ހިތް ފަނާވެދަންދެން… ( 3ވަނަ ބައި )
ރޭގަނޑުގެ ވަގުތެވެ. ވަކި ކަމެއްނެތުމާއި އެކު ޒައިދު ނިންމީ މިރޭވެސް އަރްޝީގެ ކައިރިއަށް ދިއުމަށެވެ.ގެއިން ނިކުތުމުގެ ކުރިން އަރްޝީގެ ފޯނަށް ގުޅާލިއެވެ. އަރްޝީ ފޯނުނުނަގާތީ ޒައިދު ކަންބޮޑުވިއެވެ.އިރުކޮޅަކު މަޑުކޮއްލުމަށްފަހުއަނެއްކާވެސް ދެތިން ފަހަރަކު އަރްޝީގެ ފޯނަށް ގުޅާލިއެވެ. ޒައިދު ހިތްނުތަނަވަސްވާން ފެށީ އެތައް ފަހަރަކު ގުޅައިގެންވެސް އަރްޝީ ފޯނުނުނެގީމައެވެ. އަރްޝީ ފޯނު ނުނަގާހާ ހިނދު އެގެއަށް ވަންނާކަށްޒައިދުއަކަށް ނުކެރޭނެއެވެ. ޒައިދު އަނބުރާލާފަ ގެއަށް އައީ އަރްޝީގެޚަބަރެއް ނުވުމުންނެވެ. ފޫހިކަމާއި އެކު އެނދުގަ އޮވެގެން އަރްޝީ ގުޅާނެއިރަކަށް އިންތިޒާރު ކުރެވުނެވެ.
އާދުވަހެކެވެ. ޒައިދު އޮފީހުގެ ތެރެއަށް ވަދެގެން ދިޔައިރު އޮފީހުގައެންމެން ވަރަށް ބުރަކޮން އުޅެއެވެ. ފާއިޤްގެ ކެބިންއަށް ދިއުމަށް ޒައިދުކައިރީ މަސައްކަތު މީހަކު ބުނުމާއި އެކު ޒައިދު ކުރަން ހުރި މަސައްކަތްތައްނިންމާލުމަށްފަހު އަވަސްވެގަތީ އެތަނަށް ދިއުމަށެވެ.
ފާއިޤްގެ ކެބިން ތެރޭ ޝެރީން އާއި ސަލޫމް ކޮންޕިއުޓަރ ކައިރީ އެއްޗެއްބަލަން ތިއްބެވެ. ޝެރީންއަށް ފާއިޤް އިޝާރާތުން ޒައިދު އައިކަންއަންގާލިއެވެ. ” ޒައިދު މިއަދު ހަވީރު ޝެރީން އާއި އެކު ހުޅުމާލެއަށްޖައްސާލަދީބަލަ….ޝެރީން ފިހާރަ ހުޅުވާނެ ރަނގަޅު ތަނެއް ހަމަޖައްސަންދާއިރު ޒައިދު ފޮނުވަން މި ނިންމީ ސަލޫމްއަށް ދެވެން ނެތީމަ…..” ފާއިޤްޒައިދު އެތަނަށް ގެންނަން ޖެހުނު ބޭނުން ކިޔައިދިނެވެ.
”ތެދެއް…….އަހަރެން މިއުޅެނީ މަންމަ ގޮވައިގެން ޑޮކްޓަރަށް ދައްކަންދާން….މިއަދު ހަވީރު ވީމަ ދެވެން ނެތީ…..” ސަލޫމް އިސްވެ ވާހަކަދައްކާ އޭނައަށް ދެވެން ނެތް ސަބަބު ބުނެދިނެވެ. ޒައިދު އެއްބަސްވުމުގެގޮތުން ބޯޖަހާލިއެވެ. މީގެ ކުރިން ދުވަހަކުވެސް ފާއިޤް ބުނާ އެއްވެސްކަމަކަށް ޒައިދު ނޫންބަހެއް ބުނެފައެއް ނޯންނާނެއެވެ.
” ހަވީރު ހަތަރެއް ޖަހާލަން ވާއިރަށް ތައްޔާރުވެގެން އަންނާތި…..”ފާއިޤް ބުނެލިއެވެ. ޝެރީން ގޮނޑިން ތެދުވެގެން އައިސް ފާއިޤްގެ ކުރިމަތީދެތިން ކުރެހުމެއް ބާއްވާލިއެވެ. ” މިއީ އަހަރެން ފިހާރަ ޑިޒައިން ކުރަންހަމަޖެހިފައިވާ ގޮތުގެ މިސާލެއް…ބައްޕައަށް މިގޮތް ކަމުދޭތޯ……”ޝެރީން އެ ކުރެހުންތަކުގަ އިނގިލި ޖައްސާލަމުން އަހާލިއެވެ. ” ދަރިފުޅަށްކަމުދާގޮތަކަށް ޑިޒައިން ކޮއްލީމަ ރަނގަޅުވާނެ….” ފާއިޤް ބުނެލިއެވެ.
ލީލާ ޝާޒްއަށް ބޭސްދޭންވެގެން އުޅުނެވެ. އެނދުމަތީގަ ނިދިފައި އޮތްއަދުހަމް ޝާޒް ރޯއަޑާއި ހެދި އުދަނގޫވެގެން ހޭލާ ރުޅިވެރިކަމާއި އެކުލީލާއަށް ބަލާލިއެވެ. ” ހޭލީތަ؟ ސައިހަދަން މިދަނީ…ތައްޔާރުވެލައިގެންއާދޭ….” ލީލާ ހިނިތުންވަމުން ބޭސްފުޅީގެ މަތިޖަހާލިއެވެ. ”ހޭނުލެވޭނެތަ އަޑުން އަޑު ނަގާ މީދަ ކުއްޖާ ގަނޑު ރޯއިރު……ނިކުމޭކޮޓަރިން ބޭރަށް…އަހަރެން މިހުރީ ރެއިން ފެށިގެން ނުނިދާ…….”އަދުހަމް ހަޅޭއްލަވައިގެން ބާރުކަމުން ޝާޒްގެ ރުއިންވީ ގަދައެވެ. އަދިއަދުހަމްގެ ރުޅިގަނޑުވީ ގަދައެވެ.
” އަޑެއް ނީވޭތަ ބުނީމައެއް…..” ލީލާ އާ ދިމާލަށް އަދުހަމްހަޅޭއްލަވައިގަތެވެ. ލީލާ ހުއްޓުންއަރާފަ ހުރެވުނީ އަދުހަމްއަށް އަމިއްލަދަރިއަކު އެވަރަށް ރޯތީ ހަމްދަރުދީ ވުމުގެ ބަދަލުގަ ރުޅިއާދެވުނީތީ އެކަމާހައިރާންވެގެންނެވެ. ފުންކަނޑެއްފަދަ އެ ދެލޮލުގެ ތެރެއަށް ޖަމާވަމުން ދިޔަކަރުނަތައް ލޮލުގެ ތެރޭގަ ހުރީ އެސްފިޔަ ޖަހާލަންދެންނެވެ. ޝާޒްއުރާލައިގެން ލީލާ ކޮޓަރިން ނިކުތެވެ.
ހާޝިޔާއަށް މިއަދަކީ ހާއްސަދުވަހެކެވެ. އެކުވެރިންނާއި އެކުއޯވާރނައިޓަކަށް ދެވޭތީ އޭނަ ހުރީ އުފާވެފައެވެ. ބަދީހާގެ ހުއްދަ އާއި އެކުހާޝިޔާ ފޮއްޓަށް އެއްޗެހި އަޅާ ތައްޔާރުވެލިއެވެ. ” ކިތައް ދުވަސްފަހުންމާލެ އަންނަނީ؟” ބަދީހާ ހާޝިޔާ ހިނގައިގަތުމުން އަހާލިއެވެ. ” އެންމެރެއެއް އެކޮޅުގަ ވާނި…….ލަސްވަންޏާވެސް އަންގާލާނަން……..މަންމަމަށަށް ކާންހަދާ ދީބަލަ…..’ ޙާޝިޔާ ބޯ އޮމާންކޮއްލިއެވެ. ގަދަ މުށި ކުލަޖައްސާފައިވާ އެ އިސްތަށިގަނޑު އޮމާންކޮއްލުމަށްފަހު ކުޑަ ވޫލްކޮޅަކުންއައްސާލިއެވެ. ” ލީލާ ކައިރީ ބުނެބަލަ ކާން ހަދައިދޭށޭ….” ބަދީހާކަންބޮޑުވެފައި އެކަން ލީލާ ކައިރީ އެދުމަށް ބުނެލިއެވެ. ހާޝިޔާތައްޔާރުވެލައިގެން ނިކުތް އިރު ލީލާ ޝާޒްއަށް ކާންދެވޭތޯ އުޅެއެވެ.
ލީލާގެ އަތުގަ ނުޖެހެންވެގެން ޝާޒް ސޯފާ ވަށައިގެން ދުވަމުން ދިޔައެވެ. ”ލީލާ….ވަރަށް އަވަހަށް ކާން ހަދައިދީބަލަ….” ހާޝިޔާ އަމުރުވެރިރާގަކަށް ބުނެލިއެވެ. ލީލާ އެއްފަހަރު ހާޝިޔާއަށް އަނެއް ފަހަރު ޝާޒްއަށްކާންދޭ ތައްޓަށް ބަލާލިއެވެ. އެ ތަށީގަ ހުސްނުވެ ހުރީ ކުޑަ އެތިކޮޅެކެވެ. ” ކުޑޫއަށް ކާން ދީފަ ދާން..އިރުކޮޅެއް ވާނެ…” ލީލާ ހާޝިޔާއަށްހިނިތުންވަމުން ޝާޒް އަތުލެވޭތޯ ދުއްވައިގަތެވެ. ހެމުން ހެމުން ޝާޒް ލީލާގެއަތުގަ ނުޖެހެވޭތޯ ދުވަމުން ދިޔައެވެ. ” ލަސްވޭ އެބަ….ތި ކުރާ ކަމެއްބަހައްޓާފަ ގޮސް ކާން ހަދައިދީބަލަ….” ހާޝިޔާ ގަޑިއަށް ބަލާލަމުންރުޅިވެރި ރާގަކަށް ބުނެލިއެވެ. ” ތިހާ ލަސްވަންޏާ ގޮސް އެކަނިކައިބަލަ….އަތްފައި ސަލާމަތުން ހުރި އަންހެނެއްނު ތިއީ…” ޙާޝިޔާގެރުޅިވެރި ރާގުގެ ސަބަބުން ލީލާގެ ރާގުވެސް އެގޮތަށް ބަދަލުވެގެން ދިޔައެވެ.ދެބުމަ ގޮށްޖަހާލަމުން ދުވެ ދުވެ ހުރި ޝާޒް އުރާލިއެވެ.
ވަޖީހް ދުއްވާ ގޮނޑިއަކަށް ލައިގެން ބަދީހާ ސިޓިން ރޫމަށް ނިކުތީއެވަގުތުއެވެ. އެދެމީހުންނަށްވެސް އިވުނީ ލީލާ ދެއްކި ވާހަކަތަކެވެ. ”ލީލާ….އަހަރެންގެ ހާޝިޔާ އަކީ ލީލާ އެއްބަނޑު އެއްބަފާ ކުއްޖެއް ނޫންކަންއެނގޭ……އެކަމަކު ލީލާ އެކޭ ހާޝިޔާއެކޭ އަހަރެން ތަފާތު ކުރާތީތަ ލީލާދުރުކަމެއް ތި ބަހައްޓަނި……ހާޝިޔާއަށް ލަސްވާތީ ކަމަކު އެދުނީމަވެސް ތިހަޅޭއްލަވަނީ…….” ބަދީހާ ރޮއިގަތެވެ. ލީލާގެ މޫނަށްބަލަހައްޓައިގެން ވަޖީހް އިންނަން ފެށުމުން ލީލާ އިސްއޮބާލިއެވެ. ލީލާބައްޕަގެ ކުރިމަތީ ބަދީހާއަށް އެއްޗެއް ބުނަން ބޭނުން ނުވާތީ ޝާޒްގޮނޑިއެއްގަ ބައިންދަމުން ބަދިގެއަށް ވަނެވެ.
ޒައިދުފޯނު ބަލާލީ އަރްޝީގެ ކޯލެއް އައިސް އިންތޯއެވެ. ރޭގަ އެތައްފަހަރަކު ގުޅީމަވެސް އަރްޝީގެ މެސެޖެއް ހާއިރުވެސް ނާންނާތީ ޒައިދު ހިތްނޭނގޭ ބާރުމިނެއްގަ ތެޅެމުން ދިޔައެވެ. ” ހާދަ ވަރުގަދަ ވިސްނުމެއްގަ…”ނަބީހް އައިސް ޒައިދުގެ ކުރިމަތީ އިން ގޮނޑީގަ އިށީންނަމުން އަހާލިއެވެ. ” ނުވިސްނަން….” ޒައިދު މޫނުމަތީގަ ވާ ހާސްކަން ފޮރުވާލަމުންގަދަކަމުން ހިނިތުންވެލިއެވެ. ކުއްލިއަކަށް އޮފީސް ތެރެ އަޑުގަދަވެގެންދިޔައެވެ. ޒައިދު އާއި ނަބީހް ކެބިންގަ ތިބެފަ އޮފީހުގެ ތެރެއަށް ނިކުތެވެ.ރީތި މާ ބޮޑިތަކުން އޮފީސްތެރެ ވަނީ ފުރާލާފައެވެ. ޝެރީންގެކެބިންތެރެއިން ސަލޫމް ޝެރީންގެ އަތުގަ ހިފައިގެން އޮފީސްތެރެއަށް އައެވެ.އެންމެންގެ މެދުގަ ޝެރީން ބަހައްޓާ ސަލޫމް ޝެރީންގެ ކުރިމަތީ ކަކޫ ޖަހައިއިށީނެވެ. މުށުތެރޭގަ އޮތް ރިހިކުލައިގެ އަނގޮޓިއެއް ނަގައި ޝެރީންއަށްދިއްކޮއްލިއެވެ.
ޝެރީން އަތްދިކޮއްލުމާއި އެކު ސަލޫމް ކަށިވާ އިނގިލީގަ އެ އަނގޮޓިއަޅުވާދިނެވެ. އޮފީސްތެރޭގަ ތިބި އެންމެން އެއްފަހަރާ އަތްޖަހާ ހެދިއެވެ. ” ސަލޫމް އަކީ ގަދަ މީހެއް؟” ނަބީހް ވައިއަޑުން ޒައިދުގެ ކަންފަތްދޮށުގަބުނެލިއެވެ. ” ޝެރީން ދެކެ އޭނަ ހާދަ ލޯތްބެއް ވެއޭ…..” ނަބީހްއަނެއްކާވެސް ބުނެލިއެވެ. ޒައިދު ޝެރީންގެ މޫނަށް ބަލާލިވަގުތު ފާހަގަވީޝެރީން ގަދަކަމުން ހިނިތުންވެފަ ހުންނަ ތަނެވެ. ކީއްވެބާއެވެ؟
މެންދުރުގެ ވަގުތެވެ. އަދުހަމް ކާން އިން އިރު ލީލާ އޭނަގެ ކުރިމަތީއިށީދެއިނެވެ. ލީލާ އަދުހަމް ކައިރީ ވާހަކަ ދައްކަން ބޭނުންވެއެވެ.އެކަމަކު އަދުހަމް ރުޅި އަތުވެދާނެތީ އަހަން ނުކެރިފަ އިނީއެވެ. ”އަދުހަމް އިއްޔެ ހޮސްޕިޓަލަށް ދިޔައިންތަ؟” ލީލާ ފުންނޭވާއެއްދޫކޮއްލަމުން އަހާލިއެވެ. ” ކިހިނެއްވީ؟ ” އަދުހަމް ލީލާއަށް ބަލާލީފާޑަކަށެވެ. ” ކަމެއް ނުވެ…އިއްޔެ ފެނުނުހެން ހީވާތީ….” އަދުހަމްކާން އިން ބަތްތަށި އަތުން ޖަހާ ދުރަށް ކޮއްޕާލިއެވެ. ” އަހަރެން އިއްޔެކިހިނެއް މާލޭގަ ހުންނާނީ…ރިސޯރޓްގަ ހުރެފަ މިއަދު ހެނދުނު އެއްނުމިއައީވެސް….” އަދުހަމް ވާހަކަ ދެއްކީ މަޑުމައިތިރިކޮންނެވެ. ލީލާ އިނީހައިރާންވެފައެވެ. އަދުހަމް އެހާ އޯގާތެރިކަމާއި އެކު ވާހަކަދައްކަފާނެކަމަކަށް ލީލާ ހިއެއް ނުކުރެއެވެ.
ޝާޒް ރޮއިގެން އަޑަށް ލީލާއަށްވުރެ ކުރިން އަދުހަމް ގޮސް ޝާޒް އުރާލިއެވެ. ” ސޮރީ….ދޫނީ..މިއަދު ނިދިއައސް ހުރިވަރުން ހަޅޭއްލަވައިގަނެވުނީ…..”ޝާޒް ނިއްކުރީގަ އަދުހަމް ބޮސްދިނެވެ. މުޅި ހަޔާތުގަވެސް އަދުހަމް ކަމެއްކޮއްފަ މަޢާފަށް އެދުނު ފުރަތަމަ ފަހަރު ކަމުގަ ވިއަސް ލީލާގެ ހިތްޝުކުރުން ފުރިގެން ދިޔައެވެ. އަދުހަމްއަށް ހެޔޮ ވިސްނުނީތީ ލީލާ ހުރީއުފަލުންނެވެ.
ފަޅުރަށުގެ ގޮނޑުދޮށަށްދޯނި ކައިރިވުމާއި އެކު އެންމެން ފައިބަންފެށިއެވެ. ކުއްޔަށް ހިފައިގެން އައި އެ ދޯނީގެ ފަޅުވެރިން ލައްވާ ދަތުރުގެސާމާނުތައް ބާލުއްވާ ގޮނޑުދޮށުގަ ބަހައްޓާލިއެވެ. ” މިއީ އާއްމުކޮންދަތުރު މީހުން އަންނަ ރަށެއް…މެދެއްހާ ހިސާބުގަ ހުންނާނެގެއެއްވެސް….ވަރަށް ހިތްފަސޭހަ ރަށެއް މިއީ…..” ޝާރިއު ކިޔައިދެމުންހިނގައިގަތީ ރަށުތެރެއަށެވެ. ދެން ތިބި މީހުން ސާމާނުތަކާއި އެކު ޝާރިއުގެފަހަތުން ހިނގަމުން ދިޔައެވެ.
ފެހިކުލައިގެ ގަސްތަކުގެ މެދުގަ ހެދިފައިވާ ހަނިމަގަކުން އެންމެން ކުރިއަށްދިޔައެވެ. ” ސަޅި…..މި ކަހަލަ ރަށެއްގަ އެންމެ ރެއެއް ނޫން މުޅިއުމުރުވެސް ހޭދަކޮއްލަންވީ…..’ ނޫރާ ގަސްތަކުގެ އަތްކާއްތާލަމުންބުނެލިއެވެ. ” އެންމެ ރެއަކަށް ނޫނޭ މިތަނަށް އައީކީ…..ހަފްތާއެއް ވަރުހޭދަކޮއްލަން…ނޫރާ ބުނެފިއްޔާ އުމުރުވެސް….” ޝާރިއު ނޫރާގެ އަތުގަހިފާ ކައިރިކޮއްލިއެވެ.
” ހަފްތާއަކަށްތަ؟” ހާޝިޔާ އެމީހުންގެ ވާހަކަތައް އަޑުއަހަން ހުރެއަހާލިއެވެ. ” އާން….ރަނގަޚު ދޯ…މަޖާކޮއްލާފަ ދާނި…މިކަހަލަފުރުސަތެއް އަބަދަކު ނުލިބޭނެ….” އަލްސަން ޖަވާބު ދިނެވެ. ” މަންމަކައިރީ އެންމެ ރެއަކަށޭ ބުނެފަ….” ހާޝިޔާއަށް ބުނެވުނީ އެވަރަށެވެ. ”އަޅާނުލާބަލަ….މަންމަ ނުޖައްސާނެ މައްސަލައެއް…” އަލްސަން ޙާޝިޔާހިތްހަމަ ޖައްސައިދިނުމުގެ ގޮތުން ބުނެލިއެވެ. ” މަންމަ މައްސަލަޖައްސާނެތީއެއް ނޫނޭ….އަހަރެން ބިރުގަންނަނީ ފަޅުރަށެއް ވީމަ….”ހާޝިޔާ ބުނެލި ރާގުން އެންމެންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ” އާންއެބުނާހެން ކަނޑު ފުރޭތަ އާއި އެކި ޒާތްޒާތުގެ ޖިންނިތައް އައިސްއަހަރެމެން އެންމެން ކައި ހުސްކުރާނެ….” ފަޒްލީން ހިނިއައސް ހުރެބުނެލިއެވެ.
އަރްޝީ ޒައިދުއަށް ގުޅަން ހިތަށް އަރަމުން ދިޔައެވެ. ރޭގަ ޒައިދު އެވަރަށްގުޅީމަވެސް އަރްޝީއަށް ފޯނު ނަގާނެ ހިތްވަރެއް ނުލިބުނެވެ. އަނެއްކޮޅުންމިހާރު ގުޅައިފިއްޔާ ޒައިދު އެކަމާ ގުޅޭގޮތުން ސުވާލުވެސް ކުރާނެއެވެ.އަރްޝީ ވިސްނާލުމަށްފަހު ޒައިދުގެ ނަންބަރަށް ޑައިލް ކޮއްލިއެވެ . އަރްޝީގެފޯނަކަށް އިންތިޒާރުކޮއްކޮށް ހުރި ޒައިދު އަވަސް އަވަހަށް ފޯނު ނަގާޝަކުވާ ކޮއްލިއެވެ. ” ރޭގަ ބޮލުގަ ރިއްސާވަރުން ނިދުނީ….” ޒައިދުއަށްދޮގެއް ހަދަން ޖެހުނީތީ އަރްޝީ ދެރަވިއެއް ކަމަކު މަޖުބޫރުވީމަ އެނޫންގޮތެއް ނެތީއެވެ. ހިތުގަ އުފެދުނު ރިހުން ކަރުނައިގެ ސިފައިގަ ލޮލުންފައިބަންފެށިއެވެ. ” ބޭސް ކައިފިންތަ؟ ” ޒައިދު އަށް އަރްޝީ ބަލިވެއުޅޭކަން އެނގުމުން އިތުރަށް ކަންބޮޑުވިއެވެ. ފުރާނައަށް ވުރެ ބޮޑަށް އޭނައަރްޝީ ދެކެ ލޯބިވެއެވެ އަރްޝީ އަނގަމަތީ އަތްއަޅައިގެން ހުރެ އެތެރެއަށްގިސްލުމުގެ އަޑު ހިންދާލިއެވެ.
” ޒައިދު….މަންމަ ގޮވާތީ އަހަރެން ބާއްވަނީ…..” އަރްޝީ ޒައިދުގެޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި ފޯނު ކަނޑާލިއެވެ. ޒައިދު ކައިރީބުނަން ބޭނުން ވަރަށް ބޮޑު ހަޤީޤަތެއް އެބަވެއެވެ. އެކަމަކު އެހާ ހިތްވަރުނުލިބޭތީ އަރްޝީ ފަސްޖެހެވެނީއެވެ. އެ ހަޤީޤަތް އެނގުމުން ޒައިދު ކަންތައްކުރާނީ ކޮންފަދައަކުން ބާއެވެ؟ އެ ހަޤީޤަތް މުޅި އުމުރަށް ފޮރުވާލެވޭނަމަކިތައްމެ ހާވެސް ރަނގަޅެވެ. ކަމެއް ސިއްރު ކޮއްގެން ހުރުމަކީވެސްކުޑަކަމެއް ނޫނެވެ. އެކަން ފޮރުވަން ހަދަން ޖެހޭ ކޮންމެ ދޮގެއްގެ ސަބަބުންއެކަމާ ދެރަވެ ހިތާމަ ކުރަން ޖެހެނީވެސް އަރްޝީ އަށެވެ.
ހަވީރުގެ ވަގުތެވެ. ހުޅުމާލެއަށް ދިއުމަށް ޒައިދު އާއި ޝެރީން ލޯންޗަށްއެރިއެވެ. އުޑުމަތި ސާފްކޮން އޮތްނަމަވެސް ކަނޑު ކޮންމެވެސް ވަރަކަށްގަދައެވެ. ލޯންޗު އޭގެ ދުވެލީގަ ކަނޑުގެ ލޮނުގަނޑު ކަފަމުން ގޮސް ހުޅުމާލެފަޅުތެރެއަށް ވަނެވެ. ޝެރީންމެންގެ އިންތިޒާރުގަ އަގީލް ބަނދަރުގަހުއްޓެވެ. ” އަގީލް އަހަރެމެން ކުއްޔަށް ނެގި ފިހާރަތައް ވަރަށްދުރުވާނެތަ؟” ޝެރީން ވަށައިގެންވާ މާހައުލަށް ބަލާލަމުން އަހާލިއެވެ. ”ތަންކޮޅެއް ދުރުވާނެ…..ޝެރީން ބޭނުމިއްޔާ ޓެކްސީއެއް ގެނުވާފާނަން…..”އަގީލް ޝެރީން ކައިރިން ޓެކްސީއެއް ގެނައުމަށް ހުއްދައަށް އެދުނެވެ.އެކަމަކު ޝެރީން އެކަމާ ދެކޮޅު ހަދަމުން ހިނގާފަ ހިނގައިދާނެކަމަށްބުނެލިއެވެ.
ފިހާރަތެރެ ބަލަމުން އެއްޗެހި ގެނެސް އަތުރާނެ ގޮތަކާއި މެދު އަގީލް އާއިޝެރީން މަޝްވަރާ ކުރަމުން ދިޔައެވެ. ޒައިދު ތަންކޮޅެއް ދުރުގަމަޑުކޮއްލައިގެން ހުރީ ޝެރީން އެ މަޝްވަރާ ނިމޭނެ އިރެއްގެއިންތިޒާރުގައެވެ. އިރުއޮއްސުމުގެ ކުލަވަރު ދައްކަމުން ދިޔަ އެކި ކުލައިގެވިލާތައް އަޅިކުލައިގެ ފުސްވިލާތަކުން ބައްދާލައިފިއެވެ. މަޑުމަޑުންޖެހެމުން އައި ވައިރޯޅިތައް ގަދަވަމުން ދިޔައެވެ.
ކުނަލެއްމަތީ އޮށޯވެލައިގެން އޮތް ހާޝިޔާގެ ނަޒަރު ހުއްޓިފައިވަނީ ހާމަކޮންފެންނަ އޮތް އުޑަށެވެ. މެދު އުޑުން ތަރިއެއްހާ ހިސާބުވެސް ފެންނަން ނެތްއެ އުޑުމަތީގަ އެއްވެސް ހާއްސަކަމެއް ފެންނާކަށް ނެތެވެ. އަލްސަން ހާޝިޔާގެކައިރީ އިށީންނަމުން އަތުގަ އޮތް އައިސްފެން ފުޅި ހާޝިޔާގެ ގަޔަށްއަޅާލިއެވެ. ” ދެން ހާދަ ގޯހޭ….މިއޮއް ފިނިއިރު …” ހާޝިޔާގެ އަޑުތުރުތުރު އަޅަމުން ދިޔައެވެ. ހުރަހެއްނެތި ބީހެމުން ދިޔަ ރޯޅިތަކުގެސަބަބުން މުޅި މީހާ ވަނީ ހީކަރުވައިގެންފައެވެ. އަލްސަން ހާޝިޔާ އާއިކައިރިވެލިއެވެ. ” މިހާރު ނުވާނެ ފިންޏެއް…” އަލްސަން ހާޝިޔާ ގެނެސްގާތްކޮއްލަމުން ބުނެލިއެވެ.
ހާޝިޔާގެ ކޯތާފަތްމައްޗަށް ޖެހުނު ވާރޭ ތިއްކާއި އެކު ހާޝިޔާ ތެޅިގަނެފައިދުރަށް ޖެހެވުނެވެ. އަލްސަން އަތުގެ ތެރެއިން ސަލާމަތް ވެގެން ގޮސް ހާޝިޔާހުއްޓުނީ ދުރުގަ ހުރި ކަށިކެޔޮ ފީންޏެއްގެ ތެރޭގައެވެ. ބޯކޮން ހެދިފައިވާއެ ފީނީގެ ތެރެއަށް ވާރޭއެއް ނުވެހެއެވެ. އަލްސަން ކުނާ މަތީއޮށޯވެލައިގެން އިރުކޮޅަކު އޮތެވެ. މަޑު މިއުޒިކެއް ފަދައިން ކުނަލަށްވެހެމުން ދިޔަ ވާރޭގެ ފެންތިކިތަކުގެ އަޑު އިވެމުން ދިޔައެވެ.
” އަލްސަން ނުތެމި އާދޭ މިކޮޅަށް….” ހާޝިޔާ އަލްސަންއަށް ގޮވާލިއެވެ.އަލްސަން ހިނިތުންވަމުން ތެދުވެ ހާޝިޔާ އާއި ދިމާލަށް ހިނގައިގަތެވެ.ނިތްކުރިމައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅު އަތުންއެއްފަރާތްކޮއްލަމުން އަލްސަން ހިނގާފައި ގޮސް ހާޝިޔާ އާއި ދާދި ކައިރީހުއްޓުނެވެ.
” ފެން ދަތުރަކަށްނު މިވީ…މަޖަލެއްވެސް ނުކުރެވޭނެ….” ހާޝިޔާ ބަލާލީމޫދު ލޮނުގަނޑަށެވެ. ވެހެމުންދިޔަ ވާރޭގެ ސަބަބުން ލޮނުގަނޑުގަ ރީތިރިހިކުލައެއް އެޅިފައިވެއެވެ. ” މަޖާވާނެ މަޖާކުރީމަ…” އަލްސަން ސީދާހާޝިޔާގެ ލޮލަށް ބަލާލަމުން ހާޝިޔާގެ އުނަގަނޑުގަ އަތްއަޅުވާލަމުންކައިރިއަށް ގެނައެވެ. އަލްސަންގެ އަތްވަނީ ފިނިވެފައެވެ. ގަނޑުފެންކޮޅެއްހުރަހެއްނެތި ހަށިގަނޑުގަ ބީހިލުމުން އެވާ ފަދަ ފިނިކަމެއް އަލްސަންގެއެންމެ ބީހިލުމަކުންވެސް އިހްސާސް ވެގެން ދިޔައެވެ. އަލްސަންގެ ތޫނުބެލުމުގެ ސަބަބުން ހާޝިޔާ ލަދުން އިސްއޮބާލިއެވެ. ޙާޝިޔާ ނުވިސްނާ ހުއްޓައަލްސަން ކުއްލިއަކަށް ދުއްވައިގަތީ ބޭރަށެވެ، ވާރޭގެ ތެރޭގަ ތެމެމުންލޯބީގެ އެކި ހަދިޔާ ބަދަލު ކުރަމުން ދިޔައެވެ.
ވާރޭ ވެހެން ފެށުމާއި އެކު ޒައިދު އެތެރެއަށްވަދެ އެކަން ޝެރީންގެސަމާލުކަމަށް ގެނައެވެ. އެ ފިހާރަ އެތެރެ ބޮޑުކަމުންނާއި ހަދާފަ އިންނަގޮތުން ބޭރުން އެއްވެސް އަޑެއް އެތެރެއަކަށް ނީވޭނެއެވެ. ” ވަރަށްބޯކޮންތަ ވިއްސާރަވެހެނީ…އަޅެ ދެން ކިހިނެއް ދާނި….ކަނޑު ގަދަވިއްޔާނުކެރޭނެ ދަތުރުކުރާކަށް….” ޝެރީން ކަންބޮޑުވިއެވެ. ޝެރީންގެ ފޯނުރިންގުވީ އެވަގުތުއެވެ. ” ވަރަށް ވިއްސާރަ….ކަނޑުވެސް ވަރަށްގަދަ…ބައްޕަ ހިތްހަމައެއް ނުޖެހޭ މިހާ ގަދައިރު ދަތުރުކުރާކަށް…އަގީލްކައިރީ ބުނެގެން ތކޮޅުގަ މަޑުކުރާނެ ގޮތެއް ހަމަޖައްސާ…..މާދަމާ މޫސުމްރަނގަޅުވީމަ އަންނާނި…..” ފާއިޤް ބުނުމުން ޝެރީންވެސް ނިންމީ އެކޮޅުގަމަޑުކުރާ ގޮތަށެވެ. އަގީލް ކޮޓަރިއެއް ހަމަޖެއްސެންދެން ޝެރީން އޭނަގެގެއަށް ގެންދިޔައެވެ. ރޭގަނޑުގެ ކެއުން ހަމަޖެއްސީވެސް އަގީލްގެގެއިންނެވެ.
” ކޮޓަރިއެއް ވަރަށް ކައިރިން ލިބިއްޖެ……ވަރަށް މަސައްކަތް ކޮއްފިންއެއްތަނަކުން ދެކޮޓަރި ހަމަޖައްސަން އެކަމަކު އެންމެ ކޮޓަރިއެއްލިބުނީ…..” އަގީލްގެ އަޑުގަ ވަނީ ވަރުބަލިކަމެވެ. ” ދެން އޮތްގޮތެއްރަނގަޅުވާނެ……އެންމެ ރެއެއް….” ޝެރީން އެކަމާ ކަންބޮޑެއް ނުވެއެވެ.ޒައިދުގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފާޅުވިއެވެ. އެއް ކޮޓަރީގަކައިވެނި ނުކޮށް ތިބި ދެމީހުންނަށް ހޭދަކުރަން ޖެހުމުން މީހުން ކިޔާނެއެއްޗިއްސާއި މެދު ވިސްނާލެވުނެވެ.
ޓެކްސީއެއްގަ ގެސްޓް ހައުސްއަށް ޝެރީން އާއި ޒައިދު ދިޔައެވެ. ކޮޓަރީގެދޮރު ހުޅުވާލުމަށްފަހު ޝެރީން ކޮޓަރި ތެރެއަށް ބަލާލިއެވެ. ކޮޓަރީގެއެއްބިތުގަ އަލަމާރިއެއް ހުއްޓެވެ. އެނދާ ދިމާލުގަ ހުރި މޭޒުކައިރީގޮނޑިއެއް ހުއްޓެވެ. ހުޅުވިފައިވާ ކުޑަދޮރުން ވިއްސަމުން ދިޔަ ވާރޭގެފެންތިކިތަކުން ކޮޓަރީގެ ވަކި ހިސާބެއް އޮތީ ތެމިފައެވެ. ޝެރީން އަތްދަބަސްބަހައްޓާލުމަށްފަހު ކުޑަދޮރާއި ދިމާލަށް ހިނގައިގަތެވެ. ޖެހެމުން ދިޔަވައިރޯޅިއަށް ކާރޓެއިން ފޮތިގަނޑު ނަށަ ނަށާ ހުއްޓެވެ. ޝެރީންގެ ފަހަތުންޒައިދުވެސް ގޮސް އެތަނުގަ ހުއްޓުނެވެ.
ރޭގަނޑުގެ އަލިކަން ދުވާލުގެ އަލިކަމަށް ބަދަލުކޮއްލާފަދަ ވިދުވަރަކަށްފަހުޖެހި ބާރުގަދަ ގުގުރީގެ ސަބަބުން ޝެރީންއަށް ބިރުންހަޅޭއްލަވައިގަނެވުނެވެ. ޒައިދުގެ މެދުހަށީގަ ބައްދާލަމުން ޒައިދުގެ މޭމަތީޝެރީންގެ މޫނު ފޮރުވާލިއެވެ. ޒައިދުގެ ހިތްތެޅޭ އަޑު ޝެރީންއަށް ވަރަށްސާފުކޮން އިވެއެވެ. ޝެރީންގެ މި ޙަރަކާތުން ޒައިދުއަށް ހުރެވުނީ ހަރަކާތެއްގެންނަންވެސް ހަނދާންނެތިފައެވެ. ޝެރީން އޭނަގެ ހަށިގަނޑުންދުރުކޮއްލަންވެސް ހަނދާންނެތިފައެވެ. ދެވަނަ ފަހަރަށް ޖެހި ގުގުރި އާއިއެކު ޝެރީން ކުރިއަށްވުރެ ބާރަށް ޒައިދުގެ ހަށިގަނޑުގަ ހިފަހައްޓާލިއެވެ.
” ޝެރީން….” ޒައިދު ޝެރީން ކޮނޑުގަ ހިފާލަމުން ދުރަށް ޖައްސާލިއެވެ.ކަޅުކުލައިގެ އުއިފަށެއް ކަހަލަ އިސްތަށިގަނޑުގެ ބޮޑުބައެއް ވަނީ ޝެރީންގެމޫނު ފޮރުވާލާފައެވެ. ޝެރީންއަށް ވިސްނާލެވުނީ ކިރިޔާއެވެ. ކުރެވުނުކަންތައްތަކާއި މެދު ދެރަވެ ލަދުވެސް ގަތެވެ. ޝެރީންގެ މޫނު ރަތްވެގެންދިޔައެވެ. ތުންފަތުގަ ދަތްއަޅާލާ ބާރުކޮއްލެވުނެވެ. ޒައިދު ކުޑަދޮރުލައްޕާލުމަށްފަހު ގޮނޑި އާއި ދިމާލަށް ހިނގައިގަތެވެ.
” ޝެރީން އަރާމުކޮއްލާ….އަހަރެން އިންނާނަން މިތާ…” ޒައިދު ގޮނޑީގައިށީނެވެ. ޝެރީން ވަކި އެއްޗެއް ނުބުނެ ގޮސް އެނދުގަ އޮށޯވެލިއެވެ.ދަތުރުވަރުބަލި ވެފަ ހުރުމާއި އެކު ޝެރީންއަށް ނިދެން މާގިނައިރުތަކެއްނުނެގިއެވެ. ޒައިދު ފޫހިވެގެން އާފުރެން ފެށިއެވެ.ހަމަހިމޭންކަމެއްއެކުލެވިގެންވާ އެކޮޓަރީގަ ދިރޭ މަޚްލޫޤެއް ވާކަން ނުވެސް އެނގެއެވެ.ޒައިދު ނިންމީ އަރްޝީއަށް ގުޅައިގެން ވާހަކަ ދައްކާލުމަށެވެ. އަރްޝީ އާއިވާހަކަ ދައްކާލާ ހިތުން އަރްޝީގެ ފޯނަށް ގުޅި ނަމަވެސް އަރްޝީ ފޯނެއްނުނަގައެވެ. އަރްޝީއަށް މިހާރަކަށް އައިސް އަންނަމުން ދިޔަ ބަދަލާއި މެދުޒައިދުގެ ހިތުގަ ސުވާލު އުފެދުނެވެ. ބަލިވެ އުޅުނަސް ނިދަން ބޭނުންވިއަސްއަރްޝީ ޒައިދު ކައިރީ މީގެ ކުރިން ބުނެއެވެ. ވާނުވާ ނާންގާ މިހާރު އަރްޝީކަންތައް ކުރާގޮތުން ޒައިދު ހާސްކުރުވައިފިއެވެ.
އާދުވެހެކެވެ. އަރައިގެން އައި އިރުގެ ރަންދޯދިތައް ކުޑަދޮރުން ކޮޓަރިތެރެއަށް އެޅިފައިވެއެވެ. ފަންކާގެ ވަޔަށް ވިހުރެމުންދިޔަ ތުނި ލޭސްފޮތީގެފަރުދާގެ ސަބަބުން ކުޑަދޮރުން ފޭދިގެން އައިއިރުގެ އަލިކަން ޝެރީންގެމޫނަށް އެޅިފައިވެއެވެ. އެ އަލިކަމުގެ ސަބަބުން އަރާމް ނިދިން ޝެރީންހޭލައްވާލިއެވެ. ލޯ ހުޅުވާލުމާއި އެކު ޝެރީން ބަލާލީ ޒައިދު ކޮބައިތޯއެވެ.މޭޒުމަތީ ބޯ އަޅާލައިގެން ޒައިދުއަށްވެސްއޮތީ ނިދިފައެވެ. ޝެރީން އެނދުގައިށިންނަމުން މޯޅިއަކަށް ދެމިލިއެވެ.ޝެރީން ފާއިޤްއަށް ގުޅާ ލޯންޗުހަމަޖައްސައިދިނުމަށް ބުނުމަށްފަހު ޝެރީން ގޮސް ފާހާނާއަށް ވަނެވެ.ފާހާނާގެ ދޮރުލެއްޕުނު އަޑަށް ޒައިދު އަށް ހޭލެވުނެވެ.
މާލެއަށް ދެވުނުއިރު ފާއިޤް ކާރުގަ އައިސް ބަނދަރުގަ އޮތެވެ. ކާރުގައެމީހުން ސީދާ ދިޔައީ މިޑިލް ލައިޓްއަށެވެ. ހެނދުނުގެ ހިތްފަސޭހަވަގުތެކެވެ. މާލޭގެ މަގުތަކުގަ މީހުން މަދުވެފައި ދުއްވާ އެއްޗެހިވެސް މަދުވަގުތެކެވެ. ކާރު އާދައިގެ ދުވެލީގަ ގޮސް މިޑިލް ލައިޓްގެ ގޯތި ތެރޭގަމަޑުކޮއްލިއެވެ.
ގޭތެރެއަށް ވަތްއިރު އެމީހުންގެ އިސްތިގުބާލުގަ އެގޭ ނޯކަރު އަންހެން މީހާމަލީހާ ހުއްޓެވެ. ޝެރީން މަޑުވެސް ނުކޮށް ދިޔައީ އޭނަގެކޮޓަރިއަށެވެ.ސަލޫމް ހިނގައިގަތީ ޝެރީންގެ ފަހަތުންނެވެ. ފާއިޤް އޮފީހަށްގެންގޮސްދިނުމަށް ޒައިދު ކާރަށް އެރިއެވެ. ކާރުގެ ދެވަނަ ސީޓްގަ ޝެރީންގެއަތްދަބަސް ބޭއްވިފަ އޮތް ތަން ފެނުނީ ފާއިޤް އަރާ ހަމަޖެހިލި ފަހުންނެވެ.
” ޝެރީންއަށް މި ގެންގޮސްދީބަލަ.” ޒައިދު ކާރު ދުއްވާލުމުގެ ކުރިންފާއިޤް އެދުނެވެ. ޒައިދު ފާއިޤްގެ އަމުރަށް ބޯލެބުމުގެ ގޮތުން ދަބަސްހިފައިގެން ގޭތެރެއަށް ވަނެވެ. ސިޑީގެ ހަރުފަތްތައް ހުރަސްކުރަމުންއެހިސާބަށް ދެވުނު އިރު މަޑު ގިސްލުމުގެ އަޑެއް އެތަނުން އަޑުއިވެމުންދިޔައެވެ. ހިސާބަކަށް ހުޅުވިފައިވާ ދޮރުން ޝެރީންގެ އިސްތަށިގަނޑުގަހިފަހައްޓައިގެން ހުރި ސަލޫމް ފެނި ޒައިދު ހައިރާންވިއެވެ. ރަހުމްކުޑަގޮތަކަށް ސަލޫމްގެ އަތަށް އޮޅާލެވިފައިވާ އިސްތަށިގަނޑު ނައްޓާލެވޭތޯޝެރީން މަސައްކަތް ކުރަމުން ގެންދިޔައެވެ.
” ތަދުވޭ..ސަލޫމް ދޫކޮއްބަލަ…” ޝެރީން އާދޭސް ކުރިއެވެ. ” އުޅެވޭގޮތެއް ނޭނގޭދޯ…….ހިލޭ ފިރިހެނަކާއި އެކު އެންމެ ރެއަކު އެކަހެރިވެލަންލިބުނީތީވެސް އެކަމުގެ ފައިދާ ނެގި ވަރު..ހާދަ ގޮތެއް ފޮތެއް ނެތްއަންހެނެކޭ ތިއީ.” ސަލޫމް ޝެރީންގެ ބޮލުގަ ދޮގު އިލްޒާމެއް އެޅުވިއެވެ.ޒައިދު އެހުރިހާ މަންޒަރަކާއި އަޑުތަކެއް އަހަން ހުރީ ހައިރާންވެއަންތަރީސްވެފައެވ. ” އަހަރެން ގޮތަކަށް ނޫޅެން..” ޝެރީން ސަލޫމްގެއަތުން ވީއްލުމަށްފަހު ދުރަށް ޖެހިލިއެވެ. ކޯތާފަތްމަތިން ދަތުރުކުރަމުންދިޔަ ކަރުނަ ތިކިތަކުގެ ސަބަބުން އެމޫނު ވަނީ ރަތްވެފައެވެ. ”އާން…އެހެންވެ އެއްނު ޒައިދުގެ ގަމީހުގައި ތުންފަތުގެ ނިޝާނެއްއެހުރީ….” ސަލޫމް ބުނި ޖުމްލަ އާއި އެކު ޒައިދުއަށް ބޭއިޚްތިޔާރުގައަމިއްލައަށް ލައިގެން ހުރި ގަމީހަށް ބަލާލެވުނެވެ.
ރޭގަ ގުގުރި ޖެހި ވަގުތު ޝެރީން އޭނަގެ މޭގަ ބޯއަޅާލި ހިސާބުގަ ޝެރީންތުންފަތުގަ ޖައްސާފައިވާ ކުލައިގެ ނިޝާނެއް އެބަހުއްޓެވެ. އެވަރުކުޑަކަމެއް ޒައިދުއަށް ފާހަގަ ނުވިއަސް ސަލޫމްއަށް ފާހަގަ ކުރެވުނީތާއެވެ. ” ޒައިދު ގަމީހުގަ ލިޕްސްޓިކު ހުރީމަ އެ ވޭތަ އަހަރެންގެ ކަމަކަށް….”ޝެރީން އެކަމާ އެއްބަހެއް ނުވިއެވެ. އެއްބަސް ވެއްޖެއްޔާވެސް ލިބޭނެ ސަޒާޝެރީންއަށް އެނގެއެވެ. ބަދިގެ ތެރެއިން މަލީހާ ނިކުމެ އެދިމާލަށް އަންނަންފެށުމުން ޒައިދު އަތުގަ އޮތް ޝެރީންގެ ދަބަސް މަލީހާއާއިހަވާލުކޮއްލުމަށްފަހު އެނބުރި ކާރަށް އެރީއެވެ.
(ނުނިމޭ)
6 Comments!
Comments are closed.
swry everyyone for late update 🙁
hope u will like this part too
🙂
v v nice
v v v v salhi,,, avahah up konladeythi
yeah nice arshy ah kihinehtha vegen e ulheny
Yageen dhon bappa gotheh hedhy. . :-s BTW v.nice mi part. . ehera saloom eh dhw. . foohi meehaa gandeh. .
v salhi. dhn oh bayah inthizaaru kuran.