެސް އިއްޔެގެ ތާރީހެވެ.

“ސާރާ… އޯކޭތަ؟” އިނާޝް އައިސް އެއްސެވެ.

“މިއަދު މީ ނިއު އިޔާރ ދޯ.” އިރުކޮޅަކު އިނާޝްއަށް ބަލަން އޮތުމަށްފަހު އަހަރެން ބުނީމެވެ.

“ނޫން. މާދަަމައެންނު ނިއު އިޔާރ.” އިނާޝް ބުންޏެވެ. “މާދަން އަަހަރުންގެެ އެނިވާސަރީއެންނު.”

“އަހަރުން ރައްޓެހިވެގެންދޯ މި އުޅެނީ.” އަަހަރެން ޔަގީންކޮށްލަން އަހައިލީމެވެ.

“ތީ ކޮންކަހަލަ ސުވާލެއް؟ ސާރާ އަސްލުވެސް އޯކޭތަ؟ ބޮލަށް ތަދުވޭތަ؟” އިނާޝް ފާޑަކަށް އެއްސެވެ. އަހަރެންގެ ހީ ޔަގީނަށް ބަދަލުވިއެވެ. އެއް ދުވަހެއް ދެވަނަ ފަހަރަށް އިޔާދަވަނީކަން އަަހަންނަށް ޔަގީންވިއެވެ.

އޮފީހުގައިވެސް ކުރީ ދުވަހުގައި ހިނގި ކަމެއް ނޫން އާ ކަމެއް ނުހިނގައެވެ. އެރޭ އިނާޝްއާއިއެކީ ކާންގޮސް އަަހަރެން އޭނާއާއި ވަކިވާން ބޭނުންވާ ވާހަކަ ބުނީމެވެ. އޭނާ ޖަވާބުދިނީ ހަމަ އޭގެ ކުރީރޭވެސް ޖަވާބުދިންހެންނެވެ. ހޮސްޕިޓަލަށް ދިޔައިރު ރާއިންގެ ފުރާނަ ނެތް މަސްގަނޑު ނެރެނީއެވެ. ފުލުހުން ސްޓޭޝަނަށް ގެންގޮސް ކުރީ އެއް ސުވާލުތަކެކެވެ. އަހަރެންގެ ޖަވާބުތަކަށް ބަދަލެއް ނުގެންނަމެވެ. ގެއަށްގޮސް ފަޔަށް ހެރުމުގެ ކުރިން ބިންމަތިން ފުޅިމަދުކޮޅު ހޯދާފައި ނެގީމެވެ. ސޯފާގައި އިށީންތަނާ އެއްކަލަ ފޮޓޯމަތިން ހަނދާންވިއެވެ. ކުރީރޭވެސް އޮތް ތާންގައި އެ އޮތެވެ. އެ ފޮޓޯ އަތަށް ނަގައި ބަލައިލީމެވެ. އެއީ ހަމަ ރާއިންއެވެ. އެ ފޮޓޯ ހިފައިގެން އިންދާ އަަހަންނަށް ނިދުނީ ކޮންއިރަކުކަމެއް ނޭންގެއެވެ.

އަނެއް ދުވަހުވެސް ހޭލެވިއްޖެއެވެ. ސޯނާގެ އަޑަށެވެ. އޮވެވުނީ އެނދުމަތީގައެވެ. މިފަަހަރު ގަޑި ނިވައިލީ ލޯ ހުޅުވާފައެވެ. ގަޑިން އަށެއް ޖެހީއެވެ. އެއީ ކޮންމެ ފަހަރަކުވެސް އަހަންނަށް ހޭލެވުނު ގަޑިއެވެ. އިރުކޮޅަކު ލޯ ނުހުޅުވާ އޮންނާތީ އެއް މިނެޓު ފާއިތުވަނީއެވެ. ތާރީހުން ޑިސެންބަރު މަހުގެ ތިރީސް އެކެކެވެ. ފޯނުގައި ހަމަ އެކައްޗެކެވެ. އިނާޝްގެ ސްނެޕްވެސް ލިބުނެވެ. އަހަރެންގެ ހިތުގައި ވީ އާ އަޒުމެެކެވެ. މި ދުވަސް ތަފާތުކޮށް ކުރިއަށްގެންދިޔުމަށެވެ. ފެނެއް ނުވަރަމެވެ. ދަތް އުނގުޅައިގެން، ފޮޓޯ ނަގާ ތަނަށް ގުޅައި ސިކް ލީވްއެއް ނެގީމެވެ. މޭޒުމަތީ އިން ބިއްލޫރިތަށި ނަގައި ތަށި އަޅުވާ އެތީ އެޅުވައިލީމެވެ. އައިސް އަލަމާރިން ނެގި ދެ ކޮފީ ދަޅު ހިފައިގެން ސޯޯފާގައި ޖައްސައިލީ ނެޓްފްލިކްސް ބަލަންށެވެ.

އެރެއެވެ. ޕިއްޒާ ފޮއްޗެއް ކާން އިން އަހަންނަށް ބަލަން އިން ފިލްމު ޕޯސްކޮށްލަން ޖެހުނީ ފޯނެއް އައުމުންނެވެ. އެއީ ދޮންބެގެ ފޯނެކެވެ. އަަަހަންނަށް ލިބުނީ ހައިރާންކަމެވެ. އޭގެ ކުރިން ދެ ދުވަހުވެސް އެއީ ހިނގި ކަމެއް ނޫނެވެ. ފޯނަށް ޖަވާބުދިނީ، ތަފާތުކޮށް ކަންތައްކުރުމުން ތަފާތުވީކަމަށް އުފާވެފައެވެ. ނަމަވެސް ލިބުނީ އުފާވެރި ހަބަރެއް ނޫނެވެ. މަންމަ ނޭވާ ހާސްވެގެން ހޮސްޕިޓަލަަށް ގެންދިޔަ ހަބަރެވެ. ކުރެވުނު އަވަހެއް ކޮށްގެން ހޮސްޕިޓަލަށް ނައްޓައިލީމެވެ. ޓްރެފިކް ލައިޓުވެސް އަހަރެން ލަސްކުރުވަން އުޅޭހެން ހީވެ ރުޅިއައެވެ. ފެހި ބޮކި ދިއްލުމާއިއެކު މަޑުކުރުމަކާއިނުލާ ދުއްވައިލީމެވެ. އަނެއް މަގުން އައި ސައިކަލުގައި ޖެހުނުއިރުވެސް ނޭންގުނެވެ. ސައިކަލު ކޮޅަށް ނެގުމަށްފަހު ތެދުވެ ބަލައިލިއިރު އަހަރެންގެ ހިތް ހުއްޓުނުކަހަލައެވެ. ކުރިމަތީ އޮތް ސައިކަލު ދަށުގައި އޮތީ މުޖާހިދެވެ. ތަންކޮޅެއް ދުރުގައި އޮތީ ރާއިންއެވެ.

(ނުނިމޭ)

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jinni

Level 410 Stories100 Login100 Comments500 Login

Other Articles

Previous

މާޔޫސް ކުރުވިއެވެ.

Next

ނޫރިޝް ( ތިންވަނަ ބައި )

Next
December 5, 2018

ނޫރިޝް ( ތިންވަނަ ބައި )

Previews
December 5, 2018

މާޔޫސް ކުރުވިއެވެ.

37 Comments!

  1. puh says:
    December 5, 2018 at 3:32 pm

    Puh konkahala vaahaka eh mee hamanujehey

    1. Jinni says:
      December 5, 2018 at 3:41 pm

      dhevana bai keema bodah vaanuvaa ingeyne iraadhakureviyya

  2. yalv says:
    December 5, 2018 at 3:38 pm

    V nice …
    Keep it up…
    When next

    1. Jinni says:
      December 5, 2018 at 3:43 pm

      thnk u nxt pxt mianna friday ga

  3. Baisaa says:
    December 5, 2018 at 4:15 pm

    Mihaaru thashithelhuneema fayah here ee fulhimadhoa????

  4. Baisaa says:
    December 5, 2018 at 4:17 pm

    Fulhimadhu???

    1. Jinni says:
      December 5, 2018 at 4:22 pm

      thats actually fulhitoshi olhigen fulhimadhu liyevifa eynee ??? wat a dumb mistake sry bout that

  5. Aroo says:
    December 5, 2018 at 4:17 pm

    Varah foohi abadhu ehvaahaka thakeh

    1. Jinni says:
      December 5, 2018 at 4:23 pm

      next part ga aa vaahaka thakeh hunnane thnx 4 reading

  6. Leen says:
    December 5, 2018 at 6:53 pm

    V foohi kiyaa hithehves neih

    1. Jinni says:
      December 5, 2018 at 7:11 pm

      ok

  7. hamtii says:
    December 5, 2018 at 7:07 pm

    Salhi ingey..hama hevenee mi kiyaafa..but my sis bunee ekkameh repeat vaathee ehaa reecheh noono..ekam lets see next part ga vaa goi..i will read this story insha allah nimen dhen ves…btw next part ah wait kuran dhw mi jehunee…alhe haadha sad ey..i heekuree maadhan kamah..hehe

    1. Jinni says:
      December 5, 2018 at 7:12 pm

      thnx look forward to second prt

  8. Mistake says:
    December 5, 2018 at 8:36 pm

    Varah nice but fulhimadu or fulhitoshi?? Mi vaahaka kee iru mi dhe Bas olhuvaalaafa liyefa inkan faahaga kurevun

    1. Jinni says:
      December 5, 2018 at 8:41 pm

      yeah that was a mistake sry bout that

    2. Jinni says:
      December 5, 2018 at 8:42 pm

      n thnx 4 reading

  9. Anonymous says:
    December 5, 2018 at 8:44 pm

    Beli series aka vaa gotha kudakoh ehvahtharu kameh hurey..ehvahtharu v ma hama bunily..don’t mind.. By the way story nice… Dhen Anna part ithurah furihama vaane kamah unmeedhu kuran.

    1. Jinni says:
      December 5, 2018 at 8:49 pm

      this is a story thats based on time travelling. ekahala stories hunna film thah varah ginain hunnane ehenve vatharu vedhaane. thnx for reading i’ll try to write better in the next prt

  10. bangtan lover says:
    December 5, 2018 at 9:03 pm

    reethi ingey ..
    next part mi ah vure furihama vaane kamah ummedhu kuaran
    Try you’r best!!

    1. Jinni says:
      December 5, 2018 at 9:16 pm

      thank u i will☺️

  11. Random person says:
    December 6, 2018 at 12:52 am

    Thothey are jeyd aa gulhun kandaa leetha?

    1. Jinni says:
      December 6, 2018 at 11:15 am

      eyna snap id eh nufenuney bunebala. mi ge ah ais dhe meehun vaanuvaa olhunfiluva dheebae mashah plx

    2. Jinni says:
      December 6, 2018 at 11:17 am

      r u the person im thinking u r? if not never mind

    3. jeythey says:
      December 6, 2018 at 11:28 am

      we are indeed ur beloved thothey and jeyd maybe maadhan aharun dhaanan k geah.. friends search kuraa thanah gossa aharun id search kohbe..id handhaanethiyya viber thothey

    4. jeythey says:
      December 6, 2018 at 11:32 am

      viber in ves ethah haas msg kohfeemey broski ekm online vefaves k reply nukure

    5. Jinni says:
      December 6, 2018 at 11:41 am

      hoon annathi maadhan

  12. Random person says:
    December 6, 2018 at 11:26 am

    Btw stry vrh slhi! Keep up the gud wrk

    1. Jinni says:
      December 6, 2018 at 11:42 am

      thnx

  13. Anèé says:
    December 9, 2018 at 3:36 pm

    Intresting. Var kiyaalaa hih vejje

    1. Jinni says:
      December 9, 2018 at 6:17 pm

      thnx mihaaru ithuru 2 bai up koffa innane ingey

  14. Mariyan fulhu says:
    December 9, 2018 at 6:11 pm

    Keep up the good work!

    1. Jinni says:
      December 9, 2018 at 6:19 pm

      shukuriyya marianfulhaa maadhn annathi mi ge ah bondibai kaan

  15. Mariyan fulhu says:
    December 9, 2018 at 6:22 pm

    Sorry but hun, u can talk in english to me as well? i am not as old as u think i am

    1. Jinni says:
      December 9, 2018 at 6:24 pm

      oh plx i knw hw old u r sissy

  16. Sis says:
    December 9, 2018 at 7:34 pm

    Mi varah thafaathu story eh dhw?.. Get vaan thankolheh gina iru negi.. Eves varah ginain kiyai gen.. Hehe ? dhn ekam reethi vaaneheh heevani.. Different v ma.. Next part kiyaalaafa comment eh kohlaanan ??

    1. Jinni says:
      December 10, 2018 at 12:11 am

      ok i’ll look 4ward to ur comment

  17. sama says:
    April 21, 2020 at 6:29 pm

    Foohivey vegen jinni ge hurihaa vaahaka thakeh Kiyanee mi
    Mee dhe vana vaahaka dhO.
    Faharee ga mi comment nufenidhaane
    vaahaka reethi.
    But mee hama film eh ge copy eh
    bunelan beynunvanee amillayah idea hoadhaIgen vaahaka liyaashey
    emmen ah neyngunas gina meehunnah ingeyne
    e film ah kiyaa nee happy death day
    mihaaru eyge 2 part nikumejje
    v reethi film eh ey
    vaahaka ves v reethi
    but idea copy kureema ehaa ehcheh noon.

Comments are closed.

Next Episodeޑިސެންބަރު ތިރީސް އެކެއް 2←


All Right Reserved!