Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކުށަކާ ނުލާ 25

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
August 22, 2019 7 Mins Read
43 Comments

“ނަދާ އަޔާއާ އެކީ އުޅެން ބޭނުން ނުވެދާނެތަ؟ އަޔާއަށް ގޯހެއް ހެދުނީތަ؟” ނިހާލް އެހިއެވެ.

އަނގައިން ނުބުނެ އަޔާޒް ބޯ ޖަހާލިއެވެ.

“އެއްވެސް ގޮތަކުން ނަދާއަށް ދެރައެއް ލިބިގެން ނުވާނެ އަޔާ، ލޭގެ ގުޅުމެއް ނެތަސް އެއީ އަހަރެންގެ ކޮއްކޮއެއް، އޭނައަށް ގޮތެއް ވެއްޖެއްޔާ އަޔާ ޖެހޭނެ އަހަންނަށް ޖަވާބު ދޭން” ނިހާލް ބުނެލިއެވެ. އަޔާޒް ބުނި ގޮތުން ނިހާލް ނިންމީ އަޔާޒް ނަދާއަށް ބޭވަފާތެރި ވީ ކަމުގައެވެ. ނަމަވެސް ހިތަށް ހަމަ ޖެހުމެއްވެސް ލިބުނީ އެކަމާ އަޔާޒް ދެރަވާ ކަމާ، ނަދާ ދޫކޮށްލަން ބޭނުން ނުވާ ކަން އެނގުމުންނެވެ.

އެރޭ އެކި ވާހަކައިގައި ތިބެފައި އެންމެންވެސް ނިދީ ވަރަށް ލަސް ވީ ފަހުންނެވެ. ނަމަވެސް ފަތިހު ނަމާދު ވަގުތަށް ހޭލިއެވެ. އަނެއްކާވެސް ނިދާފައި ދެން ހޭލީ އަށެއް ޖަހަން އުޅެނިކޮށް އަޒްކާ ހޭލުމުންނެވެ. އެ ދުވަހުވެސް ގޭތެރޭގައި އޮތީ ސަކަރާތް ޖެހުމާ އެކަކު އަނެކަކާ ދިމާ ކުރުމެވެ.

“ހިތަށް އަރާ އަބަދުވެސް މިހެން އުޅެވޭ ނަމައޭ” ހަވީރު ސައި ބޯން އިނދެފައި ނަދާ ބުންޏެވެ.

“މި ކަހަލަ ކަންތައް މަޖާ ވާނީ މަދުމަދުން ވަންޏާއޭ” ހުދާ ބުންޏެވެ.

“ދޮންތައާ ދޮންތަބޭ މެރީ ކުރީމަ ތި ގެޔަށްވެސް އަހަރެން މި ގޮތަށް ގެންދައްޗޭ އިނގޭ” ރިދާ ބުންޏެވެ.

“އޭރުން ރިދާ އަހަރުންނާ އެކީ އެއްކޮށް ބަދަލު ވާންވީނު؟” ހުދާ ސަމާސާ ކޮށްލިއެވެ.

“އުހުނ، ދެންމެ ދޯ ދޮންތަ ތި ބުނީ މި ކަހަލަ ކަންތައް މަޖާ ވާނީ މަދުމަދުން ވަންޏާއޭ. ތި ގެޔަށް އަހަރެން އެއްކޮށް ދިޔައިމަ ނުވާނެ މަޖަލެއް” ރިދާ އަވަހަށް ދެކޮޅު ހެދިއެވެ.

އެ ދުވަހު އިރު އޮއްސުނީ ހީވެސް ނުކުރާހާ އަވަހަށެވެ. މުޅި ދުވަހުވެސް ނަދާ ފޫހި ވި އެންމެ ވަގުތުކޮޅެއްވެސް ނާދެއެވެ. އަޔާޒްއާ ނިހާލްވެސް މިސްކިތަށް ދާން ނޫނީ ގެއިން ނުނިކުމެއެވެ.

އިރު އޮއްސެން ކައިރި ވީ އިރު ހުދާމެން ތިބީ ދާން ތައްޔާރު ވެގެންނެވެ. އެ މީހުންނާ އެކު ދޮރާ ހަމައަށް އަޔާޒްއާ ނަދާވެސް ނިކުތެވެ. ހުދާއާ ރިދާއާ އަޒްކާ ކާރަށް އެރުމުން، އެ މީހުންގެ ފަހަތުން ނިހާލްވެސް ސައިކަލަށް އެރިއެވެ. ކާރު ގޮސް އޮބާލަން ދެން ބަލަން ހުރެފައި ނަދާ ގެޔަށް ވަނެވެ. މައްޗަށް ދާން ލިފްޓްގައި ނަދާއާ އަޔާޒް ތިބި އިރު އަޔާޒް ހުރީ ނަދާއާ ދިމާއަށް ބަލާށެވެ. އެކަން އިހުސާސް ކުރެވި، ނަދާއަށް އުނދަގޫ ވި ނަމަވެސް އިސް އުފުލާ ބަލައެއް ނުލައެވެ.

ގެޔަށް ވަދެ އަޔާޒް ސޯފާގައި އިށީނެވެ. ނަދާ ފެން ފުޅިއެއް ހިފައިގެން އައިސް ކާމޭޒު ކައިރީ ގޮނޑިއެއްގައި އިށީނެވެ.

“ގޭތެރެ މުޅިން ފަޅު ވެއްޖެ ދޯ؟” އަޔާޒް ބުނެލީ ނަދާއާ ކޮންމެވެސް ވާހަކައެއް ދައްކާލުމުގެ ބޭނުމުގައެވެ.

ނަމަވެސް ހަމަ އެކަނި ބޯ ޖަހާލާފައި ފެން ފުޅި އައިސް އަލަމާރިއަށް ލާފައި ނަދާ ނިކުތީ ބެލްކަންޏަށެވެ. ބަންގި ގޮވީ ނަދާ އެތާ ހުއްޓައެވެ.

“މިސްކިތަށް މި ދަނީ” ބެލްކަންޏަށް ބޯ ދިއްކޮށްލާފައި އަޔާޒް އެހެން ބުނެފައި ނިކުތެވެ. ނަދާވެސް ކޮޓަރިއަށް ވަދެ ނަމާދު ކޮށްލިއެވެ.

އަޔާޒް ގެޔަށް އައި އިރަށް ކިޔަވަން އިން ނަދާ ޚަތިމް ބާއްވާފައި އަނެއްކާވެސް ނިކުތީ ބެލްކަންޏަށެވެ. ސިޓިންގރޫމް ސޯފާގައި އިށީން އަޔާޒް ނަދާއާ ދިމާއަށް ބަލަން އިނެވެ. ހުދާމެން ތިބި އިރު އެ މީހުންނާ ވާހަކަ ދައްކާ މަޖާ ކުރަމުން ދިޔަ ނަދާ އަނެއްކާވެސް ކުރީގެ ނަދާއަށް ބަދަލު ވީއެވެ. ވާހަކަ ދެއްކުން ހުއްޓާލާ، އަޔާޒްއަށް ފިލައިގެން އުޅެން ފެށީއެވެ.

ނަމަވެސް ދެން ނަދާ އެހެން އުޅޭކަށް އަޔާޒް ފުރުސަތެއް ނުދޭނެއެވެ. ނަދާއާ ވާހަކަ ދައްކަން އަޔާޒް މަސައްކަތް ކުރާނީއެވެ. އެ ހިތުން ޖާގައެއް ބޭނުން ނަމަ އަޔާޒް ޖެހޭނީ މަސައްކަތް ކުރާށެވެ.

“ކޮފީއެއް ހަދާދެވިދާނެތަ؟” ބެލްކަންޏަށް ނިކުމެ ނަދާ ކައިރީ ހުއްޓިލަމުން އަޔާޒް އަހާލިއެވެ.

ސިހިފައި ނަދާ ބަލާލިއެވެ.

“ކުއްލިއަކަށް އައީމަ ބިރު ގަތީތަ؟ ސޮރީ!” ހީލަމުން އަޔާޒް ބުންނެވެ. ނަމަވެސް ނަދާ ހީވެސް ނުލިއެވެ.

“މި ގެންނަނީ” އެހެން ބުނެފައި ނަދާ އެތެރެއަށް ވަނެވެ.

ފުން ނޭވައެއް ލާފައި އަޔާޒް އިސްތަށިގަނޑު ތެރޭ އަތްތިލަ ހިންގާލިއެވެ. މިއަދު ނަދާ ހާސިލް ކުރުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެ ކަން އަޔާޒްއަށް އެނގެއެވެ. އަޔާޒްއަށް އިތުބާރު ކުރަން ނަދާއަށް އުނދަގޫ ވާނެއެވެ. އަދި އަމްދުން އަޔާޒް މިއަދު ނަދާއާ އެކީ އުޅެން ބޭނުމޭ ބުނެފި ނަމަ އެ ވާހަކަ ނަދާ ގަބޫލެއް ނުވެސް ކުރާނެއެވެ.

އަޔާޒް ކަންތައް ކުރާނެ ގޮތެއް ވިސްނަން ފެށިއެވެ. ކުއްލިއަކަށް މާ ބޮޑަށް ނަދާއާ ގާތްވެ، ނަދާއާ މެދު ވިސްނާ ކަން ދޭހަވާ ފަދަ ގޮތަކަށް އަޔާޒް އުޅެން ފަށައިފިއްޔާ އަޔާޒްއާ މެދު ނަދާގެ ހިތުގައި އުފެދޭނީ ޝައްކެވެ.

“ކޮފީ…” ނަދާގެ އަޑު އިވުމުން އަޔާޒް ބަލާލިއެވެ. ކޮފީ މަގެއް ދިއްކޮށްގެން ބެލްކަންޏަށް ނުނިކުމެ ނަދާ ހުއްޓެވެ.

އަޔާޒް މަގުގައި ހިފުމާއެކު ނަދާ ގޮސް ކޮޓަރިއަށް ވަނެވެ. ނަދާ ދިޔަ ތަން ބަލަން އަޔާޒްއަށް ހުރެވުނީއެވެ.

އެއް މަސް ފަހުން ކުރަން އޮތް ނިހާލްއާ ހުދާގެ ކައިވެނި، ދެ ހަފްތާ ފަހުން ކުރެވުނެވެ. އެ ރެއަކީ އަޔާޒްއާ ކައިވެނި ކުރި ފަހުން ނަދާ އަޔާޒްއާ އެކު ބޭރަށް ދިޔަ ތިން ވަނަ ފަހަރެވެ.

އަޅި ކުލައިގެ ގަމީހަކާ ކަޅު ޖީންސެއް ލައިގެން ތައްޔާރު ވެގެން އަޔާޒް އިނީ ނަދާގެ އިންތިޒާރުގައެވެ. ކޮޓަރީގެ ދޮރު ހުޅުވާލި އަޑު އިވުމުން އެ ދިމާއަށް ބަލާލި ގޮތަށް އަޔާޒްއަށް އިނދެވުނީއެވެ.

އަޅި ކުލައިގެ އެކި ޝޭޑްގެ މެކްސީގައި ނަދާ ހުރި އިރު ތުންފަތުގައި ޖައްސާފައި ހުރި މަޑު ފިޔާތޮށި ކުލައިގެ ލިޕްސްޓިކް ނޫން އެހެން މޭކްއަޕްއެއް ކޮށްފައެއް ނެތެވެ. އދިގި ދިގު ފަން އިސްތަށިގަނޑު އޮތީ ބޮލުގެ މެދަށް ވާ ގޮތަށް އައްސާލާފައެވެ. ކަރާއި އަތުކުރިއާއި ކަންފަތުގައި ރިހީގެ ގަހަނާ ބޭނުން ކޮށްފައި ހުއްޓެވެ. އަޔާޒްއަށް ނުބަލާ ދޮރު ކައިރީ ހުރި ފައިވާން ހަރުގަނޑު ކައިރީ ނަދާ ހުއްޓިލީ ފައިވާނަށް އަރާށެވެ.

ނަދާއާ ދިމާއަށް ބަލަހައްޓައިގެން އިން އަޔާޒްއަށް ދުނިޔޭގެ އެހެން ކަމެއްގެ ޚަބަރެއް ނުވާ ފަދައެވެ. ހީވީ ކުރިން ދުވަހަކުވެސް ދެކެފައި ނުވާ އެއްޗެއް ފެނިގެން ބަލަން އިން ހެންނެވެ. ނަދާގެ ރީތި ކަން އަޔާޒްއަށް ކުރިން ފާހަގަ ނުވީ ކީއްވެ ބާއޭ އަމިއްލަ ހިތާ ސުވާލު ކުރަން އިން އަޔާޒް ސިހުނީ ފޯން ރިންގ ވީ އަޑަށެވެ.

“ކީކޭ؟” ފޯނަށް ބަލާވެސް ނުލާ ނަގާ ކަންފަތުގައި ޖައްސާލަމުން އަޔާޒްއަށް އަހާލެވުނީ ތަންކޮޅެއް ބާރަށެވެ. އެ އަޑަށް ނަދާ ބަލާލިއެވެ.

“ހުދާތަ…؟” ހައިރާން ވެގެން ބަލާލާ ފަދައިން އަޔާޒް ފޯން ކަންފަތާ ދުރު ކޮށްލާފައި ސްކްރީނަށް ބަލާލިއެވެ.

“މި ނިކުންނަނީ ގެއިން، ނުވާނެ ދެން ގިނަ އިރެއް” އަޔާޒް އެހެން ބުނެފައި ފޯން ކަނޑާލިއެވެ.

“ދާން ވީ ދޯ؟” ތެދު ވަމުން އަޔާޒް ބުނެލިއެވެ.

ނަދާ ބޯ ޖަހާލާފައި ނިކުތުމުން އަޔާޒްވެސް ނިކުމެ ދޮރު ތަޅުލިއެވެ.

ނަދާއާ އަޔާޒްއަށް ދެވުނު އިރު ސާޖިދާއާ އާތިފްއާ ރިދާއާ އަޒްކާވެސް ތިބީ އެ ތަނުގައެވެ. ކައިވެނީގެ ހެދުމުގައި ތައްޔާރު ވެގެން ހުރި ހުދާ ސާޖިދާ ކައިރީ ހުރެފައި ނަދާ ފެނުމުން އައިސް ނަދާގެ އަތުގައި ހިފާލިއެވެ.

“ހާދަ ލަހުން ތި އައީ!” ހުދާ ބުންނެވެ.

“ލަސްތަ؟ އަދި ހަތް ގަޑި ބައި ވާން ވިހި މިނަޓް އެބަ ހުރި” ހިނި އައިސްފައި ނަދާ ބުނެލިއެވެ.

“އެންމެ ކަހުން ތި އައީ ނަދާ ވިއްޔަ” ތުން ދަމާލަމުން ހުދާ ޝަކުވާ ކޮށްލިއެވެ.

“ސާބަސް ދެން، ނަރވަސް ވެގެން ގޮސް ހުރިހާ ވަރެއް އަހަންނަށް ބާލަންތަ ތި އުޅެނީ؟ ކޮބާ އެ ދޮންތަބޭ؟” ނަދާ ވަށައުގެން ބަލާލަމުން އަހާލިއެވެ.

“މިތާ ހުރެފަ އެ ދެންމެ އެ ދިޔައީ ތިރިއަށް” ހުދާ ބުންޏެވެ.

“މަންމާ!” އާތިފްއާ ވާހަކަ ދައްކަން ހުރި ސާޖިދާ ކައިރިއަށް ގޮސް ނަދާ ގޮވާލިއެވެ.

“ނަދާ، ދަރިފުޅު ކިހިނެއްތަ؟” ނަދާއާ ދިމާއަށް އެނބުރި އިރުކޮޅަކު ނަދާއަށް ބަލަން ހުރެފައި ސާޖިދާ އަހާލީ ނަދާގެ އަތުގައި ހިފާލަމުންނެވެ.

“ރަނގަޅު” ނަދާ ޖަވާބު ދިނެވެ. ދެން ދިޔައީ ބުނާނެ އެއްޗެއް ހިތަށް ނައިސް ދިޔަ ހިމޭން ވަގުތުކޮޅެކެވެ.

ސާޖިދާއަށް ނަދާ އެ ފެނުނީ ގާތްގަނޑަކަށް ހަތަރު މަސް ފަހުންނެވެ. ފޯނުންވެސް ވާހަކަ ދައްކާ ނުލާތާ ދެ މަސް ވެދާނެއެވެ. އެހެން ނަމަވެސް ދަރިފުޅާ ދައްކާނެ ވާހަކައެއް ސާޖިދާގެ ނެތެވެ.

ރިދާ ކައިރީ ހުރި އަޒްކާ އުރާލައިގެން ނަދާ ދުރަށް ޖެހިލީ މަންމައާ ދައްކާނެ ވާހަކައެއް ނޭނގުމުންނެވެ.

އަޔާޒްއާ ހުދާ ތަންކޮޅެއް ދުރުގައި އެ މަންޒަރު ބަލަން ތިއްބެވެ.

“ހީވަނީ ނުދަންނަ ދެ މީހަކު ދައްކާނެ ވާހަކައެއް ނެތިފަ ތިބި ހެން ދޯ؟” ހުދާ އަހާލިއެވެ.

އަޔާޒް ވަކި ޖަވާބެއް ނުދީ ބަލަން ހުރީއެވެ.

“އަޔާ!؟” އަޔާޒްގެ ނަމުން ހުދާ ވ ތަންކޮޅެއް ބާރަށް ގޮވާލިއެވެ.

ސިހިފައި އަޔާޒް ހުދާއަށް ބަލާލިއެވެ.

“ހާދަ ފާޑަކަށް ތި ބަލަނީ؟ މިރޭ ނަދާ މާ ރީތީ ދޯ؟” ހުދާ ދިމާ ކޮށްލީ އަޔާޒް ނަދާއާ ދިމާއަށް ބަލަން ހުރި ގޮތުންނެވެ.

އަޔާޒްގެ މޫނަށް ރަތް ކުލައެއް އަރައިގެން ދިޔައެވެ.

“އައްދޭ! ކިހިނެއް ވެފަ އަޔާއަށް ތިހިރީ؟” ހިނި އައިސްފައި ހުދާ ބުނެލީ އަޔާޒްއަށް ވީ ގޮތުންނެވެ.

ދޭނެ ޖަވާބެއް އަޔާޒްއަށް ނޭނގިފައި ހުއްޓާ ހުދާގެ ސަމާލުކަން އެހެން ދިމާއަކަށް ދިޔައެވެ.

ދޮރު ހުޅުވާލާފައި އެ ޓެރެސްއަށް ނިހާލް އައީ ލަތީފްއާ އެކުގައެވެ. ލަތީފް ހުރީ ނިހާލްގެ ކޮންޑުގައި އަތް އަޅުވާލާ ގަޔާ ކައިރި ކޮށްލައިގެންނެވެ. ނިހާލްގެ ތުންފަތުގައި ވީ ފަދަ ހިނިތުންވުމެއް ލަތީފްގެ ތުންފަތުގައިވެސް ވިއެވެ. އެ މީހުންގެ ފަހަތުން ނާޒިޔާގެ އާއިލާވެސް އައެވެ.

ކައިވެނިކޮށް ނިމުމުން ފުރަތަމަ އޮތީ އާއިލާއާ އެކު ފޮޓޯ ނެގުމެވެ.

ޕާޓީ ނިމެން ދެން ނަދާއާ އަޔާޒް މަޑު ކުރިއެވެ. އަޔާޒްއާ ރިދާއާ އެކު ތަންކޮޅެއް ފަހަތުގައި ހުރި މޭޒެއް ކައރީ ނަދާ އިން އިރު ގިނަ ވާހަކަ ދައްލަމުން ދިޔައީ ރިދާއެވެ. އެކި އެކި ސުވާލު އަޔާޒްއާ ކުރަމުން ދިޔަ އިރު އިރުއިރުކޮޅުން ނަދާއަށްވެސް ކޮންމެވެސް އެއްޗެއް ބުނެލައެވެ.

ޕާޓީ ނިމި އަޔާޒްއާ ނަދާ ދާން ނިކުތް ތަނާ ސާޖިދާ އައިސް ނަދާއަށް ގޮވާލިއެވެ.

“މާދަން އަންނަން ވީނު މެންދުރު ކާން؟ ވަރަށް ދުވަސް ވެއްޖެއެއްނު ނަދާ ގެޔަށް ނާންނަތާ؟ އަޔާޒްވެސް އަންނަން ވާނެ. އާތިފް ކައިރީވެސް މަންމަ ބުނާނަން” ސާޖިދާ ބުންޏެވެ.

ނަދާ އެއްޗެއް ނުބުނެ ބަލާލީ އަޔާޒްގެ މޫނަށެވެ.

“އާނ، ދާނަން” އަޔާޒް ޖަވާބު ދިނެވެ.

ދެން ދިޔައީ ދުވަސްތަކުގައި ނަދާ ވިސްނަމުން ދިޔައީ އަޔާޒްގެ މިނިވަންކަން ހޯދައިދޭނެ ގޮތަކާ މެދުގައެވެ. ނަދާ އެހީއަށް އެދޭނީ ކާކު ކައިރިން ހެއްޔެވެ؟ ސާޖިދާ ކައިރިއަށް ދާކަށް ނަދާ ބޭނުމެއް ނޫނެވެ. ކައިވެންޏަށް ފަހު ނަދާއަށް ސާޖިދާ މަރުހަބާ ނުކިޔާނެ ކަން ނަދާއަށް ޔަގީން ވަނީ ހުދާއާ މެދު ކަންތައް ވީ ގޮތުންނެވެ. ހުދާ ހެދި ހެން، ސާޖިދާ ގަބޫލު ނިވިޔަސް ނަދާއަށް އެ ގޭގައި ހުރެވިދާނެއެވެ. ނަމަވެސް އެހެން ހަދާން ނަދާ ބޭނުން ނުވަނީއެވެ.

ހުދާއާ ނިހާލް ގާތުން އެހީއަށް އެދެން ވީ ހެއްޔެވެ؟ ނަމަވެސް ކައިވެނި ކޮށްގެން އެހާ ކުރީކޮޅު ނަދާ އެ ގެޔަށް ދިޔުމުން އެ ދެމަފިރިންނަށް އުނދަގޫ ވާނެއެވެ. އެހެން ހިތަށް އަރާފައި އެ ޚިޔާލުވެސް ނަދާ ދޫކޮށްލިއެވެ.

ރައްޓެއްސަކަށް ގުޅައިގެން އެހީ ހޯދިދާނެއެވެ. އެއްވެސް ސުވާލެއް ކުރުމަކާ ނުލާ ނައުޝީން އެހީ ވާނެކަން ނަދާއަށް ޔަގީނެވެ. ނަމަވެސް އޭހެން ހަދަންވެސް ނަދާގެ ހިތެއް ނުރުހުނެވެ. ހިތް އެދެނީ ހުދާއާ ނިހާލް ކައިރިއަށް ދިޔުމެވެ.

މައިހާ އެ ގެއިން ދިޔަ ފަހުންވެސް އަޔާޒްއާ މައިހާ ފޯނުން ވާހަކަ ދައްކައެވެ. އެ ދެމެދުގައި ދެކެވެނީ އަޝްފާންގެ ވާހަކައާ، އަދި ނަދާގެ ވާހަކައެވެ. ނަދާއާ މެދު ވިސްނާ، ހިތް ނުތަނަވަސް ވާ ކޮންމެ ފަހަރަކު އަޔާޒް ގުޅަނީ މައިހާއަށެވެ. ނަދާއާ އަޔާޒްގެ ހުރިހާ ކަމެއް އެނގޭ ހަމަ އެކަނި ފަރާތަކީ މައިހާއަށް ވީތީއެވެ.

އަޔާޒް މައިހާއަށް ގުޅާ ކަން ނަދާއަށް އެނގެއެވެ. ނަދާ އެކަމާ ދެރަވެ ރުޅިވެސް އާދެއެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުބުނެއެވެ. އަޔާޒް މައިހާއާ ވާހަކަ ދައްކާކަން އެނގޭ ކަން ދޭހަވާ ފަދަ އެއްވެސް ކަމެއް ނަދާ ނުކުރެއެވެ.

ނަމަވެސް އެއް ދުވަހު ނަދާއަށް ރުޅި ކޮންޓްރޯލެއް ނުކުރެވުނެވެ. އެ ރޭ އަޔާޒް އޮފީހުން އައީ ވަރަށް ލަސް ވީ ފަހުންނެވެ. ގެޔަށް އައި ގޮތަށް ޢިޝާ ނަމާދުވެސް ކުރީ ގޭގައެވެ. އަޔާޒް އައީއްސުރެ އެތައް ފޯނެއް އައި ނަމަވެސް ނަމްބަރު ބަލާލާފައި އަޔާޒް އެއްވެސް ފޯނަކަށް ޖަވާބެއް ނުދެއެވެ. ފެން ވަރައިގެން ނިކުމެ އަޔާޒް ކާން އިށީން އިރު ނުވައެއް ޖަހާ ބޮޑު ވެއްޖެއެވެ. އަޔާޒް ކާން އިށީން ތަނާ އަނެއްކާވެސް ރިންގ ވިއެވެ. ސްކްރީނަށް މައިހާގެ ނަން އަރާފައި އިންދާ ފެނުމުން އަޔާޒް އެ ފޯނަށް ޖަވާބު ދިނެވެ. އެއީ މައިހާގެ ފޯނެއް ކަން ނަދާއަށް އެނގުނީ، ޖޫސް ތައްޓެއް ގިރައިގެން އައިސް މޭޒުމަތީ ބެހެއްޓި ވަގުތު މައިހާ ގުޅުމުންނެވެ.

އެހާ އިރު ވަންދެން އަޔާޒްގެ ފޯނަށް އެތައް ފޯނެއް އައި އިރުވެސް ޖަވާބު ނުދީ، މައިހާ ގުޅި އިރަށް އަޔާޒް ފޯން ނެގުމުން ނަދާ ކައިރިއަށް ރުޅި އައީ ކުއްލިއަކަށެވެ. އެ ވަގުތު އެތާ ހުރެފައި ހިތަށް އެރީ އަޔާޒްގެ އަތުން ފޯން ނަގާފައި އެ ފޯން ދުރަށް އެއްލާލާށެވެ. އެހެން ނަމަވެސް ނަދާ އެ ގޮތަށް ކަންތަކެއް ނުކުރެއެވެ. ބާރަށް ހިނގާފައި ގޮސް ކޮޓަރިއަށް ވަން ގޮތަށް ބާރަށް ދޮރު ލެއްޕީއެވެ.

އެ އަޑަށް އެ ދިމާއަށް ބަލާލި އަޔާޒްއަށް ހީލެވުނެވެ.

“ކޮން ކަމަކާ ތި ހެނީ؟” މައިހާ އަހާލިއެވެ.

“މައި ގުޅި އިރު ނަދާ ހުރި މިތާ ކައިރީ، ފެންނާނެ ހެން ހީވަނީ މައިގެ ނަން. އެހެންވެ ރުޅި އައިސްގެން ކަންނޭނގެ، ކޮޓަރިއަށް ވަދެ ވަރަށް ބާރަށް ދެން މެ ދޮރު އެ ލެއްޕީ” އަޔާޒް ކިޔާދިނެވެ.

“އަހަރެން ބުނީމެއްނު ނަދާ އަޔާއާ މެދު އެ ގޮތަށް ފީލް ވެޔޭ؟ އަޔާ ގަބޫލު ނުކުރަން ވެގެން އުޅެނީނު؟ އަހަންނާ ވާހަކަ ދައްކާތީ ނަދާ ޖެލލަސް ވެގެން އެ އުޅެނީ. ދެންވެސް އަޔާ އުޅެބަލަ ނަދާ ހޯދަން” މައިހާ ބުންޏެވެ.

“ޖެލަސް…؟ ނަދާ؟” އަޔާޒްއަށް އަހާލެވުނީ ގަބޫލު ކުރަން ދަތިވެފައެވެ.

“ނަދާ އެހެން މީހަކާ ގުޅައިގެން ވާހަކަ ދައްކާ ކަން އެނގިއްޖެއްޔާ އަޔާ ވަކި ޖެލަސް ނުވާނެތަ؟” މައިހާ އަހާލިއެވެ.

“އަހަރެން… ނަދާ…” އަޔާޒްއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.

“އަޔާ، އަހަރެން އެއްޗެއް އަހަންތަ؟ ތެދަށް ޖަވާބު ދެއްޗޭ” މައިހާ ބުންޏެވެ.

“އަހާބަލަ” ކޮޓަރިއާ ދިމާއަށް ބަލަން އިނދެ އަޔާޒް ބުންޏެވެ.

“އަޔާ މިހާރު ނަދާ ދެކެ ލޯބި ވޭ ދޯ؟”

މައިހާގެ ސުވާލުގެ ޖަވާބު ވަގުތުން އަޔާޒްގެ ހިތް ދިނެވެ.

އާނއެކެވެ. އަޔާޒްއަށް ނަދާ ދެކެ ލޯބި ވެވިއްޖެއެވެ. އެއް ދުވަހެއްގައި ލޯބި ވެވުމުން ވާނެ ގޮތްތަށް ނަދާއަށް ކިޔާދިނީ އަޔާޒްއެވެ. އޭރު އެ ގޮތްތައް އަޔާޒްއަށް ވީ މައިހާގެ ސަބަބުންނެވެ. ނަމަވެސް މިއަދު އަޔާޒް ފޫހި ވަނީ ނަދާ ފެންނަން ނެތުމުންނެވެ. ހަނދާން ކުރެވެނީ ނަދާއާ އެކުގައި ހޭދަ ވާ ވަގުތެވެ. އިންތިޒާރު ކުރެވެނީ ނަދާއާ އެކު ވާނެ ވަގުތަކަށެވެ. ބިރު ގަންނަނީ ނަދާއާ ވަކިވާން ޖެހިދާނެތީއެވެ. އަބަދު ކުރެވެނީ ނަދާގެ ޚިޔާލެވެ. ހިތަށް ސިފަ ވަނީ ނަދާއާ އެކުގައި ކުރާނެ ކަންތަކެވެ.

“އަޔާ، ބުނެބަލަ!” މައިހާ ބުނި އަޑު އިވުމުން އަޔާޒްއަށް ޚިޔާލުތަކުން ނިކުމެވުނެވެ.

“އާނ މައި، އަހަރެން ވަރަށް ލޯބި ވޭ… ނޭނގެ ކޮން އިރަކު ކަމެއްވެސް މިހާ ވަރަށް ލޯބި ވެނުނީ… އަހަރެން ބޭނުމެއް ނޫން ދެން ވަކި ވާކަށް… މިހެނެއް ދެން ނޫޅެވޭނެ… ވަރަށް ވަރަށް ލޯބިވޭ…” މޭގައި އަތް ޖައްސާލާ ލޯ މަރާލަމުން އަޔާޒް ބުނެލީ، ނަދާގެ ސޫރަ ހިތަށް ގެންނަމުންނެވެ.

ކޮޓަރިއަށް ވަދެވުނީ އުނދުން ނުނިއްވާ ކަން ހަނދާން ވުމުން ނަދާ ނިކުތް އިރަށް އަޔާޒް ދެއްކި ވާހަކަ އަޑު އިވިފައި ހުރި ފިޔަވަޅު މަތީ ނަދާއަށް ހުއްޓެވުނެވެ. ގަބޫލު ނުކުރެވިފައި އަޔާޒްއާ ދިމާއަށް ބަލަން ނަދާއަށް ހުރެވުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ކަފުން ވެވިފާ…02

Next

ވަޢުދު (ތިންވަނަ ބައި)

Next
August 22, 2019

ވަޢުދު (ތިންވަނަ ބައި)

Previews
August 22, 2019

ކަފުން ވެވިފާ…02

43 Comments!

  1. Aki says:
    August 22, 2019 at 3:28 pm

    varah gina faharu belihje vaahaka up vitho..thanks..me first dho

  2. Mar Sha Marsha says:
    August 22, 2019 at 3:29 pm

    Hi all, very sorry mihaa las koh update kollevunyma, miadhu Marsha vv busy veema vee varu mee, mi bai thankolheh kuru vaane, iraadha kurevviyya, Monday ga 26 ge edhey iru dhigu kollaanan, kiyaalaafa comment kollahchey ingey, have a happy weekend.

  3. Juwai Ner says:
    August 22, 2019 at 3:29 pm

    Shixoo Izkaan Afeef

  4. Miyu says:
    August 22, 2019 at 3:32 pm

    Vaahaka dhaagoiy varah reethi. Thanks ❤❤

  5. Yallu says:
    August 22, 2019 at 3:39 pm

    Dhen nadhaa ah ehn nahadhaa edhemeehun friends kuruvan vee ehnnu?

  6. Mal? says:
    August 22, 2019 at 3:40 pm

    Mi first dhoo Varah reethi mi Part vas

  7. Sam says:
    August 22, 2019 at 3:49 pm

    Wow……. Varah reethi

  8. ina__ says:
    August 22, 2019 at 4:17 pm

    vaahaka thankolheh avahaa update kohdheveyne gotheh hadhaaa dheebala maasha.. mi vaahaka ahh varah inthizaaru kurevey.. nadha aa ayaa aa dhuru vaane gotheh nuhadhahchey.. ibaaraiy kurun ves varah reethi.. best of luck maasha?

  9. Shahu says:
    August 22, 2019 at 4:49 pm

    Woooooww varah salhi mi part ves ? Curiously waiting for next part ? ? ? love you dhiraa sis ❤️ ❤️ ❤️

    1. Shahu says:
      August 22, 2019 at 5:04 pm

      Nadhaa heekuraanee eii mai aa dhimaalah kee ehchehkamah dhw?. Pls nadhaa aa ayaaz vakinukurahchey

    2. ? says:
      August 22, 2019 at 5:22 pm

      Dhiraa sis??

    3. Shahu says:
      August 23, 2019 at 8:43 am

      I meant marsha sis. Love you ? ❤️❤️❤️??

  10. Mary says:
    August 22, 2019 at 5:04 pm

    Woooooow. Salhi ey mi part ves ❤️ ❤️ ❤️ waiting for next part… Avas kohllathi ingey???????????

  11. Snow says:
    August 22, 2019 at 5:07 pm

    Abadhu nadhaa dhera kuruvaafa and nadhaa olhumehge thereyga abadhuves..nadhaa dhen visnaa visnaa hunnaany ehves ehcheh ayaa aaa dhimaalah nubunaane..dhen e geyn nadhaa dhiyaama tha e emeehun ok kuruvan ulheny??‍♂️?

  12. Aby says:
    August 22, 2019 at 5:15 pm

    Dhen abadhu nadhaa kunhee viya nudheeba… Pls. Nadhaa kihaa dhera vaane dhw.. ayaa dhekkee nadhaa ge vaahaka kan nadhaa ah konmeves varakah engeyney gotheh hadhaaba..

  13. Ans if u want says:
    August 22, 2019 at 5:20 pm

    Marshaa kn rasheh? N how old r u?

  14. Ish says:
    August 22, 2019 at 5:30 pm

    V nice. Waiting for this story till morning

  15. ammu says:
    August 22, 2019 at 5:31 pm

    Mihaaru maa beykaaru vaahaka ginaey. V foohi mihaaru

  16. Sleepy puffin says:
    August 22, 2019 at 5:44 pm

    Wow…. this part is great. Dhen nadhaa rulhi eh naanaane dho ayaaz dhekke eh. Love ur story. When is the next part. Waiting and a best of luck for the next part.
    ????????????????????????????????????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤????????????????????????

  17. Ibsha says:
    August 22, 2019 at 5:55 pm

    Masha Allah varah furihama….Varah varah reethi

  18. Nisha says:
    August 22, 2019 at 7:05 pm

    V v reethi

  19. Meekkomee says:
    August 22, 2019 at 7:11 pm

    ohh noo…..ahneh kaa ahneh kantha………….anyways varah reethi mi part ves 🙂 can’t wait for next part ..Love ur story so much..Love yeahh

  20. ?Wolf queen ? says:
    August 22, 2019 at 7:16 pm

    Varah Varah reethi??waiting for the next part

  21. IsHa says:
    August 22, 2019 at 7:42 pm

    Salhi ey… marsha sis your very telented

  22. Ainee says:
    August 22, 2019 at 8:11 pm

    Nadhaa dhen thigein nikumegen dhaaneekee noon… Meehakaa in’dhegen ulhenya firimeehaage huhdha nethi nikumegen dhaakah nuvaane. Gein nikumegen dhiyaiama hurihaa kameh halleh nuvaane. Meedhen fahe lha kudhin thakehtha???? Ayaa noolhey vaahaka dhekkeytho balaakah, nadhaa noolhey Ayaaz ah fennaakah. Varah hiyhama nujehey e ulhey gothun. Ingey Nadhaa aa dheytherey kanthahvee gothun un’dhagoo vaanekan ekamakuves kan kan hallu kureveytho balan furathama vaahaka dhekkum muhimmee..

    Vahaaka dhaaleh varah salhi. ?Marsha akee hunaruveri liyuntherieh…✍️
    Konme dhuvahaku vaahakayah faadu nukiyas Marshage vaahakathah gavaaidhun kiyan.
    Ekamaku adhi thankolheh avas avahah vaahaka genesdhevijjeyyaa varah ufaavaane. ????????
    Marshage thi hunaru ithurah kuri aruvaa ufaafaagathi kan dhevvaashi. Aameen.

  23. Ainth says:
    August 22, 2019 at 8:22 pm

    Reeth …. ekamu vaahakaagai abadhuves vaney ehgotheh nadhaa joleyga ayaazu sofa ga …. nadhaa kotareyga ayaaz sofaa ga….

  24. jiji says:
    August 22, 2019 at 9:02 pm

    Alhey nadhaa anehkaa negative koh kahney eythi nagaany vec ..Btw marsha, story dhaa goiy hama habbu ingey..I really luv thiss..Waiting fr da next????

  25. Mary says:
    August 23, 2019 at 7:31 pm

    Abadhu vx eh kameh vany,, MI stry ga,, Nadhaa yah fennany vx Adu iveny vx nadhaa ehme foohi vaa ehchihi,, baeh faharu v foohi ekahcheh kiyan jehey thy,, geytherey ga vaa kan kan

  26. Noora says:
    August 23, 2019 at 8:17 pm

    Alhey fahe dhera vehje kamei nu..thi sofa ya balcony ya nagaalan vehje nun..thinun thanehge vaahaka mi story ga noavey..mihaa varah inthizaaru kohfa kiyan libey iru sofa in balkanya..balconin sofa yah???

  27. Rau says:
    August 24, 2019 at 4:51 am

    Alhe e adu ivuny dhw ayaa loabi vaa vaahaka buni adu…n nadhaa ah gaboolu kuran dhn dhathi vaany dhw… Ekm kuda koh viyas e dhemyhunge rom thankolheh genes dhybr…n Monday maa bodahves las

    1. Aish says:
      August 24, 2019 at 7:39 am

      I think nadhaa ah heevaanee ayaaz ehen buny maihaa aa dhimaalahkan?. Who knows. Let’s wait for the next part ?

  28. aily says:
    August 24, 2019 at 10:42 am

    aish thibunee ragalhan nadhaa ah heevaanee ayaaz maiha aai dhimaalah bunikaman

  29. 123444 says:
    August 24, 2019 at 1:17 pm

    Hama Hindi drama eyhhen heevane madhee hama eykani dhum thanana

  30. Ted says:
    August 24, 2019 at 1:24 pm

    Midhen thanfukeyh boduvaru dho mi dhen sofa tv, balcony, kitchen vaahaka midhahkane mulhinvess.for god sake stop twisting and turning and get to the point story kurihyya kurukoh genebala. Dhigu kuran hadhaigen storyge reethikan mi dhane

  31. Zzzmx says:
    August 24, 2019 at 1:27 pm

    Same vaahaka every single time eyhaa desperate veyfavess mi story keyan. kobatha akamakah veyfa meega again and again same thing going on and on and on

  32. Kk says:
    August 24, 2019 at 1:28 pm

    Eyhaa lahun story genessa this is just shit hama

  33. Ibsha says:
    August 26, 2019 at 10:48 am

    Kba part 26

  34. Mar Sha Marsha says:
    August 26, 2019 at 12:02 pm

    Kiyaali hurihaa kudhinnah vv bodah shukuriyya, time nuvegen comment thakah reply nukurevuny ingey. Iyye aa miadhaa miulheny laptop ah konmes kameh vegen story type nukurevigen, veehaaves avahakah rangalhu veytho eba balan. Rangalhu vaa irah part 26 type kollaafa upload kollaanan, Insha Allah.

  35. nasmerr says:
    August 26, 2019 at 12:02 pm

    thidhen thanfukeh boduvaru comment kuriyakas. vaahaka ehgothah onnanyaa nukiyanveenu.
    Marsha today is Monday where is part 26

  36. Bubbles says:
    August 26, 2019 at 12:11 pm

    Varah Gina reader’s eba buney vaahaka avahah up kohdheveyne hey maasha sis ekan kohladheveytho try kohlaba
    Vaahaka varah reethi dhaa goiy ekm thankolheh dhigu Koh genesdheeba

  37. Sam says:
    August 26, 2019 at 12:27 pm

    Avahah 26 up kohldehchey

  38. Aleesha says:
    August 26, 2019 at 1:03 pm

    Varah Inthizaaru kuran Eba
    26 vana episode ah

  39. Himi says:
    August 26, 2019 at 2:02 pm

    Marsha ebunee thedheh. Story liyamundhaairu ehves varakah space eh doonukurevey. Ehenve mihaaru himi liyamundhaa vaahaka ves medhukandaaly I hah. And this story is beautiful very curiously waiting for the next part. Keep it up

Comments are closed.

Next Episodeކުށަކާ ނުލާ 26←


All Right Reserved!