Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އޯގާވީ ހިތަކުން…20

މުތާ/ ސ.ހިތަދޫ Level 210 Stories
April 26, 2014 5 Mins Read
4 Comments

ފޯނުން ޒަލަފްއާ ވާހަކަ ދައްކަމުން ރޫޔާ އެރީ ޓެރަސްއަށެވެ. ޓެރެސްވަށާ ރާނާފައިވާ ފާރަށް ލެނގިލަމުން ރޫޔާ ތިރިއަށް ނަޒަރު ހިންގާލި އެވެ. މިރޭ ކޮންމެވެސް ހަފްލާއެއް ބާއްވާތީ މަގުތައް ވަނީ ހަލަބޮލިވެފަ އެވެ. މިފަހަކަށް އައިސް ރޫޔާ ހުންނަނީ ޒަލަފްއާއެކު ހޭދަކުރެވޭ ވަގުތައް މަދުވެގެންނެވެ. ނޫރާލްގެ ބެލުމުގައި ފޮރުވިފައިވާ ރުޅިވެރިކަމެއް ވާކަން އޭނައަށް ފާހަގަ ކުރެވެއެވެ. އެންމެބޮޑަށް އުނދަގޫވަނީ ޒަލަފް ދާހާ ތަނަކަށް ނޫރާލް ދާތީއެވެ. ދެމީހުން ރެސްޓޯރެންޓަކަށް ދިޔަޔަސް އެތަނަކަށް ނޫރާލް އަންނާނެ އެވެ. ރޫޔާގެ ހިތަށް ބިރުވެރިކަން ވެރިވެގެންދަނީ އެހެންވީމަ އެވެ. ނޫރާލް ފެނުނަސް އޭނަގެ ހަވަނަ ހިއްސު އިންޒާރުތަކެއް ދެއެވެ. ނަމަވެސް ހަޤީޤަތެއް ނެތް ޝައްކާއި ވަހުމުތަކެއްގެ މައްޗަށް ކަންތައްތަކެއް ނުނިންމޭނެ އެވެ. ފަހަރެއްގައި ފުރަތަމަ ފަހަރަށް މާލެ އައިސް އުޅޭ ކުއްޖަކަށް ވުމުން ގޭގައި އިންނަން ފަސޭހަކަމަކަށް ނުވަނީ ކަމަށްވެސް ވެދާނެއެވެ. ރޫޔާ ގަސްދުކުރީ އީނާއާއި ވާހަކަ ދައްކާލާށެވެ. އެންމެ ގާތް އެކުވެރިޔާއާއި ވާހަކަ ދައްކާލުމުން ހިތަށް ފިނިކަމެއް ލިބިދާނެ އެވެ. އޭނަގެ ސުވާލުތަކަށް ޖަވާބު ލިބިދާނެ އެވެ.

ރޫޔާ ފޯންކޯލު ނިންމާލުމަށްފަހު އެނބުރިލި ވަގުތު މަންމަ ފެނުމާއެކު ދިޔައީ ސިއްސައިގެންނެވެ. ފަހަތަށް ފިޔަވަޅުތަކެއް އަޅާލެވުނީ ބޭއިހްތިޔާރުގައެވެ. އަތުގައި އުފެދިގެން ދިޔަ މަޑު ތުރުތުރުލުމާއެކު މުޅި މީހާ ގަނޑުވެއްޖެއެވެ. އޭނަ ދެއްކި ވާހަކަތައް މަންމައަށް އަޑުއިވޭނެ ހެއްޔެވެ؟ ހާދަ ދެރައެވެ. މިފަހަރު އޭނަގެ ދުވަސް ދާނެއެވެ. އަނިޔާ ނުކޮށްފިއްޔާ ކިތަންމެހާވެސް ރަގަޅެވެ. ބިރުން ގޮސް ރޫޔާގެ މޫނުގެ ކުލަވަރު އޮއްސިގެން ދިޔައެވެ. ހީވީ ފުރިހަމަކަމާއެކު ފަރިވެލައިގެން އިން ސާދަވިލޭރޭގެ ހަނދު ވިއްސާރަ ވިލާތަކުން ފޮރުވާލި ހެންނެވެ. ރޫޔާގެ ދޫ ހަރަކާތް ނުކުރި އެވެ.

”ކޮންދުވަހަކުންތަ ތިކުއްޖާ ގެއަށް ގެންނަނީ؟….” މައިމޫނާގެ ޖުމްލައިން ރޫޔާއަށް ލިބުނީ ސިހުމެވެ. ދެލޯބޮޑުވެގެން ދިޔައިރު މީހުވަފެނެއް ބަވައޭ ހިތަށް އެރިއެވެ. ނޫނީ އެއީ އޭނަގެ މަންމަ ހެއްޔެވެ؟ ރޫޔާ ފުރަތަމަ ގަތީ ބިރެވެ. މިއީ ޖިންނިއެއް ބާވައެވެ! ތަލިންކުޅި ހިކި ޖެހެމުންދިޔަ ފިނި ރޯޅިތަކުގެ އަސަރު ރޫޔާއަށް ކުރާހެނެއް ހިޔެއް ނުވެއެވެ. މުޅި މީހާވަނީ ދަލުން ފެންވެރިފައެވެ. ވާނީވެސް އެހެންތާއެވެ.

”ކިހިނެއްވީ؟ ރޫޔާ ހީކުރީތަ މަންމައަށް އެއްވެސް ކަމެއް ނޭގޭނެ ކަމަށް؟، ބަލަ އަހަރެންމީ މޮޔައެއް ނޫނޭ…. ތި ޒަލަފް މިގެއަށް ގެންނާނީ ކޮންދުވަހަކުން؟، މަންމައަށް ތިދެކުދިން ވަނީ ފެނިފަ، ވަރަށް ބޮޑަށް ދެރަވި ރޫޔާގެ ހަޔާތުގެ ތިހާ ބޮޑު ކަމެއް މަންމައަށް ސިއްރުކުރީތީ، އަހަރެން ހިޔެއް ނުކުރަން ރޫޔާ ތިހާބޮޑަށް އަހަރެން ދުރުކޮށްލަފާނެއެކޭ، މަންމައަށް ވުރެ ބޮޑަށް ރޫޔާއަށް މުހިންމުވީ އީނާ ތަ؟ އީނާ ގާތު ބުނުމަށްވުރެ ކުރިން މަންމަ ގާތު ތިވާހަކަ ނުދެއްކީ ކީއްވެ؟ ރޫޔާގެ އުފަލަށް ހުރަސް އަޅަން މަންމަ ދުވަހަކު ބޭނުން ވާނެތަ؟ ތީ އަހަރެންގެ ހުރިހަމައެކަނި ދަރިފުޅު، މަންމަ ރޫޔާ ދެކެ ލޯބިވާވަރު ދުލަކުން ބަޔާންކޮށް ނުދެވޭނެ….” މައިމޫނާ ގަދަކަމުން ލޮލަށް ކަރުނަ ގެނައެވެ.

ރޫޔާއާށް ބުނާނެ އެއްވެސް އެއްޗެއް ނޭގުނެވެ. ލޮލުން ފޭބީ އުފާވެރިކަމުގެ ކަރުނައެވެ. ނޭގި ހުއްޓާ ބަޑިފަޅައިގެން ދިޔައެވެ. މަންމަގެ ޖުމްލައިން އޭނަގެ ސިކުނޑިން މިލިއަން ޓަނުގެ ބަރުދަން ލުއި ވެއްޖެއެވެ. މަންމަ މިހާ އަވަހަށް ޤަބޫލުވެދާނެކަމަށް އޭނަ އުއްމީދެއް ނުކުރެއެވެ. ނުބައިކޮށް ވިސްނުނީ އޭނައަށް ކަމަށްވެސް ވެދާނެއެވެ.

”މަންމާ…” ރޫޔާގެ އަޑު ކުރެހުނެވެ. ބާރުބާރަށް މަންމަގެ ގައިގައި ބައްދާލަމުން ރޫޔާ ފުންނޭވާއެއް ލިޔެވެ. ދުނިޔޭގެ ހުރިހާ އުފަލެއް އޭނައަށް މިލްކުކުރެވުނުހެން ހީވި ވަގުތުކޮޅެކެވެ. މައިމޫނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިގެން ދިޔައެވެ. އުޖާލާވެފައިވާ ރޫޔާގެ މޫނު ފެނި މައިމޫނާ ފޮނިވެލިއެވެ. ރޫޔާގެ އޮމާން މޫނަށް އޭނައަށް ބަލަހައްޓައިގެން ހުރެވުނެވެ. ޔަޤީނުންވެސް އީނާއަށް ވުރެ ހާސްބައި ރީއްޗެވެ.

”މަންމަ މަރާލަންތަ ތިއުޅެނީ، ނޭވާ ނުލެވެޔޭ…” މައިމޫނާ ރޫޔާގެ ފަން އިސްތަށިގަނޑުގައި ފިރުމާލިއެވެ. ”ދެން ރޯނެކަމެއް ނެތޭ، ޒަލަފްގެ ފެމިލީ މީހުންނާ މީޓްކޮށްލަންވެސް ދާންވާނެ އެކަމަކު ފުރަތަމަ ކަމަކަށް ޒަލަފް މިގެއަށް ގެނޭ….” މައިމޫނާ ހުރީ އޭނަގެ ވާންއުޅޭ ދަނބިދަރިފުޅު ފަޒްލާމެންނަށް ދައްކާލާނެ ފުރުސަތެއް ނުލިބިގެންނެވެ. އެއުޅޭ އަލްޔަސްއަށް ވަކިދުލެއް ނުކުރާނެއެވެ. މައިމޫނާ ފޮނިގޮތަކަށް ހީލިއެވެ.

އީނާ ލެޕްޓޮޕާ ކުޅެން އިންދާ ރޫޔާ ދުވެލާފައި އައިސް އެނދަށް ވެއްޓިގަތުމުން އީނާ ބާރަކަށް ހަޅޭއްލަވައިގަންނަމުން އެނދުން ތެދުވެލިއެވެ. ރޫޔާގެ އެއަލަމުން ބިރުނުގަންނާނީ ކާކު ހެއްޔެވެ؟ އީނާ ފުންނޭވާތަކެއް ލަމުން މޫނުގައި ފިރުމާލިއެވެ. ރޫޔާގެ ފުން ހިނިތުންވުން އޭނައަށް ފެނުނީ ދެނެވެ. އީނާ ވަގުތުން ސުވާލުކޮށްލިއެވެ.

”ގެސްކޮށްބަލަ…” ރޫޔާ އީނާގެ އަތުގައި ހިފަަހައްޓާލިއެވެ. ”ޒަލަފް ޕްރޮޕޯޒް ކުރީތަ؟….” ކުޑަކޮށް ވިސްނާލުމަށްފަހު އީނާ ބުނެލިއެވެ. ”އަޅޭ، އަދި ގާތްކުރެވޭ ވަރެއްވެސް ނުވޭ….” ރޫޔާ ބުންޏެވެ.

”ބުނެބަލަ….” އީނާ ބުނެލިއެވެ. ރޫޔާގެ އުފާވެރިކަމުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރު އެނގެން އޭނަ ބޭނުންވިއެވެ. ރޫޔާ މީގެ އިރުކޮޅެއް ކުރިން ހިނގާ ދިޔަ ހާދިސާ ކިޔާ ދީފިއެވެ. އީނާ އިނީ ޤަބޫލުކުރަން ދަތިވެފައެވެ. ލިބުނު ޝޮކް ފިލައިގެން ދިޔައީ ރޫޔާ އަތުގައި ވިކާލުމުންނެވެ.

”އޯ.އެމް.ޖީ…..” އީނާ ފަހަރަކު ލަފްޒަކަށް ދަމާލަމުން ކިޔާލިއެވެ. ”އަހަންނަށްވެސް ފުރަތަމަވީ ތިކަހަލަ ގޮތެއް…..” ރޫޔާ ބުނެލިއެވެ. ”ވެލް، ސައިކޭޓްރިސްޓަކަށް ދެއްކީމަ ބޮޑުދައިތަ ރިކަވާރ ވެއްޖެހެން ހީވަނީ…” އީނާ އެނދުގެ ހެޑްބޯޑަށް ލެނގިލަމުން ބުންޏެވެ.

ނޫރާލްގެ ވާހަކަ ދައްކަން ރޫޔާ ހަނދާނެއް ނެތެވެ. މަންމަ ދިން ޚަބަރަކުން އެޚިޔާލު ސިކުނޑިން ފޮހެވިގެން ހިނގައްޖެއެވެ.

ޖެހިގެން އައި ދުވަހުގެ ހަވީރުގެ ވަގުތެވެ. ބޮޑުކޮޓަރި ވަނީ ޢާއިލާ މީހުންތަކުން ފުރާލާފަ އެވެ. ރޫޔާ އިންތިޒާރުކުރަމުން ދިޔައީ ޒަލަފް އަންނާނެ ވަގުތަކަށެވެ. ބައްޕަވެސް އައިސްފައި ވުމުން އޭނާ ހުރީ ހިސާބަކަށް ހާސްވެފައެވެ. އަތުގެ އިނގިލިތަކާ ކުޅެލަމުން ރޫޔާއަށް ބަލައިލެވެނީ މައިދޮރާއި ދިމާލަށެވެ. ޝިޔާޢުއާއި ދަވްލާހް ވިޔަފާރި ކަންތަކަކާ މަޝްވަރާ ކުރަމުން ދިޔައިރު މައިމޫނާ އިނީ މޫނު ބަނަކޮށްލައިގެންނެވެ. ރޫޔާ ދަވްލާހްއަށް ދަޢުވަތު ދިނުމުން އޭނަ އިނީ ހިތްހަމަ ނުޖެހިފައެވެ. ބޭބެވެސް ކުރީގެ ކަންތައްތައް ހަނދާން ނައްތާލާފައި ދަވްލާހްއާއި ވާހަކަދައްކާ ރާގުން އޭނަގެ ރުޅިގަނޑަށް އިތުރަށް ޕެޓްރޯލް އަޅާލެވުން ނޫންކަމެއް ނުވިއެވެ. އެތެރެއިން މައިމޫނާ ދަވްލާހްއާ ދިމާއަށް ވަރަކަށް ގޮވެލިފަތި ގޮވާލިއެވެ.

ބެލްޖަހާލި އަޑު އިވުމުން ރޫޔާއަށް ސޯފާއިން ތެދުވެވުނު ގޮތެއްވެސް ނޭގެއެވެ. އަވަސް އަވަހަށް އޭނަ ގޮސް މައިދޮރު ހުޅުވާލިއެވެ. ޒަލަފް ފެނުމާއެކު ރޫޔާ ބޭނުންވީ އެބިޔަ ހަށިގަނޑުގައި ބައްދާލާށެވެ. ނަމަވެސް ފަހަތުން އައިސް ހުއްޓުނު ނޫރާލް ފެނުމާއެކު ނިތަށް ރޫތަކެއް ޖަމާވެއްޖެއެވެ. މޫޑު މުޅިން ގޯސްވިއެވެ. ނޭގެ ބިރެއް ހިތުގައި ވަކިހިއްޕާލައިފިއެވެ. ނޫރާލްގެ ބަލައިލުމުން މެޔަށް ފިނިވެއްޖެއެވެ.

ޒަލަފް ފެންނައިރަށް މައިމޫނާ ސޯފާއިން ތެދުވެލިއެވެ. އަލްޔަސްއަށް ނަޒަރެއް ދެމުން އޭނަ ބަލާލީ ޒަލަފް އަށެވެ. އޭނަ ބޭނުންވާ ހުރިހާ ސިފަތަކެއް ޒަލަފްގެ ފަރާތުން ފެނުނެވެ. މައިމޫނާ އެންމެ ބޮޑަށް ހިތްހަމަ ޖެހުނީ ޒަލަފް ރީތި ވީމައެވެ. ރޫޔާއާއި ޒަލަފް ހާދަ ގުޅެއެވެ.

ޒަލަފްއާއެކު އައި އަންހެންކުއްޖާ ފެނުމާއެކު މައިމޫނާ އެކުއްޖާއާ ދިމާއަށް ލޯއަޅާލިއެވެ. މީބޮޑު ”ބިރެއް” ކަމަށް ސިކުނޑިން އިންޒާރުތަކެއް ދީފިއެވެ. ވީހާވެސް އަވަހަށް މިބިރު އެއްފަރާތްކޮށްލަންވީއެވެ. އެހެންނޫނަމަ އޭނައަށް ލިބެން އުޅޭ ޖަވާހިރު އަތުން ބީވެގެން ހިނގައިދާނެއެވެ.

ނޫރާލްއަކީ ޒަލަފްގެ މަންމަގެ ރައްޓެއްސެއްގެ ކުއްޖެއްކަން އެނގުމުން މައިމޫނާ ނޫރާލްއަށް ބަލައިލީ އަލިފާނުގެ ބަލައިލުމަކުންނެވެ. ހީވީ ނޫރާލް އެދެލޮލުން ފިއްސާލަން ބޭނުންވި ހެންނެވެ. އޭނަ މިކަށިކޮޅު މަގުން އެއްފަރާތް ކުރާނެއެވެ.

”މާ އިނޮސެންޓް މީހަކަށް ހެދިގެން އެބައުޅެޔޭ، ކަލޭ ހީކުރީތަ އަހަންނަށް އޮޅުވާލެވޭނެކަމަށް، އަދި ބުނެފިޔޭ ތިމަންނައަކީ ޒަލަފްގެ ގާތް އެކުވެރިޔެކޭ، ހިތުން އަހަރެންގެ ހިތުގައި ޝައްކު އުފައްދަން….. ހުއް ކަލެއަށް ދުވަހަކު ޒަލަަފް ނުލިބޭނެ، ޒަލަފް ލިބޭނީ ރޫޔާއަށް، ނިކަން އުޅެބަލަ ރޫޔާގެ އުފާތަކަށް ހުރަސް އަޅަން….. އަހަރެންގެ ނުބައިކަން ދައްކާލާނަން!…..” މައިމޫނާ ހިތާހިތުން ކިޔާލިއެވެ.

”ހޭއި ރޫ، ކީއްކުރަންތަ ނޫރަލް އައިސްގެން އެއުޅެނީ….” ރޫޔާ ބަދިގެއަށް ވަން މަންޒަރު ފެނި އީނާ ގޮސް އަހާލިއެވެ. ”ނޭގޭ…” ރޫޔާ ބުނެލިއެވެ. ރޫޔާ އީނާއަށް ކިޔައިދިނެވެ. އީނާގެ ބުމަގޮށްޖެހުނެވެ.

”ރޫ… ޑޯންޓް ގެޓް މީ ރޯންގް، އަހަންނަށް ހީވަނީ ނޫރާލް އުޅެނީ ރޫ އެންޑް ޒީންގެ ދެމެދު މައްސަލަ ޖައްސަންހެން… ތިދެމީހުންދާ ކޮންމެ ތަނަކަށް ނޫރާލް ދިއުމުގެ ފަަހަތުގައި ސަބަބެއް އޮންނާނެ އެއްނު…..” އީނާ ބުނެލިއެވެ. ރޫޔާ ދެލޯ ބޮޑުކޮށްލިއެވެ.

”ނޫރާލްއާ ބައްދަލުވި ދުވަހު ވަރަށް މޫޑް ގޯސްވެފައެއްނު އޭނަ ހުރީވެސް، ސުވާލު ކުރީމަވެސް ޖަވާބެއް ނުދިނެއްނު…. އަހަރެން ސަލާމްކުރަން އަތްދިއްކޮށްލީމަވެސް ދުރަށް ޖެހިލީ، ހުޅުމާލެއަށް ގޮއްސަވެސް ދުރުދުރުންނެއްނު އުޅުނީ…. އަހަންނަށް ޝައްކުތަކެއް ވިޔޭ……” އީނާ ބުނެލިއެވެ.

ދެއެކުވެރިން ގޮސް ބޮޑުކޮޓަރިއަށް ވަންއިރު ފެންނަމުން ދިޔައީ އުފާވެރި މޫނުތަކެވެ. ރޫޔާ ބަލާލީ ނޫރާލް އަށެވެ. އޭރު ނޫރާލްވެސް އިނީ ރޫޔާއަށް ބަލަހައްޓައިގެންނެވެ. އަވަސް އަވަހަށް ނޫރާލް ދުރުބަލަން ފެށިއެވެ. ނޫރާލްއަށް ވާގޮތެއް ބަލައިލަން ރޫޔާ ގޮސް ޒަލަފް ކައިރީގައި އިށީނެވެ. ޒަލަފް ހިނިތުންވެލަމުން ރޫޔާގެ އަތްތިލައަށް ފިތާލިއެވެ. ނޫރާލް ފޯނާ ކުޅެން ފެށިއެވެ. ރުޅިއައިސް މޫނު ރަތްވި އެވެ.

”އަހަންނަށް ފެންނަނީ ތިދެކުދިންގެ ކައިވެނިވެސް އީނާއާއި އަލްޔަސްގެ ކައިވެންޏާއެކު ބާއްވަން…..” މައިމޫނާ ބުނެލިއެވެ. އޭރު އޭނަ ފަހަރެއްގައި ވެސް އޭނައާއި އުމެއިރާގެ ރޭވުމުގެ މަތިން ހަނދާންނަތައެއް ނުލައެވެ. އޭނަ އެހެން ބުނީ ނޫރާލްގެ ސިއްރު ބޭޒާރުކޮށްލަން ވެގެންނެވެ. އޭނަގެ މަޤްސަދު ހާސިލުވިއެވެ. ނޫރާލް ބޮމުން ދިޔަ ޖޫސް އަރުތެރޭގައި ތާށިވެ ކެއްސަމުން ގޮސް މުޅިމީހާ ހުދުވިއެވެ. ރާނިޔާ ފެންތައްޓެއް ދިއްކޮށްލުމުން އެއްނޭވާއިން ނޫރާލް ފެންތަށި ހުސްކޮށްލިއެވެ. ކަންފަތް ދޮށުގައި ބާރުގަދަ ބޮމެއް ގޮއްވާލެވުނުހެން ހީވި ވަގުތުކޮޅކެވެ. ނޫރާލް ތުން އަނބުރާލިއެވެ.

”އާރ ޔޫ އޯކޭ؟….” މައިމޫނާ އަހާލިއެވެ. ނޫރާލް ޖަވާބުދިނީ ބޮލުގެ އިޝާރާތުންނެވެ.

ރޫޔާއާއި ޒަލަފްގެ ކައިވެނީގެ ހުރިހާ ކަމެއް ނިންމަން އެރޭ މައިމޫނާ ”އޯޓަމް ސްކައި”އަށް ދިޔައެވެ. މައިމޫނާއަށް އެގެ ވަރަށް ބޮޑަށް ކަމުދިޔައެވެ. އެގެއާއި އިންވެގެން ހުރި އުސް އިމާރާތުން ފްލެޓެއް ލިބޭނެކެމަށް އޭނަ އުއްމީދުކުރިއެވެ. އެވެސް ރޮޒެއިނާމެންގެ ގޯތީގެ އެއްބައެވެ. އުމެއިރާ ބުނިހެން ”އޯޓަމް ސްކައި” ގޭގެ އެތެރެ ހާދަ ރީއްޗެވެ، ފުރިހަމައެވެ. މައިމޫނާގެ ދެލޮލުގެ ވިދުން ގަދަވިއެވެ.

ރޮޒެއިނާއާއި މައިމޫނާ އެތައް އިރެއް ވަންދެން މަޝްވަރާކުރަން ތިއްބެވެ. މިހުރިހާ ވާހަކައެއް އަޑުއަހަން ހުރި ނޫރާލްގެ ސިކުނޑީގައި ބޮޑު ތޫފާނެއް އުފަންވެގެން ދިޔައެވެ.

***

ކުލްޘޫމްގެ އެދުމުގެ މަތިން އީނާ ”ރެއިންގްލޯރ”އަށް ދިޔައެވެ. ކުލްޘޫމްއާއެކު ގޮސް އީނާ ވަނީ ކުލްޘޫމްގެ ކޮޓަރިއަށެވެ. އީނާ އެބޮޑު ކޮޓަރިއަށް ނަޒަރު ހިންގާލިއެވެ. ހިތްފަސޭހަ ތަނެކެވެ. އޭސީގެ ފިނިން އަރާމުވިހިނދު ފެތުރިފައިވާ ލުއި އާފަލުގެ މީރު ވަހުން ސިކުނޑި ތާޒާކުރުވާނެއެވެ. ކޮޓަރީގެ ފާރުތަކުގައި ހަރުކުރެވިފައިވާ ކުރެހުންތަކަށް ނަޒަރު ހިންގާލަމުން ގޮސް އީނާ އިށީނީ ސޯފާގައެވެ. ސޯފާއާ ކުރިމައްޗަށް ވާގޮތަށް ހުރި ވަށް ބިއްލޫރި މޭޒުމަތީގައިވަނީ ކައިވެނީގެ ހެދުންތަކުުގެ ޑިޒައިންތައްވާ ފޮތްތަކެވެ.

”އީނޫއަށް ރީތި ހެދުމެއް ޗޫޒްކޮށްބަލަ….” ކުލްޘޫމް ބުންޏެވެ. އަދި މޭޒުމަތީ ހުރި ފޮތްތައް ނަގަމުން އީނާ އަތަށް ދިއްކޮށްލިއެވެ. އީނާ ފޮތުގެ ގަނޑުތައް އުކަން ފެށިއެވެ. ފޮތުގެ ފަހު ގަނޑުތަކާ ހަމައަށް ދެވުނުތަނާ ނުލާއި ހުދުކުލައިން ފަރުމާކުރެވިފައިވާ ރީތި ހެދުމެއް ފެނިއްޖެއެވެ. ”މި ހެދުން ރީތި ދޯ؟….” ކުލްޘޫމްއަށް ވެސް އެހެދުން ކަމުދިޔައެވެ. މާބޮޑަށް ދެއްކުންތެރިކަމެއް ނެތް ”ސިންޕްލް” ހެދުމެކެވެ. އެހެދުމާއި ގުޅޭ ޑިޒައިނެއްގެ ބުރުގާއެއް ވެސް ވަރަކަށް ހޯދާލުމުން ފެނުނެވެ.

ހަވީރުގެ ސައިތައްޔާރުކުރަން ކުލްޘޫމް ދިޔުމުން އީނާ ކޮޓަރީގެ ފާރުގައި ހަރުކޮށްފައި ތިބި ފޮޓޯ ފްރޭމްތައް ބަލަން ފެއްޓިއެވެ. އެއީ އަލްޔަސްމެންގެ ޅައިރުގެ ފޮޓޯތަކެވެ. ތަސްވީރެއް ކައިރިއަށް ހުއްޓޭއިރަށް މީހަކު ފަހަތުން އައިސް ބައްދާލުމުން އީނާއަށް ހަޅޭއްލަވައި ގަނެވުނެވެ.

”މަށޭ، ވެންޕަޔަރެއް ނޫނޭމީ….” އަލްޔަސް ލުއި ހުނުމަކާއެކު ބުންޏެވެ. ”ސޭމްގެ ސަބަބުން އަހަރެންގެ ހާޓް ފެއިލްވެގެން މަރުވާނެ….” އީނާ ހުރީ މައިނޭވާލެވޭ ހިސާބަށް ގޮސްފައެވެ. އޭނަ އަލްޔަސްއާ ކުރިމައްޗަށް ވާހެން އެނބުރިލަމުން އަލްޔަސްގެ އަތުގައި ވިކާލީ ބާރަކަށެވެ. ”އައުޗް”އޭ ކިޔާލަމުން އަލްޔަސް އަތުގައި ފިރުމާލިއެވެ.

”ސޮރީ…. ސޮރީ….” އަލްޔަސް ބުމަ ކައިރިކޮށްލުމުން އީނާ ނިކަން އަވަހަށް މާފަށް އެދުނެވެ. އަލްޔަސް އޭނަދެކެ ރުޅިއަންނަން ދުވަހަކު ބޭނުމެއް ނުވެއެވެ. އީނާ އަލްޔަސްގެ އަތަށް ބޮސްދިނެވެ. ފިރުމާލަ ދިނެވެ.

”އޯކޭތަ؟…” އަލްޔަސްގެ ތޫނު ދެލޯ އަމާޒުވެފައި ވުމުން އީނާއަށް އެދެލޮލުގެ ތެރެއަށް ފީނައި ގަނެވުނެވެ. ލޯބީގެ ފުން ކަނޑެކެވެ.

”މީކޮން ކުއްޖެއްތަ؟ ސޭމްގެ ކަޒައިންއެއް ދޯ؟….” ދެމެދަށް ވެރިވެގެން ދިޔަ ހިމޭންކަން ފޫއަޅުވާލީ އީނާގެ އަޑުންނެވެ. އީނާ އިޝާރާތްކޮށްލީ އަލްޔަސްއާއި ކޮންމެވެސް ފިރިހެންކުއްޖަކާއެކު ނަގާފައިވާ ފޮޓޯއަކަށެވެ. ބަލާބެލުމަށް ދެކުދިންގެ އެއްގޮތް ސިފަތަކެއް ވެއެވެ. ދެން ހުރި ކުއްޖާ ހިކިވެފައި ބަލިކަމަށް ދައްކައެވެ.

”މީ ދޮންބެ، އަހަރެން ކިޔަނީ ނިކް….” އަލްޔަސް ބުނެދިނެވެ.

”ދުވަހަކު ނުދެކެން ތި ދޮންބެއެއް، ރިނީ ދައްތަގެ ވެޑިންއަކުންވެސް ނުދެކެން….” އީނާ އެފޮޓޯއިން ނަޒަރު ވަކިކޮށްލަމުން ބުނެލިއެވެ.

”ހީ އިޒް އިން އެބްރޯޑް….” އަލްޔަސް ބުންޏެވެ.

”މިކޮޅަށް ނާދޭތަ؟…” އީނާ އެހި އެވެ. ”ނިކް”ގެ ފުރަވާރުގެ ފޮޓޯއެއް ނެތެވެ. ހުސް ޅައިރުގެ ފޮޓޯތަކެވެ.

”ޓެން ނިންމާލާފަ އެކޮޅަށް ދިޔަގޮތަށް ދުވަހަކު ނާދޭ، އެކަމަކު މިފަހަރު ސަމާރ ހޮލިޑޭސްއަށް އަންނާނެ، އޭރުން ބައްދަލުވާނެއެއްނު…..” އަލްޔަސް ބުނެލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

މުތާ/ ސ.ހިތަދޫ

Level 210 Stories

Other Articles

Previous

އޯގާވީ ހިތަކުން…19

Next

ދީވާނާ ލޯބިން ވެއްޖޭ. . [6]

Next
April 26, 2014

ދީވާނާ ލޯބިން ވެއްޖޭ. . [6]

Previews
April 24, 2014

އޯގާވީ ހިތަކުން…19

4 Comments!

  1. naj says:
    April 26, 2014 at 11:49 am

    ohhh
    dhn dhnbe vess enn dheke loabi vaany tha 😛
    nice
    avahah up kohdheyne kamah unmeedhu kuran
    🙂

  2. liuu says:
    April 26, 2014 at 6:05 pm

    kihinei vaan baa mi ulheny??????????? pls sam n een dhuru nukurachey….hiyy birugannan fashaifi mi haaruvx…….sam ge bro dho….anekka een mn dheythere ah vannanytha?????so waiting 4 d nxt prt impatiently….:D 😀 :D…pls muthaa sam n een dhuru nukurachey….maimoona ge plan flop kohlabala plx plx plx plx 🙁 🙁 🙁

  3. Nix ie says:
    April 26, 2014 at 8:47 pm

    Hai muthaaa!!!!!! Kihineh tha?????
    Wow cover pic mihaaru haadha salhi ey dho??? Varah obi ingey, ohhhh, maimoonaa ah heyo visnuneetha??? Maimoonaa dhen rangalhu v ma varah ufaavehjje,eenu bunihen beys kureema rangalhu v kanneyge dho???? Ekam ba eh faharu heevani mudhalaa faisaa aa hedhi ulhey hen, ekam ves ok thaa,roo beynun gothah kanthah vaan vihyya e ulheny,    mi oh ulhey nooral eh dho? Heevani ahtta maheh hen,abadhu zalaf fahathun nehten neygigen,varah foohivey ulhey vahtharun,heevani nooralves zalaf dheke loabivegen ulheyhen,maimoonaa gadha ingey, e nooral ehfarai kohlaa avahah, ohhh!!! Zalaf men ge gey fenifa maimoonaa huri thalin kulhu hikifa, heheheheheeee
    Mi partves varah salhi,hama habeys ingey muthaa,sifakurunthah ves hama varah obi, dhen kon irakun 21vana part?????????? Mihuri e part ge inthizaarugai…. Dhen ba e ingey tvgc have a lovly night

  4. fan says:
    April 27, 2014 at 2:42 pm

    Habeyssssss, mutha vareh hama nethey, enme salhi vaahaka, dhenvaane gotheh engen beynumi so intresting… ♥♥♥♥♥♥♥♥♥♥♥♥♥

Comments are closed.

Next Episodeއޯގާވީ ހިތަކުން…21←


All Right Reserved!