ބުނާށެ ލޯބި ނުވަނީހޭ….21
އެކުވެރިޔާއަށްޓަކައި އަންޖަލް އުފާ ކުރާއިރު އޭނާއަށްޓަކައި ރައިހާނާއާ ވިޝާހްވީ ގުރުބާނީގެ ހިލަމެއްވެސް އަންޖަލްއަކަށް ނުވެއެވެ. އޭނާ ހީކޮށްގެން ހުރީ ރައިހާނާއާ ވިޝާހް ތިބީ އުފަލުން ކަމަށެވެ. އޭނާއަށް ނޭންގުނު ކަމާކީ އެދެކުދިންނަށްޓަކައި އޭނާ އުފާ ކުރާއިރު އެދެކުދިން އެ މުޅި ރޭ ހޭދަކުރަމުން ދިޔައީ ކަރުނައިގެ ތެރޭގައިކަމެވެ.
ވިޝާހްއާ ރައިހާނާގެ ހިތް ވަނީ ކުދި ކުދިވެފައި ކަމެވެ.
*********
އަތިރިމަތީ ދޮންވެލިގަނޑު މަތީ އިށީންދެލައިގެން ސާދަ ވަރަކަަށް އަހަރުގެ ފިރިހެން ކުއްޖެއްހުއްޓެވެ. އެކުއްޖާގެ ހަމުގެ ކުލަ އައްޔެވެ. ނަމަވެސް ހިކިކަމުން ގޮސް ހީވަނީ ކަށިކޮޅެއްހެންނެވެ. ވައި ޖެހިއްޖެނަމަ ވަޔާ ގެންދާހާވެސް ހިއްކެވެ. ލޯބޮޑު އައިނެއް އަޅާފައި އިސްތަށިގަނޑު ހާވާލާފައި އޮތް ގޮތުން މަޝްހޫރް “ހެރީ ޕޯޓާރ”އާ ވައްތަރު ގޮތެއް ހުއްޓެވެ. އަތިރިމަތީ އިށީންދެގެން އިން އިރު އެކުއްޖާގެ އަތުގައި ފޮތެއް އޮތެވެ. ވަރަށް ޝައުޤުވެރިކަމާއެކު އެ ފޮތް ކިޔަމުން ދިޔައިރު އެތަނުގައި ހިނގާ އެހެން ކަމަކަށް އެކުއްޖާ ސަމާލުކަމެއް ނުދެއެވެ. މީހަކު ފަހަތުން އައިސް ސިއްސުވާލުމާއެކު އެކުއްޖާ ކުޑަކޮށް ހަޅޭއްލަވައިގަތެވެ. “ހެހެހެ. ސާބަސް އެނގޭ ހެރީއަށް. ފޮތެއް އަތަށް ލިބިއްޖެޔާ ދެން ދުނިޔޭގެ އެހެން ކަމެއް ނުވެސް އެނގޭނެ ދޯ!” ހަމަ އެއުމުރުގެ އަންހެން ކުއްޖާ އައިސް އެ ކުއްޖާއާ ޖެހިގެން ދޮންވެލިގަނޑު މަތީ އިށީނެވެ. އެއަންހެން ކުއްޖާ ހެރީއޭ ކިޔާ މުޚާތަބް ކުރުމުން ފިރިހެން ކުއްޖާ ކުޑަކޮށް ލަދު ގަންނަ ގޮތްވިއެވެ. ލޮލުގައި އިން އައިނު ރަނގަޅުކޮށްލަމުން ފޮތް ލައްޕާލިއެވެ. “ލީމް. ކޮންއިރަކު އައީ؟” ލީމްއާ ދިމާއަަށް ބަލާލަމުން އެކުއްޖާ އަހާލިއެވެ. “ހަމްޒާ ފޮތަށް ގެއްލިފަ އިން ވަރުން މަ އައިރުވެސް ނޭންގުނެއްނު. ކޮންއިރެއް މިހާރު މިތާ ފަހަތުގަ ހުންނަތާ” ލީމް ހަމްޒާއާ ދިމާއަަށް ކުދި ކިޔާލިއެވެ. ހަމްޒާ ރަކި ގޮތަކަށް ހީލިއެވެ.
ކޮންމެ ދުވަހަކު ހަވީރު އަތިރި މައްޗަށް އައިސް ފޮތް ކިއުމަކީ ހަމްޒާގެ އާދައެކެވެ. އެއަރާމު ވަގުތު އެތަނުގައި އިނދެ ފޮތް ކިއުމުން އެލިބޭ ހިތްހަމަޖެހުމަކީ ހިތަށް ލިބޭ އުފާވެރިކަމެކެވެ. ހަމްޒާއަކީ އަބަދުވެސް ކިއެވުމަށް ޝައުގުވެރިވާ ކުއްޖެއް ކަމުން އޭނާ ގިނަވަގުތު ހޭދަކުރަނީ ފޮތް ކިއުމުގައެވެ. އެހެން ކުދިންހެން ކުޅިވަރު ކުޅުމުގައި ބޭކާރު ވަގުތު ހޭދައެއް ނުކުރެއެވެ. ލީމްއަކީ ހަމްޒާގެ އެންމެ ގާތް އެކުވެރިޔާއެވެ. އެއުމުރުގެ ކުދިންގެ ތެރެއިން ހަމްޒާއާ ވާހަކަ ދައްކާ ހަމައެކަނި ކުއްޖާއެވެ. ހަމްޒާގެ އާއިލާއަކީ އެހާ ތަނަވަސް އާއިލާއަކަށް ނުވުމުން ކުދިންގެ މެދުގައި އޭނާ ހުންނަނީ ބާކީވެފައެވެ. ހަމްޒާ ހުންނަލެއް ހިކިކަމުންނާއި އޭނާގެ ލަދުރަކި ކަމުގެ ސަބަބުން ހުރިހާ ކުދިންހެން އޭނާއަށް ގަނާކޮށް މަލާމަތްކޮށް ހަދައެވެ. އެއިން ކޮންމެ ފަހަރަކުވެސް އޭނާގެ ދިފާއުގައި ނިކުންނަނީ ލީމްްެއެވެ. ލީމް ހުއްޓާ ކުލާސްތެރޭގައިވެސް އޭނާއާ ދިމާ ކުރާކަށް އެއްވެސް ކުއްޖަކަށް ނުކެރެއެވެ. އުމުރުން ފަނަރަ އަހަރުވީއިރުވެސް ހަމްޒާގެ ހަމައެކަނި އަދި އެންމެ ގާތް އެކުވެރިޔާއާކީވެސް ލީމްއެވެ.
މަޣްރިބަށް ގޮވަން ކައިރިވުމުން ގެއަށް ދިއުމަށްޓަކައި ހަމްޒާ ތެދުވިއެވެ. ގައިން ވެލި ފޮޅާލުމަށްފަހު ގަހެއްގެ ހިޔަލުގައި އިން ސްކޫލް ދަބަސް ނަގައި އޭގެއަށް ކިޔަން އިން ފޮތްލިއެވެ. އެހުރިހާ އިރުވެސް ލީމްއިނީ ހަމްޒާގެ ހަރަކާތްތައް ބަލާށެވެ. އެކަން އެނގޭތީވެ ހަމްޒާ ހުރީ އިސްއުފުލާ ބަލާލަންވެސް ނުކެރިފައެވެ. އަންހެއް ކުއްޖަކަށްވުރެ ހަމްޒާ ލަދުގަންނާނެއެވެ. “ޓޭކް ކެއަރ” ދެކުދިން ވަކިވި ގަޑީ ހަމްޒާގެ އަތުގައި ހިފާލުމަށްފަހު ލީމް ބުންޏެވެ. ލަދުރަކިކޮށް ހީލުމަށްފަހު ޔޫ ޓޫ އޭ ބުނެލިއެވެ. ލީމްގެ އެކަހަލަ ކޮންމެ އާދައެއް ހަމްޒާގެ ޒުވާން ހިތުގައި ދިޔައީ ބިންވަޅު ނެެގެމުންނެވެ. ލީމްއަށްޓަކައި އެކުވެރިކަމަށްވުރެ ބޮޑު ޖަޒުބާތެއް ހިތުތެރޭގައި އުފެދެން ފެށުނެވެ. ނަމަވެސް އެއީ ކޮން ޖަޒުބާތެއްކަމެއް ހަމްޒާގެ ޅަ ސިކުނޑިއަކަށް ނުވިސްނުނެވެ.
********
ހަމްޒާއަށް ހޭލެވުނީ ގަޔަށް ތަދެއް އަރައިގެންނެވެ. ތަޅުންގަނޑު މަތީގައި އޮތުމުގެ ސަބަބުން ގައިގެ އެތައް މިތާގައި ރިއްސަމުން ދިޔައެވެ. އުނދަގޫ ގޮތަކަށް ލޯ ހުޅުވާލުމަށްފަހު ވަރަށް ވަރުން އެތަނުން ތެދުވިއެވެ. ބޮލުގައިވެސް މަޑު ރިހުމެއް ވަނީ އުފެދިފައެވެ. ބާލިސްތައް ބިންމަތިން ނެގުމަށްފަހު އެނދު މައްޗަށް ލިއެވެ. ބާލީސް އުރަތަކައީ ބެޑްޝީޓް ދާއެއްޗިހި ލާ ވަށިގަނޑަށް ލާފައި އާބެޑްޝީޓާ އުރަނަގައި ލެއްވިއެވެ. އެއަށްފަހު ބިންމަތީގައި ހަލާކުވެފައި ހުރި އެއްޗިހި ނަގައި ޑަސްޕިނަަށް ލާފައި މުޅި ކޮޓަރި ތެރެ ކުނިކެހިއެވެ. ހުރިހާ ކަމެއްކޮށްނިންމާފައި ގަޑި ބަލާލިއިރު ފަތިހު ހަތަރު ގަޑި ބައިވީއެވެ. ފަތިސް ނަމާދަށް ޖަމާޢަތަށް ދިއުމަށްޓަކައި ތައްޔާރުވާން ހަމްޒާ އަވަސްވެގަތެވެ.
ބަންގީގެ އަޑު އިވުމާއެކު ނުނިދިފައި އޮތް ރައިހާނާ އެނދުން ތެދުވިއެވެ. ފާޚާނައަށްވަދެ ވުޟޫކޮށްލައިގެން އައިސް ނަމާދަށް އެރިއެވެ. ނަމާދުކޮށް ނިމިގެން މުސައްލަމަތީ އިނދެ އެތައް އިރެއް ވަންދެކަށް ދުޢާ ކުރިއެވެ. ނަމާދު ކުރުމުން ލިބުނު ހިތްހަމަޖެހުގައި އޮށޯވެ ރަނގަޅަށް ރައިހާނާއަށް ނިދުނެވެ.
ރައިހާނާއާ ޚިލާފަށް ފަތިސްނަމާދު ކޮށްގެންވެސް ވިޝާހްގެ ލޮލަކަށް ނިންޖެއްނައެވެ. ނަމާދަށްއިން އިރުވެސް އޭނާއަށް ވިސްނެމުން ދިޔައީ ރައިހާނާއާ އަންޖަލްއާ މެދުގައެވެ.
ހަމްޒާގެ ހިތަށް ލުޔެއް ލިބުނީ ޝިމާންއާ ބައްދަލުކޮށް ހުރިހާ ވާހަކައެއް ހިއްސާކުރެވުމުންނެވެ. ފަތިސް ނަމާދުން ފައިބައިގެން އޭނާ އެދުނީ ޝިމާން ގާތު ކޮފީއަކަށް ދާށެވެ. މަގެއް މަތިން ހިނގާބިގާވެ އުޅޭ މީހެއް ވަރަށް ނުފެނެއެެވެ. އުމުރުން ތަންކޮޅެއް ދުވަސްވީ ދެތިން މީހަކު ކަސްރަތައް ނުކުމެ އުޅޭތަން ފެނެއެވެ.
“ދެން މަ ކީކޭ ވަކި ބުނާނީވެސް؟” އެކުވެރިޔާއަށް ހިތްވަރުދޭންވެސް ބުނާނެ ބަހެއް ޝިމާންގެ ދުލު ކުރިއަކަށް ނައެވެ. އެކުވެރިޔާގެ ހާލާމެދު އިންތިހާއަށް އޭނަ ދެރަވެއެވެ. “އަހަންނަކަށްވެސް ނޭންގެދެން. މަށަށް ހީވަނީ މަގޭ ނަސީބުގަ ލޯބި ލިބެން ނެތްހެން. މޭބީ އައި އޭމް ޑެސްޓިނީޑް ޓު ބީ އެލޯން” ހަމްޒާއަަށް ދެލޯ މަރާލެވުނެވެ. “ނޫން. އަދި ވަގުތު ނުޖެހެނީ. އިރާދަކުރެއްވިއްޔާ ހަމްޒާ އުއްމީދު ކުރާ ވަރަށްވުރެވެސް ފުރިހަމަ ބައިވެރިއެއް ލިބޭނެ” ޝިމާން ހަމްޒާއަށް ހިތްވަރު ދިނެވެ.
އަޒްހަދް ވިސްނަމުން ދިޔައީ އޭނާގެ މާޒީ ރާނިޔާއާ އަންޖަލް ކުރިމަތީ ހުޅުވާލާނެ ގޮތަކާމެދުގައެވެ. ފަހަރެއްގައި އެނގިގެން ދާ ހަގީގަތުގެ ސަބަބުން ރާނިޔާއާ އަންޖަލް އޭނާއަށް ގެއްލިގެންވެސް ހިނގައިދާނެއެވެ. އެހެން ވާކަަށް އަޒްހަދް ބޭނުމެއް ނޫނެވެ. ބޮލުގައި ދެއަތުން ހިފަހައްތާލަމުން އަޒްހަދް ގޮނޑީގައި އިށީނެވެ.
ދިހައެއްޖަހާ ބޮޑުވިއިރުވެސް ރައިހާނާ ނުހޭލައެވެ. ޝައުފާ ދެތިން ފަހަރަކު ގޮސް ޓަކިޖެހުމުންވެސް ނުހޭލިއެވެ. ޝައުފާވެސް އިތުރަށް އަޅާނުލާ ރައިހާނާ ނިދަން ބޭއްވީ މިހާރަކަށް އައިސް ފިލާވަޅު ދަސްކުރަން ގިނަ ވަގުތު ހޭލާ ރައިހާނާ އުޅޭތީއެވެ.
ރީހާން ހޭލައިގެން އެންމެ ފުރަތަމާވެސް ހޯދީ ރައިހާނާއެވެ. އޭނަ ހުރީ ރައިހާނާއާ ދިމާ ކުރާ ހިތުން ކެއްމަދުވެފައެވެ. “ދޮންތި އަދި ނުތެދުވެ. ދެން ގޯސް އުނދަގޫ ކުރާނީކީ ނޫން.” ރީހާން އިނީ ރައިހާނާ ހޭލާނެއިރަކަށް އިންތިޒާރުކޮށްގެންނެވެ. ރައިހާނާއާ ދިމާ ކުރާ ހިތުންނެވެ.
ގޭގެ ދޮރުގައި ޓަކި ޖަހަން ފެށުމުން ރީހާން ކަންނެއް ކަމާއެކު ގޮސް ދޮރު ހުޅުވިއެވެ. “ދޮންތާ!!!” ސަރްވާ ފެނުމުން ރީހާންއަށް ޝޮކެއް ލިބުނެވެ. މާލެއައި ފަހުން އަދި އެއްފަހަރުވެސް ސަރްވާ އެގެއަށް ނާދެއެވެ. ސަރްވާ އެތެރެއަށް ވަންނަން ތަން ދައްކަމުން ރީހާން އެއްފަރާތަކަށް ޖެހިލިއެވެ.
“ކޮބާ ޝައުދައްތައާ ރައި؟” ސޯފާގައި އިށީންނަމުން ސަރްވާ އަހާލިއެވެ. އެވަގުތު ޝައުފާ ކޮޓަރިން ނުކުމެގެން ސިޓިން ރޫމަށްއައެވެ. ސަރްވާ ފެނުމުން ޝައުފާ މޫނު މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. “ސަރްވާ! ޕިސްޕިސް. މާލެ އައި ފަހުން އެންމެ ދުވަހަކުވެސް ނާދޭ. ބޭބެވެސް ސަރޫ ނާންނަ ވާހަކަ ބުނި. ކޮބާ ޝިމާން ނާދޭތަ؟” ސަރްވާ ގާތު އިށީންނަމުން އެގެއަށް ނާންނާތީ ޝައުފާ ޝަކުވާކޮށްލިއެވެ. “ވަރަށް ބިޒީކޮށް މި އުޅެނީ. ޝިމާން ސަރޫ ލާފަ އެދިޔައީ އޮފީސް ކަމަކު. ކޮބާ ރައި؟” ދެކޮޅު ބަލާލުމަށްފަހު ރައިހާނާ ފެންނަން ނެތުމުން ސަރްވާ އަހާލިއެވެ. ރައިހާނާ އަދި ނުހޭލާކަމަށް ޝައުފާ ބުނުމުން ސަރްވާ ތެދުވެގެން ގޮސް ރައިހާާނާ ކޮޓަރީ މަޑު މަޑުން ޓަކި ޖަހާލިއެވެ.
ނިދާ ހޭލާއިގެންވެސް ކޮޓަރިން ނިކުންނަ ހިތް ނެތުމުން ރައިހާނާ އެނދުގައި އޮތެވެ. އެއްވެސް މީހަކާ ކުރިމާތިލާކަށް ރައިހާނާ ބޭނުމެއް ނޫނެވެ. ކޮޓަރީގައި މަޑު މަޑުން ޓަކި ޖެހި އަޑުއިވުމުން ރައިހާނާ ގޮސް ދޮރު ހުޅުވާލިއެވެ. ސަރްވާ ފެނުމުން ރައިހާނާއަށްވެސް ވީ ރީހާންއަށް ވިވަރެވެ. ކުޑަ ޝޮކަކާއެކު އަނގަމަތީގައި އަތް އަޅާލެވުނެވެ. “ދޮންތާ!!” ހުރިހާ އަކުރަކަށް ދަމާލަމުން ރައިހާނާ ސަރްވާ ގައިގައި ބައްދާލިއެވެ.
“ލެޓް މީ ބްރީތް ރައި” ރައިހާނާ ސަރްވާ ގައިން ދޫކޮށްލިއެވެ. ސަރްވާ ކޮޓަރިއަށްވަދެ ދޮރު ލައްޕާލިއެވެ. އެއަށްފަހު ރައިހާނާ އަތުގައި ހިފައިގެން ގެންގޮސް އެނދުގައި ބޭންދިއެވެ.
ސަރްވާގެ އެއަމަލުން ރައިހާނާ އިނީ ނަގަންވީ މާނައެއް ނޭންގިފައެވެ. ސަރްވާ އެގޮތަށް ކަންތައް ކުރާނީ ވަރަށް ބޮޑު ވާހަކައެއް ދައްކަން ވެގެންނެވެ. ރައިހާނާގެ ހިތަށް ބިރުވެރިކަން ވަނެވެ. އަނެއްކާ ޝިމާންއާ ސަރްވާގެ ގުޅުން ގޯސްވީ ބާއޭ ހިތަށް އެރިއެވެ. “ދޮންތާ. ހުރިހާ ކަމެއް ރަނގަޅުތަ؟” ކަންބޮޑުވެފެއި ހުރެ ރައިހާނާ އަހާލިއެވެ. ސަރްވާގެ މޫނު މަތިން އެއްވެސް އަސަރެއް ނުފެނެއެވެ. “އުނހޫ. ރަނގަޅެއްނޫން” “އަނެްކާ ކީއްވީ؟” ރައިހާނާއަށް ދެލޯބޮޑު ކޮށްލެވުނެވެ. އެއަށްފަހު ސަރްވާގެ އަތުގައި ހިފާލަމުން އަހާލެވުނެވެ. “ކީއްވެ ދޮންތަ ގާތު ނުބުނީ؟” ސަރްވާ އެދައްކަނީ ކޮން ވާހަކައެއް ކަމެއް ރައިހާނާއަކަށް ނޭންގުނެވެ. ދެކޮނޑު އަރުވާލެވުނީ އެހެންވެއެވެ. “ރައި. ވިޝާހްއާ ރައްޓެހިވި ވާހަކަ!” ސަރްވާ އެހެން ބުނުމުން ކުރިއަށްވުރެ ވެސް ބޮޑަށް ރައިހާނާ ލޯބޮޑު ކޮށްލިއެވެ. ސަރްވާއަށް އޭނަ ވިޝާހްއާ ރަށްޓެހިވިކަން އެނގުނީ ކިހިނެއްބާއޭ ހިތަށް އެރިއެވެ. “ހަމްޒާ ދޮންތަބޭ ގާތު ބުނީމަ ދޮންތަބޭ ދޮންތަ ގާތު ބުނީ!” ރައިހާނާއަށް ސަރްވާގެ އަތުން އަތް ދޫކޮށްލެވުނެވެ. ހަމްޒާ އޭނާގެ ވާހަކަ ޝިމާން ގާތު ދެއްކީ ކީއްކުރަން ބާއޭ ހިތަށް އެރިއެވެ.
އަންޖަލްއާ ރީހާން ގާތުވެސް ބުނި ގޮތަށް އޭނަ ވިޝާހްދެކެ ލޯބިވާ ވާހަކަ ސަރްވާއަށް ކިޔާދިނެވެ. ސަރްވާ އެވާހަކަ އަޑުއަހާފައި މަޑު މަޑުން ބޯޖަހާލިއެވެ. ސަރްވާ ކޮންމެސް ވާހަކައެއް ބުނަން އުޅޭހެން ރައިހާނާއަށް ހީވިއެވެ. “ދޮންތަ. ވަންނާ ސޭ ސަމްތިން” ސަރްވާ ރައިހާނާގެ އަތުގައި ހިފަހައްޓާލިއެވެ. “ރައި ކުރިން ހެދިހެން އެއްވެސް ކަމެއް ދޮންތަށް ސިއްރު ނުކުރައްޗޭ. ދޮންތަ އަބަދުވެސް ރައިއާ އެކީގަ ވާނަން. މިހާރުވެސް ޝެއަރ ކުރަން ބޭނުން ކާމެއް ހުރިއްޔާ ދޮންތައާ ޝެއަރ ކުރަންވީ އިނގޭ” ރައިހާނާ އިސްޖަހާލިއެވެ. ދޮންތަ އޭނާ ދައްކާ ވާހަކަ އަޑުއަހާނެކާން އެނގި ހުރެވެސް ހާލާތު ހުރިގޮތުން އެހިތުގައި އޮތް އެއްޗެއް ދޮންތަ ގާތު ބުނަން ފަސްޖެހެވުނެވެ. ހަމްޒާއާ ހިސާބަށް ގޮސް ދާނެތީއެވެ. “ޝުއަރ” ސަރްވާ ކުޑަކޮށް ރައިހާނާ ގައިގައި ބައްދާލިއެވެ.
ޝައުފާގެ އެދުމަށް ސަރްވާ އެދުވަހު ގެއަށް ދިޔައީ މެންދުރު ކައިގެންނެވެ އެ ވަގުތުކޮޅު ތެރޭ ރީހާންއާ ރައިހާނާއަށް ސަރްވާއާ އެކީ ހިތްހަމަޖެހޭ ވަގުތު ކޮޅެއް ހޭދަކުރެވުނެވެ.
އަންޖަލްއާ ރީހާން ވައިބަރ ގުރޫޕެއް ހެދިއެވެ. އެދެމީހުންގެ އިތުރަށް ރައިހާނާއާ ވިޝާހް ލާފައެވެ. ރީހާންއާ އަންޖަލް ވެގެން ގަދަޔަށް ވިޝާހްއާ ރައިހާނާއާ ދިމާކުރިއެވެ. ރައިހާނާއާ ވިޝާހް ރަކިވާކަމަށް ހަދާފައި އިމޯޖީސް ފޮނުވަމުން ދިޔައެވެ.
ސްކޫލްގައި ހުރި މަސައްކަތެއް ނިންމާލުމަށްފަހު ހަމްޒާ ހިތްހަމަ ޖަައްސާލުމަށްޓަކައި ރަސްފަންނަށް ދިޔައެވެ. ބަންދު ދުވަހަކަށް ވެފައި ހަވީރު ގަޑި ކަމުން ކުޑަކުދިން ރަސްފަންނުގައި ވަރަަށް ގިނައެވެ. ހަމްޒާ ގޮސް ރާޅު ބީއްސާ ހިސާބު ދޮންވެލި ގަނޑު މާތީ އިށީންދެލިއެވެ. ސިކުނޑިއަށް ލުއެއް ހޯދުމަށްޓަކައި ދެލޯ މަރާފައި ފުންކޮށް ނޭވައިލާން ފެށިއެވެ. “ހަމްޒާ” ހަމްޒާއަށް ދެލޯ ހުޅުވާލެވުނީ އެންމެ އަޑު އަހަން ބޭނުންނުވާ އަޑު ކަންފަތުގައި ޖެހުމުންނެވެ. ދެބުމަ ގޮށް ޖަހާލަމުން ހަމްޒާ ބަލާލިއެވެ. ކުރިމަތީގައި ހުރީ ލީމް ނޫން ދެވަނަ މީހެއް ނޫނެވެ. އެމޫނު މަތިން ހިތާމަ ނޫން އެއްޗެއް ނުފެނެއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
24 Comments!
Comments are closed.






Me first dhw …vvv ufaa vehje buni dhuvahah vure kurin upkohla dhinyma..will comment After reading Insha allah ❤❤????
Me first dhw …vvv ufaa vehje buni dhuvahah vure kurin upkohla dhinyma..will comment After reading Insha allah ❤❤????
Yesh dear congratulations! Waiting waiting
Salam all. Hurihaa kudhinnah ves Ramzan mubaarak.
Next part Saturday ge kurin ISA.
Alhey so curious?????????????????✨✨✨??????????…masha allah..story hama fabulous.. just I don’t knw wat to say kiyaa dhoonii….ifoo ah fahu dhn hama ehme best writer mihaaru mi site ga huri???????????????..Alheyy rai nd Hamzaa avahah gulhuvaba…I think lym aee Hamzaa shiman menge wedding ah rashah gos ulhunu iru fenun girl hn..Good luck!!nd hope next part vec bunaa dhuvahah vure kurin up vaane kamah..hehe???????…Ly sooo much darla??❤❤???????May Allah bless u nd fulfill ur dreams
رمضان مبارك
Ameen. Thanks jiji . Varah ufaavey jiji kiyara ah dhey support ah abadhuves thi gothugai dhemihunnane kamah ummedhu kuran. Ramazan kareem
alhe pls then kiyaa & hamzaa gulhu vabaa or else hamzaa ge hiy badhalu vedhaane
Kiyaa & hamzaa????
Probably she meant rai and hamza. Right Azuker??
Hehe azuker ah nan olhifa dhww.
sorry my mistake just realized now????
Azker sis ??I ge question ah javaabeh dhyba…mi story ge previous part ga comment ihnaane???..balailahche
I read all the previous parts and they are going very interestingly… The way you write the story i must say that it really attracts the readers and it only takes few seconds to get the attention of them… Varah ves furihama.. Masha allah keep up the good work dear kiyaa ge stories thah varahves hihgaimu.. Kiyaalaa irah libey ufaaverikan varahves bodu… Can’t wait for the next part, eagerly waiting ingey love.. ??????.. And yeah please hamza aa raihana aa vaki nukurahche… Vishah aa angal varahves gulhey.. Edhemyhun gulhuvaalabala please… Varah cute couples thakeh meega mithibeny.. Masha allah
Kitty darla???…hws u dhoonii???…hope u r doing well…kitty ge habareh v ma v v happy vehje..hehe??????
Awwwwn thank you sooo much kitty. Hingaa dhw vaahotheh balama
Jiji ge vec habareh vma varah happy vejje ey… And yeah kiyaa hingaa dhw balamaa
Alheyy so curious…. i also think so lym akiii shiman men ge wedding ga hamzaa aa dhima v girl kannege
Hehehe. Hingaa dhe balama
Kiyaa this story is amazing.
Heevanee hama loabeege dhuniyeyga ulheveyhe.
Ekam baeiy than than kiyaafa varah hithau asaru kurey asluves. Ehaaves kiyaaraa ge vaahakathah varah reethi.
Good luck nd love you so much.
Ramazan Mubaarak
Awnnn thank u dhontheee love u tooo
Ramazan mubaarak
Mi baivx vvvvsalhi love it kudakoh rovun leem konkameh kuran tha hamza aa mihaaru face kuran a ulhenee awwwwn Angel n hamza step Brother n sisters kan ingey iruh vaane goith àlhey y is her dad not telling that ?????☹️☹️☹️☹️☹️?????????????vishal ge eh noon ekani patience huree raihana ge vx Elam Haadha dhera ey ekudhin hithuge adin Haadha roaney???????????????????????????…….??????????????????☺️??????????????❣????❤️❤️❤️???❣????????love you sis ramazan Mubarak to you
Awnnn thank u shambbx. Alheyyy varah dheravehjje shambbx ah rovunyma. Hingaa dhw balama ekudhunna vaa goii
Masha Allah? varah reethi mi part ves?One of the best story ever i’m reading♥️??Masha Allah Masha Allah?Next part up kohdhyba as soon as possible?Love you sis??♥️
Thank you sis. Mihaaru ihnnany next part up kohffa. Once again thank you and love u more???♥️♥️