=މީގެ ގަޑިއިރެއް ކުރިން =
ކިޔާން އޭޑީކޭ ހޮސްޕިޓަލަށް ވަނީ އޭނާ އީއްޔެ ހެދި ޓެސްޓުގެ ރިޕޯޓް ނެގުމަށްފަހު ޑޮކްޓަރައް ދައްކާށެވެ. ޑޮކްޓަރަށް ދާ ވާހަކަ ގޭމިހުން ކައިރި ބުނެފިނަމަ ހާސްވެދާނެތީވެ އޮފީހަށް މުހިއްމު ކަމަކަށް ދާންޖެހުނީއޭ ކިޔާފަ އޮޅުވާާލިއެވެ. ކިޔާން ޑޮކްޓަރަށް ދައްކަން ޖެހުނީ މިހާރަކަށް އައިސް ވަރަށް ގަދައަށް ބޮލުގަ އަބަދު ރިއްސާތީވެއެވެ. އަދި އިތުރުއެހެން އުދަނގޫތަކެއްވެސް ދިމާވާތީވެއެވެ. ރިޕޯޓް ނަގައިގެން ކިޔާން މިސްރާބުޖެހީ އޭނާ ދައްކަން ދާންޖެހޭ ޑޮކްޓަރުގެ ކޮޓަރިއާ ދިމާލަށެވެ. ކިޔާން ދައްކާ ޑޮކްޓަރަކީ އޭނާގެ އެކުވެރިޔެއްވެސްމެއެވެ. ” ޑޮކްޓަރ އިސްމާއިލް އިފްރާޒް” ކިޔާން ކޮޓަރީގެ ދޮރުގައި ހަރު ކޮށްފައިން އިން ނަން ކިޔާލިއެވެ. ކުރިމަތިވެފައިވާ ތޫފާނުގެ ހިލަމެއްނުވާ ހާލު ކިޔާން ދޮރުހުޅުވާލުމަށްފަހު ވަނެވެ.
އަހަ ކިޔާްން ތިއައީ ދޯ ، އަހަރެން މިހިރީ ކިޔާން އަންނަންދެން….”. އިފްރާޒް އުފާވެލާފައި ވާހަަކަ ދެއްކިއެވެ. ކޮބާ ރިޕޯޓްސް އިފްރާޒް އަހައިލިއެވެ. “މިއޮތީ” ރިޕޯޓްސް ދިއްކޮށްލަމުން ކިޔާން ބުނެލިއެވެ. ރިފޯޓްސް ބަލާލެވުނު ހިނދު އިފްރާޒްގެ މޫނުމަތީގައި ވީ ހިނިތުން ވުން ފިލާ ކަންމޮޑުވުން އެކުލެވިފައި ވާފަދަ ބެލުމަކުން ކިޔާންއަށް ބަލާލިއެވެ.
“ކިހިނެތްވީ އިފޫ ؟ އިޒް އެވްރިތިންގް އޯކޭ” ކިޔާންއަށް އަހައިލެވުނެވެ. އިފްރާޒްގެ މޫނުމަތީގައިވާ ކުލަވަރުން ކޮންމެވެސް ކަމެއް ވެއްޖެ ކަމުގެ ސިގްނަލް ކިޔާންގެ ސިކުނޑި އޭނައަށް ދިނެވެ. ނަަމަވެސް އިފްރާޒް އެ ސަުވާލަށް ޖަވާބުނުދެއެވެ. ހަމައެކަނި އޭނަ ފަަހަތުން އައުމަށް އިޝާރާތްކުރިއެވެ. އިފްރާޒްގެ ފަހަތުންދިއުމަށް ކިޔާްންހިނގައިގަތެވެ. އިފްރާޒްގެ މިސްރާބުހުރީ އެމް އާރ އައި ސްކޭން ހަދާތަނަާ ދިމާލަށެވެ. ކިޔާން ހުރީ ވެގެން އުޅޭގޮތެއް ނޭނގިގެން ހާސްވެފައިއެވެ.
އެތަނުގެ ދުރުހުޅުވާލުމަށްފަހު ކިޔާންއަށް އެތެރެއަށް ވަންނަން އިފްރާޒް އިޝާރާތްކުރިއެވެ. އެކުވެރިޔާގެ އެ އޝާރާތުން ކިޔާން އެތެރެއަށް ވަނެވެ. އެތަނުގައި އެވަގުތު އިން މީހާ ކައިރި ސްކޭން އެމާރޖެންސީ ކޮށް ހެދުމަށް އިފްރާޒް ބުންޏެވެ. އެއާއެކު އެމީހާ ސްކޭން ހަދަން ޖެހޭ ތައްޔާރީތައް ފެށިއެވެ. އަދި ހަދަން ވީގޮތް ކިޔާންއަށް ކިޔާއި ދިނެވެ. ކިޔަަންގެ ސްކޭން ފެށުމުން އިފްރާޒް ބޭރަށް ނިކުތެވެ.
އޭނަގެ މިސްރާބުހުރި ކެންސަރާބެހޭ ޑޮކްޓަރުން ތިބޭ ޑިޕާރޓްމެންޓަށެވެ. “ޑޮކްޓަރް ޔަޒްދާން އެބަުޅޭތަ” ކައުންޓަރު ކައިރިއިން ކުއްޖާ ކައިރި އިފްރާޒް އަހައިލިއެވެ. ލައްބާ އެކުއްޖާ ޖަވާބުދިނެވެ. އެއަންހެން ކުއްޖާއަށް ޝުކުރުއަދާކުރުމަށްފަހު އިފްރާޒް ޔަޒްދާން ގެ ރޫމް އާ ދިމާލަށް މިސްރާބުޖެހިއެވެ. ދޮރާހަމަވުމުން އޭނަ ޓަކިޖަހައިލިއެވެ. “ކަމް އިން ” އެތެރެއިން ބުނެލިއަޑުއިވުނެވެ. އިފްރާޒް ދުރުހުޅުވާލުމަށް ފަހު އެތެރެއަށް ވަނެވެ.
” ދާން، ބިޒީގަޑިއެއްތަ މީ؟” އިފްރާޒް ސުވާލުކުރިއެވެ ” ނުން މިގަޑި ފްރީ ދެންމެ ޕޭޝަންޓުން ބަލައިމިނިމުނީ…..ކިހިނެތްވީ އަނެއްކާ” ޔަޒްދާން ސުވާލުކުރިއެވެ. މީ އަނެތް އަހަރެންގެ ފްރެންޑެއްގެ ބޮޑީގަ ކެނަސާރ ސެލްސް އިން ކަމަށް ރިޕޯރޓްސް ގަ އިންނާތީވެ އަހަރެން މިއައީ އޭނަގެ އެމް އާރ އައި ސްކޭނެއް ހަދަން އެތާއިން ހަމީދުއައި ހަވާލުކޮށްފަ…… ދާން އެ ކެންސާރ ހަށިގަނޑުގެ އެހެންތަނެއްގަ އިނަތޯ ބަލާލަދޭންވިއެއްނުން” އިފްރާޒް އެދުނެވެ. އެހެނީ އެކަންތައްތަށް އެންމެ ރަނގަޅަށް އިނގޭނީ ޔަޒްދާހްއަށް ވާތިވެއެވެ.
” އެންމެ ރަނގަޅު ހިނގާ” ގޮނޑިން ތެދުވަމުން ޔަޒްދާން ބުންޏެވެ. ދެމިހުންނަށް އެހިސާބަށް ދެވުނުއިރު ހަމީދު ވަނީ ހުރިހާ ކަމެއް ނިންމާލައިފައިއެވެ. ޔަޒްދާން މޮނީޓަރު ބަލައިލި އަދި އެއާދިމާލަށްބަލާލުމަށްފަހު އިފްރާޒް އާއި ކިޔާންއަށް ވަކިވަކިން ބަލައިލިއެވެ. “ދާން އިތުރުތަނެއްގައިނީތަ؟” ކަންބޮޑުވުން އެކުލެވިފައިވާ އަޑަކުން އިފްރާޒް އަހައިލިއެވެ.
ޔަޒްދާން ފުންނޭވާއެއް ދޫކޮށްލަމުން މަޑުމަޑުން ފަހަރަކު މީހަކާ ދިމާލަށް ބަލާލަމުން ބޯޖަހއިލިއެވެ. “އަހަރެން ގައިގަ ކޯއްޗެއް ހުރީ؟” ވަނުވާނޭނގޭ ހާލު ކިޔާން ސުވާލުކޮށްލިއެވެ.
އެކުވެރިޔާގެ ހިތަށް ކުރަަނެ އަސަރު ހިތަށް އެރުމުން އިފްރާޒްގެ އަށް އެތާހުންނަން އުނދަގޫވިއެވެ. ޢެހެންކަމުން އޭނާއެތަނުން ނިކުމެގެން ދިޔައީއެވެ. ސުވާލުގެ ނަޒަރަކުން ދެން ކިޔާން ބަލައިލީ ޔަޒްދާން ދިމާލަށެވެ. ޔަޒްދާން ބުނެލި ޖުމްލައަކުން ކިޔާންގެ މުޅި ދުނިޔެ އެނބުރިގަށް ފަދައެވެ.
” އައި އޭމް ސޮރީ ބަޓް ޔޫ ހޭވް ކެންސާރ އެންޑް ދެ އާރް އިޒް އަ ޓިއުމާރް އިން ޔޯ ބްރެއިން….. އެން ދަ ކެންސާރ އިޓްސް ބްލަޑް ކެންސާރ….. ބްރެއިންގަ އިން ޓިއުމާރ ނެގިނަމަވެސް ރަނގަޅުވާނެ ކަމުގެ 50 % އަޅުގަނޑަށް ދެވޭނީ ސަބަބަކީ އިޓްސް ބީން ލޯންގް ސިންސް ޔޫ ހެޑް އިޓް….. ބްލަޑް ގަ އިން ކެންސާރ ސެލްސް ނައްތާލެވޭހެ ކަމުގެ 95 % އަޅުގަނޑަޭ ދެވިދާނެ އޭޒް އިޓްސް އިން ދަ ބިގިނިންގް އޮފް ސްޓެޖް ވަން…… ޔަޒްދާން އޮޅުން ފިލުވައި ދިނެވެ.ކިޔާންއަށް ވެފައިއިން ގޮތުން އެހިތަށް ވެސް އަސަރުކުރިއެވެ .
“ވީހާވެސް އަވަހަކަށް ޓްރީޓްމެންޓް ފެށުން ރަނގަޅީ ” ޔަޒްދާން އިތުރު ކޮށްލިއެވެ. ކިޔާން ހަމައެކަނި ބޯޖަހައިލީއެވެ. އަދި އެތަނުން ނިކުންނަން މިސްރާބުޖެހިއެވެ. ހިތްވަރުދިނުމުގެ ގޮތުން ޔަޒްދާން ކިޔާންގެ ކޮނޑުގައި ޖަހައިލިއެވެ. އަދި ހިތްވަރު އެލުވާނުލުމަށް އެދުނެވެ. ކިޔާން އަށް ކޮށްލެވުނުހަ ކަމަކީވެސް ބޯޖަހައިލުމެވެ. ވާހަކަދައްކާނެ ހިތްވަރެއް އެ ގަޔަކުނެތެވެ.
=ނުނިމޭ=
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.



i knew this was the reason….but don’t do anything to him
Lets see dhw vaagotheh
Salhi inge mi part vec❤❤…Ekm kihineh baa dhw Mivany??…vvv curious vehje dhn v gotheh balailaa hithun??…Dhn kiyaaan akaa e grl nugulheveyne dhw…so sad??….Anyways kyp going??…May God bless u darla??…Lysm
Thanks dear ?❤️ hingaa dhw vaagotheh balan
Nice mi prt, yaan ah cancer jehifadhw… So sad….. BTW v nice, ekm little typing error ebahuri, try to improve nxr time
Bst whishes frm me???????
Thanks laalu❤️?
Ur ollways wlc dear luv ya???????
varah salhi but varah kuru????
Next part dhigu kohla dheynan
Konirakun next part vvv curious vefa mihury im waiting for next part
Liyevunu haa avahakah upkohdheynan
?????