“ކިހިނެއް ރުޅި މަޑުކުރެވޭނީ. . ސައިހަދަން ބުނީމަ މިހިރީ ހުރިހާ ހެދިކާތަކެއްވެސް ތަށިތައްޓަށް އަޅާފަ ދިމާލަށް ބަހަށްޓާފަ މެއްސައް ކާންދޭން. . ! މަތިގަނޑެއް ނެތީތަ މިގޭގަ. . !؟؟” ޝައިހާގެ ރުންކުރު ހަރުކަށި އަޑު އިވުމާއިއެކު އަހަރެންގެ ހިތުގައި ހީވީ މީހަކު ހިފާ ފިތާލިހެންނެވެ. އަހަރެންނަށް މުއްކަވާލެވުނެވެ. އަހަރުމެންގެ ކުރިމަތީގައި ޝާޔާ އެފަދަ އިހާނެތިގޮތަކަށް އެ ނިކަމެތިކޮށްލީ އެކަހަލަ ކުޑަ ކަމަކާ ހެއްޔެވެ؟ އަހަރެންގެ ހަނދާނަށް އައީ ބަކުރުބެ ޝައިހާގެ ވާހަކަ ފުރަތަމަ ބުނި ދުވަހު ޝާޔާގެ މޫނުމަތި ކުލަވަރު ބަދަލު ވި މަންޒަރެވެ. ޝާޔާގެ ބަދުނަސީބު ދިރިއުޅުމަކީ މިއީތާއެވެ. އަހަރެންގެ ލޮލުން ކަރުނަ ނީރާލީ ޝާޔާގެ ލޮލުން ވިދާލި ކަރުނައިގެ މުތީފެނި ހިތަށްކުރި އަސަރުންނެވެ.
ޝާޔާ ކުއްވެރިވެފައިވާ މީހެއްފަދައިން އިސްޖެހިފައި ހުރިއިރު ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ކޯތާފަތްމަތި ތެންމަމުން ދިޔައެވެ.
“ކޮންމެހެން ރޯނެ ކަމެއްނެތް މިމީހުންނަށް މާ އިނޮސެންޓް މީހެއްކަން ދައްކާކަށް. . ދޭ މިތަނުން. . ” ގޮނޑި ދަމާލާ މޭޒުކައިރީ އިށީންނަމުން ޝައިހާ އިއްވާލިއެވެ. އަހަރެންގެވެސް ހިތުގައި ޖެހުނެވެ. އަޔާން އާއި ޒާނިޝް ތިބީ ހައިރާންވެ އަންތަރީސް ވެފައެވެ. ޝާޔާ ކަރުނަ ފުހެމުން ކާގެއިން ނިކުމެގެން ގޮސް ގެއަށް ވަތްއިރު އެހިތުގައި އަޅަމުން ދިޔަ ވޭން އަހަރެންނަށް އިޙްސާސްކުރެވޭ ކަހަލައެވެ.
“އެކަމާ އަޅާނުލާ. . އިށީނދޭ. . ” ދަތްޕިލަ އެކަށް ދިލުވާލާފައި އަހަރުމެންނާއި ދިމާލަށް ބުނިގޮތުން ހީވީ މެއްސެއް ފައްސާލުން ކަހަލަގެ އާދައިގެ ކަމެއްގެ ވާހަކަ ބުނިހެނެވެ. އެހިތުގައި ވަނީ ކޮންކަހަލަ ހަރުކަށި ކަމެއް ހެއްޔެވެ؟ ޝާޔާއާއި ދޭތެރޭ ރަހުމް ކުރާ ހަމަ އެކަކުވެސް އެގޭތެރޭގައި ނެތީ ހެއްޔެވެ؟ އަހަރެންނަށް ފެންނަމުން މިދަނީ ހީކުރި ގޮތާ މުޅިން ތަފާތު މަންޒަރެކެވެ. އަހަރުމެން މަޑުމަޑުން ގޮނޑިތަކުގައި އިށީނދެ ތިބީމެވެ. ބަސްއަހާ ދަރިވަރުންތަކެއް މުދައްރިސްގެ އަދަބު ލިބިދާނެތީ ތިބިހެނެވެ. މުޅިން މޫޑް އޮފްވެ ސައިބޯހިތްވެސް ކެނޑިއްޖެއެވެ. ނަމަވެސް އާދެވުނީތީ ތިބީއެވެ.
“ޝައިހާ. . ދަރިފުޅު ތިހާ ބާރަށް ދައްތައާއި ދިމާލަށް ހަޅޭލެވީމަ ދައްތަވެސް ދެރަވާނެއެއްނު. . ” ބަކުރުބެ އަހަރެންގެ މޫނަށް ބަލަމުން އިނދެ ޝައިހާ ކައިރީ އެހެންބުނީ ޖެހިލުންވެފައި އިނދެކަހަލައެވެ.
“އައްޗި. . އެއީ މަގޭ ދައްތައެއްނޫން. . ” ބަޖިޔަލެއް އަނގައަށް ލަމުން ޝައިހާބުނި އެ ޖުމްލަވެސް ހީވީ އަހަރެންގެ ހިތް ތޮރުފައިލި ހެންނެވެ. އަހަރެންނަށް ކުރަމުންދާނެ އަސަރު އިޙްސާސްކުރެވި ޒާނިޝް އާއި އަޔާން ވެސް އަހަރެންނަށް ބަލައިލިއެވެ. އޭރު އެދެމީހުން ތިބީ އާދެވުނު މޮޔަ ހިތަށް އަރާފައި ކަހަލައެވެ. ނަމަވެސް އާދެވުނީތީ އަހަރެން އުފާކުރަމެވެ. އެހެނީ މިއަދު އަހަރެންނަށް މިގޭތެރޭގައި ޝާޔާގެ ޤަދަރަކީ ކޮބައިކަން އެނގިއްޖެއެވެ. މިގޭ މީހުންގެ އަސްލު ސިފަ ފެނިއްޖެއެވެ. އަހަރެންގެ ހިތް ބުނަމުން ދިޔައީ ޝާޔާ އަހަރެންނާއި ދުރުވާން ނިންމި ނިންމުމަކީ ޝާޔާގެ އަމިއްލަ ނިންމުމެއް ނޫން ކަމަށެވެ. އެކަހަލަ ޖަލެއްގައި އަޅެއްފަދައިން އުޅެން ބޭނުންވާނީ ފަހެ ކާކުހެއްޔެވެ.
“އުމް. . ވަރަށް މީރު މި ބަޖިޔާ. . ހިޔަރ. . ޓޭކް ސަމް. . ” ޝައިހާ ތަށިދިއްކޮށްލުމުން އަހަރުމެން ތިންމީހުންވެސް ބަޖިޔަލެއް ނެގީމެވެ.
“ހުމް. . އައި ލައިކް އިޓް. . ސޯ. . ޓެލް އަސް މޯ އެބައުޓް ޔޯ ސެލްފް. . ” އަޔާން އާދައިގެ މަތިން، އިސްވެ ވާހަކަ ފަށައިފިއެވެ.
“އޯހް. . އެބައުޓް މީދޯ. . އަމް. . އައި ލައިކް މިއުޒިކް. . އެން. . ނައިސް ޑްރެސެސް. . މޭކަޕް. . އެން ސްޓަފް.. ” ޝައިހާ ވަރަށް އާދައިގެ ގޮތަކަށް ތުއި ވެލާފައި ބުނެލިއެވެ.
“އޯހް. . ވަރަށް ފުލް. . ގެއިންވެސް ވަރަށް ރަނގަޅަށް މެންދުރު ކައިގެން މިހުރީ. . ބަނޑަކު ނެތް ޖާގަ އެއްވެސް. . އެކަމަކު ބަކުރުބެ ބުނީތީ އައިސްލީ. . ދެން ކުޑަ ގޮތެއްވެސް ހަދާލެވިއްޖެތާދޯ. . އެހެންވީމަ އަހަރެމެން ގޮސްލީއޭ. . ” އަހަރެން ގޮނޑިން ތެދުވަމުން ބުނެލީމެވެ.
“ހާދަ އަވަހަކަށް ތިދަނީ. . އިހަށް މަޑުކޮށްލަންވީނު ދުފާލާ ހަދާލަން. . ” ބަކުރުބެ އެހެން ބުނުމުން އަހަރުމެން ގޮސް އުނދޯލިގޭގައި ޖައްސާލީމެވެ. އުނދޯލި އެއީ އަހަރެންނަށް ވަރަށް ކަމުދާ އެއްޗެކަށް ވެއްޖެއެވެ. ހެއްލާލުމުން ވަރަށް އަރާމެވެ. އިރުކޮޅަކުން ބަކުރުބެއާއި ޝައިހާވެސް ކާގެއިން ނިމިގެން އައިސްފިއެވެ. ޒާނިޝް ތެދުވެގެން ގޮސް ގެއާއި ތަންކޮޅެއް ކައިރިވެލިއެވެ.
“އަހަރެންނަށް މިކަހަލަ އާސާރީގޭގެ ވަރަށް ކަމުދޭ. . ވަރަށް މަދުން މިކަހަލަ ގޭގެ މިހާރު ފެންނާނީ. . ” ޒާނިޝްގެ އައި-ފޯން ނަގައިގެން ގޮތް ގޮތަށް އެދުވަސްވީ ގެ ފޮޓޯ ނަގަމުން ދިޔައެވެ.
“ހެހެހެ. . އެހެންތަ. . މަރިޔަން ދާންވީނު އެ ކުދިންނަށް ގޭތެރެއާއި ތަންތަން ދައްކާލަން. . ” ބަކުރުބެ އުނދޯލީގައި ދުފާ ތަބަށް ހިފައިގެން އިށީންނަމުން ޝައިހާ އަށް ބުނެލިއެވެ. އެއާއިއެކު އަހަރެމެން ޝައިހާ ފަހަތުން ގޭތެރެއަށް ވަދެލީމެވެ.
ފެންޑާއިން އެނތެރެއަށް ވަދެވެން ހުރި ދޮރުން ވަނީމެވެ. އޭރު މެދުގޭ ތެރޭއިން ރޯނު އެނދެއްގެ މަތީގައި ޝާޔާ އިނެވެ. އަހަރުމެން ފެންނައިރަށް ތެދުވެ އިސްދަށަށް ޖަހާލައިގެން ދެއަތް ދެއަތާއި މޮޑެން ފަށައިފިއެވެ. ޒާނިޝް އެގޭތެރޭގެ މަންޒަރުތައް އޭނާގެ ފޯނުގައި ރައްކާކުރަމުން ދިޔައެވެ.
“މީ އަހަރެން ނިދާ ކޮޓަރި. . ” ޝައިހާ ދައްކާލީ ބޭރަށް ކުޑަދޮރެއްލާފައިވާ ކޮޓަރިއެވެ. އެއީ މިހާދުވަސް ވަންދެން ޝާޔާ ނިދިކޮޓަރިއެވެ. އެކޮޓަރިތެރެ އެރޭގައި ޝައިހާގެ ހެނދުންތަކާއި އެއްޗިހި އެއްވެސް ތަރުތީބެއް ނެތި އުކާލެވިފައި ވެއެވެ.
“ޝާޔާއާއި ދެމީހުންވެސް ނިދަނީ މިކޮޓަރީގަތަ. . ” އަހަރެން ސުވާލުކުރީ ޝައިހާ ޝާޔާއާއި އެއްކޮށް އެއްކޮޓަރިއެއްގައި ނުނިދާނެހެން ހީވެގެންނެވެ.
“އައްޗި. . މަނިދާނެ ދޯ އޭނަޔާއެއްކޮށް. . ” ޝައިހާ ބުނިއެއްޗެއް އަޑުއިވޭ ހިސާބުގައި ހުރި ޝާޔާގެ ހިތަށް ކުރާނެއަސަރާމެދު ވިސްނިފައި އަހަރެންނަށް ބަލާލެވުނެވެ. ވަގުތުން ޝާޔާ އިސްޖަހައިލީ އެދެލޮލުގައިވި ހިތާމައިގެ އަސަރު އަހަރެންނަށް ފޮރުވާށެވެ.
“މިއީ މަންމަ އާއި ބައްޕަ ނިދާ ކޮޓަރި. . ” ޖެހިގެން ހުރި ކޮޓަރި ދައްކާލަމުން ޝައިހާ ބުނެލިއެވެ. އެކޮޓަރީގައި ލެއްޕޭ ގޮތަކަށް ދޮރެއްނެތެވެ. މަދިރިގެ އަޅާފައިވާ ދެ ރޯނު އެނދުގެމަތީގައި ގޮދަޑި ބާއްވާފައި ވެއެވެ. އެންމެ އިހުޒަމާނުގެ ރަންޒަމާން އެކޮޓަރި ތެރެއިން ސިފަވަމުން ދިޔައެވެ.
“ވާ. . ވް. . ވިންޓޭޖް ސީނެއް. . އަހަރެންނަށް ހީވަނީ ސެޕިޔާކޮށް ފެންނަހެން. . ” ޒާނިޝް އަކީ ފޮޓޯ ގްރެފީއަށް ވަރަށް ފޯރިހުންނަ މީހެއްކަމުން އެކަހަލަ މަންޒަރެއް ފެނުމުން ހުރީ އަންތަރީސް ވެފައެވެ.
“ދެކޮޓަރި އެކަނިތަ ހުންނަނީ. . ދެން ޝާޔާ ނިދަނީ ކޮންތާކު. . ” އަހަރެންނަށް އަހާނުލާ ނުހުރެވުނެވެ.
“އޭނަ ނިދާނީ އެތާ. .” ފަރުވާކުޑަ ގޮތަކަށް ޝައިހާ ދައްކާލީ މެދުގޭތެރޭގައި ހުރި ކުނާ އަޅާފައިވާ ރޯނު އެނދެވެ. އެގޭތެރޭގައި ޝާޔާގެ ދަރަޖަ ފެނިގެން ދިއުމުން އަހަރެންނަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ނޯކަރުންވެސް ގޭގޭގައި އެހާ ދަށްފެންވަރުގައި އުޅޭނެ ހެއްޔެވެ؟ އަހަރެން ނަކަށް ކެތެއް ނުކުރެވުނެވެ. މަޑުމަޑުން ޝާޔާގެ ގާތަށް ޖެހިލީމެވެ.
“މިއީތަ ޝާޔާ އުޅެން ބޭނުންވާ ގޮތަކީ. . ” އަހަރެން ޝާޔާއާއި ކައިރިވެލާފައި ބުނެލީ ހިތުގައި ހުރިހުރިހާ ހިތާމައެއް ދުލުން ބޭރުކުރަމުންނެވެ. “މިގޮތަށް މިތާނގަ އުޅެން ބޭނުންވެގެންތަ އަހަރެން ކައިރީ ޝާޔާގެ މަތިން ހަނދާން ނައްތާލާށޭ ބުނީ. . ކައިރީ ހުރި ޝާޔާ ނިދާ އެނދާއި ދިމާލަށް އަތް ދިއްކޮށްލަމުން އަހަރެން އަހައިލީމެވެ. އޭރު އަހަރެންގެ ހިތަށް ކުރަމުން ދިޔަ އަސަރުން ލޮލުގައި ކަރުނައިގެ އަސަރު ދުވެލައިފިއެވެ. ބުނާނެ އެއްޗެއް ނޭނގިފައި ޝާޔާ ހުރިއިރު ޝާޔާގެ ކޯތާފަތް މަތި ތެންމަމުން ދިޔަ ކަރުނަތިކި ޝާޔާގެ ހިތުގެ ހާލު ބަޔާން ކޮށްދެއެވެ. އޭރު އަޔާން އާއި ޒާނިޝް އާއިއެއްކޮށް ފޮޓޯނެގުމުގައި ޝައިހާ ކޮޓަރިތެރޭ އުޅެއެވެ. “ޝާޔާ. . އަހަރެން ޝާޔާދެކެ ލޯބިވީ ޝާޔާގެ ދިރިއުޅުމުގެ ފެންވަރަކަށް ނޫން. . ޝާޔާގެ ހުރި ކުޅެދުންތެރިކަމަކަށް ވެސް ނޫން. . އަހަރެން ލޯބިވީ މި ހަށީގެ ތެރޭގައިވާ ރޫޙްދެކެ. . ” އަހަރެން ޝާޔާގެ ކޮނޑުގައި އިގިލި ޖައްސާލާފައި ބުނިއިރު އަހަރެންގެ ލޯފުރިގެން ދިޔަ ކަރުނަތައް ކޯތާފަތް މައްޗަށް ބަންޑުންވެގެން ދިޔައެވެ. “ތިނޫން އެހެން އެއްވެސް އިންސާނަކަށް އަހަރެންގެ މިހިތަކަށް ފިނިކަމެއް ނުގެނެވޭނެ. . . ޝާޔާ. . އަހަރެންނަށް އެނގޭ ޝާޔާ އަހަރެންދެކެ ލޯބިވާކަން. . ޝާޔާ ކޮންމެ އެއްޗެއް ބުންޏަކަސް. . އައިކޭން ފީލް އިޓް. . ޔޫ އަރ މައިން. . އެން އޮންލީ މައިން. . ” އަހަރެން ބޭނުންވީ ޝާޔާ އަހަރެންގެ މޭގެ ތެރޭގައި ބޮޑިކޮށްލާށެވެ. އަހަރެންގެ ހިތުގައި ވާ ލޯބި ޝާޔާއަށް އިޙްސާސްކޮށްދޭށެވެ. އެފަދަ އޯގާތެރިކަމަކަށް ޝާޔާގެ ހިތްވެސް ބޭނުން ވެފައިވާކަން އަހަރެންނަށް އެނގެއެވެ. އެހެންވީއިރު އަހަރެންގެ ލޯތްބަށް ޝާޔާ ފުރަގަސް ދިނީ ކީއްވެހެއްޔެވެ؟ އަހަރެންގެ ލޯތަބަށް އިތުބާރު ނެތީ ހެއްޔެވެ. މިހިތުގެ ޙާލު އެނގޭނެ ނަމައެވެ.
“ނޭދެން ތިލޯބިން ވާކަށް މަ ބާކީ އޯގާ ވެދޭށެ ހަނދާއޭ. .
ލޯބިން ފަނާ.. ވެއްޖޭ އަނާ. . ލޯބިން ފަނާ. . ވެއްޖޭ އަނާ. .
މަލެކޭތީ ބިނދެލަން އެދޭ ހިއްސާވެލޯބިން ފުން
ވީ ނޭގޭ އިޙްސާސެކޭ. . ޙިއްސާވެ ލޯބިން ފުން. .
ޖަޒްބާތޭ. . އުތުރޭ މިލޭ، ޙިއްސާވެ ލޯބިން ފުން
ގުޅުމެއްވޭ. . އެބަހީވެޔޭ، ޙިއްސާވެ ލޯބިން ފުން. . .
ދޭށޭ އުފާއޭ. . ފުންހިތުގެ ލޯތްބޭ. . ކޮށްލީ ދިވާނާތާއޭ. .
ނޭދެން ތިލޯބިން ވާކަށް މަބާކީ. .އޯގާވެދޭށެ ހަނދާއޭ. .
ލޯބިން ފަނާ. . ވެއްޖޭ އަނާ. .
ލޯބިން ފަނާ. . ވެއްޖޭ އަނާ. .
ވެސީދާ ލޮލާލޯ އިއްތިފާޤުން ވެވި ގަޔާ. .
އަޖައިބެއް ފަދައިން ބައްދަލް ވުމުން. .
އޯއޯއޯ. . އެހިތްގައިމު ހީނލުން ދިން އަރާމްލޯބިންނަޔާ. .
އަތާ އަތާ އަތް ސިހުންވީ ހީނލުމުން
ފިނި ހިތް ވެލާގޮތްވީ. . ދޫބަންދު ވާގޮތް ވީ. .
ހިތު ވިންދު ބާރޭވީ. . ހައިރާންމަވީ
ދޭނަންހޭ. . ފަރުވާއެދޭ، ޙިއްސާވެ ލޯބިން ފުން
ވީ ނޭގޭ އިޙްސާސެކޭ. . ޙިއްސާވެ ލޯބިން ފުން. .
ލޯބިން ފަނާ. . ވެއްޖޭ އަނާ. .
ލޯބިން ފަނާ. . ވެއްޖޭ އަނާ. .
ޝައިހާ މެން ނިކުންނަން ފެށުމުން އަހަރެން ދެލޯ ފުހެލަމުން ގެއިން ނިކުތީމެވެ. އޭރުވެސް ޝާޔާ ގިސްލަމުން ދިޔައެވެ. މަޣްރިބު ނަމާދު ބަންގީގެ އަޑު އިވިގެން ދިޔައީ އެވަގުތުއެވެ. އޭރު އަދިރިކަން އަލިކަމުގެ މައްޗަށް އަތް ގަދަ ކުރަމުން ދަނީއެވެ.
“ހޭ ބައިދަވޭ މާދަން ދަތުރު ދާން މިއުޅެނީ. . ދާނެ އައިޝާދައްތަމެން ފެމިލީ އެންމެންހެން. . ދާން ވާނެއެއްނު. . ވަރަށް މަޖާވާނެ. . ” އަޔާން ޝައިހާ އަށް ބަލާލަމުން މޫނުމައްޗަށް ވެއްޓިފައި އިން ދެ އިސްތަށިކޮޅު ރީތިކޮށްލިއެވެ. ޝައިހާ ހުރީ އަޔާންގެ ހަރަކާތް ތަކަށް ޝައުގުވެރި ވެފައިކަން އަހަރެންނަށް އެނގުނެވެ.
“އަސްލުތަ. . ސަޅިވާނެ. . މަވެސް މިއުޅެނީ އައިފަހުން ފޫހިވާތީ. . ދާންވާނެ. . ކިހާއިރަކު ފުރަނީ. . ” ޝައިހާ ވަރަށް ގަޔާވެލާފައި އަހާލިއެވެ.
“ހެނދުނު ހައެއް ޖަހާއިރު ނައްޓާލާނެ. . އެހާއިރަށް އާދޭ ޖެޓީ ކައިރިއަށް. . މިމަގުން އަހަރުމެން ދާނީ. . ރެޑީ ވެލައިގެން ތިބޭ އެހާއިރަށް. . ” އަޔާން ޖަވާބުދިނެވެ.
“އާނ. . ޝާޔާ ވެސް ގޮވައިގެން އަންނައްޗޭ. . ” ޒާނިޝް ކުއްލިޔަކަށް ހަނދާންވެގެން ބުނެލިއެވެ. އޭރު އަހަރެންހުރީ އެއްވެސް ވާހަކައެއް ޝައިހާ ކައިރީ ދެއްކޭވަރަށް ވުރެ މާ އަސަރު ކޮށްފައެވެ. ޒާނިޝް ގެ ޖުމްލަ އިވުމާއިއެކު ޝައިހާގެ މޫނުމަތީގެ ކުލަވަރު އެއްކޮށް ބަދަލުވިއެވެ.
“އެކީއްކުރަން އޭނަ ގެންދަންވީކީ. . ” ޝައިހާ ހިތްހަމަނުޖެހިގެން މޫނު އަނބުރާލިއެވެ. ޝައިހާ ރުއްސަން ކޮންމެވެސް މޮޅު އެއްޗެއް ކިޔަން ޖެހޭނެއެވެ. ކުއްލިއަކަށް ޒާނިޝް އަށް މޮޅު އައިޑިޔާއެއް އައީހެން ހީވިއެވެ.
“ޝާޔާ ނުދަންޏާ ކައްކަން ވަރަށް ދަތިވާނެ. . ޝައިހާ ބޭނުންތަ މުޅި ދަތުރުގެ މަޖާ ގެއްލުވާލަން އަންހެން ވެރިންނާއި އެއްކޮށް ކައްކަން އުޅެން ހަދައިގެން. . ޝާޔާ ގެންދިޔައީމަ ޝައިހާ ނުޖެހޭނެ އެކަމާ ހާސްވާކަށް. . ” ޒާހިން މޮޅު ރޮކެޓެއް ޖަހާލިއެވެ.
“ހެހެ. . ނުބުންޏަސް ޝައިހާ އަންނާނީ ޝާޔާ ގޮވައިގެންނޭ. . ދޯ. . ” އަޔާން ވެސް ގާތްވެލާފައި ބޮލަށް ހުތް ލައިދިނެވެ.
“ހުމް. . އެންމެ ރަނގަޅޭ. . މަށެއްވެސް ބޭނުމެއްނޫން ކައްކަން ވަގުތު ބޭކާރު ކުރާކަށް ދަތުރު ގޮސް. . ” ޝައިހާ ވެސް ބައިވެލައިފިއެވެ. ޒާނިޝް އާއި އަޔާން ގެ ރޮކެޓަށް ރަނގަޅަށްވެސް ޝައިހާ ހެއްލިއްޖެއެވެ. ކޮންމެއަކަސް ޝައިހާ އެއްބަސް ވުމުން އަހަރެންނަށް ކުޑަ ހިތްހަމަ ޖެހުމެއް ލިބުނެވެ. ޝާޔާ އާއި އެކު ވަގުތު ކޮޅެއް ހޭދަކޮށްލަން ލިބޭނެތީއެވެ. ޝާޔާ އާއި ދައްކަން ބޭނުންވާ އެތައް ބައިވަރު ވާހަކައެއް އެބަހުއްޓެވެ. މިހާރުވެސް އަހަރެންނަށް އިންތިޒާރު ކުރެވެން ފަށައިފިއެވެ.
އަހަރުމެން އެގެއިން ނިކުމެގެން ދިޔައީ މިސްކިތަށް ދާށެވެ. އޭރުވެސް އަޔާން މެންގެ ޚަބަރެއް ނުވެގެން ރަނާ އާއި ރިޔާ މެސެޖް ކުރާވަރުން އޮބިނޯވެއެވެ.
“ޕިސް ޕިސް. . ދިސް އިޒް ޓޫ މަޗް. . ލޯމަތިން ގެއްލޭ އިރަށް ތިބެނީ ދިވާނާ ވެފަ. . ކިހާ ދުވަހެއްގެ ކަމެއްބާ. . ޔަގީން މިރަށުން ދެވުންކަން ލަސްވާނީ. . ދަންނަބައެއްކަންވެސް ނޭނގޭނެ. . ” އަހަރެން ދިމާކޮށްލީމެވެ.
“ހެހެ. . ތިހެން ނުބުނޭ. . އައި ޑޯންޓް ނޯ. . ޝީ އިޒް ޑިފެރެންޓް. . އަހަރެންނަކަށް ރިޔާ އާއި ނުލާ އުޅެން ފަސޭހަވާނެއެކޭ އަހަރެންގެ ހިތެއް ނުބުނޭ. . ” ޒާނިޝް އެހެން ބުނެލީ އޭނާގެ ހިތުގެ އަޑިންކަން އަހަރެންނަށް އިޙްސާސް ވިއެވެ.
“މީ ޓޫ. . ” އަޔާން ވެސް ހަމަ އެހެންނެވެ. “ރަނާގެ މައުސޫމް ކަމާ. . ރީތި ކަން. . އަދި އަދާތައް. . ކޮންމެކަމެއްވެސް އަހަރެންގެ ހިތުގަ އަބަދުވެސް ނުފިލާހުރޭ. . ދިސް އިޒް ދަ ފަސްޓް ޓައިމް އަމް ފީލިން ސަމްތިން ދިސް ޕިޔޯ. . ” އަޔާން އާއި ޒާނިޝްގެ ހިތުގެ އެދުން އެނގުމުން އަހަރެންގެ ހިތަށް ފިނިކަމެއް ލިބިގެން ދިޔައެވެ. ރިޔާ އާއި ރަނާއާއި ދެކުދިންގެ ނަސީބުވެސް ދެކިބަލާށެވެ. ދުނިޔޭގެ ކޮންމެ ތާކު ވީކަމުގައިވިޔަސް އެކުގައި ވުމަށް އިރާދަ ކުރައްވާފައިވާ ބަޔަކު އެކުނުވެ ނުދާނެއެވެ. އަހަރުމެން މިސްކިތަށް އަރާ ނަމާދުކޮށްލައިގެން ދިޔައީ ގެއަށެވެ.
ގެއަށް ވަތްއިރު ގެއަކު ކަރަންޓެއް ނެތެވެ. އަލިކަމުގެ ކަންފުޅެއްވެސް ނެތެވެ. ހީވަނީ މީހުން ނޫޅޭ ފަޅުގެއެއްހެނެވެ. އޭރު އިރުއޮއްސި އަނދިރިވެފައި ވާތީއާއިއެކު ގޯތިތެރެއަށް އެޅިފައިވާ ސްޓްރީޓް ލައިޓްގެ ފަނޑު އަލި ނޫނީ ނެތެވެ. އަހަރެންނާއި ޒާނިޝް އަދި އަޔާން ފޯނުން އަލިކޮށްގެން ފެންޑާއިން ގޭތެރެއަށް ވަންނަން ހުރި ދޮރު ހުޅުވާލީމެވެ. އެއީ އެހެންނޫނީ ލައްޕާވެސް ދޮރެއް ނޫނެވެ. އެހެންކަމުން އަހަރެމެންނަށް އެއީ ރަނާ އާއި ރިޔާގެ ކަމެއްކަން އެނގުނެވެ. ސިޓިންރޫމަށް ވަންނަމުން އަޔާން ފޯނުން އެތަން މިތަނަށް އަލިކުރަމުން ގޮވާލިއެވެ.
“އައިނޯ އިޓްސް ޔޫ ރަނާ. . ކަމް އައުޓް. . އިޓްސް އޯވަރ ނައު . ” އަޔާން ގެ ފަހަތުން ޒާނިޝްވެސް ގޮވާލިއެވެ. ނަމަވެސް އެއްވެސް މީހެއްގެ ވާހަކައަކަށް ޖަވާބެއް ނުލިބުނެވެ. އަހަރެން ފޯނުން އަލިކޮށްގެން ސްވިޗް ބޯޑު ހޯދާލާ ޖައްސާލީމެވެ. ނަމަވެސް ބޮތްކެއް ނުދިއްލުނެވެ. ހަމަ ރަނގަޅަށްވެސް ގޭގައި ކަރަންޓް ނެތީއެވެ.
“އޯހް . . ޑޭމް. . ނެތޭ ކަރަންޓެއް. . އެހެންވެ ތިބެން ނުކެރިގެން އެދެމީހުން ދިޔައީ ކަންނޭނގެ. . ” އަހަރެން ދެފަހަރަކަށް ސުވިޗް ޖައްސާލާފައި ބޮކި ނުދިއްލުމުން އެވީގޮތް އެނގިއްޖެއެވެ.
“އެހެންވީރު އެމީހުން އެދިޔައީ ކޮންތަނަކަށް ބާ. . ؟ ލެޓްމީ ކޯލް ހަރ. . ” ޒާނިޝް ރިޔާގެ ނަމްބަރަށް ޑައިލް ކޮށްލިއެވެ. އަހަރުމެން ދެމީހުންތިބީ ޒާނިޝްގެ ކޯލްގެ ޖަވާބެއް ލިބޭތޯއެވެ. މުޅިތަނަށް ވެރިވެފައިވަނީ މަރުފަދަ ހިމޭންކަމެކެވެ. އަނދިރި ކަމުގެ ތެރެއިން އަހަރެންގެ ފޯނުގެ އަލިން ފެންނަން ހުރި ޒާނިޝްގެ މޫނު ނޫނީ ފެންނާކަށް ނެތެވެ.
ހަމަހިމޭންކަން ދުއްވާލީ ފޯނެއް ރިންގުވާ އަޑަށެވެ. އެހަމަހިމޭންކަމުގެ ތެރެއިން އަޑުއަންނަނީ އައިޝާދައްތަމެންގެ ކޮޓަރިންކަން އެނގުނެވެ. ތިންމީހުންނަށް އެއްފަހަރާ ބަލައިލެވުނީ ކުޑަކޮށް ހުޅުވިފައިވާ އެކޮޓަރީގެ ލަކުޑި ދޮރަށެވެ.
“މޭބީ ދޭއަރ އިން ދެއަރ. . ” އަޔާން ވައި އަޑުން ބުނެލިއެވެ. އެކަހަލަ ކިތަންމެ މަޑުއަޑަކަސް އެހަމަހިމޭންކަމުގެ ތެރެއަން ސާފުކޮށް އިވެއެވެ. އަހަރުމެން މަޑުމަޑުން އެކޮޓަރިއާއި ދިމާލަށް ދިޔައީމެވެ. އެއީ މީގެކުރިން ދުވަހަކުވެސް ވަދެފައި ނުވާ ކޮޓަރިއެކެވެ. އެހެންކަމުން ކުޑަކޮށް ޖެހިލުންވެފައި ހުރެ ނަމަވެސް ކޮޓަރީގެ ދޮރާ ހަމައަށް އައިސް ދޮރު މަޑުމަޑުން ހުޅުވާލަން ހިފުމާއިއެކު ދޮރުގެ ހުޅުން ކިޔަމުން ދިޔަ އަޑުން ސިފަކުރެވުނީ ބިރުވެރި ފިލްމެއްގެ މަންޒަރެކެވެ. ބޯދިއްކޮށް އެނތެރެ ބެލިއިރު އަނދިރި ގުދަނެއް ކަހަލަ ކޮޓަރީގެ އެނދުމަތީގައި އޮވެގެން ފޯން ރިންގު ވަމުން ދެއެވެ. އެއަޑު ފިޔަވައި އެހެން އަޑެއް މުޅި ގޭތެރޭގައިވެސް ނެތެވެ. ޒާނިޝް މަޑުމަޑުން އެނތެރެއަށް ވަނީ ފޯނާ ދިމާލަށް ދާށެވެ. އެއާއިއެކު ރިންގު ކެނޑިއްޖެއެވެ. ޒާނިޝް ފޯނުނަގާ އަލިކޮށްލިއެވެ. ފޯނުގެ ފަނޑުއަލިން ކުރިމަތީގައި ހުރި އެނދު ފެންނަމުން ދިޔައިރު އެނދުމަތީގައި ތަރުތީބެއް ނެތި އުކާލެވިފައިވާ ބާލިސްތަކާއި ކަންނޭލަށް އަލި އެޅިފައިވާގޮތް ފެނި ހިތުގެ ތެޅުން ބާރުވެލިއެވެ.
ކުއްލިއަކަށް އެކޮޓަރީގެ ކުޑަދޮރުގެ ފޮތިގަނޑު ތެޅިލިއަޑަށް ސިހިފައި ތިންމީހުންނަށް އަލިކޮށްލެވުނީ އެދިމާލަށެވެ. އެއާއިއެކު މަޑުމަޑުން ތިންމީހުންވެސް އެދިމާލަށް ޖެހެން ފަށައިފީމެވެ. އެފޮތިގަނޑާއި ކައިރިވަމުން ދިޔަވަރަކަށް ހިތުގެ ތެޅުން އަވަސް ވަމުން ދިޔައެވެ. އެފޮތިގަނޑުގެ ބިއްދަށުގައި ވަނީ ކޮން އެއްޗެއްނަމެއް ނޭނގި ހިތުގައި އުފެދެމުން ދިޔަ ވަސްވާސްތަކާއެކު މޫނުމަތިން ދާތިކިތައް ފާޅުވާން ފަށައިފިއެވެ. އެހިސާބަށް ދެވުމާއިއެކު ތިންމީހުންނަށް އެކަކު އަނެކަކަށް ބަލާލެވުނެވެ. އެއަށްފަހު އަޔާން ކުއްލިއަކަށް އެފޮތިގަނޑު ކަހާލި އަޑު ހަމަހިމޭންކަން ނަގާލައިފިއެވެ. އެތާކު އެއްވެސް އެއްޗެއް ނެތެވެ. އެއަށްފަހު ދެންވެސް ވެރިވީ މަރުފަދަ ހިމޭންކަމެކެވެ. ކުއްލިއަކަށް ކްލޯސެޓްތެރެއިން ބިރުވެރި އަޑުފައްގަނޑަކާއިއެކު ހުދުކުލައިގެ ބޮޑުއެއްޗެއް އަހަރުމެންނާއިދިމާލަށް އަންނަން ފަށައިފިއެވެ. އެއަކު އަތެއް ފައެއް ނެތެވެ. ހިތް މޭފަޅާލާފައި ނުނިކުތީ ކިރިޔާއެވެ. ސިހިފައި ތިންމީހުންނަށް ހަޅޭ ލަވައިގަނެވުނެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
81 Comments!
Comments are closed.




Good Evening Guys! umm
tonight i’ve decided to upload a little fast. . coz if i wai till 7:55, due to slow network im nt able to get u the story by 8. .
ANW hope u all like it. . n Enjoy!! Good nyt
V salhi
By the way.. Wat is ur name GUDU
ehehe. . Shihko My name is Ali Gudhurathulla Ahmed. . Lobin GuDu. . 😉
love this part <3
god i hate shahiha -_-
Thankew Princess Elsa. . i hate her too. . 😀
Mashaa Allah v salhi mi part.. keep up ur great work..
Thankew so much bubbles. . 😀
yeah v salhi
Thanks Shai. . 🙂
varugadha prank eh dhw eh ey … bt v intersting to knw dhn vaane gotheh…. nice n intersting part ingey mee.. 🙂 shon n shaayaa avahah marry kuruvaafa take her from that house… foni foni shaiha.. huh
hmmm. . e foni Shaihaa ah hithun nufilaa varuge filaavalheh dheyn eba visnan. . 😀 its getting intresting adhi. . <3
Mi part vx vv salhi ingay ……..dhn neyge bunaane ayche vx hama vvvvvvvvvvv vx reethi keep it up gudu
APPY eha hinhama jehuneema GuDU vx mihuree bunaane ehcheh neyngifa. . Thanks ApPy. . 😀
VVVVVVVVV nice………….waitnig 4 d up cmn prts 🙂 🙂
Thanks Liuu. . I knw u r . . 😉
hahah yagyn ayaan and siyan ge mom men ai dhw 😛 varu gadha suprise eh dheyn ulheni 😛 kekek i am feeling scared too 😛 mi boys kudhin haadha findi vani ekam hahah 😛 varah reethi 🙂 waiting for the next part. shaaya and siyan gulhuvaba avahah 😀 ur the best um loving this story so much <3
Ohw thats so swyt of uw Bookworm Budd. . hama rangalhu suprise eh dheynan anna part ga. . 😛 mi part thankolheh dhera v ma dhen anna part v.majaa vx kollaanan. . Owk. . eyrunthaa dhw rahathah evvaru vaany. . 😉 good to c u buddy. . n thanks for the comment. .
thn mi vaahaka there ah faadehge lava eh genaema hadi. asl
u la
va maa d
higu koh inyma hady. bt overall
it ws g
ud
Ohw. . u think so. . 🙂 Owk dhen balaanan Kuru kolleveytho Sng thah. . thanks for the feedback Grl
mi part ves v salhi.. mee dhn kn foohi shaihaa e tha..cant wait for tumorow’s part 😀 keep it up gudu 🙂
Aan dhw Shiu. . Gudu vx v.foohi vefa mihury. . And thanks for the comment 😀
Gudu ge name v nice mi part vx vvvv nice emeh reethi hisaabun thi nimaaly ehanvimaa v inthizaaru kurevy nxt part miraay genes dhiyfa inh song ves v nice thanks GuDu n gud nyt
Thanks Veera. . 😀
mind blowing waiting for tmoroww.. 🙂
ehehe. . Thanks Isaaf 😀
i have a feeling tht nxt part is gonna b hilarious 😀 so i’m saving my energy to laugh tmrw night 😛
dhn shaihaaaaa….u r sooo irritating……hate u soo much 😛
hahaha. . . will see. . 😀 Thankew Dear. .
no problem 😉
woah gudu u r a guy :O
ummm . . yeah i guess. . wat do u think. . 😉
my mind is blowing
bcx of this stupid silly funny storyy
u know what gudu
my mom gave me a punishment
amih layah indhegen hey thyy 🙁 😛
Anw this part is totally amxing
i hate that shaiha
v foohivey
nice storyy gudu
🙂
Hahaha. . . Naj i feel sorry for u. . 😉 BTW konkahala punishmenteh ba mi libuny. . 😀
v varuga dha punsh ment ekeyy aneh kaa
mulhi ge saaf kuran jehsyyy
every single thing
dhn evaru koh laakah nuvaanennu dhw gudu
amihlayah indhegen heythyy ey kiyaafa
hah
Aslu bakurube beynun vany shiha r shone r gulhen.. ehnve hadhagn ulhey makareh hen hyvany dhw.
U r right Bubbles. . GuDu ah vx heevanee hama thihen. . amilla dhariyakah nu molhugoi vaan edheynee dhw. . and anekka ehaa dhonfuthu kujjeh. . :/ v.foohive Shaihaa dheke. .
bro heart ding ding kollafa thi ninmaaly….
hahaha. . Bro ah Me ge hiy ding ding kollevunee dhw. . Sry abt that. . In Sha Allah dhen reyakun Ding DIng vaane ehen gothakah. . 😉
BTW thanks… and good night all…
Thanks for the comment Me. . n Gud nyt. .
V nice mi story waiting for next part
Thanks Aishaa. . n Gud Nyt
Gudu mi part ves v rythi.. But liumuge kuh hurikan faahaga kohlan.. Zaanish aa zaahin aa aee dhemyhuntha.. Mi nunas zumula ethurumuge ves kuh ebahuri..dhen faharakun v balaafa up kuraane kamah unmeedh kuran ..v salaam gudu ..miss you:-)
Ohw Thankew Hanaaa Thi than than kolhu faahaga kollyma. . n im so happy that u comented. . hiyeh nukuran hanaaa mi story kiyaa kamakah. . 😀 miss u too dear. . BTW i lost ur contact. . if u r the hanaaa that im thinking. . 😉
gudu v salhi igey mi vaahaka kiyaa claahuga heyn fehtyma sir alhugadu school ah fonuvaaly any ways knirakun nxt part v v salhi igey
OMG Claahun beyru kuraavarah nuhehchey. . :-P. . hahaha Thanks Shaideshakko
V nice ingey…. Dhen knirakun next part kiya levey varu vaany??? Alhe v avas v kurahchey… v intresting……
Thanks Hadhee. . 😀 dhen mirey dhw. .
v salhi mi part vx….mi shaihaa haadha foni vegen ney dhw e ulheniy…dn v foohi eyna mma thui ….shoan n shaya avahah gulhuvaba GuDu..love this story…,dahakaathy…hate her sooosooosooosoo mch…
Thanks Thu. . Shaiha aai sean gulhuvumuge magumatheega miulheny. . 😀
GuDu ge first story esfiya in genes dhyba….e vaahaka v obi…Thu kiyaalaifin liyefa huri part thah…v differernt salhi story eh…hope 2 c dat sun….:)
OwK Thu. . In Sha Allah mi story nimigen e story fashaanan gennan. . I like that story too. . 🙂
🙁 I also lost your contact
Ekanthah thah rangalhu kohlyma v perfect vaane mi story. Nd Me liyaa vaahaka ehves innaane kiyahchey ingey gudu
Hana I’ll txt u in fb wit my num. . n mihaaru e mistake thah rangalhu koffa hunnaane. . and btw konthaaku hana ge vaahaka iny. . so i can read it. . 🙂
this part was awesome as others….gudu you are freaking out three big boys because of naughty franks done by two girls……..this is an entertaining story 😀
haha.. kihineh Ishaa ah enguny Ranaa ai Riyaa kameh eiy. . 😛 faharaku hama aslu fureytha eri kamah vx vedhaane ennu. . 😀
gudu vaane kommehen ves shown aa Shaayaa gulhuvan..Shown mom haadha raglhey..mihaaru nuthibeyne thihaa understanding moms thakeh.khaassa koh male vejjeiya a nimunee kanthah.raajjetherey kujjakaa angain buneliyan hunnaane kamaa kanthakaa..efadha mainnah bunelan othee ,oabi vaakah vaki kulaeh vaki dharaja eh nethey.thedhuveri saaf loaibakee kaivenneh dhemihurumuge aslu..anekka shaya kihaa gevehi kujjeh.thi male mudhinnakah neygeyne athun fain ekkameh ves kollaakah….gudu kommes haadhisaa akun ulhey shaya ah vaahaka dhakkuvan eyrah salhi vaani..aslu boys kujjaku liyefa oith story akaa balaafa v obiness..zoo heekuri furathama mee girl kujjehge story eh kamah..vaahaka gendhaa goith varah nice,,sifa kurunthah varah kamudhey.adhi vakin shawn aa shaayage notes idea v molhu..like it mo..vaahaka liyaa kujjeh veema mihaa dhigu koh commen mi kollevunee vess….alah comment mi kollee ves..have a good day n good luck..aneh bayah inthizaaru kuran..:)
Thanks Zoodaan Im so honored to have commented by u. . n i appreciate that. . n happy varah hama like v ma. . Thanks for the Feedback. . 🙂
kobaa gudu ge first story ,,,konthaakun eythi kiyan libeyni,,mi vaahaka komme dhuvahaku up vaathi emme kamudhanee..gudu keep uploading..:)
e story ah link eh innaane fb page ga. . http://www.facebook.com/llGuDuMeenall mi balany hama keep up kureveytho with 5 parts per week. . 🙂
agudu vareh ney hama…salhi salhi story eh …uma ah fennany gudu ge stories thah fothehge sifaiga neren..eyrun vara salhi waane… 😀
ehehe. . im flattered hama Uma ah thihaa bodah mi story kamudhiyaeema. . 🙂 dhen thikamaa vx thi jehunee visnanthaa dhw. . 😀
gudu vareh hama neh ingey. habeys vaahaka eh.
Thanks Xee. . hahaha. . So happy that u like it. . 🙂
udhuhunas is nt a luv stry dhw….. aehen viyyaa kiyaa hithehvex nuvaane. v molhu idea eh dhen thr??? . feyslaa is ol urs…..nuvaakamah hadhaafa ae ah boy eh ithuru kohlaa. eyrun salhi vaane……. dnt tayk it wrng. its jzt an idea.
Baby Doll. . Udhuhunas is a fictional story. . n it doesnt mean love involve nuvaaneye. . Some super powers r involved. . so some super luv have to be there dhw. . 😉 its gonna be an awesome story. . 😀
Gudu aky boy ehtha?noony girl ehtha? v. nice this part :(…
Thanks naam for the comment. . 🙂
kithanme varakah bunyas mi mees myhunnakah neyngeyne. gudu aky boy eh. he is 21 kanneynge. eynage wife dad thafaathu rasheh. hope u ol got it!ah kiyany meena. gudu aky eynage nick naym. n eyna ge aslu namaky ali gudurathulla. eynage mom n
Thanks dear. . u got most of it correct. . 🙂
swryy
thats wrong information
he is 23 years old
aslu ehn kudhin e ahanyy previous storyy thakuge comments rangalhah nukiyaa thyy
so sad
bunelaany gudu ge information gudu dhin
n u check the comments
n u’ll know
Thanks Naj. . n i have an appology to make. . I’ve said that im 23 in sm comments frm before. . Bt I’ll be 23 in May 1st. . so technically im 22 nw. .:)
i just love this part….. waiting for next part…..
Thanks Shue. . 🙂
GuDu ge first story eba in Mandhootimes ga…kiyaalaba…v different story eh…n v reethi …v molhu hiyaalu thakeh e vaahakaiga hury….GuDu ge stories hama habeys…
Ohw . . So Thu kiyaa ninmaalee dhw. . hahaha. . Thanks. . foe the feedback. . 🙂
miulhey shaihaa mi fani vahtan aisgen ulhey myheh dhw. huh v foohivey.. alhey gudu vashafaru kujjakah thihaa dhera eh dheykah nuvaanu. 🙁 v dhera vejje..
Haxu Happy eh nuveytha Vashafarui kujjeh Story egge Heroine akah leema. . BTW adhi shaya ah vaane gotheh neynge ennu. . 😉
ninmala hisabu kiyamun dhiyairu maee ge hiy vx dhiyaee baru barah thelhemn..hama yaqeen knme vx surprise eh libenkan eulheny….gudu,mi part ga genesfa in lavaige rageh neyngun.kn lavaeh tha ey? ….mifaharu lava ma dhigy ingey
eiy v.mashhooru vi yehnu Kuda Ibbe and theyravaa ge lava Album eh. . eyga innaane Dheyshey Naa vx I Think. . ey ga inna theyravaa kiyaafa in lavayeh. . eiy hindi lavayeh ge copy eh. . I think Hindi lavaiga ulheyny Ranbir kapoor. . heevany eiy ajab premki ghazab kahaa nee ge lavayeh hen. .
aaaachaaaaa…. love it