Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް ނުރޮއްވާ… (22)

Raina Level 110 Stories
April 30, 2014 7 Mins Read
10 Comments

ހިތުގައި ދުވެލި އުފާވެރި ރާޅުން ރިހާ ހިނގައިގަތީ ލީނާއާއި ދިމާލަށެވެ. ރިހާގެ ހީވުން އެއީ ހަޤީޤަތަށް ވޭތޯ ދުޢާ ކުރަމުންނެވެ. ރިހާ ލީނާއާއި އަރާ ހަމަކުރުމުން ލީނާ ބަލާލީ ނުރުހިފައެވެ. އަދި ބުންޏެވެ. “މިހާރު ކިހިނެއްވީ؟ އަނެއްކަ ކޯޗެކޭ ކިޔަން ތި އައީ؟” ރިހާ އެއީ މާބޮޑުކަމަކަށް ނުހަދަ ވަރަށް އުންމީދާއިއެކު ހިނތުންވަމުން ލީނާކުރެން އެހިއެވެ. “އަހަރެން އެނގޭތަ؟” ރިހާގެ އެސުވާލުން ލީނާ ފެށީ ހޭށޭވެ. ވަގުތަކީ ހަވީރު ވަގުތު ކަމުން މަގުމަތީގައި ފުދޭވަރަކަށް މީހުންވެސް ގިނައެވެ. މަގަށް ބަލާލަމުން ލީނާ ހެމުން ބުނެލިއެވެ. “އެނގެހޭ! މޮޔަވީތަ؟ ތީ…” އެހިސާބަށް ބުނެވުނު ތަނާ ލީނާގެ ހުނުން ހުއްޓި މީހާގަނޑުވި ކަހަލައެވެ. ލީނާގެ ނަޒަރު ހުއްޓިފައި ހުރީ ރިހާގެ ފަހަތުން އަންނަ އަންހެންކުއްޖާއަށެވެ. ރިހާއަށް އެކަން ދޭހަވުމުން ރިހާވެސް ފަސް އެނބުރި ބަލާލިއެވެ. ރިހާއަށް ވެސް ވީ ލީނާއަށް ވީ ވަރެވެ. ނަމަވެސް އުފަލުންގޮހެވެ. “ރިއާ!” ހައިރާން ކަމާއެކު އެ އަންހެންކުއްޖާއާއި ދިމާލަށް ބަލަން ހުރި ލީނާއަށް ބުނެވުނެވެ.

ރިއާ އަށް ވެސް އޭނާ އާއި ދިމާލަށް އެނބުރުނު ރިހާ ފެނުމާއިއެކު ވަގުތުން ހުރިތަނަށް ހުއްޓެވި ދެލޯ ބޮޑުވެގެން ދިޔައީ ފެންނަމުންދިޔަ މަންޒަރު ޤަބޫލު ނުކުރެވިގެނެވެ. އޭރު ލީނާ އެއްފަހަރު ރިހާ އަށް އަދި އަނެއް ފަހަރު ރިއާ އަށް ބަލަމުން ދިޔައެވެ. އެއީ ހަމަ އެއް ސޫރައެކެވެ. ބަލާބެލުމަށް ހީވަނީ ހަމަ ކޮޕީއެއްހެންނެވެ. ނަމަވެސް ރިހާ ލައިގެން ހުރި އަނގުބޮޑު ހެނދުމާއި މަދުނަމަވެސް ބޭނުންކޮށްފަ ހުރި ގަހަނާކޮޅުން ރިހާ އާއި ރިއާ އާއި ދެމެދު ހުރި ފަރަގު ބުނެދެއެވެ. ނަމަވެސް ކުރިމަތިން ފެންނަން ހުރި ރިއާ އާއި މެދު އެހެން ބުނެވޭކަށް ނެތެވެ. ރިއާ ލައިގެން ހުރީ ގަޔަށް ދޫ ރިއާގެ ސައިޒަށް ވުރެ ބޮޑު ބާ ވެފައިވާ ޓީޝާޓަކާއި ހަރުވާޅެކެވެ. ރިހާގެ އޮމާން ކޮށްލެވިފައިވާ އިސްތަށިގަނޑާއި ޚިލާފަށް ރިއާގެ ރާޅުބާނި އިސްތަށިގަނޑު ވަނީ އެއްވެސް ތަރުތީބެއް ނެތި ދޫކޮށްލާފައި ވުމުގެ ސަބަބުން ހޭވިފައެވެ.

              ރިހާ މަޑުމަޑުން ރިއާ އާއި ދިމާލަށް ހިނގައިގަތެވެ. ރިހާ ހުރީ ކަޅިޖަހާލަން ނޭނގިފައެވެ. މިއޮއްހާ ދުވަހު ކުރި އިންތިޒާރުގެ ނިމުން އައީ ކަމަށް އަދިވެސް ޤަބޫލް ނުކުރެވެއެވެ. ރިހާ ގޮސް ހުއްޓުނީ ރިއާ ކުރިމަތީ ދެމީހުން ޖެހެ ނުޖެހޭހާ ކައިރީގައެވެ. ރިހާ ފަރުވާތެރިކަމާއެކު ރިއާ އަށް ބަލާލިއެވެ. އަދި ދެލޮލަށް ޖަމާވެގެން ދިޔަ އުފާވެރިކަމުގެ ކަރުނަ ތަކާއި އެކު ކުއްލިއަކަށް ރިއާގެ ގައިގައި ބައްދާލިއެވެ. ރިހާގެ އެ އަމަލުން ރިއާ ދިޔައީ ސިހިގެންނެވެ. އެއީ ނުދަންނަ ބީރައްޓެއްސެއް ފަރާތުން ރިއާ އުންމީދު ކުރި ކަމެއް ނޫނެވެ. އަނެއްކޮޅުން އޭނާ ހުރީ ވާނުވާ ނެނގިފައެވެ. ކުއްލިއަކަށް އޭނާ އާއި ވައްތަރު އަންހެން ކުއްޖަކު ފެނި އެކުއްޖާ އެހެން ބައްދާލުމުންނެވެ. ހައިރާންވެ އަންތަރީސް ވެ، ވާނުވާ އެނގެން ބޭނުންވެފަ ހުރީ ހަމައެކަނި ރިއާ އެއް ނޫނެވެ. އެވަގުތު އެމަގުން ހިންމުން ދިޔަ އެންމެންހެން ތިބީ ރިހާ އާއި ރިއާ އާއި ދެމިހުން އެކީ އެގޮތަށް ފެނުމުން ހައިރާންވެ ބަސްހުއްޓިފައެވެ. ކުޑަ އިރުކޮޅަކު ރިއާ ގައިގައި ބައްދާލައިން ހުރުމަށް ފަހު ރިހަ ދުރުވީ މީހުންގެ ލޯތަށް އެދިމާލަށް އަމާޒުވެފައި ވުމަކުންނޫނެވެ. ނަމަވެސް ރިއާ އަށް އެ ވަނީ ކީއްކަން ނޭނގެނެތީއެވެ. އެހެންކަމުން އެކަންތައް އޮޅުންފިލުވައި ދޭންވެގެނެވެ. މަގުމަތީގައި ތިބި މީހުނަކަށް އޭނާގެ އެއްވެސް ފަރުވާލެއް ނެތެވެ.

              ދެ ލޯ ފުހެލާ މީހާ ހަމައަކަށް އަޅުވަމުން ރިހާ މަޑުމަޑުން ރިއާގެ އަތް ތިލަ ރިހަގެ އަތުގެ ތެރެއަށް ލައި ހިފާލަމުން ހިނިތުންވެލާ ކުރިމަތީ ހުރި ރިއާ އަށް ބަލާލިއެވެ. “ބިރުނުގަނޭ…” ރިހާއަށް ވާހަކަ ދައްކަން ފަށާނެ ގޮތެއް ނޭގުނެވެ. “އައިމް ރިހާ.. ޔުއާރ ސިސްޓާ!” ރިހާ އެބުނި އެއްޗެއް ރިއާ އަކަށް ނޭނގުނެވެ. އެކަން އޭނާގެ މޫނުމަތިންވެސް ދިޔައީ ފާޅުވަމުންނެވެ. އެހެނަސް އޮޅުންފިލުވަން އަހާލާކަށްވެސް ނުކުރުނެވެ. ނަމަވެސް ރިހާ ފަހަތުގައި ހުރި ލީނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔަތަން ރިއާއަށް ފެނުމުން ލީނާއަށް ބަލާލީ އެބުނީ ކީކެ ހޭ އަހާލާ ފަދަ ގޮތަކަށެވެ. ލީނާއަށް ރިއާގެ އެ އިޝާރާތް ނަގައިގަނެވުނެވެ. ރިއާ ދެކެ ކިތަންމެ ފޫހިވިއަސް ލީނާވެސް އިތުރަށް އޮޅުންފިލުވަން ބޭނުންވެފަ ހުރުމުން ރިއާ އަށް ބުނެދޭން ނިންމިއެވެ. އެހެނީ ބަލާބެލުމަށް ރިހާ އަކީ އާދައިގެ އަންހެން ކުއްޖެއް ނޫނެވެ. އެއަށްވުރެ ރިހާގެ ކިބައިން ހަރުދަނާ ކަމާއި ވަރުގަދަ ޝަޙްސިއްޔަތެއް ލީނާއަށް ފަހަގަވެގެންދިޔުމުންނެވެ. “އެއީ ރިއާގެ ދައްތަ އެކޭ އެ ބުނީ… ނަމަކީ ރިހާ” ރިއާ ގާތު ލީނާ އެހެން ބުނުމުން ރިހާ ލީނާއަށް ބަލަލީ ޝައްކެއްގެ މަތީ ހުރެއެވެ. ރިއާ އަށް އިނގިރޭސި ބަސް ނޭނގެނީ ހެއްޔެވެ؟ ލީނާގެ ހިތުގަ ހިނގާލި ސުވާލުގެ ޖަވާބު ދިނީ ލީނާއެވެ. “ރިއާ އަކަށް ދިވެހި ނޫން ބަހެއް ނޭނގޭ”

              “ވަޓް؟!” ރިހާ އަށް ލިބުނު ޝޮކްގައި ލީނާ ކުރެން އަހާލިއެވެ. އަދި އެވަގުތު ދެރަވެ އިސްޖަހާލި ރިއާ އާއި ދިމާލަށް ރިހާ ބަލާލީ ހަމްދަރްދީން ފުރިފައިވާ ނަޒަރަކުންނެވެ. އެއީ އޭނާގެ އެއްމާބަނޑު ކުއްޖަކަށް ވާއިރު، ނަސީރުގެ ދަރިއަކަށް ވާއިރު އެހާ ނިކަމެތި ދިރިއުޅުމެއް ރިއާ އުޅެމުންދާކަން އެންގުމުން ރިހާ ދެރަވިއެވެ. “ރިއާ… ޔަޤީން ކުރޭ. އަހަރެމެން ދެމީހުން މީ އެއްމާބަނޑު ދެބެން. އަހަރެން ބޭނުން ރިއާ އަހަރެންނާއި އެކު ގެންދަން. ދާނަން ދޯ؟” ރިއާ އަށް ރިހާ އެހާމަ ކުރަނީ ހަޤީޤަތްކަމުގެ ޔަޤީންކަން ދެމުން ރިހާ އެދޭ ގޮތްވެސް ހާމަކުރިއެވެ. އަދި އެކަމަށް ރިއާ ޤަބޫލުވޭތޯ ހިތުގެ އަޑިން ދުޢާވެސް ކުރިއެވެ. ރިހާގެ ފަހު ޖުމްލައިން ރިއާ އޭނާއާއި ދިމާލަށޤ ބަލާލީ ރުޅިވެރިކަމާއެކުއެވެ. އަދި ރިހަގެ އަތުގައިވި އޭނާގެ އަތްތިލަ ފޮޅުވާލަމުން ބުންޏެވެ. “ކީއްކުރަން ދާންވީ؟ ތީ އަހަރެންގެ ކޮންމެ މީހެއްވިއަސް، 20 އަހަރު ފަހުންތަ އެނގުނީ އަހަރެން އުޅޭކަންވެސް؟ މިއިން ދުވަހަކު ބަލާލިންތަ އުޅެންމުން އައި ހާލު؟ އަހަރެންގެ ބޭނުން ނެތިގެނެއް ނޫންތަ އެ އަނިޔާވެރި އަންހެނާގެ އަތް މައްޗަށް އަހަރެން ދޫކޮށްލީ؟ މިއަދު ވަކި ކީއްވެ؟” ރިއާ އޭނާގެ ހިތުގައިވި ޝަކުވާތައް ރިހާގެ ކުރިމަތީގައި ބަންޑުންކުރަމުން ގޮސް އެންމެ ފަހުން ގިސްލާ ރޯންފެށިއެވެ. އަދި ރިހާގެ ގައިގައި ބައްދާލަމުން ގިސްލަ ގިސްލާފަ ރޯންފެށިއެވެ. އެ ދެ މީހުންނަކީ އެއްމާބަނޑު ދެމީހުން ނޫން ކަން ރިއާ ޤަބޫލު ނުކުރަނީއެއް ނޫނެވެ. ނަމަވެސް ޢާއިލާއެއް އޮތްކަން އެނގުމާއި އެކު މިއޮތްހާ ދުވަހު އޭނާ އުޅެމުން އައި ނިކަމެތި ހާލަށް އުޅެން ދޫކޮށްލުމުން ހިތުގަ ޖެހުނީއެވެ.

              ރިއާ ގިސްލަން ފެށުމުން ރިހާގެ ލޮލުން އަނެއްކާވެސް ކަރުނަ ނީރާލިއެވެ. “ރިއާ، އަހަންނަށް އިތުބާރުކޮށްބަލަ…” ރިހާގެ ކޮނޑުގަ ބޯ އަޅައިން ގިސްލަން އޮތް ރިއާ ގާތު ރިހާ ބުނަމުން ދިޔައެވެ. “އަސްލުވެސް ކުރިން ނޭނގޭ ރިއާ އާއި ބެހޭ ގޮތުން އެކައްޗެއްވެސް. ތީ އުޅޭ މީހެއްކަންވެސް އެނގުނީ ކުޑަ ދުވަސްކޮޅެއް ކުރިން… އެނގުމާއެކީ އަހަރެން ރިއާ ހޯދަން މަސައްކަތް ކުރިން…” އޭރު ރިހާމެން ތިބީ އެދިމާ ތިރީގައި އިށީނދެގެންނެވެ. އޭރުވެސް ރިއާ ރޮނީއެވެ. ރިހާ، ރިއާގެ ބޯ އޭނާގެ ކޮނޑުމަތިން ނަނގާ ދެއަތުން ރިއާގެ ދެ ލޯ ފޮހެލަދީ، ދެއަތުން ރިއާގެ މޫނުގައި ހިފަހައްޓާލިއެވެ. އަދި ރިއާގެ ލޮލާއި ރިހާގެ ލޯ ސީދާ ކޮށްލަމުން ބުންޏެވެ. “މަންމަ އާއި ބައްޕަ ރިއާ ދޫކޮށްލީކީ ނޫނޭ. ރިއާ ތި ވިސްނަނީ މުޅިން ގޯސްކޮށް. އަހަރެންނަކަށް ނޭނގެ އެ އަންހެންމީހާ ރިއާ ގާތު ދެއްކީ ކޮން ވާހަކައެއް ކަމެއް… މަންމަމެން ރިއާ ހޯދަން ވަރަށް މަސައްކަތް ކުރި… އެކަމް ރިއާ ނުފެނުނު… މަންމަ ވެސް، ބައްޕަވެސް އަދިވެސް ރިއާ މަތިން ހަނދާންކޮށްފަ ރޮއެ ހިތާމަކުރާކަން އަހަރެންނަށް އެނގޭ… އަދިވެސް އެމީހުން އިންތިޒާރު ކުރަނީ ރިއާ އަށް. ރިއާ ފެނުމުން އެމީހުން ވަރަށް އުފާވާނެ” ރިހާ ހުއްޓަ ހުއްޓަމުން ވާހަކަ ދެއްކި އިރު ރިއާ އިނީ އެވާހަކަ ކަނުލާ އަޑުއަހާށެވެ. ރިހާ ގާތު “ހަމަ ތެދެއްހޭ” ރިއާ އަހާލީ ރިހާގެ ވާހަކަ ޤަބޫލު ކުރަން ރިއާ ބޭނުން ވާތީއެވެ. ރިހާ ކަރުނުން ފުރިފައިވީ ލޮލަކާއި އެކު ހިނިތުންވެލަމުން އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. “ޕްލީޒް، ރިހާ އެކީ ދާނަންތަ؟” ރިހާ އަނެއްކާވެސް ރިއާ ކުރެން އަހާލިއެވެ. ރިއާ މިފަހަރު އާއެކޭ ބުނެ ބޯ ޖަހާލިއެވެ. ރިއާ އެއްބަސް ވުމުން ރިހާ އުފަލުން ހިނިތުންވެލިއެވެ. އެވަގުތު ރިއާ އަށް މަގުމަތީގައި ބަލަން ތިބި މީހުން ފެނުމުން ވަގުތުން މޫނުމަތިން ސީރިއަސް ކުލަވަރު ފާޅުވެގެން ދިޔައީ އެހުރިހާ އިރު އެމީހުން ބަލަންތިބިކަން ހިތަށް އަރާފަ ގަތް ލަދުންނެވެ. އެމީހުންވެސް ތިބީ ކޮންމެވެސް ވަރަކަށް އަސަރު ކޮށްފައިކަން އެމީހުންގެ މޫނަށް ބަލާލުމުން އެނގެއެވެ.

              ރިހާ ހުރީ ރިއާ އެރަށުގަ އުޅެމުން އައި ގޭގެ ދޮރިމަތީގައެވެ. މީހަކަށް އިންތިޒާރު ކުރާކަހަލަ ގޮތަކަށެވެ. ރިހާ އިންތިޒާރު ކުރަމުން ދިޔައީ ހަނާ އަށެވެ. އެއީ އެ މީހަކު ހޯދުމަށް ރާޝިދާއި ރިހާ ހަވާލުކުރި މީހާއެވެ. މިދުނިޔެ މަތިން ރިހާ އެންމެ ނަފްރަތުކުރާ ފަރާތެވެ. މީގެ އަހަރުތަކެއް ކުރިން ރިހާގެ މައިންބަފައިން އަތުން ރިއާ ވަގަށް ނެގި މީހާއެވެ. ރިއާއަށް އެ ނިކަމެތި ހާލުގައި އުޅެން ޖެހުމުގެ އަސްލެވެ. މިވީ ކުޑަ އިރުކޮޅުތެރޭ ރިއާގެ ފަރާތުން އެނގުނު ގޮތުގައި ހަނާ އެއްވެސް ވަރަކަށް ރިއާއަށް އަޅާނުލައެވެ. އަބަދުވެސް ކޮންމެވެސް ކަމެއްގަ ބޭރުގައެވެ. އެހެން އުޅޭއިރު ގޭގަ ކުރާ ހުރިހާ ކަމެއް ކުރަން ޖެހެނީ ރިއާ އަށެވެ. ބަލިވެގެންވެސް ރިއާ އަށް ކަންތައް ނުކޮށެއް ނޯވެވެއެވެ. ރިއާ އެވަރުން އުޅޭ އިރުވެސް ހަނާ އަބަދު ރިއާއަށް އަނިޔާ ކުރަނީ އެއެއް މިއެއް ނުބަލައެވެ. އަނެއްކޮޅުން ރިއާއަށް ލާން ރީތި ހެދުމެއް ނުދޭއިރު ލާން ޖެހެނީ މީހުން ބާވެގެން އުކާލަން ބަހައްޓާ ހެދުންތަކެވެ. ކިޔަވަން ރިއާ ކިތަންމެ ބޭނުންކަމުގައިވިއަސް ރިއާ ސްކޫލަށް ފޮނުވަން ހަނާ ބޭނުން ނުވާތީ ރިއާ އަކީ ނުކިޔަވަ ހުރި ކުއްޖެކެވެ. ލީނާމެން ކަހަލަ ޒުވާން ކުދިން ރިއާ އަށް މަލާމާތްކޮށް ފުރައްސާރަ ކުރަނީ އެކަހަލަ ކަންކަމާ ހުރެއެވެ. ނަމަވެސް ދެން އެހެނެއް ނުވާނެއެވެ. ރިހާ އެހެން ވިއަކަ ނުދޭނެއެވެ. ރިއާ އަށް ކިޔަވައިދީ ރިއާ އަށް މަލާމާތްކުރަމުން އެދާ މީހުންގެ އަނގަތައް ބަންދުކުރުމަށް އެވަގުތު ރިހާ އަމިއްލަ ނަފްސަށް ވަޢުދުވިއެވެ.

              “ރިއާ!” ކުއްލިއަކަށް ރިހާގެ ފަހަތުން ޒީލަގަދަ އަންހެން އަޑެއް އިވުނެވެ. އެވާނީ ހަނާ ކަމަށް ރިހާ ޔަޤީން ކުރިއެވެ. “ކީއްވެފަ ތިތާ ތިހުންނަނީ؟ މަ ބުނީ ގޭތެރެ ކުނިހާ ފޮޅާ ސާފުކުރާށޭ، އެކަން ވިތަ މިތާ ދޮރު ފާރަ ވެރިއަކަށް ތިހުންނަނީ؟” އަނެއްކަވެސް ހަނާގެ ބާރު ޒީލަ އަޑެވެ. ރިހާ ހަނާ އާއި ދިމާލަށް ރިހާ އެނބުރިލިއެވެ. އޭރު އެ ތުންފަތުގައިވަނީ ލާނެއް ހިނިތުންވުމެކެވެ. “ތިބުނި ކަންތައް އަމިއްލައަށް ގޮސް ކުރަންވީނުން!” ރިހާގެ އަޑުގައިވީ ޖެއްސުމުގެ ގޮތެވެ. ރިހާ އެހެންބުނުމުން ހަނާ އަށް ހީވީ އޭނަގެ މޫނުމަތީގައި މީހަކު ބާރު އެތިފަހަރެއް ޖެހިހެނެވެ. އެހެނީ މިއިން ދުވަހަކު ރިއާ އޭނައަށް އެއްޗެއް ނުބުނާ ތާނގަ އިސްއުފުލާ ބަލާވެސް ނުލައެވެ. މިއަދު ކުއްލިއަކަށް އެހެން ވާހަކަ ދައްކަން ކެރެނެވީ ކީއްވެ ހެއްޔެވެ؟. އައި ރުޅީގައި ހަނާ އަތްމަޅާލައި ރިހާގެ ކަންކަށިމަތީ ޖަހަންއުޅުނެވެ. ނަމަވެސް ރިއާ އެއަށް ވުރެ ހުޝިޔާރެވެ. ހަނާގެ އަތުގައި ރިހާ ހިފި އިރު އެ ދެ ލޮލުން އަލިފާންކަނި ބުރާކަހަލައެވެ. ރިހާ ހުރީ އެހާވެސް ހަނާދެކެ ރުޅިއައިސްފައެވެ. މީހަކު މަރާލުން ހުއްދަ ކަމުގައި ވާނެނަމަ ރިހާ ހަނާ މަރާލަންވެސް ފަހަށް ނުޖެހުނީސް ކަންނޭގެއެވެ. އެހާވެސް ހަނާއަށް އޭނާ ނަފްރަތު ކުރެއެވެ. ރިހާ މާގިނައިރު އެހެން ހުންނަން ނުހަދަ ހަނާގެ އަތް އޭނާއާއި ދުރަށް ހޫރާލިއެވެ. އޭރު ހަނާ ހުރީޤަބޫލު ނުކުރެވިފައެވެ. އެއީ ހަމަ ރިއާ ހެއްޔެވެ؟ އޭނގެ ޖަވާބު ކުޑަ އިރުކޮޅެއްތެރޭ ހަނާއަށް ލިބުނީ ގޭތެރެއިން ކުޑަ ދަބަހެއް ހިފައިން ނުކުތް ރިއާ ފެނުމުންނެވެ.

              ރިއާ އިން ނަޒަރު ވަކިކޮށްލާ ރިހާއަށް ނަޒަރު ހުއްޓާލި ހަނާ ހިންދިރުވާލީ ބިރެއްފެނުނުހެންނެވެ. އޭރު އޭނާގެ މޫނުމަތީގައި ދާ ތިކިތައް ވިދަ ވިދަ ހުއްޓެވެ. އެއްމިޔަކަނުން ހީލަތްތެރިގޮތަކަށް ހިނތުންވެލައިން ހުރި ރިހާ ފެނި ހަނާ ފިނިވީއެވެ. އޭނަ ބޭޒާރު ވެއްޖެކަން އެނގުމުން ހަނާ ބެލީ އެތަނުން އަވަހަށް ފިލަން ދުވެވޭތޯއެވެ. ރިހާ ހުރި ގޮތުން ކޮންމެފަދަ ކަމެއްވެސް ރިހާ އަތު ޖެހިއްޖެޔާ ހަދާފާނެ ކަމުގެ އިންޒާރު ހަނާގެ ސިކުނޑިން ހަނާއަށް ދިނުމާވެސް އެކުއެވެ. ރިހާ ނުކުރިއްޔާ ނަސީރު އޭނަ ސަލާމަތްވިޔަކަ ނުދޭނެއެވެ. އޭނަ ވަނީ މިއޮއްހާ ދުވަހު ނަސީރުމެންގެ ދަރިފުޅު ނަސީރުމެނާއި ދުރުގަ ބަހައްޓާފައެވެ. ނަމަވެސް ހަނާގެ ނަސީބު ދެރައީއެވެ. ކުރިއްސުރެ ރިހާ ފުލުހުންނަށް ގުޅާ މައްސަލަ ރިޕޯޓް ކޮށްފަ އޮތުމުން ހަނާ ފިލަން ދާން އުޅުނު ވަގުތުވީ ފުލުހުންވެސް އައި ވަގުތަށެވެ. ހަނާ ހައްޔަރު ކުރެވުނެވެ. މިހާ ދުވަސް ވީ އިރު ރިއާ ފޮރުވައިގެން ގެންގުޅެވުމުން ހަނާ މިހެން ވެދާނެ ކަމަށް އެއްވެސް ގޮތަކަށް ހީކޮށްފައެއް ނެތެވެ. ހަނާ ހީކުރީ އުމުރު ދުވަހު ރިއާ އޭނާގެ އަޅެއްހެން ގެންގުޅެވޭނެކަމަށެވެ.

              ލޯންޗުގައި ރިހާ އާއި ރިއާ ކުޅުދުއްފުއްޓަށް ދަތުރުކުރަމުން ދިޔައިރު ރިހާ އިނީ ހިތްހަމަޖެހިފަކަން ބަލާލި ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. ލޯންޗުގަ ތިބި ދެ ފަޅުވެރިންވެސް ފުރަތަމަ ރިހާ އާއި އެކު ރިއާ ފެނުމުން ތިބީ ހައިރާންވެފައެވެ. ރިހާގެ ނަޒަރު ހުއްޓިފައިވީ ބާރު ސްޕީޑްގައި ދަތުރު ކުރަމުން ދިޔަ ލޯންޗުގައި އޮއްސެމުން ދިޔަ އިރަށް ބަލަން އިން ރިއާއަށެވެ. މިހާރު ރިއާ ލައިގެންވެސް އިނީ ކުރިން ލައިފަ ހުރި ބާ އެއްޗެއްސެއް ނޫނެވެ. ރިއާ ލައިގެން އިނީ ދަތުރަށް ފުރަން ގެއިން ނުކުންނަމުން އެންމެ ފަހުވަގުތު މާހީ އައިސް ފޮށްޓަށް ލާން ހަނދާންނެތުނީ އޭކިޔާފަ ލީ މާހީގެ ހެދުމެކެވެ. ރިއާ އެ ބާ ހެދުން ލައިގެން ހުންނަން ރިހާ ހިތްހަމަނުޖެހުނީއެވެ. ރިހާގެ ނަޒަރުގަ އެހެދުން ރިއާ އާއި ވަރަށް ގުޅެއެވެ.

              ރަށަށް އަންނަން ފުރަމުން ރިހާ ނަސީރަށް ގުޅާފަ ގޭގެ އޭނަ ރަށަށް ގޮސް ޢާއިލާގެ ހުރިހާ އެންމެންނާ ވަގުތުން ބައްދަލު ކުރަން ބޭނުންކަމަށާއި ގޭގައި އެންމެން ރިހާއަށް އިންތިޒާރު ކުރުމަށް ބުނުމުން ނަސީރު އިނީ ރިހާ އެކޮޅުން ފުރީއްސުރެ ގޭގެ ސިޓިން ރޫމްގައި ހުރިހާ އެންމެން އެއްކޮށްގެނެވެ. ރިހާ ގާތު ނަސީރު މާ މުހިއްމު ކަމެއް ކަމަށްވަންޔާ ރިހާ ބަލައިވެސް ދެވިދާނެކަމަށް ބުނުމުން ރިހާ ބުނީ އެއްވެސް މީހަކު އަންނާނެ ކަމެއް ނެތްކަމަށެވެ. ހަމައެކަނި ރިހާ ލަފަން ވާއިރަށް ކާރު ބަނދަރަށް ފޮނުވާލަދިނުމުން ވީ ކަމުގަ ރިހާ ބުނެލިއެވެ. އެހެންކަމުން އެކި ކަހަލަ ވާހަކައިގަ އެންމެން ރިހާއަށް އިންތިޒާރުކުރަމުން ދިޔައިރު އެމީހުން ދިޔައީ ސަޔަށްވެސް އިންސާފު ކުރަމުންނެވެ. އަޔާންމެން ތިބީ އެތަނުގަ މަޑު ކުރަން ޖެހުމުން ފާޑަކަށް ހިތްހަމަނުޖެހިފައެވެ. ނަމަވެސް ނަސީރު ބުނުމުން މަޑުނުކޮށް ނުވީއެވެ. “މިހާރު ވިސްނާ ވިސްނާ ވަރުބަލިވެއްޖެ… އަދިވެސް ރިހާ ކުރަން އެއުޅޭ ކަމެއް ނޭނގުނު. އެހިއަސް ބުނަނީ ކީ ނޫން. މަށަށްވާ މިހިރީ ދަރިއެއް ލިބިފަ. ބައެއް ފަހަރު އުޅޭގޮތުން ހަމަ އަހަރެން ހައިރާންކޮށްލާ.” ޒުބޭރާއި ދިމާލަށް ނަސީރު އެހެން ބުނެލީ ސަމަސާއެއް ގޮތަށެވެ. “އެކަމު މިއަދު އަޑުން އެނގޭ ވަރަށް އުފާވެފަކަން ހުރީ. މިއިން ދުވަހަކު ނުވާހާ އުފާ.” ނަސީރު ހުރީ އޭނާގެ ދަރިފުޅު އެހާ އުފާ ވާންވީ ކީއްވެތޯ ބަލާލާ ހިތުން ކެތްމަދުވެފައެވެ. “ޑޭޑް!މޮމް!” ނަސީރުމެންގެ އިންތިޒާރަށް ނިމުމެއް ގެނުވީ ގެއަށް އައިސް ވަން ރިހާގެ އަޑެވެ.

              ރިހާގެ އަޑަށް ސިޓިން ރޫމްގެ ދޮރާއި ދިމާލަށް އެންމެންހެން ބަލާލިއެވެ. އޭރު ރިހާ އައިސް ވަންނަނީއެވެ. ރިހާގެ ފަހަތުން މީހަކު އަންނަހެން ހީވުމުން އެންމެންގެ ނަޒަރު އެދިމާއަށް ދަތުރު ކުރިއެވެ. ނަމަވެސް ވަކި ހިސާބަކުން އެމީހަކު ހުއްޓުމުން އެހިސާބަށް ވެރިވެފައިވާ އަނދިރިކަމުގެ ތެރެއިން މޫނުއެނގޭ ވަރެއް ނުވިއެވެ. އެނގެނީ އަންހެން ކުއްޖެއް ކަމެވެ. ފަހަތުން އައި ރިއާ ހުއްޓުނުކަން އެނގުމުން ރިހާ އަނބުރާލާފަ ރިއާ ގާތަށް ގޮސް ހުއްޓުނެވެ. ރިއާ ބުނީ ޖެހިލުންވަނީ ކަމުގައެވެ. ރިހާ ހާސް ނުވުމަށް ބުނެ ރިއާ އަތުގަ ހިފައިން އެތެރެއަށް ހިނގައިގަތެވެ. ނަސީމާ ތުނބުގަ ޖައްސަން ނެގި ސައިތަށި އަތުން ދޫވެގެން ވެއްޓުނީ ރިހާ އަތުގަ ހިފައިން އައި ރިއާ ފެނިއެވެ. ފެންކަޅިވެފައިވާ ދެލޮލާއި އެކު އިންތަނުން ތެދުވެވުނު އިރުވެސް ނޭނގުނެވެ.

===(ނުނިމޭ)===

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Tags:

ހިތާމަ، ލޯބި

Share Article

Follow Me Written By

Raina

Level 110 Stories

Other Articles

Previous

ދީވާނާ ލޯބިން ވެއްޖޭ. . [10]

Next

ކައިއާ….04

Next
May 1, 2014

ކައިއާ….04

Previews
April 30, 2014

ދީވާނާ ލޯބިން ވެއްޖޭ. . [10]

10 Comments!

  1. ishaa says:
    April 30, 2014 at 9:54 pm

    Thankx avahah up kohdhoneema..this part is also nice..please upload the next part soon

  2. shai says:
    April 30, 2014 at 10:26 pm

    thanks v nice

  3. aju says:
    May 1, 2014 at 1:58 am

    Superb,keep itup

  4. Annu says:
    May 1, 2014 at 7:43 am

    Varah Salhi

  5. Athy says:
    May 1, 2014 at 2:30 pm

    Varah salhi.avahah up kohdhehchey.plx plx plx

  6. aisha says:
    May 1, 2014 at 11:55 pm

    V v v v loabi v sali obi story eh plz update soon

  7. nash reen says:
    May 3, 2014 at 4:23 pm

    please update soon i cnt wait any more 🙁

  8. reesh .. says:
    June 7, 2014 at 7:39 pm

    Fenvaru v v habeyss

  9. smiley girl says:
    October 4, 2014 at 1:21 pm

    habeyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssss saaaaaaaaaaaaaaaaaaaaaaaaaabaheyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyy loveeeeeeeeeeeeeeeeeee ittttttttttttt likeeeeeeeeeee tonssssssssssssssssssssssssssssssssssssssssss

  10. smiley girl says:
    October 4, 2014 at 1:22 pm

    sorry maa dhiguvydho ekam hama excite vii varun kurevunu kame vaahaka vara ves intersting adh v loabi

Comments are closed.

Next Episodeހިތް ނުރޮއްވާ… (23)←


All Right Reserved!