![](https://live.staticflickr.com/4367/37065657206_c3a8a1bc56_b.jpg)
ޔާރާ – 3
ދޯސް ޑިމްޕަލްސް………..” ލައިލް އެހެން ބުނެފައި އިނގިލި ޖައްސާލީ ކޮލުގެ އަޑިވެފައިވާ ތަނުގައެވެ. އަދި އިތުރަށް އަހަންނާއި ކައިރިވެލިއެވެ. އެހަށިގަނޑުން މީރުވަސް އޭރު އަރައެވެ. ކުއްލިއަކަށް ލައިލް އަހަންނާއި ދުރުވެލިއެވެ. އެމޫނުން ފެންނަން ހުރީ މީގެ ކުރިން ފެންނަން ހުރި ރުޅިވެރިކަމެވެ. އަޖައިބެކެވެ. ދެން ލައިލް އަމިއްލައަށް ރުޅި އައިސް އައިސްފައި އުޅުމުގެ ބޭނުމެއް އެބައޮތް ހެއްޔެވެ. ސިޑިން މައްޗަށް އަރައިގެން ދަމުން ލައިލް ފަހަތަށް އެއްފަހަރުވެސް ބަލައެއް ނުލައެވެ.
ޖެހިގެން އައި ދުވަހު ރޫމީ ފެނުމާއިއެކު އަތުން ހަނާ އަޅާލަމުން އެމީހުންގެ ކައިރިއަށް އައުމަށް ބުނެލިއެވެ. ނަމަވެސް ފޯނު ދައްކާލަމުން ކަންފަތުގައި ޖަހާލަމުން އަހަރެން ގޮސް އިށީނީ ސަލްޓަން ޕާކުގައެވެ. ފަނާންވެސް އަހަންނާއިއެކު ފޯނު ހިފައިގެން ހުއްޓެވެ. ރޫމީމެން އައިސް އިށީނީ ދުރުގައި ހުރި ތަނެއްގައެވެ. އަހަރެން އެވަރަކުން ނޫޅެމެވެ. ނަމަވެސް ރޫމީ ހިތްހެޔޮ ކަމުން އަހަރެން ރޫމީއާއި ވާހަކަ ދައްކަމެވެ. ލައިލް އަހަންނާއި ދިމާލަށް އެންމެ ފަހަރަކުވެސް ބަލާ ނުލައެވެ. އަހަރެންވެސް ނޫޅޭ ވަރުން އުޅޭނެ ހެއްޔެވެ. ލަވަ ޖަހައިގެން އިންއިރު ދޭތެރެއަކުން ފޯނަށް މެސެޖެއް އާދެއެވެ. ނުދަންނަ ނަންބަރަކުން ކަމަށް ވުމުން އަހަރެން އަޅައެއް ނުލަމެވެ. ރޫމީ ލައިލް ކައިރިއަށް އައި އަނެއް ކުއްޖާ އަހަންނާއި ފަނާންއަށް ގޮވާލުމުން އަހަރުމެން ހީލީމެވެ. އަހަންނަށް އެއީ ކާކުކަން ނޭނގުނު ނަމަވެސް އެކުއްޖާއަށް އަހަރެން އެނގިއްޖެއެވެ. އިރުކޮޅެއް ފަހުން ރޫމީ އައީ ކައިރީގައި ހުރި “ލިކް” ކިޔާ ތަނަކުން ލޮލީ ގަނެގެންނެވެ. އަހަރެން އޭގައި ހިފާލަމުން ހިނިތުން ވެލީމެވެ. އެއްބަނޑު އެއްބަފާ މީހުން މިހައި ތަފާތު ވެދާނެ ހެއްޔެވެ.
ފަނާން އޭނަގެ ފޯނުގައި ނަގައި އޭގައިހުރި ލައިލްއާއި ފަނާން ނަގާފައިވާ ފޮޓޯތަށް ދައްކާލިއެވެ. ފޭސްކްބުކްގައި ހުރިއޭގެ ބައެއް ފޮޓީތައް ފަނާން ދައްކާލިއެވެ. ދެން ދައްކާލި ފޮޓޯ އަކުން އަހަރެން ދެލޯ ބޮޑުކޮއްލީމެވެ. ތުވާލި އޮޅާލައިގެން ހުރި ލައިލް ފެނުމުން އަހަރެންގެ އަނގަ ހުޅުވުނު ގޮތުން ފަނާން އަވަހަށް އެފޮޓޯ ޑިލީޓް ކޮއްލިއެވެ. އެމޫނުން ފެންނަން ހުރީ ނުތަނަވަސް ކަމެވެ. ކުއްލިއަކަށް ފަނާން އަހަރެންގެ އަތުގައި ހިފަމުން ފޯނަށް ބަލާލަން ބުނެލިއެވެ. އަހަރެން ބަލާލިއިރު އޮތީ މެސެޖެކެވެ. އެއްވެސް މީހަކު ކައިރީގައި ނުދެއްކުމަށް އެދިއެވެ.
“އެއްވެސް މީހެއް ގާތު ނޮބޮނަ…” (އެއްވެސް މީހެއް ގާތުގައި ނުބުނައްޗޭ…) ފަނާން އަހަރެންގެ އަތުގައި ހިފާލަމުން އެހެން ބުނެލުމުން އަހަރެން ދެލޯ ބޮޑު ކޮއްލީމެވެ. ފަނާނަށް ރަށުބަސް އެނގެނީ ކިހިނެއް ހެއްޔެވެ.
“ކިހިނެއް ރަޓު ބަހަ އެނގެންނު… ފަނާން ރަޓު މީހެކެ؟….” (ކިހިނެއް ރަށު ބަސް އެނގެނީ.. ފަނާން ރަށު މީހެއްތަ) އަހަރެން އަތްތިލަ ބަޑި ޖަހާލާފައި އެހެން އަހާލީމެެވެ. ފަނާން ބޯ ޖަހާލުމުން އިތުރަށް އުފާވިއެވެ. އުުމުރުގައިވެސް މަންމަ ނޫން އެހެން މީހަކާއި އަހަރެން ރަށުބަހުން ވާހަކަ ނުދައްކަމެވެ. ލާރާއަށްވެސް އެވަރަކަށް ނޭނގެއެވެ.
“މަންމާ ގާތު ބޮޑޮވޫ.. މަންމާއަކީ ވިލިގިލި މީހެއް….” (މަންމަ ގާތު އުޅެ ބޮޑުވީ… މަންމައަކީ ވިލިނގިލީ މީހެއް) ފަނާން އިސް ޖަހާލަމުން އެހެން ބުނެލިއެވެ.
“ހޫން… ފަނާން މާ ވަރަކުން މައި އެއީ ކޮން ރަށެއްގެ މީހެއް ތޯ ބަލަން އުޅުނު ސަބަބު މި އެނގުނީނު…. ނުވެސް ބުނެއޭ މިހުރިހާ ދުވަހު…” ރޫމީ އައިސް ލޯ އަޅާލަމުން ބުނެލި ގޮތުން އަހަރުމެން ދެމީހުން ހިނިތުން ވެލީމެވެ.
“އަހަންނަށް އިނގޭ ފަނާންއަކީ އެރަށު މީހެއްކަން…” ދުރުގައި ހުރި ފިރިހެންކުއްޖާ އެހެން ބުނުމުން އަހަރެން ބަލާލީމެވެ. އޭނާ ބަލަން ހުރީ އަހަރެންގެ މާނަށެވެ.
“މިރާސްއަށް އިނގުނަށް އަހަންނަށް ހެޔޮ…. މިރާސްތީ އަހަރެންގެ ބަޑީ އެއްނު….” ފަނާން އެހެން ބުނުމުން އަހަރެން މިރާސްގެ މޫނަށް ބަލާލީމެވެ. ލައިލް މެނާއި ވައްތަރު ގޮތެއް އެމޫނުގައިވިއެވެ. ފަނާން މަޑުމަޑުން މިރާސްއަކީ ލައިލްމެންގެ ދެބެންގެ ދެދަރި ކޮއްކޮ ކަމުގައި ބުނެލިއެވެ. އަދި ކިޔެވީ އަހަންނާއި އެއްސުކޫލަކުން ކަމުގައި ބުނެލިއެވެ.
“ފާޑެއްގެ މީހެކޭމީ.. އަހަންނަށް ކުރިން އެނގުނު ނަމަތާ އެރަށު ބަސް ދަސްކުރާނީ..” ރޫމީ ފަނާންގެ ބޮލުގައި އަތް ޖައްސާލަމުން ބުނެލިއެވެ. ފަނާން ހިތި ގޮތަކަށް ހީލަމުން އަހަންނަށް ބަލާލިއެވެ. ލައިލްމެން ދިއުމުން އަހަރުމެން ތިބީއެވެ. އަހަރެން ފަނާންއަށް ބަލާލީމެވެ. ފަނާން އިްނ ގޮތުން ހީވަނީ ދެންމެ ދެންމެ ރޮވިދާނެ ހެންނެވެ.
“ކިހިނެއްވީ؟…” ރަށު ބަހުން ނުބުނެ އަހަރެން ފަނާންގެ އަތުގައި ހިފައިލީމެވެ.
” އައި ސްލެޕްޓް ވިތް ހިމް މައިރާ… ލާސްޓް އިޔަރ ގަ… އެކަމް ލައިލް އަހަންނާ ގުޅޭކަށް ބޭނުމެއް ނުވި…” މައިރާ އެހެން ބުނުމުން އަހަރެންގެ ލޯ އިތުރަށް ބޮޑު ކޮއްލީމެވެ.
“ތި ލޯ ބޮޑު ނުކޮށްބަލަ… ވަރަށް ބިރުވެރި… އައި މީން ޔޫ އޯލްރެޑީ ހޭވް ބިގް އައިސް ހެހެހެ…” ފަނާން ނޭފަތް ދަމާލަމުން އެހެން ބުނުމުން އަހަރެން ހީލީމެވެ. ފަނާން އެހަދަނީ ދޮގު ނޫންކަން އެނގެއެވެ. މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ފަނާންގެ ހިތް އަހަންނަށް ދަސްވެއްޖެއެވެ.
“ގޯސްކަމެއް ކުރެވުނިއްޔާ ތައުބާވާން އޮންނަނީ… މީހުން ކައިރީގަ ކިޔާނެ ކަމެއް ނެތް… އެހެން ނޫނަސް އައި ނިއު ޔޫ ލައިކްޑް ދެޓް އެރޮގެންޓް ޕާރސަން…” ފަނާން ހިތްހަމަ ޖައްސާލަން އަހަރެން ބުނެލީމެވެ. ވަގުތުން ފަނާންގެ މޫނަށް ހިނިތުން ވުމެއް ވެރިވެގެން ދިޔައެވެ.
“ތެންކިއު މައި… ލައިލްގެ ޔާރާ..” ފަނާން އެހެން ބުނެލީ ރޫމީ ކުރިން ދުވަހު ދެއްކި ވާހަކައެއް މަތިން ހަނދާން ވުމުންނެވެ. އަދި އަހަރެންގައި ބައްދާލަމުން ބޮޑަށް ހިނިތުން ވެލިއެވެ.
“ޔޫ އަރ ލަކީ…”
“ކޮންކަމަކާ ލަކީވީ…” މޫނު ހަދާލަމުން އަހަރެން ބުނެލީމެވެ. ނަސީބު ރަނގަޅުވާން ސަބަބެއްވެސް އޮންނާނެ ނޫން ހެއްޔެވެ. ފަނާން އިންގޮތުން ދެރަވެފައިކަން އަހަންނަށް އެނގެއެވެ. ނަމަވެސް އަހަރެން އަހާކަށް ބޭނުމެއް ނުވިއެވެ. ކިޔައިދޭން ބޭނުން ވުމުން ފަނާން ކިޔައި ދޭނެއެވެ.
ރޭގަނޑު ކާންތިބިއިރު އެއްވެސް މީހަކު ވާހަކައެއް ނުދައްކައެވެ. ބައްޕަ ހުރީ ކަމަކާއި ހިތްހަމަ ނުޖެހިފައިކަން އަހަންނަށް އެނގެއެވެ. ލާރާ ދޭތެރެއަކުން މަންމައަށް ބަލާލައެވެ. މާމަ މޭޒު ކައިރީގައި އިނދެގެން އަހަރެންގެ މޫނަށް ބަލާލާފައި ހީލައެވެ. ބައްޕަގެ މޫނުގައިވި އެކަންބޮޑުވުން އަހަންނަށް ކަމަކު ނުދިޔައެވެ. ނަމަވެސް އަހަރެންމީ ބަސްއަހާ ދަރިކަމުން އަހާކަށްވެސް ނުކެރުނެވެ. ކައި ނިމިގެން އަހަރެމެން ތިބީ ސިޓިން ރޫމްގައެވެ. މާމަ ކައިރީގައި އަހަރެން އިންއިރު އަހަރެންގެ އަތް އޮތީ މާމަގެ އުނގުގައެވެ. މަންމަ އުޅޭގޮތުން އަހަރެން ބައެއް ފަހަރު ރުޅިވެސް އާދެއެވެ. ބައްޕަ ކައިރީ އެންމެ ފަހަރަކުވެސް ވީކަމެއް އަހާލީއެއްވެސް ނޫނެވެ.
“ހަމްދޫން… ދަރިފުޅު ކިހިނެއް ވެގެން ތިއުޅެނީ….” ބައްޕަ އުޅޭގޮތުން މާމަ އެންމެ ފަހުން ނުހުރެވިގެން ބުނެލިއެވެ.
“ހަމީދާ ހަމަޖެހިބަލަ… ހަމަ ހޫނު ތަނަކު ޖެހިގެން އުޅޭހެން އެބައުޅޭ…” ބައްޕަ ތަންކޮޅެއް ބާރަށް ބުނުމުން މަންމަ ވަގުތުން މަޑު ޖެހިއްޖެއެވެ. އެހެން އިނދެފައި މަންމަ ދިޔައީ މައްޗަށެވެ.
“މިއަދު ދެބެން ދުށިން މަންމާ…. ވަރަށް ބޮޑު… އަހަންނަށްވުރެ ބޮޑު… ބޮޑުމީހާ ވަރަށް ރީތިކޮށް ވާހަކަ ދެއްކި… ވަރަށް އިޙްތިރާމްވެސް ކުރޭ އަޅުގަނޑަށް…” ބައްޕަ ދެރަވި ތަން ފެނިފައި އަހަރެން ގަނޑުވިއެވެ. ދުވަހަކުވެސް ބައްޕަ އެހެން ނުވެއެވެ. ބައްޕަގެ ކުރީގެ ކައިވެންޏަށް ދެފިރިހެން ކުދިން ތިބޭކަން އަހަންނަށް އެނގެއެވެ. އަދި ބައްޕަ މިހާރުވެސް އެއަންހެންމީހާދެކެ ލޯބިވާކަންވެސް އެނގެއެވެ.
“ދެން ކޮންއިރަކުން މިދެބެން އެކުދިންނާއި ބައްދަލު ކުރަން ގެންދާނީ އެކުދިންނާ….” މާމަ ބުނެލި ވާހަކަ އަކުން އަހަރެންގެ ހިތްތެޅިލިއެވެ. ކުއްލިއަކަށް އަހަރެން ބޭބެ މެނާއި ބައްދަލު ކުރަން ދާން ބޭނުންވިއެވެ.
“ނޫން މަންމާ… މިހާރު ގެންދާކަށް ބޭނުމެއް ނުވޭ… އަހަރެންގެ މިދެކުދިން ގެންދިޔައިއްޔާ އެމީހުންގެ މަންމަ ނުރުހުން ވެދާނެ… އެހެންވެ ބޭނުމެއް ނޫން….” ބައްޕަ އެހެން ބުނެލަމުން އައިސް އަހަރެންގެ ބޮލުގައި ފިރުމާލިއެވެ.
އަހަރެންގެ ފޯނު ވައިބްރޭޓް ވާން ފެށުމުން އަހަރެން ދުރަށް ޖެހިލީމެވެ. މާމަ އޭރުވެސް ބައްޕައާއި ކޮންމެވެސް ވާހަކައެއް ދައްކައެވެ. އަހަރެން ފޯނަށް ބަލާލަމުން ބުމަ ކައިރި ކޮއްލީމެވެ. އެއީ އަހަރެންނަށް އެންމެ ރީތި ދިވެހި ލަވައެވެ. ނަމަވެސް މީހަކު އަހަންނަށް މި ލަވަ ފޮނުވުމުގެ ބޭނުމެއް އެބައޮތް ހެއްޔެވެ. މިއީ އެއް އިރެއްގައި ޓީވީ އެމްއިން އައި ދިވެހި ޑްރާމާ ސޫރައިގެ ތީމް ލަވައެވެ. އޭރު އެލަވަ ރީތި ވެގެން އަހަރެން ރައްޓެހިންނާއެކު އުޅޭއިރުވެސް ޖަހައި ހަދަމެވެ.
“ސޫރަ ތިޔަ މިހިތުން ނުދާނެ…”
އަނެއްކާވެސް ހަމަ އެނަންބަރުން އަހަންނަށް މެސެޖް ކޮއްލިއެވެ. އަހަރެން އެނަންބަރަށް ގުޅާލީމެވެ. ނަމަވެސް ފޯނު އޮތީ ނިއްވާލާފައެވެ. އަހަރެން ފޯނު ސައިލެންޓަށް ލަމުން ކޮޓަރީގެ މޭޒުމަތީގައި ބޭއްވީމެވެ. ދެން ލަވަ ފޮނުވާ މީހަކު ލަވަ ފޮނުވަން ވީއެވެ. ބައްޕަމެން ކައިރިއަށް ނިކުތްއިރު ކޮންމެވެސް އެއްގޮތަކަށް ކަންތައް އޮތީ ނިމިފައެވެ. ލާރާ އެކަނި ދާގޮތަށް ހަމަޖެހުނީ ކިހިނެއް ވެގެން ކަމެއް އަހަންނަކަށް ނޭނގެއެވެ. ބައްޕަ އަހަންނަށް ބަލާލަމުން މަންމައަށް ބަލާލިއެވެ. ހީވީ އެއީ މަންމަގެ ނިންމުމެއް ހެންނެވެ.
ހެނދުނު ހޭލިއިރު އެއްކަލަ ނަންބަރުން ތިރީސް ފަހަރު ގުޅާފައި އޮތެވެ. އަހަރެން ބޮލަށް އުނދަގޫވެސް ވިއެވެ. ކާކުކަމެއްވެސް ނޭނގެއެވެ. މަޑުމަޑުން ބުރަކަށި ހިއްލާލަމުން ބާލީހުގައި ލެގިލަމުން ފޯމަށް ބަލާލީމެވެ. އެއްވެސް މެސެޖެއް ކޮއްފައެއް ނެތެވެ. ނަމަވެސް ފަނާންގެ މެސެޖެއް އޮތެވެ. ދަތުރު ދާނަންހޭ އަހާފައެވެ. އަހަރެން މަންމަމެން ކައިރީގައި އަހާނަމޭ ކިޔާފައި ފޮނުވާލީމެވެ. މި ހުކުރު ދުވަހު ބައްޕަ އުޅެނީ އަހަރުމެން ގޮވައިގެން ބޭބެމެން ކައިރިއަށް ދާށެވެ. އަހަރެން ނުގެންދިޔަ ކަމުގައި ވީނަމަވެސް ލާރާ ދާނެއެވެ. ފުން ނޭވައެއް ދޫކޮށްލަމުން އަހަރެން މަޑުމަޑުން ތެދުވެ ތައްޔާރު ވެލައިގެން ތިރިއަށް ފޭބީމެވެ. ބައްޕަ އޭރު ހުރީ އަހަރެންގެ އިންތިޒާރުގައެވެ.
މިއަދު އަހަރެން ސުކޫލަށް ދިޔަ މަގުމަތީގައި އެއްވެސް އެއްޗެކޭ ނުބުނަމެވެ. ބައްޕައަށް އެކަން ފާހަގަ ވެގެން އަހާލުމުންވެސް އަހަރެން އެއްޗެކޭއެއް ނުބުނަމެވެ. ކުލާހަށް ވަނުމުގެ ކުރިން އަހަރެން އަނެއްކާވެސް ފޯނު ސައިލެންޓަށް ލީމެވެ. އަދި ކިޔެވުމަށް ޝައުޤުވެރިކަން ދެވޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް އަހަރެންގެ ސަމާލުކަން އަތުލަނީ އިރުއިރުކޮށާ ދަބަހުގެ ތެރެއިން ވައިބްރޭޓް ވަމުން ދިޔަ ފޯނެވެ. ހަތަރު ގަޑީރު ނިމިގެން ދިޔައީ އެފަދަ ހާލެއްގައެވެ. ހުސްގަޑިއެއް ލިބުނުމުން އަހަރެން މައިލޯ ޕަކެޓެއް ހިފައިގެން އައިސް އިށީނދެ ދަބަސް ތެރެއިން ފޯނު ނަގައި ބަލައިލީމެވެ. މެއަށް ހީވީ ފިނިއެއްޗެއް އެޅިގެން ދިޔަހެންނެވެ. “ސޫރަ” ލަވައިގެން އެއްތަންކޮޅެއް ހަސޭތަ ވަރަކަށް ފަހަރު މެސެޖް ކޮއްފައި އޮތީ އިއްޔެވެސް މެސެޖްކުރި ނަންބަރުންވެ.
“ސޫރަ ތިޔަ މިހިތުން ނުދާނޭ…” އަހަރެން އެތަންކޮޅު ކިޔާލީ ލަވައިގެ ރާގުގައެވެ. ވަށައިގެން އަހަރެން ބަލާލީމެވެ. ފުރަތަމަވެސް އަހަރެންގެ ލޮލުގައި އަޅައިގަތީ ފޯނު އަތަށް ލައިގެން ހުރި ލައިލްއެވެ. ފޯނު ވައިބްރޭޓް ވުމުން އަހަރެން އަނެއްކާވެސް ބަލައިލީމެވެ. ހަމަ އެލަވައިގެ އެ ތަންކޮޅެވެ. މިހާރު ލައިލްވެސް ހުރީ އަހަންނަށް ބަލާށެވެ. ފޯނު ޖީބަށް ލަމުން ލައިލް އަނެއް ފަރާތަށް އެނބުރިލިއެވެ. ނަމަވެސް އެހައި ފަސޭހައިން ބޯ ދަމައިގަނެފައި ދިޔަދޭނެ ހެއްޔެވެ. ފަހަތުން ގޮސް އަހަރެން ލައިލްގެ ކޮނޑުގައި ޖަހައިލީމެވެ. ރުންކުރު ވެފައި ލައިލް އަހަންނާއި ދިމާލަށް ބަލާލިއެވެ.
“ކީއްވެ ތި މެސެޖް ކުރަނީ؟……” އަހަރެން މޫނު ހަދާލެވުނީ ގަސްތުގައެއް ނޫނެވެ. ނަމަވެސް އަހަންނަށް މެސެޖް ކުރަނީ ލައިލްކަން ޔަޤީނެވެ.
“ކާކުއަށް އަހަރެން މެސެޖް ކުރީ؟ އަހަރެން ޔާރާއަކަށް މެސެޖް އެއް ނުކުރަން…” ލައިލް ހީލި ގޮތުން އަހަރެންގެ ގައިން ހީބިހި ނަގައި ގަތެވެ. އިންސާނުންވެސް މިހައި ރީތި ހެއްޔެވެ.
“މައިރާ… އެންޑް ޔެސް ޔޫ ޓެކްސްޓެޑް މީ….” އަހަރެން ފޯނު ނަގައި ލައިލްއަށް ދައްކާލީމެވެ. ލައިލް އޭގެއަށް ބަލާލަމުން އަހަރެންގެ މޫނަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ.
“ކާކުގެ ސޫރައެއް؟….” މިހާރު ލައިލްހުރީ ރުޅި އައިސްފައެވެ. އަހަރެން ލައިލްގެ މޫނަށް ބަލާލަމުން ހިން ދިރުވާލީމެވެ. މިކުރެވުނީ ކުންހީއެއް ހެއްޔެވެ. އަތުގައި އޮތް ފޯނު ވައިބްރޭޓް ވުމާއެކު އަހަރެން އަނެއްކާވެސް ބަލާލީމެވެ.
“އަދު މަގޭ މަޖުބޫރު ހާލަތު، ވެސް ލޮލެއް ނެތޭ…” މިއީވެސް ހަމަ އެލަވައިގެ ތަންކޮޅެކެވެ. މިފަދަ ޖެއްސުމެއް މިކުރަނީ ކާކު ހެއްޔެވެ. މިއީ ހަމަގައިމުވެސް ލައިލް ކުރާ މެސެޖް ތަކެއް ނޫނެވެ. ލައިލއ އެހެރީ އަހަރެންގެ ކުރިމަތީގައި ހަށަން ބަނދެލައިގެންނެވެ. ހިތުގައި ކުޑަ ބިރުވެރިކަމެއްގެ ރާޅު އުފެދުނެވެ. ނަމަވެސް ނޭނގުނީ ކުރިއަށް އަންނަން އޮތް ތޫފާނެވެ.
“އައި ކޭމް ފޮރ ޔޫ…..” ދެން އައި މެސެޖް އައީ ސީދާ އަހަންނަށް ނިސްބަތްކޮށް ވާހަކަ ދައްކާ ރާގުގައެވެ. ވަގުތުން އަހަރެން ވަށައިގެން ބަލައިލީމެވެ. އެއްކަމެއް ޔަގީނެވެ. މިއީ ލައިލްގެ ކަމެއް ނޫނެވެ. ކޮންމެ މީހަކަށް މިމީހަކީ ކާކު ހެއްޔެވެ.
7 އަހަރު ފަސް
- މައިރާ –
ބަލިމީހާގެ އަތުގެ ވިންދު ބަލަމުން ދިޔައިރު އަހަންނަށް ވިސްނެމުން ދިޔައީ ލިފްޓްގެ ތެރެއިން ފެނުނު ލައިލްއާ މެދުގައެވެ. މިހައި ދުވަސް ފަހުން ފެނުމުންވެސް އަހަންނަށް މިވަނީ ކިހިނެއް ހެއްޔެވެ. އެއީ މީގެ އެތަށް އަހަރެއް ކުރިން އަހަރެން ބައެއްގެ ތެރޭގައި ލަދު ގަންނުވާފައި ދިޔަ މީހެކެވެ. ނަމަވެސް އެރީތިކަން ހީވަނީ އަހަރާއި އެކު ދެގުނަ ވެފައި ވާހެންނެވެ. އެއް މިނެޓް ހަމަވެގެން އެލާމް އެޅިއިރުވެސް އަހަންނަށް ނޭނގުނެވެ. އަހަރެންނަށް ހޭވެރިކަމެއްވީ ކައިރީގައި ހުރި އަނެއް ނަރުސް ކުއްޖާ އަތުގައި ބޮނޑިއެއް އެޅުމުންނެވެ. ތެޅި ގަނެފައި އަވަހަށް 75 ފަހެކޭ ބުނެވުނީ ގަސްތުގައެއް ނޫނެވެ. ފުން ނޭވާއެއް ދޫކޮށްލަމުން އަހަރެން ހިނގައިގަތީ އެތަނުން ނިކުންނާށެވެ. އަހަރެން މިސްރާބު ޖެހީ ކުޑަކުދިން ބަހައްޓާ ބަޔަށެވެ. އަހަރެން އަބަދުވެސް އެބަޔަށް ދިއުމުން ނޭނގޭ ހިތްހަމަ ޖެހުމެއް ލިބެއެވެ.
އެން. އައި.ސީ.ޔޫ ތެރޭގައި އަހަރެން އެކުޑަކުޑަ ފުރާނަ ތަކަށް ބަލާލީމެވެ. އެހައި ކުޑަކުދިން އެތަނުގައި ތިބުމުން އަހަރެން އަބަދުވެސް އެތަނުގައި ގިނަ ވަގުތު ހޭދަ ކުރަމެވެ. ގިނަ ކުދިން ތިބޭ މައިންނަށް އަބަދި އެތަނުގައި ނުތިބެވުނަސް އެކަން އެކުދިންނަށް އިހްސާސް ވިޔަކަ ނުދެމެވެ. އެތަނުގައި އޮތް ފަސްމަހުގެ ކުއްޖެއް ކައިރީގައި އަހަރެން ހުއްޓި ލައިގެން އިނީ އެކުޑަ މޫނަށް ބަލާށެވެ. އެކުއްޖާގެ މޫނުން އަހަންނަށް ތަރީމް ފެންނަ ކަހަލައެވެ. އެއީ އަހަރެންގެ ހަމައެކަނި ސިއްރެވެ. އަހަރެންގެ ހައަރުގެ ކުޑަކުޑަ ތަރީމްއެވެ. އަހަރެން މިއަދު ދިރި ހުރުމުގެ އަސްލެވެ.
“ޔާރާ…” ކުއްލިއަކަށް ދަންނަ އަޑަކުން އަހަރެން ސިއްސުވާލިއެވެ. ތަރީމްގެ ނަން ހިތަށް އައުމާއެކު ފަހަތުގައި ހުރި ލައިލްގެ މޫނަށް ބަލާލީމެވެ. ތުނިތުނިކޮށް އެއްވަރު ކޮއްލާފައިވާ އެމޫނުމަތިން އިހުނަށްވުރެ ފިރިހެން ވަންތަހެން ހީވެއެވެ. އެ އަޅި އެލޮލުން އަހަރެންނަށް ބަލަން ހުރި ގޮތުން ދެފައި ކޮޅުން ވާގި ދޫވާހާވެއެވެ.
“މައިރާ….” އަހަރެން ލައިލްގެ މޫނަށް ބަލަން ހުރުމުން، ލައިލް ހަނާ އަޅާލަމުން ލައިލް އަނެއްކާވެސް އަހަންނަށް ގޮވާލިއެވެ. އަހަންނަށް ކުރެވުނުހާވެސް ކަމަކީ ދެތިން ފަހަރު ފުންފުންކޮށް ނޭވާލުމެވެ. ދެން އެތަނުން ނިކުމެގެން އަވަސް ފިޔަވަލު ތަކެއްގައި ނިކުމެގެން ދިޔައީއެވެ. ލައިލްގެ ކުރިމަތީގައި ހުރުމަކީ މިއަދުވެސް އަހަންނަށް ވާނެ ކަމެއް ނޫނެވެ.
ޑިއުޓީގައި ހޭދަވި ވަގުތު ތަކުގައި އަހަންނަށް އަބަދުވެސް ލައިލް ގެ ނަޒަރު ހުރިކަން ފާހަގަ ވިއެވެ. ޑިއުޓީ ނިންމާފައި ނިކުތް އިރުގައިވެސް ލައިލް ދޮރުމަތީގައި ހުއްޓެވެ. ހީވީ އެއްޗެކޭ ބުނަން އުޅުނު ހެންނެވެ. ނަމަވެސް އަހަރެން އެނގޭ ކަމަށްވެސް ނުހަދަމެވެ. ލައިލް އަހަންނަށް އެހެން ހެދިއިރު އަހަންނަށްވެސް އެހެން ހެދޭނެއެވެ. މިއަދު އަހަރެން މިތަނުގައި މިހުރީ އެހެންވެއެވެ. އެހެން ނޫނީ އަހަރެން މިއަދު އެހެން މީހެއްގެ ލޮލަށް ނުވެސް ފެންނާނެ ކަންނޭނގެއެވެ. ލައިލް އެންމެ ފަހަރަކުވެސް އަހަރެންގެ ފަހަތަކުން ނާދެއެވެ. އަހަންނަށް ވީގޮތެއްވެސް ނުބަލައެވެ. އެންމެ ފަހަރަކު އަހަރެންގެ ފަހަތުން އައިނަމަ އަހަރެން އެނދަވަޅުން ސަލާމަތް ވީހެވެ. ކުރީގެ ހަނދާންތައް އައިސް ވަށާލުމުން އަހަރެން ބީ ހޫރުވާލީމެވެ. ހީވީ އެމަންޒަރު ފެނުނު ހެންނެވެ. ހޮސްޕިޓަލު ކުރިމައްޗަށް ހުއްޓާލި ސައިކަލު ފެނުމުން ބަލައިލަމުން ހިނިތުން ވީމެވެ. މިރާސް އަހަންނަށް ބަލާލީ މައުނަވީ ގޮތަކަށެވެ. އަދި ހިނދުކޮޅަކަށް އެހެން ހުރެފައި ހިނިތުން ވެލިއެވެ.
ލައިލްއާއި މިރާސް ދިޔަތަން ބަލަން އިނދެވުނީއެވެ. ލައިލް ގޭޓު ކައިރީގައި މަޑުކޮއްލައިގެން ހުރީ އެހެންވީމާ މިރާސް އަންނަން ދެނެވެ. އަހަންނަށް އެނގިފައިވާ ގޮތުން މިރާސްވެސް ދިޔައީ ހަމަ ލައިލް ހުރި ގައުމަށް ޑޮކްޓަރކަން ކިޔަވާށެވެ. އެއީ އަހަންނާއި ފަނާން އެންމެ ފަހުން ވާހަކަ ދެއްކީ މީގެ ހަތްއަހަރު ކުރިންނެވެ. އެދުވަހު ފަނާން އެހެން ބުނެފައި އަހަރެންގެ އަތުގައި ހިފާލަމުން އެހެން ބުނީ ދެރަވެފައެވެ. މަޑު ހިނގުމެއްގައި އަހަރެން ކުރިއަށް ދިޔައީ ފަޔަށް ވެފައިވާ ވާޅެއްގެ ސަބަބުންނެވެ. ކިރިޔާ ބިމުން ފައި ނެގެނީއެވެ. ރިންގުމަވުން ދިޔަ ފޯނު ނަގަންވެސް އަހަރެން ބޭނުމެއް ނުވިއެވެ. އަހަރެންގެ ފިޔަވަޅަށް ބާރުކަމެއް އައީ ފަހަތުން މީހަކު އަންނަހެން ހީވުމުންނެވެ. އަވަހަށް ފަހަތަށް ބަލާލީމެވެ. ރޭގަނޑު ދޭއްޖަހައި ބޮޑުވާފަހުން އަހަރެން ގެއަށް އަންނަ މީ ފުރަތަމަ ފަހަރެއް ނޫނެވެ. ނަމަވެސް މިހަތް އަހަރު ތެރޭގައި އަހަންނަށް މިކަހަލަ އިހްސާސެއް ވެފައެއް ނެތެވެ. ފޯނު ނަގައި ކަންފަތުގައި ޖަހާލަމުން އަހަރެން މީހަކާއި ވާހަކަ ދައްކާކަމަށް ހެދުނީމެވެ.
“މަންމާ…. މިދަނީ ގެއަށް…. މިހުރީ އަމީނީ މަގުގަ މިހާރު…..” މިހާރު އަހަރެން ހިތަށް އަރަމުން މިދަނީ ކުރިން މަންމަ ގުޅުމުން ކަނޑާލެވުމު މޮޔައޭ ހިތަށް އަރާފައެވެ. އަހަރެން ބާރަށް ހިނގާފައި ދިޔައީ ޕޮލިހުން ތިބޭ ތަނާއި ކައިރި ވުމަށެވެ. އެތަނުގައި ޑިއުޓީއަށް މީހުން ތިބޭނެއެވެ.
“ފަސް މިނެޓް ތެރޭގައި އަހަންނަށް ދެވޭނެ ގެއާއި ހަމައަށް…… ތަރީ ނިދީތަ………” އަހަރެން ހަދަހަދައިގެން ވާހަކަ ދައްކަމުން ގެނެދިޔައީ ކީއްވެ ކަމެއް ނޭނގުނެވެ. ނަމަވެސް ފަހަތުން މީހަކު އަންނަހެން ހީވަނީއެވެ. ކުރީގައިވެސް އަހަންނަށް ހީވީއެވެ. އަހަރެން އެކަމާއި ފިޔަވަޅެއް ނާޅައި އިނީއެވެ. ކަންފަތުގައި ފޯނު ޖަހައިގެން ހުރެ އަހަރެން ކުއްލިއަކަށް ފަހަތަށް ބަލައިލީމެވެ.
ނުނިމޭ
11 Comments!
Comments are closed.
Woww… vvvvv reethi.. Alhe maadhan nxt prt up kohdhehchey.. plz plz…. u r so good.. mibuny ehn kahala bahuruva akun vaahaka dhakkaafa huryma… vilingili kujjeh thr… ahaaly ingey.. luv ur stry…❤❤❤❤
hehehe i am not from villingili.. but thnk you
Salhi varah????
Alheee… Enme interesting bain ninmaaly mi bai…. Overall, varah reethi mi bai ves Masha allah… Keep it up ninnu… Next part avahah up kohla dhehchey ingey ☺️☺️❤️❤️????.. Will be waiting eagerly….
Varah salhi. Cant wait for the next.
Goodluck!
Ninnu 5th vana ah dhw.by the way story v.salhi.nxt part avahah up koh dehchey!!!
Varah reethi Mi part ves..
Nxt prt v..avaha.. up kodhechey..pls..mi bai ves v..salhi
Reethikon villigiley bahun vaahaka dhahkahnan dhaskerehen ninnu
Vvvvvv salhi mi pert ves.. ????
When next.???
When’s next part???