Skip to content
އެސްފިޔަ

ބަރުބާދު (ހަތަރުވަނަބައި)

ކައިލް ކައިގެން ގެއިން ނުކުމެގެން ދިޔައީ 08 ޖަހާ ބޮޑުވި ފަހުންނެވެ. އަހަރެން ހުރީ އެވަގުތަށް އިންތިޒާރުކޮށްގެންނެވެ. އަވަސް އަވަހަށް މޭޒުމަތީ ހުރި ތަށިތައް ނަގައި ސިންކް ތެރެއަށް އަޅާލުމަށްފަހު މޭޒުމަތި ސާފުކޮށްލީމެވެ. އަދި ހުރިހާ ތަށިތަކެއް ދޮވެލައި ބަދިގެ ތެރެވެސް ފޮޅާ ސާފުކޮށްލައިފީމެވެ. ތެލީގައި ހުރި ބަތްތައް ޑަސްބިންއަށް އަޅާލުމަށްފަހު ގަޑި ބަލާލިއިރު 08:25 ވެއްޖެއެވެ. މިރޭ ކޮންމެހެންވެސް 09 ޖެހުމުގެ ކުރިން ޔުމްނުގެ ގެ ކައިރިޔަށް މަންމަ ގޮވައިގެން ދާން އެބަޖެހެއެވެ. އަދި މިއުޅެވެނީ މަންމައަށް އެއްވެސް ވާހަކައެއް ކިޔާވެސް ނުދެވިއެވެ.

“..ދަރިފުޅާ..” މަންމަ ބަދިގެޔަށް ވަނީ އަހަރެން ރިހަކޮޅަށް ހޫނުކޮށްލަން ހުއްޓައެވެ.

“..ހާދަ އަވަހަކަށް ތަންތަން ފޮޅާ ސާފުކޮށް ހަދާލައިފަ މި އޮތީ..” މަންމަ މޭޒުކައިރީ ހުއްޓިލަމުން ބުންޏެވެ. “..އަދި މަންމަ މިއައީ މިކަންތައް ކޮށްލަންކަމަށް.. ކީއްވެ ގޮވާނުލީ..”

“..މިދެން އެހާވަރުގެ ކަމެއް ނޫނެއްނުން.. އަހަރެންނަށް އެކަނިވެސް މިކަންތައް ވާނޭ މަންމާ..” އަހަރެން އުނދުން ނިއްވާލަމުން މަންމަގެ މޫނަށް ބަލާލަމުން ހިނިތުންވެލީމެވެ. “..މިރޭ ތަނަކަށް ދާން މިއުޅެނީ..”

“..ކޮންތާކަށް؟..” މަންމަ އެހިއެވެ. “..އެއްޗެއް ގަންނަން ބޭނުންވީތަ؟..”

“..ނޫން.. މަންމަވެސް ދާންވާނެ އަހަރެންނާއެކު..” އަހަރެން ދެވިސްނުމެއްގައި ހުރެ ބުނެލީމެވެ. “..ކިނާން ބައްޕައާ ޙަވާލްކޮށްފަދާނީ..”

“..އެންމެ ރަނގަޅު..” ދާން އުޅެނީ ކޮންތަނަކަށްތޯ ބެލުމެއްނެތި މަންމަ ވަގުތުން އެއްބަސްވިއެވެ. އަދި ބަދިގެއިން ނުކުމެގެން ދިޔައެވެ.

އަހަރެންނަށް ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލެވުނެވެ. މަންމައަށް އެވާހަކަތައް ކިޔައިދިނުމަށް ފަށާނީ ކީކޭ ކިޔާފަބާއެވެ؟ މަންމައަށް އެހަޤީޤަތް ބަރުދާސްތު ކުރެވޭނެބާއެވެ. ކައިލްގެ ވިޔާނުދާ އުޅުން މަންމައަށް އެނގުމުން އެހިތަށް އަސަރުކުރާނެވަރު ހިތަށް އަރާފައި އެވާހަކަތައް ކިޔައި ދިނުމަށް ޖެހިލުންވެސް އެބަވެއެވެ. މަންމައަށް ލިބޭ ޝޮކުގައި ހާޓް އެޓޭކެއް ކަހަލަ ކަމެއް މެދުވެރި ނުވެއްޖެޔާ ކިތަންމެހާވެސް ރަނގަޅެވެ. އަހަރެން މަންމައަށް ދެރަގޮތެއް ވާކަށް ނޭދެމެވެ. ނަމަވެސް ކިނާންއަށްޓަކައި މަންމައަށް ހުރިހާ ހަޤީޤަތެއް އެނގެންވެސް އެބަޖެހެއެވެ. މަންމައަށް އަންގައިގެން ނަމަވެސް ކައިލްމެން ރާވަމުންދާ ކަންތައް ހުއްޓުވާލަން ބޭނުންވެއެވެ. ކައިލް އިސްލާޙްކުރުވަން ބޭނުމެވެ. އަހަރެންގެ ދުޢާއަކީ މަންމައަށް އެ ހަޤީޤަތް ބަރުދާސްތުކުރެވޭނޭގޮތް މެދުވެރިވުމެވެ.

އަހަރެންނާއި މަންމަ ހިނގަމުން ދިޔައީ މަޖީދީމަގުން އޭޑީކޭއާ ދިމާއަށެވެ. ޔުމްނު އުޅޭ ގެ ހުންނާނީ އޭޑީކޭ ކައިރީގައެވެ. މަޑުހިނގުމެއް އަހަރުމެން ދެމައިން ހިނގަމުން ދިޔައިރު އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ދެމައިންގެ މެދުގައިވަނީ މަރުފަދަ ހިމޭންކަމެކެވެ. އަހަރެން ހުރީ ވާހަކަތައް ފަށާނެ ކޮޅެއް ނޭގިފައެވެ. މަންމަ އިސްވެ ވާހަކައެއް އަހާލާނަމަ ކޮންފަދަ ހެއްޔެވެ؟

“..ދަރިފުޅާ.. ހާދަ މަޑުމަޑުން ތިހުންނަނީ..” އެންމެފަހުން މަންމައަށް ނުހުރެވިގެން އަހަލައިފިއެވެ. އަހަރެން ފުޅާ ހިނިތުންވުމަކާއެކު މަންމަގެ މޫނަށް ބަލާލީމެވެ. ނަމަވެސް އެއްޗެއް ބުނާނެ ހިތްވަރެއް ނުލިބުނެވެ.

“..ކޮންތާކަށް މިދަނީ..” މަންމަ އަނެއްކާވެސް އަހާލައިފިއެވެ. “..ރައްޓެހި ކުއްޖެއްގެ ގެޔަށްތަ؟..”

އަހަރެން މިފަހަރުވެސް އަނގަޔަކުން ނުބުނަމެވެ. މަންމަގެ މޫނަށް ބަލާލަމުން ބޯ ޖަހާލީއެވެ. އޭރު އަހަރުމެންނަށް ޔުމްނު އުޅޭ ގެޔާ ހަމައަށް އާދެވިއްޖެއެވެ. ގަޑިން 08:50 ވެއްޖެއެވެ. ޔުމްނު ގެޔާ މާދުރުނޫން ހިސާބެއްގައި އެގެ ފެންނަ ހިސާބެއްގައި އަހަރެން މަޑުކޮށްލުމާއެކު މަންމަވެސް ހުއްޓުނެވެ.

“..ކީއްވެ މިތާ މަޑުތިކުރީ..” މަންމަ އެހިއެވެ. އަހަރެން މަންމަގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލްގައި ކައިލް ފެނޭތޯ މަގުގެ ދެކޮޅު ބަލާލީމެވެ. ކައިލް ފެންނަން ނެތުމާއެކު ކައިލްގެ ސައިކަލު ހުރިތޯ ބަލާލިއިރު ސައިކަލްވެސް ނެތުމުން އޭނާ އަދި ނާންނަނީކަން އެނގުނެވެ. ހަނި ހަނި ގޯޅިއެއްކަމުން ދުއްވާ އެއްޗެއްގެ ހިލަމެއްވެސް ވަނީ މަދު ފަހަރަކުއެވެ.

“..ދަރިފުޅާ މަންމަ އެބަ ވާހަކަ ދައްކަމޭ..” މަންމަ ބުންޏެވެ. އަހަރެންނަށް މަންމަ ދައްކާވާހަކަ އަޑުއިވެއެވެ. ނަމަވެސް އަހަރެން ކައިލްގެ ހަޤީޤަތް ބުނެދިނުމަށް ޖެހިލުންވަނީއެވެ. މަންމައަށް ގޮތެއްވެދާނެތީ ބިރުގަންނަނީއެވެ. މަންމަގެ ކައިރީ މަންމަގެ ދަރިފުޅުގެ އުޅުން ވިޔާނުދާ ވާހަކަ ދެއްކުން އެއީ އެހާ ފަސޭހަކަމެއްވެސް ނޫނެވެ. ނަމަވެސް އެވާހަކަ ދައްކަންވެސް އެބަޖެހެއެވެ. މަންމަ އަހަރެން ދައްކާވާހަކަ ޤަބޫލްކުރާނެބާއެވެ؟

“..މަންމަ.. އަހަރެންނަށް އިތުބާރު ކުރަންތަ؟..” އަހަރެން ވަރަށް ހިތްވަރުކޮށްފައި އެހީމެވެ.

“..ކޮންކަހަލަ ސުވާލެއް ތިކުރީ..؟..” މަންމަވެސް ކޮށްލީ ސުވާލެވެ.

“..މަންމަ.. އަހަރެންނަށް އިތުބާރު ކުރަންތަ؟..” އަހަރެން އަނެއްކާވެސް އެހީމެވެ. “..އަހަރެން ކޮންމެކަހަލަ ވާހަކައެއް ބުންޏަސް ޤަބޫލްކުރާނަންތަ؟..”

“..މަންމަ ދަރިފުޅަށް ވަރަށް އިތުބާރުކުރަން..” މަންމަ އަހަރެންގެ މޫނަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. “..މަންމައަށް އިނގޭ ދަރިފުޅު މަންމަ ކައިރީ ދޮގެއް ނުހަދާނެކަން.. އެހެންވީމަ ދަރިފުޅު ދައްކާވާހަކައެއް މަންމައަށް ޤަބޫލްނުކުރެވެންވީ ސަބަބެއް ނެތް.. ބުނެބަލަ.. ދަރިފުޅާ ކިހިނެއްވީތަ؟ ކޮންކަހަލަ ވާހަކައެއް ބުނަން ބޭނުންވެގެން ތިއުޅެނީ..”

“..މަންމައަށް މީހެއްގެ ހަޤީޤަތެއް ބުނެދޭން މިއުޅެނީ..” އަހަރެން ވާހަކަ ދައްކަންފެށީ ދުރުބަލާލަމުންނެވެ. “..މަންމައަށް ޤަބޫލްކުރަންވެސް އުނދަގޫވާނެ މިކަންތައް.. އެހެންވެގެން މަންމަގެ ލޮލަށް އެކަންތައް ފެނުނީމަ ޤަބޫލްކުރަން ފަސޭހަވާނެތީ މިރޭ މިތަނަށް މިގެނައީ..”

“..ކީކޭ ދަރިފުޅާ؟..” މަންމަ ބުންޏެވެ. “..ކާކުގެ ކޮންވާހަކައެއް ކޮން ހަޤީޤަތެއް ބުނެދޭންވެގެން ތިއުޅެނީ.. މަންމައަކަށް ނުވިސްނުން ދަރިފުޅު ތިކިޔާއެއްޗެއް..”

“..މަންމައަށް އަދި އިނގޭނެ.. މަޑުކޮށްލާ!..” އަހަރެން އެހެން ބުނި ވަގުތަކީ ކައިލް ސައިކަލްގައި އައިސް ޔުމްނުގެ ގެ ކައިރިއަށް މަޑުކޮށްލި ވަގުތެވެ. އަހަރެން ހުރީ ކަޅި ޖަހާނުލައި ކައިލްއަށް ބަލާށެވެ. މަންމައަށްވެސް ކައިލް ފެނިއްޖެކަން ހިމޭންވެފައި ހުރުމުން އެނގުނެވެ.

“..ކައިލް..” ކައިލް ސައިކަލުން ފައިބެގެން ގޮސް ޔުމްނުމެންގޭ ދޮރާށިން ވަދެގެންދިޔަ މަންޒަރު ބަލަންހުރެފައި މަންމައަށް ބުނެވުނެވެ.

“..މަންމަ މިތަނަށް ތި ގެނައީ ކައިލްގެ ވާހަކައެއް ދައްކަންތަ؟ ކައިލްގެ ކޮންވާހަކައެއް؟ ކޮން ހަޤީޤަތެއް؟ މަންމައަށް ނޭގޭވަރުގެ ކޮންކަމެއް އޭނަގެ އޮތީ؟..” މަންމަ ހުރީ ވާނުވާ ނޭގިގެން ކަންތައް ބޮޑުވެފައެވެ. އަހަރެން މަންމައާ ހަތަރުކަޅި ހަމަކުރަން ނުކެރިގެން ހުރިގޮތަށް ހުރީއެވެ.

“..ދަރިފުޅާ.. ބުނެބަލަ.. ވާހަކަ ދައްކަބަލަ..” މަންމަ އަހަރެންގެ އަތުގައި ހިފާލަމުން މަންމައާ ދިމާއަށް އަނބުރާލިއެވެ.

“..ކައިލްގެ..” އަހަރެންގެ ލޮލުތެރެއަށް ޖަމާވަމުން ދިޔަ ކަރުނަތައް ފެނުނުހިނދު މަންމަގެ ބަސްހުއްޓުނެވެ. މަންމަ ފަރުވާތެރިކަމާއެކު އަހަރެންގެ މޫނަށް ބަލަންހުއްޓެވެ. އަދި އަހަރެން އަތުގައި ހިފާލީ ކަންބޮޑުވެފައި ހުރެއެވެ.

“..ދަރިފުޅާ ކިހިނެއްތަ ވީ؟.. ވީގޮތެއް މަންމަ ކައިރީ ސާފުކޮށް ބުނެބަލަ..” މަންމަ ބުނެލިއެވެ.

“..މަންމާ ކައިލްއާ އެހެން އަންހެނަކާ ދެމެދު ގުޅުންތަކެއް ހިނގަމުން އެބަދޭ..” އަހަރެން ފެންކަޅިވެފައިވާ ދެލޮލުން މަންމައާ ހަތަރުކަޅި ހަމަކޮށްލަމުން ބުނީމެވެ. “..ޔުމްނުއާ..” މަންމައަށް ޤަބޫލްކުރަންދަތިވެފައި އަހަރެންނަށް ބަލަހައްޓައިގެން ހުއްޓެވެ. އަހަރެން ދެތުންފަތް ފިއްތާ ބާރުކޮށްލަމުން ބޯޖަހާލީ އެއީ ހަޤީގަތްކަށް އަންގައި ދިނުމަށްޓަކައެވެ.

“..ކައިލް ބޭނުންވަނީ ޔުމްނުއާ ދެއަތްބަށް އިންނަން..” އަހަރެންނަށް ދެލޯމަރާ ލެވުމާއެކު ކަރުނަތައް ކޯތާފަތްމައްޗަށް އޮހިގަތެވެ.

“..ތީ ދޮގެއް.. އަހަރެން ދަރިޔަކު ތިގޮތަކަށް ނޫޅޭނެ.. ނޫޅޭނެ..” އަހަރެން ކުއްލިއަކަށް ލޯ ހުޅުވާލީ މަންމަ އަހަރެންގެ އަތުން ދޫކޮށްލުމުންނެވެ. އަހަރެން ބަލާލިއިރު މަންމަ މަގުހުރަސް ކުރުމަށް ހިނގައި ގެންފިއެވެ. މަންމަގެ ހިނގުން ހަލުވިއިރު މިސްރާބު ހުރީ ޔުމްނު ގެޔާ ދިމާއަށެވެ. އަހަރެންވެސް މަންމައަށް ގޮވާލަމުން ކަރުނަތައް ފޮހެމުން މަންމަ ފަހަތުން ދުއްވާގަތީމެވެ.

“..މަންމާ މަޑުކޮށްބަލަ..” އަހަރެންނަށް މަންމަގެ އަތުގައި ހިފާލެވުނީ ޔުމްނުމެންގޭ ދޮރާށީން ވަންނަނިކޮށެވެ.

އަހަރެންނަށް މަންމައަތުގައި ތުރުތުރު ލުމެއް ހުރިކަން ފާހަގަވެގެން މަންމަގެ މޫނަށް ބަލާލުމާއެކު ދެލޯ ބޮޑުކޮށްލެވުނެވެ. މަންމަ ތުންފަތްމަތީގައިވެސް ވަނީ ތުރުތުރު ލުމެވެ. އަނެއްކާ މަންމައަށް ކިހިނެއްވަނީ ބާއެވެ؟ މަންމަގެ މޫނަށް ފަރުވާތެރިކަމާއެކު ބަލާލެވުނެވެ. މަންމަ ދެދަތްޕިލަ ފިއްތާ ބާރުކޮށްގެންހުރި އިރު ހީވަނީ ރުޅި ކޮންޓްރޯލްކުރަން މަސައްކަތްކުރާހެންނެވެ. މަންމަގެ ދެލޯވެސް ވަށްވެފައި ހުރިއިރު ލޮލުތެރޭގައި ކަރުނަ މުތީތަކެއްހެން ވިދަމުންދިޔައެވެ. އަހަރެންނަށް ޔަޤީންވި ކަމަކީ މަންމަ އަހަރެން ދެއްކިވާހަކަ ޤަބޫލްކޮށްފިކަމެވެ.

އަހަރެން މަންމައަށް ދެތިން ފަހަރަކު ގޮވާލީމެވެ. ނަމަވެސް މަންމަ އަނގަޔަކުން ނުބުންޏެވެ. އަހަރެންގެ އަތް ފޮޅުވާލާފައި ހިނގައިގަތީ ކުރިޔަށެވެ. މަންމައަށް ގޮތެއް ވެދާނެތީ އަހަރެން ވަރަށް ބިރު ގަތެވެ. މަންމަ ހުއްޓުވަންވެސް ބޭނުންވިއެވެ. ނަމަވެސް ކައިލް ހުއްޓުވޭނީ މަންމައަށްކަން އެނގޭތީ މާތްﷲ އާ ވަކީލްކޮށްލައިގެން ހުރީއެވެ. ގޭތެރެއިން މަންމަ ލަދު ގަންނަންޖެހޭ ކަހަލަ މަންޒަރެއް ނުފެނިއްޖެޔާ ކިތަންމެހާވެސް ރަނގަޅޭ އަހަރެންގެ ހިތަށްއެރިއެވެ.

މަންމަ ބާރު ހިނގުމުގައި ގޮސް ޔުމްނުމެންގޭ ދޮރުގައި ތަޅާގަތްލެއް ބާރުކަމުން އަހަރެންވެސް ދިޔައީ ސިހިގެންނެވެ. ހީވީ ދޮރު އެތެރެއަށް ވައްޓާލަން އުޅުނުހެންނެވެ.

“..ކާކު..” އެތެރެއިން ޔުމްނުގެ އަޑު އިވިގެން ދިޔައެވެ. މަންމަ އަނގަޔަކުން ނުބުނެއެވެ. އަނެއްކާވެސް ދޮރުގައި ޓަކި ޖަހާލީއެވެ. މިފަހަރު ތަންކޮޅެއް މަޑުންނެވެ. އެޔާއެކު ޔުމްނު ދޮރު ހުޅުވާލިއެވެ. ޔުމްނުއަށް އަހަރުމެން ފެނުނު ހިނދު ލޯބޮޑުކޮށްލަމުން އަވަސްއަވަހަށް ދޮރުލައްޕާލަން ހިފާލުމާއެކު ކުއްލިއަކަށް އަހަރެންނަށް ދޮރުގައި ހިފަހައްޓާލެވުނެވެ. ޔުމްނު ދޮރުލައްޕާލުމަށް އުޅެންފެށުމުން ދޮރު ބާރަށް ކޮއްޕާލަމުން އަހަރެން އެތެރެއަށް ވަނީ ޔުމްނުގެ ހުއްދައަކަށް އިންތިޒާރުކުރުމެއް ނެތިއެވެ. މަންމަވެސް އަހަރެންގެ ފަހަތުން ވަންއިރު ޔުމްނު އަހަރެމެންނަށް ބަލަމުންދިޔައީ ބިރުވެރި އެއްޗެއް ފެނިގެން ބަލާކަހަލަ ގޮތަކަށެވެ.

ޔުމްނު އެއްފަހަރު މަންމައަށް އަނެއްފަހަރު ކޮޓަރި ދޮރާ ދިމާއަށް ބަލަންފެށުމުން ކައިލްވީ ކޮޓަރީގައިކަން ވިސްނުނެވެ. ކޮޓަރި ދޮރު ހުރީ ކުޑަކޮށް ހުޅުވިފައެވެ. އަހަރެން ބާރު ހިނގުމުގައި ގޮސް ދޮރު ހުޅުވާލި ވަގުތު އެތެރެއިން ފެނުނު މަންޒަރަކުން ކުއްލިއަކަށް ދޮރު ލައްޕާލެވުނީ ބާރަށެވެ. އަހަރެންގެ ނޭވާވެސް ސިކުންތު ކޮޅަކަށް ހުއްޓުނެވެ. ކައިލް ފެންވަރައިގެން ނުކުމެ ބޮލުގެ އިސްތަށިގަނޑުން ފެންފުހެމުން ދިޔައިރު އޭނަގެ އެއްވެސް ނިވާކަމެއް ނެތެވެ. ލަދުވެތި މަންޒަރެކެވެ. އަހަރެން އެނބުރިލިއިރު މަންމަ ފަހަތުގައި ހުއްޓެވެ. ޔުމްނު ދުރުގައި މަންޒަރު ބަލަންހުރީ ހާސްވެފައެވެ. އެވަގުތު މަންމަ ކޮޓަރި ދޮރު ހުޅުވުމަށް ތަޅުގައި ހިފާލުމާއެކު އަހަރެންނަށް ކުއްލިއަކަށް މަންމަގެ އަތުގައި ހިފަހައްޓައި ލެވުނެވެ. މަންމައަށް ކައިލް ފެންނާކަށް ނޭދެމެވެ. މަންމަ ހުއްޓުވަން އެބަ ޖެހެއެވެ. އަހަރެން މަންމަގެ އަތް ނައްޓުވާލީ މަޑުމަޑުންނެވެ.

“..މަންމާ ކައިލްއެއް..” އަހަރެންނަށް ބުނެވުނީ އެހިސާބަށެވެ. ކައިލް ޔުމްނުއަށް ގޮވާލި އަޑުއިވުނެވެ.

“..ޔުމްނު ކާކުތަ؟ ދޮރުގަ އެހާބާރަށް ތަޅާއެގަތީ..” ކައިލްގެ އަޑު ވަރަށް ސާފުކޮށްއިވިގެން ދިޔައެވެ.

އަހަރެން އުޅުނީ ކައިލް ކޮޓަރީގައި ނޫޅޭ ވާހަކަ ބުނާށެވެ. ނަމަވެސް ކައިލް އުޅޭކަން މަންމައަށް އެއޮތީ ޔަޤީންވެފައެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އަހަރެން ހާސްވާންފެށިއެވެ. މަންމަ މިތަނަށް ގެނެވުނު މޮޔަހިތަށް އެރިއެވެ. މަންމަ ކޮޓަރި ދޮރު ހުޅުވާފިނަމަ ފެނިގެންދާނީ މަންމަ ލަދުން ހަލާކުވާވަރުގެ މަންޒަރެކެވެ. މަންމަ ދޮރު ހުޅުވިޔަ ނުދީ ހިފަހައްޓާނީވެސް ކިހިނަކުން ހެއްޔެވެ؟

މަންމަ އަނެއްކާވެސް ދޮރު ހުޅުވުމަށް އަވަސްވެގަތުމާއެކު އަހަރެން ދޮރު ކުރި މައްޗަށް އަރަމުން ދެކޮޅަށް ބޫ ހޫރުވާލީ ދޮރު ނުހުޅުވުމަށް އެދި އާދޭސްކުރާ ހާލުގައެވެ. އަހަރެން ދޮރު ހުޅުވިޔަނުދޭން ބޭނުންވީ ކީއްވެކަން ވިސްނާކަށް މަންމަ ބޭނުމެއް ނުވިއެވެ. މަންމަ ދެތުންފަތް ފިއްތާ ބާރުކޮށްލަމުން އަހަރެން އަތުގެ މުލަށްދަނޑީގައި ހިފަހައްޓައި އެއްފަރާތަކަށް ހޫރުވާލަމުން ކުއްލިއަކަށް ދޮރު ހުޅުވާލައިފިއެވެ. އަހަރެންނަށް ދެލޯ މަރާ ބާރުކޮށްލެވުނީ ނޭވާ ހިފަހައްޓާލަމުންނެވެ.

“..ލޯބީ ކާކުތަ އައީ..” އަހަރެން މަޑުމަޑުން ލޯ ހުޅުވާލީ ކައިލްގެ އަޑުއިވުމުންނެވެ. އޭރު މަންމަ ކޮޓަރި ދޮރުމަތީ ބުދެއްހެން ހުއްޓިފައި ހުއްޓެވެ. އަހަރެން މަޑުމަޑުން އެއްފަރާތަށް ޖެހިލާ ކޮޓަރި ތެރެއަށް ނަޒަރު ހިންގާލި ހިނދު ހިފަހައްޓައިގެން ހުރި ނޭވާ ދޫކޮށްލެވުނީ ހިތަށް ލިބުނު ފިނިކަމެއްގެ ސަބަބުންނެވެ. ކައިލް ތުވާލި އޮޅާލައިގެން ހުރިކަން ނަސީބެކޭ ހިތަށް އެރިއެވެ. ނަމަވެސް ހިލޭ އަންހެނެއް ގޭގައި އެގޮތަށް ހުރުންވެސް އެއީ މާ ރީތި ގޮތެއްނޫންކަންވެސް އެނގެއެވެ.

“..ޔުމް..” ކައިލް ޔުމްނުއަށް ގޮވާލަމުން ފަހަތަށް އެނބުރުނު ހިނދު ދޮރުމަތީގައި ހުރި މަންމަ ފެނުމާއެކު ވަގުތުން ގަނޑުވިއެވެ. ކައިލް ތުވާލިގަނޑުގައި ދެއަތުން ބާރަށް ހިފަހައްޓާލީ ތުވާލި ގަނޑު ވެއްޓިދާނެތީކަމެއް ނޫނީ އެގޮތަށް ހުއްޓާ މަންމައަށް ފެނުމުން ގަތް ލަދެއްގެ ސަބަބުންކަމެއް އަހަރެންނަކަށް ނޭގެއެވެ. ކައިލްގެ މޫނުމަތިން އެތަކެއް ކުލަތަކެއް ފެންނަމުން ދިޔައެވެ. ލަދުވެތިކަމާއި ބިރުވެރިކަމާއި ހައިރާންކަމެވެ.

“..މަ.. މަ.. މަން.. މާ..” ކައިލްގެ އަޑު އައީ ކެނޑިކެނޑިގެން ބުރިބުރިވަމުން ކަހަލަގޮތަކަށެވެ. ކައިލްއަށް ބުނާނެ އެއްޗެއް ކުރާނެކަމެއް ނޭގިގެން ހުރެފައި ކުރިޔަށް ދެތިންފިޔަވަޅު އަޅާލުމަށްފަހު ހުއްޓުނީ އަހަރެން ފެނުމުން ކަންނޭގެއެވެ. އަހަރެން މަންމަގެ ފަހަތުން ކޮނޑުމަތީ އަތްބާއްވާލުމާއެކު މަންމަގެ ހޭވެރިކަންވިއެވެ. އެވަގުތު  އަހަރެން ހީކުރިކަހަލަ ކަމެއް މަންމައަށް މެދުވެރިނުވާކަން އެނގުމުން މާތްﷲ ޙަމްދުކުރެވުނެވެ. މަންމަ ބާރު ހިނގުމުގައި ގޮސް ކައިލް ކައިރިއަށް ހުއްޓުނުއިރު މަންމަގެ ދެއަތް މުއްކެވިފައި ހުރިތަން އަހަރެންނަށް ފެނުނެވެ.

“..މިތާ ކީއްތިކުރަނީ؟..” ކައިލް މޫނު އަނެއްފަރާތަށް އަނބުރާލަމުން އެހެންބުނެލީ ލަދުވެތިކަމާއެކުއެވެ. މަންމަ ވާހަކަ ނުދައްކާ ކައިލްއަށް ބަލަހައްޓައިގެން ހުރީއެވެ. މަންމަގެ މޫނުމައްޗަށް އަރާ ކުލަވަރެއް ނުފެނުން ކަމުގައި ވިޔަސް މަންމަ ހުންނާނީ ވަރަށް ރުޅިގަދަވެފައިކަން އަހަރެންނަށް އެނގެއެވެ.

“..މަން..މާ..” ކައިލް މަންމައާ ދިމާއަށް ބަލާލަމުން ގޮވާލުމާއެކު މަންމަ އަތުގެ ހޫނު އެތިފަހަރެއް ކައިލްގެ ކަންކަށި މައްޗަށް އަރައިގެންދިޔައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (21)

  1. Haxu

    ey nishaan varah habeys…..kail sizah thirikoalaa. haadha ladhu hayaiykuda soreke dhw…..adhi lwbee oh….adhi momah govaey eba ladhu kobaithar…yumnu kahala frndx nethas rangalhu vaane..ekahala frndx ginavaa thi mi kamunudhani…………

    1. nishan
      Haxu

      hehehe.. kyle mihaaru vs ehurii size ga.. :p thank yu vaahaka kiyaalaafa thikohli salhi comment ah.. 🙂

  2. Yashaa

    ……..v v v nice…….. keep it up Nishant

    1. nishan
      Yashaa

      thank yu yashaa 🙂

  3. aisha

    salhi..thankolheh avahah up kohdhy…kon irakun anehbai up vaany

    1. nishan
      aisha

      Thank yu aisha.. Varah avahah up kohdheynan in shaa allah.. Hopefully next week Monday ga up kohdheynan..

  4. shai

    v v salhi igey

    1. nishan
      shai

      Thank yu shai..

  5. fAtun

    eha intizaru kuruvaafa maa kuruko tigenesdhiny. kamaku nudhey

    1. nishan
      fAtun

      thursday ga up kohdheyne vaahaka bunevifa othyma liyevifa oiy varah up kohlii hama.. next time dhigukoh genesdheyn masahkaiy kuraanan.. thanx for the comment..

    2. jone
      nishan

      V v v sali . Umeedu kuran v aviha next part genisdyne kamhi.

  6. jone

    V v v sali . Umeedu kuran v aviha next part genisdyne kamhi.

    1. nishan
      jone

      thanx jone.. monday ga up kohdheynan in shaa allah 🙂

  7. bubbles

    Mashaa Allah. . V nice mi part vs.. yumnu n kail haadha hayaaiykuda ey dhw.. adhi mamma ah eba gova ennu..

    1. nishan
      bubbles

      hehe dho hayaai kuda ee vs kuda kamakah tha.. thank yu bubbles 🙂 ..

  8. saamy

    V kiyaahithun huttaa thi nimmaaly v v reethi mibai kail hama egeah vadhevun dhw lasvy ladhun boa halaaku

    1. nishan
      saamy

      ehehe .. aan kyle ah geyah nuvadhevifa hama hunnanee :p .. thank yu saamy..

  9. GuDuMeena

    hah. . Nishaantey Thikuri kamakun Kiriya GuDU ah vx heartattack eh nujehuny. . adhi miom ah kihaa vareh vaane. . Pis Pis. . Naseebu thuwaali kolhu Olhaalan dhen emanje huttuwi kan. . e noon nama Mom neren jeheyny Hops akun kanneynge. . 😉 varah fakka ingey story ge direction hadhaalaafa in goi. . Heevee hama bollywood ge gadha filmeh balaalevunuhen. . 😀 waitin waiti waiting. . ! <3

    1. nishan
      GuDuMeena

      hehehe.. hama nasyb loosh kuda vaguthu kolhakah namavs mom hifahahtaalikan ehen noon nama bodu manzaru fenii mom ah heart attack eh jehunis 😛 keke.. thank yu GuDu 😀

  10. nainaa

    salhi

    1. nishan
      nainaa

      thank yu nainaa

Comments are closed.