Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ވިންދޭ ލޯބި ތީ އެދޭ 3

ifoo Level 910 Stories100 Comments100 Login500 Login500 Comments100 Stories1K Comments
December 5, 2018 12 Mins Read
21 Comments

ދެމީހުންވެސް ގެއިން ނިކުމެ ސުކޫލަށް މިސްރާބުޖެހިއެވެ. ކުރިއަށް ހިނގަމުން ދިޔަ އަޝްރާ އާއި މިންހާ ފަހަތަށް ބަލައިލީ މީހަކު ތުމުން ފުމެލި އަޑުއިވުމުންނެވެ. ފަހަތަށް ބަލައިލިއިރު ރަތް ކުލައިގެ ގަމީހަކާއެކު ކަޅު ކުލައިގެ ސްކިނީގައި ހުރި އަލޫފް ފިރިހެންވަންތަ ހިނގުމެއްގައި އަންނަމުން ދިޔައެވެ. މިންހާއަށް ބަލައިލަމުން ހިނިތުންވެލުމަށްފަހު އަލޫފް އެއްލޯ މަރާލިއެވެ. އެއާއެކު މިންހާގެ ކޮލަށް ޖަންބުކުލަ ވެރިވެގެން ދިޔައެވެ. އޭނައަށް ލަދުން އިސްޖަހާލެވުނެވެ. މިންހާގެ އެއާދައިން އަލޫފްގެ ހިތުގައި މިންހާއަށްޓަކައިވި އިހުސާސްތައް ފުންވެގެން ދިޔައެވެ.

** ނޭނގި ވެވޭ އިހުސާސެއް މީ… މޭގައި ހިނގާ ޖަޒުބާތެއް މީ… ހާސިލްވުމަށް އެދި ހިތް ރޮނީ… ޔާރާ ވިސްނާށޭ… އިންސާނެއް މިއީ.. ** މިންހާ އާއި އަޝްރާ އޭނައަށް ފަސްދީފައި ހިނގައިގަތުމާއެކު އަލޫފް އޭނަގެ ފިރިހެންވަންތަ އަޑުން ލަވައެއްގެ ބައެއް ކިޔާލިއެވެ. އެއާއެކު މިންހާގެ ތުންފަތަށް ލަދުރަކި ހިނިތުންވުމެއް ވެރިވިއެވެ. ” ވާއު މިންނު… ހީ އީޒް އަ ނައިސް ސިންގާ ޓޫ…  ދޮންބެހެން ރީތިކޮށް ލަވަ ކިޔާ ދޯ… ހާދަ ރޮމޭންޓިކްއޭ… ހެހެހެ… ” ހަމައެކަނި މިންހާއަށް އަޑުއިވޭ ވަރަށް އަޝްރާ ދިޔައީ މިންހާ އާ ދިމާކުރަމުންނެވެ. އޭރުވެސް މިންހާގެ މޫނު މަތިން ލަދުވެތިކަން ހާމަވަމުން ދިޔައެވެ.

އެމީހުން ގޮސް ސުކޫލަށް ވަންއިރު ހަރަކާތްތެރިވަމުން ދިޔައީ ވަރަށް މަދު ކުދިންކޮޅެކެވެ. އަޝްރާ އާއެކު ސުކޫލަށް ވަދެގެން އައި މިންހާ ފެނި އިއާންގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. ގަޔަށް ދޫ ކަޅު ހެދުމާއެކު އަޅާފައިވި މަޑު ނޫ ކުލައިގެ ޝޯލްގައި ހުރި މިންހާގެ ރީތިކަން ފެނި ކޮންމެ މީހަކަށްވެސް ބަލަހައްޓާއިގެން ހުރެވިދާނެއެވެ. އެ ދޮން އޮމާން މޫނު މަތިން ފެންނަމުން ދަނީ އުޖާލާކަމެވެ. މަޑު ފިޔާތޮށި ކުލަ އަރާ ތުނި ތުންފަތުގައިވާ ހިނިތުންވުމުން މީހުންގެ ހިތްތައް ކަތިލާހާވެއެވެ. ”އާން… އާން ދީބަލަ އެ ފޮތިގަނޑު މިތަނުގަ ދަމަން… ” ބެކް ގްރައުންޑުގައި ފޮތިގަނޑެއް ދަމަން ގޮނޑިއަކަށް އަރާ ހުރި ނާއިލް އިއާންއަށް ގޮވާލަމުން ބުނެލިއެވެ. ދެތިން ފަހަރު ބުނުމުންވެސް އިއާންގެ ސަމާލުކަމެއް އޭނައަކަށް ނުލިބުނެވެ. ނާއިލް އިއާން ބަލަހައްޓާއިގެން ހުރި ދިމާލަށް ބަލައިލިއެވެ. އެވަގުތު އޭނައަށް ފެނިގެން ދިޔައީ މިންހާ އާއި އަޝްރާއެވެ. އިއާން އެފަދަ ނަޒަރަކުން އަޝްރާއަށް ނުބަލާނެކަން ނާއިލްއަށް އެނގެއެވެ. ނާއިލްއަށަ އެެއްފަހަރު އިއާން އަނެއްފަހަރު އަޝްރާ އާއި މިންހާއަށް ބަލައިލެވެއެވެ. އިއާންގެ ނަޒަރު ސީދާވެފައި ވަނީ މިންހާއަށެވެ. އެއާއެކު ނާއިލްގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. ގޮވާ ގޮވާވެސް އިއާންގެ ޚަބަރެެއް ނުވުމުން އެންމެ ފަހުން ނާއިލް އޭނަ އަރައިގެން ހުރި ގޮނޑިން ފޭބުމަށްފަހު އިއާންގެ ގާތަށް މިސްރާބުޖެހިއެވެ.

” މިންނު މޫނުގަ އެއްޗެއް ހުރީތަ މިއަދު މާވަރަކަށް ތިބަލަނީ… ” އިއާންގެ ގާތަށް ގޮސް އޭނަގެ ކައިރީގައި ހުއްޓިލުމަށްފަހު ދެލޯ ހަނިކޮށްލަމުން ނާއިލް ބުނެލިއެވެ. ” ނު… ނުބަލަން… ” ނާއިލްގެ އަޑު އިވުމާއެކު އިއާންއަށް ހަމަބިމަށް އާދެވުނެވެ. ނާއިލްއަށް އޭނަ ބަލަމުން ދިޔައީ މިންހާއަށްކަން އިނގުމުން އިއާން ހާސްވާގޮތްވިއެވެ. އެހެންކަމުން އިއާންއަށް ޖަވާބު ދެވުނީވެސް އަޅައަޅާއިގަންނަމުންނެވެ. ” ނުބަލާ ކަމެއް ނޭނގެއެއްނު… މަ އެވަރަށް ގޮވިއިރުވެސް އާން އަކަށް އަޑެއް ނީވުން… ހާދަ ތަފާތު ނަޒަރަކުންނޭ މިއަދު ތި ބަލަނީ… ޓު ބީ އޯނެސްޓް… މަށަށް މިހާރު ދުވަސްކޮޅެއްވެއްޖެ ތިކަން ފާހަގަވާތާ… އަނެއްކާ… އާންގެ ހިތުގައި މިންނުއަށްޓަކައި ތަފާތު އިހުސާސެއް އުފެދުނީތަ… ބުނެލައިގެން އުޅުނީމަ ދޯ ފަސޭހަވާނީ… ހެހެހެ..” އިއާންގެ މޫނަށް ބަލަހައްޓާއިގެން ހުރެ ނާއިލް ބުނެލިއެވެ. ނާއިލް މިފަހަރު ދިޔައީ ވަރަށް ގާތުން އިއާންގެ މޫނު މައްޗަށް އަރަމުންދާ ކުލަތައް ދިރާސާކުރަމުންނެވެ. ” ނޫނޭ… ނާއިލް ދައްކާ ވާހަކަ… ޝީ އިޒް… ޝީ އިޒް ޖަސްޓް އަ ފްރެންޑް… އެކަހަލަ ކަމެއް އުޅެންޏާ… އަހަރެން ބުނާނެދޯ ނާއިލް ގާތު… ” ހަމަޖެހެން މަސައްކަތް ކުރަމުން އިއާން ޖަވާބުދިނެވެ. އިއާންގެ މޫނު މަތިން ފެންނަމުން ދިޔަ އަސަރުތަކުން އޭނަގެ ހިތުގައި މިންހާއަށްޓަކައި އިހުސާސްތަކެއް ވާކަން ހަމަ ރަނގަޅަށްވެސް ހާމަވެގެން ދިޔައެވެ. އޭރު ނާއިލްގެ ތުންފަތުގައިވަނީ ފުރިހަމަ ހިނިތުންވުމެކެވެ. ނާއިލް މިންހާ ދެކެނީ އޭނަގެ އަމިއްލަ ކޮއްކޮއެއް ފަދައިންނެވެ. އިއާން އަކީ މިންހާގެ ހަޔާތަށް އަންނަން އެންމެން އެކަށީގެންވާ ފަރާތްކަން ނާއިލްގެ ހިތް ގަބޫލުކުރިއެވެ. އޭނަގެ ކޮއްކޮގެ ހަޔާތަށް އޭނަގެ އެންމެ ގާތް އެކުވެރިޔާ އަންނަން ނާއިލް ނުހަނު ބޭނުންވިއެވެ. އެހެނަސް އިއާން އިސްވެ އޭނަގެ ހިތުގެ އިހުސާސްތައް ހިއްސާކުރަންދެން ނާއިލް މަޑުން ހުންނަން ނިންމިއެވެ.

” ހޫމް… ދެން ހެވޭ… ދެންވެސް އަވަހަށް ބްކްގްރައުންޑް ނިންމަން އުޅެބަލަ… މިހާރު ގިނަ ކުދިން އައިއްސިއެއްނު… ” ނާއިލް މިހެން ބުނުމުން އެހެން ކުދިންނާއެކު އިއާންވެސް ބެކް ގްރައުންޑުގެ މަސައްކަތް ފެށިއެވެ. އަޞްރު ނަމާދު ވަގުތު ވާން ވަރަށް ގާތްވެފައި ވަނިކޮށް ހުރިހާ ކަމެއްވެސް ނިންމާލެވުނެވެ. ހަވީރު ހަތަރެއް ޖަހާއިރު ރިހާސަލް ބޭއްވުމަށް ހަމަޖެހިފައިވުމުން އެންމެންވެސް ހޯލު ތެރެ ތައްޔާރުކޮށް ނިންމުމަށްފަހު އަޞްރު ނަމާދުކުރުމަށް ދިޔައެވެ.

ހަވީރު ހަތަރެއް ޖެހިއިރު ހާޒިރުވާންޖެހޭ ހުރިހާ ކުދިން ތިބީ އައިއްސައެވެ. ހަތަރެއް ޖެހުމާއެކު ރިހާސަލް ފެށިގެން ދިޔައެވެ. ހައެއް ޖަހަންދެން ރިހާސަލް ކުރިއަށް ގެންދިއުމަށްފަހު ހުރިހާ ކަމެއްވެސް ފުރިހަމައަށް ތައްޔާރުވުމުން އެންމެންވެސް ގެއަށް ދިޔައެވެ.

ގެއަށް އައިސް ވަން މިންހާ އާއި މާހިލް ތިބީ ނުހަނު ވަރުބަލިވެފައެވެ. ” ދަރިފުޅުމެން ވަރުބަލިވެފަ ދޯ… އާދޭ އަވަހަށް ސައިބޯން… މަންމަ އަންނާނަން ބައްޕައަށް ގޮވާލާފަ… ” މިންހާ އާއި މާހިލް ފެނުމާއެކު ނާހިދާ އެކުދިން ގާތު ބުނެލިއެވެ. އަޝްރަފަށް ގޮވާލަން ނާހިދާ ކޮޓަރިއަށް މިސްރާބުޖެހުމުން މިންހާ އާއި މާހިލް ގޮސް ކާކޮޓަރިއަށް ވަނެވެ. އަޝްރަފު އައިސް ގޮނޑީގައި އިށީނުމާއެކު ދެކުދިންވެސް ހިނިތުންވުމެއް ރައްދުކޮށްލިއެވެ. އެންމެން ހަމަވުމާއެކު ހަވީރުގެ ސަޔަށް އިންސާފުކުރަމުން ދިޔައެވެ. ސައިބޮއެ ނިމުމުން މިންހާ އާއި މާހިލް އެމީހެއްގެ ކޮޓަރިއަށް އަރާމުކޮށްލަން ވަނެވެ. މާހިލް ކޮޓަރިއަށް ވަދެ އެންމެ ފުރަތަމަވެސް ގުޅާލީ މައިޝާއަށެވެ. ދެލޯބިވެރިން ގުޅިގެން އުޅޭތާ މިހާރު ތިން އަހަރު ވަނީއެވެ. ދެފަރާތުގެ އާއިލާވެސް އެގުޅުމަށް ގަބޫލުކަމުން ދެމީހުންވެސް ކަންބޮޑުވާކަށް ނުޖެހުނެވެ. މިހާރު ދެމީހުންވެސް ތައްޔާރުވަމުން ދަނީ ކައިވެންޏަށެވެ.

މިންހާ ކޮޓަރިއަށް ވަދެ ސޯފާގައި ޖައްސާލިއެވެ. މާބުރަކޮށް އުޅުމުގެ ސަބަބުން އޭނާ ހުރީ ނުހަނު ވަރުބަލިވެފައެވެ. އަދި މިރޭ ޖަލްސާވެސް އޮންނާނެތީ ކުޑަކޮށް އަރާމުކޮށްލަން ސޯފާގައި ހަމަޖެހިލައިގެން އޮތެވެ.

ރޭގަނޑުގެ ވަގުތެވެ. މުޅި ސުކޫލު ހޯލު ތައްޔާރުކުރެވިފައި ވަނީ ވަރަށްވެސް ފުރިހަމައަށެވެ. ބެކް ގްރައުންޑު ކަޅާއި ހުދުން ރީތި ގޮތަކަށް ހަދާފައިވީއިރު ޕޯޑިއަމްވެސް ވަނީ އެކި ކުލަކުލައިގެ ޕްލާސްޓިކް މާތަކުން ޒީނަތްތެރިކުރެވިފައެވެ. ގަޑިން އަށްގަޑި ތިރީސް ވުމާއެކު ކީރިތި ޤުރުޢާންގެ ބަރަކާތުން ޖަލްސާ ފެށިގެން ދިޔައެވެ. އެއަށްފަހު ކިޔެވި ދިޔަ މޫރިތި އާޔަތްތަކުގެ ތަރުޖަމާ އިވިގެން ދިޔައެވެ. އެއަށްފަހު އޮތީ ސުކޫލުގެ ފަރާތުން ވާހަކަ ދެއްކުމެވެ. ސުކޫލުގެ ޕްރިންސިޕަލް ދަރިވަރުންނާއި ޓީޗަރުން އަދި ބެލެނިވެރިންނާ މުޚާތަބުކޮށް ވާހަކަ ދެއްކިއެވެ. އެ ނަމްބަރަށް ފަހު ދެން ކުރިއަށް ދިޔައީ މަޤާމުތަކަށް ހޮވުނު ދަރިވަރުން ހުވާކުރުމެވެ. އެންމެ ފުރަތަމަ ހުވާކުރެވިގެން ދިޔައީ މިއަހަރުގެ ޕްރިފެކްޓް ބޯޑަށް ހޮވުނު ދަރިވަރުންނެވެ. އެއަށްފަހު ކްލަބްތަކަށް ހޮވުނު ދަރިވަރުން ހުވާކުރުން ކުރިއަށް ދިޔައެވެ. އެއަށްފަހު ދެން ކުރިއަށް ދިޔައީ ހައުސްތަކަށް ހޮވުނު ކުދިންގެ ހުވާކުރުމެވެ. އެންމެ ފަހުން ހުވާކުރެވިގެން ދިޔައީ ސުކޫލުގެ އެންމެ އިސް މަޤާމުތަކުގެ ދަރިވަރުންނެވެ.

ޖަލްސާގައި ދެން ކުރިއަށް ދިޔައީ މަޤާމުތަކަށް ހޮވުނު ދަރިވަރުންނަށް މަޤާމުގެ މަސްއޫލިއްޔަތު ކަރުދާހާއެކު ސޭޝް އާއި ޓެކްކޮޅު ހަވާލުކުރުމެވެ. ” ދެން މިދަންނަވާލަނީ މިއަހަރު ސުކޫލުގެ އެންމެ އިސްމަޤާމުތަކަށް ހޮވުނު ދަރިވަރުންނަށް މަޤާމުގެ މަސްޢޫލިއްޔަތު ކަރުދާހާއި، ސޭޝް އަދި ޓެކްކޮޅު ހަވާލުކުރުން… ނަން ދަންނަވާލުމުން ކޮންމެ ދަރިވަރަކުވެސް ސްޓޭޖަށް ދުރުވުމަށް ދަންނަވަން… ދެހާސް ފަނަރަ ވަނަ އަހަރުގެ ސުކޫލުގެ ކެޕްޓަން އަޙްމަދު އިއާން އަރީފް، ސްކޫލް ވައިސް ކެޕްޓަން މުޙައްމަދު ނާއިލް ރަޝީދު، އަދި ހެޑް ޕްރިފެކްޓް އައިޝަތު މިންހާ އަޝްރަފް… ” މަޤާމަށް ހޮވުނު ދަރިވަރުންގެ ނަންތައް އިއުލާނުކުރަން ހުރި ޓީޗަރު ނަންތައް އިއުލާނުކޮށްލުމާއެކު ތިން ދަރިވަރުންވެސް ސްޓޭޖަށް އަރާ އެކުއްޖަކު ހުންނަން ހަމަޖެހިފައިވި ހިސާބުގައި މަޑުކޮށްލިއެވެ. ޕްލެޓް ފޯމުގެ މެދުގައި އިއާން ހުރިއިރު ނާއިލް އާއި މިންހާ ހުރީ އިއާންގެ ދެފަރާތުގައެވެ. ޕްރިންސޕަލް އައިސް އެ ދަރިވަރުންނަށް އެކުއްޖެއްގެ މަޤާމުގެ މަސްއޫލިއްޔަތު ކަރުދާސް ހަވާލުކޮށް ސޭޝް އަޅުވާ ޓެކްކޮޅު ހަވާލުކުރިއެވެ. އެއާއެކު އެންމެންގެ ހޫނު އަތްތިލަ ބަޑީގެ އަޑު އިވިގެން ދިޔައެވެ. އެއަށްފަހު ޕްރިންސިޕަލްވެސް އެކުދިންގެ ގާތު ޕްލެޓް ފޯމުގައި ފޮޓޮއަކަށް ހުއްޓިލިއެވެ. އެއާއެކު ގިނަ ބަޔަކު ފޮޓޯ ނެގުމަށް އަވަސްވެގަތެވެ. އެއަށްފަހު ދެން އޮތީ ސުކޫލުގެ ކެޕްޓަން ވާހަކަ ދެއްކުމެވެ. އިއާން ނުހަނު ފަރިތަކަމާއެކު އޭނަގެ ސްޕީޗް ދިނެވެ. އިއާންގެ ސްޕީޗަށްފަހު ޖަލްސާގެ ބައިވެރިންނަށް ތައްޔާރުކުރެވުފައިވި ފިނި ހިއްޕެވުމަކުން ޖަލްސާ ނިމިގެން ދިޔައެވެ.

ގިނަ ދަރިވަރުން ރައްޓެހިންނާއި އާއިލާ އާއެކު ޕޮޓޯވެސް ނެގިއެވެ. އެރޭގެ އެއުފާވެރި ވަގުތުތައް ފޮޓޮއެއްގެ ސިފައިގައި ރައްކާކުރަމުން ދިޔައެވެ. މަޤާމުތަކަށް ހޮވުނު ދަރިވަރުންގެ ބެލެނިވެރިންގެ މޫނު މޫނުމަތިންވެސް ފެންނަމުން ދަނީ އިންތިހާއަށް އުފާވެރިކަމެވެ. އެމީހުންގެ ތުންފަތުގައިިވި ހިނިތުންވުމުން ދަރިންނާއިމެދު ފަޚުކުރުވެރިވެފައިވާކަން ހާމަކޮށްދެއެވެ.

އަޝްރާ އާއި އޭނަގެ ކުލާހުގެ އެހެން ދަރިވަރެއްކަމަށްވާ ޝަފާ ދިވެހި ކުލަބުގެ ރައީސާ އާއި ނައިބު ރައީސާއަށް ހޮވުނުއިރު އީލާފް އާއި ޝަމްހާ އިނގިރޭސި ކުލަބުގެ ރައީސާ އާއި ނައިބު ރައީސާއަށް ހޮވުނެވެ. އަދި އަލޫފް އާއި ޝާއިފް ތިމާވެށި ކުލަބުގެ ރައީސް އާއި ނައިބު ރައީސްއަށް ހޮވުނެވެ.

ގެއަށް އައިސް ފެންވަރާ ތާޒާވެލައިގެން މިންހާ އަވަހަށް ނިދަން އޮށޯތެވެ. މުޅި ދުވަހު ބުރަކޮށް އުޅުމުގެ ސަބަބުން އޭނަ ހުރީ ނުހަނު ވަރުބަލިވެފައެވެ. އެހެންކަމުން ވެފާހުރި ވަރުބަލިން ނުހަނު އަވަހަށް މިންހާއަށް ނިދިއްޖެއެވެ.

ރޭގަ މާލަހުން ނިދުމުގެ ސަބަބުން މިންހާއަށް ފަތިސް ނަމާދަށްވެސް ހޭލެވުނީ އޭނަގެ މަންމަ ގޮވުމުންނެވެ. ތެދުވިއިރުވެސް ބޮލުގައި ރިހުމެއް ހުއްޓެވެ. އެހެންކަމުން ނަމާދުކޮށްލައިގެން މިންހާ އަނެއްކާވެސް ކުޑަކޮށް ނިދާލަން އޮށޯވެލިއެވެ.

ނިދާފައި އޮތް އިއާންއަށް ހޭލެވުނީ އޭނަގެ މަންމަ ގޮވުމުންނެވެ. އޭރު ގަޑިން ނުވަގަޑި ބައިވަނީއެވެ. ހޭލައިފިން ކަމުގައި ބުނެ އިއާން އަވަހަށް ފާޚާނާއަށް ވަނެވެ. ފެންވަރާ ތާޒާވެލައިގެން އިއާން ތައްޔާރުވެލިއެވެ. ސައިބޯން ތިރިއަށް ފޭބި އިއާންގެ މޫނު މަތިން ފެންނަނީ ތާޒާކަމެވެ. ހުދު ކުލައިގެ ޓީޝަޓަކާއެކު ކަކުލުން ތަންކޮޅެއް މައްޗަށް އަންނަ ޖިންސު ސޯޓެއްގައި ހުރިއިރު ނުހަނު ސްމާޓެވެ. ތިރިއަށް ފޭބި ގޮތަށް އިއާން ދިޔައީ ކާކޮޓަރިއަށެވެ.

މިންހާ އޭނަގެ މަންމައާއެކު ބަދިގޭގައި މެންދުރުގެ ކެއުން ތައްޔާރުކުރުމުގައި ހަރަކާތްތެރިވަމުން ދިޔައެވެ. މިންހާ ތައްޓަކަށް ފިޔާ ކޮށަން ހުރިއިރު ނާހިދާ ހުރީ މަސްކޮށާށެވެ. ” މަންމާ… މިއަދު މިންނު އާ ދެމީހުންތަ ބަދިގޭގަ… ކޮންއެއްޗެއް ތައްޔާރުކޮށްލަނީ… ” ބަދިގެއަށް ބޯ ދިއްކޮށްލަމުން މާހިލް ސުވާލުކުރިއެވެ. ” ހެހެހެ… އާން މިއަދު މިންނުވެސް ބަދިގޭގަ… މިންނުއަަށް ވަގުތު ވީވަރަކުން އަބަދުވެސް މަންމައަށް އެހީވެދެއްނު ދޯ… މިއަދު މިއުޅެނީ ވަޅޯމަހު ބަތް ހަދަން… ކަމުދާނެތަ… ” ނާހިދާ ބުނެލިއެވެ. އެއާއެކު މާހިލް އޭނައަށް ވަރަށް ކަމުދާކަމަށް ބުނެލިއެވެ. ތާޒާ ވެލައިގެން ކާން އަންނާނަން ކަމަށް ބުނެ މާހިލް އޭނަގެ ކޮޓަރިއަށް ދިޔައެވެ.

ހަވީރު ފިންޏަށް މިއަދުވެސް އަޝްރާ އާއި މިންހާ ނުކުމެލިއެވެ. ހަވީރުގެ ހިތްގައިމު ވަގުތުތަކަކީ އާއްމުގޮތެއްގައި އެދެކުދިން އެކުގައި ހޭދަކުރާ ވަގުތުތަކެކެވެ. ކޮންމެ ދުވަހަކުވެސް ގެއަށް ދަނީ އިރުއޮއްސެން ގާތްވުމުންނެވެ.

އިޝާ ނަމާދަށްފަހު ކައިގެން މިންހާ އޭނަގެ ކޮޓަރިއަށް ވަނެވެ. ނިދަން އޮށޯންނަން އުޅެފައިވެސް ބެލްކަންޏަށް ނިކުމެލާ ހިތްވުމުން ކޮޓަރީގައި ބެލްކަންޏަށް ވަންނަން ހުންނަ ބޮޑު ބިއްލޫރި ދޮރު ދަމާލުމަށްފަހު ބެލްކަންޏަށް ނިކުތެވެ. ބެލްކަންޏަށް ނުކުތުމާއެކު މަޑުމަޑު ފިނިިފިނި ވައިރޯޅިތައް މިންހާގެ ހަށިގަނޑުގައި ބީހިލިއެވެ. އެކަމުން މިންހާގެ ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ. އެކަން އޭނަގެ ތުންފަތުގައިވި ހިނިތުންވުމުން ހާމަކޮށްދެއެވެ. ގަދަ މުށި ކުލައިގެ ޓޮޕްތަކުގައި ހައްދާފައިވި އެކި ކުލަ ކުލައިގެ މާމެލާމެލީގެ މީރު ވަހުން މުޅި އެތަން ވަނީ އެއްވަސްވެފައެވެ. މިންހާ އިސްއުފުލާލުމަށްފަހު އުޑު މައްޗަށް ނަޒަރު ހުއްޓާލިއެވެ. ހުދު ކުލައިގެ ޖަވާހިރުތަކެއް ފަދައިން ވިދާ ބަބުޅަމުން ދިޔަ ތަރިތަކުން އުޑު މަތި ފެންނަނީ ނުހަނު ފުރިހަމަކޮށެވެ. ހަނދުވެސް އޭގެ މަޤާމުގައި ވާޖިބު އަދާކުރުމުގައި ދެމިއިނެވެ. އުޑަށް ނަޒަރު ހުއްޓާލައިގެން ހުރުމަށްފަހު މިންހާ ތިރިއަށް ބަލައިލިއެވެ. މަގުތަކުގައިވެސް މާގިނަ ބަޔަކު ހަރަކާތްތެރިވަމުންދާ ތަނެއް ނުފެނެއެވެ. ތިރިއަށް ބަލަހައްޓާއިގެން ހުރި މިންހާ ސިހުނީ މީހަކު ތުމުން ފުމެލި އަޑު އިވުމުންނެވެ. ބިރުން ހުރެ ކުރިމައްޗަށް ބަލައިލިއިރު ހުރިހާ ދަތްތައް ފެންނަ ވަރަށް ހިނިތުންވެލައިގެން ނާއިލް ހުއްޓެވެ. ނާއިލްގެ ގެ ހުންނަނީ މިންހާގެ ގޭގެ ކުރިމަތީގައެވެ. އަދި ދެމީހުންގެ ކޮޓަރިވެސް ހުރީ އެއްދިމާލެއްގައެވެ. ކޮޓަރީގައި ހުރެވެސް ބިއްލޫރި ދޮރުގެ ދޮރުފޮތިތައް ކަހާލުމުން ދެކޮޓަރީގައި ތިބޭ މީހުނަށްވެސް އެތެރެ ފެންނާނެއެވެ. އަދި ބެލްކަންޏަށް ނިކުތުމުން މާ ރީތިކޮށް ފެނެއެވެ. ނާއިލް ފެނުމާއެކު މިންހާ ރުޅި އަންނަކަމަށް ހެދުނެވެ. ދެލޯ އަޅާލުމަށްފަހު ތުންކޮޅު އޫކޮށްލުމުން ނާއިލްގެ ހިނިގަނޑު ފަޅާއިގެން ދިޔައެވެ. ނާއިލް ހޭތަން ފެނުމުން މިންހާއަށްވެސް ހެވެން ފެށުނެވެ. ދެމީހުންވެސް އިރުކޮޅަކު ބެލްކަނީގައި މަޑުކޮށްލުމަށްފަހު ދެމީހުންވެސް އެތެރެއަށް ވަނެވެ.

ފާޚާނާއަށްވަދެ ތާޒާ ވެލައިގެން އައިސް އަލޫފް ނިދަން އޮށޯތެވެ. ދެލޯ މަރާލުމާއެކު ފުރަތަމަވެސް ފެނިގެން ދިޔައީ މިންހާގެ މައުސޫމް ސޫރައެވެ. އެއާއެކު އަލޫފްގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނަ ބަލައިލުމުން މިންހާ ލަދުން އިސްޖަހަލާގޮތް އަލޫފްއަށް ވަރަށް ކަމުދެއެވެ. އެއީ މިހާރު ކޮންމެ ރެއެއްގެވެސް އާދައެވެ. މިހާރަކަށް އައިސް އަލޫފްއަށް ގިނަ ވަގުތު ހުރެވެނީ މިންހާގެ ހިޔާލުގައެވެ. އެސޫރަ އޭނަގެ ހިތުން ފިލާގޮތެއް ނުވިއެވެ. ބޭރަށް ނިކުތަސް އަބަދުމެ ބެލެނީ މިންހާ ފެނޭތޯއެވެ. މިންހާއަށްޓަކައި ހިތުގައި އުފެދިފައިވި އިހުސާސްތައް ދުވަހެއް ދުވަހަކަށް ދިޔައީ ފުންވަމުންނެވެ. މިރޭވެސް މިންހާގެ ޚިޔާލުތަކުގައި އޮވެ ނިދުނު އިރެއްވެސް އަލޫފަކަށް ނޭނގުނެވެ.

އައު ދުވަހަކަށް އިރު އެރުމާއެކު މީހުންތައް އެބައެއްގެ މަސައްކަތައިގެން ކުރިއަށް ދާން ފެށިއެވެ. މިންހާވެސް ސުކޫލަށް ދާން ތައްޔާރުވަމުން ދިޔައެވެ. އާދައިގެ މަތިން އަޝްރާ އާއި ދެމީހުން މިންހާ ސުކޫލަށް ދިޔައެވެ. ސުކޫލަށް ގޮސް ކުލާހަށް ވަންތަނާ މީހަކު ގޮވާލުމުން މިންހާ ދޮރު މައްޗަށް ބަލައިލިއެވެ. އޭރު ޕްރިފެކްޓް ބޯޑާ ހަވާލުވެ ހުރި އަރީފާ މިސް ދޮރު މަތީގައި ހުއްޓެވެ. ” ލައްބަ މިސް… ” މިންހާ ގޮސް ދޮރު ކައިރީ ހުއްޓިލަމުން ބުނެލިއެވެ. ” މާދަމާ އެސެމްބްލީ ބޭއްވުން އޮތީ ޕްރިފެކްޓުންނަށް… އެހެންވީމަ އެސެމްބްލީގެ އެކި ކަންކަމަށް ކުދިން ބަހާ ޑިއުޓީވެސް އަދި ބަހަން ޖެހޭނެ… މިސްއަށް ފެންނަނީ މިއަދު މީޓިންއެއް ބާއްވަން… ” ހިތްހެޔޮ ހިނިތުންވުމެއް ވެރިކުރުވައިގެން ހުރެ އަރީފާ މިންހާ ވާހަކަ ދެއްކިއެވެ. ” އަޅުގަނޑަށްވެސް ފެންނަނީ މީޓިންއެއް ބާއްވަން… ” މިންހާވެސް އަރީފާގެ ޚިޔާލަށް ތާޢީދުކުރިއެވެ. ” އެހެންވީނަ މިންހާ ހުރިހާ ޕްރިފެކްޓަރުންނަށް އަންގާލާތި މިއަދު ބާރަ ގަޑި ދިހައަކަށް މިންހާގެ ކުލާހަށް މީޓިންއަށް ހާޒިރުވުމަށް… މިސްވެސް އަންނާނަން އިނގޭ… ހުރިހާ ކުދިން ގާތުވެސް ބުނާތި ގަޑިއަށް އަންނަން… ތިކުދިންގެ އެކްސްޓްރާ ގަޑިތައްވެސް އޮންނާނެ ދޯ އަދި… ” އަރީފާ އެހެން ބުނުމާއެކު މިންހާ ކިޔަމަންތެރިކަމާއެކު ބޯ ޖަހާލަމުން ލައްބައޭ ބުނެލިއެވެ. އެއާއެކު ހިނިތުންވުމެއް ރައްދުކުރުމަށްފަހު އަރީފާ ދިޔައެވެ.

ކިޔެވުން ފެށުމުގެ ކުރިން މިންހާ ކުލާސްތަކަށް ގޮސް މީޓިން އޮންނަ ވާހަކަ ޕްރިފެކްޓުންގެ ގާތުގައި ބުނެލިއެވެ. ގަޑިއަކަށް ފަހު ގަޑިއެއް ނިމެމުން ގޮސް ރަސްމީ ގަޑިތަކުގެ ކިޔެވުން ނިމުމާއެކު މީޓިންއަށް ތައްޔާރުވުމަށް މިންހާ އަވަސްވެގަތެވެ. ހުރިހާ ކުދިންވެސް ގަޑިއަށް ހާޒިރުވުމާއެކު މީޓިން ފެށިގެން ދިޔައެވެ. ޓީޗަރަށް ޚާއްސަ ކުރެވިފައިވި މޭޒު ކައިރީގައި އަރީފާ މިސް އާއެކު މިންހާވެސް އިށީންދެލައިގެން އިނެވެ. ޑިއުޓީ ބަހަމުން ދިޔައިރު މިންހާ ދިޔައީ ނޯޓު ކުރަމުންނެވެ. ޑިއުޓީތައް ބަހާ ނިމުމުން އެސެމްބްލީގެ އެކި ކަންކަމަށްވެސް ދަރިވަރުން ނެގިއެވެ. އެއަށްފަހުވެސް ޕްރިޕެކްޓަރުންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާއި ބެހޭގޮތުން ވާހަކަ ދައްކައި ޓީޗަރު ދަރިވަރުންނަށް ނަސޭހަތްތެރިވަމުން ދިޔައެވެ. ޕްރިފެކްޓަރުން އެހެން ކުދިންނަށް ނަމޫނާ އަކަށް ވާންޖެހޭނެ ކަމުގައި ތަކުރާރުކޮށް ބުނެދެމުން ދިޔައެވެ. ސުކޫލުގަ އާއި ސުކޫލުން ބޭރުގައިވެސް އުޅެންވާނީ ރިވެތި އަޚްލާޤާއި އެއްގޮތަށްކަން ހަނދާންކޮށްދިނެވެ. ކޮންމެ ހަފްތާއެއްގެވެސް ބުރާސްފަތި ދުވަހު މީޓިންއެއް ބޭއްވުމަށް ހަމަޖެއްސިއެވެ. އެދުވަހުގެ މީޓިންގައި ދިމާވި މައްސަލަތައް ހުށަހަޅާ ޓިއުޓީ ބަދަލުކުރުންވެސް ކުރިއަށް ދާނެކަން ފާހަގަކުރިއެވެ. އަހަރުގެ ފުރަތަމަ މީޓިންއަށް ވުމުން ނިމުނީ ވަރަށް ލަހުންނެވެ. މިންހާ އާއި އަޝްރާ މީޓިން ނިމުމާއެކު އަވަހަށް ގެއަށް ދާން އަވަސްވެގަތެވެ.

ގެއަށް ގޮސް ނަމާދުކޮށް ތައްޔާރުވެގެން އިތުރު ކުލާސްތަކަށް ގަޑިއަށް އާދެވުނީ ހަމަ ކިރިޔާއެވެ. އަވަހަން އަންނަންވެގެން މިއަދު މިންހާ އައީ އެއްވެސް އެއްޗެއް ނުބޮއެވެ. އެހެންކަމުން ބަނޑުހައިހޫނުކަންވެސް އިހުސާސްކުރެވެމުން ދިޔައެވެ. އިތުރު ކުލާސްތައް ނިންމާލުމަށްފަހު ގެއަށް ދާން ކުލާހުން ނިކުންއިރު އަވި ވަނީ ނިވާލާފައެވެ. އުޑުމައްޗަށް ނަޒަރު ހުއްޓާލިއިރު އުޑު މަތި ވަނީ ކޮންމެވެސް ވަރަކަށް ބަނަކުރަން ފަށާފައެވެ.

ގެއަށް ގޮސް އާދައިގެ މަތިން ފެންވަރާ ތާޒާވެލައިގެން މެންދުރުގެ ކެއުމަށް މިންހާ ތިރިއަށް ފޭބިއެވެ. އޭނަގެ މިސްރާބަކަށްވީ ކާކޮޓަރިއެވެ. ކާކޮޓަރީގެ ދޮރު މައްޗަށް އެރިއިރު އޭނަގެ މަންމަ ނާހިދާ ތަށިތަކުގެ މަތި ނަގަން ހުއްޓެވެ. މިންހާގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅާއިގަތީ ކާމޭޒު މަތީގައި ހުރި ތެލުލި ރިހާކުރު ތައްޓާއި ތެލުލި ފަތް ފުޅިއެވެ. އެއެއްޗެހި ފެނުމާއެކު ބަނޑުހައިހޫނުކަން މާބޮޑަށް އިހުސާސްކުރެވިގެން ދިޔައެވެ. މިންހާ އައިސް ގޮނޑީގައި އިށީނުމާއެކު އަޝްރަފް އަދި މާހިލްވެސް އައިސް އެމީހުންގެ ގޮނޑީގައި އިށީނެވެ. އެއާއެކު ފުރިޖުގައި އޮތް އޮރެންޖު ޖޫސްފުޅި ނަގައި ބިއްލޫރި ތަށިތަކަށް އަޅަން ނާހިދާ އަވަސްވެގަތެވެ. ކޮންމެ މީހެެއްގެ ކައިރީގައި ޖޫސް ތައްޓަކާއެކު ފެން ތައްޓެއް ބެހެއްޓުމަށްފަހު ނާހިދާވެސް ކާން އިށީނެވެ. ކައި ނިމިގެން މިންހާ މާހިލް އާއި އަޝްރަފް ގާތު ސޯފާގައި އިށީނެވެ. ވަރުބަލިވެފައި ހުުރުމުން ފިލާވަޅުތައް ހަދަން ނުގޮސް މިންހާ މިވަގުތު ބޭނުންވީ ކުޑަކޮށް އަރާމުކޮށްލާށެވެ. ތަށިތައް ނެގުމަށްފަހު ނާހިދާވެސް އައިސް އެމީހުނާ ބައިވެރިވިއެވެ. އޭރު އެމީހުން ވާހަކަ ދައްކަމުން ދިޔައީ މާހިލްމެންގެ ކައިވެނީގެ ވާހަކައެވެ. މިހާރު މާހިލް އާއި މައިޝާގެ ކައިވެނި ކުރެވޭއިރު ފަރުހާން އާއި ނަޝްފާގެ ކައިވެނިވެސް ވަނީ ކުރާ ގޮތަށް ނިންމާފައެވެ. ހަތަރު ފަރާތުގެ އާއިލާއިންވެސް ވަނީ އެކަމަށް އެއްބަސްވަފައެވެ. ދެކައިވެނި އެއްކޮށް ކުރެވިގެން ދިޔުމުން އެންމެނަށްވެސް ފަސޭހަވާނެތާއެވެ. އަދި މީހުންގެ މެދުގައި އޮންނަ ގުޅުންވެސް ވަރުގަދަވެގެން ދާނެއެވެ.

މެންދުރު ކައިގެން އައިސް އަޝްރާ ވަނީ އޭނަގެ ކޮޓަރިއަށެވެ. މިއަދު ހަވީރު ބޭރަށް ނުދާއިރު ފިލާވަޅުތައް ހަދާނީ އަޞްރު ނަމާދުކޮށްލައިގެންނޭ ހިތާ އަޝްރާ އޭނަގެ ކޮޓަރިން ބެލްކަންޏަށް ނިކުތެވެ. ބެލްކަންޏަށް ނިކުމެ އެންމެ ފުރަތަމަވެސް އޭނަގެ ނަޒަރު ދަތުރުކޮށްލީ ބެލްކަނީގައި ގަދަ މުށި ކުލައިގެ ޕޮޓްތަކުގައި އިންދާފައިވި އެކި ކުލަ ކުލައިގެ މާގަސްތަކަށެވެ. އޭރު އެއްވެސް މޭކަޕެެއް ނުވާ އެދޮން މޫނު މަތިން ހިތްހަމަޖެހިފައި ހުރިކަން ހާމަވެގެން ދެއެވެ. އަޝްރާ ގޮސް މަޑު ފިޔާތޮށި ކުލައިގެ ފިނިފެންމާތަކެއް ފޮޅިފައިވި ގަސް ކައިރީ ހުއްޓިލިއެވެ. އަދި އެގަހުން ފިނިފެންމަލެއް ބިދެލިއެވެ. އަޝްރާ އެމާ އޭނަގެ ނޭފަތާއި ކައިރިކޮށްލަމުން ދެލޯ މަރާލުމަށްފަހު ވަސްބަލާލިއެވެ. އެއާއެކު މަޑު ފިޔާތޮށި ކުލަ އަރާ ތުނި ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ދެވަނަ ސިކުންތުގައި ދެލޯ ހުޅުވާލަމުން އަޝްރާ އެ ފިނިފެންމާ އޭނަގެ ތުންފަތާއި ކައިރިކޮށްލުމަށްފަހު އޭގެ ފިޔަތަކުގައި ކުޑަކޮށް ބޮސްދިނެވެ. އަޝްރާގެ ތުނި ތުންފަތަށްވެސް އަރަނީ ހަމަ އެފިނިފެންމަލަށް އަރާ ކުލައެވެ. އެހެން ހުރެފައި އަޝްރާ ރެއިލިންގެ ކައިރިއަށް ޖެހިލިއެވެ. ރެއިލިން ކައިރީ މަޑުކޮށްލި ތަނާ އޭނަގެ އަތުގައި އޮތް ފިނިފެންމާ ތިރިއަށް ވެއްޓުނެވެ. ފިނިފެންމާ އޭނަގެ އަތުން ދޫވުމާއެކު އަޝްރާއަށް ބޮޑަށް ތިރިވެލުމަށްފަހު ތިރިއަށް ބަލައިލިއެވެ.

އަޝްރާގެ ގޭ ކައިރިން ހިނގާފައި ދިޔަ ޝާއިފްއަށް ހުއްޓެވުނީ އޭނަގެ ކުރިމައްޗަށް ފިނިފެންމަލެއް ވެއްޓުމުންނެވެ. ތިރިވެ ފިނިފެންމާ ނަަގައި ޝާއިފް މައްޗަށް ބަލައިލިއެވެ. އޭރު ބެލްކަނީގައި އަޝްރާ އޭނައަށް ބަލަހައްޓާއިގެން ހުއްޓެވެ. ޝާއިފް ފެނުމާއެކު އަޝްރާގެ ހިތުގެ ހިނގުން އަވަސްވެގެން ދިޔައެވެ. ޝާއިފް އޭނަގެ އަތުގައި އޮތް ފިނިފެން މަލުގައި އޭނަގެ ތުންފަތް ޖައްސާލިއެވެ. އެމަންޒަރު ފެނި އަޝްރާގެ މޫނަށް ލަދުން ގޮސް މަޑު ރަތް ކުލައެއް ވެރިވިއެވެ. އަޝްރާގެ މޫނު މައްޗަށް އެރި ކުލަވަރުން ފުޅާ ހިނިތުންވުމެއް ޝާއިފްގެ ތުންފަތަށް ވެރިވިއެވެ. ގަތް ލަދުން އަޝްރާ ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ. އަޝްރާގެ އެ އަމަލުން ޝާއިފްއަށް ހެވުނެވެ. ދެފަރާތަށް ބޯ ހޫރުވާލުމަށްފަހު ހެވިފައި ހުރެ ޝާއިފް ކުރިއަށް ހިނގައިގަތެވެ.

އަޝްރާ އެދިޔަ ގޮތަށް ގޮސް ބެލްކަންޏަށް ވަންނަން ހުންނަ ބޮޑު ބިއްލޫރި ދޮރު ދަމާލުމަށްފަހު އޭގައި ލެނގިލައިގެން ހުއްޓެވެ. އޭރުވެސް ނޭނގޭ ބާރު މިނެއްގައި އޭނަގެ ހިތް ތެޅެމުން ދިޔައެވެ. އޭނައަށް އުޅެވުނު ގޮތް ހިތަށް އެރުމާއެކު މޫނުގައި ދެއަތް އަޅާލަމުން ހީގަނެވުނެވެ.

މިސްކިތުން ފައިބައިގެން އައިސް އިއާން އަވަސްވެގަތީ ނިންމަންޖެހޭ ފިލާވަޅުތައް ނިންމުމަށެވެ. ފިލާވަޅުތައް ހަދާ ނިންމުމަށްފަހު ގެއިން ނިކުމެ އިއާން ނާއިލްގެ ގެއަށް ދިއުމަށް ހިނގައިގަތެވެ. އިއާން ގޮސް ބޮޑު ދޮރު ހުޅުވާލަމުން ސަލާމް ގޮވާލިއެވެ. އެއާއެކު ކުންނާރު ގަހުން ދަނޑިއެއްގެ އެހީގައި ހުރި ކުންނާރު ތަޅަމުން ދިޔަ ނަޝްފާ ސަލާމް ބަލައިގަތެވެ. ”އާން… އާދޭ އާދޭ… ” ހިތްހެޔޮ ހިނިތުންވުމަކާއެކު ނަޝްފާ ބުނެލިއެވެ. އެވަގުތު އެތެރެއަށް ވަންނަމުން ނާއިލް ކޮބާތޯ އިއާން ސުވާލުކުރިއެވެ. ” ނާއިލް ވެއްޖެ ކޮޓަރީގަ… ދޭބަލަ އާން ބަލައިލަން… ” ނަޝްފާ ޖަވާބު ދިނުމާއެކު އިއާން ގޭތެރެއަށް ހަލުވި ހިނގުމެއްގައި ސިޑިން ހިނގާފައި ގޮސް ނާއިލްގެ ކޮޓަރީގެ ދޮރުގައި ޓަކި ދިނެވެ. އެވަގުތު ނާއިލް ހުޅުވާށޭ ބުނި އަޑު އިވުމުން އިއާން ދޮރު ހުޅުވުމަށްފަހު އެތެރެއަށް ވަނެވެ. ” ހޭ އާން… ” އިއާން ފެނުމާއެކު ސްޓަޑީ ޓޭބަލް ކައިރީ ފިލާވަޅުތައް ހަދަން އިން ނާއިލްއަށް ބުނެލެވުނެވެ. ” ހޫމް މަށޭ… ފިލާވަޅުތައް ހަދަނީ ދޯ… ” އެނދުގައި އައިސް އިށީންނަމުން އިއާން ބުނެލިއެވެ. ” ޔެއާ.. މިހާރު ދެން މިނިމެނީ… ނިންމާފަ ވާނެ ދޯ ޕީއެސް ކުޅެން… ” ވަރަށް ފޯރީގައި ނާއިލް އެހެން ބުނެލުމާއެކު އިއާންވެސް އެއްބަސްވިއެވެ. ފިލާވަޅުތައް ހަދާ ނިންމާލުމަށްފަހު އެބަ އަންނަން ކަމުގައި ބުނެ ނާއިލް ކޮޓަރިން ނިކުތެވެ. އިއާން އެނދުން ތެދުވެގެން ގޮސް ސޯފާގައި އޮތް ގިޓާ ނަގައި އަތަށް ހެޔޮވަރުކޮށްލިއެވެ. އެއަށްފަހު އޭގެން ރީތި ރާގެއް ކުޅެމުން ދިޔައެވެ.

ސްޓަޑީ ޓޭބަލް ކައިރީ ދުވަހުގެ ފިލާވަޅުތައް ހަދާ ނިންމުމަށްފަހު ފިލާވަޅުތައް ދަސްކުރަން އިން މިންހާގެ ނަޒަރު ބެލްކަންޏަށް ހުއްޓުނެވެ. ބިއްލޫރި ދޮރުގެ ދޮރު ފޮތިތައް ކަހާލާފައިވުމުން ވާރޭގެ ތިކިތައް ވެހެމުން ދިޔަ މަންޒަރު މިންހާއަށް ނުހަނު ރީތިކޮށް ފެނުނެވެ. އެއާއެކު މިންހާގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. ކުޑަ އިރުއްސުރެވެސް އޭނަ ވާރެއާ ނުހަނު ގަޔާވެއެވެ. ވާރޭއާ ތެމިލުމުން އޭނައަށް ބަޔާންނުކުރެވޭފަދަ ހިތްހަމަޖެހުމެއް ލިބިގެންދާއިރު ވާރޭ ވެހޭ މަންޒަރު ބަލައިލުމުންވެސް ހިތަށް ހަމަޖެހުން ގެނުވައިދެއެވެ. ފޮތް ލައްޕާލުމަށްފަހު ކުޑަކޮށް ދުވެފައި ކަހަލަ ގޮތަކަށް ގޮސް ބިއްލޫރި ބޮޑު ދޮރު ކައިރީގައި ހުއްޓިލިއެވެ. އެއަށްފަހު އެ ދޮރު ދަމާލުމަށްފަހު ހާމައަށް އޮތް ބެލްކަންޏަށް ނިކުތެވެ. ބެލްކަންޏަށް ނިކުތުމާއެކު ވާރޭގެ ފިނި ފެން ތިކިތަކުން މިންހާގެ ހަށިގަނޑު ތެތްމަމުން ދިޔައެވެ. މިންހާއަށް ބެލްކަނީގައި ހައްދާފައިވި އެކިއެކި މާގަސްތަކަށް ބަލައިލެވުނެވެ. މާމަލުގެ ފިޔަތަކުގައި ވާރޭގެ ފެންތިކިތައް ހަރުލާފައިވާއިރު ބަލައިލަން ވަރަށްވެސް ހިތްގައިމެވެ.

ގިޓާއިން ރީތި ރާގެއް ކުޅެމުން ދިޔަ އިއާންއަށް ދޮރު ފޮތިތައް ކަހާލާފައިވި ބިއްލޫރި ބޮޑު ދޮރަށް ބަލައިލެވުނެވެ. އެވަގުތު ވާރޭގެ ތެރޭގައި ޕަރީއެއް ފަދައިން މައުސޫމްކަމާއެކު ހަރަކާތްތެރިވަމުން ދިޔަ މިންހާ ފެނި އިއާންއަށް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. ވާރޭގެ ފެން ތިކިތައް އެދޮން މޫނުގައި ބޮސްދެމުން ދިޔައިރު ހާދަ ފުރިހަމައެވެ. ވާރޭގެ ތެރޭގައި ދެއަތް މައްޗަށް އުފުލާލުމަށްފަހު ދެއަތް ދަމާލައިގެން ހުރެ އެނބުރި ލާއިރު އޭނަ ގަޔާވެފައިވާވަރު ހާމަވެގެން ދެއެވެ. ލައިގެން ހުރި މަޑު ފެހި ކުލައިގެ ހެދުން ވާރޭގެ ފެންތިކިތަކުން ތެމިފައިވުމުގެ ސަބަބުން ހެދުން ވަނީ ގައިގައި ތަތްލަވާފައެވެ. އެކަމަށް ފަރުވާލެއްނެތި މިންހާ ދިޔައީ ވެހެމުން ދިޔަ ވާރެއިން ހިތްހަމަޖެހުން ހޯދަމުންނެވެ. މިންހާގެ ހަރަކާތްތަކަށް ގެއްލިފައި އިން އިއާން އޭނަ ގިޓާއިން ކުޅެމުން ދިޔަ ރާގު ބަދަލުކޮށްލިއެވެ.

** ޗެހެރޭމެ ތޭރޭ… ޚުދު ކޯ މެ ޑޫންޑޫ… އާކޯކީކީ ދަރްމިޔާ… ތޫ އަބް ހޭ އިސްތަރާ… ޚާބޯކޯ ބީ ޖަގާ ނާ މިލޭ… ޔޭ މޯސަމްކި ބާރިޝް… ޔެ ބާރިޝްކަ ޕާނީ… ޔެ ޕާނީ ކި ބޫންދޭ… ތުޖޭހީތޮ ޑޫންޑޭ… ޔެ މިލްނޭކި ޚާއިޝް… ޔެ ޚާއިޝް ޕުރާނީ… ހޮ ޕޫރީ ތުޖީސޭ މެރީ ޔޭ ކަހާނީ… ** މިންހާއަށް ބަލަހައްޓާއިގެން އިނދެ އިއާން އޭނަގެ ރީތި އަޑުން ލަވަ ކިޔަމުން ދިޔައެވެ. ފަރިތަކަމާއެކު އެ ލަވައިގެ ރާގު ކުޅެމުން ދިޔައިރު ބަލާ ފޫހި ނުވާނެއެވެ. އެހާވެސް އިއާން ކުޅަދާނައެވެ. ” ހޫމް ހޫމް… ހާދަ ރޮމޭންޓިކް އޭ… އަދި ކޮބާ ކައިރީގަ ހުރިނަމަ ވާރެވަރު… ” ބިއްލޫރި ބޮޑު ބޯތައްޓަކަށް ޗިޕްސް އަޅާއިގެން އެކަމުންކަމުން އައިސް ކޮޓަރިއަށް ވަން ނާއިލް ބުނެލިއެވެ. ނާއިލްގެ އަޑަށް ސިހިފައި އިއާން ފަހަތަށް ބަލައިލިއެވެ. ” މިފަހަރު ދޮގު ހަދަން ހިތަށްވެސް ނާރުވާތި އާން… އައި ނިއު އިޓް… އާންގެ ހިތުގަ މިންނުއަށްޓަކައި ފީލިންގްސް ވާކަން ކުރިންވެސް އެނގުން… އެކަމަކު އާން އިސްވެ އެކަން ހިއްސާކުރަންދެން އަހަރެން މަޑުކޮށްގެން މިހުރީ… އެކަމަކު ދެން މިހާރު ފެންނަ މަންޒަރުތަކުން މަޑުންނެއް ނުހުރެވޭނެތާ… އާން އިޝްޤުގަ ޖެހިގެން ދީވާނާ ވަނީ ވިއްޔަ… ” ޗިޕްސް ތަށި ސައިޑް ޓޭބަލް މަތީގައި ބެހެއްޓުމަށްފަހު އައިސް އިއާންގެ ކައިރީ ހުއްޓި ދެޖީބަށް އަތް ޖަހާލަމުން ނާއިލް ވާހަކަ ދެއްކިއެވެ.

” ޔެސް… އައި ހޭވް އަ ޑީޕް ފީލިން އިން މައި ހާޓް… އަބަދުވެސް މިންނުގެ ރީތި ސޫރަ ދެކޭހިތްވަނީ މިހާރު… އެ މޫނު މަތިން އުފާވެރިކަން ފެނިގެން ދިޔުމުން އަހަރެންގެ މިހިތަށް ހަމަޖެހުން ލިބޭ… މިންހާ އާއެކު ގިނަ ވަގުތު ހޭދަކުރާ ހިތްވޭ… ލޯ މަރާލިޔަސް ސިފަވެގެން ދަނީ އެމައުސޫމް ސޫރަ… މިންނު ގާތުގައި ވުމުން ހިތުގެ ހިނގުން އަވަސްވޭ… އެދޮން މޫނު ފެނުމުން އެހެން ދިމާލަކަށް ނަޒަރު ހުއްޓާލާކަށް ބޭނުމެއްނުވޭ… އައި ފީލް ޝީ އިޒް ސްޕެޝަލް ފޯ މީ… ދުވަހަކުވެސް އެހެން އަންހެން ކުއްޖަކާމެދު މިފަދަ އިހުސާސެއް ނުކުރެވޭ… ” ދީވާނާވެފައިވާ މީހަކު ފަދައިން މިންހާއަށް ބަލަހައްޓާއިގެން ހުރެ އިއާން އޭނަގެ ހިތުގެ ހާލުު އޭނަގެ އެންމެ ގާތް އެކުވެރިޔާއާ ހިއްސާކުރިއެވެ. ” ވާހް… އާން ތިހިރީ ހަމަ ރަނގަޅަށްވެސް މިންނުގެ ލޯބީގަ ދީވާނާވެފަ… ހެހެހެ… ތި ފުން އިހުސާސަކީ ލޮއެބޭ… ދެން ކޮންއިރަކުންތަ މިންނު ގާތު ބުނަނީ… ” ނާއިލް ބުނެލިއެވެ. ” މީ އަދި ކިޔަވާ ދުވަސްކޮޅެއްނު..، ކިޔަވާ ދުވަސްކޮޅު ބުނެގެން މިންނުގެ ކިޔެވުމަށް ބުރުއަރާފާނެ… އެހެންވީމަ މިއަހަރު ޗުއްޓީ ވީމަ ސްޕެޝިއަލް ގޮތަކަށް ބުނާނީ… ” ހެވިފައި ހުރެ ނާއިލްއަށް ބަލައިލަމުން އިއާން އޭނަ ނިންމާފައިވި ގޮތް ބުނެލިއެވެ. ” ޗުއްޓީ ވީމައޭ… އެއީ އެކަމަކު ހާދަ ދުވަހެކޭ… އަދި ކިރިޔާ މިއަހަރުގެ ކިޔެވުން މިފެށުނީ… އާންއަށް ހުރެވޭނެތަ އެހާ ދުވަސް ވަންދެން… ” ހައިރާންކަމާއެކު ނާއިލް ބުނެލިއެވެ. ” މިންހާގެ ލޮއެބަށްޓަކައި މުޅި އުމުރުވެސް އިންތިޒާރުގައި ހުރެދާނަން… ” ސާބިތުކަމާއެކު އިއާން ބުނެލިއެވެ. ” މަގޭ ކޮއްކޮ ދެކެ ހާދަ ލޯބިވާ ބައިވެރިއެކޭ މިހުރީ… ޓުބީ އޯނެސްޓް އާން… އަހަރެން ވަރަށް ބޭނުން އާން އާ މިންނު ގުޅެން… މިންނު ހަމަ އަހަރެންގެ އެއްބަނޑު އެއްބަފާ ކޮއްކޮއެއް ފަދަ… އަހަންނަށް ޔަގީން އާން ދުވަހަކުވެސް މިންނުއަށް ދެރަ ގޮތެއް ނަހަދާނެކަން… ތިކަމުގަ އަހަރެންގެ ސަޕޯޓް ފުރިހަމައަށް އާންއަށް ލިބޭނެ… ” އިއާންގެ ކޮނޑުގައި އަތް ބާއްވާލަމުން ނާއިލް ބުނެލިއެވެ. ”ތޭންކްސް ބްރޯ… އަދި އެކަމަކު މިވާހަކަ އެކަކު ކައިރީވެސް ނުބުނާތި… މިންނު ކައިރިވެސް އަޝޫ ކައިރިވެސް… އިޓްސް އަ ސީކްރެޓް ބިޓްވީން އަސް… އޯކޭ… ” އިއާން އެހެން ބުނުމާއެކު ނާއިލްވެސް އޯކޭ އޭ ބުނެލިއެވެ. ދެން ދެމީހުންވެސް ފޯރީގައި ޕީއެސް ކުޅޭށެވެ.

ވާރޭގެ ތެރޭގައި އެތައް އިރަކު ހޭދަކުރުމަށްފަހު މިންހާ ކޮޓަރި ތެރެއަށް ވަނެވެ. ފާޚާނާއަށް ވަދެ ފެންވަރާ ތާޒާވެލުމަށްފަހު ހަވީރުގެ ސަޔަށް ތިރިއަށް ފޭބިއެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް ހަފްތާއެއް ފާއިތުވެ ދިޔައީއެވެ. މިދުވަސްކޮޅު ހުރިހާ ދަރިވަރުންވެސް ދަނީ ސުކޫލުގެ ފުޓްބޯޅަ މުބާރާތަށާއި ބަށި މުބާރާތަށް ފަރިތަކުރަމުންނެވެ. ހައުސްތަކުގެ މެދުގައި ބޭއްވެމުންދާ މުބާރާތެއްކަމުން ވާދަވެރިކަން ވަރަށްވެސް ބޮޑެވެ. މިފާއިތުވި ދުވަސްތަކުގައި އަލޫފް އާއި މިންހާ އަދި ޝާއިފް އާއި އަޝްރާ އާއި ދެމެދު ވަނީ ރަހުމަތްތެރިކަމުގެ ގުޅުން ވަރަށް ބޮޑަށްވެސް އުފެދިފައެވެ. ކުލާސް ތެރޭގައިވެސް މިހާރު ފުދޭވަރަކަށް އެކުދިން އެކަކު އަނެކަކާ ވާހަކަ ދައްކާ ހީސަމާސާކޮށް ހަދައެވެ. އަލޫފް އާއި މިންހާ އާއި ދެމީހުންގެ އެފަދަ ސަމާސާތައް ފެނި އީލާފް އާއި ޝަމްހާގެ ހިތުގައި މިންހާއަށްޓަކައިވި ނަފްރަތުގެ ހުޅުގަނޑު ދަނީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ. ކިތަންމެ ހިތްހަމަނުޖެހުން ނަމަވެސް އަލޫފް އާ އެކަމާއި ބެހޭގޮތުން އީލާފް ސުވާލުނުކޮށް އެހުންނަނީ އަމިއްލަ ބޭބެއަަށް ކުރާ އިތުބާރެއްގެ ބޮޑުކަމުންނެވެ. އީލާފް އިއާންގެ ސަމާލުކަން ހޯދާ ގާތް ގުޅުމެއް އުފެއްދުމަށް މަސައްކަތް ކުރަމުން ދިޔަނަމަވެސް ކުރިއެރުމެއް ނުލިބެއެވެ. ޝަމްހާވެސް ދިޔައީ އަލޫފް އާއި ދެމެދު ގާތް ގުޅުމެއް އުފެއްދޭތޯ ބަލަމުންނެވެ. ކުރިއެކޭވެސް އެއްފަދައިން ނާއިލް އާއި އަޝްރާ އާއި ދެމެދު އަބަދުހެންވެސް އޮންނަނީ ކޮންމެވެސް ކޯޅުންގަނޑެއް އުފެދިފައެވެ. ދެމީހުންވެސް އަބަދުވެސް އެއްތަންވެއްޖެނަމަ ދެބަސްވެއެވެ. އިއާންގެ ހިތުގައި މިންހާއަށްޓަކައިވި ލޯބި ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. މިންހާގެ ހިތުގައި އެހެން ފަރާތަކަށް ލޯބި އުފެދިފައިވާކަން ނޭނގިހުރެ އިއާން ދަނީ މިންހާގެ ލޮއެބަށް އިންތިޒާރުކުރަމުންނެވެ.

 

 

 

 

 

Share Article

Follow Me Written By

ifoo

Level 910 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

ލޯބިވެވުނީ އެވެ. – 9

Next

ފޯޓްނައިޓް (އަންޑެޑް 666)

Next
December 5, 2018

ފޯޓްނައިޓް (އަންޑެޑް 666)

Previews
December 5, 2018

ލޯބިވެވުނީ އެވެ. – 9

21 Comments!

  1. Ifoo ifoo says:
    December 5, 2018 at 12:44 pm

    Salaam dear readers ❤️❤️❤️???… Here is the 3rd part ???… Hope all will like this part too ???… Feel free to comment ur views ???… If there is any mistakes please point out that for me so that I can improve ???… Thankyou so much dear readers for the support n love ???❤️❤️❤️????????????… Next part In Sha Allah day after tomorrow… I will try my best bt I’m not sure because tomorrow ifoo rashun beyrah dhaa kahala plan eh othyma… Bt I will try my best Friday ga next part up kohdhevey thr ???… Love you all ❤️❤️❤️??????…

  2. unique says:
    December 5, 2018 at 12:58 pm

    mivaahakavx up v afterall thanks ifoo

    1. Ifoo ifoo says:
      December 5, 2018 at 6:33 pm

      Unique ❤️❤️❤️… Most welcome dear ❤️❤️❤️??????…

  3. Maayu says:
    December 5, 2018 at 1:51 pm

    Story hama habeys ingey ifoo..?? Ifoo thy hama best…❤❤❤ Much love frm me…?????

    1. Ifoo ifoo says:
      December 5, 2018 at 6:35 pm

      Maayu ❤️❤️❤️… Thankyou so much dear ❤️❤️❤️???????????????… V v v ufaavehje story reethi v ma ???… Much more loves from me dear ❤️❤️❤️??????…

  4. Naju says:
    December 5, 2018 at 2:10 pm

    Wow ??? Ifoo mi partvx v v v reethi ingey ???❤❤❤???… Hama superb ?????????… Story hama v v v reethi n ehaame intresting ?????????… Ifoo dear I found ah 2 mistakes in story one is maahil ge name annanjehey thaaku iaan ge nan aun ??????… Bt It’s ok ingey hama kithame molhu kujjakahvx mistake hedhidhaane dhw ??????… U are a great writer ingey hama ?????????… n keep up the good work ?????????… I really appreciate your hard work ???❤❤❤???… Curiously waiting 4 the next ???⭐⭐⭐❄❄❄… Lots n lots of love from naju ????????????????????????❤❤❤??????????????????⭐⭐⭐???

    1. Ifoo ifoo says:
      December 5, 2018 at 7:52 pm

      Naju ❤️❤️❤️… Thankyou so much for the colourful long comment ❤️❤️❤️???????????????… V v v ufaavehje comment kiyaalaafa ???… Thankyou mistakes faahaga kohla dhinyma ???… Next time ragalhu kohleveythr balaanan ???… Much loves from me dear ❤️❤️❤️??????…

  5. Naum says:
    December 5, 2018 at 2:12 pm

    Story is awesome hama??? really love this story…story upkohllaa thw balabalaa indhaa up thi kohdhinee… mihaar enme kiyaa hih vany iaan minhaa ah propose kuraa part???❤

    1. Ifoo ifoo says:
      December 5, 2018 at 7:54 pm

      Naum ❤️❤️❤️… Thankyou so much ❤️❤️❤️???????????????… V v v ufaavehje ???… Hehhe… Keep waiting n let’s see what happens ???… Much loves from me ??????❤️❤️❤️…

  6. Cute Lips says:
    December 5, 2018 at 2:46 pm

    Kon grade eh ga tha e kudhin e ulheny… Vvvvvvvvv salhi story… Masha Allah… Adhi vvvvv happy ehaa dhigu koh kiyaalan libeythee….. Thank u….. Keep up ur brilliant work 🙂 ly

    1. Ifoo ifoo says:
      December 5, 2018 at 7:57 pm

      Cute Lips ❤️❤️❤️… Thankyou so much ❤️❤️❤️???????????????… V v v ufaavehje ifoo dear ge comment kiyaalaafa ???… Iaan n Naail are in grade 10… Dhen baaky hurihaa kudhinn grade 9… Thanks a lot dear n hope to see ur comment more often ❤️❤️❤️???… Much more loves from me ???❤️❤️❤️???…

  7. unique says:
    December 5, 2018 at 3:04 pm

    varah loabi but minhavx dhw
    dhn issok cox she even dont knw that aan loves her sadlife
    but its going grt
    curiously waiting for the next part

    1. Ifoo ifoo says:
      December 5, 2018 at 7:59 pm

      Unique ❤️❤️❤️… Thankyou so much dear for the support n love ❤️❤️❤️???????????????… Let’s see what happens… Much loves from me dear ❤️❤️❤️??????…

  8. @Ikleel says:
    December 5, 2018 at 4:28 pm

    Speechless..What a nice story…Minha and aan aa gulhunyma adhi salhi vaane…I am waitting for next…Very excited…Thanx and much love ifoo ifoo for this wonderful story…

    1. Ifoo ifoo says:
      December 5, 2018 at 8:00 pm

      Awwwwnn ❤️❤️❤️???… Thankyou so much ??????❤️❤️❤️?????????… I’m so happy to see ur comment ???… Keep waiting.. Much more loves from me ❤️❤️❤️??????…

  9. Hana says:
    December 5, 2018 at 8:53 pm

    Minhaa aw aan aw gulhuvahchey and ashra aw naail gulhuvahchey

    1. Ifoo ifoo says:
      December 5, 2018 at 9:42 pm

      Hana ❤️❤️❤️… Let’s see what happens ???… Thankyou ❤️❤️❤️?????????…

  10. siyaa says:
    December 5, 2018 at 10:30 pm

    story varah varah salhi ifoo u are the best writer ever i had seen much love from me and miss u ifoo

  11. siyaa says:
    December 5, 2018 at 10:37 pm

    and ifoo thi liyaa lava thah varah salhi all that songs are my favourite song

    1. Ifoo ifoo says:
      December 6, 2018 at 6:03 am

      Siyaa ❤️❤️❤️… Thankyou so much dear ❤️❤️❤️???????????????… V v v ufaavehje dear ge comment kiyaalaafa ???… All that songs are ma favourite too ???… Much more loves from me dear n miss you too dear ???❤️❤️❤️?????????…

  12. Hamko says:
    December 6, 2018 at 8:35 pm

    Curiously waiting fr the nxt ep

Comments are closed.


All Right Reserved!