Skip to content
އެސްފިޔަ

ވާނަން އަބަދަށް އެކީ

މިލްނާ އާއި މިލްހާންގެ ޒުވާބު ހުއްޓުނީ ގޭގެ ދޮރުފަތް ހުޅުވާލާފައި ވަތް ނުދަންނަ ޒުވާނާ ފެނުމުންނެވެ.

******************************************

ހަމުގެކުލަ އަލި، އިސްކޮޅުން ދިގު އެޒުވާނާއެކޭ ފިލްމީތަރިއެކޭ ތަފާތެއް ނެތެވެ.އެހެނީ އެ ޒުވާނާއަށް ލިބިފައިވަނީ ރާއްޖޭގެ  ނިސްބަތުން ފާހަގަކޮށްލެވޭ ފަދަ ރީތިކަމެކެވެ. އެ ވަރުގަދަ ބުމައާއި އެއްވެސް އައިބެއް ނުވާ އެމޫނުގެ އިތުރުން އެ އަޑި ނޭނގޭ ފުން ކަނޑެއްފަދަ ދެލޮލުގެ ތެރެއަށް ގެނބި ނުދާނޭ އަންހެންކުއްޖެއް މި ދުނިޔޭގައި ނުވާނެކަން ގައިމެވެ. ލައިގެން ހުރި ކަޅު ހިމަ ފަޓުލޫނާއެކީ ބެގީކޮށްފައިވާ ނޫކުލައިގެ ގަމީހުން އެ ފިރިހެންވަންތަކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ކަހަލައެވެ. އަތުގައި އަޅާފައިވާ އަގުބޮޑު ގަޑީން އެއީ މުއްސަނދި އާއިލާއަކަށް ނިސްބަތްވާ މީހެއްކަން އެނގިގެންދެއެވެ.

މިލްނާއަށް ކަޅި ޖަހާނުލާ އެ ޒުވާނާއަށް ބަލަން ހުރެވުނީ ސަބަބަކާނުލައެއް ނޫނެވެ. އެހެނީ އެ ޒުވާނާ އަޅައިގެން ހުރި ހެދުމަކީ އެރަށުން މީހަކު އަލަށްވެސް އަޅައިގެން އުޅުނު ހެދުމެއް ނޫނެވެ. ކުޑައިރުއްސުރެއް ރަށުގައި އުޅެ ބޮޑުވި އިރު އޭނާއަށް މުޅިންވެސް ފެނިފައިވަނީ ހުސް މުންޑުގައި އުޅޭ ފިރިހެނުންނެވެ. ޚާއްސަކަމަކަށް ނޫނީ އެމީހުން ގަމީސްލައި އުޅޭތަނެއް އޭނާއަކަށް ނުފެނެއެވެ. އެރަށުން އާންމު ގޮތެއްގައި ފޮށާ ބަނދެގެންނާއި ގަމީހާއެކު މުންޑުލައި އުޅެނީ އޭނާގެ ބައްޕަ އާއި ބޭބެގެ އިތުރުން ސަރުކާރު އޮފީހުގައި މަސައްކަތް ކުރާ މީހުންނެވެ. ވުމާއެކު އެއީ ވެރިރަށް މާލެއަށް ނިސްބަތްވާ މީހެއްކަން މިލްނާގެ ވިސްނުންތޫނު ސިކުނޑި ދެނެގަތެވެ.

އެންމެ ފުރަތަމަވެސް އެ ޒުވާނާ މަޑުމައިތިރިކަމާއެކު ސަލާން ގޮވާލިއެވެ.އަދި އަހާލިއެވެ.  “މިއީތޯ މާއޮޑި ގެއަކީ؟” އެ ޒުވާނާ އެހާ ޔަޤީންކަމެއް ނެތި ކޮށްލި ސުވާލަށް ޖަވާބު ދިނީ މިލްހާންއެވެ”އާނ! މިއީ މާއޮޑި ގެއަކީ.ބައްޕަ ވިދާޅުވެގެން އައި ބޭފުޅެއް ދެއްތޯ؟” އެ ޒުވާނާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.  މިލްހާންއަށް އެއީ ކާކުކަން ނޭނގުނު ނަމަވެސް އެއީ ބައްޕައާއި ވަރަށް ގާތް މީހެއްކަން އިނގުނެވެ.ވުމާއެކު އެޒުވާނާ އިށީންނަން ދަޢުވަތު ދިނުމަށްފަހު އޭނާ އަވަސްއަވަހަށް ކަތީބު ހޯދުމަށް ހަރު ފިޔަވަޅުތަކެއްގައި ހިނގައިގަތެވެ.

ލިމްނާތޯއެވެ.އެ ޒުވާނާ އިށީން އިރުވެސް އޭނާއަށް ހުރެވުނީ ކޮޅަށެވެ. އެހެނީ އެ ޒުވާނާގެ އަޑު އޭނާގެ ކަންފަތަށް އިވުނީ ފޮނި މާމުއި ފޮދެއްހެންނެވެ. އެހާ އޮމާން ވެފައި ފިރިހެންވަންތައެވެ. އެކަޅު ފޮއެ ރެއެއްފަދަ އެ ކަޅުކުލައިގެ ލޮލުގެ ތެރެއަށް އޭނާގެ ދެލޯ އަމާޒު ވުމާއެކު އޭނާގެ ގައިން ހީބީހި ނެގިއެވެ. އޭނާގެ ހިތުގެ ތެޅުން އަވަސް ވާން ފެށިއެވެ. އަދި ނޭވާކުރުވެ އަތްފައި ފިނިވާން ފެއްޓިއެވެ. ހުވަފެނެއްގައި ވާ ކުއްޖެއްހެން އެ ޒުވާނާގެ ލޮލުގެ ތެރެއަށް ގެއްލިފައި ހުރިއިރު ލިމްނާގެ މޫނު ހީވަނީ ރަތް ޖަންބެއް ހެންނެވެ. އެންމެ ފުރަތަމަ ނަޒަރުންވެސް އެ ޒުވާނާ މިލްނާގެ ހިތާ ކުޅެލައިފިކަން ގައިމެވެ. ނަމަވެސް އެ ޒުވާނާތޯއެވެ.  އެންމެ ފަހަރަކުވެސް އޭނާ މިލްނާގެ މޫނަށް ނުބަލައެވެ. އިސްޖަހާލައިގެން އަތުގައި އޮތް ނޫހަށް ނަޒަރު ހިންގާލައިގެން އިން އިރު މިލްނާ އެތަނުގައި ހުރިކަމަކަށްވެސް ނަހަދައެވެ.

މިލްނާ އަށް ސިހުމެއް ލިބުނީ ކަތީބު އައިސް ގޭގެ މައި ދޮރު ހުޅުވާުލުމުންނެވެ. ކަތީބު ވަނުމާއެކު އެ ޒުވާނާ ނޫސް ބާއްވާލުމަށްފަހު ތެދުވިއެވެ.  “އަނހާ! ކިނާން! ކަލޯ ކިހިނެއް ؟ ހާދަ ދުވަހެއް ފަހުންނޭ ދޯ މި ދިމާވީ. ކޮބާ ކޮންއިރަކު ލެފީ؟. ވަރަށް ބޮޑަށް މަޢާފަށް އެދެން އިނގޭ ކަލޯ ލަފަން ވާއިރަށް ފާލަންމައްޗަށް ނުދެވުނީ މަ. އުޅެލެވުނުލެއް ބުރަކަމުން ނުދެވުނީ.މީހަކު ފޮނުވަންވެސް އުޅުނިން. އެކަމަކު އޭނާ އެހެން މުހިއްމުކަމަކު ދާން ޖެހިގެން ދިޔައީ.  އަނެއްކާ ގެ ހޯދުނީ ކިހިނެތް؟ ތިހެން ނުހުރެ އިށީންދޭ. ” އުނދޯލީގައި އިށީންނަން ދަޢުވަތު ދެމުން ކަތީބު ފަހަރަކު ސުވާލެއް ކިނާންއާއި ކުރަމުން ގެންދިޔައެވެ.”ބޭބެ ނަޔަސް އަނެއްހެން މާ އުނދަގުލެއް ނުވި ގެ ހޯދާކަށް. ކުނިކަހަން ނިކުމެ އުޅުނު ދެތިން ދައްތައެއްގެ ކައިރިން މިގެ ހުންނަތަން އަހާލީ. ދެން ލެފީ ގާތްގަނޑަކަށް 6:30 ކަށް ހާއިރު. “ކިނާން ހިނިތުންވުމެއް މޫނުމައްޗަށް ވެރި ކުރުވިއެވެ. އެވަގުތު އޭނާއަށް ކުރިމަތީގައި ކަޅި ޖަހާ ނުލާ ބަލަން ހުރި އަންހެންކުއްޖާ ފެނި ހިތަށް ފޫހިވެރިކަން ވެރިވިއެވެ. ހިތުގައި އުފެދިގެން ދިޔަ ރުޅިވެރިކަން ހިންދާލުމަށް މަސައްކަތް ކުރަމުން އޭނާ ދެއްކުންތެރި ހިނިތުންވުމެއް މޫނުމައްޗަށް ވެރި ކޮްށްލިއެވެ. “އެހެންދޯ! ދެން ބޭބެ ނުކިޔާ ބަފައިބެ ކިޔަން ވީނު. މިހާރު ދެން ކަލޯ ތިއުޅެނީ މިގޭ ކުއްޖަކަށްވާން. ދެން އެހެންވީމަ ބަފައިބެ ކިޔަސް މައްސަލައެއް ނެތެއްނު. ކޮބާ މަންޖޭ! ތިހެން ނުހުރެ ގޮސް މިސޮރަށް ފަނި ތަށްޓެއް ނަމަވެސް ގެނެސް ދީބަލަ.” ހީލަމުން ބުދެއްހެން ހުއްޓިގެން ހުރި މިލްނާ ކައިރީ ކަތީބު ބުނެލިއެވެ.

މިލްނާއަށް ހަމަ ބިމަށް އާދެވުމާއެކު އޭނާ ބައްޕަ ބުނި ކަންކުރުމަށް އަަސްވެގަތެވެ. ބަދިގެ ހުންނަ ފަރާތަށް މިސްރާބު ޖެހިއިރު އޭނާ ދެފައި އޮޅިގެންނުވެއްޓުނީ ކިރިޔާއެވެ. އާވާރާއެއްހެން އަމިއްލަ ހިނިތުންވުމެއްގައި ގޮސް ބަދިގެއަށް ވަން އިރު އޭނާއަށް ކެއްކުމުގައި ހަރަކާތްތެރި ވަމުން ދިޔަ އޭނާގެ ދޮންބެދައްތަ, މިލްހާންގެ އަންހެނުން ،މަލަކާ އެތަނުގައި ހުރިކަމެއްވެސް ރޭކައެއްނުލައެވެ.ދުމުން މުޅި ބަދިގެ އެއްވަސް ވެފައި ވާއިރު މަލަކާ އިނީ ދޭފަތުން އުނދުން މައްޗަށް އުދާފައި ހުރި ބަތް ތާސް ބެލުމުގައެވެ. އަލިފާން ގަނޑު އެއްވަރެއްގައި ބެހެއްޓުމަށްޓަކައި އިރު އިރުކޮޅާ އިހާއާ ދަރު އަޅަމުން ދިޔައިރު މަލަކާ ލައިގެން ހުރި ލިބާސް އޮތީ ދާހިތްލުމުގެ ސަބަބުން ގައިގައި ތަތްލަވާފައެވެ. މަލަކާއަށް މީހެއްގެ ހިލަންވުމުން އެބުރި ބަލާލިއިރު މިލްނާ ހުރި ގޮތް ފެނުމުން ގާތަށް ހިނިއައެވެ. އޭރު ބަތް ތާސް ހުރީ ކެކިފައި ކަމުން އޭނާ މިލްނާއަށް ގޮވީ އޭނާއެކަނި އެބަތް ތާސް ނަގަން އުނދަގޫވާނެތީއެވެ. ގޮވަ ގޮވާ މިލްނާއަށް އަޑުއިުނު ކަމަކަށް ނުވިއެވެ. މަލަކާ އެތައް ހާލަކުން ބަތްތަވާ ނަގާ ބިމުގައި ބެހެއްޓިއިރު މިލްނާަށް އޭގެ ހިލަމެއްވެސް ނޖވެއެވެ.    ޚިޔާލީ ދުނިޔެއްގައި އޭނާއަށް ހުރެވުނު އިރު ކުރަންއައި ކަން ހަނދާން ނައްތާލުމަށްފަހު ބަދިގޭގެ ދޮރުގައި ލެނގިލައިގެން އޭނާއަށް ހުރެވުނެވެ. “އޭ! މިލްނާ” މިލްނާއަށް ހަމަ ހޭވަރިކަންވީ މީހަކު އައިސް އޭނާގެ ފުއްކިބައިގައި ޖެހުމުންނެވެ. “އޭނ! ކީކޭ؟އެއްޗެކޭ ކިންތަ؟” މިލްނާއަށް ސިހިފައި ކައިރީގައި ހުނުން މަތަކުރަމުން ދިޔަ މަލަކާ ފެނި އަހާލެވުނެވެ.”ބަލަ މީނދަ އަންހެނާ! މަ މިތާ ހުރެ މީނަޔަށް 10 ވަރަކަށް ފަހަރު ގޮވައިފިން. ކިހިނެއްވެފަ ތިހިރީ. އަނެއްކާ ވާން އުޅޭ ފިރިކަލުން ފެނުނީމަ އީޝްޤުގަ ޖެހުނީ ދޯ؟”މިލްނާއަށް މަލަކާ ކިޔުން އެއްޗެއް ސާފެއް ނުވިއެވެ. “ކީކޭ؟ކާކުގެ ފިރިޔެއް. ބަލަ ދޮންބެދައްތަ ހުންނަނީ ދޮންބެ އާއި އިނދެގެން. ދެން އެހެން ފިރިޔަކުން ކީއްކުރަން؟” އެވަގުތަކީ މިލްހާންްވެސް އެ ހިސާބަށް އަރާ ހަމަވި ވަގުތު ކަމުން މަލަކާއާއި މިލްހާންއަށް ދެމީހުން ދެމީހުންގެ މޫނަށް ބަލާލެވުނެވެ. ދެމީހުންވެސް މަސައްކަތްކުރީ ހުނުން ހިފަހައްޓާލެވޭތޯއެވެ.”ކީއްވެ ފާޑަކަށް ބަލަން ތިތިބީ މަކުރި ސުވާލަށް ޖަވާބު ދީ. ”

މަލަކާއަށް ކެތްވެވުނީ އެހިސާބަށެވެ. އޭނާގެ ހިނިގަނޑު ފަޅައިގެން ދިޔުމާއެކީ އޭގެ ފަހަތުން ބޮމެއް ގޮއްވާލިހެން އިވުނީ މިލްހާންގެ ހުނުމުގެ އަޑެވެ.މިލްނާއަށް ހުރެވުނީ ވާނުވާ ގައެވެ.” ބަލަ މީނދަ މޮޔަޔާ. ބައްޕަ އެއުޅެނީ މީނަ މީހަކާ ދެވާށޭ. ދެންމެ އެ ފެނުނީ މަގޭވާން އުޅޭ ޅިޔަނޭ. މިގޭގަ މަގޭ ލޯބިވާ ކޮއްކޮ ނޫން އެހެން އަންހެން ކުއްޖެއް ހުސްހަށިބަޔަށް ހުންނަކަމެއް މަށަކަށް ނޭނގެ. ގައިމު ބައްޕަގެވަލީ މަގޭ ކައިވެންޏަކަށް ބޭނުމެއް ނުވޭ. ” މިލްނާއަށް އިވުނު އެ ޚަބަރާ އެކު ލިބިގެން  ދިޔައީ ޝޮކެކެވެ.

(ނުނިމޭ)

Comments (25)

  1. Shahu

    Woooooww varah salhi mi part ves ? ? ? ? ? ❤️❤️❤️❤️❤️waiting for next part

    1. #00R!Y
      Shahu

      Thank you shahu?❤️??

  2. kaia

    haadha kureyy..varah reethi waahaka..thankolheh dhigukohla dhehche next

    1. #00R!Y
      kaia

      I will try in next time????????????❤️

  3. ❤️?

    Mi part ves varah salhi

    1. #00R!Y
      ❤️?

      Thank you ❤️??

  4. ?

    limna???????????

    1. #00R!Y
      ?

      Sorry typing mistake ?

  5. Miikaail

    Wow!!??
    Heyy #ooR!Y can’t yuh make the parts little bit long???

    1. #00R!Y
      Miikaail

      Thank you miikaail. ?dhen genesdhey baithah dhigu kohdheveytho balaanan☺️❤️????❤️????

  6. Nonni

    Finally inthixaaruge nimun athuvehjje??????????. mi vrhaka ah wait kurevunu varah bt mi part varah kuru nxt part miahvure dhigu koh dhehchey plxxxxx????????? ibaarai kurun hama bst varah kiyr hithun kiyr vrhaka eh mi??????? #00R!Y sis u’re one of my fav author in ths esfiya site????????? hope kurun vrhaka cont…. Kuraane kamah waiting for nxt prt. avahah up kohdhehchey❤️❤️❤️❤️???????? waiting…………….

    1. #00R!Y
      Nonni

      Thank you nonni. Ehaa gina dhuvah inthizaaru kurivan jehunu kamahttakai vraha bodah maaafah edhen. ???. Vaahaka up kuran jassafa hunna thaa mi ee 3 vana dhuvas. Adhikiriyaa up vee. Wifi slow kamun. Once again sorry for making yiu guys wait for this long. ?????❤️????❤️

  7. kookkiiee

    wooowww…. varah salhi.. <3 🙂 waiting for next part…

    1. #00R!Y
      kookkiiee

      Than you kokkiiee??❤️?❤️?❤️?❤️?❤️?❤️

  8. jiji

    Ma sha allah..V v rythi mi part vec..Mind blowing?..whn next hoory..Plx avahah upkohlaathiii

    1. #00R!Y
      jiji

      Thank you jiji?????❤️?❤️?❤️?❤️???????????????insha allah varah avahah dhen oi part vrz up koodheynan??????

  9. IsHaA iShAa

    salhi… #00R!Y thi kon rashu kujjeh… and real name aky koba..? anyways vv salhi story

  10. Kudhu

    Masha Allah v reethi،،???

    1. #00R!Y
      Kudhu

      Thank you kudhu?❤️❤️❤️❤️❤️❤️❤️❤️

  11. Girl

    Varah salhi…. when next part

    1. #00R!Y
      Girl

      Thank you girl????❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?

  12. I_s_H_a

    Reeeeethi

    1. #00R!Y
      I_s_H_a

      Thank you I_s_H_a ???❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?

  13. Aruu

    Wowwwwwww❤️??

    1. #00R!Y
      Aruu

      Thank you aru ????❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?

Comments are closed.