Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ދިނީ ޒަހަރު… 21

Ushaali Level 810 Stories100 Comments100 Stories500 Comments
February 18, 2019 9 Mins Read
20 Comments

20 ވަނަބައިގެ ތެރެއިން….

ހެނދުނުގެ ވަގުތެކެވެ. ނާސްތާއަށްފަހު ޔަނާލް ކޮޓަރިއަށް އައިސް ވަނެވެ. ފެންވަރަން ވަންނަން އުޅެފައި މަޑުކޮށްލީ ރަނގަޅަށް ހެނދުނުގެ ނާސްތާ ނެގުމުން ހަށިގަނޑު ލޮޑުވެފައި ހުރުމުންނެވެ. އެނދުގައި ޔަނާލް އިށީނީ ލެޕްޓޮޕް ހިފައިގެންނެވެ. ހުޅުވާލުމާއެކު ފެނުނު ފޮޓޯއަކުން އޭނާގެ ދެލޯ ފުރިގެންއައެވެ. އެއީ ކައިވެނި ކުރެވުނު ރޭގައި ޔަޒްދާން އޭނާގެ ކޯތާފަތުގައި ބޮސްދިން ވަގުތު ފައިޒަން ނަގާފައި އިން ފޮޓޯއެކެވެ. ދުވަސްތަކަކަށްފަހު ޔަނާލް ހިތްފުރޭ ވަރަށް ރޯލިއެވެ. އޭނާ ހުއްޓާލީ ދަރިފުޅު ތޮޅެން ފެށުމުންނެވެ. ބަސްމޮށުންތެރިކަމެއް ލިބިފައިނުވާ އެ ނުއުފަންނަ ދަރިވެސް މަންމަ ހިތާމަކުރަން ނޭދެނީއެވެ. ކުއްލިއަކަށް ޔަނާލް ސިހުނީ ކޮޓަރީ ދޮރުގައި ޓަކި ޖަހާލުމުންނެވެ. ހުޅުވާލާފައި ވަނީ ޝިފާއެވެ.

*********************************

“ބިޒީތަ!” ހީލަމުން ޝިފާ އަހާލިއެވެ. ޔަނާލް ނޫނެކޭ ބުނުމުގެ ގޮތުން ބޯހޫރާލިއެވެ.

“ބައްޕަ އެބަގޮވާ. ނާލް ރެސްޓްކުރަން އޮތިއްޔާ ނަޔަސް އެންމެ ރަނގަޅޭ ބުނީ” ޝިފާ ބުނެލިއެވެ.

“ނޫނޭ. ރަނގަޅުވާނެ. ރެސްޓްކުރާނީ ފަހުން. ޑޮކްޓަރވެސް ބުނެފައި އޮތީ ގިނައިން ހިނގާށޭ” އެނދުން ތެދުވަމުން ޔަނާލް ބުނެލިއެވެ.

“މިރޭ ދާންޖެހޭ ސްކޭން ހަދަން. ޝިފައްތަ ދާނަންދޯ” ކޮޓަރިން ނިކުންނަމުން ޔަނާލް ބުނެލިއެވެ. ޝިފާ ހިކިކޮށް ކުޑަކޮށް ހުންނާތީ ޔަނާލަށް ދެކެނީ ފަހަރިއަކަށް ވުރެ ބޮޑަށް އެކުވެރިއެއް ފަދައިންނެވެ.

 

ހާރޫންގެ ކޮޓަރި ދޮރުހުޅުވާލާފައި ޔަނާލް ވަންއިރު އެތެރޭގައި ހުރިހާ މީހުން ތިއްބެވެ. ޔަނާލަށް ބަލާލެވުނީ ކޮޅަށް ތިބި ތިން ބޭބެއިންނަށެވެ.

“ދޮންބެމެންވެސްތަ؟” އެމީހުންނަށް ވަކިވަކިން ބަލާލަމުން ޔަނާލް ބުނެލިއެވެ. ޔަނާލް އެހެން ބުނީ އޮފީސް ހެދުމުގައި އެއިން ކޮންމެ މީހަކު ރަސްމީކޮށް ފެންނާތީއެވެ.

“އާނ.. މުހިންމު ބައްދަލުވުމެއް ވީމަ ވާނެތާ އަންނަން” ޒާކިން ޖަވާބުދިނެވެ. ޒާކިން ކައިރީގައި ނާދުވެސް ހުއްޓެވެ.

“ނާލް ކިހިނެއްތަ؟” ރާކިން ޔަނާލަށް ބަލާލަމުން އަހާލިއެވެ.

“ރަނގަޅު. ތިއްތި ކިހިނެއް؟ ކިހިނެއް ދަތުރު ކަންތައް؟” ޔަނާލް އަހާލިއެވެ. އެއީ ރާކިން އެއައީ ހަފްތާއަކަށް ރަސްމީ ކަމެއްގައި ރާއްޖެއިން ބޭރުގައި އުޅެފައި ކަމަށްވާތީއެވެ.

“ކޮޅަށް ހުންނާނެ ކަމެއް ނެތް ދަރިފުޅާ. އާދޭ އިށީންނަން” ހާރޫން ޔަނާލް ގެނެސްބޭންދީ އެނދުގައެވެ. އެނދުގައި މާއިރާވެސް އިނެވެ. މައިރާ ހީލަމުން ޔަނާލްގެ ބޮލުގައި ފިރުމާލިއެވެ.

” މިއަދު ބައްޕަގެ ހުރިހާ ދަރިން މިއެއްކޮށްލީ ވަރަށް މުހިންމު ވާހަކައެއް ދައްކަންވެގެން. ބައްޕަ ވަޒީފާއަށް ދެން ނުނިކުންނާނަން. މަންމަވެސް ބައްޕައާއިއެކު ދެން ގޭގައި މަޑުކުރާނީ. މިއަދަށްފަހު ބައްޕަ ކުރަމުން އައި ހުރިހާ ކަމެއް ކުރާނީ ދަރިފުޅު އާކިން” ހާރޫން ހީލަމުން ބުނެލިއެވެ. މާއިރާއަށް ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހީލެވުނެވެ. އާކިންއަށްވެސް ހާރޫންގެ މޫނަށް ބަލާލެވުނީ ޤަބޫލުނުކުރެވިފައެވެ.

“އާނ.. ދަރިފުޅުގެ ޒިންމާބޮޑުވީ. ދަށުން މަސައްކަތްކުރާ މުވައްޒަފުންނަށް ހެޔޮކޮށް ހިތުމާއި  ތަފާތުކުރުން އެއްގޮތަކަށްވެސް އޮވެގެން ނުވާނެ. ދަރިފުޅުގެ މަސައްކަތް ބައްޕަ ގޭގައި ހުރެގެންވެސް ބަލާނަން” ހާރޫން ބުނެލިއެވެ.

“ނަމޫނާއަކަށް ބައްޕަ ބަލައިގެން މަސައްކަތް ކުރިއަށް ގެންދެވޭތޯ އަޅުގަނޑު ބަލާނަން” އާކިން ހާރޫނަށް ޔަޤީންކަން ދިނެވެ.

“ދެން މިތިބީ ރާކްއާއި ޒާކް. މިދެކުދިން ވެސް މީގެފަހުން މަސައްކަތްކުރާނީ ދޮންބެގެ ހިޔަނީގެ ފަހަތުން. ތިކުދިން ބޭނުން ކޮންމެ ވަޒީފާއެއް އަދާކުރުމުގެ މިނިވަންކަން އަބަދުވެސް އޮންނާނެ” ހާރޫން ބުނެލިއެވެ.

“ބައްޕާ! ރާކު އަޅުގަނޑުގެ މަންމަގެ އޮފީހުގައި މަސައްކަތް ކުރިޔަސް އެންމެ ރަނގަޅެއްނު. އޭރުން ރާކް ޖެހޭނީ ވަރަށް މަދު ދުވަހެއްގައި ރާއްޖޭގައި މަޑުކުރަން. މަންމަގެ ވިޔަފާރި އެ އޮންނަނީ ރާއްޖެއިން ބޭރުގަ. އަޅުގަނޑު ބޭނުމީ ރާކް އަމިއްލަ މަސައްކަތުން ވަޒީފާއަދާކޮށް ލާރި ރައްކާކުރަން” ޝިފާ ބުނެލިއެވެ.

“ނޫން. ތިއީ އެއްގޮތަކަށްވެސް ރަނގަޅު ޚިޔާލެއްނޫން. ރާކު މަސައްކަތްކުރާނީ މިއޮފީހުގައި އާކުގެ ދަށުން” ވަގުތުން މާއިރާ ދެކޮޅުހެދިއެވެ. ޝިފާއަށް ޖެހުނީ އިސްޖަހާލާށެވެ.

“ހެހެހެ… އެއްވެސް ކުއްޖަކަށް މަޖްބޫރުކަމެއް ނޯންނާނެ. ހަލާލު މަސައްކަތެއް ވިއްޔާ ބައްޕަގެ މައްސަލައެއްނެތް ކޮންމެ މަސައްކަތެއްވެސް” ހާރޫން ބުނެލިއެވެ. ރާކިން އެއްޗެއް ނުބުނެ ހުރުމުން ޝިފާ ހިތްހަމަނުޖެހުނީ ރާކިންދެކެއެވެ.

“ދެންހުރީ ބައްޕަގެ މިދަރިފުޅު. މިހާތަނަށް އެންމެ ނިކަމެތިކަމެއްވެސް ލިބިފައިވަނީ މިދަރިފުޅަށް” ޔަނާލް ބޮލުގައި ފިރުމާލަމުން ހާރޫން ބުނެލިއެވެ. ހިތްދަތި ހިނިތުންވުމަކާއެކު ހާރޫންގެ މޫނަށް ޔަނާލް ބަލާލިއެވެ.

“ނާލްއަށް އަށާރަ އަހަރުވުމާއެކު މިގޭ ވެރިފަރާތަކީ ނާލް. ބައްޕަ ކުރިން ހަމަޖައްސާފައި އިންނާނީ ނާލްގެ ހަޔާތުގެ ބައިވެރިއަކަށް އަންނަ ކުއްޖަކަށްވެސް މިގެއިން ދެބައިކުޅަ އެއްބައި ލިބޭގޮތަށް. އެއީ ބައްޕައަށް ޔަޤީންކަން އެބައޮތް ނުރަނގަޅު ކުއްޖަކު ނާލް ހަޔާތުގެ ބައިވެރިއަކަށް ނުހޮވާނެކަމުގެ. ނާލްގެ ފިރިއަކަށްވީ ބައްޕަ ވަރަށް ލޯބިވާ އަދި ވަރަށް ހިތްހަމަޖެހޭ ކުއްޖެއް. އެކަމަކު…. ތަޤްދީރުގައި އޮތީ މުޅިން އެހެން ރޭވުމެއް……” ހާރޫންގެ ވާހަކަތަކުން ޔަނާލްގެ ހިތަށް އަސަރުކުރިއެވެ.

“ދެން މިހާރު އޭތި އިންނާނީ ބަދަލުވެފައެއްނު” މާއިރާ ބުނެލިއެވެ.

“އާނ… ބައްޕަގެ މިގެއާއި މުދަލުގެ ޙައްޤުވެރިންނަކީ ނާލްއާއި ލިބެން އުޅޭ ދަރިފުޅު. ބައްޕަ ހުރިހާ އެއްޗެއް ބަދަލުކޮށް ސޮއިކޮށް މިހާރު ވާނީ ލިޔުންތައް ވަކީލާއި ހަވާލުކޮށްފައި. ބައްޕަ ބޭނުމެއްނޫން އެއްވެސް މީހަކު މިކަމަށް ފާޑުކިޔަން. މާދަމާ ބައްޕަ ލޯމަރާލިޔަސް ނާލްއަށް އެއްވެސް ހާލެއްޖެހެން ބައްޕަ ނޭދެން. ބައްޕައަށް އިނގޭ ތިއިން އެއްވެސް ކުއްޖެއް އެގޮތް ބޭނުންނުވާނެކަން” ހާރޫން ވާހަކަދެއްކިއެވެ. ހުރިހާ މީހުންގެ ތުންފަތްމަތިން ފެންނަނީ ހިނިތުންވުމެވެ. މާއިރާ ފިޔަވައެވެ. އޭނާ އެ ވިސްނަނީ ކޯއްޗެއްކަމެއް ނޭނގެއެވެ.

އަދި އެބައޮތް ވަރަށް މުހިންމު އެއްވާހަކަ” ހާރޫން ބުނެލިއެވެ. އެވަގުތު އެންމެން ހިމޭންވިއެވެ.

“ބައްޕަ ބޭރު ވިޔަފާރިވެރިއަކާއި އެކު ހެދި ޑީލްއެއްގެ ދަށުން ވަރަށް އަގުބޮޑުކޮށް ގަތް ސަފާރީއެއް މިހާރު އެއޮތީ ރިޔާޒް ހިންގާ ރިސޯޓް ބޭރުގަ. ބައްޕަ ވާނީ އެސަފާރީ މަންމައަށް ދޭން ނިންމާފައި. އަދި އެވާހަކަ މަންމަ ކައިރީގައިވެސް ބުނެފައި އޮންނާނީ” ހާރޫން ބުނެލިއެވެ. އަދި މާއިރާގެ މޫނަށް ބަލާލިއެވެ. މާއިރާގެ ތުންފަތްމަތީގައި ވަނީ ހިނިތުންވުމެވެ.

“އާނ… މިހާރު އެއަށް ކިޔާނެ ނަމެއްވެސް އިންނާނީ ވިސްނާފައި” މާއިރާ ހިނިތުންވުމަކާއެކު ބުނެލިއެވެ.

“އެހެންތަ! އެކަމަކު ސޮރީ ޑާލިންގް. އެ ސަފާރީ އިންނާނީ މިހާރު ނާލްއަށް ދީފައި. އެކަމަކު އެއީ ބޭބީ އުފަންވަންދެން. ބޭބީ އުފަންވުމާއެކު ބޭބީއަށް ލިބޭނީ” ހާރޫން ބުނެލިއެވެ. ވަގުތުން މާއިރާގެ ތުންފަތުގައިވި ހިނިތުންވުން ފިލައިގެން ދިޔައެވެ. ޔަނާލަށް ބަލާލެވުނީ މާއިރާގެ މޫނަށެވެ. އެވަގުތު މާއިރާގެ މޫނުގެ ބަދަލުވަމުން ދިޔަ ކުލަވަރު ޔަނާލަށް ސިއްރެއްނުވިއެވެ.

“ދެޓްސް ނޮޓް ފެއަރ. ކީއްވެ ތިގޮތަށް ނިންމީ” މާއިރާ ހިތްހަމަނުޖެހުނެވެ.

“ކީއްވެ ފެއަރ ނުވާންވީ. ބަލަ ޔަނާލް ވިހާނީ މާއިރާގެވެސް  ފުރަތަމަ މާމަ ދަރިފުޅެއްނު. މާމަ އާއި ކާފަގެފަރާތުން އެދަރިފުޅަށް އެވަރުގެ ހަދިޔާއެއް ދިނުން އެ ރަނގަޅުކަމަކަށް ނުވާންވީ ސަބަބެއް ނުވިސްނުނު” ހާރޫން ހިތްހަމަނުޖެހުނެވެ. މާއިރާ އެއްޗެއް ނުބުނެއެވެ.

“ދެން ފިހާރަތަކާއި މިގެއާއި އިންވެގެން ތިހަދާ ބައި ކާކަށްދިނީ” މާއިރާ އަހާލިއެވެ.

“އަހަރެން މިހިރީނު. އެތަންތަނުގެ  ވެރިއަކީ މަށާ ފައިޒަން. ސަބަބަކީ އެތަނުގެ ޙިއްސާދާރެއް ރިޔާޒަކީވެސް. ރިޔާޒްވެސް ނެތި ޔަޒްދާންވެސް ނެތި ދެން ހުންނާނީ ފައިޒަންނެއްނު. އެބަޔަކަށް އަހަރެން އަމިއްލައަށް އެއްވެސް ގޮތެއް ނުނިންމޭނެ” ހާރޫން އޮޅުންފިލުވައިދިނެވެ.

ބައްދަލުވުން ނިމުނުކަން އިއުލާން ކުރުމާއެކު ހުރިހާ މީހުން ކޮޓަރިން ނިކުތެވެ. ޔަނާލް ފިޔަވައެވެ. އެނދުގައި އިން ޔަނާލް ފެނުމުން ހާރޫން ބަލާލީ ލޯބިން ފުރިގެންވީ ބެލުމަކުންނެވެ.

“ކަމެއް ބޭނުންވީތަ ދަރިފުޅާ” ހާރޫން އަހާލިއެވެ.

“ނޫން. އެކަމަކު ބައްޕަ ކަންތައްކުރެއްވި ގޮތާއި މެދު ފާޑެއްކިޔަނީއެއްނޫން. މަންމަ ހުރީ ވަރަށް ދެރަވެފައި. ކީއްވެ މަންމައަށް އެހެން ހެދީ. މިދަރިފުޅަށް ދުނިޔޭގައި ހުރިއްޔާ ލިބޭނެ އެއްޗެހި ވަރަށް ބައިވަރެއްނު” ބަނޑުގައި ފިރުމާލަމުން ޔަނާލް ބުނެލިއެވެ.

“ބައްޕަ ވަރަށް އުފާވޭ ދަރިފުޅަށް ތިހާ ވިސްނެތީ. ދަރިފުޅަށް ހީވޭތަ ބައްޕަ މަންމައަށް ގޮތެއް ހަދާފާނެހެން. މަންމައަށްޓަކައި ބައްޕަ އަތުގައި އޮތީ ވަރަށް ބޮޑު ސަޕްރައިޒެއް. އަދި ނާންގާތީ މަންމައަށް މިކަން. ބައްޕަ ހުޅުވަން މިއުޅޭ ގެސްޓްހައުސްގެ ސީއީއޯއަކަށް ހަމަޖައްސާނީ މަންމަ. އެލިޔުންތައްވެސް މިދަނީ ތައްޔާރުކުރަމުން” ޔަނާލްގެ ތުންފަތަށް ވެރިވެގެން ދިޔައީ ހިނިތުންވުމެކެވެ.

“އަސްލުތަ! އެކަމު މަންމަ އެހާ ދެރަކޮށްލަން ނުވާނެއްނު” ޔަނާލް ބުނެލިއެވެ.

“ތިންމަސްފަހުން މަންމަ އާއި ބައްޕަގެ ކައިވެންޏަށް އާ އަހަރެއް އިތުރުވެގެންދާނެ. އެރޭގެ ބައްޕަ އެހަދިޔާ މަންމައަށް ހަވާލުކުރާނަން” ހާރޫން ޔަނާލްގެ ކޮލުގައި ޖަހާލަމުން ބުނެލިއެވެ.

**************************************

ދުވަސްތައް ފާއިތުވަމުން ދާވަރަކަށް ޔަނާލަށް މާއިރާގެ ދުރުކަން އިހުސާސްވަމުން ދިޔައެވެ. އުމުރުން އެހާ ޅައިރުގައި މާބަނޑުވެފައިވާ އަންހެންދަރިއަކަށް އެންމެބޮޑަށް ބޭނޫންވާނީ މައިމީހާގެ ލޯބި ނޫން ކާކުގެ ލޯބި ހެއްޔެވެ؟ ޔަޒްދާންގެ ހަނދާންތަކަކީ ޔަނާލްގެ އެންމެފަހު ވިންދާއި ޖެހެންދެންވެސް ދެގޮތެއްނުވާނެ ހަނދާންތަކެކެވެ. އެހަނދާންތަކުން އަބަދުވެސް އޭނާގެ ހިތް ރޮށްވައެވެ. އަބަދުވެސް އެހިތާމަ އޭނާ ކުރާނެއެވެ. ނަމަވެސް އެހިތާމައަށް ވުރެ ވެސް ބޮޑަށް އޭނާ ހިތާމަކުރަނީ އޭނާގެ އެކަނިވެރިކަން އިހުސާސްކޮށްފައެވެ. އަމިއްލަ އުފަން މަންމައަށް ވުރެ ބޮޑަށް ފަހަރިންވެސް އޭނާއަށް ރަނގަޅެވެ. ކިތަންމެ ފަހަރަކު މާއިރާއާއި ވާހަކަދައްކާލުމަށް އޭނާގެ ހިތްއެދެއެވެ. މާއިރާގެ އަތުގެ ފިރުމުންތަކަށް އަބަދުވެސް އޭނާ އިންތިޒާރުކުރެއެވެ.

މިރޭވެސް ޔަނާލަށް ނުނިދިގެން އެއުޅެނީ ބަނޑަށް އުނދަގުވާވަރުންނެވެ. އޭނާ ކޮޅަށް ތެދުވީ އެނދުގައި ނޯވެވިގެންނެވެ. ބުރަކަށީގައިވެސް އިންތިހާއަށް ރިއްސަނީއެވެ. ހެޑްބޯޑުމަތީގައި ހުރި ބާމޫފުޅި ނަގާފައި ބުރަކަށީގައި ހާކަން އޭނާ މަސައްކަތްކުރިއެވެ. ނަމަވެސް ކާމިޔާބެއް ނުވިއެވެ. ޔަނާލް ހަނދާންވީ ޝިފާ މަތިންނެވެ. ޝިފާއަށް ގުޅަން އުޅެފައިވެސް އޭނާ ހުއްޓުވީ ވަގުތެވެ. ވަގުތަކީ ރޭގަނޑުގެ ފަހު ވަގުތެވެ. މިވަގުތު ޝިފާއަށް އުނދަގުކުރަން އޭނާ ބޭނުމެއްނުވިއެވެ. އޭނާ ހިތްއެދެމުން ދިޔައީ މާއިރާއަށެވެ. އެންމެފަހަރަކު މާއިރާ އެތަނުގައި ފިރުމާލިޔަސް ހުރިހާ ވޭނެއް ފިލައިގެންދާނެއެވެ. ޔަނާލް ބާމޫފުޅި ހިފައިގެން ކޮޓަރިން ނިކުތީ ކެތްނުވާވަރަށް ބުރަކަށީގައާއި އުނަގަނޑުގައި ރިއްސަން ފެށުމުންނެވެ. އޭނާ މާއިރާގެ ކޮޓަރީގައި ޓަކިޖެހިއެވެ. ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރީ ހާރޫނެވެ.

“ދަރިފުޅާ! ކިހިނެއްވީ ބަނޑުގައި ރިއްސަނީތަ؟” ޔަނާލްގެ މޫނުމަތި ފެނުމުން ހާރޫން އަހާލިއެވެ.

“ނޫން. ބަނޑުގައި ނުރިއްސާ. ބުރަކަށީގައި ރިއްސަނީ. ކޮބާ މަންމަ؟” ޔަނާލް އެތެރެއަށް ބޯދިއްކޮށްލަމުން ބުނެލިއެވެ.

“އެބައޮތް. ވަދެ ގޮވާލާ. ބައްޕަ މިވަންނަނީ ފާހާނާއަށް” ހާރޫން ބުނެލިއެވެ. ޔަނާލް އެތެރެއަށް ވަދެ ބަލާލިއެވެ. ކުއިލްޓް ދަށުގައި އަރާމު ނިދީގައި އޮތް މާއިރާއަށް ޔަނާލް ބަލާލިއެވެ. މާއިރާގެ އަރާމު ނިދުކޮޅު ގެއްލުވާލަން އޭނާ ބޭނުންނުވިޔަސް މިވަގުތު ގޮވުން ނޫން އެހެންގޮތެއް ނެތެވެ.

“މަންމާ!” ޔަނާލް އެނދު ކައިރިއަށް ހުއްޓިފައި ގޮވާލިއެވެ.

“މަންމާ! ބުރަކަށީގައި ރިއްސާވަރުން ނުނިދިގެން މިއުޅެނީ. މަންމާ!” ޔަނާލް މާއިރާއަށް ގޮވަމުން ދިޔައެވެ. ނަމަވެސް މާއިރާގެ ކަހާތަން ހިރުވާވެސް ނުލިއެވެ. ހޫނއެއް ލައްވާލާފައިވެސް އޭނާ އޮތް ކޮޅު ނޫން އަނެއްކޮޅަށް ބަދަލުވިއެވެ. އެންމެފަހަށް މާޔޫސްކަމާއެކު ޔަނާލް ކޮޓަރިން ނިކުންނަން ދިޔައީ ހިތުގައި ޖެހިފައިވިލެއް ބޮޑުކަމުންނެވެ.

“ދަރިފުޅާ. ނިމުނީތަ؟” ފާހާނާއިން ނިކުތް ހާރޫން ކޮޓަރީގައި ދޮރު ހުޅުވާލި ޔަނާލަށް ބަލާލަމުން ބުނެލިއެވެ.

“ނޫން. މަންމައަށް ހޭވެރިކަމެއް ނުވި. އެހެންނޫނަސް މިހާރު ތަންކޮޅެއް ލުއި” ޔަނާލް ނިކުމެގެން ދިޔައެވެ. އޭނާ ދިޔައީ ޝިފާއަށް ގޮވުމަށެވެ. އިއްތިފާގުން ބަދިގެއިން ފެންޖަގެއް ހިފައިގެން އައި ނާދުއާއި ދިމާވެގެން އޭނާ އެހީއަކަށް އެދުނީ ނާދު ކައިރިންނެވެ. ވަގުތުން ފެންޖަގު ބަހައްޓާފައި ޔަނާލަށް އެހީވިއެވެ. ޔަނާލް ކޮޓަރިއަށް ވަތްކަން ޔަޤީންކުރަން ބޭރަށް ބޯދިއްކޮށްގެން އޮތް ހާރޫން އެތެރެއަށް ވަންއިރު އެނދުގައި ފޯނު ހިފައިގެން ހެވިފައި އޮތް މާއިރާފެނި ދެބުމަ ގޮށްޖެހިގެން ދިޔައެވެ. މާއިރާގެ ތުންފަތްމަތީގައިވި ހިނިތުންވުން އޭނާގެ ދެލޮލުގައި ނިދީގެ އަސަރުނުވާކަން ހެކިދެއެވެ.

“މާއިރާ!! އެމަންޖެ އެވަރަށް ގޮވިއިރުވެސް އަޅާނުލީތަ؟ ތީ މައެއްތަ؟ އަހަރެން ހަމަ ހައިރާންވެއްޖެ” ހާރޫން ހިތްހަމަނުޖެހުނެވެ.

“ކީކޭ؟ އަހަރެން ނިދާފައޭ އޮތީ. ހާރޫނަށްވެސް އެނގޭއެއްނު އަހަރެން ނިދައިފިއްޔާ އެހާ ފަސޭހައިން ހޭނާރާނެކަން” ރުންކުރު ރާގަކަށް މާއިރާ ބުނެލިއެވެ.

“އަހަރެން ހުވާކޮށްފާނަން މާއިރާ އޮތީ ނިދާފައި ނޫންކަން. އެހެންނަމަ ހެވި ދިލިފަ އެހާ އަވަހަށް ފޯނު ހިފައިގެން ނޯންނާނެ. އަހަރެން މާއިރާއާއި ކައިވެނިކުރި ފަހުން މިވީ އަދި އެއްދުވަހެއްނޫން” ހާރޫން ބުނެލިއެވެ.

“ކިކޭ ކިޔަން ތިއުޅެނީ ހާރޫން. އަހަރެން ނުބައިކަމުން އަޅާނުލީއޭތަ؟ ނޫނީ ހަޤީޤަތުގައިވެސް އަހަރެންނަކީ ރަހުމެއްނެތް މައެކޭތަ؟ އާނ އެހެންޏަ. ފޯނެއް އައިސްގެނޭ ތެދުވެވުނީ” މާއިރާ ހިތްހަމަނުޖެހުނެވެ.

“އަހަންނަކަށް ނޭނގޭ މާއިރާ ތިދައްކާ ވާހަކަތަކުގެ ހަޤީޤަތެއް. އެނގޭހާވެސް އެއްޗަކީ ނާލް މިވަގުތު އޭނީ އަންހެނަކަށް ޖެހޭނެ އެންމެ ނިކަމެތި ހާލު ޖެހިފަ. އެކުއްޖާއަށް މިއަދު ހިތްވަރެއްދިނަސް ދޭން ހުރި މީހަކީ ތީ. އެކަމަކު މިގޭތެރެއިން މަށަށް އެމަންޒަރެއް ނުފެނޭ. ކުއްލިއަކަށް މާއިރާއަށް ތިއައީ ކޮންބަދަލެއް” ހާރޫން ބުނެލިއެވެ.

“ޔަނާލްވެސް އެއީ އެއްޗެއް ނުވިސްނޭވަރުގެ ކުޑަ ކުއްޖެއްނޫން މިހާރު. ކަންތައްތައް އޭނައަށް ވިސްނޭނެ. އަހަރެންނަށް އަބަދު އޭނާގެ ފަސްފަހަތުގައި ނުހުރެވޭނެ. އަހަރެންގެ އަމިއްލަ ހަށިގަނޑަށްވެސް ރެސްޓް ބޭނުންވާނެއްނު” މާއިރާ ވާހަކަދެއްކިއެވެ. ލޯގަނޑު ކުރިމަތީގައި ހުރި ހާރޫނަށް މާއިރާއަށް ބަލާލެވުނެވެ. މާއިރާއަކީ ކުރިން ވާހަކަދެއްކުމުގެ ރާގު އެގޮތަށް ހުންނަ މީހެއްނޫނެވެ.

“މިއަދު ފުރަތަމަފަހަރަށް އަހަރެންނަށް އިހުސާސްވެއްޖެ މާއިރާ ތިއީ އަހަރެންގެ ދަރިފުޅުގެ ދޮންމަންމަކަން. ވަރަށް ބޮޑަށް ޝުކުރިއްޔާ. މާއިރާ އަހަރެންގެ ދަރިފުޅު ދޫކޮއްލިޔަސް އަހަރެންގެ މިހަށީގައި ފުރާނަ ހުރިހާ ހިނދެއްގައި އަހަރެންގެ ދަރިފުޅު ރައްކާތެރިކުރާނަން. އެކަން ހަނދާނުގަ ބަހައްޓާތި” ހިތްހަމަނުޖެހިފައި ހާރޫން ވާހަކަދެއްކިއެވެ. އަދި އަނެއްފަރާތުން ގޮސް އެނދުގައި އޮށޯވެ މާއިރާއަށް ފުރަގަސްދިނެވެ.

ހާރޫންގެ ވިޔަފާރިއާއި ކުދިންގެ މެދުގައި ބަހާލިގޮތާއި މެދު ހިތްހަމަނުޖެހިގެން ކުދިންގެ މެދުގައި އެވާހަކަދައްކާލަން މާއިރާއަށް ވަގުތެއް ލިބުނީ އެރޭގެ މެންދަމުއެވެ. ގަޑިން އެކެއް ޖެހިއިރު މާއިރާގެ ތިން ދަރިންނާއިއެކު އޭނާ އިނީ ބަގީޗާގައެވެ.

“ކަންތައްތައް މިވާގޮތް އެއްގޮތަކަށްވެސް ރަނގަޅެއްނޫން. ޔަނާލެއްނޫން ހުރިހާ އެއްޗަކީ. އަތުންފައިން ގޯހެއް ނަހަދަން ވަރަށް މަސައްކަތްކުރަން. އެންމެފަހުން މަށަށް ލިބެން އޮތް ސަފާރީވެސް އެ ޔަނާލްގެ ދަރިއަށް ލިބޭނީ” މާއިރާ ހިތްހަމަނުޖެހިފައި ވާހަކަދެއްކިއެވެ.

“ދެން ކިހިނެއްހަދާނީ މަންމާ” އާކިން އަހާލިއެވެ.

“މިއީ ކަލޭމެންގެ ސަބަބުން ވީގޮތް. ކައިވެނިކުރި ރޭގައި ޔަޒްދާނާއި ޔަނާލަށް ވަގުތުދިނީ ކަލޭމެން. އޭރުވެސް މަބުނިގޮތަށް ކަންތައްކުރިނަމަ” މާއިރާ އާކިންއަށް އިނގިލި ދިއްކޮށްލަމުން ބުނެލިއެވެ.

“މަންމަ ބުނިގޮތަކަށްނޫންތަ ކަންތައްކުރީ. އޭނަ ދުނިޔޭގަ އެބަހުރިތަ؟ މަންމަ ބުނިގޮތަށް ކަންތައް ނުކުރިނަމަ މިއަދު މިގޭ ވެރިކަންކުރާނީ ޔަޒްދާނެއްނު” އާކިން ވާހަކަދެއްކިއެވެ.

“އަހަރެން ބުނިގޮތަށް ކަންތައް ކުރިނަމަ ޔަނާލާއި ގާތްވާން ޔަޒްދާނަށް ފުރުސަތެއް ނުލިބުނީސް. މު ނުބުނަންތަ އެދެމީހުން ކޮޓަރިއަށް ނުވަންނަނީސް ޔަޒްދާން ގެންދާށޭ” މާއިރާ ވާހަކަދެއްކީ މަޑުން ކަމުގައި ވިޔަސް އަޑުގައިވަނީ ހަރުކަށިކަމެވެ.

“ލަސްވީ ތަން ރެޑީ ނުކުރެވުނީމަ. އެހެންނޫނަސަ ވެދާނެއްނު ކައިވެނީގެ ކުރިން އެދެމީހުން ގަތްގަނޑެއް ކަމަށްވެސް އެއީ” އާކިން ވާހަކަދެއްކިއެވެ. ޒާކިންއާއި ރާކިން ވާހަކަނުދެއްކިޔަސް އާކިން ދައްކާ ކޮންމެ ވާހަކައަކަށް ބޯޖަހަމުން ދިޔައެވެ.

“ތީ ތެދެއްކަމަށް ވެދާނެ. އޭރުގައިވެސް މަގޭ ސިކުނޑިއަށް ތިކަހަލަ އެއްޗެއް އެރި. އެކަމަކު ހާރޫނާއި ޒުވާބުކުރަން ބޭނުންނުވާތީ ތިވާހަކަ ނުދެއްކީ. މަށަކީ އަމަޔަށް ވެފައި އެކަހަލަ ވާހަކައެއް ދެއްކީމަ އެވާނީ ތިމާގެ އަންހެންދަރިއަށް އިތުބާރުނުކުރާ ކަމަށްނު” މާއިރާ ވާހަކަދެއްކިއެވެ.

“އެހެންވީމަ މަންމަ މިހާރު އެކަން ފަޅާލަންވީނު” އާކިން ބުނެލިއެވެ.

“މިހާރު އެވާހަކަ ދައްކައިގެން ވާނެ ފައިދާއެއް ނޯންނާނެ. ކައިވެނިކުރި ފަހުން އެދެމީހުން ކޮޓަރީގައި ވަގުތުތަކެއް ހޭދަކުރިއެއްނު. އެތެރޭގައި ހިނގީ ކޮންކަމެއްކަން އެނގޭނީ އެދެމީހުންކަށްނު. މިހާރު އެކަހަލާ ވާހަކައެއް ދައްކައިފިއްޔާ އަވަށްޓެރިންގެ މަލާމަތް ރައްދުވާނީ މަށަށް” މާއިރާ ވާހަކަދައްކަމުން ދިޔައީ ވަރަށް ވިސްނުންތެރިކަމާއެކުއެވެ.

“ކޮންމެގޮތެއް ވިޔަސް ހެޔޮ. އުފަލެއް ލިބެން ލާހިކެއްނޫން. ފުރާނަ ރޮއެގަންނަވަރު ކުރާނަން” މަތިން ފެންނަންހުރި ޔަނާލްގެ ކޮޓަރިއާއި ދިމާލަށް ބަލަންހުރެ ނުލަފާ ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވަމުން މާއިރާ ވާހަކަދެއްކިއެވެ.

*******************************

ރަސްމީ މަސައްކަތެއް ކުރުމަށްޓަކައި ހާރޫން ރާއްޖެއިން ބޭރަށް ފުރައިގެން ދިޔައީ ޔަނާލަށް ނަޞޭޙަތާއި ވަރަށް ހިތްވަރުދީފައެވެ. އަދި ވަކިން ޝިފާއާއި ބައްދަލުކޮށް ޔަނާލްގެ ކަންތައްތައް ރަނގަޅަށް ބެލެހެއްޓުމަށް އެދިފައެވެ. މާއިރާގެ ކަންތައް ހުންނަގޮތުން މިހާރު އެދެމެދުގައިވެސް ވަނީ ފާރެއް ލެވިފައެވެ. މާއިރާވެސް އެކަން މާބޮޑު ކަމަކަށް ނަހަދާތީ ހާރޫންވެސް ފިޔަވަޅެއް އަޅަން ބޭނުންނުވެއެވެ.

އެއްރެއެއްގެ މެންދަމު ވަގުތެވެ. ޝިފާއަށް ހޭލެވުނުއިރު ކައިރީގައި ރާކިން ނެތެވެ. ގަޑި ބަލާލިއިރު ދޭއްޖަހަން ދިހަ މިނިޓް ހުއްޓެވެ. ރާކީން ވާނީ ފާހާނާއިގާ ކަމަށް ހީކޮށް ޝިފާ މަޑުކޮށްލައިގެން އޮތެވެ. ނިދިޖެހިފަ ދެން ޝިފާއަށް ހޭލެވުނުއިރުވެސް ރާކިން ނެތެވެ. ގަޑި ބަލާލިރު އޭގެފަހުން ތިރީހަކަށް މިނިޓް ފާއިތުވެއްޖެއެވެ. ޝިފާ ތެދުވެގެން ގޮސް ފާހާނާ ބަލާލިއެވެ. ރާކިން ނެތްކަން އެނގުމުން ޝިފާ ހާސްވާގޮތްވިއެވެ. ފޯނު ނަގައިގެން ރާކިންގެ ނަންބަރަށް ގުޅަން ފެށުމުން ރިންގްވީ ކޮޓަރި ތެރެއިންނެވެ. އެނދުމައްޗަށް ފޯނު އެއްލުމަށްފަހު ޝިފާ ކޮޓަރި ދޮރުހުޅުވާލާފައި ކޮރިޑޯ ހުރަސްކޮށް ސިޑިއާއި ދިމާލަށް ދިޔައެވެ. ހުރިހާ މީހުންގެ ކޮޓަރިތައް ހުރީ ލައްޕާފައެވެ. ދޮރު ދަށުން ފެންނަން ހުރީ ނިދާބޮކީގެ ފަނޑު އައްޔެވެ. ހޯލުން ބަޔަކު ވާހަކަދައްކާ އަޑު އިވެންފެށުމުން މަތީގައި ހުރެފައި ޝިފާ ބަލާލިއެވެ. އޭރު ސިޓިންގްރޫމުގައި މާއިރާއާއި އޭނާގެ ތިން ފިރިހެންދަރިން އަދި އިފްނާ އިނެވެ. އެއިން މީހެއްގެ ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތީއެވެ. ދައްކާ ވާހަކަ ސާފުކޮށް ނީވުނަސް އެމީހުން ދިޔައީ ބޮޑު މަޝްވަރާއެއް ކުރަމުންކަން ޝިފާއަށް އެނގުނެވެ. މޫނުމަތިން ހިނިތުންވުމެއް ފެންނަން ނެތީ ހަމައެކަނި ރާކިންގެއެވެ.

“ރާކް” ޝިފާ ތަންކޮޅެއް ބާރަށް ގޮވާލިއެވެ. ވަގުތުން ތަނަށް ވެރިވެގެން ދިޔައީ ހިމޭންކަމެވެ. އަޑު އައި ދިމާލަށް އެންމެންނަށް އެކީގައި ބަލާލެވުނެވެ. އޭރު މަތީގައި އެމީހުންނަށް ބަލަހައްޓައިގެން ޝިފާ ހުއްޓެވެ.

“ޝިޓް” އާކިންގެ މޫނަށް ބަލާލަމުން މާއިރާ ބުނެލިއެވެ.

“ޝިފް! އާދޭ އާދޭ” ރާކިން ބުނެލިއެވެ. މާއިރާ ބަލާލީ ރާކިންއަށެވެ.

“ކީތްކުރަން އޭނަ ތިގެންނަނީ” މާއިރާ ހިތްހަމަނުޖެހިފައި ބުނެލިއެވެ.

“އެއީ އަޅުގަނޑުގެ އަންހެނުންނެއްނު” ރާކިން ޖަވާބުދިނެވެ. އޭރު ސިޑީގެ ހަރުފަތްތައް ގިރާކޮށްފައި ޝިފާ އައިސް ރާކިން ކައިރީގައި މަޑުކޮށްލިއެވެ. ރާކިން އިޝާރާތުން ޝިފާއަށް އޭނާ އިން ގޮނޑީގެ އަތްގަނޑު ދައްކާލާފައި އިށީނުމަށް ބުނެލިއެވެ.

“މިގަޑީގަ. މިއީ ކޮން ޕާޓީއެއް” ޝިފާ އެހެން އަހާލީ މޭޒުމަތީގައި ހުރި ކޯކްފުޅިއާއި ކުކީސްތައް ފެނުމުންނެވެ.

“މީ… މަންމަ ބާއްވާ ޕާޓީއެއް” ރާކިން ބުނެލިއެވެ. ޝިފާ ކުރިމަތީގައި ހަޤީޤަތް ހާމަކުރަން ރާކިންއަށް ނުކެރުނެވެ.

“ތެދެއް މަންމާ. ނޮޓް ފެއަރ އަޅުގަނޑާއި ނާދު ނުލާ….” ޝީފާ އަނގަ ހަދާލިއެވެ.

“ޝިފާ ބައިވެރިވާނެތަ މިކަހަލަ ކަންތަކުގަ. ދޭބަލަ ނިދަން” އިފްނާ ބުނެލިއެވެ.

“ތެދަށް ތިބުނީ. އަޅުގަނޑަށް ހީވަނީ މިނޫނަސް ޕާޓީ ބާއްވާނެ ކިތަންމެ ވަގުތެއް ލިބޭނެހެން” ޝިފާ ހިތްހަމަނުޖެހިފައި އިފްނާއަށް ޖަވާބުދިނެވެ.

“ކޮބާ މައްސަލައަކީ؟…” މާއިރާ ބުނެލިއެވެ.

“މަންމާ! މައްސަލައަކީ ދަންވަރު ބޭކާރުގޮތުގައި ތިގޮތަށް ހޭލާ އުޅުމަކީ އެހާ ރަނގަޅުގޮތެއްނޫން. ފަތިސް ނަމާދަށް ހޭލެވޭނީ އަވަހަށް ނިދީމަ. މިބުނީ އިޝާނަމާދު ކޮށްގެން ނިދާށޭ ނޫން.” ޝިފާ ބުނެލިއެވެ. ޝިފާއަކީ އަބަދުވެސް ޙައްޤުބަސް ބުނާ ދީނަށް ލޯބިކުރާ ރަނގަޅު ކުއްޖެކެވެ.

“ޝިފާ ދޭބަލަ ނިދަން. އަހަރެމެން ނިންމަން ހުރި ކިތަންމެ ކަމެއް އެބަހުރި” މާއިރާ ބުނެލިއެވެ. ހިތްހަމަނުޖެހިފައެވެ.

“އޯކޭ… ދެން ހުއްޓާލިއްޔޯ. ކުރިއަށް ގެންދަބަލަ. އަޅުގަނޑު ނިދަން ދާނީ ރާކް ގޮވައިގެން” ޝިފާ ބުނެލިއެވެ. ބަހެއްވެސް ނުބުނެ ރާކިންއިނެވެ.

“ރާކިން! ޝިފާ ކޮޓަރިއަށް ފޮނުވާލާ” މާއިރާ ހިންހަމަނުޖެހިފައި ބުނެލިއެވެ. ޝިފާ ހައިރާންވެފައި މާއިރާގެ މޫނަށް ބަލަމުން ދިޔައެވެ.

“ވަރަށް ހެއްވާ. އަޅުގަނޑު މިތަނުން ފޮނުވާލަން ތިއުޅެނީ ކީއްވެތަ؟ ސިއްރު ކަންތައްގަނޑެއް ހިންގާލަނީތަ؟” ޝިފާ ބުނެލިއެވެ. އޭނާއަށް މިހާރު އެމީހުންނަށް ޝައްކު ކުރެވެން ފަށައިފިއެވެ.

“އާނ… މުސީބާތެއް ބޮލުން ނައްޓާލާނެ ގޮތެއްވޭތޯ މިބަލަނީ. އަހަރެން ކުރާ ހުރިހާ ކަމެއްވެސް މިކުރަނީ ކަލޭމެންނަށް ރަނގަޅަކަށް. އަހަރެން ފުރާނަ ޤުރުބާންކޮށްގެންވެސް ކަލޭމެންގެ ދިރިއުޅުން އުޖާލާ ކޮށްދެވޭތޯ މަސައްކަތް މިކުރަނީ. ޝިފާ ކަލޭ ޔަނާލަށް މާހެޔޮ އެދިގެން ތިއުޅެނީ އެއީ ޝިފާގެ ކާކު؟ އޭނައަކީ ކުޑަކުއްޖެއްނޫން. އަމިއްލައަށް ކަންތައް ކުރެވޭނެ އޭނައަށް” މާއިރާގެ ވާހަކަތައް ހުރިގޮތުން ޝިފާއަށް އިންތަނުން ކޮޅަށް ތެދުވެވުނެވެ. ހައިރާނުން ފުރިގެންވީ ބެލުމަކުން ޝިފާ ދިޔައީ މާއިރާގެ މޫނަށް ބަލަމުންނެވެ.

“މަންމާ!” ޝިފާއަށް ގޮވާލެވުނެވެ.

“ކިހިނެއްވީ؟ މީގެފަހުން ޝިފާ ކަންތައްކުރަން ޖެހޭނީ އަހަރެމެން ކަންތައްކުރާ އުސޫލުން. މީހުންނަށް މާހެޔޮ އެދިގެން އުޅުމުން ދަތްއަޅާނީ ކާންދޭ އަތުގައި. ޔަނާލަކީ އެހެން ހުއްޓަސް ހަމަ ވަރަށް ނުބައި ޑައިނެއް. ހާރޫންގެ ބޮލަށް އެރިގެން ކަލޭމެންނަށް ލިބެންއުޅުނު ކިތަންމެ އުފަލަކުން މަހުރޫމްކޮށްފި. އެއްޗެއް ނުވިސްނޭތަ؟” އަހަރެން ބޭނުމީ އޭނައަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިގެން ނަމަވެސް  މިގެއިން ނެރެން” މާއިރާ ވާހަކަދައްކަމުން ދިޔައެވެ.

“އެކަމަކު އެއީ ތިމަންމަގެ ދަރިއެއްނޫންތަ؟ ހުރި ހަމައެކަނި އަންހެން ދަރިއެއްނޫންތަ؟” ޝިފާ ބުނެލިއެވެ.

“އެއީ މަގޭ ދަރިއެއްނޫން. އެއީ މަށާ ޖެހުނު ބަލާވެރިކަމެއް. މުސީބާތެއް. ޔަޒްދާނަކީވެސް މިއާއިލާއަށް ޖެހުނު ނުބައި ބައްޔެއް. އެބަލި މަޑުކަން ނިމިގެން ދިޔައިރު މި މުސީބާތްގަނޑުވެސް އެކީގައި ގެންދިޔަނަމަ” މާއިރާ ހަޅޭއްލަވަމުން ދިޔައެވެ.

“ތިބުނީ އެއީ…..” ހިނދަކަށް ފަހު ހިނދެއް ޝިފާއަށް ލިބެމުންދިޔަ ހައިރާންކަން ދިޔައީ އިތުރުވަމުންނެވެ.

“އއާނ.. އެއީ މަގޭ ދަރިއެއްނޫން. ދޮންދަރިއެއް. މަގޭދަރިއެއްވިއްޔާ މިވަގުތު މިތާ މިތިބީ” މާއިރާ ބުނެލިއެވެ.

“ބުނަންތަ މަންމާ! މަންމައަށް އަޅުގަނޑު ވަރަށް ގަދަރުކުރަން. ތިއީ އަޅުގަނޑުގެ ފިރިމީހާގެ މަންމައަށް ވެފައި އަޅުގަނޑަށް ވުރެ އުމުރުގެ ގޮތުންވެސް ބޮޑު މީހަކަށް ވީތީ. އެކަމަކު މަންމަގެ ހިތުގައި އަށަގަނެފައިވާ އަމިއްލަ އެދުންތަކުގެ ސަބަބުން ތިމަސައްކަތްކުރަނީ ކުށެއްނެތް އުމުރުން ހަގު މާބަނޑު އަންހެންކުއްޖަކަށް އެތައް ހާލެއް ޖައްސަން. އެކުއްޖާގެ އޮތީ ކޮންކުށެއް؟ ނާލްއަށް އެކަން އެގިއްޖެނަމަ ކިހާ އަސަރެއް ކުރާނެ. އެކުއްޖާއަށް މިވަގުތު އަޅާލާނީ ކާކު؟؟” ޝިފާއަށް ރޮވެމުން ދިޔައެވެ.

“އެއްކަލަ ކަޓު އަންހެނާ. ރާކް! ކަލޭ ވެއްޖެއްނު މި އަންހެނާއަށް ކްލާސް ނަގައިދޭން. އެހެންޏަ. ނާދުވެސް އެހެރީނު. އެހުންނަނީނު ނުބެހޭ ކަންތަކާއި ނުބެހި” އިފްނާއަށް އެއްޗެއް ނުބުނެ ނީންދެވުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ………………..! (10 ވަނަ ބައި)

Next

ލީން 3

Next
February 18, 2019

ލީން 3

Previews
February 17, 2019

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ………………..! (10 ވަނަ ބައި)

20 Comments!

  1. Ushaali says:
    February 18, 2019 at 11:45 am

    🙂 salaam
    mi bai ves huriha kudhinnah kamudhaane kamah 🙂
    heekuran

  2. SCARLET❤ says:
    February 18, 2019 at 12:25 pm

    Idiots..???????I hate them.?..mi ifnaa vec heevany mivaruge meehaku neiyy henn..?????. ushaali dear plz mimeehun nahh gotheh hadhaalabala avahah.. I ah ketheh nuvaane dheneh…. haadha rulhi eh aadheyey… Bt luv ur stry dear❤❤❤❤❤❤❤❤❤❤❤

    1. Ushaali says:
      February 18, 2019 at 1:57 pm

      😀 😀 😀
      emeehunnah gotheh nuvanees story nueh nimeyne ingey SCARLET. dont worry
      🙂 thankyou so much

  3. Anju Anju says:
    February 18, 2019 at 12:30 pm

    Vvv reethi

    1. Aishath Lewsher says:
      February 18, 2019 at 1:03 pm

      Thank you so much ??

    2. Anju Anju says:
      February 18, 2019 at 1:37 pm

      Aishath Lewsher aneh bai up kurany kon dhuvahaku

    3. Ushaali says:
      February 18, 2019 at 1:56 pm

      maadhama. insha allah

  4. Barbie Mulla says:
    February 18, 2019 at 12:52 pm

    nice

    1. Aishath Lewsher says:
      February 18, 2019 at 1:03 pm

      thanks ?

  5. Jasmine says:
    February 18, 2019 at 2:19 pm

    Ifna haadha gadha kollaigen miulheny…hithi gothakah nimeyne baeh mee dhw Ushaa

    1. Ushaali says:
      February 18, 2019 at 3:15 pm

      yeah… story nimey iru vaa gotheh balamaa dhw mi baigandah

  6. Rose says:
    February 18, 2019 at 10:07 pm

    Nice story ever

    1. Ushaali says:
      February 19, 2019 at 8:15 am

      🙂 thankyou Rose

  7. Ainth says:
    February 18, 2019 at 11:03 pm

    Shukurihyaaaa Ushaali ? mibaa dhigukoh genes dhineyma v uffavehje …. dhn konirakun vaahaka upvaaney … vaahaka v reethi ❤

    1. Ushaali says:
      February 19, 2019 at 8:16 am

      🙂 miadhu try kuraanan up kureveytho and thankyou so much

  8. Evly says:
    February 19, 2019 at 12:07 am

    Story nimeny tha

    1. Ushaali says:
      February 19, 2019 at 9:03 am

      nooney. adhi ebuhuri varah kanthathah

  9. Winks says:
    February 19, 2019 at 10:00 am

    kobaa next part sis

    1. Ushaali says:
      February 19, 2019 at 11:26 am

      🙂 miadhu kollaanan ingey

    2. Winks says:
      February 19, 2019 at 12:44 pm

      thank u ur the best above the all

Comments are closed.

Next Episodeދިނީ ޒަހަރު…. 22←


All Right Reserved!