އިރުކޮޅަކު އެހެން އޮތުމަށްފަހު އަހަރެން ތެދުވެގެން ބަދިގެއަށް ވަނީމެވެ. ވަޅިސެޓުގައި އޮތް އެންމެ އަތަށްހެޔޮވަރު ވަޅި ނަގައި ހެދުންތެރެއަށްލައި ފޮރުވައިގެން ކޮޓަރިއަށް ވަނީމެވެ. އެދުކައިރިއަށްގޮސް ބާލިސްދަށުގައި ވަޅި ބޭއްވުމަށްފަހު އޮށޯތީމެވެ. އެރޭ ދަންވަރެވެ. ބޮޑުބޭބެ ކޮޓަރިއަށްވަންއިރު އަހަރެން އޮތީ ނިދާކަމަށް ހެދިގެންނެވެ. ބޮޑުބޭބެއައިސް އަހަރެންގެ މަގަތުގައި އޮށޯތުމުން އަހަރެން މަޑުމަޑުން އަތަށް ވަޅި ހެޔޮވަރުކޮށްލީމެވެ.
ވަޅި ބަދިގެއިން ކޮޓަރިޔާ ހަމައަށް ގެންނަން ހިތްވަރުލިބުނަސް އެވަޅި މަޅާލާކަށް އަހަންނަކަށް ނުކެރުނެވެ. ވަރަށް ހިތްވަރުކުރީމެވެ. އަހަރެންގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބަން ފަށައިފިއެވެ. ކީއްވެގެން ހެއްޔެވެ؟ މިދުނިޔޭގަ މިހާ ގިނަމީހުން ތިބޭއިރު އަހަންނަށް މިހެން ދިމާމިވަނީ ކީއްވެގެންހެއްޔެވެ. އަހަރެންގެ ކުށަކީ ކޮބައިހެއްޔެވެ؟ ރޮމުން ގިސްލަމުން އަހަންނަށް ވާހަކަދައްކަން ފެށުނެވެ. ބޭއިހްތިޔާރުގައެވެ. އެއްވެސް ވަރަކަށް ބޮޑުބޭބެ އެވާހަކަތަކަށް ސަމާލުކަން ދޭނެކަމުގެ އުންމީދުގައެއް ނޫނެވެ. ބޮޑުބޭބެ އަހަރެން ގެނެސް މޭގައި ލައްކޮށްލިއެވެ. އަހަރެން ހިތް ފުރެންދެން ރޮވުނީމެވެ. އަހަރެންގެ ހިތުގައިވާ ހުރިހާ އުދާހެއް ބޭރުކޮށްލެވުނެވެ. އަހަރެން މިނޫންދުވަހެއް ދެކެންބޭނުންކަމާއި އެހެންކުދިންފަދައިން ކިޔަވަން ބޭނުންވާކަމާއި ހިތްހަމަޖެހިގެން އުޅެންބޭނުންވާކަން ބުނެވުނީތީ ޚުދު އަހަރެންވެސް ހައިރާންވިއެވެ.
އެދުވަހަށްފަހު ބޮޑުބޭބެ އެއް އަހަންނެއް ނުދެކެމެވެ. އޭގެ އަނެއްދުވަހު ބައްޕަ އަހަރެން ގޮވައިގެން ޓިއުޝަންކްލާހަކަށް ދިޔައެވެ. އަހަރެން ހުރީ ވަރަށް އުފަލުންނެވެ. ބިރުވެސްގަތެވެ. މިފަހަރު މިލިބޭ އުފަލުގެ ބަދަލު އަހަރެން އަދާކުރަންޖެހޭނީ ކޮންގޮތަކުންކަން ނޭގޭތީއެވެ. އެއަހަރު ނިމިގެން ދިޔައިރު އަހަންނަށް ލިޔަންކިޔަން ދަސްވިއެވެ. އެއްވެސް މީހެއްގެ އުދަގުލެއް އަހަންނަކަށް ނުފޯރައެވެ. އަހަރެން ދެރަވީ އަހަރެންގެ ހަޔާތަށް މިއައިބޮޑުބަދަލު ހިއްސާކޮށްލަން އަމްނާ ނެތީމައެވެ. އަމްނާ ފެނުނު އެންމެފަހުރޭ ބުނި ޖުމްލަތައް އަހަރެންގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. “ތިޔަގޮތަށް މިރޭ ސަލާމަތްވެވިދާނެ. އެކަމް އަބަދަކު ނުވާނެ. ރާއި ބޭނުމެއްނުން ތިކަމުން ސަލާމަތްވާން ދޯ؟ ރާއީއަށް އެގެއެއްނުން ރާއީއަށް ވާނެކަންދޯ؟ ރާއީ ތީ ވަރަށް ވިސްނުންތޫނު ކުއްޖެއްނުން. ނަސޭހަތްދޭކަށް އަބަދަކު އަމްއެއް ނުހުންނާނެ” ނަސޭހަތްދޭން އަބަދު އަމްނާ ނުހުންނާނެވާހަކަ އަމްނާ އޮތީ ބުނެފައެވެ. ނަމަވެސް ބުނެވެސްނުލާ އަމްނާ ދިޔަތަނެއް އަހަރެން އެގެންބޭނުންވިއެވެ. އަހަންނަކީ ދުވަހަކުވެސް ކިތަންމެ ކައިރި ގެއަކަށް ނަމަވެސް އެކަނި ދާމީހެއް ނޫނެވެ. އަހަރެން އަމްނާމެންގެއަށް މިސްރާބުޖެހިއިރު ދެފައި ތުރުތުރުލައެވެ. ވަރަށް ޖެހިލުންވެހުރެ ދޮރުގައި ޓަކިޖަހާލީމެވެ. މީހެއްގެ ހިލަމެއްނުވިއެވެ. ދެވަނަފަހަރަށް ޓަކި ޖަހައިލީމެވެ. ކުރިން ޓަކިޖެހިވަރަށްވުރެ ބާރަށެވެ. ދޮރު ކުޑަކޮށް ހުޅުވުނެވެ. ނަމަވެސް މީހެއްގެ ހިލަމެއްނުވިއެވެ. އަހަރެން އެތެރެއަށް ބޯ ދިއްކޮށްލީމެވެ. އަހަރެންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެގޭގައި ބަޔަކު އުޅެފައި ހުރިކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. ހުރިހާ ފަރުނީޗަރެއްގެ މަތީގައި ހުރީހުދުފޮތި އަޅާފައެވެ. މުޅިގޭތެރޭގައިވަނީ ހިރަފުހެވެ. ސީލިންގުވަނީ ވަރަށްބޮޑަށް ހަލާކުވެފައެވެ. ވިއްސާރަވެހިއްޖެއްޔާ ފެންފައިބާނެކަން ޔަގީނެވެ. ގެއަކީ ބޮޑުގެއެކެވެ. 3 ކޮޓަރިއާއި ބަދިގެއަކާއި ބޮޑު ސިޓިންގްރޫމެކެވެ. ކޮޓަރިތައްހުރީ ތަޅުލައިފައެވެ. އަހަރެން މަޑުމަޑުންގޮސް ބަދިގެއަށް ވަނީމެވެ. މުޅިބަދިގެވަނީ މަކުނުހާއްޔަކަށް ވެފައެވެ. މީދާތައް މުޅިގޭތެރޭގައި ރަސްކަންކުރަނީއެވެ. ފަހަތަށް ޖެހެމުންގޮސް އަހަރެން އެގެއިން ނުކުތީމެވެ. އަހަރެންގެ ބޮލުތެރޭގައި އެތައް ސުވާލެއް އެބުރެމުން ދިޔައެވެ. މީހަކު ވާހަކަ ދައްކަން ފެށުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ.
“ކޮއްކޮ މިތާގަ ކީއްކުރަނީ؟ މީ އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅުގެ ގެ ރާއްޖެއިން ބޭރަށް ގޮސްގެން އުޅެނިކޮށް ކާރު އެކްސިޑެންޓް ވެގެން މަރުވީ. އަހަރެންގެ ހުރި ހަމައެކަނި މާމަ ދަރިފުޅުވެސް މަރުވީ. ވަރަށް ލޯބި ލޯބި އަންހެން މަންޖެއެއް. ދުނިޔޭގަ ހުރިނަމަ ހަމަ ކޮއްކޮމެން އުމުރު ގާތްގަޑަކަށްވާނީ. އަހަރެންވެސް މިގޭގަ ނޫޅެނީ އެހަދާންތައް އުދަގޫކުރާތީ. އޭގެފަހުން މިގެމިހުންނަނީ ފަޅަށް”
އެއީ މުސްކުޅި އަންހެނެކެވެ. ކުރިން ދުވަހަކުވެސް އަހަންނެއް އެމީހާއެއް ނުދެކެމެވެ. އެބުނާ އާއިލާއެއް އެގޭގައި އުޅުނުކަމެއްވެސް އަހަންނަކަށް ނޭގެއެވެ. ފަހުން އެބުނި ޖުމުލައިން އަހަރެން ވަރަށް ބިރުގަތެވެ. އެއްޗެކޭނުބުނެ އަހަރެން ދުވެފައު ގޮސް ގެއަށް ވަނީމެވެ. ދޮރާށި ލެއްޕުމުގެ ކުރިން އެއްފަހަރު އަހަރެން އެ އަންހެންމީހާއަށް ބަލާލީމެވެ. އެމީހާ އެހުރިތާގައި ހުއްޓިލައިގެން ހައިރާންވެފައި އަހަންނާ ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ.
ކޮޓަރިއަށް ވަނުމަށްފަހު އެނދުމަތީގައި ޖައްސާލީމެވެ. އަހަންނަށް އެގެއާދޭތެރޭ ވިސްނެންފަށައިފިއެވެ. އެމީހާ ބުނިގޮތުން ނަމަ އެގޭ އާއިލާ މަރުވިފަހުން އެގެއަކު މީހަކު ނޫޅެއެވެ. އެކަމަކު އަމްނާމެން އުޅުނުކަން އަހަންނަށް ޔަގީނެވެ. ނޫނީ އަމްނާއެއީ ހަންޑިއެއްބާއެވެ؟ އިންސާނުންނޫން އެހެން މަހުލޫގުން ދުނިޔޭގައި އުޅޭކަން އަހަރެން ކުޑައިރު ބައްޕަ ކިޔައިދެއެވެ. އަހަރެން ކުރިއަށްވުރެ ބިރުގަތެވެ. މަޑުމަޑުންގޮސް ކުޑަދޮރުގައި ތަޅުލެވިފައިހުރިތޯ ބަލާލީމެވެ. އެއްރޭ ކުޑަދޮރުގައި ތަޅުލާފައި ވަނިކޮށް އަމްނާ އެކޮޓަރިއަށް ވަންހަދާންވެއްޖެއެވެ. އަހަރެންގެ ދެފައި ތުރުތުރުލާންފަށައިފިއެވެ. އެގޭހާ ހެޔޮއެއްޗެއް ކިޔަވަމުންގޮސް އެދަށްއަރައި ބެޑްޝީޓް މުޅި ބޮލުގައާއެކު އަޅާލައިގެން އޮށޯތީމެވެ.
އަހަންނަށް ހޭލެވުނީ ދޮންމަންމަ ގޮވާއަޑަށެވެ. ބޮޑުބޭބެ އައިސްހުރިވާހަކަ ބުނުމުން އަހަރެން ފެންކަޅިވެގެން ދިޔައެވެ. ބޮޑުބޭބެ އައިސް ކޮޓަރިއަށް ވަނުމުން ދޮންމަންމަ ދޮރުލައްޕާލުމަށްފަހު ދިޔައެވެ. ބޮޑުބޭބެ މަޑުމަޑުން ހިގާފައި އައިސް އެދުގެ އެއްކަނެއްގައި އިށީނެވެ. އެގޮތަށް ފަސްވަރަކަށް މިނެޓް އިނުމަށްފަހު ކަރުކެހިލިއެވެ. އަހަރެން ދިޔައީ ސިއްސައިގެންނެވެ. އަހަރެން އެދުން ތެދުވެގެންގޮސް ބޮޑުބޭގެ ކައިރީގައި ހުއްޓިލީމެވެ. އޭރުވެސް އަހަރެންގެ ދެފައި ތުރުތުރުލައެވެ.
“ރާއިފާ! މިތާ އިށީދެބަލަ އަހަރެން ވާހަކަ ދައްކާލަންބޭނުން.” އަހަރެން އެދުގައި ނިއިށީންނަނީން ބޮޑުބޭބެ ވާހަކަފެށިއެވެ.
“އަހަރެންނަކީ ރާއިފާގެ ބައްޕަބުނިހެން ރާއިފާގެ ބޮޑުބޭބެއެއްނޫން، ނުވިތާކަތް ގާތްތިމާގެ މީހެއްވެސް ނޫން. އަހަރެން މިގެއަށްއައީ ރާއިފާގެ ދޮންމަންމަ ހަފީޒާގެ ރައްޓެހި ކަމުގަ. ރާއިފާ ފުރަތަމަ ފެނުނުދުވަހު އަހަންނަށް ރާއިފާ ވަރަށްކަމުދިޔަ އަހަންނަށް ވަރަށް ބެލުނު. ހަފީޒާއަށް އެކަން އެގިގެން އަހަރެންކައިރީ ބުނީ ބޭނުމިއްޔާ ލާރިކޮޅެއްދެނިކޮށް ވެދާނެއޭ. އަހަރެންނަށް މައާފްކުރޭ ރާއިފާ. މިހާރު އަހަރެން ބޭނުމެއްނޫން ގަދަކަމުން އެއްވެސް ކަމެއް ކުރާކަށް އެއަށްވުރެ އަހަރެން ރާއިފާދެކެ މާލޯބިވޭ. އަހަންނަށްކިޔަނީ މުހައްމަދު މާއިލް. އަހަންނަކީ އަމިއްލަ ވިޔަފާރިކުރާ މީހެއް. ފުދޭވަރަކަށް ލާރިވެސް ގެންގުޅެން. އަހަރެން އަދި އަތްބަކުވެސް ދަރިއަކުވެސް ނެތް. ގަބޫލުކުރަން ރާއިފާއަށްވުރެ އަހަރެން މާބޮޑުކަން. އެކަމަކު މިތަނުން ރާއީއަށް އާޒާދު ވެވޭނީ އަހަރެންނާއި އެކު ދިޔައިމަ. ރާއިފާއަށް 18 އަހަރު ވަންދެން އަހަރެން ރާއިފާ ބޭނުންވާ ހުރިހާ ހަރަދެއް އަހަރެން ކޮށްދޭނަން. ކިޔަވައި ނިމުމުން ވަޒީފާއެއްދީ މުސާރަދޭނަން.18 އަހަރުވުމުން އަހަރެންނާއި ކައިވެނިކޮށް އަހަރެންނަށް ބައްޕަކިޔާނެ ލޯބި ލޯބި ކުދިންދަކެއް ބޭނުން. ރާއިފާއަށް ބޭނުންގޮތަކަށް އުޅެވޭނެ. މިކަމާ ވިސްނާލާ. މިކަމަށް އެއްބަސް ވާން ބޭނުންނުވާނަމަ އަހަރެން މުޅި އުމުރަށް ރާއިފާއާ ދުރަށް ހިގައިދާނަން. ރާއިފާއަށް އެއްވެސް އުދަގުލެއް ނުކުރާނަން. ވިސްނާލާ އަހަރެން މިދަނީ ރާއްޖެއިން ބޭރަށް ބޭނުންވާ މުދާތަކެއް ބަލައި. މިކޮޅަށް އައިސް އަހަރެން ޖަވާބެއް ހޯދަން އަންނާނަން”
އަހަރެންގެ ޖަވާބަކަށް ބެލުމެއްނެތި މާއިލް ނުކުމެގެން ދިޔައެވެ. އަހަރެން ހިތައްއެރިއެވެ. އަހަންނަށް އެވަރުގެ ބޮޑުދޮގެއް ބައްޕަ ހަދަންވީ ކީއްވެހެއްޔެވެ؟ ދޮންމަންމަ އަހަންނާ ދޭތެރޭ ނުވިސްނިޔަސް ބައްޕަ ވިސްނާނެކަމަށް އަހަރެން ވިސްނި ވިސްނުން މިވީ ބޮޑު ބިލާހަކަށެވެ. މާއިލް އަހަރެންދެކެ ލޯބިވާވާހަކަ ބުނި ނަމަވެސް އަހަރެން އޭނަގެ އަތްބަކަށް ވާނީ ކިހިނަކުންހެއްޔެވެ. އަހަރެންގެ މުޅި ދިރިއުޅުން އެފުއްމިފުށަށް ޖަހާލީ އޭނައެވެ. އަހަރެން ކިހާ ވޭނެއް ތަހައްމަލް ކުރަން ޖެހުނުހެއްޔެވެ. އޭގެ އަނެއްފަރާތްވެސް އެބައޮތެވެ. އަހަރެންގެ މުސްތަގުބަލު އޮތީ އޮތްގޮތަށެވެ. އަހަރެން މާއިލްގެ އެދުމާ ދެކޮޅުހަދައިފިނަމަ އަހަރެން އުޅެންޖެހޭނެ ހާލެއްވެސް ނޭގެއެވެ. އިތުރުމީހަކަށް އަހަރެން ވިއްކާނުލާނެކަމެއް އެގޭނީ ކިހިނަކުން ހެއްޔެވެ. އަހަރެން ކިޔަވަން ބޭނުމެވެ. ރީތި ހެދުމާއި، މީރުވަސްދުވާ ސެންޓާއި، ރީތި ގަހަނާ ބޭނުމެވެ. ބޭނުންހާ އެއްޗެއް ކާންބޭނުންނުވާނީ ކާކުހެއްޔެވެ؟
ފުންނޭވާއެއް ވައިގެ ތެރެއަށް ދޫކޮށްލުމަށްފަހު އެދުން ތެދުވެގެން ފާހާނާއަށްވަދެ މޫނުދޮވެލައިގެން ބޭރަށް ނުކުތީމެވެ. އަހަރެން ބޭނުންވީ ބޯހަމަ ޖައްސާލަންށެވެ. އަހަރެން އެއްވެސް މިސްރާބެއްނެތި މަގުން ހިގަމުންދިޔައީމެވެ. އަހަރެންގެ ހިތުގައި އެއްވެސް ބިރުވެރިކަމެއް ނެތެވެ. ކުރިއަށް ފިޔަވަޅެއް އެޅުމުގެ ކުރިން ވިސްނާލާށޭ ޓިއުޝަން މުދައްރިސް ވަރަށް ގިނައިން ކިޔާއަޑު އަހަމެވެ. މަގު ހުރިގޮތަށްގޮސް އަހަންނަށް ނުކުމެވުނީ އަތިރިއަށެވެ. އެތަންވަށާ ބެލުމަށްފަހު ހިޔާދޭ ގަހެއްގެ ދަށުގައި އިށީނީމެވެ. މާއިލް ދެއްކި ވާހަކަތަކާއި އަހަރެން ބޭނުންވާކަންތައްތަކާއި މިނެކިރަން ފެށީމެވެ. ބަރުވަނީ ކޮންކޮޅަކަށްތޯ ބެލުމަށެވެ. އިތުރު މީހަކު އުޅޭކަމުގެ އިހުސާސްވެގެން އަހަރެން ވަށާ ހޯދާލީމެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ކުއްލިއަކަށް އަހަރެން އަމްނާމަތިން ހަދާންވިއެވެ. ހިތަށް ބިރުވެރިކަން ވަދެއްޖެއެވެ. އިންތަނުން ތެދުވެގެން ގެއާދިމާލަށް ހިގައިގަތީމެވެ. އަހަންނަށް ހިގުނުހާ އެއްމެބާރަކަށެވެ. އަހަންނަށް ދެވުނީ ތަންކޮޅަކަށެވެ. އަހަންނަށް އަމްނާ ފެނުނެވެ. އަހަރެންގެ ހިތް ކުރިއަށްވުރެ ބާރަށް ތެޅެންފަށައިފިއެވެ. އަމްނާ ހުރީ ކިރިޔާ އަހަންނަށް ފެންނަ ހިސާބުގައެވެ. އަހަރެން ބަލާލުމުން އަމްނާ ހިނިތުންވިއެވެ. އަހަރެން ވަގުތުން އިސްޖަހާލީމެވެ. ދެފަޔަށް ލެވުނުހާ ބާރެއް ލައިފައި ދުއްވައިގަތީމެވެ. ފަހަތަށް ބަލާލާކަށްވެސް އަހަންނަކަށް ނުކެރުނެވެ.
2 ދުވަސް ފާއިތުވެގެން ދިޔައިރަށް އަހަރެންގެ ހުމަކަށް ބަދަލެއް ނާދެއެވެ. އަމްނާ ފެނިގެން ދުވެފައި ގެއަށްވަން ގޮތަށް އަހަރެން ވަރަށް ގަދަޔަށް ހުންއައެވެ. ޑޮކްޓަރަށް ދެއްކުމަށްފަހު ބޭސްނަގައިގެން ބޭސްކާންފެށީމެވެ. ބޭސްކާންފެށުމުން ހުންމަޑުވިއެވެ. ހަފްތާއެއްވީއިރު އަހަރެން ހަމައަކަށް އެޅި ޓިއުޝަން ކްލާހަށް ދާންފެށީމެވެ. އަހަރެން ގެއިންފެށިގެން ޓިއުޝަންކުލާހާ ހަމައަށް ދަންދެން އަހަރެންގެ ފަހަތުން އަމްނާއާދެއެވެ. އަހަރެން އަމްނާއަށް ބަލާލާއިރަށް އަމްނާ ހިނިތުންވެލައެވެ. އަމްނާހުންނަނީ އަހަންނާ ފުދޭވަރަކަށް ދުރުގައެވެ. އަމްނާކައިރިއަށްގޮސް ވާހަކަދައްކަން ކިތަންމެ ބޭނުންވިޔަސް އެކަންކުރާކަށް އަހަންނަކަށް ނުކެރުނެވެ. އަމްނާވެސް އަހަރެންނާއި ވާހަކަދައްކާކަށް މަސައްކަތެއް ނުކުރެއެވެ. ޝާޔާއަކީ އަހަރެންދާ ޓިއުޝަން ކުލާހަށްދާ ކުއްޖެކެވެ. ޝާޔާއަކީ ވަރަށް މަޑުމައިތިރި ކުއްޖެކެވެ. ވަރަށް ބަސްވެސް މަދު ކުއްޖެކެވެ. ބައެއް ދުވަސްދުވަހު އަހަންނާ ކޮންމެވެސް ވަރަކަށް ވާހަކަދައްކާ ހަދާނެއެވެ. ޝާޔާ ކައިރީ އަމްނާ ފެނޭތޯ އަހަރެން ސުވާލުކުރީމެވެ.
“ޝާޔާ! ނޫންކަމަށް ހެދިފައި މިމަގުގެ އެފަރާދަށް ބަލާލަބަ. އެއްވެސް ދިމާލަކުން ރަތްކުލައިގެ ހެދުމެއް ލައިގެން ހިނިތުންވެފަ ހުރި ކުއްޖެއް ފެނޭތަ؟”
“…………………..
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
20 Comments!
Comments are closed.

YESSS me first nice
WOW
thanks
Outstanding❤❤❤…whn next angie..waiting ingey?
soon. thank you
Wow… Waiting for nxt part…
thank you .
Woooooww varah salhi mi part ves. So curious ? ❤️ ❤️ ❤️ ❤️ ❤️ ❤️ love you angie
thank you.
Woow.. nice story
thank you
Wow.. V. Salhi
thank you
Maa lahee up vaaleh thankolheh avas kohlaba ingey vaahaka varah reethi
ll try. thank you
Wow amazing masha allah
Keep it up
thank you
When next part…..
soon
Wowwww….. Vrh reethi Mi storyy….. Angie haadha gadhaey dhw…. Waiting for next part…… Avahah up kohlaa….. ????