Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ދިނީ ޒަހަރު…. 20

Ushaali Level 810 Stories100 Comments100 Stories500 Comments
February 17, 2019 7 Mins Read
21 Comments

19 ވަނަބައިގެ ތެރެއިން….

“ދޮންބެ! މިގަޑީގަ ކީތްކުރަން ދާންއަށް އެގުޅަނީ” ސައިޑްކަބަޑް މަތީގައި އޮތް ޔަޒްދާންގެ ފޯނު ނަގަމުން ޔަނާލް ބުނެލިއެވެ.

“ނޭނގެ. ނަގަންވާނެ. ނާލްގެ ބޭބެމެންނަކީ މިހާރު އަހަރެންގެވެސް ބޭބެމެން” ޔަޒްދާން ފޯނު ނަގާ ކަންފަތުގައި ޖައްސާލަމުން ބުނެލިއެވެ. އޭނާ އެނދުން ތެދުވެ އިރުކޮޅާކު އާކިން އާއި ފޯނުން ވާހަކަދައްކަން ހުއްޓެވެ. އެކޮޅުން ދައްކާ ވާހަކަ އަޑު ނީވުނަސް ޔަޒްދާންގެ ތުންފަތްމަތިން ހިނިތުންވުން ފެންނަމުންދާތީ ޔަނާލް އެނދުގައި އިނީ އެގަޑީގައި އާކިން ގުޅައިގެން ދެއްކި ވާހަކައަކީ ކޮބާތޯ ބަލަން ބޭނުންވެފައެވެ.

***********************************

“ނާލް. މިއަންނަނީ އިންގޭ… ވަރަށް އަވަހަށް. އާކިންބެމެން ކުޑަ ޕާޓީއެއް ހަދައިގެން އެބައުޅޭ. ފައިވެސް އެބައިނޯ. ނިދި އައިއްޔާ ނިދައްޗެ. ހޭލާ ނުއިންނައްޗެ އިނގޭ ލަވް…. ވިލް ބީ ބެކް ސޫން. އިންޝާﷲ” ޔަނާލް ހީލަމުން ބޯޖަހާލިއެވެ. ޔަޒްދާން ދިޔަ ދިމާލަށް ބަލަހައްޓައިގެން ޔަނާލް ހުރިއިރު އެހިތުގައިވަނީ އާދަޔާޚިލާފް ނުތަނަވަސްކަމެއް އުފެދިފައެވެ. ދޮރާއި ހަމައަށް ގޮސްފައިވެސް ޔަޒްދާން އެނބުރި އައިސް ޔަނާލްގެ ހަށިގަނޑުގައި ވަރަށް ބާރަށް ބައްދާލިއެވެ. ދެކޯތާފަތުގައާއި ނިތުގައި ބޮސްދީފައި ދިޔައީ ނުތަނަވަސްކަން އުފެދެމުންދިޔަ ޔަނާލްގެ ހިތަށް ހިތްހަމަޖެހުން ގެނުވާފައެވެ.

ނިދަން އުޅެ އުޅެ އެއްގޮތަކަށްވެސް ޔަނާލްގެ ލޮލަށް ނިންޖެއް ނައެވެ. އޭނާއަށް އިންތިޒާރު ކުރެވެނީ ޔަޒްދާނަށެވެ. އޭނާގެ ލޮލަށް ނިދީގެ އުދަގުވާން ފެށީ ކޮޓަރީގައި ދެކޮޅަށް ހިނގަން ހުއްޓައެވެ. ފާހާނާއަށް ވަދެ ފެންވައިރައިގެން ނިކުތްއިރު ނިދިވަނީ ފިލާފައެވެ.  އޭނާ އެނދުގައި އޮށޯވެ ނިދޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާއަށް ނުނިދުނެވެ. މޭނުބައިކޮށް ބަނޑުހައިވާތީއެވެ. ޔަޒްދާންގެ ފޯނަށް ގުޅަން އުޅެފައިވެސް އޭނާ ހުއްޓާލީ ބޭބެމެން އެއްޗެއް ހިތށް އަރާފާނެތީއެވެ. އެނދުގައި އިށީނދެގެން އިނުމަށްފަހު އޭނާ ކޮޅަށް ތެދުވެ ދެކޮޅަށް ހިނގަންފެށިއެވެ. ބެލްކަންޏަށް ނިކުމެ މުޅި ދުނިޔެއަށް ފޫހިކަމެއްނެތި ހިދުމަތްދެމުން ގެންދާ ޝާއްބަ ހަނދަށް އޭނާގެ ނަޒަރު ހުއްޓުނެވެ. ހަނދުގެ އަޖައިބެއްފަދަ ރީތިކަމަށް ޔަނާލްގެ ހިތް ގޮސް ހުސްވުމާއެކު އިސާހިތަކު އޭނާގެ ހިތުގައިވާ ބިރުވެރިކަން ފިލާ ތުންފަތްމަތީގައި ހިނިތުންވުމެއް ކުރަހާލިއެވެ. ލައިގެން ހުރި ރަތްކުލައިގެ އަތްދިގު ޕިޖާމާ ކުރުތާގައި އޭނާ ހަށިގަނޑުގައި ދެއަތް ވަށާލީ ގައިގާ އައިސް ބީހިލި ފިނިފިނި ވައިރޯޅީގެ ސަބަބުންނެވެ. ފިނިވެގެން އޭނަގެ ދަތްދޮޅީގައި ތުރުތުރު އަޅަން ފެށުމާއެކު ކޮޓަރިއަށް ވަދެ ބެލްކަނީގެ ދޮރު ކަހާލާފައި ކާރޓެއިން ދަމާލިއެވެ. ސޯފާގޮނޑިއަށް އަރާ ދެފައި ގެނެސް ގަޔާ ކައިރިކޮށްލި ވަގުތު ކޮޓަރީގެ ތަޅަށް ތަޅުދަނޑި ޖަހާލި އަޑު އިވުނެވެ. ދެން އައި ވަގުތުކޮޅުގައި އޭނާގެ ހިތަށް އެތައްހާސް އުފާވެރިކަމެއް ލިބިގެން ދިޔައީ ކޮޓަރި ދޮރުމަތީގައި ހުރި ޔަޒްދާން ފެނިފައެވެ. ޔަނާލަށް ބަލަން ފެށި ގޮތަށް ހުއްޓާލަންވެސް ޔަޒްދާން ހަނދާނެއްނެތެވެ. ޔަނާލް ހީލަމުން ޔަޒްދާނާއި ކައިރިއަށް ދިޔުމަށް ހިނގައިގަތެވެ. ނަމަވެސް އޭގެ ކުރިން ބިމުން ކަނޑާ ވައްޓާލި ރުކެއްހެން ޔަޒްދާން ޓައިލްސްތަކުގެ މައްޗަށް ވެއްޓުނެވެ. ޔަނާލަށް ދެކަންފަތުގައި އަތް އަޅާލެވުނު އިރު ދެތުންފަތް ދޭތެރެއިން ނިކުމެގެން ދިޔައީ ޔަޒްދާންގެ ނަމެވެ. އޭނާ ދުވެފައިގޮސް ބަންޑުން އޮތް ޔަޒްދާން ހެޔޮފަރާތަށް ފުރޮޅާލިއެވެ. އެވަގުތު އޭނާގެ އަތުގައާއި ތިރީގައި ޔަޒްދާންގެ އަނގައިން ފައިބާފައި ހުރި ހުދު ފޮނުތަކާއި ދަވަތައް ހޭކިފައި ހުއްޓެވެ. ޔަޒްދާންގެ ކަޅި ވަނީ މައްޗަށް އަރާފައެވެ. ފެންނަން އޮތީ ޔަޒްދާންގެ ލޮލުގެ ހުދުބައި އެކަންޏެވެ. ޔަނާލަށް ހީވީ މުޅި ދުނިޔެ އެނބުރިގަތް ހެންނެވެ. އޭނާ ޔަޒްދާނަށް ގޮވަން ފެށިއެވެ. ނަމަވެސް ޔަޒްދާންގެ އެއްވެސް ހަރަކާތެއްނެތެވެ. ޔަނާލް ފުންމައިގެން ތެދުވެ ސައިޑްކަބަޑް މަތީގައި ހުރި ފެންޖަގު ހިފައިގެން އައިސް ފެން ގޮށްޓެއް ޔަޒްދާންގެ މޫނުގެ ވަށައިގެން ހާކާލިއެވެ. އެވަގުތު ޔަޒްދާން އެސްފިޔަތައް ތަޅުވާލުމަށްފަހު ޔަނާލްގެ މޫނަށް ވަރަށް ގޮތަކަށް ބަލާލިއެވެ. އޭރު ޔަޒްދާންގެ ހަށިގަނޑު ވަނީ އާދަޔާޚިލާފަށް ފިނިވެފައެވެ. ރޮވި އަދި ބިރުގަނެފައި އިން ޔަނާލްގެ މޫނުގައި ފިރުމާލުމަށް އަތް ހިއްލާލަން ޔަޒްދާން މަސައްކަތްކުރިއެވެ. ނަމަވެސް އޭނާއަށް ކާމިޔާބެއް ނުވިއެވެ. ބާރު ނޭވާއަކާއެކު ޔަޒްދާން މި ދުނިޔެއަށް އެންމެފަހު ނޭވާ ދޫކޮށްލިއެވެ. ވާނުވާ ނޭނގިފައި އިން ޔަނާލް ތެދުވެ ކޮޓަރި ދޮރު ހުޅުވާލުމަށްފަހު މޮޔައެއްހެން ކޮރިޑޯގައި އެނބުރެން ފެށިއެވެ. އެއްފަހަރު މަންމާއޭ ކިޔާ ގޮވާލާނެއެވެ. އަނެއްފަހަރު ފައިޒަންއަށް ގޮވާލާނެއެވެ.

އަންހެނެއްގެ ރުއިމުގެ އަޑަށް އެންމެ އަވަހަށް ކޮޓަރިން ނިކުތީ ކުލްޝޫމެވެ. ކޮޓަރި ދޮރުމަތީގައި ހުރެ ވޭނުން ފުރިގެންވީ ރުއިމަކުން ރޯން ހުރި ޔަނާލް ފެނުމާއެކު ބުމަރެއްހެން ކުލްޝޫމް ގޮސް ހުއްޓުނީ ޔަނާލް ކައިރީގައެވެ.

“މަގޭ ދަރިއާ. ކިހިނެއްވީ؟ ކޮބާ ދާން؟” ކުލްޝޫމަށް ވެސް ރޮވުނެވެ.

“މަން…މަންމަ….އަޅު..އަޅޫ…… ދާން…..” ގިސްލެވޭ ވަރުން ޔަނާލަށް ވާހަކަވެސް ނުދެއްކުނެވެ. އޭނާގެ ދުލުގެ ބާރު ކެނޑިފައިވާ ކަހަލައެވެ. އިސާހިތަކު އެތަނަށް ފައިޒަންވެސް ބޮލުން ޓީޝާޓް ވައްޓާލަމުން އައިސް ހުއްޓުނެވެ. އެވަގުތު ގިސްލެވޭ ވަރުން ވާހަކަ ނުދެއްކިގެން އުޅުނު ޔަނާލް ފެނި ފައިޒަންއަށް ހީވީ އޭނާގެ ހިތުގައި މީހަކު ހިފާ އިރާލިހެންނެވެ. ދުވަހަކުވެސް ޔަނާލް އެހާލުގައި ހުއްޓާ އޭނާއަށް ފެނިފައެއް ނުވެއެވެ.

“ނަނާ!!” ޔަނާލަށް ވާހަކަނުދެއްކުމުން އޭނާ އިނގިލިން އިޝާރަތްކުރީ ކޮޓަރިއާއި ދިމާލަށެވެ. އެދިމާލަށް ފައިޒަން ދުއްވައިގަތެވެ. ކުލްޝޫމަށް ބާރަށް ރޮއެ ގަނެވުނީ އޭނާގެ އަތް މައްޗަށް ހަބަރު ހުސްވެގެން ޔަނާލް ދެމިގަތުމުންނެވެ.

އޭގެ ބައި ގަޑީރު ފަހުން އޭޑީކޭގެ އެމެޖެންސީ ރޫމުގައި ޔަނާލަށް ފަރުވާ ދެމުން ގެންދިޔައެވެ. އޭނާގެ ބޯކޮޅުގައި ހާރޫން ރޮވިފައި ހުރިއިރު އިތުރު އެއްވެސް މީހަކު އެތެރެއިން ފެންނާކަށް ނެތެވެ. ޔަނާލް ލަސްލަހުން ލޯ ހުޅުވާލިއެވެ. އޭނާގެ މޫނަށް ވެރިވަމުންދާ ކުލަވަރުތަކުން ފާއިތުވި ގަޑިތަކުގައި ހިނގާ ދިޔަ ހުރިހާ ކަމެއް ހަނދާނަށް އަންނަމުންދާކަން އެނގުނެވެ.

“ބައްޕާ.. އަޅުގަނޑުގެ ދާން….. ކޮބާ؟ ޔަނާލް ރޮއެގަތެވެ. އެވަގުތު ޔަނާލްގެ އެނދުގެ ވަށައިގެން ދެތިން ނަރުހުން ހުއްޓނެވެ. އަދި ހާރޫން ކައިރީގައި ބޭރުގައި މަޑުކޮލުމަށް ބުނުމަށްފަހު އެނދު ވަށައިގެން ފަރުދާ ދަމާލިއެވެ. ހާރޫން ގޮސް ހުއްޓުނީ ކަނާތް ފަރާތު ކަނުގައިވާ އެނދުގައި މޫނާއެކު ފޮތި އަޅާފައިވާ މައްޔިތާގެ ބޯކޮޅުގައި ހަށަން ބަނދެލައިގެން ހުރި ފައިޒަން ކައިރީގައެވެ. އޭރު އަޑު ނީވުމެއްކަމަކު ފައިޒަންގެ ހިތް ދިޔައީ ރޮމުންނެވެ. އެކަން ހުއްޓުމެއްނެތި އޭނާގެ ދެލޮލުން ފައިބާ ކަރުތަކުންވެސް އެނގެއެވެ. ހާރޫން ފައިޒަންގެ ކޮނޑުގައި އަތް ބާއްވާލިއެވެ. ހިތުގައި އެތައް ސުވާލުތަކެއް އުފެދިފައި ވިޔަސް އެއްވެސް މީހަކަށް ޔަޒްދާންގެ މަރާއި ބެހޭގޮތުން ވާހަކައެއް ނުދެއްކުނެވެ. ހާރޫން ފައިޒަން ގޮވައިގެން އެމެޖެންސީ ރޫމުން ބޭރަށް ނިކުތެވެ. އެވަގުތު އެސަރަހައްދުގައި ހިފާލާފައި ހުރީ މާއިރާގެ ގައިގާ ބައްދައިގެން ހުރި ކުލްޝޫމްގެ ރުއިމުގެ އަޑުންނެވެ. ލޯބިވާ މަންމަ އެގޮތަށް ރޯތަން ފެނުމުން ފައިޒަންއަށް ކެތެއްނުވިއެވެ. އޭނާ ދުވެފައި ގޮސް ކުލްޝޫމްގެ ގައިގާ ހިފަހައްޓާލިއެވެ.

************************************

ދުވަހުގެ މެންދުރު ނަމާދަށް ޔަޒްދާންގެ މޫނު ދެއްކުން ކުރިއަށް ދިޔަ ވަގުތެވެ. އެވަގުތާއި ހަމައަށް ޔަނާލް ބޭއްވީ ނިދާ އިންޖެކްޝަނެއްގެ އެހީގައި ނިންދަވާފައެވެ. އާސަހަރާ ކުރިމައްޗަށް މަޑުކޮށްލި ކާރުން އެންމެ ފުރަތަމަ ފޭބީ ފައިޒަންއެވެ. ދެން ހާރޫނެވެ. ފަހަތު ދޮރުފަތް ހުޅުވާލުމާއެކު ޝިފާ ފޭބިއެވެ. އަދި އަނެއްފަރާތުން ގޮސް ދޮރު ހުޅުވާލިއެވެ. އެއްވެސް ހަރަކާތެއް ނެތް ޔަނާލްގެ ދެފަރާތުގައި ތިބީ ޝިފާއާއި ހާރޫނެވެ. ފަހަތުން ފައިޒަންވެސް އައެވެ. ސަހަރާ ދޮރުން އެތެރެ ވުމާއެކު ބޭރުގައި މަޑުކޮށްލައިގެން ތިބި އެތައް ބައެއްގެ ލޯ ޔަނާލަށް އަމާޒުވިއެވެ. ކަފުންކޮށްފައިވާ ޔަޒްދާންގެ ހަށިގަނޑު ފެނުމާއެކު ޔަނާލްގެ ބަޑި ފަޅައިގެން ދިޔައެވެ. ހުދު ކަފުނުގެ ތެރެއިން ހާމައަށް ފެންނަން އޮތް ޔަޒްދާންގެ މޫނުމަތީގައި އާދަޔާޚިލާފް ނޫރެއްލެވިފައިވާ ކަހަލައެވެ. އެމޫނުމަތިން ފެންނަނީ އުޖާލާކަމާއި އުފާވެރިކަމެވެ. ޔަނާލް ގޮސް ހުއްޓުނީ ޔަޒްދާންގެ މޫނާއި ނުހަނު ގާތުގައެވެ. ތުރުތުރުއަޅާ ޔަނާލްގެ އަތްތިލަ އުފުލާލަމުން ޔަޒްދާންގެ މޫނުގައި ބީހިލިއެވެ. ދެފަރާތުން ޔަނާލްގެ ހަށިގަނޑުގައި ޝިފާއާއި ހާރޫން ހިފަހައްޓާލައިގެން ހުރިއިރު އޭނާ ކޮޅަށް ހުރީ އޭނާގެ ބާރުގައެއްނޫނެވެ. ޔަނާލް ދެއަތުން ޔަޒްދާންގެ މޫނުގައި ފިރުމާލިއެވެ. އެހާ އަވަހަށް އޭނާ ދޫކޮށްނުދިޔުމަށް ހިތާއިހިތުން ކިޔަމުން ދިޔައެވެ. ޔަނާލް ގުދުވެފައި ވަރަށް ގާތުން ޔަޒްދާންގެ މޫނަށް ބަލާލިއެވެ. އެއީ އޭނާއަށް ޔަޒްދާންގެ އެލޯބި މޫނު ފެންނާނެ އެންމެފަހު ފަހަރަށް ވާތީއެވެ. ޔަޒްދާންގެ ކޯތާފަތުގައާއި ނިތުގައި ޔަނާލް ބޮސްދިން މަންޒަރުން އެތަނުގައި ތިބި މީހުންގެ ހިތް އިތުރަށް ރޮށްވާލިއެވެ. މޫނުއަޅާ ވަގުތު ޖެހުމާއެކު ޔަޒްދާން މެދުގައި ބެހެއްޓުމަށްފަހު ދެފަރާތުގައި ކުލްޝޫމާއި ފައިޒަން ބެހެއްޓިއެވެ. އަދި ޖަމާޢަތްތެރިޔާގެ އެހީގައި ޔަޒްދާންގެ މޫނުއެޅުމާއެކު ޔަނާލަށް ހީވީ އޭނާގެ މުޅި ދުނިޔެ އަނދިރިވި ހެންނެވެ. އޭނާގެ ހިތަށް ތޫނުތަދެއް އަރާ ދެފައިގާ ތުރުތުރުލުމެއް އުފެދިގެން ދިޔައެވެ. އޭނާގެ ހިތް ހީވަނީ ފަޅައިގެންދާން އުޅޭ ހެންނެވެ. ގިސްލެވޭވަރުން މިވަގުތުކޮޅު ޔަޒްދާނާއި އެކުގައި އޭނާވެސް ގެންދަވާނެ ނަމައޭ ހިތަށް އަރަމުން ދިޔައެވެ. ސަންދޯކަށްލާ ކަށުނަމާދު ކުރުމަށް މިސްކިތުގެ ތެރެއަށް ވައްދަންދެން ޔަނާލް ހުރީ ރޯލަރޯލައެވެ. އޭނާގެ ރޫހު މިއަނިޔާވެރި ދުނިޔެއަށް އެކަނި ދޫކޮށްލުމަށްފަހު ޔަޒްދާން އެދިޔައީ އޭނާގެ އުފަލާއި ނިންޖާއި އިހުސާސްތަކާއި އަރާމުވެސް ހިފައިގެންނެވެ. އޭނާ ދެން ދުނިޔެ ހުންނަނީ ކީއްކުރަން ހެއްޔެވެ؟ އެތައް ބަޔަކު އޭނާއަށް ހިތްވަރުދެމުން ދިޔަސް އޭނާގެ ހަޔާތަށް އައި އެންމެ އުފާވެރި ރޭ އެންމެ ހިތްދަތި ރެއަށް ވުމުން ކެތްކުރެވޭނީ ކާކަށް ހެއްޔެވެ؟

****************************

ހާރޫންގެ އެދުމުގެ މަތިން ޔަނާލް ގެންދެވުނީ އޭނާގެ އަމިއްލަ ގެއަށެވެ. އެދަރިއާއި ވަކިން ހާރޫނަށް އެންމެ ނޭވައެއް މިހާރު ލުމަކީ ދެރަކަމެކެވެ. ކޮޓަރީގައި ހާރޫންގެ އުނގުގައި ބޯއަޅާލައިގެން އޮތް ޔަނާލްގެ ދެލޮލުން ވަނީ ކަރުނި ހިކިފައެވެ. އަދިވެސް އޭނާގެ ލޯ ކުރިމަތީގައި ރޯލްވަމުން ދަނީ އޭނާގެ އުނގުގައި ޔަޒްދާން އެންމެފަހު ނޭވާ ދޫކޮށްލި ގޮތެވެ. އެވަގުތު އޭނާގެ ހިތްނުހުއްޓުނީ ކިރިޔާއެވެ. ހާދަ ހާދަ ހިތާމަވެރި ވަގުތުކޮޅެކެވެ.

“ދަރިފުޅާ ނާލް! ހިނގާ ކޮންމެސް އެއްޗެއްކާން. ޔަޒްދާންގެ މަރަށްފަހު ދަރިފުޅުގެ އަރުން އެތެރަށް ފެންފޮދެއްވެސް ނުލާ” ޔަނާލް ގާތުގައި އިށީނދެ އިސްތަށިގަނޑުގައި ފިރުމާލަމުން މާއިރާ ބުނެލިއެވެ. ޔަނާލް މާއިރާގެ މޫނަށް ބަލާލިއެވެ. އަދި ކުރިން އޮތް ގޮތަށް އެހެން ދިމާލަކަށް އޭނާގެ ދެލޯ އަމާޒުކޮށްލިއެވެ. މާއިރާ ބަލާލީ ހާރޫންގެ މޫނަށެވެ.

“ބައްޕަގެ ފުރާނަޔާ. ތިއީ ބައްޕަގެ ދެލޮލުގެ ދެނޫރު. ބައްޕައަށްޓަކައި ޔަޒްދާނަށްޓަކައި މި ސޫޕްކޮޅު ބޯލަން ތެދުވޭ” ޔަނާލް ތެދުވިއެވެ. ހާރޫން މާއިރާއަށް ބަލާލުމުން މާއިރާ ސޫޕްތަށި ހާރޫންއަތަށް ދިނެވެ. ސަމްސަލުން އެތިފޮތެއް ނަގާ ހާރޫންގެ އަތުން ޔަނާލްގެ އަނގައަށް ލަވާދިނެވެ. ޔަނާލްގެ މޫނުމަތީގައި އެއްވެސް ދިރުމެއްނެތެވެ. ނަމަވެސް ލޯބިވާ ޔަޒްދާނާއި ނުއުފަންނަ ދަރިފުޅަށްޓަކައި އޭނާ ހިތްވަރުކޮށްގެން ކެއެވެ. ހުސްތަށި ހިފައިގެން ދަމުން މާއިރާ ފަހަތަށް އެނބުރި ބަލާލީ ދޮރުން ނިކުންނަމުންނެވެ. އޭރު ޔަނާލްގެ ބޮލުގައި ފިރުމަން ހާރޫން އިނެވެ. މާއިރާ ދެފަރާތަށް ބޯހޫރާލިއެވެ. އޭނާގެ ހިތަށް އަސަރު ކުރީކަމެއް ނުވަތަ އެމަންޒަރު ބަލަން ބޭނުންނުވީކަމެއް ނޭނގެއެވެ. ހާރޫން އެކޮޓަރިން ނިކުތީ ޔަނާލަށް ނިދުނުކަން ޔަޤީންކޮށްފައެވެ.

**************************************

ނިދީ ތެރޭގައިވެސް ޔަނާލަށް އުނދަގުކުރަމުން ދިޔައީ ޔަޒްދާންގެ ހަނދާންތަކެވެ. ޔަޒްދާން އޭނާއަށް ކުރަމުން އައި ނަފްރަތު ލޯތްބަށް ބަދަލުވެގެން ދިޔަގޮތެވެ. އޭނާގެ ކައިވެނި ފައިޒަންއާއި ހަމަޖެހުނުކަން އެނގުމުން ޔަޒްދާންގެ ހިތަށް އެކަން ހަޖަމްކުރަން ދަތިވެގެން ޔަނާލްގެ ލޯތްބަށް އެދުނުގޮތެވެ. އެކުގައި ހޭދަކުރެވުނު އުފާވެރި ވަގުތުކޮޅެވެ. ޞައްހަ ކައިވެންޏެއް ނޫނަސް ގާޒީގެ ކުރިމަތީގައި ޔަޒްދާން އޭނާގެ އަންބެއްގެ ގޮތުގައި ޤަބޫލުކުރި ވަގުތުކޮޅެވެ. ޔަޒްދާންގެ އެންމެފަހު ނޭވާގެ ވަގުތުކޮޅެވެ. ކުއްލިއަކަށް ދެލޯ ހުޅުވާލުމަށްފަހު ޔަނާލް ތެދުވިއެވެ. އޭރު އޭނާ ވަނީ ރޮވިފައެވެ. އޭނާ ސިއްރު ރުއިމެއް ރޮމުން ދެކަކުލުގައި ބޯއަޅާލިއެވެ. އޭނާގެ ހަށިގަނޑުގެ ދެބައިކުޅަ އެއްބައި ހީވަނީ މަދުހެންނެވެ. އޭނާ އެ ލޯތްބާއި ނުލާ ހަޔާތުގެ ބާކީ ދުވަސްތައް ހޭދަކުރާނީ ކިހިނެއް ހެއްޔެވެ؟ ދެކަކޫމަތިން ޔަނާލް ބޯ ހިއްލާލީ އޭނާގެ ހިތުގައި އުފެދުނު ސުވާލަކުންނެވެ. އޭނާ ފުންމައިގެން ތެދުވިއެވެ. އަދި ކޮޓަރި ދޮރުހުޅުވާލާފައި ނިކުތެވެ.

****************************

ހޯލްގައި ވާހަކައެއްގައި ތިބި ހާރޫންގެ އާއިލާ އެންމެން އެއްދިމާލަކަށް ބަލާލީ ސިޑިން ދުވަމުން ފައިބައިގެން އަންނަ ޔަނާލް ފެނިފައެވެ. އެދިމާލަށް އެންމެ ފުރަތަމަ ދުވެފައި ދިޔައީ ހާރޫނެވެ. ދެން ޝިފާއެވެ. ހުރިހާ އެންމެންނަށްވެސް ވީކަމެއް ނޭނގޭތީ ކޮޅަށް ތެދުވެވުނެވެ.

“ދަރިފުޅާ! ވަޓްސް ރޯންގް” ޔަނާލް އަތުގައި ހިފާ ހުއްޓުވަމުން ހާރޫން ބުނެލިއެވެ. ނަމަވެސް ހާރޫންގެ ސުވާލަށް ޖަވާބުދިނުމެއްނެތި ޔަނާލް ގޮސް ހުއްޓުނީ އާކިންގެ ކުރިމަތީގައެވެ.

“ދޮންބޭ!” ޔަޒްދާންގެ ވަޅުލުމަށްފަހު އެންމެފުރަތަމަ ބަހެއް ޔަނާލް އެކިއީ އާކިންއާއެވެ. އާކިން ކަންބޮޑުވިއެވެ. ނަމަވެސް ޔަނާލް ކުރިމަތީގައި ހުރެ ރޯމަންޒަރު ފެނުމުން އާކިން ޔަނާލް ގެނެސް ގަޔާ ކައިރިކޮށްލަމުން ސޯފާގައި އިށީނެވެ. ޔަނާލް ދައްކަން އުޅޭ ވާހަކައެއް ނޭނގޭތީ ހުރިހާ މީހުން އެކަމަށް ސަމާލުވިއެވެ.

“ޕްރިންސަސް. ކިހިނެއްވީ؟ ދެން ތިވަރަށް ނުރޮއެބަލަ. ޕްރިންސަސްއަށް ކަމެއްވިއްޔާ ދޮންބެ ކިހިނެއް އުޅޭނީ” ލޯތްބާއެކު އާކިން އަހާލިއެވެ.

“ދޮންބޭ! ދޮގުނަހަދައްޗެ. ދާން…ދާން ދިޔައީ ދޮންބެއާއި ތިއްތި އަދި ކުޑޭ ގުޅާފައި އިންވައިޓް ކުރުމުންނެއްނު. ފައިވެސް ހުއްޓެއްނު. ބުނެބަލަ. ޕާޓީގައި ކީތްކުރީ. ގެއަށް އައިރު ދާންއަށް ހުރީ ކަމެއްވެފަ. ދިޔައިރު ހުރީ ނުލާހިކު ހެޕީކޮށް” ޔަނާލް ކަރުނަތައް ފޮހެލަމުން އަހަމުން ދިޔައެވެ. ޔަނާލްގެ ވާހަކަތަކުން ހާރޫންގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. އޭނާ އާކިންއަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. އެސުވާލުގެ ޖަވާބު އޭނާވެސް ބޭނުންވެފައިވާ ކަހަލައެވެ. އާކިން ނަޒަރު ހުއްޓާލީ ރާކިންއާއި ޒާކިންގެ މޫނަށެވެ. ނަމަވެސް އެދެމީހުން އަވަހަށް އެހެންދިމާލަކަށް ނަޒަރު ބަދަލުކޮށްލިއެވެ.

“ބުނެބަލަ ދޮންބޭ. ކޮންކަމެއް ތިސިއްރު ކުރަނީ” އާކިންގެ އަތުގައި ހިފާ ތަޅުވާލަމުން ޔަނާލް އަހާލިއެވެ. އެވަރުންވެސް އާކިން އެއްޗެއް ނުބުނެވެ.

“އާކިން! ނާލްއަށް ޖަވާބެއްދީބަލަ” ހާރޫން ބުނެލިއެވެ. ހާރޫންގެ ވާހަކަދެއްކުމުގައި ހަރުކަށިކަމެއް ނެތަސް މާއިރާއަށް ހާރޫނަށް ބަލާލެވުނީ ހިތްހަމަނުޖެހިފައެވެ.

“އާނ…އަޅުގަނޑުމެން ގުޅީމަ ދާން އައި. ފައިއަށްވެސް ގުޅިން. އެކަމަކު ފައި މިއަންނަނީއޭ ބުނެފައި ފަހުން ގުޅީމަ ހަބަރެއްނުވި. އަޅުގަނޑުމެން ތިބީ އޮފީހުގައި. ފިޒީ ޑްރިންކްސް އެއްޗަކަށް ހުންނާނީ. އެކަމަކު ނޭނގެ ކޮންތަނަކުން ކަމެއް ދާން އެނާރޖީ ޑްރިންކްސް ނެރުނީ. ނާލްކޮއްކޮ ކައިރީގައި ނުބުނަން މިހުންނަނީ. ވަރަށް ގިނައިން ދާން ރެޑްބުލް ބުއި. އަޅުގަނޑުމެން ހުއްޓުވަން ވަރަށް މަސައްކަތްކުރިން. ދެން ކުއްލިއަކަށް ދާން ގެއަށް ދާން ބޭނުންވީމަ އެހިސާބުން ޕާޓީ ކުރުކޮށްލާފައި އަޅުގަނޑުމެންވެސް ގެއަށް އައީ” ވާހަކަ ނިންމާލަމުން އާކިން ޔަނާލަށް ބަލާލިއެވެ. ޔަނާލަށް ރޮވެނީއެވެ. ނޭނގޭ ސަބަބަކާއި ހުރެ އާކިންގެވާހަކަތައް ޔަނާލަށް ޤަބޫލުކުރެވުނެވެ. އޭނާއަށް ހުރި ދިމާލަށް ތިރިވެވުނީ ދެފައިކޮޅުން ވާގީ ދޫވާން އުޅޭހެން ހީވުމުންނެވެ.

“ދަރިފުޅާ! ދެން ތިވަރަށް ނުރޮއި. ދަރިފުޅަށް ހަމަ ގެއްލުންވާނީ. ހެޔޮނުވާނެ” ރޮމުން ހުރި ދިމާލަށް ތިރިވި ޔަނާލްގެ ހަށިގަނޑުގައި ހިފަހައްޓާލަމުން މާއިރާ ބުނެލިއެވެ. ޔަނާލް ރޯވަރުން ނާދުއާއި ޝިފާއަށްވެސް ހުރީރޮވިފައެވެ.

****************************************

ދެހަފްތާ ފަހެވެ. ޔަނާލްގެ ދިރިއުޅުމަށް މާބޮޑު ކުރިއެރުމެއް ނުލިބެއެވެ. އާދަޔާޚިލާފަށް ޔަނާލް ހޮޑުލާން ފެށުމުން ފެމެލީއަށް ހާއްސަ ޑޮކްޓަރ ނަޒާ ގެނެވުނެވެ. ޔަނާލަށްވާ ހުރިހާ ގޮތްތަކުގެ ވާހަކަތައް ޑޮކްޓަރަށް ކިޔާދިނުމުން ލޭގެ ޓެސްޓްތަކެއް ހެދިއެވެ. ނަތީޖާއައީ ދުވަހުގެ އިރުއޮށްސުނު ވަގުތުގައެވެ. ޔަނާލް ބަލިވެއިންކަން އެނގުމުން ހާރޫން އުފާކުރިއެވެ. މާއިރާގެ މޫނުމަތިން ހައިރާންކަން ފެނިގެން ދިޔައެވެ. އޭނާ އެ ހައިރާންކަމުގައި ބަލާލީ އާކިންގެ މޫނަށެވެ. ނަމަވެސް މާއިރާ ޔަނާލަށް މަރުހަބާ ކިޔާ ހިތްވަރުދިނެވެ. ރަނގަޅު ކާއެއްޗެހި ކައިގެން ހިތާމަނުކޮށް ދަރިފުޅު ދުނިޔެއަށް އުފަންކުރަން ނަޞޭޙަތްތެރިވިއެވެ.

************************************

ލޯބިވާ ފިރިމީހާގެ ވަކިވުމާއި ދަރިފުޅުގެ ކުއްލި މަރު ގާތްގާތުގައި އައުމުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ކުލްޝޫމަށެވެ. މީހުންނާއި ވާހަކަދެއްކުމާއި ހިނިތުންވުން ކުލްޝޫމް ނުދަންނަ ބީރައްޓެހިންނަށް ވެއްޖެއެވެ. ކެއުމާއި ނިދުމާއި ވެސް މުޅިން ދުރުވެ އެކަން ބޮޑު ބައްޔަކަށް ވިއެވެ. މާލޭން އެތައް ޑޮކްޓަރުންނަށް ދައްކައިގެންވެސް ކުލްޝޫމަށް ބަދަލެއްނައެވެ. އެހެންކަމުން ފައިޒަން ނިންމީ ކުލްޝޫމްގެ ބައްޔަށް ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ފުރުމަށެވެ. އޭނާ ފުރުމުގެ ކުރިން ޔަނާލާއި ބައްދަލުކުރިއެވެ. އަދި ހަށިގަނޑަށް ބަލައިގެން އުޅުމަށާއި ބަނޑުގައިވާ ދަރިފުޅަށްވެސް ބަލައިގެން އުޅުމަށް އެދުނެވެ. އަބަދުވެސް އޭނާ ހުންނާނީ ޔަނާލާއި އެކުގައި ކަމަށާއި އެކުވެރިކަން ދުވަހަކުވެސް ނުކެނޑޭނެ ވާހަކަ ބުނުމުން ޔަނާލް ރުޔެވެ. އެއީ މިހާރު ޔަނާލްގެ އާދައެވެ. ހަޔާތުގައި ލިބުނު އެންމެބޮޑު ހިތާމައަށްފަހު އޭނާއަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. ކިރިޔާ ކަމެއް ވާއިރަށް އޭނާއަށް ރޮވެނީއެވެ.

********************************

އިރުއޮށްސުނިއްޔާ ކޮންމެސް އިރަކުން އާދުވަހަކަށް އިރުއަރާނޭ ބުނާ އުސޫލުން ހަލުވި ކަމާއެކު ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ޔަނާލްގެ ބަނޑަށް ހަމަސް ވީއިރު އޭނާ ވަނީ ކޮންމެސް ވަރަކަށް ހަމައަކަށް އެޅިފައެވެ. ނަމަވެސް އަދިވެސް ބައެއްފަހަރު ޔަޒްދާންގެ ހަނދާންތަކުން އޭނާގެ ހިތް ރޮށްވާލައެވެ. މިވީ މަދު ދުވަސްތަކުގައި އޭނާއަށް އެންމެބޮޑަށް ފާހަގަވީ ލޯބިވާ ކަމަށް ބުނާ ބޭބެމެންގެ ފަރާތުން ކުރިން ލިބެމުން އައި ލޯބި މުޅިން ބަދަލުވެފައިވާތީއެވެ. އެހެން އަންހެންދަރިންނާއި މެދު މަޔަކު އުޅޭހާ ލޯބިން މާއިރާވެސް ނޫޅޭތީ އެކަންވެސް ޔަނާލަށް ފާހަގަވިއެވެ. ގޭތެރޭގައި އޭނާއާއި އޯގާތެރިކަމާއެކު ވާހަކަދައްކަނީ ހާރޫނާއި، ޝިފާ އަދި ނާދެވެ. ނަމަވެސް ޔަނާލް ޝަކުވާކުރަން ބޭނުމެއްނުވިއެވެ. އޭނާ ކެތްތެރިކަމެއްނެތި އިންތިޒާރު ކުރަނީ ފައިޒަން ރާއްޖެ އަންނާނެ ދުވަހަކަށެވެ. ކުލްޝޫމްގެ ސިކުނޑިއަށް ލިބުނު ޝޮކްގައި ގެއްލުންތަކެއް ވެފައިވާތީ ފަރުވާ ކުރުމަށް އޭނާ ޖެހުނީ ލަންޑަނުގައި މަޑުކުރާށެވެ. ނަމަވެސް ފައިޒަން އައީ ސޯޝަލް މީޑިޔާ މެދުވެރިކޮށް ޔަނާލާއެކު އެކުވެރިކަން ބަދަހިކުރަމުންނެވެ.

*********************************

ހެނދުނުގެ ވަގުތެކެވެ. ނާސްތާއަށްފަހު ޔަނާލް ކޮޓަރިއަށް އައިސް ވަނެވެ. ފެންވަރަން ވަންނަން އުޅެފައި މަޑުކޮށްލީ ރަނގަޅަށް ހެނދުނުގެ ނާސްތާ ނެގުމުން ހަށިގަނޑު ލޮޑުވެފައި ހުރުމުންނެވެ. އެނދުގައި ޔަނާލް އިށީނީ ލެޕްޓޮޕް ހިފައިގެންނެވެ. ހުޅުވާލުމާއެކު ފެނުނު ފޮޓޯއަކުން އޭނާގެ ދެލޯ ފުރިގެންއައެވެ. އެއީ ކައިވެނި ކުރެވުނު ރޭގައި ޔަޒްދާން އޭނާގެ ކޯތާފަތުގައި ބޮސްދިން ވަގުތު ފައިޒަން ނަގާފައި އިން ފޮޓޯއެކެވެ. ދުވަސްތަކަކަށްފަހު ޔަނާލް ހިތްފުރޭ ވަރަށް ރޯލިއެވެ. އޭނާ ހުއްޓާލީ ދަރިފުޅު ތޮޅެން ފެށުމުންނެވެ. ބަސްމޮށުންތެރިކަމެއް ލިބިފައިނުވާ އެ ނުއުފަންނަ ދަރިވެސް މަންމަ ހިތާމަކުރަން ނޭދެނީއެވެ. ކުއްލިއަކަށް ޔަނާލް ސިހުނީ ކޮޓަރީ ދޮރުގައި ޓަކި ޖަހާލުމުންނެވެ. ހުޅުވާލާފައި ވަނީ ޝިފާއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

“އަޅުގަނޑަށް ޒިނޭ ކުރުމުގެ ހުއްދަ ދެއްވަފާނުތޯއެވެ؟”

Next

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ………………..! (10 ވަނަ ބައި)

Next
February 17, 2019

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ………………..! (10 ވަނަ ބައި)

Previews
February 16, 2019

“އަޅުގަނޑަށް ޒިނޭ ކުރުމުގެ ހުއްދަ ދެއްވަފާނުތޯއެވެ؟”

21 Comments!

  1. Aki says:
    February 17, 2019 at 10:42 am

    alhey miothee vaahaka up kohla dheefa… hurihaa kudhin avahah kuyaala… thanks write

    1. Ushaali says:
      February 17, 2019 at 10:44 am

      😀 avahah kiyaalaa

  2. Ushaali says:
    February 17, 2019 at 10:43 am

    salaam all
    🙂 huriha kudhinge haalu rangalhu kamah heekuran.
    🙂 🙂 mi bai ves huriha kiyuntherinnah 🙂 kamudhaane kamah heekuran.

  3. Ummu Xahaa Xaan says:
    February 17, 2019 at 10:49 am

    ?first

    1. Ushaali says:
      February 17, 2019 at 11:15 am

      🙂 thankyou

  4. yaaanaa says:
    February 17, 2019 at 11:01 am

    woww.. varahh reethi? masha allah….next part knirakunn up kohdhenee.. avahah up kohdhecheyy..??

    1. Ushaali says:
      February 17, 2019 at 11:16 am

      🙂 thankyou so much yaaanaa
      🙂 maadhama. insha allah

  5. SCARLET❤ says:
    February 17, 2019 at 11:50 am

    Nooon… Yazdhaan is dead… cn’t believe it… eves first night of their wedding… alhe haadha sad ey..?????Bt stry vvvv reethi…❤❤❤

    1. Ushaali says:
      February 17, 2019 at 12:06 pm

      🙁 mi bai liyunu iru ushaaly ves vr dheravi. ekamu keehkuraany. e story gendhan hamajehifa in goithankyou so 🙂 .much SCARLET fahun adhi reethi vaane ingey. 🙂 dont worry

  6. Stry Kiyaa Man says:
    February 17, 2019 at 1:06 pm

    Stry feshunu iru ifnaa and shifaa dhw yanaal ah ragalhy.dhen maazee ga naadh???ifnaa kba mihaaru???.
    Kury vaahaka thakey eh fadhain mi vaahaka vex v salhi.keep it up
    Waiting 4 nw part.

    1. Ushaali says:
      February 17, 2019 at 1:22 pm

      story feshunu iru ves yanaal ah rangalhuvaany naadhu and shifaa. ifna 🙂 abadhuves nubai vaanee

  7. Evly says:
    February 17, 2019 at 1:11 pm

    Kithah part dhn iny maazee aibehey gothun

    1. Ushaali says:
      February 17, 2019 at 1:23 pm

      🙂 mihaaru nimenee

  8. Anaaa says:
    February 17, 2019 at 1:25 pm

    mi story ga 1st nite ga yazdhaan maru v so sad ehn v ma mi part nimigen dhiya iru vs neygunu yaanaa preg v kon iraku kameh e family myhunnankah. ee kihiney v kameh tho family in suwal kohfa vs neiy. mee kihiney vaa kameh tha ushalee

    1. Ushaali says:
      February 17, 2019 at 1:38 pm

      kuriyah adhi ebuhuri part thakeh. ummeedhu kuran e part thakun Anaaa ge thi suvaalu ge javaabu libigendhaane kamah 🙂 🙂

  9. Ainth says:
    February 17, 2019 at 4:41 pm

    Ma sha allah … ❤mibaa v salhi❤❤ … keep going ??… adhi miahvuren dhigukohlaveytho balaala dhehcha…

    1. Ushaali says:
      February 18, 2019 at 8:12 am

      🙂 thankyou so much Ainth
      try kuraanan ingey dhigu koh gennan

  10. Marey says:
    February 17, 2019 at 6:38 pm

    Yazdhaanu maruveema kamakunudhey adhi ehaa avahah

    1. Ushaali says:
      February 18, 2019 at 8:13 am

      🙂 e story kuriyah gendhan liyefa in goi Mary

  11. leesa says:
    February 17, 2019 at 10:08 pm

    Ushaali real name liusha dhw..hehe ?
    Love your stories…?

    1. Ushaali says:
      February 18, 2019 at 8:13 am

      😀 yes my real name is Liusha
      🙂 and thankyou so much

Comments are closed.

Next Episodeދިނީ ޒަހަރު… 21←


All Right Reserved!