މިލްނާ އާއި މިލްހާންގެ ޒުވާބު ހުއްޓުނީ ގޭގެ ދޮރުފަތް ހުޅުވާލާފައި ވަތް ނުދަންނަ ޒުވާނާ ފެނުމުންނެވެ. ****************************************** ހަމުގެކުލަ އަލި، އިސްކޮޅުން ދިގު އެޒުވާނާއެކޭ ފިލްމީތަރިއެކޭ ތަފާތެއް ނެތެވެ.އެހެނީ އެ ޒުވާނާއަށް ލިބިފައިވަނީ ރާއްޖޭގެ ނިސްބަތުން ފާހަގަކޮށްލެވޭ ފަދަ ރީތިކަމެކެވެ. އެ ވަރުގަދަ ބުމައާއި އެއްވެސް އައިބެއް ނުވާ އެމޫނުގެ އިތުރުން އެ އަޑި ނޭނގޭ ފުން ކަނޑެއްފަދަ ދެލޮލުގެ ތެރެއަށް ގެނބި ނުދާނޭ އަންހެންކުއްޖެއް މި ދުނިޔޭގައި ނުވާނެކަން ގައިމެވެ. ލައިގެން ހުރި ކަޅު ހިމަ […]
މަޖަލާ އުފަލުގައި ވަގުތުތަކެއް ހޭދަކުރުމަށްފަހު މިލްނާއާ އޭނާގެ ގުރޫޕު ރަށުތެރެޔަށް އަރައިގެން އެބަޔަކު އެބައެއްގެ ގެޔަށް މިސްރާބު ޖެއްސެވެ. މިލްނާވެސް އޭނާ ދޮވުނުތެލި ކިހިލީގައި ޖަހައިގެން މިސްރާބު ޖެހީ ރަށުގެ އެންމެ ފެންވަރު އެއްގެކަމަށްވާ އެރަށުގެ ގެ ކަތީބު އިބްރާހިމްފުޅު ގެ ގެކަމަށްވާ މާއޮޑިގެއާ ދިމާލަށެވެ. ސިއްރު ސިއްރުން ގޭގެ މައިދޮރު ހުޅުވާލުމަށްފަހު ގެޔަށް ވަންނަން ދިމާކުރި މިލްނާ ސިހިގެން ދިޔައީ ކުރި މަތީ ހުއްޓިގެން ހުރި މީހާ ފެނިފައެވެ. **************************************************************************************************************** ކަތީބުގެ މޫނުމަތިން އެއްވެސް ކަހަލަ އަސަރެއް ފެންނަން ނެތް އިރު މޫނުމަތިން ފެންނަމުން ދިޔައީ ސީރިއަސްކަމެވެ.މިލްނާ އަށް ބޭއިޚްތިޔާރުގައި ދެލޯ ތަގުޅި ކޮށްލުމަށްފަހު ދުލުގައި ދަތް އަޅާލެވުނީ މިއަދުވެސް ހަނދާންނެތި ބައްޕަ ކައިރީ ނުބުނެވި ތުނޑި މައްޗަށް ދެވުމުންނެވެ. މިއަދުވެސް ބައްޕަގެ ފަތުވާތައް އަޑުއަހަން ޖޭހޭނެކަން އިހުސާސްވުމާއެކު އޭނާއަށް އަތުން […]
ވަގުތަކީ އިރުއަރަމުންދާ ވަގުތުކަމަށްވާތީ މުޅި ދުނިޔެ މައްޗަށް ވެރިވެފައި ވަނީ އިރުގެ ރަންދޯދިތަކުގެ އައްޔެވެ. އެދޯދި ތަކުން އެޅިފައިވާ ދަޅަތައް އުޑުގައި އެވާ ހުދު ކަފަކޮޅެއްފަދަ ވިލާތައް ފޫދުއްވާލާފައި ގޮސް ކަނޑުގައި އެވާ ފެހިނޫކުލައާއި އެކުވާހިނދު އެމަންޒަރު ފެންނަ މީހެއްގެ ހިތް އޭގެ މަޤާމުން ދޫވާނެކަން ކަށަވަރެވެ. ޖެހެމުންދާ ފިނި ވައިރޯޅިއާއި އެކު ގަސްތަކުގައި އެވާ ފަތްތަށް ނަށާލާ ނަށާލުމުން އިވިގެންދަނީ އަޑުއަހާލަން ފަސޭހަ މިޔުޒިކެއްގެ އަޑެވެ. ހަމައެއާއިއެކު އިވެމުންދާ ބަނިޔާދަން ކާޅާއި މުނިޔާ މާކަނާގެ އިތުރުން […]