Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކައިއާ….02

riya Level 3100 Comments10 Stories
April 28, 2014 3 Mins Read
6 Comments

“ދެއަރ ޝީ އިޒް… އަހަރެންގެ ފްޓޯގްރަފާ” އެނބުރި އެތަނުން ދިއުމަށް ހިނގައިގަތް ކައިއާއަށް އެތަނުގައި މަޑުކުރަން މަޖުބޫރުވީ ޔާނާގެ އަޑުންނެވެ. ޔާނިސްގެ އަތުގައި ހިފައިގެންހުރި ޔާނާ ފެނުމާއެކު ކައިއާކުރިއަށް ލަމުން އައި ނޭވާތައްވެސް ހީވީ ތާށިވީހެންނެވެ. މޭގައި ދެފަހަރު އަތުން ފިރުމާލަމުން ޔާނާއާއި ދިމާއަށް އެނބުރިލިއެވެ.

“ކޮންކަހަލަ ފޮޓޯއެއްތޯ ޝޫޓް ކުރަން ބޭނުންވަނީ؟” ކައިއާގެ އަޑުގައިވަނީ މަޑުތުރުތުރެއް އުފެދިފައެވެ. އެހެން މީހަކަށް އެކަމެއްފާހަގަކުރެވުނު ހެނެއް ހިޔެއްނުވެއެވެ.

“އަލަށް ހުޅުވާ އައިނު ފިހާރައިގެ އިސްތިހާރު ޖެހުމަށް؟ މިކޮޅުން އިސްތިހާރު ކުރުމަށް ވީޑިއޯ ކްލިޕްވެސް ތައްޔާރު ކުރެވޭނެ ވާހަކަވެސް ނަވާލް ވަނީ ބުނެފައި” ޔާނާ ބުނެލިއެވެ

“އެކަމަކު މިއަދުހަމައެކަނިނަގާނީ ފޮޓޯ” ޔާނާ އިތުރަށް އޮޅުންފިލުވައިދިނެވެ.

“ޔާނީ ….. އެނީތިން ރޯންގ؟” ޔާނިޝް މާ މަޑުމަޑުން ހުރުމުން ޔާނީ އަހާލިއެވެ.

“ނަތިން” ޔާނިޝްގެ ޖަވާބުކުރެވެއެވެ. އޭނާގެނަޒަރު އަދިވެސް ހުއްޓިފައިވަނީ ކައިއާއަށެވެ. އެކަމުގެ ސަބަބުން ކައިއާ އިތުރަށް ނުތަނަވަސްވަމުންދިޔައެވެ.

“މިއަދުގެ ފޮޓޯ ޝޫޓްވާނެ ވަރަށްރަނގަޅުވާން….. ޔާނީ ހެލްޕްވެދޭނަންދޯ؟ އައި ނޯ ޔޫ އާރ ދަ ބެސްޓް” ޔާނާ އެހެން ބުނިއިރު ނަވާލްވެސް އެތަނަށް އަތުވެއްޖެއެވެ. ނަވާލްއައީ ކަންތައްތައް ކުރިއަށްދާގޮތްބަލާލުމަށެވެ. ކައިއާއަށް އޭނާ ކިތަންމެ އިތުބާރު ކުރިއަސް ދަށުން މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތް ކުރިއަށްދާގޮތް ބެލުމަކީ އަބަދުވެސް ނަވާލްގެ އާދައެކެވެ.

ފޮޓޯ ޝޫޓް ނިމުނުގޮތަށް ޔާނާ ދިޔައީ މުހިއްމު ކޯލެއްއައިސްގެންނެވެ. ދަމުން ދިޔައީ ޔާނިސް ގާތު ފޮޓޯތައް ބަލާލުމަށްފަހު ރަނގަޅު ފޮޓޯތައް މަންމައަށް މެއިލް ކުރުމަށްބުނެފައެވެ. ޔާނިސްއަށް ހިނިތުންވެލެވުނީ އޭނާ ބޭނުންވެފައި ހުރި ފަދަ ފުރުސަތެއް އެހާ އަވަހަށް ލިބުމުންނެވެ.

ކައިއާ ކޮމްޕިއުޓަރުގެ ދޮށުގައި ހަމަޖެހިނުލެވިގެން އުޅެނިކޮށް ކައިއާއާއި ކުރިމަތިވާގޮތަށް މޭޒުކައިރީގައި ހުރި ގޮނޑީގައި ޔާނިސް އިށީދެއްޖެއެވެ. ޔާނިސް އެހާގާތުގައި ވުމުން ބުނެދޭންނޭނގޭ ގޮތްތަކެއް ކައިއާއަށް ވެގެންދިޔައެވެ. އަތުގައި އުފެދުނު މަޑުތުރުތުރާއެކު ކުރަމުންގެންދިޔަ މަސައްކަތްވެސް ކުރިއަށް ގެންދިޔުމަށްވީދަތިކަމަކަށެވެ. މޮނީޓަރ ޔާނިސްއާއިވީ ފަރާތަށް އަނބުރާލަމުން ބޭނުންވާ ފޮޓޯތައް ސެލެކްޓް ކުރުމަށް ކައިއާ ބުނެލިއެވެ. އަދި އެތަނުން ތެދުވެގެން ދާން އެޅި ފިޔަވަޅާއެކު ހުއްޓެންމަޖުބޫރުވީ އޭނާގެ އަތުގައި ޔާނިސް ހިފެހެއްޓުމުންނެވެ.

ކައިއާ ޔާނިސް އާއި ދިމާއަށް އެނބުރިލީ ހިނދު ޔާނިސްއަށް ފެނިގެންދިޔައީ މީގެ ފަސްއަހަރު ކުރީގެ ކައިއާއެވެ. އަދިވެސް އެރީތިކަމާއި ހަންގަނޑުގެ އޮމާންކަމާއި، އަންހެންވަންތަ ރީތި ވަނާތަކެވެ. ގަޔަށްދޫ ކަޅުކުލައިގެ ކުރުތާއާއި ޖިންސުގައި ހުރިއިރު އެރީތިކަންއިތުރުވެފައިވެއެވެ. ޔާނިސް ކަޅިވެސްޖަހައި ނުލައި ބަލަން ފެށުމުން ކައިއާ އަވަސް އަވަހަށް އިސްޖަހާލި އެވެ. އަދި ޔާނިސްގެ އަތުތެރޭގައިވާ އޭނާގެ އަތް ދަމާގަތުމަށްފަހު ރޫމުން ނިކުމެގެން ހިނގައްޖެއެވެ. އިރުކޮޅެއްނުވެ އެރޫމަށްއައީ ރިނީއެވެ. ޔާނިސް ފެނުމާއެކު ތުންފަތްމައްޗަށް ވެރިވި ހިނިތުންވުމާއެކު ހިތާހިތުން ޔާނިސްގެ ރީތިކަމަށްތައުރީފް ކުރިއެވެ. އަދި ހަޔާތުގެ ބައިވެރިއަކަށް ޔާނިސް ފަދަ ރީތި ޒުވާނަކު ހޯދުމުގެ އެދުވެރިކަން ހިތުގައި ހިނގައިގަތެވެ.

“ކައިއާ ދިޔައީ ކުޑަކަމެއް ދިމާވެގެން… އަޅުގަނޑާއި ހަވާލުކުރެވުނު މަސައްކަތެއްވީމަ، ކިހެނެއްތޯ ހަދާދެއްވަންވީ؟” ނާޒު ކޮމްޕިއުޓަރުގައިވާ ފޮޓޯތަކަށް ބަލަމުންބުނެލިއެވެ.

“މިފޮޓޯތައް ސީޑީއަކަށް ރައިޓްކޮށްލަދީ….. އަހަރެން ފަހުން ބަލާލާނަން” ޔާނިސްގެ މޫޑުވަނީ ގޯސްވެފައެވެ. ދުވަހަކުވެސް އަލުން ކައިއާއާއި ކުރިމަތިލާންޖެހިދާނެ ކަމަށް އުއްމީދުކުރެވިފައިވެސް ނުވާތީއެވެ.އަދި އޭނާ ވާހަކަދައްކާލަން އުއްމީދު ކުރި ފަދަ ފުރުސަތެއްވެސް ނުލިބި އެތަނުން ދާންޖެހުމުންނެވެ.

“ކީއްވެތަ ޔާނު…. އަދިވެސް ތިއައީ އަހަރެންގެ ނިކަމެތިކަމުގެ ފައިދާނަގަންތަ….. އަހަންނަށް ކަހަލަ ނިކަމެތިން ހިތެއް ނޯންނާނެތަ… އަހަންނަށް ދެވުނު ހިތްދަތިކަން އަދިވެސް ކުޑައީތަ….” ކައިއާގެ ހިތްރޮމުންދިއައެވެ. ސްޓޫޑިއޯއިން ގެއަށް އައިއިރު ކައިއާގެ މުޅި ދުވަސް ހަރާބުވެފައިވެއެވެ. ޔާނިސްދެކެ އާދެވުނު ގަދަ ރުޅިން އެދޮލޮލަށް ކަރުނަ ޖަމާވަމުންދިޔައެވެ. ވިސްނި ވިސްނިހެން ބޯފަޅާއިގެން ހިނގައިދާނެހެން ކައިއާއަށް ހީވިއެވެ. ބޮލުގައި ރިހުން ގަދަވަމުން ދިޔަވަރަކަށް ރުޅިވެރިކަން އެކިސިފަ ސިފައިގާ ބޭރުކުރެވެން ފެށިއެވެ. ރީތިވާ މޭޒުމަތީގައި ހުރި ފުޅިތަކާއި ދަޅުތައް ވަނީ އެތަންމިތަނުގައެވެ. ބައެއް ފުޅިތައް ތަޅައިގެންގޮސް މުށިކޮޅުތައް އެތަންމިތަނަށް ވަނީ ބުރައިގެންގޮސްފައެވެ. ފޯނުގެއެތިކޮޅުތައް އެކިދިމަދިމާއަށްބުރައިގެން ދިޔައަޑާއެކު ކައިއާގެ ދޮރުގައި މަންމަ މުނީރާ ޖަހާލިއަޑުއިވުނެވެ.

“ދަރިފުޅާ..ކޮންއަޑުފަށްގަނޑެއްތަ އެއިވުނީ…ދަރިފުޅު ރަނގަޅުތަ؟” މުނީރާގެ އަޑުގައި ކޮންމެވެސް ވަރަކަށް ހާސްކަން އެކުލެވިފަވެއެވެ.

“މަންމާ.. ކަމެއްނުވެޔޭ… އަޅުގަނޑު ހަމަ ރަނގަޅު” ކައިއާ ލޮލުން އައިސްފައިވާ ކަރުނަތައް ފޮހެމުމަށްފަހު ބަލަބަލައިގެން ފިޔަވަޅު އަޅަމުން ގޮސް ފާހާނާއަށްވަނެވެ.

“މަންމާ މެންދުރަށް ހެދީ ކޮންއެއްޗެއްތަ… ވަރަށް ބަނޑުހައިވެއްޖެ..” ކައިއާ ބޭރަށް ނިކުތީ ކޮޓަރިތެރެ ހަމައަކަށް އަޅުވާލުމަށް ފަހުގައެވެ.

“މަންމަ ހީކުރީ މިހާރު ހުންނާނީ ބަނޑު ފުރިފަކަމަށް..” ޓީވީ ބަލަންއިން މުނީރާ ސޯފާއިންތެދުވަމުން ބުނެލިއެވެ.

“ދެން މަންމާ… ރުޅިއައީމަނޭނގޭ ވާއެއްނުވާއެއް.. ރުޅިގަނޑު މައިތިރިވާއިރު އަބަދުވެސް ހުންނަނީ ކޮންވެސް ގޯހެއްހެދިފައި… އެންގަރ މެނޭޖުމަންޓް ކްލާހަކަށްދާންވީ ކަންނޭނގެ ދޯ” މޭޒުމަތީގައި އަތުރާލި ތަށިތަކުން ތައްޓަށް ބަތް އަޅަމުން ކައިއާ ވާހަކަ ދެއްކިއެވެ.

ޔާނިސްއަށް ކޮޓަރިއަށް ވަދެވުމާއެކު ލައިގެންހުރި ޓީޝާޓް ގޮނޑީގެ އަތްގަނޑު މައްޗަށް ދޫކޮށްލުމަށްފަހު އެނދު ކައިރީގައި ހުރިޖަގުން ފެންތައްޓެއް އަޅައިގެން ބޯލިއެވެ. އެގޮތަށްދެތިން ތަށިފެން ބޯލިއިރުވެސް ކަރުހިއްކުންފިލާގޮތެއްނުވިއެވެ. ލިބުނުނުތަވަސްކަންވެސް ހީވީ އިރެއްއިރަކަށްއިތުރު ވަމުންދާހެނެވެ. ފިނިކުރެވިފައިވާ ކޮޓަރީގެ ތެރޭގައިވެސް ޔާނިސްގެމޫނުގައި ވިދަމުންދިޔައީ ދާތިކިތަކެވެ. ޔާނިސް މަޑުމަޑުން އެނދުމައްޗަށް ވެއްޓި ގަތެވެ. އޭނާގެ ހަނދާނުން ކައިއާ ފޮހެލިތާ ގާތްގަނޑަކަށް ފަސްއަހަރުވެއްޖެއެވެ. މިއަދު ކައިއާފެނިލުމާއެކު އިއްޔެ ވީ ކަމެއްހެން މާޒީގެ މަންޒަރުތައް ލޮލު ކުރިމަތީގައި ބުރުޖަހަމުންދަނީއެވެ. އެއީ އޭނާ އެއްގޮތަކަށްވެސް ހަނދާންކުރަން ބޭނުންނުވާ މާޒީއެވެ. ފުން ނޭވާއަކާއިއެކު ޔާނިސްއަށް އޭނަގެ ލޯ މަރާލެވުނެވެ.

އެއީ މީގެ ފަސްވަރަކަށް އަހަރުކުރިއެވެ. ކައިއާއާއި ދިމާވީ އޮސްޓްރޭލިއާގައި ކިޔަވަންއުޅުނު ދުވަސްވަރުއެވެ. އޭރު ޔާނިސް ދިޔައީ ވިޔަފާރީގެ ރޮނގުން މާސްޓަރސް ޑިގްރީއަށް ކިޔަވަމުންނެވެ. ޔާނިސްގެ ފަހުއަހަރުވެސް މެއެވެ. ކައިއާވެސް ދިޔައީ ވިޔަފާރީގެ ރޮނގުން ޑިގްރީއަށް ކިޔަވަމުންނެވެ. އެއީ ކައިއާގެ ފުރަތަމަ އަހަރެވެ. ކައިއާ އޮސްޓްރޭލިއާއަށް އައީ ލިބުނު ސްކޯލަރޝިޕެއްގައެވެ.

ދިވެހިކުދިން އެޔުނިވަރސިޓީގައި މަދުނަމަވެސް، އުޅޭމަދުކުދިންކޮޅުގެ މެދުގައި ވަނީ ވަރުގަދަ އެކުވެރިކަމުގެގުޅުން އުފެދފައެވެ. އެދުވަސްވަރަކީ ކަންތައްތައް ކުރުމުގައި ރަޙުމަތްތެރިންނަށް ގޮންޖަހާލި ދުވަސްވަރެވެ. ޅަހިޔާލުތަކާއިއެކު ޒުވާންކަމުގެ ޖޯޝް ނުހިފެއްޓިގެން ދިޔަ ދުވަސްވަރުވެސްމެއެވެ.

ބްރޭކް ގަޑީގައި ޔުނިވަރސިޓީ ކައިރީގައި ހުންނަ ރެސްޓޯރެންޓަށް ޔާނިސްއާއި އޭނާގެ ތިން ރަހްމަތްތެރިންނާއެކު ދެއެވެ. އެތަނުގައި ތިބެ ފޫހިފިލުމަށް އެމީހުން ނުދައްކާ ވާހަކައެއް ނޯވެއެވެ. މިނިވަންކަމުގެ ބޭނުން ފުރިހަމަގޮތުގައި ހިފަމުންދެއެވެ. އެރެސްޓޯރަންޓަކީ ކިޔަވަންއުޅޭ ދިވެހިކުދިން އާންމުކޮށް ގޮސްއުޅޭ ތަނަކަށްވުމުން ޔުނިވާރސިޓީގައި އުޅޭ މަދު ދިވެހި ކުއްޖެއްފިޔަވައި އެމީހުންގެ ޝިކާރައަކަށްވެދެއެވެ. އެއީ އެމީހުން ފޫހިފިލުވުމާއި މަޖަލުގެ އެއްބައެވެ. ނަމަވެސް މިއިން އެއްވެސް ކަމަކަށް އެހާ ދުވަސްވިއިރުވެސް އިޖާބަނުދީ ހުރީ ޔާނިސްއެވެ. އެއީ އެތަނަށް ކައިއާއާއި އެހެން އަންހެން ކުއްޖެއް އެތަނަށް ވަދެގެން އައި ގަޑިއެވެ.

“ޔާނު ބަލާބަލަ އެހެރަކަމެއް…” ނަވީން ބުނެލިއެވެ. އެވަގުތު އެންމެންގެނަޒަރު ދޮރުން ވަދެގެންއައި ކައިއާއަށް ހުއްޓިއްޖެއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

riya

Level 3100 Comments10 Stories

Other Articles

Previous

ކައިއާ….01

Next

ދީވާނާ ލޯބިން ވެއްޖޭ. . [8]

Next
April 28, 2014

ދީވާނާ ލޯބިން ވެއްޖޭ. . [8]

Previews
April 27, 2014

ކައިއާ….01

6 Comments!

  1. shai says:
    April 28, 2014 at 5:48 pm

    ah v salhi vaane hen heevany whn nxt part

  2. GuDuMeena says:
    April 28, 2014 at 6:57 pm

    WoW. . varah salhi. . furathama kolhu kiyaalaafa Lara ge “nufilaaney thi handhaan” aai kuda koh vattharu vi. . bt thafaathu kan engijje. . Keep going. . 🙂

  3. elsa says:
    April 28, 2014 at 7:31 pm

    wooow very nice Thnks riya next part ves avahah up kohdhechey

  4. zen says:
    April 28, 2014 at 9:09 pm

    V. Reethi mivaahaka. Keep going upload kohlachey avahah.

  5. irish says:
    April 29, 2014 at 4:30 pm

    Ya mee too thought nufilaane thi hadhaan aai vatharu… bt still dis story ge feshun v salhi.. waiting 4 da next part..

  6. riya says:
    April 29, 2014 at 11:18 pm

    Thanxs u guys for the lovely comments

Comments are closed.

Next Episodeކައިއާ….03←


All Right Reserved!