ބުނާށެ ލޯބި ނުވަނީހޭ……24
ޓެސްޓް ގާތްވަމުން ދިޔަ ވަރަކަަށް އެކްސްޓްރާ ކްލާސްތައްވެސް ނަގާލެއް އިތުރުވިއެވެ. ކޮންމެ ރެއަކުހެން ކޮންމެސް އެއްމާދާއެއްގެ އިތުރު ގަޑި އޮވެއެވެ. ރޭގަނޑު އަށަކުން ފެށިގެން ދިހައެއް ޖަހަންދެކަށް ކޮންމެ ރެއަކުވެސް އެކްސްޓްރާ ކްލާސް އޮވެއެވެ.
އެކްސްޓްރާ ކްލާސް ނިންމާފައި ގެއަށް އައި ރައިހާނާ ހުރީ ވަރުބަލިވެގެން ހަލާކުވާން ކައިރިވެފައެވެ. ދުވާލުގަޑީވެސް އެދުވަހު ގިނަ ވަގުތު ހޭދަކިރީ ސްކޫލްގައެވެ. ރައިހާނާ ބޭނުންވީ ކުޑަ ގޮތަކަށް ފެންވަރާލައިގެން އަވަހަށް ނިދާށެވެ.
ނިދަން އެނދުގައި އޮށޯތްތަނުން ފޯނަށް މެސެންޖާއިން މެސެޖެއްއައެވެ. ކަންނެއްކަމާއެކު ފޯނުނަގާ ކާކުތޯ މެސެޖް ކުރީބަލާލިއެވެ. މޫނަށް ފޫހި ވައްތަރެއް ޖައްސާލެވުނީ ޒިވާންގެ މެސެޖަކަށްވުމުންނެވެ. އޮތީ ރައިހާނާގެ ހާލުއަހާފައެވެ. ސީންވެސް ނާރުވާ ރައިހާނާ މެސެޖް ޑިލީޓްކޮށްލުމަށްފަހު އެއްވެސް ފަރުވާލެއް ނެތް ގޮތަށް ފޯނު އެނދުމައްޗަށް ހޫރާލިއެވެ. ލޯމަރާލުމާއެކު ސިފަވީ ހިނިތުންވެފައި ހުރި ހަމްޒާއެވެ. ރައިހާނާގެ ހިތަށް ތޫނު ތަދެއް އަރާގެން ދިޔައެވެ. މިވީހާ ދުވަހު ކޮންމެ ދުވަހަކުވެސް އޭނާގެ ހާލަކީއެއީއެވެ. ހަމްޒާ ފެނުމުން ހިތުގައި ވޭން އަޅައެވެ. ހިތާހިތުން ޝަކުވާ ކުރެވެއެވެ. ހިސްޓްރީ ގަޑިވެފައިވަނީ އެންމެ އުނދަގޫ ގަޑިއަށެވެ. ފިލާވަޅަށްވުރެ ރައިހާނާއަށް ވިސްނެނީ އަންޖަލްއާ ހަމްޒާއާ މެދުގައެވެ. ހަމްޒާ އަންޖަލްދެކެ ލޯބިވޭބާއޭ އަބަދުހެން ހިތަށްއަރައެވެ. ހަމްޒާގެ ހިތުގައި އޭނާއަށްޓަކައި ކުޑަ މިންވަރެއްގެ އިހްސާސެއްވޭތޯ އެދެވެއެވެ. ހިސްޓްރީގަޑީގެ ސާޅިސް ފަސްމިނެޓް ހީވަނީ ސާޅިސް ގަރުނުހެންނެވެ. ކޮންމެ ދުވަހަކު ކަރުނަތައް ހިންދައިގެން އިންނަނީ ވަރަށް ހިއްވަރުކޮށްގެންނެވެ. ގެއަށް އައިސް ބައެއް ފަހަރު ދެތިން ގަޑިއިރު ވަންދެކަން ރޯން އިނދެއެވެ. އެންމެ ފުރަތަމަ ހަމްޒާ އަންޖަލް ޑިނާރ ޑޭޓަކަށް ގެންދިޔަ ވާހަކަ އުފަލާއެކު އަންޖަލް ކިޔާދިންއިން އިރު ރައިހާނާގެ ހިތުން ލޭކަރުނަ އަންނަމުން ދިޔައެވެ. ގަދަކަމުން އުފާވެރިކަން މޫނު މައްޗަށް ވެރިކޮށްގެން އިންއިރު އެހިތް ފޮތި ފޮތިވަމުން ދިޔައެވެ. އަންޖަލްގެ ބަދަލުގައި އޭނާ އެމަގާމުގައި ހުރި ނަމައޭ އެތައް ފަހަރަކު ހިތަށް އެރިއެވެ. އަންޖަލްއާ މެދު ހަސަދަވެރިވިއެވެ.
ފަހަކަށް އައިސް ރީހާންގެ މިޒާޖަށް ބޮޑެތި ބަދުލަތަކެއް ވަނީ އައިސްފައެވެ. ކުރިން އަބަދުހެން ކޮންމެސް ސަމާސާއެއް ކޮށް އުޅޭ ކުއްޖާ މިހާރު އަބަދުހެން ހުންނަނީ ނެގި މަޑުވެފައެވެ. އަބަދުވެސް ފެންނަނީ ކޮންމެސް ކަމަކާ ފިކުރު ކުރަން ހުންނަތަނެވެ. މިހާ ހުންނަނީ މުޅިން މާޔޫސްވެ ދެރަވެފައެވެ. ކުރިން އަބަދުހެން ހިނިތުންވެފައި ހުންނަ ކުއްޖާ ގެ މޫނު މަތިން ފެންނަމުން ހިތާމައިގެ ސާލެކެވެ. ޝައުފާއަށް އެކަން ފާހަގަވެގެން ވެގެން އުޅޭ ގޮތް ރީހާން ގާތު އެހިއެވެ. އެއިން ކޮންމެ ފަހަރަކުވެސް އޭނާ ބުނަމުން ދިޔައީ ސްކޫލްގައި މާ ބުރައީ ކަމަށެވެ. ޓެސްޓް ކައިރިވާތީ މާ ބޮޑަށް ހާސްވަނީ ކަމުގައެވެ. ރީހާންގެ އުޒުރު ގަބޫލުކުރުން ޝައުފާއަށްވީ އުނދަގޫ ކަމަކަށެވެ. ރައިހާާނާއާ ޚިލާފަށް ރީހާންއަކީ ކިޔެވުމަށް މާ ބޮޑު ސަމާލުކަމެއް ދޭކުއްޖެއް ނޫނެވެ. ފިލާވަޅެއް ދަސްނުވެގެން ބޯހާސްވާވަރަށް ވުރެ ރީހާން މާ ފަރުވާ ކުޑައެވެ. އޭނާއަކީ ކުލާހުގައި ޓީޗަރު ކިޔާދޭގަޑީ އަޑުއަހައިގެން ފިލާވަޅު ނަގައިގަންނަ ކުއްޖެކެވެ. ރައިހާނާހެން އަބަދު ފޮތް ކިޔާ ޓެސްޓް އަންނާތީ ހާސްވެ ކަންބޮޑުވެ ބިރެއް ނުގަންނާނެއެވެ. ކޮންމެ ނަތީޖާއެއް ލިބުނަސް ރީހާންއަށް ހެޔޮވާނެއެވެ. އެކަމާ ހުރެ ޝައުފާ ބައެއް ފަހަރު ރީހާންއަށް އަޑުލާވެސް ހަދައެެވެ. އެހެނަސް ރީހާންއަށް ކަހިރުވަކެކޭވެސް ހިތަށް ނާރާނެއެވެ.
ރައިހާނާ ފިލާވަޅު ދަސްކުރަން ހުއްޓާ ޝައުފާ ކޮޓަރިއަށް ވަނުމުން ރައިހާނާ ފޮތް ލައްޕާލިއެވެ. އަދި ޝައުފާ އައީ ކަމަކުތޯއެހިއެވެ. “ދަރިފުޅާ. ރީއްކޮ މިހާރަކަށް އައިސް ވަރަށް ފާޑަކަށް ހުންނަނީ. ރަނގަޅަކަށް ނުވެސް ކައި. ދަރިފުޅު ކޮއްކޮއާ ވާހަކަ ދައްކާލަންވީނު. މަންމަ އެހީމަ ބުނީ ޓެސްޓާ ސްކޫލް މާ ބުރައީއްޔޯ. މަންމަ ބިރުގަނޭ ރީއްކޮ ގޯސް މަގަކުން ހިނގައިފާނެތީ. މިހާރުގެ ކުދިންގެ ގޮތެއް ނޭންގެ. އަޅެ ދަރިފުޅު ކޮއްކޮއާ ވާހަކަ ދައްކާލަބަލަ. ފަހަރެއްގަ މަންމަ ކައިރީ ނުބުންޏަސް ރައިގާތު ބުނެފާނެ. ކޮންމެސް ވަގުތެއް ހޯދައިގެން ކޮއްކޮއާ ވާހަކަ ދައްކާލާތި” ރައިހާނާ ބޯ ޖަހާލިއެވެ. ކިޔެވުމުގައި މާ ބުރަކޮށް އުޅުމުން ރީހާންއާ ރައިހާނާ ދިމާ ވަނީ ވަރަށް މަދުންނެވެ. ރައިހާނާގެ ހިތުގައި ބިރުވެރިކާމުގެ ރާޅުބާނީއެއް ދަތުރުކޮށްލިއެވެ. ވިޝާހް ފަދައިން އޭނާގެ ލޯބިވާ ކޮއްކޮ ގޯސްމަގަގުން ހިނގަން ފެށީބާއޭ ހިތަށް އެރުމާއެކު ގައިން ހީބިހި ނަގައިގެން ދިޔައެވެ. ފޮތްތައް ރީއްޗަށް ތަރުތީބުކޮށްލުމަށްފަހު އޭނާ ގޮނޑިން ތެދުވިއެވެ. މިހާރުން މިހާރަށް އޭނާ ރީހާންއާ ވާހަކަ ދައްކަން ބޭނުންވިއެވެ.
އެނދުގައި އޮށޯވެލައިގެން އޮތް ރީހާންއަށް ތެދުވެވުނީ ޓަކި ޖަހާފައި ރައިހާނާ އެތެރެއަށް ވަނުމުންނެވެ. ރޭގަނޑުގެ އެއޮށްފަދަ ވަގުތު ރައިހާނާ އެއައީ ކީއްކުރަން ބާއޭ ހިތަށް އެރިއެވެ. ރީހާންގެ މޫނަށް ބަލާލުމުންވެސް އައިސްފައި ހުރި ބަދަލު ރައިހާނާއަށް ފާހަގަވިއެވެ. ކުރިން އޭނާއަށް ނޭންގުނީ ކީއްވެބާއޭ ހިތަށް އެރިއެވެ. “ކައިފިންތަ؟” ރީހާން ދެފަރާތަށް ބޯހޫރާލިއެވެ. ކާހިތް ނެތުމުގެ ސަބަބުން އޭނާ އޮތީ ނުކައެވެ. ރައިހާނާ އިތުރު ވާހަކައެއް ނުދައްކާ ކޮޓަރިން ނުކުތުމުން އަނެްކާވެސް ރީހާން އެނދުގައި އޮށޯތެވެ.
ފަނަރަ ވަރަކަށް މިނެޓް ފަހުން އަނެއްކާވެސް ކޮޓަރީގައި ޓަކިދިން އަޑުއިވުނެވެ. ދެލޯ މަރާގެން އޮވެ ހުޅާވާށޭ ރީހާން ބުންޏެވެ. ބޭރުގައި އިނދެފައި ކޮޓަރި ހުޅުވުމަށް ރައިހާނާ އެދުނެވެ. އަނގައިން ޗޮކެއް ކަނޑާލުމަށްފަހު ރިހާން ގޮސް ދޮރުހުޅުވާލިއެވެ.
ރައިހާނާ އަތުގައި ތަބަކެއް އިން އިރު އެތަބަކުގައި ހޫނު ދެ ނޫޑުލްސް ތަށްޓާ ދެތަށި ކޯކްއިނެވެ. ރައިހާނާ ކޮޓަރިއެއް ތެރެއަށް ވަދެފައި ސްޓަޑީ ޓޭބަލް މަތީ ތަބައް ބޭންދިއެވެ. އެއަަށްފަހު އެއްތަށި ނަގާ ރީހާންއަށް ދިއްކޮލިއެވެ.
ރީހާން ކާން ބޭނުންނުވިއަސް ރައިހާނާ ހަދާގެން ގެނަސްދިނުމުން ދެކޮޅުހަދާކަށް ނުކެރުނެވެ. އެނދުގައި އިށީންދެ ހަމަޖެހިލުމަށްފަހު އުލުން ނޫޑުސްކޮޅެއް ނަގައި އަނގަޔަށްލިއެވެ. “މީރުތަ؟” ރީހާން ބޯޖަހާލިއެވެ. ކައިނިމެންދެން އެދެމުގައި އެއްވެސް ވާހަކައެއް ނުދެކެވެއެވެ. މަޑު މަޑުން އިނދެ ރީހާން ކައި ނިންމާލިއެވެ. ރީހާންގެ އެހަމަހިމޭންކަމުން އޭނާގެ ހާލަތު ވަރަށް ގޯސްކަން ރައިހާނާއަށް އެނގުނެވެ.
“ރީއްކޮ ވަޓްސް ރޯންގް؟” ކައި ނިނުމާއެކު ސީދާ މައުލޫއަށް ރައިހާނާ ދިޔައެވެ. “ނަތިން” ރީހާންގެ ޖަވާބު ރުންކުރުވެފައި ކުރެވެ.
“ކަމޯން ރީއްކޯ! ދޮންތިއަށް އެނގޭ ރީއްކޮައަަށް ކޮންމެސް ބޮޑު ކަމެއް ވެއްޖެކަން. ޖަސްޓް ޓެލް މީ ވަޓް އިޓް އިޒް. ޔޫ ކޭން ޝެއަރ އެނީތިން ވިތް މީ” ރައިހާނާ ރީހާން އަތުގައި ހިފާލިއެވެ.
ރީހާން އެއްޗެކޭ ބުނަން އަނގަ ހުޅުވާލިއެވެ. ނަމަވެސް އެއްޗެކޭ ނުބުނެ އަނގަ ލައްޕާލުމަށްފަހު ދުރު ބަލާލިއެވެ. އޭނާގެ ދޮންތިއަަށް ވެގެން އޮތް ކިޔާދޭންވީހެއްޔެވެ؟ ރީހާން ރައިހާނާއަށް ކިޔާދޭން ޖެހިލުންވީ ރައިހާނާ ރުޅި އައިސްދާނެތީއެވެ. ރައިހާނާ ދެތިން ފަހަރަކު ރީހާންއަށް ގޮވާލިއެވެ.
“ދޮންތި. ވަކި އުމުރެއް އޮވޭތަ ލޯބިވާން؟” އަަަސަރާއެކު ރީހާން އަހާލިއެވެ. ރައިހާނާއަށް ރީހާން ބުނި އެއްޗެއްގެ މާނަ ދެނެގަންނާކަށް ނޭންގުނެވެ. “ދޮންތީ. އައި މީން މީހުން ބުނޭ އެއީ ވަރަށް ހަޑި ކަމަކޭ ފިރިހެން ކުއްޖަކު އެކުއްޖާއަށްވުރެ ބޮޑު މީހެއްދެކެ ލޯބިވުމަކީ!” ރައިހާނާއަށް ކޮންމެސް ވަރަކަށް ވާނުވާ ރޭކާލާފިއެވެ. އޭނާގެ ކޮއްކޮވެސް އެއުޅެނީ ލޯބީގެ އަވައިގައި ޖެހިގެންނެވެ. “އަނެއްކާ ރީއްކޮއަށް މުސްކުޅިއެއްދެކެ ލޯބިވެވުނީތަ؟” ރައިހާނާ ސަމާސާކޮށްލިއެވެ. އެއާއެކު ރީހާންގެ އަނގައިން ލުއި ހުނުމުގެ އަޑު ނުކުތެވެ. “ސޯ ކާކުތަ ދޮންތިގެ ހޭންޑްސަމް ކޮއްކޮގެ ހިތާ ކުޅެގެން މިއުޅެނީ. އެއީ ކާކުކަން އެނގުނީމައެއްނު ސެޓްކޮށްދެވޭނީވެސް!” ރީހާން ހިތިގޮތަކަށް ހިނިތުންވެލިއެވެ. ދޮންތިއަށް އޭނާ ލޯބިވަނީ ކާކުދެކެ ކަން އެނގިއްޖެޔާމުން އަނބުރައިގަނެގެން ވެއްޓިވެސް ދާނެއެވެ. “ދެން ރީއްކޮ ބުނެބަ. ކާކުތަ އެއީ. ދޮންތިއަށް އެނގޭ ކުއްޖެއްތަ؟” ރީހާން މާ ގިނައިރު ޖަވާބު ނުދީ އިންނަން ފެށުމުން ރައިހާނާ ކުސްތަޅާލިއެވެ. ރައިހާނާ އޭނާއަަށް އެނގޭ ކުދިންގެ ނަންތައް ކިޔަންފެށިއެވެ. ގިނައިން ކީ ހުސް ރަށުކުދިންގެ ނަމެވެ. ރީހާން ނުރުހޭ ކުއްޖެއްގެ ނަން ކިޔާފިނަމަ އައްޗީޑިއޭ ކިޔާ މޫނަށް ވައްތަރު ޖައްސާލައެވެ. ރައިހާނާ އެތައް ކުދިންނެއްގެ ނަން ކިޔާގެންވެސް ދިމަލެއް ނުކުރެވުނެވެ. “ހާދަ ވަރުގަދަ ކަމެކޭ ދޯދެން މީ! ހޫ އިޒް ޔުއަރ ކްރަޝް. ދޮންތިއަށް އެނގޭ ހުރިހާ އެންމެންގެ ނަން ކިޔިއްޖެ!” ރައިހާނާ ފުން ނޭވައެއް ދޫކޮށްލިއެވެ. ކުއްލިއަކަށް ހަނދާންވި ނަމަކުން ރައިހާނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އަނެއްކާ އޭނާގެ ކޮއްކޮއަށް ލޯބިވެވުނީ… ރައިހާނާއަށް އަނގަމަތީ އަތް އަޅާލެވުނެވެ. ނޫނެކޭ އެހެން ވެގެން ނުވާނެއެވެ. “އިޒް އިޓް އަންޖަލް؟” އަޅައަޅައި ގަންނަމުން ރައިހާނާ އަހާލިއެވެ. ރީހާން މަޑު މަޑުން ބޯޖަހާލިއެވެ. “ކޮންއިރަކު ވީ ކަމެއް؟” ސަމާސާ ގޮތް ގަނޑު ކެނޑި ރައިހާނާ ސީރިއަަސްވިއެވެ. “ރަށުގަ އުޅެނިކޮށް. އޭރު ފީލްވާން ފެށީ. އެކަމް ނޭންގެ ކިހިނެއްވަނީ ކަމެއް. މާ ފަހުން ރިއަލައިޒްވީ. ހަމްޒާބެއާ އޭންޖަލް ރަށްޓެހިވި ދުވަހު. ދޮންތި ގާތު ބުނަން ބޭނުންވި. އެކަމް ނުއެއް ކެރުނު ބުނާކަށް. ޝީ އިޒް ޔުއަރ ބެސްޓް ފްރެންޑް. އޭންޖަލް ރީއްކޮދެކެނީވެސް ކޮއްކޮއެއްހެން. އައި އޭމް އެޝޭމްޑް އޮފް މައި ސެލްފް. އެކަހަލަ ގޮތަކަށް އޭންޖަލްއާ މެދު ދެކެވޭތިވެ. ދޮންތި ވައި އިޒް އިޓް ސޯ ޕެއިންފުލް؟ ދޮންތި ކިހިނެއްތަ ހުރިހާ ކަމެއް ޓޮލަރޭޓް ކުރީ. ޒިވާން ކަންތަކާ ވިޝާހް ކަންތަކާ. ޔޫ ނެވާ ލެޓް މަމް ނިއު ޔޫ ވާރ އިން ޕެއިން. ހުރިހާ ކަމެއް ހައިޑްކޮށްގެން އުޅުނީ ކިހިނެއް؟ ޔޫ ވާރ ސޯ ބްރޭވް.” ރައިހާނާ ރީހާން ގައިގައި ބައްދާލިއެވެ. އަދި ލޯބިވުމަކީ މައްސަލައެއް ނޫންކަމަށް ބުންޏެވެ. އެކަމް ބައެއް ފަހަރު ލޯބިވާ މީހަގެ ހައްގުގައި ލޯބި ގުރުބާން ކުރަން ޖެހޭ ފަހަރުވެސް އާދޭކަމަށް ބުންޏެވެ. ގުރުބާނިއަކީ ލޯބިގެ އެއް މާނަ ކަމުގައި ބުންޏެވެ. ލޯބިވާހާ މީހެއް ލިބުމުގެ ނަސީބު އެންމެނަށް ނުލިބޭނެކަމަށް ރައިހާނާ ބުންޏެވެ. އެހެނޭ ކިޔާފަ އަމިއްލަ ދިރިއުޅުން ހަލާކުގެ ތެރެއަށް ވަށްޓައިލައިގެން ނުވާނެ ކަމަށްވެސް ބުންޏެވެ. “ރީއްކޮ ތީ އަދި ވަރަށް ޔަންގް ކުއްޖެއް. ލައިފް އޮތީ އަދި ކުރިއަށް. މިހާރު ކުރަންވި ކަމަކީ ރަނގަޅަށް ކިޔަވައިގެން ހަރުދަނާ މީހަކަށް ވާންވީ. އޭރުން މެރީ ކުރާ އޭޖަށް ދިއައީމަ އެތައް އަންހެން ކުދިންނެއް އަންނާނެ ރީއްކޮ ގާތަށް. ނޫނީ އޭރަށް ވާއިރަށް އަންޖަލްއަށްވުރެ މާ ރަނގަޅު ކުއްޖެއް ރީއްކޮގެ ލައިފަށް އައިސްދާނެ. އެކަމް މިއަދު ތިހެން ނުކައި ނުބޮއެ މުޅި މީހާ ހިކި އަނަރޫފަވެ ސިފަ ގެއްލި ހަރުދަނާކަން ގެއްލި މުޅި ފިއުޗާރ ހަލާކުކޮށްލީމަ ދެންވާނީ ކިހިނެއް؟ އޭރުން މަންމަމެންގެ ލޯބިވެސް އިންނާނެ އަންހެން ކުއްޖެއްވެސް ނުވާނެ. ގައިމުވެސް ރަނގަޅުވިސްނޭ ހެޔޮލަފާ ސޯލިހް ކުއްޖެއް ނުލިބޭނެ. ދުނިޔޭގަ އުޅޭއިރު ދިމާވާ ކަންކަމާ ކެރިގެން ކުރިމަތި ލާންވާނެ. ޔޫއަރ މައި ސްޓްރޯންގް ބްރަދާރ. ކަމެއްވާއިރަށް ރަޖާލައިގެން ފިލުން އެއީ ރީއްކޮގެ ސްޓައިލްއެއްވެސް ނޫނެއްނު. ބީ އަ މޭން ލިޓިލް ބްރަދާރ. ދޮންތި އުންމީދު ކުރަން މިއަދަށް ފަހު ކުރީގެ ރީއްކޮ އެނބުރި އަންނާނެ ކަމަށް” ރައިހާނާ ދިން ނަސޭހަތް ކަނުލާ ރީހާން އެހިއެވެ. ރީހާންއަށް ހީވީ ފުން ނިންޖެއްގެ ތެރޭގައި އޭނާ ވަނިކޮށް މީހަކު ހޭލައްވާލިހެންނެވެ. “ތޭންކް ޔޫ ދޮންތީ. އައި އޭމް ސޯ ލަކީ ޓު ހޭވް ޔޫ. ދޮންތި ކަހަލަ ދައްތައިން މި ޒަމާނުގަ މަދުވާނެ. އައި ލަވް ޔޫ ސޯ މަޗް ދޮންތީ” ރައިހާނާ ފަދަ ދައްތައަކު ލިބުމުން ރީހާން ހަގީގަތުގައިވެސް އުފާކުރިއެވެ. މި ޒަމާނުގައި އެއުމުރުގެ ރައިހާނާ ފަދަ ވިސްނޭ ޒުވާނުން މަދުވާނެއެވެ. ގިނައީ ލޯބީގެ ނަމުގައި އަމިއްލަ ހަޔާތް ބަރުބާދު ކުރާކުދިންނެވެ. ލޯބީގެ ނަމުގައި ކިތަންމެ މޮޔަކަމެއްވެސް ކޮށްފާނެއެވެ. ހަމަވިސްނޭއިރު ގިނަ ފަހަރަށް އޮންނަނީ ވަގުތު ފާއިތުވެފައެވެ. ކުއްޖާގެ މުޅި ދިރިއުޅުން ހަލާކުވެ ބަރުބާދުވެފައެވެ. އޭނާގެ ދޮންތި އެފަދަ ކުއްޖަކަށް ނުވެ ކަންކަމާ ކެރިގެން ކުރިމަތިލުމުން ދޮންތިއާ މެދު ރީހާން ފަޚުރުވެރިވިއެވެ. ދޮންތި ވިސްނައިނުދިންނަމަ އޭނާވެސް ގެއްލިހަލާކުވެދިއައިސްކަން ޔަގީނެވެ. ދޮންތިއަށް ހެޔޮ ރަހްމަތް ލެއްވުން އެދި ދުޢާކުރިއެވެ.
ރީހާންވެސް ބަދިގެއަށް ގޮސް ތަށްޓާ ނޫޑުލްސް ކެއްކި ތެލި ދޮވުމަށް އެހީތެރިވެދިނެވެ. ދެބެއިން އެކީ ބަދިގެ ސާފުކޮށްފައި ކުޑަ ވަގުތުކޮޅަކު ސަކަރާތް ޖަހަން ތިބުމަށްފަހު ނިދަން ދިއެވެ.
ރީހާންއާ އެކީ ރަނގަޅު ވަގުތުކޮޅެއް ހޭދަކުރެވުނުން ރައިހާނާ އުފާވިއެވެ. ހުރި ހަމައެކަނި ކޮއްކޮ ގެއްލި ހަލާކުނުވަނީސް ރަނގަޅު މަގު ދައްކައިދެވުމުން ހިތަށް ހަމަޖެހުމެއް ލިބުނެވެ. ރީހާން އަންޖަލް ދެކެ ލޯބިވުމުން ރައިހާނާއަށް ކުޑަކޮށް މަޖާވިއެވެ. އަންޖަލްއަށް އެނގުމުން ވާނެ ގޮތް ހިތަށް އެރުމާއެކު ހެވުނެވެ. ދެވަނަ ސިކުންތުގައި ހިނިތުންވުން ފިލައިގެން ދިޔައީ އޭނާއާ އަންޖަލްގެ ހީނަރުވެފައިވި ގުޅުން ހިތަށް އެރުމާއެކުއެވެ.
ކޮންމެ ގޮތަކަށް ކަންތައްވެފައި އޮތް ކަމުގައިވި ނަމަވެސް އަންޖަލްއަކީ ފެށުނީންސުރެ އޭނާގެ އެންމެ ގާތް އެކުވެރިޔާއެވެ. ރައިހާނާ އަމިއްލަ މޮޔަކަން ހިތަށް އެރުމާއެކު އަމިއްލަ ނަފްސަށް މަލާމަތް ކުރެވުނެވެ. ފިރިހެނެއްގެ ސަބަބުން އެންމެ ގާތް އެކުވެރިޔާއާ އޮތް ގުޅުން ކުޑަ ކުރެވުމުންނެވެ. ހަގީގަތުގައި އޭނާއަށް އެހެން ވުމުގެ އަސްލަކީ އަމިއްލަ ނަފްސެވެ. ރައިހާނާ އޭނާ ރީހާންއަށް ދިން ނަސޭހަތް އަމިއްލަ ނަފްސަށް ހަނދާން ކޮށްދިނެވެ. އަމިއްލަ ނަސޭހަތުގައި ހިފައި ކުރިއަށް ދާން އަޒުމް ކަނޑައެޅިއެވެ. ހަމްޒާއަށްޓަކައި ހިތުގައިވީ ލޯބި ކަފުންކޮށް ވަޅުލަން ރައިހާނާ އަޒުމް ކަނޑައެޅިއެވެ.
ހަމްޒާ އަންޖަލްއަށް ގުޅައިގެން އޮވެފައި ފޯނު ކަނޑާލީ ފޯނުގައި އޮވެ އަންޖަލްއަށް ނިދުމުންނެވެ. ކޮންމެ ރެއަކުހެން އަންޖަލްއަށް ނިދޭނީ ހަމްޒާއަށް ގުޅައިގެން އޮއްވައެވެ. ހަމްޒާ މަަސައްކަތް ކުރަމުން ދިޔައީ ރައިހާނާއަށްޓަކައި ހިތުގައިވި އިހްސާސްތައް ފަސްއަޅާ ފޮރުވާށެވެ. އަންޖަލްދެކެ ލޯބިވާން ކުރި މަސައްކަތް ދިޔައި ނާކާމިޔާބު ވަމުންނެވެ. ރައިހާނާދެކެ ވާ ލޯބި ފުހެލަން މަސައްކަތް ކުރަމުން ދިޔަ ވަރަކަށް އެލޯބި ދިޔައީ ފުންވަމުންނެވެ. އަންޖަލްއަށް އާއެކޭ ބުުނެގެން ކުރެވުނީ މޮޔަކަމެކޭ އެތައް ފަހަރަކު ހިތަށް އަރަމުން ދިޔައެވެ. މިހާރުދެން އެ ނިކަމެތި އަންހެން ކުއްޖާގެ ހިތް ހަލާކުކޮށްފައި ވަކިވާކަށް ހަމްޒާއަކަށް ނުކެރޭނެއެވެ. ލޯބިވާ މީހެއްގެ ފަރާތުން ކެހި ލިބުމުން ހިތުގައި އަޅާ ވޭން ހަމްޒާވަނީ ތަޖްރިބާކޮށްފައެވެެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
62 Comments!
Comments are closed.






Varah reethi vaahaka ka ye mi
Eyru vess heeviyey reehan anjal dheke loabivaa henn dhenn anjal ah vishaah rai ah hamza vaahaka varah reethi ???
Yay!me first dhw. Varah reethi vaahaka. Umeedhu kuran varah avahah nxt part nehlaanekama???
I mean third??
V reethi vaahaka masha allah????
Kiyara ge vaahaka tha update avas v ma varah ufaavey…Varah varah reethi
????????????????????????????????????????????
Alhey v salhi avahah aneh part up kohla dhybr
OMG….you are so talenred girl…☺????????????.ehaa avahah up kuraathy vvvvvvvv happy vejje???????????…..Hyvany kurin breakeh negyma ekan foo bahdhaalan baivaru ep thah eh faharaa liyaahen??…any way so happy..thi gothah kuriah huri baithah vea up kurachey…reehan ah ehengirl eh dhyfa vishaah ah anjal dheynjeheynh eyrin mi stry rythi vaany……vishaahhl anjal nulibi vvv sufer kuri…dhen avahah rai and hamza gulhivaba…mi stry ga kitah ep ebaintha nunimi….i luv this stry….hama knme dhivahkuves mi stry kiyan conmnet nukurwvunas…girl you are improving.???????????????…we appreciate you hard works and test thakun rangalhu natheejaa eh libeyne kamah ummedhu kuran…kiyevumah faruvaa kuda nukuraxhey vaahka liunakas.????????????????.ramdhaan mubaarak…lots of love kiyaara darling?????????????????????❤❤❤❤❤
Miyadhu evarah roakah nujehunu bt stll hurts me….. ????
Ey nooney bodukoh roalaaa hehehe
Laaluuuu alhe nikan balaa check kohlaafa buneba Jiji nuroatha kiyaa sis alhe ulhen veenu cryin baby list eh vaahakaige sifaiga liyan I think jiji , laalu ,cute lips n others uh v kamudhaane kanneyge INCLUDING me too
Jiji ??buniru ? kobaatha nufuhentha ur eyes ??Eba ivey n ?Eba feneyey hurihaa manzareh heheheheheheheh
Kiyaa sis I loved this part too dhen lasnukoh gulhuvan jehey meehun gulhuvadhee ehennooneee hiyy huttidhaane yeah laalu bunihen kudakoh rovun ????????????❣❣❣???❤️❤️❤️????????????????????????????????????☺️☺️☺️??????love you kiyaa sis so much keep the updates coming uptodates inge
Dhw laalu…kyh thw kurahvaany???…Heii shambbx…hehe..kiyaa sis mikamah story write kohfa inihyaa majaa vaane dhw dhn….
Vrh teething… Masha Allah…….
Waiting for next part….❤️❤️❤️❤️?????????????❣️
*reethi
Aslu vrh ufaaveyyy bunaa dhuvahah vure kurin up kuraathiii?… thnk god miadhu ehaa varakah roan nujeheyyy… bt vrh hurt veyyy anjal n hamza ge sababun… btw this story is awsome as usual… ly kiyaa a lot??❤
Mashaa Allah V vv salhi.. Kyaa you are the best…… ???
Nd u knw wat kiyaa darlin… u r the best author in maldives 4 me??❤…
Scwl ah dhaan ulhe nikoh mi part up vefa in than fenuny??❤❤??…Ekm gadi jeheythy ehkoh nukiyun eyraku…ehnve avahah nimigen ais mi kiyaaly…hehe..BTW mi part vec v v v rythi inge dear???… sifakohlaafa inleh v furihama… Alheyy rehan lykc anjal..Omg kihineh dhw mi v dhn??❤❤..Also feeling sad for raii…?Shua sis bunihn roakah nujehun mi part aku…hehe..vvv lwbi vey inge rangadaaa??❤❤
Miyoh Jiji akaa hedhi Moyà vaa vahtharu hunnamey ma sahaadhe boafalhaigen nudhaavahtharu hunnakan is mage naseeb…….hehehehe
Alheyy jiji aa hedhi kyhve moyavaa vahtharu kalo…mae u ah Ans kurany dhw mi comment kohfa huryma u???
Miyoh thee kulhigadakaa laiganefa hehehe……majaa kamuge kolhehneith Kan ingey mihaaru vx thiyoh angayakaahedhi hehehe??????????????????????? scwl meehun maama yey ehvaruh angatheyleyey bune ulhey adu ahan…..hehehe
Aachaa??Jiji thi varakah anga eh nuthalhamey shammm
Dhen Thi bunanee kaakuthw
Ekakekey vec nubunan…ok ehnu?
Cut viyya sorry ☺️☺️☺️☺️ Smile cry baby. Jiji is a great cry baby Jiji is a great cry baby……hehehehehehe
Mihaaru konthaakah vadhe fily thr??…habareh vebala cry baby??…nd ingeythr..cry baby kyma Jiji handhaan vany ifoo ge story ga naail ashra aa dhimaalah kiyaa goiy..hehe????????????
Nuvanaamey n don’t mention naail ge name dhevanafaharuh I so hate that name hithu araa e character ge naail namayey but keekuuraanee n …..did u just called me a cry baby ey Jiji hmmmmm kaakuthw rony Balan kiyaa sis uh havaalu kohlaabala…..mihen bunaairah vx inge sis bunaanee Shambbx ey hmmm ehennu
Hehe..thihen vihyaa hama naail …hehe sis dhw furathama jiji ah cry baby ey kiyaaha comment kury ?????
Dhn cry baby eh nukiyaanan ..Naail kiyaany..okkk????..nd kiyaa it’s okkk..we r with u…nd Will be waiting for the next part Patiently..Ok
Okay yey naail ey thihen kiyaabala Ekam ma vvvv foohi mashaa meet vi naahil n never want to see him ever in my life aslu u know y eyne my mamma aai Ma dhurukuree Ma nukuraakamakuh kuhverikohgen n i will not forgive him ever mayakaa dhariyaku dhurukureema eynayuh ihusaas nuviyas I feels it now ….dheravey mihen my Life uh dhimaaveema
Salam hurihaa kudhin. This was supposed to be uploaded yesterday ekam internet connection libumuga kuda error eh ulhumuge sababun rey dhanvaru upload vaa varuvy. Kury baithakuge comments thakah ves reply nukurevuny ehenve. Comment kuri hurihaa kudhinnah ves varah varah bodah thanks ingey. Mi part ga ves vaki vakin reply kuran mihaaru varah undhagoo ehenvyma comment kuri hurihaa kudhinnah vara varah bodah thanks. Reply kurevey gotheh vehjeyaamun reply kurrveytho varah masakkai kuraanan. Love u readers.
Next part mirey noony maadhama faharehga lasvun ves ekashygen. Wifi libumuga dhathi thakeh ulheythyve.
Awwwn it’s ok sis u happy viyaa we are happy n know that we positive commenters r with u always kan ?????❣❣❣??????❤️❤️????????????☺️☺️????????
Kobaatha laalu n cute lips guys where r u jij n me mi ulhenee foohi vegenny nikan roa adu ivvalaba……hehehehe
Dhw? ???mihaaru huhtaaly kahneyge roe roe..heii jiji eyru buny naail ge vhk ehnu..Is ur ex name naahil.????Nd ekamaa behey gothun tlk kuraane kameh neiy dhw..
Nd jij aee kaaku??hehe..I knw It’s ma kan nd mistake akun u ehn liyefa inkan..just fr fun assu????????
Yageeney Jiji edhiyaeee cut vegen Kan sorry ey sweetie dheraviyaa
Please don’t twk about him anymore ingey dhoonee
Dhn Alhe dhera vaa varu kameh thr dear…
Good grluuuuu ❤❤????
Elowwww dhen test othee yaa dhas kurey inge sweetie dear
Okk..naail ge vhk eh nudhahkaanan inge..hmm test vec v kairi vehje…ekmga miulheny ????
Dhen ekamaa ulhey
Test kanthakaa dhw..ekamaa ulheny ey mi?????
Omg kiyaa.. it’s beautiful.. vvv nice stry mihaaru.. bt haadha heart broking ey dhw mihaaru.. vvv sad hamza n anjal vyma.. raii kihaa dheravaane.. varah dhuvas kollaafa mi kiyaaly… Test finish vyma furathama vec mi stry mi kiyaaly.. luv itt..
Hey jiji.. hw r u?? Vvvvvvvv miss u so much jiji.. n of cause hurihaa kudhin mathin vec.. zaa ge exam finish nuvey dhw adhivec.. Jiji ge exam fashany kn irakun.. mine is finished.. gud luck for the exam jiji.. luvv u
Next week ga feshey ny..nd yesh??❤…Inaa sis mathin jiji vvv miss v inge…kitty vec ulhun sis ge habareh nuvegen❤??..buni inaa ge habareh vehjehyaa angaalahchey…. Al’hamdhullilah!!jiji hama rangalhu.. sis kihineh thr??❤??..zaa ge nunime kahneyge adhi…Ly toooooo Inaa ganduu??❤❤?
Next week ga feshey ny..nd yesh??❤…Inaa sis mathin jiji vvv miss v inge…kitty vec ulhun sis ge habareh nuvegen❤??..buni inaa ge habareh vehjehyaa angaalahchey…. Al’hamdhullilah!!jiji hama rangalhu.. sis kihineh thr??❤??..zaa ge nunime kahneyge adhi…Ly toooooo Inaa ganduu??❤❤?
Inaaaa.. I miss u so much girl.. Alhey hama Ehgothkah vec vaahaka nudhehkeythy varah dheravey… Kitty aa mihaaru contact nuveveny hama ekani inaa aa… Varah beynun vaahaka dhahkan but how dhw… Varah miss vey
Wow… Varah reethi Masha Allah…. Mi part vs ???????????
Keep it up??????????????????
Hi?Jeon Jungkook ?
Bts ge fan eh dhw thi ??
And you’re bias is Jungkook? ?
Yes! I’m a fan of BTS ???
And I love all the members in BTS ??
But my bias is not Jungkook..?
My bias is Kim Seokjin ?
But I really love all of them very much???????
Alhey wow!!
Nau aky vs bts ge fan eh
But Nau ah hevany @?Jeon Jungkook ? aky Varah body fan eh hen.. Am I right?
Ahahahah?????
raii last kanneyge dhw.. so sad..????n I knw it.. hamza u will regret this… Raii dheke loabi vaa vaahaka buninama.. idiot.. I hate u.. ?????????kiyaaaaaaaaaaaaaaaaaaaa plz hamxa n raii gulhuvabala.. or else anjal ge dad lavva truth angabala.. plz.. btw I luvv this stry.. ❤️❤️❤️❤️❤️
alhey dramaa queeeenssss….Cute Lips ah online veveyny only night ga eyyy…. not in morning… ey jiji eba othey sihrreh bunan vefa…kihineh bunaany.. alhe gmail in online veba… noony kitty kairi bunefa bunaanan bunaashey… wattpad in…. ngey… v bodu vaahaka eh… i am so excited ….yeyeyey… dhn kitty kairi bunaanan ngey… miss u guysss
????Avahah buney
Kobaa hurihaa kudhin ???❤???..Ary men kuhjeh ge habareh vec nuvey dhw…mi shambbx vec konthaakah vadhe fily baa e????
Ma bappa no ekey buneema dhen egady nukeruneeyey cry baby…..cute lips y in night bodu factory eh hulhuvaigen tha thi ulhenee jiji follow me on wattpad same name tag eh innane wattpad ga ingey
Jiji darling miothiiii shua…. alheyyy azkaa sis ge habare vx nuveyyy… dnt knw wat happen to her.. miadhu skl akah vx naadheyy
Ehn thr…Azker sis baly kahneyge dhw shua…Nd shua ekolhu kolhun othy dhw ????. ..ithuru Kameh neiy dhw…hehe..????.just kidding inge
Jiji darlin neyyngi nama vx hama thi buniii thedhe…. endhuga vrh araamukoh jahsaalaigen miothyyy hama ekolhu kolha??
Hhehe….jiji ah inge genney mibuny??
Kiyaa varah reethi mi baives.. Masha allah but plx raihaana aa hamxa aa gulhuvaalaba… Plx