ވުމުން ހިތެއްގެ މިލްކުގައި 4
އަތުތެރޭގައި ނިދިފައި އޮތް އަވްޔަން އެނދުގައި ބާއްވާލިއެވެ. އޭނާގެ ފައިގަޔާއި ބިންމަތީގައި ހުރި ލޭތަށް ސާފުކޮށްލަމުން އެމޫނު މައްޗަށް އެޅިފައި ހުރި އިސްތަށިތަށް އެއްފަރާތް ކޮށްލަދިނެވެ. އަވްޔަންގެ ގައިގައި ރަޖާގަނޑު އަޅައިދިނުމަށްފަހު އަލިޝްކާ އެކޮޓަރިން ނިކުތެވެ. ނަމަވެސް އަވްޔަންގެ ހާލަ މެދު އޭނާ ކަންބޮޑުވިއެވެ. މި ގޮތްނޭނގޭ ޒުވާނާގެ ހަގީގަތް ހޯދުމަށް އޭނާ އަޒްމު ކަނޑައެޅިއެވެ.
އަމިއްލަ ކޮޓަރިއަށް ވަދެ ދޮރުޖަހަމުން އަލިޝްކާ ވެއްޓިގަތީ އޭނާގެ އެނދަށެވެ. އެނދުމަތީގައި ބޭއްވިފފައި އޮތް ޑައިރީ ކިޔާލުމަށް އޭނާ އަވަސްވެގަތެވެ. އެންމެ ފުރަތަމަވެސް ބަނޑޭރިގަނޑުގައި އިން “ރިޔާޝާ” ގެ ނަމުގައި އަތް އުނގުޅާލިއެވެ. އެއީ ކޮންމެވެސް ތާކުން އިވުނު ނަމެކޭ ހިތަށް އެރިއެވެ. އޭނާ ވިސްނާލިއެވެ. “އޯ..އަވްޔަން ނިދީގަ ކީ ދޯ ރިޔާޝާއެކޭ..” ކުރިން މާބޮޑު ސަމާލުކަމެއް ނުދެވުނަސް އޭނ ރަނގަޅަށް އަވްޔަން ކީ އެއްޗެއް ހަނދާން ހުއްޓެވެ. އެ ރިޔާޝާއަކާ އަވްޔަން އާ ހުރީ ކޮންގުޅުމެއްތޯ ބަލަން އަލިޝްކާ ކެތްމަދުވިއެވެ.
ޑައިރީގެ ފުރަތަމަ ސަފްހާ ބޮޑުއަކުރުން އަވްޔަންގެ ނަން ރަން ލިޔެވިފައިވިއެވެ. އެ ނަން ވަށާ ހިތްތަކެެވެ. އަލިޝްކާގެ ހިތާ ސިކުނޑި ފުރާލީ ނުބައި ޙިޔާލުތަކުންނެވެ. އެހެންނަމަވެސް ދެވަނަ ސަފްހާ ހުޅުވާލުމަށްފަހު ރީތި ދިވެހި އަތުލިޔުމަކުން ލިޔެވިފައިވާ ވާހަކަ އޭނާ ކިޔަންފެށިއެވެ.
__________________________________________
ރިޔާޝާގެ ޑައިރީ…
12 ޖުލައި 2014
މިއީ އަހަރެންގެ ހަޔާތުގެ ވާހަކައެވެ. އަހަންނަކީ ރިޔާޝާއެވެ. އަހަންނަކީ ކޮލެޖުގައި ކިޔަވަމުން ދާ ދަރިވަރަކީމެވެ. ފިރިހެން ކުދިންނަށް މާ ބޮޑު ސަމާލުކަމެއް ނުބަހައްޓަމެވެ. ނަމަވެސް އަންހެން ރައްޓެހިންނަށް ވުރެ ފިރިހެން ރައްޓެހިން ގިނަވާނެއެވެ. އެންމެ ކުޑައިރުސުރެއްވެސް އަމިއްލަ ޑައިރީއެއް ގެންގުޅޭ ހިތްވިއެވެ. ނަމަވެސް އެ ނަސީބު މި ލިބުނީ އުމުރުން އެކާވީސް އަހަރުގައެވެ. ހަޔާތުގެ ކޮންމެ ސަފްހާއެއް މި ޑައިރީއާ އަހަރެން ހިއްސާކުރާނަމެވެ. އެއީ އަހަރެން ނެތްދުވަހަކުވެސް އަހަރެންގެ ހަޔާތާ ބެހޭގޮތުން އެހެން މީހުންނަށް ކިޔާލަން ހަނދާނެއްގެ ގޮތުގައި ބޭއްވުމަށެވެ.
ކޮލެޖުގެ ފުރަތަމަ ދުވަހެވެ. ބައްޕަގެ އުންމީދުތަށް ފުރިހަމަ ކޮށްދިނުމަށް ކޮލެޖު ގޭޓުން އެތެރެއަށް ވަނުމަށްފަހު އަހަރެން އަޒްމު ކަނޑައެޅީމެވެ. އެންމެ ފުރަތަމަވެސް އަހަންނާ ބައްދަލުވީ އެންމެ ގާތް އެކުވެރިޔާ ޒިޔަލްއެވެ. ނެޕީ ޖަހާ އުޅުނު ޒަމާނުއްސުރެއްވެސް ދެގޮތެއް ނުވާ އެކުވެރިޔާއެވެ.
ޒިޔަލްއާއެކު ހޯލަށް މިސްރާބުޖެހީމެވެ. އަހަރެންގެ ލޮލުގައި އަޅައިގަތީ ހޯލުގެ ކަނުގައި އިނދެ ރައްޓެހިންނާއެކު ސަކަރާތްޖަހަމުން ދިޔަ ފިރިހެން ސޮރެކެވެ. އިސްކޮޅުން ދިގު ހިކި ބޯ ކަނދުރާޔާ ހަމައަށް ދިގުކޮށްފައި ހުރި ޒުވާނެކެވެ. އަތްދިގު ޓީޝާރޓެއްގައި އޭނާ ހުރީ ކޮނޑުގައި ދަބަހެއް އަޅުވައިގެންނެވެ. ކޮންމެއަކަސް ފުރަތަމަ ނަޒަރުންވެސް އަހަރެންގެ ހިތުގައި ބިންވަޅުނެގުނެވެ. ޒިޔަލްގެ ފަރާތުން އެނގުނު ގޮތުންނަމަ އޭނާ ކިޔަވަނީ ބިސްނަސްގެ ދާއިރާއިންނެވެ، އަހަރެންމީ ސައިންސެވެ. މާޔޫސްވާގޮތްވިއެވެ. މި ޒުވާނާ މާ ގިނައިން ނުފެންނާނެތީއެވެ.
ދުވަސްތަށް ކޮލެޖުގައި ފާއިތަވަމުން ދިޔައެވެ. އަހަރެން ނިމިިޔައިރު އަވްޔަންއަކީ ޒިޔަލްގެ މާ ގާޓް ރައްޓެއްސެކެވެ. ި ގުޅުމުގެ ސަބަބުން އަހަންނާ އަވްޔަންއާ ދެމެދުވެސް ވަރަށް ގާތް ގުޅުމެއް އުފެދުނެވެ. އޭނާގެ ސަކަ މިޒާޖާއި އޯގާތެރިކަމުގެ އިތުރަށް އެންމެނާވެސް ގުޅިގެން އުޅޭ އުޅުން އަހަންނަށް ވަރަށް ކަމުދިޔައެެވެ.
އެކަހެރި ބައްދަލުވުންތަށް އަހަރުމެން ދެމެދު ބޭއްވުނިއިރުވެސް އެހެން ޒުވާނުންނާ ޙިލާފަށް ގައިގޯޅިވާން ނޫޅުމާއި އަވްޔަން ދަމަހަށްޓާ އިތުބާރު އަހަރެންގެ ހިތް ދަމައިގަތެވެ. އަހަރެންގެ އަންހެން އެކުވެރިން ބުނަމުން ދިޔައީ ބޯ ދިގުކޮށްފައި ފަށް އަޅާފައި ހުރުމުން އަވްޔަން ރަނގަޅުނުވާނެކަމަށެވެ. ނަމަވެސް މިހާގެ ބޭރުފުށުން އެމީހެއްގެ ގޮތެއް ނޭނގޭނެ ނޫންހެޔެވެ.
އަހަރެއް ފާއިތުވެ ކޮލެޖު ނިމުނު އިރު އެކުވެރި ކަމުގެ ގުޅުން ލޯބިވެރިންގެ ގުޅުމަށް އަހަރުމެން ދެމީހުން ބަދަލުކޮށްލީމެވެ. ޒިޔަލްވެސް ހުރީ ނިކަން އުފަލުންނެވެ. އަވްޔަންގެ ފަރާތުން ނިމުމެއްނެތް ލޯތްބާ އަޅާލުން އަހަންނަށް ލިބުނެވެ. ހަމަ އެވަރަށް އެހާ ޖެއްސުން ވެސް ކުރިއެވެ. ދިމާނުކުރާ ފަހަރެއް މަދު ނުވާނެއެވެ. ނަމަވެސް މިއަމަލުތަކުގެ ސަބަބުން އަހަރުމެން ދެމެދުގައި އޮތް ލޯބި ވަރުގަދަވުން ނޫންކަމެއް ނުވިއެވެ.
އަހަރުމެންގެ ގުޅުމާމެދު ޒިޔަލް ކިތަންމެ އުފަލުން ހުރިކަމުގައިވިޔަސް އޭނާ އަހަންނާ ދުރުވާން ފެށިކަހަލަ އިހްސާސެއް ކުރެވުނެވެ. ޒިޔަލްއަށާ އަވްޔަންއަށް އެއްވަރަށް ވަގުތު ދޭން އަހަރެން ކުރި މަސަތްކަތުން ނާކާމިޔާބު ވިކަން ރޭކާލީ މިއަދުއެވެ. އައިސްކްރީމް ބޯންދިޔުމަށްޓަކައި ތައްޔާރުވަމުން އަހަރެން ގެންދިޔައީމެވެ. ޒިޔަލްއާއި އަވްޔަން އެއްކޮށް ގެންދެވޭތީ އަހަރެން މިހުރީ ވަރަށް އުފަލުންނެވެ. އެހެންނަމަވެސް ތަގްދީރު ނިޔާ އިނގޭނީ ފަހެ ކާކަށްހެޔެއްވެ.
އަވްޔަންގެ އަތުގައި ހިފާއްޓާލައިގެން ޒިޔަލްއާ ގަދަ އަނގަ ތަޅަމުން ސްކޫޕަށް ވަނީމެވެ. އިށީނަ ތަނުގައި ޒިޔަލްމެން ބޭތިއްބުމަށްފަހު އަހަރެން އޯޑަރު ދޭން ދިޔައީމެވެ
_______________________________________________
ފުރަތަމަ ހަތަރު ސަފްހާ ނިންމާލަމުން އަލިޝްކާ ފޮތް ލައްޕާލީ ވަރަށް ބާރަށް އޭނާގެ ކޮޓަރި ދޮރުގައި މީހަކު ތަޅާހެން ހީވެގެންނެވެ. ޑައިރީ ނިމެންދެން ކިޔާލަން ކެތްމަދުވެފައި ހުއްޓަސް ދޮރުހުޅުވަން އޭނާއަށް މަޖްބޫރެވެ. މުހިންމު ކަމެއް ވެގެން ނޫނީ މީހަކު އެހާ ބާރަކަށް ނުތަޅާނެ ނޫންހެޔެވެ. ބާލީސް ދަށަށް ޑައިރީލަމުން އޭނާ ތަޅުހުޅުވާލަމުން ދޮރު ހުޅުވިއިރު ސަމީމާއެވެ. އެނާގެ ދެލޯ ފުރިބާރުވެފައިވަނީ ކަރުނައިންނެވެ. އެހެންނަމަވެސް ކުޑަހިތްވަރަކާއެކު ސަމީމާ ބުނެލި ވާހަކައިން އަލިޝްކާ އަނބުރައި ނުގަތީ ކިރިޔާއެވެ. އޭނާގެ ދެލޮލުން ހޯސްލާފައި ކަރުނަތަށް ފައިބައިގަތެވެ.
އެވަގުތު ވެގެން ދިޔައީ ނިދާހޭލައިގެން ކަންނެތް ކަމާއެކު ކޮޓަރިން އަވްޔަންވެސް ނުކުތްވަގުތަށެވެ. އެއްޗެހި ނުލާ ދެއަތުން ބޯ ހާވަމުން މޫނުމައްޗަށް އިސްތަށިތަށް ބާލުވަމުން އަލިޝްކާގެ ކޮޓަރި ހުރަސްކުރަން އުޅުމުގެ ތެރޭގައި އޭނާގެ ފިޔަވަޅުތަށް ހުއްޓުމަކަށް އައެވެ. ހިނިތުންވުމެއް ނެތް މޫނަކާއެކު އެއްވެސް އަސަރެއް ނެތް އަލިޝްކާއެއް އޭނާއަށް ފެނުނު މީ ފުރަތަމަ ފަހަރެވެ. އެ ބޮޑު ދެލޮލުން ފޭބި ކަރުނަތަށް ކޯތާފަތުގައި ބީހެމުން ދިޔައީ މަޑުމޮޅިކަމާއެކުގައެވެ.
ދެލޯ މެރިމެރި ހުރި ހާލުވެސް އަވްޔަންގެ ނަޒަރު ސީދާވެފައިވަނީ އަލިޝްކާޔާއެވެ. ގޭމް ކުޅެން އިށީނަ ސޯފާގައި އޭނާ އަތްއަޅުވާލިއެވެ. އަލިޝްކާގެ ނަޒަރުވެސް ސީދާވެފައިވަނީ އަލިޝްކާޔާއެވެ. ހުއްޓުން އަރާފައި ހުރުމަށްފަހު އަލިޝްކާގެ ހަށިގަނޑު ވަރުދޫވާން ފެށީއެވެ. ދެލޯ މެރެމުން ގޮސް ބިންމަތީގައި އޭނާގެ ހަށިގަނޑު ޖެހުމުގެ ކުރިން އަވްޔަންގެ އަތުތެރެއިން ހިމާޔަތް ލިބުނެވެ. އެފަދަ ކަމަކަށް ހުޝިޔާރުވެގެން ނުުހުއްޓެއް ކަމަކު އަވްޔަންގެ ހަރަކާތްތަށް ނިކަން އަވަހެވެ.
ކުއްލިއަކަށް އަވްޔަން އައުމުން ސަމީމާވެސް ހައިރާންވިއެވެ. ލުއި ފަތްކޮޅެއް ފަދައިން ހަކަތަ ހުސްވެފައި އޮތް އަލިޝްކާ އެނދުގައި އަވްޔަން ބާއްވާލިއެވެ. އަވްޔަންގެ މޫނުމަތިން ހިތާމައިގެ އަސަރެއްވެސް އުފާވެރިކަމުގެ އަސަރެއްވެސް ނުފެނުނެވެ.
އަލިޝްކާގެ މޫނުގައި ސަމީމާ ފެން އުނގުޅަން ފެށިއިރު އެއްވެސް ހަރަކާތެއްނެތި މިލާފައިވާ އަލިޝްކާގެ މޫނަށް ބަަލަހައްޓައިގެން އަވްޔަންއިނެވެ. “ކީއް އެވީ.” ހިމޭންކަމަކަށްފަހު އަވްޔަން ބުނެލިއެވެ. އެހެން ފަހަރުތަކާ ހިލާފަށް އޭނާގެ އަޑުގައި ބަލިކަށިކަމެއް ހުއްޓެވެ. “އޭނަ މަންމަޔާ ކޮއްކޮޔާ ރަށަށް ދިޔަ ދޯނި ބަނޑުންޖަހާލައިގެން މަންމަމެން ގެއްލުނީ އެކަމަކު ކޯސްޓު ގާޑަށް ހޯދުނިއުރުވެސް އޮތީ ނިޔާވެފަޔޯ.” ސަމީމާއަށްވެސް ހިތާމައިގެ ކޮޅެއް ނެތެވެ.
އަވްޔަން އިތުރު އެއްޗެއް ނުބުނެވެއެވެ. އޭނާއަށް ވިސްނާލެވުނެވެ. ދެން ވާނީ ކިހިނެތްބާއެވެ. ވާންވީ ކިހިނެތްބާވައެވެ. އަވްޔަންގެ ސިކުނޑިއަށް އައީ ދެ ސުވާލެވެ. “އޭނާގެ ހުންނަނީވެސް އާއިލާބަޔަކަށް ކޮއްކޮޔާ މަންމަޔާ އެކަނި ވިއްޔަ..ދެން މަ މި ގޭގަ މި މަންޖެ ބަހައްޓާނީ..” އަލިޝްކާގެ ނިއްކުރީގައި ފެންކޮޅެއް އުނގުޅާލަމުން ސަމީމާ ލުއިކޮށް ހިނިތުންވެލިއެވެ. “އޭން އެކީއްވެ..” އަވްޔަންގެ ދެލޯ ބޮޑުވިއެވެ. އަލިޝްކާ މިގޭގައި އުމުރު ދުވަހު ބަހައްޓައިގެން އޭނާޔާ އަލިޝްކާޔާ ދެމެދު ގޯސް ގުޅުމެއް އުފެދޭކަށް ނޭދެއެވެ. ހަޔާތުގައި ދެވަނަ ފަހަރަށް ލޯބިގެ އަނދަވަޅަކަށް ވެއްޓޭކަށް އަވްޔަން ނޭދެއެވެ. “ދެން އޭނަގެ ނުހުންނާނޭ އިތުރު މީހެއް މި ދުނިޔެއަކު ނެތޭ،..އެހެންނޫނަސް މިއަދު މަ އަނިސާއަށް ހުވާކުރިން އޭނާ ނެތް ދުވަހަކުން އަލިޝްކާ ބަލައިދޭން..”
“މަންމަ ކައިރިއަށް ދާން..ދައްތާ ބުނޭ މަންމަ މަރެއް ނުވޭ ދޯ..” އަލިޝްކާ ރޮއި ގަތް އަޑަށް އަވްޔަންއާއި ސަމީމާ ސިއްސައިގެން ދިޔައެވެ. އަލިޝްކާ ތެދުވެ ސަމީމާ ގައިގައި ބައްދާލިއެވެ. އަވްޔަން ބޯ ކަހާލިއެވެ. “ރަށަށް ދާންވީނު މޫނު ބަލާލައިން..” އަލިޝްކާގެ ބުރަކަށީގައި ސަމީމާ ފިރުމާލިއެވެ. މަޑުމަޑުން އަލިޝްކާ ބޯ ޖަހާލިއެވެ. އޭނާ ބަލާލީ އަވްޔަންއަށެވެ. ތުންފިއްތާލަމުން އަވްޔަން ދުރަށް ބަލާލިއެވެ. އެ ދުރުކަމުން އަލިޝްކާ މާޔޫސްވިކަމެއް ނުދެނެހުއްޓެވެ. ވާނީވެސް އެެހެންނޫންހެއްޔެވެ. އަލިޝްކާ ގާތްވާން މަސަތްކަތް ކުރާއިރު އަވްޔަން މަސަތްކަތްކުރަނީ ދުރުގައި ހުރެވޭތޯއެވެ،
“އަވްޔަން ދާންވީނު މޫނުބަލާލަން ގޮސްލާފަ އަންނަން އިތުރު މީހަކު ނުހުންނާނެޔޭ..ދޮންތަ ހުންނަންޖެހޭނެ އަމްރުކައިރީ ދެން ދޮންބެ އޮފީހުގަ ކޮއްކޮ ސްކޫލުގަ..އަވްޔަން އެއްނު ކުރާނެކަމެއް ނެތިގެން ކަންނެތް ކުކުޅެއްހެން ހަތަރުދަމު ނިދަނީ..އެއީ މިތާ ކައިރި ދިއްފުއްޓޭ ދޭބަ..” ސަމީމާ އާދޭސްކުރިއެވެ. އަލިޝްކާވެސް އާދޭހުގެ ނަޒަރުން އަވްޔަންއަށް ބަލާލިއެވެ. ދުރުވާން މަސަތްކަތް ކުރާވަރަކަށް ކައިރިވާން މަޖްބޫރުވަނީ ކީއްވެހެއްޔެވެ. އަވްޔަންގެ ހިތް ޝަކުވާ ކުރިއެވެ. އޭނާގެ ހިތް އާނބަސް ބުނަމުން ދިޔަޔަސް ދުލުން ނޫނެކޭ ބުނަން ބޭނުންވިއެވެ. ހަމަ އެންމެ ސަބަބަކަށްޓަކައެވެ. ލޯބީގެ އަނދަވަޅާ ދުރުގައި ހުރުމަށެވެ. އޭނާއަށް ނޭނގުނު ކަމަކީ ފުރަތަމަ ނަޒަރުން ފެށިގެންވެސް އެހިތް އަލިޝްކާއަށް ހިބަވެފައިވާކަމެވެ.
ދެ ޙިޔާލެއްގައި އަވްޔަން ބޯޖަހާލިއެވެ. ނަމަވެސް އޭނާގެ ހިތް އެ ޖަވާބާމެދު އުފާފާޅުކުރިއެވެ. “އަޖްވަދުގެ ލޯންޗުގަ ދާނީ ދޯ.” އަޖްވަދުގެ އަޑުއިވުމުން އަލިޝްކާ ބިރުގަތެވެ. ނަމަވެސް އަވްޔަން ފޫހިވިއެވެ. ވަށްބުރެއްހެން ކަޅި ހިނގާލަމުން އޭނާ މޫނަށް ޖައްސާލީ ކޫސަނި ވައްތަރެކެވެ. “މަށެއް ނޫޅެން އޭނާގެ އެއްވެސް އެއްޗެއްގަ ދަތުރުކުރާކަށް..އެއީ ހަލާލުގޮތުގަ ހޯދާ ލާރިނަމަތާ ބޭނުން ކުރަން ހެޔޮވާނީ” ހިތާހިތުން އަވްޔަން ބުނެލިއެވެ. އޭނާގެ ބައްޕަ އަޖްވަދުގެ ނުބައިކަން އޮޅިފައިކައި ނެތެވެ. އައިލާގެ އެންމެންނަށް ކަޝްފުވެފައި ސިއްރު އެނގޭ ހަމައެކަނި މީހަކީ އަވްޔަންއެވެ.
އަލިޝްކާ ފެނޭތޯ ތިންވަނަ ފްލޯރ އަށް އަޖްވަދު އެރިއެވެ. ހުޅުވާފައި ހުރި ދޮރު ކުރިމަތީގައި ހުއްޓިލިއެވެ. އޭނާގެ ދެބުމަ ކައިރިވީ އިވުނު ވާހަކަތަކުގެ ސަބަބުންނެވެ. “މަގޭ ލޯންޗުގަ ކީއްކުރަންވީއްޔޭ..” އަޖްވަދު އެއްސެވެ. އަވްޔަންއަށް އަވަސް ނަޒަރެއް ދިނެވެ. ނަމަވެސް އަވްޔަން އޭނާއަށް އެންމެ ފަހަރަކުވެސް ބަލާނުލިއެވެ. އަޖްވަދު މޫނަށް ވައްތަރު ޖައްސާލިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ސަމީމާ ކޮނޑުގައި ބޯ އަޅައިގެ އިން އަލިޝްކާ އަށް ބަލާލީ ލާނެއް ގޮތަކަށެވެ. އަޖްވަދްއަށް ވަށްކަޅިން ބަލާލަމުން އަލިޝްކާވެސް މޫނު އަނބުރާލިއެވެ.
“މިކިޔަނީ އަޖްވަދު ލޯންޗުގަ އަލިޝްކާ މަންމަ މޫނުބަލަން ދާންވެގެން..” ސަމީމާވެސް ނުކެރިހުރެފައި އަހާލިއެވެ. “އާން މައްސައެއް ނެތް މަށާއެކީ ދޯ ދާނީ..” އުފަލުން ފޮޅިފައި ހުރެ އަޖްވަދު ބުނެލިއެވެ. އަވްޔަންގެ ދެބުމަ ކައިރިވިއެވެ. އޭނާ އަޖްވަދުއަށް ރައްދުކޮށްލީ ހިތްހަމަނުޖެހިފައިވާ ނަޒަރެކެވެ. އަޖްވަދުގެ ހިތުގައިވަނީ ކީކޭކަން އަވްޔަންއަށް އިނގުނު ކަހަލައެވެ. ޒުވާން އަންހެން ކުއްޖެއްނަމަ އަސްލެއް ނަސްލެއް ނުބަލާ ބޭނުން ހިފުމަށް އަޖްވަދު ވަރެއް ނޯންނާނެކަން އަވްޔަން ދެނެގަތެވެ.
އަޖްވަދުގެ އަވައިގައި އަލިޝްކާ ޖެހުނަ ނުދިނުމަށް އަވްޔަން އަޒުމުކަނޑައެޅިއެވެ. ނަމަވެސް އެގޮތަށް ކަންކުރަން ވެއްޖެނަމަ އަވްޔަންއާއި އަލިޝްކާޔާ ދެމެދު އޮތް ގުޅުން ވަރުގަދަ ވުން ނޫންގޮތެއް ނުވާނެއެވެ. އެގޮތެއް އަވްޔަންއެއްވެސް ނޭދެއެވެ. “އުހުނނ..މަ ދަނީ އޭނަ ގޮވައިން.” ތަންކޮޅެއް ބާރަށް ހިތްހަމަނުޖެހިފައި އަވްޔަން ބުނެލިއެވެ. އަޖްވަދުގެ ދެބުމަ ގޮށްޖެހުނެވެ. އަނގަބާނަން މީ އަދި ކާކު ހެއްޔެވެ.
“އާން އެސޮރު ތަންކޮޅެއް ކުރިންވެސް ބުނެފަޔޭ އޮތީ ދާ ވާހަކަ..އަޖްވަދު ޖެހޭނެއެއްނު..އޮފީހަށް ދާން” އަވްޔަން ދިފާޢުކުރަމުގައި ސަމީމާ ވަރެއްނެތް ކަނނޭގެއައެވެ. އަޖްވަދު އޭނާގެ ޙިޔާލު ފަޅާއަރާފާނެތީ އަވްޔަން ފޮނުވަން އެއްބަސްވިއެވެ. އޭނާގެ ސިކުނޑީގައި ވާ އެއްޗެއް ނޭނގި ހުރެ އަވްޔަން ފޮނިވެގަތެވެ. އަޖްވަދަށް އޭނާ އެއްބުމަ އަރުވާލިއެވެ. ރުޅި އައިއްސާހުރި އަޖްވަދު އޭނާގެ އަތުން ވައްތަރެއް ޖައްސާލިއެވެ.
** *** ** *** ** *** **
މެންދުރުގެ ހޫނުގަދަ ވަގުތެވެ. އަވީގެ އަލިން ކަނޑުގެ ލޮނުގަނޑު ވިދަމުން ދިޔައެވެ. ބާރު ސްޕީޑުގައި ލޯންޗު ދުއްވާފައި ދިޔައިރު ފިނިފިނި ރޯޅިތަށް އަވްޔަންގެ އިސްތަށިގަނޑަށާއި އަލިޝްކާގެ އިސްތަށިގަނޑަށް ގޯނާ ކުރިއެވެ. އަވްޔަންގެ އިސްތަށިގަނޑު އަބަދުވެސް އޮންނަ ފަދައިން ފުނާ ނާޅާ ހާވަފައި އޮތުމުން އެ އުނދަގޫ ދެގުނަ އިތުރެވެ.
“ހާރވޭ” ބްރޭންޑްގެ ކަޅު ވަށް އަވިއައިނެއްގައި އަވްޔަން އިންއިރު އޭނާގެ ނަޒަރު ހުއްޓިފައިވަނީ މާ ސިނގާ ކަނޑަށެވެ. ހޫނުގަދަ ވަގުތެއްކަމުން އޭނާ ލައިގެން ހުރީ އަތްކުރު ކަޅު ކަޅުކުލައިގެ ޓީޝާރޓެކެވެ. ރަތްކުލައިން “ސުޕްރެމް.” ފަވާލާފައި ވެއެވެ.
އަވްޔަންއާއި ޖެހިގެން އިން އަލިޝްކާ ގޭތެރޭގައި ލައި އެއްޗެހ ި ރީތި ހެެދުމަށް ބަދަލުކުރަންވެސް އެއްބަހެއް ނުވިއެވެ. ހަމަ ހިލާ އަވިއައިނެއްވެސް ނޭޅިއެވެ. އަތުގައި އޮތް ޓީޝޫކޮޅާ ކުޅެމުން ދިޔައިރު ދޭތެރެދޭތެރޭއިން ނޭފަތް ދަމާލާ އަޑުއިވެއެވެ. ރުއިން ހުއްޓާލާފައި ވީކަމުގައިވެސްމެއެވެ.
ކުއްލިއަކަށް ލޯންޗު ތަޅުވައިގަތެވެ. ސިހިފައި އަލިޝްކާޔަށް ހިފައި ގަނެވުނީ އަވްޔަންގެ މުލައްދަނޑީގައެވެ. ކުޑަދޮރުން ލޮނު އޭނާގެ މޫނަށް ބުރުއްސާލިއެވެ. ދެލޯ މަރައި އޭނާ ތަގުޅިކޮށްލިއެވެ. އަވްޔަން އިނީ އެހުރިހާ ހަރަކާތްތަކެއް ބަލާށެވެ. ބޭއިޙްތިޔާރުގައި އަވްޔަން އޭނާގެ ލޮލުގައި އިން އަވިއައިނު ބާލާލިއެވެ. އަލިޝްކާގެ ލޯ ލޮނުން ސަލާމަތްކޮށްދޭންށޭ ހިތާ އޭނާ އެ އައިނު އަލިޝްކާގެ ލޮލުގައި އަޅައިދިނީ އިސްތަށިތަށް އެއްފަރާތް ކޮށްދެމުންނެވެ.
އަލިޝްކާގެ ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އަވްޔަންވެސް އެއްމިޔަކުން ހީލިއެވެ. ބޭއިޙްތިޔާރުގައި މި ކުރެވުނީ ކީއް ބާވައޭ އަވްޔަން ހިތަށްއެރިއެވެ. އޭނާ ލޯންޗުން ބޭރަށް ބަލާލީ ލަދުންނެވެ. އޭނާގެ ބަސްނާހާ ހިތް މިހާރު އަމިއްލަ ކޮންޓްރޯލް ދަށުންވެސް ބޭރުވަނީ ބާވައެވެ. ކިހާ ދެރަކަމެއް ހެއްޔެވެ. ދުރުނުވެވެނީ ކީއްވެހެއްޔެވެ.
އަވްޔަންގެ ހަރަކާތުން އަލިޝްކާގެ ހިތްފުރުނެވެ. ބަނދަރު ކައިރިއަށް ލޯންޗުން މަޑުކުރުމުން އަވްޔަން ތެދުވިއެެވެ. ނަމަވެސް އަލިޝްކާ އިނީ ގަނޑުވެފައެވެ. އިތުރުގޮތެއް ނެތުމުން އަލިޝްކާގެ އަތްތިލަ އޭނާގެ އަތުތެރޭ ހައްޔަރުކޮށްލަމުން ލޯންޗުން ބޭލުވިއެވެ. ދެކޮޅު ހެދުމެއް ނެތި އަލިޝްކާވެސް ފޭބިއެވެ. އޭނާގެ ހިތް އުފަލުން ނަށަމުން ދިޔައެވެ.
ރަށުގެ އެތަށް ބައެއްގެ ނަޒަރު އެ ދެ ޒުވާނުންނަށް ހުއްޓުނެވެ. އަވްޔަންއާއެކު ފޮޓޯ ނަގަން އަންނަ މީހުންގެ އަދަދު މަދެއް ނޫނެވެ. ތުއިވާން އުޅޭ އަންހެން ކުދިންގެ ނަޒަރު ތަކަށް އަވްޔަން މާ ބޮޑު ސަމާލުކަމެއް ނުދިނެވެ. އަސަރެއް ނެތް މޫނަކުން ފުއްދާލަނީއެވެ. ޔަގީނެވެ. އަލިޝްކާއަށް ބަލާ މީހަކު ނަމަ ބަލާނީ އެންމެ ސަބަބަކާ ހުރެއެވެ. އަވްޔަންގެ ބޮޑު އަވިއައިނު އެޅުމުން އޭނާ ހީވަނީ ކުޑަކުއްޖަކު ބޮޑު މީހެއްގެ އައިނު އަޅައިގެން ހުންނަ ހެންނެވެ. ތުންތުން މަތިން މީހުން މަލާމާތްކުރަމުން ދިޔައިރު އަލިޝްކާ އަޅައެއް ނުލިއެވެ. އޭނާގެ ހިތުތެރޭގައި އުފާފާޅުކުރަމުން ދާ ސަބަބު މީހުންނަށް އިނގޭނަމަ ރަނގަޅެވެ.
އަމިއްލަ ނަފްސާ މެދު މިއަށްވުރެ ފަޙްރުވެރިވި ދުވަހެއް އަލިޝްކާގެ ހަޔާތުގައި އަދި ނާދޭ ކަންނޭނގެއެވެ. ވާނީވެސް އެހެންނޫންހެޔެވެ. ނޭފަތާ ހަމައަށް ލެންސު ފޯރިޔަސް އަވްޔަންގެ އައިނު އެޅިއްޖެ ވިއްޔާއެވެ. އަލިޝްކާގެ މޫނަށް ނުބަަލަން ހުވާކޮށްގެން ހުރި އަވްޔަންއަށް އޭނާގެ ހިނިގަނޑު ހިފާއްޓާލަން މަޖްބޫރުވިއެވެ. އަވީގެ ސަބަބުން އޭނާ ހުރީ ދެލޯ ކުޑަވެފައެވެ.
އަވްޔަން ވަށްކަޅުން އަލިޝްކާޔަށް ބަލާލިއެވެ. ބައްތިރީސް ދަތްޕިލަ ދައްކާލަމުން އަލިޝްކާ ހިނިތުންވެލިއެވެ. އެއްބުމަ އަރުވާލާފައި އެއްމިޔަކުން ހިނިތުންވަމުން އަވްޔަން އޭނާގެ ދަތްތައް ނުދައްކަން ހުވާކޮށްގެން އަނގަމަތީގައި އެއް އަތް އަޅާލިއެވެ. ހިސާބަކަށް އުފާވެފައެވެ. ހިތާމަވެރި މިފަދަ ދަނޑިވަޅެއްގައިވެސް އޭނާގެ ސަބަބުން އަލިޝްކާގެ ތުންފަތް މަތިން އޭނާގެ ސަބަބުން ހިނިތުންވުމެއް ފެންނާތީއެވެ.
މާ ދުރަށް ހިނގާކަށް ނުޖެހުނެވެ. މަގުމަތިން ފެންނަ ކޮންމެ މީހަކު އަލިޝްކާއަށް ތައުޒިޔާ ކިޔާ ބައްދަމުން ދިޔަ ގޮތް އަވްޔަންއަށް މަޖާވިއެވެ. ނަމަވެސް މިއޮށް ގަދަ ހޫނުގައިވެސް އޭނާގެ ކަންފަތުން ދުންއަރަމުން ދިޔައީ ޒުވާން އަންހެން ކުދިންގެ ކަންތަށް ބޮޑުކަމުންނެވެ. ހިތާހިތުން ކުދިކިޔުން ނޫންކަމެއް ނުކުރެވުނެވެ.
އަނިސާއާއި އަޔާންގެ ޖަނާޒާ އޮތް ތަނަށް އަވްޔަންމެން ދެމީހުންނަށް ވަދެވުނު އިރު އެތަން ވަނީ ފުރިބާރުވެފައެވެ. ވާނީވެސް އެހެންނޫންހެޔެވެ. ރަށުގައި އެންމެ ނަންހިނގާ މަޝްހޫރު ޒުވާނާ އަޔާންއާއި މަޝްހޫރު ފެހުން ތެރެއިޔާ އަނިސާގެ ޖަނާޒާ ވިއްޔާއެވެ.
ދަތުރުމަތީގައި ހިސާބަކަށް ހަމަޖެހިފައި ހުރި އަލިޝްކާއަށް އޭނާގެ މަންމައާއި ކޮއްކޮގެ ކަފުންކޮށްފައިވާ މޫނުފެނުމުން އަނެއްކާވެސް ރޮވެން ފެށުނެވެ، ދުރުގައި ހުންނަން މަސަތްކަތް ކުރި އަވްޔަން އަށް ގޮތްހުސްވިއެވެ. ކިތަންމެ ބޭނުންނުވިޔަސް އަލިޝްކާގެ ކޮނޑުގައި ހިފައި އޭނާ ގަޔާ ކައިރިކޮށްލިއެވެ.
އޭނާގެ ހިތަށްވެސް ހަމްދަރުދީވަނެވެ. ނަމަވެސް ހިންދުކޮޅެއްގެ ތެރޭގައި އަވްޔަންގެ ހިތް ނުތަނަވަސްވާން ފެށިއެވެ. އޭނާއަށް ސިފަކުރެވުނީ މާޒީއެވެ. އޭނާވެސް އަލިޝްކާ ފަދައިން ހިނަވާފައި އޮތް މައްޔިތެއް ކައިރީގައި ރުއީމެވެ. އެދުވަހު އޭނާއަށް ކުރެވުނު އިހްސާސް އަލިޝްކާއަށް ވުރެ ދެގުނަ އިތުރުވާނެކަން ގައިމެވެ.
އަލިޝްކާވާ ކެތްގަދައެވެ. ރިޔާޝާ މަރުވި ދުވަހު އަވްޔަން ގައިގައި މީހަކު އަތްލިޔަކަވެސް ނުދިނެވެ. ގޮތް ހުސްވެފައިވާ މީހެއްފަދައިން މޮޔައެއްހެން ރިޔާޝާގެ ގައިގައި އޭނާ ތަޅުވާ ހެދިއިރުވެސް ރިޔާޝާ ނުހޭލުމުން އޭނާއަށް ކުރި އަސަރު މިއަދުވެސް އަވްޔަންގެ ހިތުން ފިލައިން ނުދެއެވެ. ހުދު ކަފުނުން އަވްޔަންގެ ހިތަށް ހަމަޖެހުން ގެނެސްދިން އެ މޫނު ނިވާކޮށްލި ވަގުތު އޭނާއަށް ލޯ މަތިން ސިފަކޮށްލެވުނެވެ. އަވްޔަން ދެލޯ މަރައި ތަގުޅިކޮށްލިއެވެ. އޭނާގެ ހިތުގައި ހައިޖާނުގަނޑެއް އުފެދުނެވެ.
ރިޔާޝާ ވެއްޓުނު މަންޒަރު ސިފަކޮށްލެވުނެވެ. އެންމެންގެ ރުއިމުގެ އަޑާ ވަޒަންތަކުގެ އަޑު ކަންފަތުގައި ގުގުމަން ފެށިއެވެ. އެ ދުވަހު މެޔަށް ވަޒަން އެރިއިރު ކުރެވުނު އިހްސާސް ދެވަނަ ފަހަރަށް ކުރެވުނު ކަހަލައެވެ. އަވްޔަން އޭނާގެ މޭގައި އަތްޖައްސާލިއެވެ. ތަޅައިގަންނަ ބޭނުންވިއެވެ. ވަގުތާ ހާލަތުގެ ގޮތުން އަލިޝްކާއަށްޓަކައި އޭނާގެ އަމިއްލަ ހާލު ފަރުދާކޮށްލަން މަޖްބޫރެވެ. ފުންނޭވާއެއް ފަޒާގެ ތެރެއަށް އަވްޔަން ދޫކޮށްލިއެވެ. އެހެންނަމަވެސް އެހިތުގައި އަޅަން ފެށި ވޭންވަރަށް ލުޔެއް ނުލިބުނެވެ.
** *** ** *** ** *** **
ސިޓްރަން ތެރެއަށް ވަދެގެން ދިޔަ އަޖްވަދްއަށް ގިނަބަޔެއްގެ ސަމާލުކަން ހުއްޓުނެވެ. ހަރު ހިނގުމެއްގައި އަޖްވަދު ހުސް މޭޒެއްގައި އިށީނދެލިއެވެ. މޭޒުގައި ނިޔަފަތި ތަޅަމުން ދިޔައިރު ހީވާގޮތުން އޯޑަރުވެސް ނުދީ އޭނާ އިނީ މީހެއްގެ އިންތިޒާރުގައެވެ. ބެލްކަންނިން ބޭރުން ފެންނަމުން ދިޔަ ހިތްގައިމު މަންޒަރަށް ގެއްލިފައި އޭނާ އިނީ ޙިޔާލެއްގައެވެ. ހަވީރުގެ ހިތްގައިމު ވަގުތު ހަށިގަނޑުގައި ބީހެން ފެށި ވައިރޯޅިތަކުންވެސް އަޖްވަދުގެ ހިތަށް ހަމަ ޖެހުމެއް ލިބުނެވެ.
“ކަލޯ އޭ ދުނިޔެއަށް ފައިބަބަލަ..” އަޖްވަދު އިން މޭޒުގައި އޭނާގެ ކުރިމައްޗަށް ވާގޮތަށް އިށީނދެލި ނިޔާޒު ހިނިގަނޑެއް ޖަހާލިއެވެ. އަޖްވަދުގެ މޫނުމަތީގައި އޭނާ އަތް ހިނގާލިއެވެ. އަޖްވަދުވެސް ބޯ ހުރާލަމުން އޭނާގެ ބިސްނަސް ޕާރޓްނަރު ނިޔާޒަށް ބަލާލިއެވެ. ކޮފީއަކަށް އޯޑަރު ދެމުން އެދެމީހުން ވާހަކަ ފަށައިގަތެވެ.
“އެހެންވީމަ އޮސްޓިރޭލިއާރ އިން އަންނަ ޝިޕްމަންޓް ވިއްކަނީ ކޮންބަޔަކަށޭ..” ނިޔާޒު އެއްސެވެ. “ކޮންމެވެސް ޒިޔަލްއަކަށް އޭތި އޮތީ އޭނަ ބުނީ ވިހި ހާސް ދޭނަމޯ..އެއީ އަސްލު ވަރަށް ބައިވަރޭ ކުނޑި ވައްތަރުވީމަ..” ނިޔާޒުގެ ނަޒަރު ހުއްޓިފައިނީ ބެލްކަނިން ބޭރަށެވެ.
އޭނާ ވާހަކަ ދައްކަމުން ދިޔައީ ބިސްނަސްކަންތާ ބެހޭގޮތުންވިޔަސް އެ ހިތާ ސިކުނޑި ގުޅިފައިވަނީ އަލިޝްކާޔާއެވެ. އެ ހަށިގަނޑު ހާސިލްކޮށްފަ ނޫނީ ލޮލުކޮޅަށްވެސް އަލިޝްކާ ދިޔަކަ ނުދޭނެއެވެ. ނަމަވެސް އަޖްވަދުގެ ސިކުނޑީގައި ވާ ބިރުވެރިކަމަކީ އަވްޔަންއެވެ. އަލިޝްކާޔާ އަވްޔަނާ ދެމެދު އޮންނަނީ ކޮން ގުޅުމެއް ބާވައޭ އަޖްވަދު ހިތަށް އެރިއެވެ. އޭނާއަށް ވިސްނުނީ އެންމެ ގޯސްކޮށެވެ.
“މި އައްސު ކުޑަ ޙިޔާލެއް ހޯދަންށޭ ކަލޭ މިގެނައީ..” ވެއިޓަރު ގެނައި ކޮފީތަށިން އެތިފޮދެއް ދަމާލަމުން އަޖްވަދް ސީރިއަސް ވެލިއެވެ. ކުރިއަށް ދާށޭ ބުނާ ފަދައިން ނިޔާޒް އެއްބުމަ ހިއްލާލިއެވެ. “ވަރަށް ސަޅި ބޭބް އެއް ފެނިއްޖެ..ރަށްފުށު ކުއްޖެއް..އޭނަގެ ނެތް އެއްވެސް އާއިލާއެއްވެސް މިހާރު..އެހެންވީމަ މަ ބޭނުން ބާކޮށްލަން” އަޖްވަދްގެ ވާހަކަޔާއެކު ނިޔާޒު ކޮށިއެރިއެވެ. އޭނާގެ ދެލޯ ބޮޑުވިއެެވެ. “އޭ ހުވާތަ..ތިހެން ވެއްޖިޔާ އަހަރުމެންނަށް އޭނަ ވިއްކާލައިގެން ބޭރުގެ ކްލަބަކުން އެތިކޮޅު ހޯދޭނެއެއްނު..” ނިޔާޒުގެ ސިކުނޑިއައި އެންމެ ފުރަތަމަ ޙީޔާލަކީ އެއީއެވެ.
“އޭތި ކަޑައޭ..މިހާރުވެސް ޔަތީމް ދެކުދިން ވިއްކައިފީމެއްނު..އެހެންމަ ދެން ރަނގަޅުވާނެ..ސަމީމާގެ ބެލުމުގެ ދަށުގަ ހުންނަ ކުއްޖެއްވީމަ ބޭނުމެއްނޫން އަލިޝްކާ ވިއްކާކަށް އޭނާ ހަމަ ބޭނުންކޮށްލަން ރަނގަޅުވާނެ..އެއީ އޭނާ ގެއްލިޔާއްވެސް ޒިންމާ ނަގަންޖެހޭނީ އަހަރުމެންނޭ..” އަޖްވަދުގެ ވާހަކަޔާ ނިޔާޒުވެސް އެއްބަސްވިއެވެ.
“ދެން ކިހިނެތް ތި އަލިޝްކާޔަކަށް ހަދަންވީ..ކައެމެންގޭގަ އޭނަ އުޅެންޏާ..ހަމަ ބޭނުންކޮށްލާފަ ދޫކޮށްލަންވީނު..” ނިޔާޒު ވަރަށް ކޫލްއެވެ. ހަމަޖެހިލައިގެން ވާހަކަ ދައްކަމުން ދިޔައިރު ކުޅެވެން މިއުޅެނީ މުަސްތަގުބަލެއް އޮތް އުންމީދީ ޒުވާނާކާކަން ހަމަ ނޭނގެނީބާވައެވެ.
“މަގޭ ހަގު ދަރިޔާ އޭނަޔާ ގުޅުމެއް އޮވެޔޭ..އަވްޔަން ދިރިހުއްޓާ މަށަކަށް އަލިޝްކާޔާ ބެހެން އުނދަގޫވާނެއޭ..” އަޖްވަދް އޭނާގެ ކަންބޮޑުވުން ހާމަކޮށްލިއެވެ. ހަމަ މިހާރުން މިހާރަށް އަވްޔަން މަރާލަން ބޭނުންވިއެެވެ. “ދަންވަރު ގަޑީގަ އެކޮޓަރިއަށް ވަނީމަ ނިމުނީނު..” ނިޔާޒު ބުންޏެވެ. “އަވްޔަންއާ އޭނާޔާ އުޅެނީ ޖެހިޖެހިގެން ހުންނަ ދެކޮޓަރީގަ..” އަޖްވަދުގެ ޖަވާބުވަރަށް ސީދަލެވެ. ނިޔާޒު ދެފަރާތަށް ބޯ ހޫރާލިއެވެ. “އަނެއްކާ އެކަހަލަ ނިކަމެއްޗަކާ މަގޭ ދަރިއެއް އިނދެފިއްޔާ ވަރަށް ސަކަރާތްވާނޭ،…” މޭޒުމަތީގައި އަޖްވަދު ގޮށްމުށެއް ޖެހިއެވެ. ކޮފީތަށިތަށް ބަންޑުން ނުވީ ހަމަ ކިރިޔާއެވެ.
“ތިހެންވެއްޖެއްޔާ ދެން އޮތް ގޮތަކީ ކައެ އަލިޝްކާ ބޭނުންކޮށްލާފަ ރާއްޖޭން ބޭރަށް ފޮނުވާ..މަ ބުނިހެން ކްލަބަކަށްވެސް ރަނގަޅުވާނެ..” ނިޔާޒު މަސަތްކަތް ކުރީ އޭނާއަށްވެސް ފައިދާއެއް ވާގޮތަށް ކަމެއް ހިނގޭތޯއެވެ. ނަމަވެސް އަޖްވަދު ހުރީ ކްލަބަކަށް އަލިޝްކާ ފޮނުވަން އެއްބަސްވާ ގޮތަކަށް ނޫނެވެ. “އުހުނނ..އަހަރުމެންނަށް އެތިކޮޅު ލިބެނީ އޮސްޓްރެއިލިއާރ އިންނާ އެމެރިކާއިން..އެ ދެތަނަށްވެސް ދެކުދިން ވިއްކިއްޖެ..ދެން މާ ގިނަވަންޏާ އެމީހުން އަމިއްލަ އަމިއްލަޔަށް ސަލާމަތްވެގަނެދާނެ..އޭރަށް އަދި މާ ގޯސް ވާނެ އަހަރުންނަށް އެއްގޮތަކަށްވެސް އެއްޗިއްސެއް ނުލިބޭނެ..” އަޖްވަދު ބުނީވެސް ދޮގު ވާހަކައެއް ނޫނެވެ.
“ދެން ކިހިނެތް ހަދަންވީ..ތަނަކަށް ނުވިއްކާ އޭނަ ރާއްޖޭން ބޭރަށް އެކަންޏެއް ނުފޮނުވޭނެއެއްނު..” ނިޔާޒު ބުމަ އަރުވާލިއެވެ. ކޮފީތަށީގެ ފަހު ކޯވަރު އޭނާ ދަމާލިއެވެ. “ތިކިޔަނީއެއްނު..ޒިޔަލްއެއް އެ ސޮރު ބޭނުންކޮށްލެވޭނެ..” އަޖްވަދު އޭނާގެ ޙިޔާލު ކުރު ގޮތަކަށް ނިޔާޒަށް ކިޔައިދިނެވެ. ވަރަށް ސިއްރުންނެވެ. މީހަކަށް އަޑު އިވިދާނެކަމުގެ ބިރު ހީވާތީއެވެ. އަޖްވަދުގެ މަސަތްކަތަށް ނިޔާޒުވެސް އެއްބާރުލުން ދޭނެކަމަށް އެއްބަސްވިއެވެ. ހީވަނީ ޖަރީމާތައް ހިނގުމުގައި އަރާތިބި ބައެއްހެންނެވެ. އެހާވެސް އެމީހުން ބޯ ބޮޑެވެ.
** *** ** *** ** *** **
އިރު އޮއްސެމުން ދިޔަ ވަގުތެވެ. އުޑުމަތީގައި އޮރެންޖު ކުލައިގެ ސާލެއް އޮޅާލާފައިވާއިރު ދޫނިތަށް އެ އެއްޗެހީގެ ހިލަން އިންސާނުންގެ ލޯމައްޗަށް ނުވާނެ ވަރު ކޮށްލިއެވެ. ދުރުން ބަލާލާއިރު ހީވަނީ ކަނޑުގެ ބާނިތަކު ތެރެއަށް އިރުގޮސް ނިވާވާ އުޅޭހެންނެވެ. ރަތްވިލާ އުޑުމަތިން ފެނުނު އިރު ބަލާލަން ހިތްގައިމެވެ.
ވަޅުލުމުގެ ކަންތަށް ނިމުމުން ބަންދަރާ ދިމާލަށް އަވްޔަންއާއި އަލިޝްކާ މިސްރާބުޖެހިއެވެ. ނޭފަތް ދަމާލަދަމާލާ ހުރި އަލިޝްކާ އޭނާގެ އަތް އަވްޔަންގެ މުލައްދަނޑީގައި އޮޅާލިއެވެ. އޭނާއެކޭ ދަގައްފާނެކޭ އެއްވަރެވެ. އަލިޝްކާޔަށް ކުރާނެ އަސަރު އޭނާ ދެނެގަތެވެ. އެހެންކަމުން އެއްވެސް ހަރަކާތެއް ނުކޮށް އޭނާ ހުރީއެވެ.
ބަނދަރަށް ދިޔައިރު އެދެމީހުންގެ އިންތިޒާރުގައި ޕްރައިވެޓް ލޯންޗެއްވެސް އޮތެވެ. ލޯންޗަށް އަރާ ސީޓުގައި ހަމަޖެހިލިއެވެ. އަވްޔަން ނަޒަރު ހިންގާލީ ކުޑަދޮރުން ބޭރަށެވެ. ނަަމަވެސް އަލިޝްކާ އިނީ ސީޓަށް ވެޑުވެގެން ދެލޯ މަރައިގެންނެވެ. ހީވާގޮތުން އޭނާ ނިދޭތޯ މަސަތްކަތްކުރަނީއެވެ. ބާރު ސްޕީޑެއްގައި ކަނޑުގެ ލޮނުގަނޑު ދެފަރާތަށް ބުރުސައްމުން ލޯންޗު ނައްތާލީ މާލެ ދިޔުމަށްޓަކައެވެ. ފަހަތަށް ލަނގެނެގެން ވެޑުވެފައި އިން އަލިޝްކާގެ ބޯ އެއްއަރިވިއެވެ. އެ ބޯ ލައްގާލީ އަވްޔަންގެ ކޮނޑުގައެވެ.
އަލިޝްކާ ނިދާފައި އޮތުމުން އަވްޔަން އިނީ ގުޑިނުލެވިފައެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާ ބޭސް ފުޅި ނެތުމުން އަވްޔަންގެ ހާލުވެސް ވާ ރަނގަޅެއްނޫނެވެ. ނޭވާ އަދިވެސް ހަމައަކަށް ނޭޅެއެވެ. މޭގައި ރިއްސުން ކުޑަވިޔަސް އޭނާގެ ބޮލުގައި ނިކަން ގަދަޔަށް ރިއްސައެވެ. ދެލޯ މަރާލަމުން ބުރަކަށި ޖައްސާލާ ހިތްވިއެވެ. އެހެންނަމަވެސް ކެތްކޮށްލީ ހަމައެކަނި އަލިޝްކާއަށްޓަކައެވެ. އެ މައުސޫމް އަންހެންކުއްޖާއަށް އަރާމާއި ހަމަޖެހުން ހޯދަދޭށެވެ.
ކޮންމެއަކަސް އިރު އޮއްސެމުން ދިޔަ މަންޒަރު ބަލަން އިން އަވްޔަންގެ ހިތުގައި ހިނގާލީ ތަފާތު ޝުޢޫރެކެވެ. ހިތާމަވެރި ޝުއޫރެކެވެ. އޭނާގެ ހަޔާތުގައި ކޮންމެ ދުވަހެއްގެވެސް ސައްވީސްގަޑިއިރު މި ހޭދަވަނީ ކިހިނެތްބާވައެވެ. ދިރިހުރުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ. އޭނާގެ ހަޔާތުގައި އެއްވެސް ދިރުމެއް ނެތެވެ. އަނދިރި ކައްވަޅެއް ފަދައެވެ. ކޮންމެ ދުވަހަކުވެސް އިރު އަރައިފައި އޮއްސޭއިރު ނިދުމާއި ލަވަކިޔުން ނުވަތަ ލިޔުން ނޫންކަމެއް ނުކުރެވެޔޭ ހިތަށް އަރިއެވެ. އެހެން އެކުވެރިންނެކޭ އެއްފަދައިން ބައިވެރިޔަކާ އެކު ހަޔާތެއް ހިއްސާކޮށްލަން ބޭނުންވެއެވެ. ނަމަވެސް އެކަމަށް ހުރަސްއަޅަނީ އޭނާގެ މާޒީއެވެ.
އެހެންނަމަވެސް އަލިޝްކާގެ މޫނަށް ނަޒަރު ހުއްޓާލަމުން އަވްޔަން ހިތަށްއެރިއެވެ. ރިޔާޝާ މަރުވިތާ ދެއަހަރު ވީއިރު ހިނިތުންވުމެއް ނުފެންނަ އޭނާގެ މޫނަށް މީގެ ދެދުވަސް ކުރިން ހިނިތުންވުމެއް ގެެނެސްދިނީ މި އަަންހެން ކުއްޖާއެވެ. އަވްޔަންގެ މިޒާޖުގައިވާ އުނިކަމާއެކުވެސް މި ނިޔަނެތި އަންހެން ކުއްޖާ އޭނާގެ ބަލައިގަތް ކަން އަވްޔަންއަށް ޔަގީންވިއެވެ. އަލިޝްކާއަކީ އޭނާގެ ބައްޔައްވާ ޝިފާއެކޭ ހިތަށްއެރިއެވެ.
ނަމަވެސް ކުރިއެކޭ އެއްފަދައިން ދެވަނަ ސިކުންތު އަވްޔަންގެ ޙިޔާލު ބަދަލުވިއެވެ. ” ލޯތްބަކީ ހިތި އެއްޗެކެވެ. އެއީ އެންމެ ފަހަރަކު ކޮންމެ މީހެއްގެ ހަޔާތުގައިވެސް ކޮންމެވެސް މީހެއް ދެކެ ވެވޭ އެއްޗެކެވެ. ލޯބީގައި ކާމިޔާބުވާނީ މަދު ބަޔަކަށެވެ. އެފަދަ އަނދަވަޅަކަށް ދެން މި އަވްޔަންއެއް ނުވެއްޓޭނެއެވެ. ” ކޮންމެ ފަހަރަކުވެސް ވިސްނައިދޭ ފަދައިން އަވްޔަން އޭނާގެ ހިތަށް ވިސްނައިދިނެވެ.
ޙިޔާލުތަކުގައި އިން އަވްޔަން ސިއްސައިގެން ދިޔައީ މާލެ އާދެވިއްޖެޔޭ ބުނެ ކައްޕި ގޮވައިލުމުންނެވެ. އޭނާގެ ކޮނޑަށް ކުޑަ ހަރަކާތެއް ގެނައީ އަލިޝްކާ ތެދުވޭތޯއެވެ. ނަމަވެސް އެ އަންހެން ކުއްޖާ އޮތީ ގަަދަ ގުގުރީގައެވެ. އަނގަ ހިސާބަކަށް ހުޅުވިފައި އޮތުމުން އަވްޔަންއަށް ހެވުނެވެ. އޭނާގެ ބޮޑުވައި އިނގިލިން އަލިޝްކާގެ ދެ ތުންފަތް ކައިރިކޮށްލިއެވެ.
“އޭ ނިންޖާރ..މާލެ އާދެވިއްޖެޔޭ..” އަލިޝްކާގެ ކޮލުގައި މަޑުމަޑުން އަވްޔަން ކޮއްޓާލިއެވެ. އޭނާ މަޑުމަޑުން ކުކުރާލާފައި ތުން އަނބުރާލުމުން އޭނާ އޮތީ ހޭލާކަން އަވްޔަންއަށް ޔަގީންވިއެވެ. އެދެމީހުންގެ ހަރަކާތްތަށް ބަލަން ހެވިފައި ކައްޕި ހުއްޓެވެ. ” ރޮކް ލަވައެއް ޖެހީމަ ނޫނީ ނުތެދުވާނަމެއްނު ދޯ..” ޖީބުން ފޯނު ނަގާ އޭނާގެ އަލްބަމް ހުޅުވާލުމާއެކު ފުންމައިގެން އަލިޝްކާ ތެދުވިއެވެ. އޭނާ ހުރީ މޫނަށް ކުނި ވައްތަރެއް ޖައްސައިގެންނެވެ.
“ނިދާފަކާވެސް ނޫނޭ.. ވާ މަކަރު ގަދައޭ..” އަވްޔަން ޖެއްސުމުގެ ރާގަކަށް ހީގަތެވެ. އަލިޝްކާ ދެލޯ ކުޑަކޮށްލިއެވެ. އަވްޔަންގެ ގައިގައި ބޮނޑިއެއް އަޅަން އަތް މަޅާލިއެވެ. ނަމަވެސް އަލިޝްކާގެ އަތް ތިރިކޮށްލަމުން އޭނާގެ ދެ ކޮލުގައި ވަރަށް ބާރަށް އަވްޔަން ހިފާލިއެވެ. “ކޮއްކޯ..ރުޅިގަދަވަނީ މާމަމެންނޭ” އެއްބުމަ ހިއްލާލަމުން އަވްޔަން ލޯބި ގޮތަކަށް ދަތްކުނޑި ވިލާކިއެވެ. ހީވަނީ އަލިޝްކާ މޮޑެ ނަގާފާނެހެންނެވެ.
ތުން ދަމާފައި ހުރެ އަލިޝްކާ ލޯންޗުން ފޭބީ ބާރު ހިނގުމެއްގައެވެ. ކިތަންމެ ވަރުބަލިވެފައި ހުއްޓަސް އޭނާ ބޭނުންވީ އަވްޔަންއަށް ވުރެ ކުރި އަރާށެވެ. ވަކި ހިސާބަކަށް ގޮސްފައި އޭނާ ފައިދަމަފެށިއެވެ. ގައިން ހަކަތަ ހުސްވާހަކަ އިހްސާސެއެއް ކުރެވުނެވެ. “ދެން ނުހިނގާނަން..” ކަންނެތް ގޮތަކަށް އަލިޝްކާ ފައިދަމަން ފެށިއެވެ. އަވްޔަން އަޅައެއް ނުލައެވެ. ހަމަ ގަސްތުގައި އަލިޝްކާ ރުޅި އަރުވާށެވެ. “ގެންގޮސްދީބަ ކަރާ ހަމައަށް..” ގައިން އެކީގައި ވަރުހުސްވާހެން ހީވުމުން އަވްޔަންގެ އަތުގައި ހިފައި އަލިޝްކާ އާދޭސްކުރަންފެށިއެވެ.
ނަމަވެސް އަވްޔަން މޫނަށް ވައްތަރެއް ޖައްސާލިއެވެ. “ބަލަގަ ނިންޖާރސް ވަރަށް ވަރުގަދަ ވާނޭ..އެއޮތީ ނޫންތަ ކާރު ލޮލަށް ފެންނަން..” މާ ދުރު ނޫން ހިސާބެއްގައި އޮތް ކާރަކަށް އަވްޔަން އިޝާރާތްކުރިއެވެ. މީހުން މަދު މިފަދަ ވަގުތެއްގައި އަލިޝްކާ އުރާލައިން ގެންދަން އޭނާގެ ޘަމީރު ގޮވަމުން ދިޔައެވެ. އެހެންނަމަވެސް ހިތް ފާޅުގައި ދެކޮޅު ހަދަމުން އަނދަވަޅާ ދުރަށް ދާން އަވްޔަން ކުރާ މަސަތްކަތަށް އެއްބާރުލުން ދޭށެވެ.
“ދެން ޕްލީސް އެހެންނޫނީ ފުންމާލާނީ މި މޫދަށް..” އަލިޝްކާ ހަތިޔާރު ބެހެއްޓިއެވެ. ނަމަވެސް އަވްޔަންގެ ފަރާތުން ޖަވާބެއް ނުލިބުމުން އޭނާ އަޅާނުލާނެކަން ޔަގީންވިއެވެ. “ޕްލީސް ބޭބޭ..ޕްލީސް..ކޮއްކޮ އެނބުރުން އަރަނީ ވެއްޓިއްޖެއްޔާ ޒިންމާ ނަގަންޖެނޭގެ..” “ޕަޕީ” ފޭސް އެއް ހަދާލަމުން އަލިޝްކާ އޭނާގެ މޫނުން މައުސޫމްކަން ދައްކާލިއެވެ. ލޯބިގޮތަކަށް އާދޭސްކުރިއެވެ. އަވްޔަން ފުން ނޭވާއެއް ދޫކޮށްލިއެވެ. އޭނާ ކަޅި އަނބުރާލިއެވެ. ނަމަވެސް ދެން އަވްޔަން ކޮށްލި ހަރަކާތާއެކު އަލިޝްކާގެ މޫނުގައި ސުވާލުމާކު ޖެހުނެވެ. ދެ ނަމަދު ދޭތެރެ ކަމުން މަގުގައި އެވަގުތު ދިވެއްސެއް ނުފެނުނެވެ. އެވެސް ނަސީބެއް ކަންނޭނގެއެވެ. ނަމަވެސް އެދެމީހުންނަށް ނޭނގުނީ ބަޔަކު އެމީހުންނަށް ފާރަލާކަމެވެ.
އަލިޝްކާ އޭނާއަށް ފަސްދީފައި އެއްފައި ޖަހައިގެން މަގުގައި އިށީނދެ އިން އަވްޔަންއަށް ބަލާލިއެވެ. “ކީއްތިކުރަނީ މޮޔަޔާ..މަ ބުނީ ގެންގޮސްދޭށޭ..” ބޯ އަރިކޮށްލަމުން އަލިޝްކާ ބުންޏެވެ. “އަރާބަލަ އޭރަކަށްނު ގެންދެވޭނީ..” އަވްޔަން ބުނެލުމާއެކު އަލިޝްކާ ހިނިގަނޑެއް ޖަހާލިއެވެ. ފަހަތުން އަވްޔަންގެ އުނަގަނޑުގައި ދެފައި އަޅުވާލަމުން އޭނާގެ ކޮނޑުގައި ދެއަތް އަޅުވާލިއެވެ. އަވްޔަންގެ ކޮނޑަށް އެރުމުގެ ނަސީބު ލިބުމުން ނިކަން އުފާވިއެވެ. އޭނާ ހުރީ ހެވިދިލިފައެވެ. ނޫހެން އަވްޔަން ކުރި މަސަތްކަތް ވަރަށް ފުރިހަމައެވެ. އަލިޝްކާއެކޭ ލުއި ފަތްކޮޅެކޭ އެއްވަރެވެ. ސްކޫލު ދައުރުގައި އެޅުވި ދަބަހަށް ވުރެ ލުއި ކަންނޭނގެއެވެ. “ނިންޖާރ ހާދަ ބަރޭ ދޯ..ކޯއްޗެއް ކަނީ؟.” ޖެއްސުމަށް އަވްޔަން ބުނެލިއެވެ. އަލިޝްކާ ރުޅި އަރުވާށެވެ. ނަމަވެސް ކަންވީ ދިމާ އިދިކޮޅަށެވެ. އަލިޝްކާވެސް އޭނާގެ ސަކަރާތުގައި ބައިވެރިވީއެވެ.
“ބަރުވާނެއެއްނު އަވްޔަންއެކޭ ބިލިމަގެކޭ އެއްވަރު..އެއަށްވުރެއްވެސް ހިކި ކަންނޭނގެ އިލޮށްޓެއް ވަރު ދޯ ވަނީ..” އަވްޔަންގެ ކޮނޑުގައި ބޯ އަޅާލަމުން އަލިޝްކާ ހީގަތެވެ. އޭނާގެ ހުނުން އަވްޔަންގެ ކަންފަތް ބުޑުގައި ގުގުމާލީ ލުއި މިއުޒިކެއް ފަދައިންނެވެ. “ދެން ތީ ބޮޑު ބަރަބޮލެއްނު..” އަވްޔަންވެސް ހުއްޓާކަށް ނޫޅުނެވެ. “އާން ކާންބޭނުންތަ..” ކަޑަނުވާ އަލިޝްކާވެސް ސަމާސާކޮށްލީއެވެ. ކަޅު ކުލައިގެ ޕްރައިވެޓް ކާރާ ކައިރިވަމުން ދިޔަވަރަކަށް އޭނާގެ ހިތް މާޔޫސްވަމުން ދިޔައެވެ. ދެވަނަ ފަހަރަށް އަވްޔަންގެ ބުރަކަށްޓަށް އެރުމުގެ ނަސީބު ނުލިބިދާނެތީއެވެ.
“ދެއްވާ..ހުރި ގޮތަށް ކާލާނަން..” އަވްޔަންގެ އަޑުގައިވީ ލާނެއްކަމެވެ. ތުއި އަޑަކާއެކު އަވްޔަންގެ އަތުގައި ބޮނޑިއެއް އެޅި އަލިޝްކާ އާޝޯޙްވިއެވެ. މިއީ ހާދަ ތަފާތު ޒުވާނެކެވެ. އެއްފަހަރު ފޮށެފިއްޔާ އަނެއްފަހަރު ރުޅި އައިސްދާނެއެވެ. ހީހީފައި ވާހަކަދެއްކުމަށްފަހު އަސަރެއް ނެތް މޫނަކާއެކު ދެތިން ބަސް ބުނެފާނެއެވެ. މިއީ އިންސާނެއްބާވައެވެ.
ކާރުގައި ގެއާ ހިސާބަށް ކުރެވުނު ދަތުރުގައިވެސް އަވްޔަންއާއި އަލިޝްކާ ދިޔައީ ތަފާތު ސަކަރާތްޖަހަމުންނެވެ. ޖެއްސުން ކުރުން ނޫންކަމެއް ނޯވެއެވެ. ކޯޅޭ ދެބުޅަލޭވެސް ކިިދާނެއެވެ. ނަމަވެސް މާދަމާ އިރުއަރައިގެން އަންނައިރު ބީރައްޓެހިން ގޮތުގައިވެސް މި ދެމީހުން އުޅެފާނެ ނޫންހެޔެވެ.
** *** ** *** ** *** ** *** **
ދުވަހުގެ ވަރުބަލިކަމަށްފަހު ނިދަން އަރާ އޮތް އަލިޝްކާގެ ބޯ ގޮވަން ފެށިއެވެ. އޭނާގެ ކަންފަތުން ދުން ނޭރީ ކިރިޔާއެވެ. ރުޅިއައިސްގެން ބާލީސްތަށް އުކަންފެށިއެވެ. ނަމަވެސް އެ ލޮލަށް ކަރުނަ ބޮނޑިވީ އަވްޔަން “ދޮންކަނބުލޮ ނިދާލާށޭ..” ޖެހުމުންނެވެ. “އަވްޔަން..” ކުރެހިފައިވާ އަޑަކުން ބާރަށް އަލިޝްކާ ގޮވާލިއެވެ. “ނިދާބަލަ ކޮއްކޯ..” އަވްޔަން ބުނެލިއެވެ. ނަމަވެސް އެނދުގައި އަލުން އޮށޯވެލު އަލިޝްކާއަށް ހަމަ ހިލާ ލޮލު ފިޔަ ނުޖެހުނެވެ. އޭނާގެ ބާލިސް ހޫނު ކަރުނައިން ތެމެމުން ދިޔައެވެ.
ލަަވައިގެ ރާގު އައި ވަގުތު އޭނާގެ ބާރު ގިސްލުމުގެ އަޑު އަވްޔަންއަށް އިވޭނެކަން ގައިމެވެ. “އޭ ނިންޖާރ ރޮނީތަ..” އަވްޔަން ގޮވާލި އަޑުއިވުނެވެ. އަލިޝްކާ ނޭފަތް ދަމާލިއެވެ. “ތި ލަވަ ނިވާލަބަ..” އޭނާ ބުނެލިއެވެ. “ނެތެއްނު ސަލާމަތެއް ރޮކް ޖެހީމަ ނިދޭކަމަކަށްނުވެ މި ޖެހީމަވެސް ނިދެނީކީ ނޫނޭ..” އަވްޔަން ހުރީ ވަރަށް ހަމަޖެހިފައެވެ. ނަމަވެސް އަލިޝްކާގެ ހިތުގެ ހާލު އިނގޭނެނަމައެވެ. “މަންމަ މިސްވޭ ތީތި ޖެހީމަ..” މަޑު ގިސްލުމަކާއެކު ބުނެލި އަލިޝްކާގެ ބަހާއެކު ވަގުތުން އަވްޔަން އެ ލަވަ ނިވާލިއެވެ. އެ ގިސްލުމުގެ އަޑުން އޭނާގެ ހިތަށް ގޮތެއް ވެގެން ދިޔައެވެ. ނަމަވެސް އިހްސާސް ދުލުން ބަޔާންކުރަން އުނދަގުލެވެ.
“ދެން މަޑު ލަވައެއް ޖެހިޔަސް އޯކޭ..ނިދޭ ކަހަލަ އެއްޗެއް..” ލަވަ ނުޖަހާ ނިދަން އަވްޔަންއަށް އުނދަގުލޭ ހިތާ އަލިޝްކާ ބުނެލިއެވެ. ފާރުގެ އަނެއްފަރާތުގައި ހުރި އަވްޔަން ލުއި ގޮތަކަށް ހިނިތުންވެލިއެވެ. އޭނާ ދެންޖެހީ އޭނާގެ އަޑުން ކިޔާފައިވާ އަމިއްލަ ލަވައެކެވެ. އަލިޝްކާ ހަނދާންވިއެވެ. އޭނާއަށް އެންމެ ފުރަތަމަ ސޯޝަލް މީޑިއާ އިން އަވްޔަން ފެނުނީ އެ ލަވައިގެ ވީޑިއޯއިންނެވެ.
ހީލާ ދެމީހުން ބަލާލާ..ސީދާ ލޮލުންވެސް އަޅާލާ
ހައިރާންކަމެއްނެތި އަހާލާ..ކުރިއަށް ދެމީހުން ދަމާތާ
ހަރަކާތްތަކުން މަޑުން ކިޔައިދެމުން..ބަރަކާތްތަކެއް ދެން މިތާ ވެދުން
ފެނިފާ ދެލޯ ފަރި ތިހާ ވެލުން..އެދެމޭ ލިބުން ތިޔަ ހިތާއެކު
ކޮންމެއަކަސް ކުރިން ދުވަހެކޭ އެއްފަދައިން އަލިޝްކާޔަށް ނިދުނީ އަވްޔަންގެ އަޑުން ކިޔާފައި އިން ހިތްގައިމު ލަވަ އިވުމުންނެވެ. ނިދީގައިވެސް އެ ލަވައިގެ ބައިތުތަށް އަލިޝްކާގެ ސިކުނޑީގައި ގުގުމަމުން ދިޔަކަހަލައެވެ. އެ ލަވައިން ކިޔަދެމުންދިޔައީ އަވްޔަންއާއި އަލިޝްކާގެ ހާލެވެ.
** *** ** *** ** ***
ސޯފާގައި ނޫސްކިޔަސް އިން އަޖްވަދު ނޫސް ބާއްވާލިއެވެ. އޭނާގެ ނަންބަރު އައިނު ރަނގަޅުކޮށްލަމުން ކުރިމަތީގައި ހުރި ސެކިއުރިޓީ ގާޑަށް ބަލާލިއެވެ. އެ ފިރިހެންމީހާ ދިނީ ސިޓީ އުރައެކެވެ. އަޖްވަދު ދިއްކޮށްލީ އެއްހާހުގެ ނޫޓެކެެވެ.
ސިޓީ އުރަޔާއެކު ސޯފާގައި އަޖްވަދް އިށީނދެލިއެވެ. އެ ސިޓީ އުރަ ކަނޑާލީ ތެޅި ތެޅި އޮތް ހިތަކާއެކުގައެވެ އޭގެތެރެއިން ފެނުނީ އަވްޔަންއާއި އަލިޝްކާޔާ ދެމެދު މިއަދު އިރުއޮއްސުނު ވަގުތު ބަނދަރު ކައިރިން ހިނގި ކަންތަކުގެ ފޮޓޯތަކެވެ. ހީހީފައި ސަކަރާތްޖަހަމުން ދިޔަ އެދެމީހުންގެ ދެމެދުގައި އޮތް ގުޅުން އަޖްވަދްއަށް ސާބިތުވިއެެވެ. އެންމެ ނުބައިކޮށެވެ. އަޖްވަދްގެ މޫނުމައްޗަށް ރުޅިވެރިކަން ވެރިވިއެވެ. އޭނާ ދަތްކުނޑި ވިކާލިއެވެ. ސޯފާ ކުރިމަތީގައި ހުރި މޭޒުގައި ބާރަކަށް ފައިން ޖެއްސެވެ.
(ނުނިމޭ)
14 Comments!
Comments are closed.
vaahaka up vee dhw yeyy
dhigu inthizaarehge nimun
Yeyayy dhoo finally…❤❤❤❤❤eheh ????
Woahhhh…giggiii…..awwwww……i love it….so so so muchhh….????????????❤❤❤❤❤❤❤???????????????????????????so nice……
Awwwwn yess darling ❤❤❤❤❤❤❤ Thank you so much no words can express???????? ????assu gigi vrh happy veyy thihaa supportive readers ves ulheythi ??????so u deserve bunch of flowers and lots more??????????????????????
varah loabi just love it vvvvvvvv happy vaahaka up vyma
this story is sooooooooooooooo cute hama fab
awesome
aslu bunanyyaa no words
mee unique beynun vi kahala story eh hama varah loabi maasha allah
keep the gud work going
Alheyy❤❤❤❤ u be maa loabi ???? vrh ufaavejje unique dear happy kohdhevuneema and kamudhiyaeema ???????????? one of my most popular dhw u are ????????? thank you so much eyy bunyas I’m over thankful and greatful dear ????????I ran outta words eheh….insha allah hama thi dhey support aa ehkoh I’ll keep improving day by day ???❤❤❤????????????
Salaam????? all my lill luvs ❤❤❤❤❤ ik it’s so late and vaahaka up villeh lasvikamahttaka varah bodah srry ????????but to be honest I submited this yesterday ?????????publish vumuga kuda masslaeh ulhuniihen heevanii ???????but anyways vrh srry feel vi vaahakayah inthizaaru kohgen thibi readers ah??? and I heard beah kudhin nuves nidhaeyy…?????????????????so yeah baeh readers nunidhafaanethii I was awake 2?????ekamu ves as u can see kehtherikamuge natheejaa vrh fonikoh mi geneshdevunii?????? 4th part and 5th part ehkkoh kiyaalan ❤❤❤❤❤❤❤I hope u all like both parts and please point the mistakes???? ????so that I can improve ???????????? comment down your views and become a part of gigiarmy ????? I’m waiting eargly for your comments on 5th and 4th part ????????insha allah hurihaa comments ahves ves reply kuraanan??????????❤??insha allah next part miadhu ge vaguthehga genesdheveytho mi try kurani ?????????????what do guys thing is gonna happen next in the stry?????I would love to see your guesses ?????gud nite sweet dreams and much much love to gigiarmy ❤❤❤❤❤?????????
Sooooooooooooooooooooooooooooooooooooooooooooooooo nice…..❤❤❤❤❤❤❤❤❤❤❤❤
Keep it up dear…
OMG dear ??? it went out of the box ahaha???????????? Btw thank you soooooooooooooooooooooo much ❤❤❤❤❤❤❤ insha allah yessss I will keep improving ???????
Ughhhhhhhh ajvadh ?? Riyaasha ge maruga ves ajvadh ge atheh vey dhw? ? Anyway Mi story varah reethi ingey? Adhi alishka aai avyan ge baithah… Keep it up… ??????❤️?????❤️????
awwwwh thank you so much siss???❤❤❤❤ hingaaba dho eynayah kommes gotheh hadhan????????????????but vvvvv ufaavejje sis ge comment eh libuneema thanks alot ?????????????????????????
???Masha Allah varah reethi mi vaahaka my favourite.
Awwh thank you so much ❤❤❤❤????????? u be so sweet ?????
Nice story? btw I just wanna make this stupid
ajuvadhu guy flat with a bulldozer
They both are like Korean couples???uwu