ވަފާތެރި މަވީމޭ ލޯބިން… 3
ހާމިދާގެ އަތަށް ތަދުވުމާއެކު ފަހަތް އެނބުލީ އޭނާގެ ކަންކަމާއި ބެހެނީ ކާކުހޭ ބުނެ ހަޅޭލަވައި ގަންނަމުންނެވެ. ނަމަވެސް ބަހުގެ އެއްބައި އަނގައިގެ ތެރޭގައި ތާށިވީ ކުރިމަތީގައި ހުރި ހާމިދު ފެނުމުންނެވެ. “ބޭބެ..” ހާސްވެ ކަންބޮޑު ވުމާއެކު ދެތުންފަތް ފޫއަޅުވާލާފައި އެބަސް ނިކުތީ އެއްވެސް އިޙްތިޔާރަކާއި ނުލައެވެ.
“ހަބަރުދާރު.. މަށަށް ބޭބެ ކިޔާނެކަމެއް ނެތް.. މިހުރިހާދުވަހު އަހަރެންގެ ދަރި އަހަންނަށް މިކަން ސިއްރުނުކުރި ނަމަ.. ސުބުހާނައްﷲ.. އަހަރެން ލޯބިވާ ދަރިފުޅު އަހަރެން ގެއަތުން ގެނެސް ހާމިދާއާއި ހަވާލުކުރީ ތިހާއިހާ ނެތިކޮށް ކަންތައް ކުރާކަށް ނޫނޭ.. ތީ ކޮންކަހަލަ މީހެއް.. މިހުރީހާ ދުވަހު ހާމިދާ ބުނީޔާ ބުނިހާ ގޮތެއްހަދައިގެން އަހަރެމެން ދެބަފައިން މިއުޅުނީ ތީ ތިހާ ރަޙުމުކުޑަ މީހެއްކަން އަންގާވެސްނުލާ… ހަނދާން ކުރާތި ދެން އަހަރެންގެ ދަރިފުޅުގައިގަ އިނގިލިކުރި ޖައްސާލިޔަސް މަމީ ނުލަފާ މީހެއްކަން އަންގާލާނަން.. ” އައިސްފައިވާ ރުޅިއާއެކު އެއްފަށްޗަކަށް ހުރިހާ ވާހަކައެއް އަމުނާލާފައި ކަމްލާގެ އަތުގައި ހިފައިގެން ހާމިދު މިސްރާބު ޖެހީ ކޮޓަރިއާ ދިމާއަށެވެ. ހަޤީޤަތުގައިވެސް މިރޭ އޭނާގެ ހިތުގައި ވަރަށްބޮޑަށް ޖެހިއްޖެއެވެ. އެންމެ ކުޑަދުވަހުއްސުރެ ފީ އިލޮއްޓަކުންވެސް ކަމްލާގައިގަ ހާމިދު ޖަހާލާފައި ނުވާއިރު އޭނާގެ ކޮއްކޮގެ ފަރާތުން އެފެނުނީ އޭގެ ދިމާ އިދިކޮޅެވެ.
**************
“ކޮބާ ދަރިފުޅު ގުޅުނުތަ؟” ފޯނަށް ބަލަހައްޓައިގެން ޝިޔާޒް އިންދާ އޭނާގެ ބައްޕަ ސުވާލުކޮށްލިއެވެ. ލިބުނު މޮޅިވެރިކަމާއެކު “ފޯނުނުނަގައޭ..” ޝިޔާޒް ބުނެލީ އިސްޖަހާލައިގެން ހުރެއެވެ. ދަރިފުޅުގެ މޫނުން ފެނުނު މާޔޫސްކަމާއެކު ހަނީފްގެ ހިތުގައި ރިއްސާލިއެވެ. ނަމަވެސް އެދަރިފުޅު އެ ގޮތެއް ފޮތެއް ނެތް އަންހެންކުއްޖާދެކެ ލޯބިވާވަރު މިހާދުވަސްވީއިރު އެބްމެ ކައިރީން ދުށީހުދު އޭނާއަށް ވުމުން ކުއްލިއަކަށް އެފަދަ މަންޒަރެއް ދަރިފުޅަށް ދައްކާނެހާ ހިތްވަރެއް ހަނީފް އަކަށް ނުލިބުނެވެ.
ކުއްލިއަކަށް “ދޮންބޭ” ކިޔާގޮވާލިއަޑަށް ޝިޔާޒްގެ މޫނު އުޖާލާވެގެން ދިޔައެވެ. އެވަގުތު ފަހަތުން އައިސް ޝާނީ ޝިޔާޒް ގައިގައި ބައްދާލުމުން ހަނީފްއާއި ރަމީޒާ އެލޯބި މަންޒަރު ދެކެން ހެވިފައި ތިއްބެވެ.
އަރައިވަލް ޓާމިނަލްއިން ޝިޔާޒް ނިކުތީ ޝާނީގެ އުނަގަނޑުގައި ހިފާލައިގެން ނެވެ. ފެންނަ މީހުނަށް އެއީ ދެލޯބިވެރިންނޭވެސް ބުނާހާ ގާތްކޮށެވެ. އެވަގުތު އެމަންޒަރު ނިޔާޒް އާއި އެކު އެތެރެއަށް ވަންނަން އައި ލީޝް އަށް ފެނުމާއެކު މުޅި މޫނު ރަތްވެގެން ދިޔައެވެ.
“އަހަންނާއެކު ހުންނާއިރު އަތުގަ ހިފާލުން ފިޔަވާ އެއްވެސްވަރަކަށް ގާތްކަމެއް ބާއްވަން ބޭނުމެއް ނުވާނެ.. ހުއް އެކަމަކު ބަލާލަބަލަ މިހާރު އެހެރަގޮތް.. ހުރެބަލަ ދެމަސް ފަހުން އަހަރެން ކަލޭގެ ތިއުފާވެރިދުނިޔެ ނަރަކައަކަށް ހަދާލާނަން.. ވަރަށް ފޫހިވޭ..” ހިތާހިތުން ޝާނީއާއި ދިމާލަށް އެތިވަރުގޮވަމުން ލީޝް އެތެރެއަށް ވަދެގެން ދިޔައީ ފުރާވަގުތު ޖެހުމުންނެވެ.
**************
“ދަރިފުޅާ.. ކީއްވެ މިވީހާ ދުވަހު ދަރިފުޅު ބައްޕަކައިރީ.. ތިޔަހުރިހާ ވާހަކަ ނުބުނީ.. އަދި ކިރިޔާ ބައްޕައަށް މިއިނގުނީ ދަރިފުޅު އާހެދުމެއްވެސް ލާން ނުލިބޭކަން.. އެކަމަކު އެއީ ބައްޕަ ހޯދާ ނުދޭތީއެއް ނޫންދޯ.. ދަރިފުޅުއަތަށް ފޮނުވާ ރުފިޔާ ވެސް ފަހުން ފަހުން އައިސް ދަރިފުޅުގެ އެކައުންޓަށް ޖަމާކުރަން ނުފެށިނަމަ މިއަދު ދަރިފުއަތުގަ އެންމެ ބައިލާރި ފޮތިވެސް ނެތީސްކަން ޔަޤީން.. ” ރޫޖެހިފައިވާ ނިތުގައި އަތް ހާކާލަމުން ހާމިދު ކަމްލާ މިހުރިހާދުވަހު އުޅުނު ހާލު އޮޅުން ފިލުމާއެކު ބުނެލިއެވެ. އޭރުވެސް ކަމްލާގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ.
“ދަރިފުޅު އެހެން ވީމާހަފްތާއެއް ފަހުން ފުރަން ތައްޔާރުވޭ.. ބައްޕަ މިފަހަރު ދާނީ ދަރިފުޅު ގޮވައިގެން.. އަދި އެއްވާހަކަ ބައްޕަ އަށް މައާފް ކުރޭ.. ” ހާމިދު އެހެން ބުނުމާއެކު ހައިރާންވެފައި ކަމްލާ އޭނާގެ ބައްޕައަށް ބަލާލިއެވެ. އޭރު އެދެލޮލުން އާދޭހުގެ އަސަރު ކިތަންމެހާވެސް ސާފުކޮށް ފެންނަން ހުއްޓެވެ. “ބައްޕަ ކޮންކަމަކާތޯ އަޅުގަނޑުގެ ކިބައިން މައާފަށް އެދެން އޮތީ؟” ލިބިފައިވާ ހައިރާން ކަމާއެކުގައިވެސް ކަމްލާ ސުވާލުކޮށްލީ މަޑުމައިތިރި ކަމާއެކުގައެވެ.
“ދަރިފުޅާ.. ބައް.. ބައްޕަ.. އިތުރު ކައިވެންޏެއް ކޮއްފިން.. މިހާރު އެކައިވެންޏަށް އަހަރެއްވަނީ.. ” އަޅައިގަންނަމުން ހާމިދު ބުނެލި ޖުމްލަޔާއެކު ކަމްލާއަށް ވާންވީ އުފާކަމެއް ދެރަކަމެއް ދެނެގަންނާކަށް ނޭންގުނެވެ. ހަގީގަތުގައި ދޮންމަންމަ އަކުވެސް ބޮޑުދައިތައަށްވުރެ ހެޔޮވާނޭ ހިތަށް އެރިއަދަދެއް ނޭންގެއެވެ.
އަނގައިންނުބުނެ ކަމްލާއިންނަން ފެށުމުން ހާމިދު ކަންބޮޑުވިއެވެ. ކަމްލާއަށް ގޮވާލަން ހުޅުވާލި އަނގަ ލައްޕާލަން ޖެހުނީ އަތުގައި އޮތް ފޯނު ރިންގްވާން ފެށުމުންނެވެ. ގުޅަނީ ފާތުންއެވެ. މިހާރު ހާމިދުގެ އަނބިމީހާއެވެ. ނަގަން ނުނަގަން ހުއްޓައި ކަމްލާ އެފޯނަށް ޖަވާބުދިނެވެ.
” ހާދައިރަކުން ތިޔަ ނެގީ.. އަދިވެސް އެމަންޖެ ކައިރިއަށް ނުދެވޭތަ؟” ކަންބޮޑުވެފައި ފާތުން އަހާލި ނަމަވެސް އެކޮޅުން ޖަވާބެއް ނުލިބުމުން ދެފަހަރަކު “ހެލޯ..” އޭ ގޮވާލިއެވެ. އެވަގުތު ކަމްލާވެސް “ހެލޯ..” އޭ ބުނެލިއެވެ. “އަހާން.. ދަރިފުޅު ކަމްލާތަ؟.. ބައްޕަ މިހާރު ދުރުވެއްޖެދޯ ކަމްލާކައިރިއަށް؟ ރަނގަޅުތަ ދަރިފުޅު؟” ކަމްލާގެ އަޑު ޖެހުމާއެކު ފާތުން ލޯތްބާއެކު އަހާލިއެވެ.
“ހޫމް.. ” އަޅުވާލުމަށްފަހު ކަމްލާ ބަލާލީ އޭނާގެ ބައްޕައާއި ދިމާއަށެވެ. އަދި ލިބުނު ހިތްހަމަ ޖެހުމާއެކު ބައްޕަ އަތަށް ދެނީކަމުގައި ބުނެފައި އެވަގުތު އެތަނުން ދުރަށްދިޔައީ އެދެމީހުނަށް ވަގުތު ދެމުންނެވެ.
****************
ގޯލްޑަންވިއުގެ ގޭޓުން ކާރު ވަނުމާއެކު ޝާނީއަށް ބޭއިޙްތިޔާރުގައި ހީލެވުނީ ހުރިހާ ދުވަހު އޭނާ ދުއްހުވަފެން ހަގީގަތަކަށް ވެފައި ހުރުމުންނެވެ. ހިނިތުން ވެލާފައި މަންމައާއި ބައްޕަ އަށް ބަލާލީ ޝުކުރުވެރި ނަޒަރަކުންނެވެ. “އަޅުގަނޑު މިރޭގެ ކެއުން ބޭނުމީ ހަޓުދޮށުގައި.. ” ފުޅާ ހިނިތުން ވުމަކާއެކު ޝާނީއެހެން ބުނުމުން ހަނީފް އެކަމާ އެއްބަސްވިއެވެ. އަދި އެއީ ޝާނީ އަންނަންވާއިރަށް ތައްޔާރު ކުރިތަނެއް ކަމުގައި ބުނެލިއެވެ.
ކެއުން ނިންމާލުމަށް ފަހުގައި އެކި ވާހަކައިގައި ތިއްބާ ޝިޔާޒް އޭނާ މާދަމާ ފަތިހު ރާއްޖެތެރެއަށް ފުރާ ވާހަކަ އިއުލާން ކޮށްލިއެވެ. އެއާއެކު ޝާނީވެސް ދޮންބެއާއެކު ދާނަމޭ ބުނީ ކުޑަކުއްޖަކު ފަދައިން ތުންކޮޅު އޫކޮއްލަމުންނެވެ. ހަގީގަތުގައި އެއީ ޝިޔާޒްވެސް ބޭނުންވާގޮތެވެ. ޝާނީ ގޮވައިގެން ދިއުމުން ދިރިއުޅުމުގެ ކަންކަމުގައި ދެކުދީންނަށް މަޝްވަރާކޮށް ހިޔާލުބަދަލުކޮށްލަން ނިކަންފަސޭހަވާނެއެވެ. ލީޝް މިއަދު ކަންތައް އެކުރިގޮތުން ޝިޔާޒު ކިތަންމެ ހިނިތުންވެފައި ހުރިނަމަވެސް ސިކުނޑީގައި ވަނީ ހައިޖާނުގަނޑެއް އުފެދިފައެވެ. އަނެއްކާ ބައްޕަ ދެއްކި ވާހަކަ އަކުން ހިތުގައި އެތައް ޝަކުވާއެއް ލީޝް އާއި މެދުގައި ވެއެވެ.
“ބައްޕައަށް މައްސަލަ އެއްނެތް ދޮންބެއަށް އުނދަނގުނޫން ނަމަ ދަރުފުޅުދިޔަސް.. އެހެން މިބުނީ ދޮންބެ ދާން އެއުޅެނީ އޮފީސް ދަތުރެއްގަ ވީމަ.. ދޯ ރަމީ..” ހަނީފް ރަމީޒާގެ ކޮނޑުގައި ހިފާ ގާތްކޮށްލަމުން ބުނެލިއެވެ. އެވަގުތު ރަމީޒާވެސް “ހޫމް” އަޅުވަލީ ޝިޔާޒްކުރެ ފަހުބަސް އިއްވުމަށް އިޝާރާތް ކޮށްލަމުންނެވެ.
“ކޮއްކޮ ދާން ހުރީޔާ ދާނީ ދޮންބެގެ ލޯބިވާ ކޮއްކޮވެސް ގޮވައިގެން.. މިދަތުރުގަ ދޮންބެ އެހާ ބިޒީއެއް ނުވާނެ.. އެހެންވީމަ ކޮއްކޮ އެކަންޏެއްވެސް ނުވާނެއްނު.. ” ހަނީފް އެކޭ އެއްގޮތަށް ޝިޔާޒްވެސް ޝާނީގެ ކޮނޑުގައި ހިފާ ގާތް ކޮށްލަމުން ބުނެލިއެވެ. އެވަގުތު އެއްކުއްޖަކު އަނެއްކުޖަކުދެކެ ވާލޯބިފެނި ހަނީފް އާއި ރަމީޒާ ހެއްދެވިފަރާތަށް ޝުކުރުކުރިއެވެ.
**********
ދުރަށްޖެހިލި ކަމްލާގެ ދެލޮލުން އެވަގުތު ފާއްދާލީ އުފާވެރިކަމުގެ ކަރުނައެވެ. މިވީހާތަނަށް އެހާ އޯގާތެރިކޮށް ވާހަކަދައްކާ އަޅާލީ ނާޝާއާއި ނާހިދާއެވެ. ނަމަވެސް މިއަދު ބައްޕަގެ ފަރާތުންވެސް އެހާ އޯގާތެރި މީހަކު އެބަހުރިކަން ޔަޤީންވުމުން ﷲގެ ކިބަފުޅަށް ކަމްލާ ހަމްދުކުރިއެވެ.
ހާމިދު މަޑުހިނގުމެއްގައި އައިސް ކަމްލާކުރެ ހިތް ހަމަ ނުޖެހިފަތޯ ސުވާލުކޮށްލީ ނުތަނަވަސް ކަމާއެކުގައެވެ. ނަމަވެސް ކަމްލާ ނޫނެކޭ ބުނެ ބޯހޫރާލުމުން ހާމިދުގެ ހިތަށް ތަސައްލީއެއް ލިބިގެން ދިޔައެވެ. “ދަރިފުޅު ނުގެނެސްގެން ހުރިހާދުވަހު ފާތުން ދައްތަ ބައްޕައާ ޝަކުވާކުރޭ.. އެކަމަކު ބައްޕަ ހީކުރީ ދަރިފުޅު މިތާންގައި އުޅެނީ ވަރަށް އުފަލުންކަމަށް އެހެންވެ އެއްބަސްވުމަކަށް ނާދެވިގެން މިއުޅެނީ..” ކަމްލާއަށް ބަލަންހުރެ ހާމިދު ކިޔާދިނެވެ.
“ފާތުން ދައްތައަކީ މާލޭމީހެއް.. އެގޭގަ އެކަނިމާއެކަނި ފާތުން ދައްތަ އުޅެނީ، އޭނާގެ މައިންބަފައިން ނިޔާވިފަހުން.. އަދި އެއްވާހަކަ ބައްޕަ ފާތުން ދައްތަޔާ އިނީވެސް އެކަން އެނގިހުރެމެ.. ފާތުންދައްތަ އަކީ ދަރިންލިބުމުން މަޙްރޫމް ވެފައި އިން ނިކަމެތި އަންހެނެއް.. ވީއިރު ދަރިފުޅު ބައްޕަ އާއެކު އެދިރިއުޅުމަށް ދާން ތައްޔާރުތަ؟ ފާތުންދައްތަ އަށް މަންމަގެ މާގާމު ނުދެވުނަސް އެހާ ގާތްކޮށްދެކެގެން އުޅެން ގަބޫލުތަ؟” “ލައްބަ..”ހާމިދުގެ ވާހަކަތައް އަޑުއަހަންއިން ކަމްލާ ހިނިތުންވުމާއެކު ރުހުނީ އޭނާގެ ބައްޕަ އެފަދަ މީހަކަށް ހަޔާތުން ޖާގަދިނީތީ އުފަލުންނެވެ. އެފަދަ ކޮންމެ މީހަކީ އެކަނިވެރިއަކަށް ވާކަށް ނުޖެހޭނޭކަމީ ހުދު ކަމްލާވެސް ދެކޭގޮތެވެ.
އައުދުވަހަކަށް އިރު އަރައިގެން އައިރު ކަނޑުގެ ލޮނުގަނޑުކަފަމުން ބާރުސްޕީޑްގައި ދަތުރުކުރަމުން ދިޔަ ލާންޗްގައި ހެވިފައި ޝިޔާޒް އާއި ޝާނީ އިނީ ފެންނަމުންދާ ގުތުރަތީ މަންޒަރުތަކަށް ގެއްލިފައެވެ. ހަގީގަތުގައިވެސް ގުތުރަތްތެރިކަމަކީ ބަލާފޫހިވާނޭ ކަމެއް ނޫންކަން އެދެކުދިންވެސް ގަބޫލުކުރެއެވެ. ދުނިޔެވީ ރީތި މަންޒަރުތަކަށް ގެއްލިފައިތިބި ދެކުދީންނަށް ހަމަބިމަށް އާދެވުނީ ލާންޗްގެ ބާރުދުވެލި މަޑުވުމުންނެވެ. އޭރު ރަށެއްގެ ބަނދަރުގެ ތެރެއަށް ލާންޗްއައިސް ވަނީއެވެ. ބަނދަރުމަތީގައި ބޭންކް ޔުނިފޯމްގައި އެކަކު ހުރިއިރު ދެންހުރީ އާދައިގެ ހެދުމުގައިހުރި މީހެކެވެ. ކައިރީގައި ކާރު ބާއްވާލާފައި އޮތެވެ. ޝިޔާޒް ރަށުގެ ބަނދަރު މައްޗަށް ނަޒަރުހިންގާލިއެވެ. ކިތަންމެހާވެސް ހިތްގަމުކަން ބަނދަރުމަތީންވެސް ހާމަވެގެން ދެއެވެ. ބަނދަރުގެ އެއްކޮޅެއްގައި ވޯޓަރ ސްޕޯޓްސްކުޅޭނޭ ސާމާނު ހުރި ސަރައްދުކަން އަންގައިދޭ ލިޔުމެއްވީއިރު ބަނދަރުގެ މެދެއްހާ ހިސާބުގައި ސިމެންތިން ރީތިފޮންޓަކުން މާފުށި ޖަހާލާފައިވަނީ ހިތްގައިމު ގޮތަކަށެވެ. އެއާ މާދުރުނޫން ހިސާބެއްގައި ރާޅު ބާންޔަކާއެކުގައިވި ކޯމަސްތަކެއް ރަމްޒުކޮށްދޭ ސިމެންތިން ހަދާފައިވާ ތަންވެސް އެހާމެ ޗާލެވެ. ޝިޔާޒްއެކޭ އެއްފަދައިން މާހައުލަށް ނަޒަރުހިންގަމުން ދިޔަ ޝާނީގެ މޫނުމަތީގައިވެސް ވަނީ އުފާވެރިކަމެވެ. “އޯ.. ތެންކިއު ދޮންބޭ..” ކިޔާ ނުހަނުލޯބިން ޝިޔާޒްގައިގަ ޝާނީ ބައްދާލިއެވެ.
ރަށަށް ފޭބުމާއެކު ބޭންކްޔުނިފޯމްގައި ހުރިމީހާ ޝިޔާޒްމެންނަށް މަރުހަބާކިއެވެ. އަދި ދެންހުރި މީހާކައިރީ ޝިޔާޒްމެންގެ ފޮށިތަށް ކާރަށް އަރުވާދިނުމަށް ބުނުމަށްފަހު ކާރާއި ދިމާއަށް ދިޔައެވެ.
************
އެހެން ދުވަސްތަކާއި ހިލާފަށް މިއަދު ނަޝާއާއި ކަމްލާ ގެއަށް ދިޔަމަގުމަތީގައި ތިބީނުހަނު އުފަލުންނެވެ. ކަމްލާއަށް ރަނގަޅުގޮތެއް ފެނުމުން ނަޝާ ކިތަންމެ އުފާވިނަމަވެސް ވަކިވާން ޖެހޭތީ އެހިތުގައިވަނީ ޝަކުވާއެވެ. ނަމަވެސް އެއިން ކަމެއް ކަމްލާއަކަށް ނާންގައެވެ.
“ކަންމިދެން އެޖޮބްގެ އިންޓަވިއުއަށްވެސް ނުދާނެ ދޯ..” ކަންބޮޑުބެފައި ނަޝާ އަހާލީ ކުއްލިއަކަށް މިކާލް ހަނދާން ވުމުންނެވެ. “ނޫނޭ މިއަދު އެއޮފީހަށް ދާނަން.. ނަޝާ ވާނެ އަހަންނާއެކުގަ ދާން.. އޭރުންދޯ ތިޔަދެލޯ ހޯދާ މިކާލްވެސް ފެންނާނީ.. ހެހެ ” ކަމްލާ އޭނާ ޕްލޭންކޮށްފައިވާގޮތް ކިޔާދިނެވެ. “އަޅެ އަސްލުވެސްތަ.. ކޮންއިރަކުދަނީ.. ” ނަޝާއަށްހީވީ އީދުލައިގަތް ހެންނެވެ. މިކާލް ދެކެލާހިތުން އެދެލޯ ބޭގަރާރްވެފައުވާ މިންވަރު ހާމަވެގެން އެވަގުތުވެސް ދިޔައެވެ. “ހާސްނުވޭ.. މިއަދު މެންދުރެއްހާއިރު ދާނީ.. ތައްޔާރުވާން ބުނާނަން..” ކަމްލާ ހިނިތުންވެލާފައި އެހެންބުނެފައި އެނބުރިލީ ފަހަތުން ބަޔަކު އަންނަހެން ހީވެގެންނެވެ.
އޭރު ފަހަތުގައި ހާމިދާއާއި އޭނާގެ ދަރިފުޅު ލޯއަޅަައިގެން ތިބިތަން ފަހަތްބަލާލި ނަޝާއަށްވެސް ފެނުނެވެ. ނަމަވެސް އެއީ ކަމަކަށް ނުހަދާ ދެކުދިން އެކީގައި ނަޝާމެންގެއަށް ދިޔައީ ހާމިދުވެސް ވާނީ އެގޭގައިކަން އެނގޭތީއެވެ. ރެއިން ފަށައިގެން ހާމިދުއާއި ކަމްލާ އެރަށުގައި ދެންމަޑުކުރާ ހަފްތާއެއްހާ ދުވަހުގައި ދިރިއުޅޭނީ އޭގޭގައި ކަމުގައި ނާހިދާމެން ބުނުމުން ރޭގައި އަވަހަށް ބަދަލުވީއެވެ.
ގެއަށް އައިސް ވަތް ނަޝާ އަވަސްވެގަތީ ކޮޓަރިއާއި ދިމާއަށެވެ. ނަމަވެސް ކަމްލާ މިސްރާބުޖެހީ ނާހިދާާއިއެކު ބަދިގެފަރާތަށެވެ. ކޮޓަރިއަށް ވަތް ނަޝާ ލެޕްޓޮޕް ހުޅުވާލުމާއެކު އޭނާ އެޕްލައިކުރަން ވިސްނި ކޯހަށް އަވަހަށް ފޯމްފުރާ އެޕްލައިކޮށްލިއެވެ. އަދި ހަމަޖެހިލާފައި ބަދިގެ ފަރާތަށްދިޔައީ ޔަގީނުންވެސް އެކަން އޭނާއަށް ކާމިޔާބުވާނޭކަމާމެދު އުފަލުންނެވެ.
***********
ކާރުގައިގޮސް ޝިޔާޒްމެން މަޑުކުރަން ހަމަޖެހިފައިވާ ގެސްޓްހައުސް ސަމާވިލާއަށް ގާތްކޮށްލުމާއެކު ޝާނީއާއި ޝިޔާޒް ކާރުން ފޭބުމާއެކު ފުން ނޭވާއެއް ދޫކޮށްލިއެވެ. “މާދުރުނޫނަސް މެންދުރެއް ހާއިރު އަޅުގަނޑު އަންނާނަން. މިކޮޅު ބްރާންޗަށް ގޮސްލަން.. ” ޝިޔާޒްމެން ރިސީވްކުރަން އައިސްހުރި މާފުށީ ބޭންކް ބްރާންޗްގެ އިސް ވެރިޔާ ހަލީލް އެހެން ބުނެލާފައި ޝިޔާޒްމެންނަށް ބޫކްކުރި ދެކޮޓަރީގެ ތަޅުދަނޑި ހަވާލުކުރުމަށް ފަހުގައި އެނބުރިދިޔައެވެ.
ސަމާވިލާ ގެސްޓްހައުސްއަކީ މާފުށީގައި ނަންހިނގާ މަޝްހޫރު ދުވަސްވީތަނެއް ނަމަވެސް އެންމެފަހުން ގެނެވުނު އަޕްގްރޭޓްއާއެކު އެންމެ ފަހުގެ ގެސްޓްހައުސް ތަކެކޭ އެއްފަދައިން ވަނީ ހިދުމަތްތަށް ލިބޭނޭމަގު ތަނަވަސް ކޮށްފައެވެ. އަދި ތަނުގެ މޭޖެމަންޓުން ހިންގާ އޮފީސްވެސް ހުންނަނީ ގެސްޓްހައުސްގައެވެ. އެހެންވުމުން ޚިދުމަތް ގޯދާ ފަރާތްތަކުން މައްސަލައެއް ދިމާވުމުންވެސް ވީއެންމެ އަވަހަށް އެކަމެއް ހައްލުވެދެއެވެ.
ކޮޓަރިއަށްވަދެ ފެންވަރާލާ ތާޒާވެލުމަށްފަހު ޝާނީ ނިކުމެލީ ބޭރަށެވެ. އޭރު ހެނދުނުގެ ސައިބުއިމުގައި އަވަދިނެތި ރެސްޓައުރަންޓްބައިގައި މީހުން ހޭލަ މޭލަވެ އުޅެއެވެ. ޝިޔާޒް އަށް ގުޅާލުމަށްފަހު ހެޑްސެޓްޖަހައިލައިގެން ޝާނީ އެއަށް ގެއްލިފައި އިނެވެ.
**************
ސައިބޮއި އަވަދިވެގެން ތެދުވި ކަމްލާގެ ފޯނު ރިންގްވީ އެވަގުތުގައެވެ. ގުޅަނީ އެޕްލައިކުރި އޮފީހުންނެވެ. އެހެންވެ އަވަހަށް ފޯނު ނެގުމާއެކު އެކޮޅުން އެންގީ ނުވައެއް ޖަހާއިރަށް އައިސް ދިނުމަށެވެ. ކަމްލާއަށް ވަގުތުން ބަލާލެވުނީ ކައިރީގައި އިން ނަޝާއަށެވެ. ލޮލުގެ އިޝާރާތުން ދާންޖެހިއްޖެ ކަން އަންގާލުމާއެކު ނަޝާގެ މޫނު އުޖާލާވެގެން ދިޔައެވެ.
ދެކުދިން ބެލެނިވެރިންގެ ހުއްދައާއިއެކުގައި އެތަނަށް ދިއުމަށްނިކުތީ އައްގަޑި ފަންސާސް ވީފަހުންނެވެ. ބާރުހިނގުމުގައި ގޮސް ވަތް ނަޝާ އެވަގުތު ބޭރަށްނިކުތް އަންހެންކުއްޖެއް ގައިގައި ޖެހުނެވެ. އެކުއްޖާވެސް ހިނިތުންވެލާފައި ނަޝާއެކޭ އެއްފަދައިން މައާފަށްއެދުނެވެ. އެވަގުތު ފަހަތުން “ޝާނީ..” އޭކިޔާ ގޮވާލުމާއެކު ތިންކުދިންނަށްވެސް އެކީގައި އެނބުރިލެވުނެވެ.
ނުނިމޭ..
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
15 Comments!
Comments are closed.






vvv rythi mi vaahaka. keep it up gurl.
Thank you nonni?
Wooo.. nice.. nxt prt kn irakun… Curiously waiting..
Owhh thank you my dearest ?
varah reethi
Thank you my dearest ?
Woah??…Amazing…Nd kamlaa ge badhal ga shaanii ge nan ebeh inge..Ekan rangalhu kurahche..vv curious..Good luckkk
Ohh ehen vedhaane faharuga ? roadhamahehnu.. hehe in Sha allha rangalhu kohlaanan.. and thank you so much ?
Varah reethi
Thank you dear I Sha?
Bunedhenhey vaahakaage anehbai kobaatha?
Mivaahaka nimaalaafa up kuran fashaanan in Sha allah
Mi part vx hama v v reethi ingey Layaa ❤️❤️❤️?????????… Kamla ah ragalhu gotheh v ma varah ufaavehje ???… N that leesh dhw ???… Shiyaaz ah leesh ge truth ingen v beynun ???… Layaa ge hurihaa story ehvx v v reethi ❤️❤️❤️???????????????????????????… Malaak was my favourite ❤️❤️❤️????????????????????????… Hehe… Waiting for next part ???… Lots of love Layaa ❤️❤️❤️??????????????????…
Varah ufaavejje micomment fenifa.. thank you dhoonyaa ???
Feshun vx vvv salhi igey fahun vx salhivaane kamah ummeedh kuran so happy