Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އޯގާވީ ހިތަކުން…19

މުތާ/ ސ.ހިތަދޫ Level 210 Stories
April 24, 2014 6 Mins Read
14 Comments

ފަތިސްވާން ކައިރިވިއިރު ވެހެމުންދިޔަ ވާރެއަށް ބަދަލުތަކެއް އައިސް ވިއްސާރައިގެ ހުރިހާ ނިޝާންތަކެއް ފޮހެވިގެން ދިޔަ ފަދައެވެ. ނުކިޔަމަންތެރި ރޯޅިތައް ހަމައަކަށް އެޅި ކަނޑުމަތީގައި އޮމާން ސައިލެއް ފަތުރާލެވުނެވެ. ވަގުތުތައް ފާއިތުވަމުން ދިޔަވަރަށް އައު ދުވަހަކަށް ސަނާކިޔަމުން ލޮނުގަނޑުމަތިން ހިއްލާލި އިރުގެ ލޭކުލަތަކުން އުޑުމަތިން ސިފަވެގެން ދިޔައީ އާޝޯހުކުރުވަނިވި މަންޒަރުތަކެވެ. ގުދުރަތުގެ ފުރިހަމަ ކުރެހުންތަކަށް ލޯތަށް ދަމައިގަންނާނެ އެވެ. ވިއްސާރައިގެ ކަޅު ވިލާތައް ފޫއަޅުވާލައި އިރު އޭގެ ވާޖިބާއިގެން ކުރިއަށް ދިޔައެވެ.

ޓެސްޓްތައް ހެއްދުމަށްފަހު މައިމޫނާ ގެއަށް ދޫކޮށްލެވުނީ ހެނދުނު އަށެއްޖަހަން ކައިރިވެފައި ވަނިކޮށެވެ. ކާންޖެހޭ ބޭސްތަކުގެ އިތުރުން ކޮންމެ ދުވަހަކު ސައިކޯތެރެޕީއަށް ކްލިނިކަށް ދާންޖެހެ އެވެ. ފުރަތަމަ ކޮޅު މައިމޫނާ ބިރުގަތް ކަމުގައި ވިޔަސް އޭނަވެސް ބޭނުންވަނީ ވީހާވެސް އަވަހަކަށް އެބަލިން ސަލާމަތްވާށެވެ. ހިތުގައި އުފެދިފައިވާ ވަހުމުތަކާއި ”ނުފެންނަ މީހުން” ތަކުން ސަލާމަތްވާން އޭނަ ބޭނުމެވެ. ރޭގެ ހާދިސާއާއި ވިދިގެން ކުރިން ދިމާވެފައިވާ ހާދިސާތަކުން އޭނަ ހުންނަނީ ބިރުންގޮސް ހަލާކުވާވަރުވެފައެވެ. ލޯމަރާލިއަސް ސިފަވެގެންދަނީ އޭނަ މޮޔައިންގެ ޖަލަށް ފޮނުވާލާތަނެވެ. މީހަކު ވަޅިއެއް ހިފައިގެން އޭނަ މަރަން އަންނަ ތަނެވެ. މިކަންތައް ދިމާވާންފެށީ ގްރޫޕް މީހުން އޭނައާ ދިމާކުރި ފަހުންނެވެ. މޮޔައިންގެ ޖަލަށް ދާން މައިމޫނާ ބޭނުމެއް ނޫނެވެ. އެފަދަ ތަނެއްގައި މީހަކު އޭނަ މަރާލިޔަސް ދިފާއުކޮށްދޭން އަންނާނީ ފަހެ ކާކު ހެއްޔެވެ؟ އޭރުން އޭނަ ދެކެމުން އަންނަ ފޮނި ހުވަފެންތައް ބިލާހަކަށް ވެގެން ހިނގައިދާނެ އެވެ.

މައިމޫނާ ކޮޓަރިއަށް ވަންގޮތަށް ގޮސް ކުޑަދޮރުތައް ހުޅުވާލާފައި ބޭރަށް އަވަސް ނަޒަރެއް ދިނެވެ. ސިކުނޑިވަނީ ހައިޖާނުގަނޑެއްގެ ތެރެއަށް ގެނބިފައެވެ. އޭނައަށް ދިމާވެފައިވާ ކަންތަކުގެ ޒިންމާ ނަގަން ޖެހޭނީ އީނާ އެވެ. މިހުރިހާ ކަމެއް ދިމާވަނީ އެސުންޕާ ގަނޑުގެ ސަބަބުންނެވެ. މައިމޫނާ ފޯނު ނަގަމުން އުމެއިރާއަށް ގުޅާލިއެވެ. ދެން އެންމެ ދުވަހަކަށްވެސް މަޑެއް ނުކުރެވޭނެއެވެ. އޭނަ ކުރިމަތިލާން ޖެހިފައިވާ ބިރުވެރިކަމަށްވުރެ ހިތާމަވެރި އަދި ބޮޑު އަނދިރިގަނޑެއްގެ ތެރެއަށް އޭނަ އީނާ ގަންބަވާލާނެއެވެ.

”ހެލޯ….” ހެނދުނުގެ ސައި ތައްޔާރުކުރަން އުޅުނު އުމެއިރާ ފޯނު ނަގަމުން ބުނެލިއެވެ. ”އުމޭ، އަހަރެން ބޭނުން ދެހަފްތާ ތެރޭގަ ޕްލޭނާ އެއްގޮތަށް ކަންތައް ގެންދަން…. ދެން ކެތެއް ނުވާނެ، އުމޭއަކަށް އިހުސާސް ނުކުރެވޭނެ ސުންޕާގަނޑާހެދި އަހަންނަށް ކުރިމަތިވެފައިވާ ބިރުވެރި ކަންތައް، އަހަރެން އީނާ މަރާލާނަން، އޭނަގެ މޫނަށް އެސިޑް އަޅާ އެރީތި މޫނު އެއްކޮށް ހަރާބުކޮށްލާނަން….” މައިމޫނާގެ އަޑުގައިވަނީ ސާފު ނަފްރަތެވެ. އެއްނޭވާއިން ޖުމްލަ ބުނެލިއިރު ރުޅިއައިސް ދަތްޕިލައަށް ބާރުކޮށްލެވުނެވެ.

”ދެހަފްތާއޭ؟، މޫނީއަށް ކިހިނެއްވީތަ؟… ދެހަފްތާ ތެރޭގަ ކިހިނެއް ޕްލޭން ކާމިޔާބު ކުރާނީ، އަހަރެން ބުނީމެއްނު ވަގުތާ ހާލަތަށް ބަލާފައޭ ހަމަލާދޭނީ، އަނެއްކޮޅުން ރޫޔާގެ އެހީ މިކަމަށް ބޭނުންވާނެ، ފުރަތަމަކަންވެސް ކޮށްނުލެވިގެން މިއުޅެނީ….” މައިމޫނާގެ އަޑުން ކަމެއް ގޯސްވެއްޖެކަން އުމެއިރާއަށް ނަގައިގަނެވިއްޖެ އެވެ. މައިމޫނާ ކަތިފިޔަވަޅެއް އަޅާފާނެތީ އޭނަ ބިރުގަތެވެ.

”އާނ ދެހަފްތާ…. ދެން އިތުރަށް މަޑެއް ނުކުރެވޭނެ، އީނާގެ ކައިވެނިވެސް އަވަސްވެއްޖެ، އަހަރެން ބޭނުމެއްނޫން ރޫޔާ މިކަމުގެ ތެރެއަށް ވައްދާކަށް……” މައިމޫނާ ހުރީ ކަމަކަށް ފައިވިއްދާލާފައެވެ. އޭނައަށް ހަމަޖެހުމުގެ ނޭވާއެއް ލެވޭނީ އެކަންތައްވެ ނިމުނީމައެވެ. ރޫޔާއާއި އީނާގެ ގުޅުން ކަނޑުވާލުން މިހާރު މުހިންމު ކަމަށް ނުވެއެވެ. ބެނުންވަނީ އީނާއަށް ރަގަޅު ފިލާވަޅެއް ދޭށެވެ. ޔަޤީނުންވެސް އެފިލާވަޅުން އިނާގެ ހަޔާތަށް ބޮޑު ޒަލްޒަލާއެއް އަންނާނެއެވެ. އީނާއާއި ރޫޔާގެ ގުޅުންވެސް ހީނަރުވާނެ އެވެ.

”މޫނީ ހަމަޖެހިލައިގެން ތިބެ ވާހަކަ ދައްކާލާފަ ނިންމާލާނީ، ހަވީރު ތިގެއަށް އަންނާން. ޕްލީޒް ޑޯންޓް ޑޫ އެ ފޫލިޝް ތިންގް….” އުމެއިރާ ބުންޏެވެ. އާނއެކޭ ބުނެލާފައި މައިމޫނާ އެނދުމައްޗަށް ފޯނު އެއްލާލިއެވެ.

ހެނދުނުގެ ނާޝްތާ ކުރަމުން ދިޔަ ވަގުތެވެ. ކާކޮޓަރިއަށް ވެރިވެފައިވަނީ ހިމޭންކަމެވެ. ދޭތެރެއަކުން އުލާއި ސަމުސާތަކުން ތަށިތަކުގައި ކޫރުން އަޅުވާލާ ތޫލިއަޑު ބާރު ހަޅޭކެއްގެ ސިފައިގައި ފެތުރިލައެވެ. ރޫޔާ ބަހެއް ނުބުނެ އިނދެ ޕާންފޮއްޗެއްގައި ޖޭމުކޮޅެއް ހާކާލަމުން ތުންފަތުގައި ދަތް އަޅާލިއެވެ. މަންމަ ކްލިނިކުން ދޫކޮށްލިފަހުން މަންމަގެ ބަލިހާލަތާ ބެހޭގޮތުން އެކަކުވެސް މައުލޫމާތު ސާފުކޮށެއް ނުދެއެވެ. އެހާބޮޑަށް މަންމަ ބަލީ ހެއްޔެވެ؟

”ބޭބޭ، މަންމަ ރަގަޅުވާނެތަ؟….” ރޫޔާއަށް ނުހުރެވިގެން އަހާލެވުނެވެ. ޝިޔާޢު ހިނިތުންވެލަމުން ބޯޖަހާލިއެވެ. ރޫޔާގެ ސުވާލަށް ޖަވާބު ދިނީ ފަޒްލާ އެވެ.

”ބަލީގެ ފުރަތަމަކޮޅު ވީމަ ރަގަޅުވުމުގެ ފުރުސަތު ބޮޑުކަމަށް ޔަދާން ބުނީ…”

މިލައިގެން ގޮސްފައިވާ ރޫޔާގެ މޫނު އުޖާލާވެގެން ދިޔައެވެ. އެޖުމްލައިން ކުޑަނަމަވެސް ހިތްވަރެއް އޭނައަށް ލިބިއްޖެއެވެ. ޒަލަފް ހެނދުނުހެނދުނާ ގުޅާފައި ދެއްކި ވާހަކަތަކުން އޭނަގެ އުއްމީދު އާލާވެގެން ދިޔައެވެ. މިވަގުތު މަންމައަށް ބޮޑަށް ބޭނުންވަނީ ލޯތްބާއި އަޅާލުމެވެ.

ފަހަރަކު މީހަކު ކާމޭޒު ދޫކޮށް ދިޔައިރު ރޫޔާއާއި އީނާ ތިބީ ވާހަކައެއްގެ ތެރެއަށް ގެއްލިފައެވެ. ރޫޔާއަށް އައިސްފައިވާ ބަދަލުފެނި އީނާއަށް އުފާވެރިކަން އިހުސާސް ކުރެވުނެވެ. ބޮޑުދައިތަ މުޅިން ރަގަޅުވުމަށް އެދި އީނާ ދުޢާ ކުރިއެވެ. އެވެސް ރޫޔާގެ އުފަލަށްޓަކައެވެ. ރޫޔާގެ ހިނިތުންވުން އެފުރިހަމަ މޫނުމަތިން ދެކެން ބެނުންވާލެއް ބޮޑުކަމުންނެވެ.

”އޯލްމޯސްޓް ފޮގޮޓް، ރޭގަ ރާހިލްއާ ދިމާވި…” ކުއްލިޔަކަށް ކަމެއްމަތިން ހަނދާންވާފަދަ ގޮތަކަށް އީނާ ބުނެލިއެވެ. ރޭގެ ބޮޑު ”ޕިކްޗާރ”އަށް ފަހު ރާހިލްގެ ވާހަކަ ބުނަން ހަނދާންނެތުނީ އެވެ.

”ރިއަލީ؟، އަންގާވެސް ނުލާ އެއައީ…” ރޫޔާ ބުންޏެވެ. ”ބުނި ރޫ ގޮވައިގެން މިއަދު އެގެއަށް އަންނައްޗޯ، އެކަމަކު ގުޅާލާނެ ނަންބަރެއްވެސް ނުދޭ….” އީނާ ބުނެލިއެވެ.

”ހާދަ ހެއްވާ މީހެކޭ، އެގެއަށް އަންނާށޭ ބުނެފަ ކޮންޓެކްޓްކުރާނެ ނަމްބަރެއްވެސް ނުދޭ….” ރޫޔާ ފެންތަށި ތުނބުގައި ޖައްސާލަމުން ފެންފޮދެއް ބޯލިއެވެ.

”ސޭމް ހުރީމަ ނުކެރުނީކަމަށް ވާނީ، ރޭ ސޭމްއާ ދެމީހުން ކުޑަ ފައިޓަކަށް ދިޔަ، ފުރަތަމަ ރާހިލްއާ ބައްދަލުވީމަ ނޭގޭ ބިރެއް ހިތުގައި އުފެދުނު، ދަ ވޭއި ހީ ލުކްޑް އެޓް މީ، ވަރަށް އަންކޮންފޮޓަބްލް ވި…. ފަހުން ރާހިލްގެ ބައިވެރިއަކު ހުންނަކަން އެނގުނީމަ ހިތަށް ފިނިކަމެއް ލިބުނީވެސް….” އީނާގެ ކިޔައިދިނެވެ. ރޫޔާ ހީލަމުން ހާދަ ޑްރެމެޓިކް އެކްސިޑެންޓެކޭ ބުނެލިއެވެ.

”އަހަރެންވެސް ބޭނުން ކުރީގެ ކްރަޝްއަކާ ތިހެން ބައްދަލުވާން….” ރޫޔާ ދިމާކުރާ ރާގަކަށް ބުނެލުމާއެކު އީނާ މޫނު ބަނަކޮށްލިއެވެ. އޭނަ ރޫޔާގެ ސަމާސާއާ ގަޔާނުވިއެވެ. އޭނަގެ ލޯތްބަކީ ހަމަ އެކަނި އަލްޔަސް އެވެ. ރާހިލްއަކީ މާކުރީގެ ހަނދާނަކޭ ބުނެ އީނާ ގޮނޑިން ތެދުވެލިއެވެ. އަދި އޭނަގެ ހިތުގައި ދުވަހަކު ރާހިލްއަށް ހާއްސަކަމެއް ދެވިފައި ނުވާކަމަށް ބުނެލީ ނުރުހުމުގެ ރާގަކަށެވެ.

”ސޮރީ އީނޫ، މަޖަލަށް ބުނި އެއްޗެކޭ، އައި ނޯ އީނޫ ލޯބިވަނީ ހަމައެކަނި އަލްޔަސްދެކެ ކަން….” އީނާ ރުޅި މޫނެއް ހަދާލައިގެން ހުރެ ކާކޮޓަރިން ނިކުންނަން ދިއުމުން ދުވެލާފައި ގޮސް އީނާގެ ފުރަގަހުން ބައްދާލަމުން ރޫޔާ ބުނެލިއެވެ. ދޮރުގައި ހިފުނުކަން ނަސީބެކެވެ. އެހެންނޫނަމަ ދެމީހުން އެކީގައި ހުދު މާބްލްސް މައްޗަށް ވެއްޓުނީހެވެ.

”ދެން އެފަދަ ސަމާސާއެއް ނުކުރައްޗޭ…..” އީނާ ބުނެލިއެވެ. ރޫޔާ ވަޢުދުވިއެވެ. އީނާގެ ފޯނު ރިންގްވާން ފެށުމުން އީނާ ދިޔައީ ބެލްކަނިއާ ދިމާއަށެވެ. ރޫޔާ އޭނަގެ ފޯނުން ފޭސްބުކަށް ވަންއިރު ރާހިލްގެ މެސެޖެއް އައިސްފައި އިނެވެ. ރޫޔާ މެސެޖް ހުޅުވާލިއެވެ. އޭގައިވަނީ ރާހިލް އުޅޭ އެޕާރޓްމެންޓްގެ އެޑްރެހެވެ.

ރާނިޔާ ބަދިގެއަށް ވަންއިރު މައިމޫނާ ހުރީ ބިސްގަނޑެއް އަޅާށެވެ. މުޅި ބަދިގެއަށް ފެތުރިފައި ވަނީ އެވަހެވެ. ރާނިޔާ އެތެރެއަށް އެޅި ފިޔަވަޅު ފަހަތަށް އަޅާލަމުން ދުއްވައިގަތީ ކޮޓާރިއާއި ދިމާއަށެވެ. އޭރު ރާނިޔާގެ މޫނުގެ ކުލަވަރުވަނީ އޮއްސިފައެވެ. ބާރުބާރަށް ގޮސް ފާޚަނާއަށް ވަން ރާނިޔާ ފެނި ލެޕްޓޮޕުން މަސައްކަތެއް ކުރަން އިން އަވްޝަން ސޯފައިން ތެދުވެލިއެވެ. ދިހަފަހަރު ހޮޑުލެވުނުއިރުވެސް އެކަންތައް ރަގަޅުވާކަން ނޫޅުނެވެ. ހެނދުނުކީ ހުރިހާއެއްޗެއް ބޭރުވިއިރު ރާނިޔާގެ ދުވަސް ދިޔައެވެ. ހަށިގަނޑުން ވަރުދޫވެ މޫނުމައްޗަށް އަނދިރިވިއެވެ. ”ޝާން….” ރާނިޔާ އަވްޝަންގެ އަތަށް ބާރުކޮށްލިއެވެ. އޭނަ ގަދަކަމުން ދެލޯހުޅުވާލަން މަސައްކަތް ކުރިއެވެ.

ރާނިޔާ އަތްދަނޑިމައްޗަށް އުފުއްލާލަމުން ގޮސް އެނދުގައި ބާއްވަމުން ނިކަން ލޯބިން އަވްޝަން ރާނިޔާއަށް ގޮވާލިއެވެ. ފަނޑު ހިނިތުންވުމަކާއެކު ރާނިޔާ ދެލޯހުޅުވާލަން މަސައްކަތްކުރިއެވެ. މަޑުބާލީސްތަކުގެ ތެރެއަށް ގެނބިފައިވުމުން އޭނައަށް އަރާމުވިއެވެ.

ރާނިޔާއަށް ޖޫސް ތައްޓެއްދޭން އަވްޝަން މަސައްކަތްކުރިއެވެ. އަނބު ޖޫސްކަމަށްވުމުން އުނދަގުލަކާ ނުލާ ރާނިޔާ ޖޫސް ބޮއެ ނިންމާލިއެވެ. ފެންތައްޓެވެސް ބޯލަމުން ރާނިޔާ އަތުގެ އިޝާރާތުން އަވްޝަން ގާތު ބުނީ އޮށޯވެލުމަށެވެ. އަވްޝަންގެ މޭގައި ބޯއަޅާލަމުން ނިދީގެ ތެރެއަށް ރާނިޔާ ފީނައިގަތެވެ. އަވްޝަންގެ އަތުގެ ބީހުންތަކުން އަރާމުވެ ހަށިގަނޑުގެ ލޯލިތައްވަނީ ކޮޅަށް ޖެހިފައެވެ.

މައިމޫނާ ގަސްދުގައި ރާނިޔާއަށް އުނދަގޫކުރަން ނުބައިވަހެއް ދުވާ އެއާރފްރެޝްނާރ ފުޅިއެއް ގެނެސްގެން ގޭތެރެއަށް ސްޕެރޭކުރަން ފެށިއެވެ. ބާރަ މިނެޓް ތެރޭ ފުޅި ހުސްކޮށްލަމުން އޭނަ ސޯފާގައި ޖައްސާލިއެވެ. އީނާދެކެ އައިސްފައި ހުރި ރުޅިގަނޑު ފިނިކޮށްލަން އޭނަ ގަސްތުކުރީ ރާނިޔާއަށް ވަރުބޭލުމަށެވެ. އަނެއްކޮޅުން ރާނިޔާއަކީ އަލްޔަސްގެ ދައްތަ އެވެ. ރާނިޔާއަށް ލިބޭ ކޮންމެ ގެއްލުމެއްގެ ހިތިކަން އަލްޔަސްއަށް ވެސް ތަޖުރިބާ ކުރެވޭނެއެވެ.

އަވްޝަން ރުޅިއައިސް ބަހެއް ނުބުނެ ކެތްކޮށްލީ މަންމަގެ އެދުމުގެ މަތިންނެވެ. މައިމޫނާގެ ބަލިހާލަތު ގޯސްވެދާނެ ކަމަށް ފަޒްލާ ވަނީ ބުނެފައެވެ. ނަމަވެސް މައިމޫނާ އުޅޭ ގޮތުން ރުޅި ނާންނާނީ ކާކު ހެއްޔެވެ؟ މައިމޫނާ އެހުންނަނީ އޭނަގެ އަންހެނުންނާ ޖައްސާލާފައެވެ. ރާނިޔާއަށް ފުރިހަމަ ރައްކާތެރިކަމާއި ހިމާޔަތް ދޭން އަވްޝަން އަޒުމު ކަނޑައެޅިއެވެ. މައިމޫނާގެ ސަބަބުން އޭނަގެ އަންހެނުންނާއި ދަރިފުޅަށް ގެއްލުމެއް ކުރިމަތިވެއްޖެނަމަ އެދުވަހަކުން އޭނަގެ ރުޅިގަނޑު ފަޅައިގެން ދާނެކަން ގައިމެވެ. ބޮޑުދައިތައަކަށް ވިޔަސް އޭނަ މައިމޫނާ ދޫކޮށެއްނުލާނެ އެވެ.

މައިމޫނާ ފިލްމެއް ބަލަން އިންދާ ރޫޔާއާއި އީނާ ބޭރަށްދާން ދިޔަތަން ފެނުނުކަމުގައި ވިޔަސް އޭނަ އަޅައެއް ނުލިއެވެ. އޭނަ އިންތިޒާރުކުރަމުން ދިޔައީ އުމެއިރާ އަންނާނެ ވަގުތަކަށެވެ. ރޫޔާއާއި އީނާ އެކުގައި އުޅޭނެ ދުވަސްތަކަށް ނިމުމެއް އަންނަން ކައިރިވެއްޖެއެވެ. އޭނަ ފޮނުވާލާ ތީރުތަކުގެ ވިހަކަމުން އީނާގެ އުފާވެރި ހަޔާތް ބަރުބާދުވާނެއެވެ. އަބަދުގެ އަބަދަށްޓަކައި އުފަލުން މަހްރޫމް ވާނެއެވެ.

އުމެއިރާއަށް އާދެވުނީ ފަހެއްޖަހަން ކައިރިވެފައި ވަނިކޮށެވެ. ދެއެކުވެރިން ގޮސް ވަނީ މައިމޫނާގެ ކޮޓަރިއަށެވެ. އުމެއިރާ ސޯފާގައި އިށީންނަމުން މައިމޫނާއަށް ބަލާލިއެވެ.

”ބޮޑުކަމެއް ދިމަވީތަ؟ އަހަންނަށް ޔަޤީން ކަމެއް ދިމާނުވާނަމަ މޫނީ ތިހާއަވަހަށް ރުޅިއައިސް ޕްލޭން އަވަސް ކުރަން ނުބުނާނެކަން…..” އުމެއިރާ ސުވާލުކުރުމާއެކު ތެދުތެދަށް މައިމޫނާ ކިޔައިދިނެވެ. އުމެއިރާ ކުޑަކޮށް ޖެހިލުންވިއެވެ. މައިމޫނާ ނަފްސާނީ ބައްޔެއް ހުންނައިރު ކޮންމެފަދަ ކަމެއްވެސް ކޮށްފާނެއެވެ. ނަމަވެސް މިއީ އެކުވެރިޔާއަށް މީހެއްގެ އެހީ ބޭނުންވާނެ ވަގުތެވެ. މޫނު އަނބުރާލާފައި ދިއުމުން ގެއްލުމާއި ކުރިމަތިލާންވެސް ޖެހޭނީ އޭނަ އަށެވެ. މައިމޫނާގެ ބޮލަށް ސަވާރުވެގެން ޒަލަފްގެ މުއްސަނދިކަމުގެ ފައިދާވެސް އޭރުން ނުނެގޭނެއެވެ. އޭނަގެ ދެވަނަ ވިސްނުމެއްވެސް އެބައޮތެވެ. އީނާއާއި އަލްޔަސް ދުރުކުރުވާފައި ، ހުރި ހަމައެކަނި އަންހެންދަރިފުޅު ޒެލީންއާ އަލްޔަސް ގުޅުވުމެވެ.

”އަވްޝަން އާއި ރާނިޔާގެ ކައިވެންޏަށް ފަސްއަހަރު ފުރުމާދިމާކޮށް ބާއްވާ ފަންކްޝަން ތެރެއިން ޕްލޭން ކާމިޔާބު ކުރެވިދާނެ، އެރަނުގެ ފުރުސަތުގެ ބޭނުން ރަގަޅަށް ހިފަންވާނެ، ބޭނުންވަނީ ހަމައެކަނި އުމޭގެ އެހީ….” މައިމޫނާ ބުންޏެވެ. އުމެއިރާ ފުންކޮށް ވިސްނާލިއެވެ. މައިމޫނާ އެބުނީ ތެދެކެވެ. އެބުނާ ހަފްލާއެއްގެ ތެރެއިން ފަސޭހަކަމާއެކު ރޭވުން ކާމިޔާބު ކުރެވިދާނެއެވެ. އުމެއިރާ އެތެރެއިން ހިނިތުންވެލިއެވެ.

”ޕެލޭން ފާސްޓްފޯވާޑަށް ލަންޏާ އުދަގޫތަކެއް ކުރިމަތިވާނެ، އެކަމަކުވެސް މޫނީ ބުނީމަ ކިހިނެއް ތިކަންކޮށްނުދީ ފަހަތަށް ޖެހިލާނީ؟ ތީ އަހަރެންގެ އެންމެ ގާތްއެކުވެރިޔާ…..” އުމެއިރާ ބުންޏެވެ. މައިމޫނާގެ މޫނު ވިދައިގަތެވެ.

”ދެން ރޫޔާއާއި އީނާ؟….” އުމެއިރާ ހަނދާންކޮށްލަދިނެވެ.

”އަހަރެން ފުރަތަމަ ބޭނުންވީ ރޫޔާއާއި އީނާގެ ގުޅުން ކަނޑުވާލަން ބަޓް އެހިޔާލު ބަދަލުވެއްޖެ….” މައިމޫނާ ބުނެލިއެވެ. ”ކީކޭ؟….” އުމެއިރާއަށް ޤަބޫލުކުރަން ދަތިވިއެވެ. ވަރުގަދަ ޝޮކެއް ލިބުނެވެ. ބަލީގެ ސަބަބުން މައިމޫނާގެ ވިސްނުމަށް ނޭދެވޭ އަސަރު ކުރީހެއްޔެވެ؟ ރޫޔާއާއި އީނާގެ އެކުވެރިކަން ކަނޑުވާލަން ފައިވިއްދާލާފައި ހުރި މައިމޫނާ އެދައްކަނީ އެހެން ވާހަކައެކެވެ.

”އީނާ މޮޔަވީމަ ދެން ރޫޔާ ވެސް އީނާ ދެކެ ބިރުގަންނާނެއް އެއްނު؟ އެހިސާބުން އެގުޅުންވެސް ކެނޑޭނެ، އަހަރެން ދެކެން ބޭނުންވަނީ އީނާ އާދޭސްކޮށް ރޮއިހަދާ މަންޒަރު، އެދުވަހަކުން އަލްޔަސް އަކަށްވެސް އެހީނުވެވޭނެ، އޭނަ ޖެހޭނީ ދުރުގައި ކުޅިބަލަން ހުންނަން، ބާޒީ ކާމިޔާބު ކުރެވޭނީ އަހަރުމެންނަށް!….” މައިމޫނާ ހީލަމުން ބުމަ އަރުވާލިއެވެ. އުމެއިރާ ވެސް ހިނިގަނޑެއް ޖަހާލިއެވެ. އޭރުވެސް އުމެއިރާ އެތެރެއިން ރާވާފައިވާ ބޮޑު ސިއްރު މައިމޫނާއަށް ވެސް ހާމައެއް ނުކުރިއެވެ.

ޒަމާންތަކަށްފަހު ރާހިލްގެ ޢާއިލާގެ މެންބަރުނަތްކާ ބައްދަލުވުމުން ރޫޔާއާއި އީނާ އުފާވިއެވެ. ނަސީމާ ދައްތަ ރަށުން ގެނައި ކުދިގުޅަ ދަޅަކާއި ތެލުލި ބަނބުކެޔޮގެ އިތުރުން ތެލުލި އަލަ ޑަބިޔަލެއް ވެސް ދެކުދިންނަށް ހަދިޔާއަކަށް ދިނެވެ. ނަސީމާ ދައްތަ ހުރީ ފަޒްލާއާއި ބައްދަލުކޮށްލާނެ ފުރުސަތެއް ނުލިބިގެންނެވެ. ނަސީމާއާއި ފަޒްލާއާކީ ގާތް ދެރަހުމަތްތެރިންނެވެ. ރަށުގައި އުޅުނު ދެގެވެސް ހުންނަނީ ދާދި ކައިރީގައެވެ.

”މީޓް ލިވީ…” ރާހިލް ލިވީގެ އުނަގަނޑުގައި ހިފަހައްޓާލަމުން ގާތްކޮށްލިއެވެ. ލިވީ ހުރީ ލަދުން ގޮސް މޯޅިވާވަރު ވެފައެވެ. އިސްކޮޅުން ކުރުވިޔަސް ރީތި ކުދިންގެ ތެރޭގައި ލިވީ ހޮވާލެވޭނެއެވެ. ހިމަތޮޅިހަށިގަޑެއް ލިބިފައިވާއިރު ދޮން ވަށް މޫނު ފެނިލަނީ ހުވަފެނީ ގޮތަކަށެވެ. ހުދުކުލައިގެ ސްކާފްތެރެއިން ވަށް މޫނު ފެނިލާއިރު ގަދަމުށިކުލައިގެ ދެލޯ އަޅައިގަންނާނެއެވެ. ދިގު އެސްފިޔަތައް މަސްކާރާއިން ފޯކޮށްލާފައި ވެއެވެ.

ލިވީއާއި ރާހިލްގެ ގުޅުން ބަދަހިވީ މީގެ ތިން އަހަރު ކުރިން ރާހިލް ޝަންގްރިއްލާރިޒޯޓުގައި ވަޒީފާ އަދާކުރި ދުވަސްވަރުގައެވެ. ލިވީއަކީ ބޭރުކުއްޖެއްކަން އެނގުނީ ދިވެހިން ވާހަަކަ ދައްކާއިރު އަޅައިގަންނާތީ އެވެ. އެގެއިން ނިކުތް އިރު ލިވީގެ އެކުވެރިންގެ ލިސްޓަށް އިތުރު ދެނަން އިތުރުވެގެން ދިޔައެވެ.

”ރާހިލް އެންޑް ލިވީ ހާދަ އުޅެއޭދޯ؟….” ރޫޔާ ބޭރުގައި ހުރި އޭނަގެ ފެލެޓްޝޫއަށް އަރަމުން ބުންޏެވެ. ”އާހ، ލިވީ ވަރަށް ކިއުޓް….” އީނާ ބުންޏެވެ. ދެކުދިން ބޭރަށް ނިކުތްއިތު މަގުގެ އެއްފަރާތުގައި ކާރު ޕާރކްކޮށްލައިގެން އަލްޔަސް ހުރީ ކާރަށް ލެނގިލައިގެން އިންތިޒާރުގައެވެ. ”ދެއާރ އިޒް ޔޯރ ޕްރިންސް ޗާރމިންގް…” ރޫޔާ އީނާގެ ކޮނޑުގައި ޖަހާލިއެވެ.

ނަސީމާ ދިން ހަދިޔާތައް ހިފައިގެން ތިރިއަށް ފޭބީ ރާހިލް އެވެ. ރޫޔާ ގުޅަދަޅު ހިފަހައްޓައިގެން ހުރިއިރު މިނެޓެއް ނުވަނީސް ގުޅަދަޅު ހުސްވާން ކައިރިވެއްޖެއެވެ.

ރޫޔާއާއި އީނާ ކާރަށް އަރައި ހަމަޖެހިލުމާއެކު އަލްޔަސް ކާރު ދުއްވާލިއެވެ. ”ހާދަ ބައިވަރު ހަދިޔާ ތަކެކޭ…” އަލްޔަސް ބުންޏެވެ.

”ހޫމްމްމް، ނަސީމާ ދައްތަ ދިން ގިފްޓްސްތައް…..” ޖަވާބު ދިނީ އީނާއެވެ. ރޫޔާ އިނީ ގުޅަ ކާންށެވެ. ”ހޭއި ރޫ ގުޅަ ދަޅުއެއްކޮށް ހުސްކޮށްނުލާތި…..” އީނާ ރޫޔާއަށް ބަލައިލަމުން ބުންޏެވެ. ”ހޫމްމްމް، މިނިމުނިއްޔޭ….” ދަޅު އެއްފަރާތްކޮށްލަމުން ރޫޔާ ފެންފުޅިން އެތިދޮފެއް ބޯލިއެވެ. ”ދީބަލަ ތިރަށު މީހުން ހަދާ ޖަންކް ފުޑްގެ ޓެސްޓް ބަލާލަން….” އަލްޔަސް ކާރުގެ ދުވެލި މަޑުކޮށްލަމުން ބުނެލިއެވެ. ރޫޔާ ދެތިންގުޅަ ނަގަމުން އަލްޔަސް އަތަށް ދިއްކޮށްލިއެވެ. ”ގުޑް..” އަލްޔަސް ބުންޏެވެ.

ދުވަސްތައް ހަލުވިކަމާއެކު ފާއިތުވަމުން ދިޔައެވެ. މަޑުމަޑުން ބޭހުގެ އެހީއާއި ސައިކޯތެރެޕީގެ އެހީގައި މައިމޫނާއަށް ބަދަލުތަކެއް އަންނަން ފެށިއެވެ. ބަލި ރަގަޅު ވުމުގެ މަލަމަތި ފެންނަން ފެށީ ހީވެސް ނުކުރާހާ އަވަހަށެވެ. ނަމަވެސް އެބިރުވެރިކަމުން ސަލާމަތްވާން ދެހަފްތާ ނެގިއެވެ. އެދުވަސްތަކުގެ ތެރޭގައި މައިމޫނާއަށް ނިދުންވީ ދަތިކަމަކަށެވެ. ލޯމަރާލާއިރަށް މީހަކު ކަރުގައި ހިފައި ނޭވާ ހާސްކުރާހެން ހީވެއެވެ. ރޭގަނޑު ވެއްޖެއްޔާ ކަޅު ހިޔަނިތައް އޭނައަށް ފާރަލާން ފެށައެވެ. ހިޔަނިތަކަށްވުރެ ބޮޑަށް ވައްތަރީ ބޮޑު ފުރޭތަތަކާއެވެ. މައިމޫނާގެ ނަސީބު އަތުގައި ހިފާލުމުން ބަލީގެ ފުރަތަމަކޮޅުގައި ފަރުވާދެވި މުޅިން ރަގަޅުވީ އެވެ.

(ނުނިމޭ)

Share Article

Follow Me Written By

މުތާ/ ސ.ހިތަދޫ

Level 210 Stories

Other Articles

Previous

ޅަކުއްޖާ (ފަހުބައި)

Next

އޯގާވީ ހިތަކުން…20

Next
April 26, 2014

އޯގާވީ ހިތަކުން…20

Previews
April 23, 2014

ޅަކުއްޖާ (ފަހުބައި)

14 Comments!

  1. shy says:
    April 24, 2014 at 10:42 am

    V v reethi vaahaka dhen kon. iraku 20 vana bainukun nany avaha nerebala varah kiyaahithun

  2. shy says:
    April 24, 2014 at 10:49 am

    Kihineh vee 4too badhalu vee

  3. Thu says:
    April 24, 2014 at 11:56 am

    vaahaka v salhi…..anehkaa een n sam ah gotheh nuhadahchey…they look adorable together….cover pic in ekaku madu v kiyve….alhe een maraa nulaathi…love ur stories

  4. sannu says:
    April 24, 2014 at 1:27 pm

    muthaa ge ehn vaahaka thakaa balaa iru ehaa reechcheh noon mi storyyy….. bt reethi mi vaahaka ves….
    ….

  5. naj says:
    April 24, 2014 at 2:02 pm

    sorrrrrrry plan flopped maimoona and umaira 😛
    emyhunge plan kaamiyaabu viya nudhehcheyy muthaa
    plxxxxx
    eenu ah dhera gotheh nahadhaathi
    love this part
    🙂

  6. ANEES MOHAMED says:
    April 24, 2014 at 2:06 pm

    ANEKKA EEN AH GOTHEH NUHADATHCHEY PLS FOTO IN DHEYHAVANEE KURIAH OITHAA EKAKU EBA BAAKEE VEY …SO PLS EEN AH EHN NAHADAATHI N RAHIL AN EEN NUDHEYTHI

  7. shai says:
    April 24, 2014 at 2:48 pm

    dhn muthaaa een ah dheragotheh nahadhahchey e uley maimoonaa ah nikan ragalhu filaavalheh dhaskohdhyba

  8. sem says:
    April 24, 2014 at 3:59 pm

    E ulhey maimoonah reeti ladeh dhybala n avahah inun menge kaiveni avs kuruvabala. khfa e maimoona mn ge kurimathin gehluvalaaabala…nuny rooya o inu ge mom kahala meehakh emyhun e dhakah vaahak adu ivey goi hadaabaa…vaahak v habey s…

  9. liuu says:
    April 24, 2014 at 4:47 pm

    ey y cover pic change v……..kamei gos vaan ulhenytha?????????????? btw vvvvv nice….waiting 4 d nxt prt 😀

  10. fan says:
    April 24, 2014 at 10:15 pm

    Omg wot is going to happen? 🙁 plssss story hadhikoh nulathi, mi part ves varah salhi, mi story ge kithahbai indhetha? Avahah upkohdhinithi thnxx

  11. yaan says:
    April 25, 2014 at 6:59 am

    avas part pls

  12. yaan says:
    April 25, 2014 at 7:52 pm

    haadhahaa lahey,, ketheh nuvaaneyey 😛

  13. Haxu says:
    April 25, 2014 at 9:42 pm

    vaahaka v salhi ekam inoo ah dhera gotheh nahadhahche eyrun adhi mi ahvure maa reethi vaane.. n muthaa plxx avahah up kohdhehche.. 🙂 gud luk

  14. maee says:
    April 26, 2014 at 7:26 am

    cover pic ga mi thiby kn baehkan bunedhyfanantha???

Comments are closed.


All Right Reserved!