Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކައިއާ….03

riya Level 3100 Comments10 Stories
April 29, 2014 2 Mins Read
11 Comments

“ޔާނު ބަލާބަލަ އެހެރަކަމެއް….” ނަވީން ބުނެލިއެވެ. އެވަގުތު އެންމެންގެ ނަޒަރު ދޮރުން ވަދެގެންއައި ކައިއާއަށް ހުއްޓިއްޖެއެވެ. ޔާނިސްއަށް ކައިއާ ފެނުމާއެކު އޭނާގެ ރީތިކަމަށް ހިތާއިހިތުން ތައުރީފުކުރިއެވެ. ކައިއާއަށް ލިބިފައިވަނީ ދިގު އިސްކޮޅާއި ފަށުވި ކޮޅެއްފަދަ ފަން އިސްތަށިގަނޑާއި ތުނިތުނި، އަންހެންވަންތަ ހަށިގަނޑެކެވެ. ދިގުދިގު އެސްފިޔަތަކާއި ފުން ދެލޮލެވެ. ޒުވާނުންގެ ހިތްތައް އޭނާގެ މައްޗަށް ލަންބުވާލާ ފަރިފަރި ހިނިތުންވުމެކެވެ.

“ޔާނުއަށް ވަރެއްވެއްޖެދޯ؟ ހެހެހެހެ….” ޔާނިސްއަށް ކައިއާ ދިޔައިރުވެސް ނޭނގުމުން ރާއިން ބުނެލިއެވެ. އެވަގުތު އެންމެންގެ ހުނުމުގެއަޑާއި ޔާނިސްއާއި ދިމާކުރުމުގެ ބަސްތަކުން އަޑުގަދަވެގެންދިޔައެވެ.

“ނޮޓް މައި ޓައިޕް…” ކައިއާ ފެނުނު ހިނދު އޭނާއަށް ގޮތްތަކެއް ވެއްޖެކަމަށް އެއްބަސްވާކަށް ބޭނުމެއްނުވިއެވެ.

“އެހެން ނޫނަސް ޔާނުއަށް ނުވެސްވާނެ އެކަމެއް…” ލޫތު ބުނެލިއެވެ.

“އަދި މިވީހާ ތަނަށް ބޯއީ އަކާއެކު ނުވެސްފެނޭ…. ޔާނު ޔޫ ކޭން ޓްރައި…” ރާއިން ބުނެލިއެވެ.

“މަށަކަށް ނޫންތާ ބޮޑުވަރުމިވީކީ…. އޭނަގެ ހުރިހާ ކަމެއް ރެއިން ވިއްޔަ ތިބަލަނީ… ހެހެހެހެ” ޔާނިސް ރާއިން ކޮނޑަށް އަތްވައްޓާލިއެވެ.

“އަސްލުވެސް ރަނގަޅަށް ތިބުނީ އައި ޓްރައިޑް…. ވެން އައި ވޯސް އިން މާލެ” ރާއިން އެކަމަށް އެއްބަސްވުމުން ރާއިންގެ ފިނޑިކަމަށް އެންމެން މަލާމާތްކުރިއެވެ. އެކަން ކާމިޔާބު ނުކުރެވުމުންނެވެ.

“ރެއިންއަށް ނުވިކަމެއް އެހެން މީހަކަށްވުމަކީ ވަރަށް ނުވާނެ ކަމެއް…. ދިމާކޮށްފި ކަމެއް ކާމިޔާބުކޮށްފައި ނޫނީ ހުއްޓާނުލާ” ނަވީން ބުނެލިއެވެ.

“ދެން ތިޖެހުނީ ތިކަމާ ކުރިމަތިލާންތާ… ރެއިންއަށްވުރެ ކާމިޔާބު މީހަކަށްވާން…. ލެޓްސް ސީ” ޔާނިސް ހިތުގައި ކައިއާ ހާސިލްކުރުމުގެ ހިޔާލުތައް ހިނގައިގަތެވެ. ރަހްމަތްތެރިންގެ ކުރިމަތީގައި ބަލިގަބޫލްކުރާކަށް އޭނާ ބޭނުމެއްނޫނެވެ.

ދެހަފްތާ ވޭތުވެގެން ދިޔައިރުވެސް ކައިއާގެ ސަމާލުކަން ޔާނިސްއަށް ހޯދުނު ކަމަކަށްނުވިއެވެ.

“ޔާނުއަކަށް ނުވިއެއްނު ތިކަމެއް….” ރާއިން ބުނެލިއެވެ.

“އަދި ދުވަސްކޮޅަކު މަޑުކޮށްބަލަ….. ޔުނިވާރސިޓީގެ އަހަރީ ދުވަސް އަންނަން އަދި ފަސްމަހެއްހާ ދުވަސް އެބައޮތެއްނު… އެހާއިރަށް ނުވިއްޔާ ޔާނުއަށް ނުވީކަމަށްބަލަމާ” ނަވީން އޭނާއަށް ފެންނަގޮތް ހާމަކުރިއެވެ. ނުހަނު ފަސޭހައިން އެކަންއެންމެންވެސް ގަބޫލުކުރިއެވެ.

އެދުވަހުގެ ގަޑިތައް ނިމުނުއިރު ކައިއާ ލޮލަށްވެސްނުފެނުނެވެ. އެހެންކަމުން ޖެހިގެން އައި ދުވަހު ޔާނިސް ކްލާސްތަކަށްވެސް ނުގޮސް ކައިއާއަށް ފާރަލުމާއިގެން އުޅުނެވެ. ކްލާސްތައް އޮންނަ ގަޑިތަކާއި ދާތަންތަނަށްދާންދެން އެދުވަހު ހޯދިއެވެ.

ޖެހިގެންއައި ދުވަހު ޔާނިސްގެ ފަހު ގަޑި ނިމުމާއެކު އަވަސްވެގަތީ ލައިބްރަރީ އަށްދިއުމަށެވެ. ލައިބްރަރީ ކައިރިއަށް ދެވުނުއިރު ކައިއާއާއި އިތުރު ދެކުއްޖަކު ލައިބްރަރީއިން ނިކުމެގެންއާދެއެވެ. އަތުގައި އޮތް ފޮތަށް ބަލަމުންއައި ކައިއާގެ ގައިގާ ޔާނިސް ގަސްތުގައި ޖެހިގަތެވެ. ވެއްޓެއްދިޔަ ކައިއާގެ އަތުގައި ޔާނިސްއަށް ހިފުނީ ކިރިއާއެވެ.

“ބީ ކެއަރފުލް ގާލް” ކައިއާގެ އަތުން ދޫކޮށްލަމުން ޔާނިސް ބުނެލިއެވެ.

“ތެންކްސް އެލޮޓް…” އެބަސްތައް ޔާނިސްގެ ކަންފަތާއި ހަމައަށް ފޯރީ މަޑުމަޑު މިޔުޒިކެއް ފަދައިންނެވެ.

އެދުވަހުގެ ފަހުން ޔާނިސް ފެންނަ ކޮންމެ ވަގުތަކު ކައިއާ ޔާނިސްއަށް ހިނިތުންވެލައެވެ. ބައެއް ފަހަރަށް މަދުމަދުން ވާހަކަވެސް އެދެމެދުގައި ދެކެވެއެވެ. ކައިއާއާއި ޔާނިސްގެ ދެމެދުގައިވި ގުޅުން އިތުރަށް ބަދަހިކުރުމަށް ކައިއާއެކުގައި ލައިބްރަރީގައިވެސް ޔާނިސް ވަގުތުހޭދަކުރަންފެށިއެވެ. ކިޔެވުމުގައި ޔާނިސްގެ ފަރާތުން ލިބެމުންދިޔަ އެހީތެރިކަމުގެ ސަބަބުން ޔުނިވަރސިޓީންއިން ބޭރުގައިވެސް ބައްދަލުކުރަންފެށުނެވެ. ކައިއާއަށްހަދަންޖެހޭ އެސައިންމަންޓްތައް ޔާނިސް ނިންމައި ދިނުންފަދަ ކަންކަމުގައި ކައިއާއަށް އެހީތެރިވެދޭން ފެށުމުން އޭނާ ދިރިއުޅޭ އެޕާޓްމަންޓަށް ދިއުމަށް ކައިއާގެ ފަރާތުން ދައުވަތުވެސް ލިބެމުންދިޔައެވެ.

ޔާނިސްގެ ރީތި ސިފައާއި ސަކަމިޒާޖުގެ ސަބަބުން ކައިއާ ޔާނިސްއަށް ލެބެމުންދިޔައީ ހީވެސްނުކުރާހާ އަވަހަށެވެ. ރޭގަނޑުގެ ވަގުތެވެ. ކައިއާއާއި ޔާނިސްތިބީ ކައިއާ ދިރިއުޅޭ އެޕާޓްމަންޓްގައެވެ. ކައިއާއަށް ނޭނގޭ އެއްޗެއް އޮޅުންފިލުވައި ދިނުމަށް ކައިއާގެ އެދުމަށް އެރޭ އެތަނަށް އައީއެވެ. ދެމީހުން އެކަނިވީ ހުދާ ބޭރަށް ދިއުމުންނެވެ. އެކަނި ދެމީހުން ތިބެންވެސް ކައިއާއަށް ބޮޑުކަމަކަށްނުވީ ޔާނިސްއަކީ އަހްލާގު ރަނގަޅު ޒުވާނެއްކަމަށް ގަބޫލުކުރެވޭތީއެވެ. ޔާނިސްއަށް ކުރެވޭ އިތުބާރެއްގެވެސް ބޮޑުކަމުންނެވެ.

ކަރަންޓް ދިޔައީ އެމީހުން ކިޔެވުމުގައި މަސްއޫލުވެ އުޅެނިކޮށްނެވެ. އެޕާޓްމަންޓްގެ ތެރެއަށް ވެރިވެގެންދިޔަ އަނދިރިކަމާއެކު އިވުނީ ކައިއާގެ ހާސްކަންއެކުލެވިފައިވާ އަޑެވެ. އަނދިރިކަންދެކެ ކައިއާ ބިރުގަންނަވަރު ޔާނިސްއަށް އެވަގުތު އެނގިގެންދިޔައެވެ.

ކައިއާ ޑޯން ބީ ސްކޭޑް…. އައި އޭމް ވިތް ޔޫ…. ކެންޑްލްސް ހުންނާނެތަ؟” ޔާނިސް ބޭނުންވީ ކައިއާ ގަނެފައިވާ ބިރު ފިލުވާލުމަށެވެ.

“ކާމްޑައުން” ޔާނިސްގެ އަތުގައި ކައިއާ ހިފައިގެންހުރިލެއް ބާރުކަމުން ޔާނިސް ބުނެލިއެވެ.

“ނުހުންނާނެ” ކައިއާގެ އަޑުގައި މަޑުތުރުތުރެއް އުފެދިފައިވެއެވެ.

“ހިނގާ ބޭރަށް ނިކުންނަށްދޯ؟ އޭރުން އޯކޭވެދާނެ…” ކައިއާގެ އަތް އޭނާގެ އަތާއި ވަކިކޮށްލަމުން މޭޒުމަތީގައި ބޭއްވި ފޯންހޯދުމަށް މޭޒުމަތީގައި އަތްކާތަމުން ޔާނިސްދިއެވެ. ފޯނު ނެގުމާއެކު ފޯނުން އަލިކުރަމުން ބެލްކަންޏަށް ނިކުންނަން ކައިއާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.

“އާރު އޯކޭ” ކައިއާގެ މޫނަށް އަލިކޮށްލަމުން ޔާނިސްއަހާލިއެވެ. ފޯނުން އެޅިގެންދިޔަ ފަނޑުއަލީގައި ކައިއާގެ ރީތިކަން އެތައް ގުނައަކަށް އިތުރުވެފައިވެއެވެ. ތުރުތުރު ލަމުންދިޔަ ކައިއާގެ ތުންފަތް ފެނުނު ހިނދު އަމިއްލަ ނަފްސުގެ މައްޗަށް އޮންނަ އިތުބާރު ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރުހީވިއެވެ. ކައިއާގެ ކޯތާފަތުގައި ޔާނިސްގެ އިނގިލިތައް ބީހިލުމާއެކު ކައިއާއަށް ލޯމަރާލެވުނެވެ. އަދި ޔާނިސްގެ ޓީޝާޓުގައި ކައިއާއަށް ހިފާލެވުނެވެ. ޔާނިސް ކައިއާގެ ތުންފަތުގައި ބޮސްދިނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

riya

Level 3100 Comments10 Stories

Other Articles

Previous

ދީވާނާ ލޯބިން ވެއްޖޭ. . [9]

Next

އޯގާވީ ހިތަކުން…21

Next
April 30, 2014

އޯގާވީ ހިތަކުން…21

Previews
April 29, 2014

ދީވާނާ ލޯބިން ވެއްޖޭ. . [9]

11 Comments!

  1. sue says:
    April 29, 2014 at 8:04 pm

    ??? haadha kureyyy

    1. riya says:
      April 29, 2014 at 10:44 pm

      Dhigukoh gennan try kuraanan ingey sue…. thanxs sue

  2. riya says:
    April 29, 2014 at 8:13 pm

    Hey guys, if there is any mistakes let me know…. hope u all will enjoy reading this part… let me know ur views

    1. GuDuMeena says:
      April 29, 2014 at 10:01 pm

      GuDu bunaany adhi dhaaleh varah reehchey. . i like it. . 🙂 dhen ehaa avas avahah gennanyaa kuruviyakas i dnt mind. . bt avahah genesdheyn vaane ingey. .

    2. riya says:
      April 29, 2014 at 10:38 pm

      Thanxs gudu… i will try my best to upload new part everyday

  3. hadhee says:
    April 29, 2014 at 10:24 pm

    V salhi… Elm thankolheh kury

    1. riya says:
      April 29, 2014 at 10:48 pm

      Dhigukoh gennan try kuraanan ingey hadhee…thsnxs hadhre

  4. Thu says:
    April 30, 2014 at 11:41 am

    v reethi vaahaka eh…riya knme dhuvahaku genes dheyn dhw….ehn v ma kuras k vaane….

  5. Appy says:
    April 30, 2014 at 2:14 pm

    vvvvvv salhi,,,,,,,but than kolhey kury ……….GuDu hadaa hen avas avaha geh nanyaa adhi vvv salhi vaane

  6. aju says:
    April 30, 2014 at 2:28 pm

    Nice , ekamu kureege part thaka comment kuri bae kudhin buni ehen vaahaka akaai vatharey , aju ah ves v boda ehen heevey , riya , dhen huri part tha thafaathu kollachey , adhi mihaaruge vaahakathakun v ginain fenna thankolhe ” b careful , girl ” mithankolhakee , maa ginain ekkahala dialogues tha hurumakee boring vaane kame .ragalhu vaane kama ummeedhu kuran.

  7. shif says:
    April 30, 2014 at 3:53 pm

    v salhi ,,

Comments are closed.

Next Episodeކައިއާ….04←


All Right Reserved!