އާލިފް 8
ވަގުތު ކުޑަތަންވަމުން ދާވަރަކަށް އާލިފްގެ ނުތަނަވަސްކަން ދިޔައީ ބޮޑުވަމުންނެވެ. އޭނާގެ އެންމެ ބޮޑު ހިތާމައަކީ އޭނާ ބަލާބޮޑުކުރި މައިންބަފައިންނާއި ހިތުގެ ފުންމިނުން ލޯބިވާ ލޯބޮވެރިޔާ ދޫކޮށްލަންޖެހިދާނެތީއެވެ.
މަޣްރިބްނަމާދުން ފައިބައިގެން ހަސަނު ދިޔައީ އިބްރާހީމްފުޅުބޭ ބުނި ތަކެތި ހޯދާ ދޯނި ތައްޔާރުކޮށްހަދާށެވެ. އޭނާއާއެކު ވަހީދުވެސް އުޅެއެވެ. އާލިފް ބޭނުންވީ މަންމައާއި ބައްދަލުކުރާށެވެ. ފަހަރެއްގައި މިރެއަށްފަހު ލޯބިވާ މަންމައާ ބައްދަލު ނުވުންވެސް އެކަށީގެންވެއެވެ. އާލިފް ގޮސް މަންމަ އުޅޭ ރޫމްއަށް ވަތްއިރު މަންމަ ހުރީ ނަމާދަށެވެ. އިމްނާ ފެންނާކަށް ނެތެވެ. މަންމަ ނިމެންދެން އާލިފް ގޮސް އެނދުގައި އިށީނެވެ. މީހަކު ކޮޓަރިއަށް ވަތްކަން މަރިޔަމަށް އިހުސާސްކުރެވުމުން ތަންކޮޅެއް އަވަސްކޮށްލިއެވެ. ނަމާދުން އަވަދިވެގެން ބަލާލިއިރު އާލިފް ހުރީ އެނދުގައި އިށީންދެގެން އިސްދަށަށް ޖަހާލައިގެން ފުން ވިސްނުމެއް ގައެވެ. މަރިޔަމް ގޮސް އާލިފް ކަރީގައި އިށީނެވެ. އަދި ބުރަކަށީގައި ފިރުމާލިއެވެ. ފިރިހެނަކަށް ވިޔަސް އާލިފަކަށް ކެތެއް ނުކުރެވުނެވެ. މަންމަ ގައިގަ އޮޅުލައިގެންފައި ރޯންފެށުނެވެ.
“ދަރިފުޅާ! ކެތްތެރިވޭ….ކޮންމެކަމެއްގައިވެސް ކެތްތެރިވާންވާނެ…..ދަރިފުޅަކީ ވަރަށް ހިތްވަރުދެރަ ކުއްޖެއްނުން ނޫނެއްނު….. މިކަމުގައި އިސްނެގީ ދަރިފުޅު އަމިއްލައަކަށްނުން…އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ވާނީ ރަނގަޅަކަށް…. އެހެން ނޫނަސް އެއްވެސް އަޅަކަށް ދެރަގޮތެއް މެދުވެރި ނުކުރައްވާނެ…” މިހެން ބުނަމުން އާލިފް ގަޔާ ދުރުކޮށްލުމަށްފަހު މަރިޔަމްގެ އަތުން އާލިފްގެ ލޮލުން ފޭތި ކަރުނަތަށް ފޮހެލަދިނެވެ.
“ކޮބާ އިމްނާ؟” އާލިފް އަހާލިއެވެ.
މަރިޔަމް ބަލާލީ ފާޚާނައާއި ދިމާލަށެވެ. އޭރު އިމްނާ ފާޚާނައިން ނުކުމެގެންއައިސް މިދެމައިންނާ ވަރަށް ކައިރީގައި ހިތާމަވެރި މަންޒަރު ބަލަން ރޮވިފަ ހުއްޓެވެ. މަރިޔަމް ގޮސް އިމްނާ ގެނެސް އާލިފް ކައިރީ ބޭންދުމަށްފަހު “މަންމަ އަންނާނަން ބައްޕަ ކޮބާތޯ ބަލާފަ” މިހެން ބުނެފަ ހިނގައްޖެއެވެ. ދެން އައީ ވަރަށް ހަމަހިމޭން ވަގުތު ކޮޅެކެވެ. އިމްނާވެސް އަނގަޔަކުން ނުބުނެއެވެ. އިސްވެ ފަށާނެ މީހަކު ނެތް ކަހަލައެވެ. ނޫނީ އެކަކަށްވެސް ހިތްވަރު ނުލިބުނީއެވެ. މިގޮތަށް އެތަށް އިރަކު ތިބުމަށްފަހު އިމްނާ އިސްނެގިއެވެ. އޭނާ އާލިފްއާ ކައިރިއަށް ޖެހިލިއެވެ. އަދި ކޮނޑުގައި ބޯޖައްސާލުމަށްހު އާލިފަށް ގޮވާލިއެވެ. “އާލިފް” އާލިފަށް ހީވީ އޭނާގެ ފުރާނަނެތް ހަށިގަނޑަށް އަލުން ދިރުން ލިބުނުހެނެވެ.
އާލިފް އިމްނާ ގެނެސް އޭނާގެ މެޔާލާ ބޮނޑިކޮށްލިއެވެ. “އިމް …ދެރަނުވޭ…އަހަރެން އަބަދުވެސް ވާނި އިމްއާ އެކުގަ….އިމް އާވަކިވާން ޖެހިއްޖެނަމަ…ކަނޑުގަ ކީއްކުރަން ދުނިޔޭގެ އެއްވެސްތާކު …ނުހުންނާނެ މަގޭ ހަޔާތަށް އާދެވޭނެ މިހެއް…މުޅި އުމުރުގަވެސް ތިނޫން މީހަކަށް…. މިހިތުން ޖާގައެއް ނުދޭނަން…” އާލިފް ވާހަކަދައްކަމުން ދިޔައިރު އިމްނާގެ ކަންފަތަށް އިވެމުން ދަނީ ކެނޑި ކެނޑިގެނެވެ. އިމްނާއަށް ރަނގަޅަށް ރޮވިއްޖެއެވެ.
“އާލިފް ……އިރާދަ ކުރެއްވިއްޔާ ….އަހަރެމެން ވަކިވާކަށް…ނުޖެހޭނެ….ބައްޕަގެ ޢިލްމާދޭތެރޭ އަހަންނަށް ޝައްކެތްވެސް ނެތް ” ރޮމުން ގިސްލަމުން އިމްނާ ވާހަކަ ދެއްކިއެވެ. އެވަގުތު، ކުޑަ ދޮރުން އަލިކަމެއް ފެނިފައި ގެއްލުނުހެން އާލިފަށް ހީވިއެވެ. އާލިފް އިމްނާ ގަޔާ ދުރުކޮށްލިއެވެ. އިމްނާވެސް އާލިފްގެ މޫނަށް ބަލާލަމުން ސުވާލުކޮށްލިއެވެ.
“ވިއްސާރަވީތަ؟”
“ނޭންގެ..” މިހެން ބުނަމުން އާލިފްގޮސް ކުޑަދޮރުގެ ފޮތިގަނޑު ކަހާލާފައި ބަލާލިއެވެ. އެމީހުންނަށް ހީވީ ރަނގަޅަށެވެ. ވަރަށް ވައިގަދަވެ ވިދާ ގުގުރަންވެސް ފަށައިފިއެވެ.
“ކުއްލިއަކަށް” އިމްނާ ހައިރާންވިއެވެ. ނުވާންވީ ސަބަބެއްވެސް ނެތެވެ. ވިއްސާރަ މޫސުމަކަށް ނުވާއިރު، މިއަދު އިރު އޮއްސިގެން އައިއިރުވެސް ވިއްސާރައިގެ ހިލަމެއްވެސް ނެތެވެ. އެވަގުތު، ދޮރުގަ މީހަކު ޓަކިޖަހާހެން ހީވިއެވެ. އިމްނާ ގޮސް ދޮރު ހުޅުވާލިއެވެ. ދޮރުމަތީގައި ހުރީ މަންމައެވެ. މަރިޔަމް އަވަސްއަވަހަށް އެތެރެއަށް ވަނެވެ.
“ވަރަށް ބޮޑަށް ވިއްސާރަވެއްޖެ…..ހީވަނީ ދެން މިރޭ ނުވެސް ހުއްޓާނެހެން…..” މަރިޔަމް ކަންބޮޑުވުން ފާޅުކުރިއެވެ.
“ކޮބާ ބައްޕަމެން؟” އާލިފް އަހާލިއެވެ.
“އެބަތިބި އިމްނާ ބައްޕަ ހުންނަ ރޫމްގަ” މަރިޔަމް ޖަވާބުދިނެވެ.
“އިމް އަހަރެން އަންނާނަން..” މިހެން ބުނެފައި އާލިފް ކޮޓަރިން ނުކުންނަން އުޅެނިކޮށް އިމްނާ އާލިފްގެ އަތުގައި ހިފެހެއްޓިއެވެ.
“ބަލައިގެން އުޅޭތި..” އާލިފް އިމްނާގެ ބޮލުގައި ފިރުމާލުމަށްފަހު މަންމައަށް ބަލާލިއެވެ. މަރިޔަމް އިމްނާއާ ކައިރިވެލުމަށްފަހު ބުންޏެވެ.
“ދަރިފުޅާ އާސްބަލަ މިކޮޅަށް”
އިމްނާ ލަސްލަހުން އާލިފްގެ އަތުން ދޫކޮށްލިއެވެ. އާލިފް ދޮރުން ބޭރަށް ނުކުމެ ދެކޮޅު ހޯދާ ބަލާލުމަށްފަހު، ދުއްވައިގަތެވެ. އޭރު ކޮންމެވެސް ވަރަކަށް ކަނިޖަހައެވެ. އާލިފް ގޮސް ބައްޕަމެން ތިބި ކޮޓަރީގެ ދޮރުހުޅުވާލުމަށްފަހު އެތެރެއަށް ވަނެވެ. ހަސަނާ ވަހީދު ތިބީ ކުޑަދޮރުން ބޭރު ބަލާށެވެ. އިބްރާހިމްގެ ހުރީ އެނދުމައްޗަށް އަރައި ދެފައި ވައްކޮށްގެން އިށީންދެގެނެވެ. މަޑު މަޑުން ކޮންމެވެސް އެއްޗެއް ކިޔާ ގޮތަށް ތުންތަޅުވަމުން ގެންދެއެވެ. އޭނަ ކުރިމަތީގައި އެނދުމަތީގައި ހަތަރު ފޫޓުގެ ހިމަ ދަނގަޅު ހޮޅިކޮޅެއް އޮތެވެ. އާލިފް ވަނުމުން ހަސަނު އަތުގެ އިޝާރާތުން ވާހަކަ ނުދެއްކުމަށް އަދި އެމީހުންގެ ކައިރިއަށް އައުމަށް އެންގިއެވެ. އާލިފް އެމީހުންގެ ކައިރިއަށް ގޮސް ހުއްޓިފައި ވަހީދާ ދިމާއަށް ބަލާފައި މީ ކޮންކަމެއްހޭ ބުނާކަހަލަ އިޝާރާތެއް ކޮށްލިއެވެ.
“އެއީ މިވިއްސާރަ މައިތިރިކުރަން….މިކަމަކީ ކަލޭގެ ކަނޑު ބައްޕަ ކުރާކަމެކޯ…” ވަހީދު ވައިއަޑަކުން ކިޔާދިނެވެ. އާލިފް ބުމައަރުވާލުމަށްފަހު އެއްމިޔަކަނުން ހީލިއެވެ. އިބްރާހިމްބެ ކިޔެވެލި ނިންމާލުމަށްފަހު އެއްކަލަ ދަގަނޑުބުރި ހިފައިގެން އައިސް ހަސަނު އަތަށް ދިނެވެ.
“އަން މިހިފައިގެން ގޮސް ދެފަސްބެދޭ ހިސާބުގައި ޖަހާ”
ހަސަނާއެކު ވަހީދާއި އާލިފް ހިގައިގަތުމުން އިބްރާހީމްގެ އާލިފްގެ އަތުގައި ހިފެހެއްޓިއެވެ.
“ދަރިފުޅު މަޑުކުރޭ..” އާލިފް ހައިރާންކަމާއެކު އިބްރާހީމްބެއަށް ބަލާލިއެވެ. ދެން މަޑުމަޑުންގޮސް އެނދުކައިރީގައިހުރި ގޮނޑިއަކު އިށީނެވެ. ގާތްގަނޑަކަށް ބައިގަޑިއެއްހާއިރު ފަހުން ހަސަނާއި ވަހީދު އައިސް ކޮޓަރިއަށް ވަނެވެ.
“ކޮބާ ކިހިނެއްވަނީ؟..” އިބްރާހީމްބެ އެހިއެވެ.
“ބަރާބަރު…އެކަންތައް ހިނގައްޖެ…” ވަހީދު ވަރަށް ހަމަޖެހިލަމުން ޖަވާބުދިނެވެ. އާލިފް ބައްޕައަށް ބަލާލިއެވެ. ހަސަނު އެއީ ތެދެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. އިބްރާހީމްބެ ހަސަނާ ކައިރިވެލާފަ ބުންޏެވެ. ” ދެން މަމިދަނީ މިސްކިތަށް….މިރޭ ކާނީ މިކަންތައްގަނޑު ނިންމާފަ އައިސް…….އަހަރެން މިސްކިތުން އަންނަންވާއިރަށް ކިރުތައްޓެއް ގެނެސްފައި ބަހައްޓާތި އިނގޭ..” އިބްރާހީމްބެ ބޭރަށް ނުކުތުމުން ދެންތިބި ތިންމީހުންވެސް ނިކުތެވެ. އާލިފް ހައިރާންވީ އެއޮއް ޖެހެމުން އައި ވާޔާ ގުގުރުމާ ވިދުވަރާ ވެހެމުން ދިޔަ ވަރޭގެ އަސަރުވެސް ނެތީމައެވެ.
“އިމްނާގެ ބައްޕަ ހާދަ މޮޅޭ ދޯ..”
“ހެ ހެ ހެ އިމްނާ ބައްޕައޭ…ކަލޭގެ ކާކުތަ؟” ވަހީދު އާލިފާ ދިމާކޮށްލިއެވެ.
މިހާރު ގަޑިން ދަންވަރު ބާރަޖެހީއެވެ. އިބްރާހިމްބެ ހުންނަ ރޫމް ތެރޭގައި ކުޑަ މޭޒެއްގެ މަތީގައި އެއްކަލަ ކިރުތަށި ބަހައްޓާފައި ހުއްޓެވެ. އެމޭޒުގެ ކައިރީގައި ހުރި ގޮނޑިއެއްގައި އިބްރާހީމްބެ އިށީންދެގެން އިނެވެ. ތަންކޮޅެއް ދުރުގައި ހަސަނާއި، ވަހީދާއި އާލިފް ނޭވާ ހިފަހައްޓާލައިގެން އިބްރާހީމްބެއަށް ބަލަން ތިއްބެވެ. އިބްރާހީމްގެ އިސްޖަހާލައިގެން މަޑުމަޑުން ކިޔެވެލި ކިޔަވަމުން ގެންދެއެވެ. މިފަހަރު ހުރީ ދެލޯވެސް މަރާލައިގެނެވެ. ގާތްތަނޑަކަށް ބާރަގަޑި ބައިވީތަނާހެން ކިޔެވެލި ހުއްޓާލާފައި ތެދުވިއެވެ. އަދި ތިންމީހުންނަށް ބަލާލިއެވެ.
“މިބޯލާ ބިސްމި ކިޔާފަ” އާލިފް ސުވާލެއްވެސް ނުކޮށް އެއްނޭވައިން ކިރުތަށި ދަމާލިއެވެ. މިމަންޒަރު ބަލަން ތިބި ހަސަނާ ވަހީދު ކައިރިއަށް ވަރަށް ހިނިއައެވެ. ސަބަބަކީ ހުސްކިރަކީ އާލިފަށް ވަރަށް ނުބައި އެއްޗެކެވެ. އެވަގުތު މިފްޒާލްވެސް އައިސް އެކޮޓަރިއަށް ވަނެވެ. ހަސަނު އެއިނީ މިފްޒާލާ ދޯނީގެ ކަންތައް ހަވާލުކޮށްފައި އައިހެވެ.
“ނިންމާލާފަ މިއައީ..”ހަސަނަށް ބަލާލަމުން މިފްޒާލް ބުންޏެވެ.
“ކޮބާ އެއްކަލަ ފޮތިގަނޑު ” އިބްރާހީމްބެ އަހާލިއެވެ.
“މިއޮތީ ދަބަހުގެ” ވަހީދު ކޮނޑުގައި އަޅުވާފަ އޮތް ދަބަހަށް އިޝާރާތްކޮށްލަމުން ބުންޏެވެ.
“މީގަ އޮންނާނެ ދެފުޅި ފެންވެސް..”
“ހިނގާދާން ފާލަންކައިރިއަށް އެއްވެސް މީހަކު އަޔަދީގެން ނުވާނެ……….އަހަރެމެން ހަތަރު މީހުން ފިޔަވައި” އިބްރާހީމްބެ ބުންޏެވެ.
“ނާންނާނެ އެކަކުވެސް” ހަސަނު ޔަޤީންކަން ދިނެވެ. ފާލަން މަތީގައި ފަތުރާލާފައި އޮތް ހުދު ފޮތިގަނޑެއްގެ މަތީގައި އާލިފް ބާއްވާފައި އޮތެވެ. ކައިރީގައި އިބްރާހީމްބެ އިށީންދެގެން އިނދެ ކިޔެވެލި ކިޔަވަމުން ގެންދެއެވެ. މިފްޒާލް ހުރީ އިބްރާހީމްބެއާއި ޖެހިގެން އެއްގަމަށް ވާގޮތަށް ކޮށްޅަށެވެ. އޭނަގެ ފޯނުން މަޑުމަޑުން ޤުރުއާނުގެ އަޑު އިވެމުން ދެއެވެ. ވަހީދުއާއި ހަސަނު ތިބީ މޫދާއިވީ ކޮޅަށެވެ. އިބްރާހީމްބެ ކިޔެވެލޮ ފެށުމުގެ ކުރިން އެތިންމީހުންނަށް ފަރިވާވެތިބުމަށް އެންގިއެވެ. ކުށްލިއަކަށް ދިމާވެދާނެ ހާދިސާއަކަށް ބިރު ނުގަތުމަށާއި ފާޑުފާޑުގެ އަޑުތަށް އިވޭނެކަމަށާއި ދިމާވެދާނެ ހާދިސާއަކަށް ކެތްތެރިވެ ސާބިތުވެތިބުމަށް އެންގިއެވެ. ދަންވަމުން ދިޔަވަރަކަށް ޖެހެމުން ދިޔަ ވައި ބާރުވާކަން ފާހަގަކުރެވުނެވެ. ގައިގަނޑަކަށް ބާރަޖަހާލިތަނާހެން ކަނޑުގެ ލޮނުގަނޑުގައި ރެދަންލާން ފެށިއެވެ. ހަސަނު ވަހީދަށް ބަލާލިއެވެ. ވަހީދުވެސް ހަސަނަށް ބަލާލާފައި އޭނާއަށްވެސް ފެނިއްޖޭ ބުނާ ކަހަލަގޮތަކަށް ބޮލުން އިޝާރާތްކޮށްލިއެވެ. އެވަގުތު އިބްރާހިމްބެ އަތުން ހަސަނަށް އިޝާރާތްކޮށްލީ ކައިރިއަށް އައުމަށެވެ. “އާލިފް ދޯންޏަށް އަރުވާ” އިބްރާހީމްބެ ބުންޏެވެ.
“ދޯނި ސްޓާޓްކުރޭ..” ހަސަނު މިފްޒާލަށް ގޮވާލިއެވެ. މިފްޒާލް ދުވެފައިގޮސް ފާލަންކޮޅުގައި އަޅާފައި އޮތް ކުޑަ ދޯންޏަށް އަރައި ސްޓާޓްކުރިއެވެ. ވަޙީދާއި ހަސަނު އިބްރާހީމްބެގެ އެހީތެރިކަމާއެކު އާލިފް ނަގައިގަނެގެން ގެންގޮސް ދޯންޏަށް ލިއެވެ. ދޯނީގެ މެދުގައި ވަނީ ބޮޑު ފިލައެއް ބާއްވާފައެވެ. އޭގެ މަތީގައި އާލިފް ރީތިކޮށް ބާއްވާލިއެވެ. މިގޮތަށް ކަންތައް ކުރިއިރުވެސް އާލިފަށް އެއްވެސް ކަމެއް އެނގޭހެނެއް ހިޔެއް ނުވެއެވެ. އިބްރާހީމްބެ އެއްކަލަ ދެފުޅިފެނުން އެއްފުޅި ފެން ނަގައިގެން ކޮންމެވެސް އެއްޗެއް ކިޔަވައި ފެންފުޅި މެތުރުމަށްފަހު އާލިފްގެ ވަށައިގެން އެފެން އެޅިއެވެ. މިގޮތަށް އެއްބުރު އެޅުމަށްފަހު މިފްޒާލަށް އިޝާރާތްކުރީ ދޯނި ދުއްވާލުމަށެވެ. ދެން އިބްރާހީމްބެ ގޮސް އާލިފްގެ ބޯލާކޮޅުގައި ދެފައިވަތްކޮށްގެން އިށީންދެ ކިޔަވަން ފެށިއެވެ.
19 Comments!
Comments are closed.
ma lahy upload kuraaleh he kuran dhen oiy part avahah upload kuraane kamah
Avahah up koh dheeba.aneh part.
Waiting for next part
v bodu fotoeh laafa kiyaalan inna thankolhu v kuda.ekamves thankolhe avaha up kolla dhehcchey pls.
warah thafaathu stry eh. . Interesting. . 🙂
ނަމާދުން އަވަދިވެގެން ބަލާލިއިރު އާލިފް ހުރީ އެނދުގައި އިށީންދެގެން އިސްދަށަށް ޖަހާލައިގެން ފުން ވިސްނުމެއް ގައެވެ.
އިބްރާހިމްގެ ހުރީ އެނދުމައްޗަށް އަރައި ދެފައި ވައްކޮށްގެން އިށީންދެގެނެވެ. isheendhegen innaany, kolhah hunnaany, oshoavegen onnaany, hehe just 4 ur kind info, vaahaka nice, interesting, bt up vaaleh lahy
Really interesting…
އަދި އެންއަހަރު ފަހުން ނުވަވަނަބައި އަންނަނީ ހުރިހާބޭފުޅުންވެސް އިންތިޒާރު ކޮއްލަވާ
adhi 2 week vaanedhoh…heheheh majaa….v salhi 🙂
Mi oh kameh dhw mee haadha lahun up vaa story ekey dhw . ..kiyun theringe mihaaru kemmadhuvefa mithibyy avah part9 up kohllabala…any ways v intresting story eh ingey .
haadha lahey avs koliyan veenun….noonee youn aneh bay liyedhey veetha…?
I Pray To The Al-Mighty Allah that Allah Gives me The Abiity In Delivring this message.
As I pray to the Al-mighty Allah that Allah hat Allah Rewards you in listenin to this Message
Allah saya in the Quran: that every soul shall shall taste death Allah does not care who you are, where you’re from,
Allah dose not care if you’re strong, Allah dose not what city you’re from, Allah does not care
Even if you’re a prophet,
Alah does not care that if you Worship Allah for A 100 Years, Allah says Every soul shall taste death.
and every one will leave this world. You have the greatest peo[le that Ever walked in the face of this planet, they where none other than the propeta of allaah
you have the likes of sulaiman (AS) as Abullah (RA) says:
that when sulaiman (AS) when he used to travel he Says he used to b siin on a thrne, and this throne user to be surrounding him, and the humans and the jinns used to sitting around him,
behind him, there used to be animals above him, there used to be birds, they used to give him shade
from the sunlight. The narration says: that A tornado, A wind use to come and lift this
whole army up and take them to A different land. In spite of the fact, that Allah gave him this kingdom,
ALLAH SAYA: EVERY SOUL SHALL TASTE DEATH AND HE DPARTS FROM THIS WORLD,
(2:39—LEYEVUNE VARU) DHARUSGE.
(2) you have the likes of musa (AS) MUSA(AS) is that prophet of allah,
one of the greatest prophets of allah, allah gave him this stick and with this stick, when he used to hold it in his hand, t used to be a stick and when he used to dorm it in the ground, this stick used to turu in to a sepent, with this very stick, he points towards the ocean and the ocean makes way and musa (AS) and his people make the crossing. In spite of the fact, musa (AS) being the prophet of allah, the one who conversed with the all mighty allah, allah saya: every soul shall taste death, and he is departed from this world .
(3) you have the likes of Muhammad (S.A.W) the prophet of allah, such is the statues of this prophet
that his name is written on the palaces of junnah, his name is written on the eyes of angels,
his name is written in the leaves of the tooba tree, such is the status of this prophet that allah raises his mention, allah says: that is character is sublime, allah says: he is a mercy for mankind, in spite of him being the final messenger,
the seals of all prophets, in spite of him being the imaam of all the prophets before him,
ALLAH SAYS: EVERY SOUL SHALL TASTS DEATH AND HE DEPARTS FROM THIS WORLD.
(4) you have the great imaam AL-bukhari and the great imaam Al- bukhari was that muhaddis,
that he had memorized 10 million hadis of rasoolallah (S.A.W) and regarding imaam AL-Bukhari, in Spite of His super fast memory, in spite of his Quick Tongue of his, Allah Says: evry soul shall taste death and he Departs from this world. You have the great imaam Ahmad, who had Memorised 1 mililon Hadis Of Rasoolallah (S.A.W) who knew the Biographies of Every single narrator, he knew the fatawa of the sahaba, the fatawa of the tabi’een and the fathawa of the Asma’ Tabi’een but in Spite of the fact that he as Given the Title, the imaam of the world, allaah saya: Every soul shall taste death and he departs from this world.
And From the kuffar yoy have nimrod, nimrod was that person that Allah the all mighty Bought him in To Existence, Allah the all Mighty gave him Everything, as ibn Kathir writes: that 4 people have ever the world, two Being from the muslims and two being from the kuffar, the ones from the muslim, sulaiman (AS) and Dhul qarnain and from the kuffar, nimrod and Buqti nasr, and nimrod, Allah ordered the winds to throw him in to a jungle when he was A baby and when he was thrown in the jungle, Allah Ordered the trees to shade him, yet Again Allah blessed him so much, that Allah the Al mighty gave him such Blessings, that he Ordered the jinns to teach him how to rule the world and he became the ruler of the world, and do you know how hw repaid the all Mighty Allah…? Messenger comes to nimrod and he says to nimrod: Believe in Allah,,,!
And he says too Right I’m Going to Believe in Allah, You Believe In Me, I Am Your lord Most High. In spite of the Fact he being the ruler of the world, Allah Says Every soul shall Taste death, Mosquitoes come, they eat half of his Army, Allah Sends A Mosquito, This mosquito goes throw his ear, Lands On His Brain And eats of his brain, he eats of his brain till nimrod drops to his Knees, Allaah says: Every Soul Shall taste death and he drops.
insha laah meege aneh bay annamahuge midhuvahu genes dhen nan,,,heheheh 11:39 ga 🙂
aalif mivaahaka mathin foohivaa dhuvas kohfa next part upvany mee kihineh vaa kameh tha.yoona dear plx next part up kohdhybala mihaa reethi vaahaka thah mijeheny vaki hisaabakah kiyaafa dhen thiben.vaa foohseh ge bodukamaa eve.yoona dear pls upload next part pls pls pls pls pls pls its a request from one of ur fan………………………………………………ummeedhu kurany veehaa ves avahakah next part up vaane kamah
Keeveh eh haa las vaany part tha nerey iru
އާލިފް ވާހަކައިގެ 9 ވަނަ ބައި ނުލިޔުއްވަންތޯ؟
Mi vaahaka liyun huttaly dhn liyaa hih keduny. Sorry everyone. 🙂
Mivaahaka up nukuraatheeve varah foohi vey ehen vaahaka thakah
hey, yoona this story is very nice. please load the next part soon ok………………………………………………