Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

ދީވާނާ ލޯބިން ވެއްޖޭ. .[7]

GuDuMeena Level 310 Stories500 Comments100 Comments
April 27, 2014 7 Mins Read
66 Comments

“ޕު…ހް. . ” އެއީ ހުސް ލޮނެވެ. އެސޯސް ތަކުގެ މައްޗަށް ވަކިން ބައިވަރު ލޮނު އަޅައިގެނެވެ. އެންމެންނަށް ކުޅުޖަހައިލެވުނީ އެއްފަހަރާއެވެ. ރިޔާ ދުވެފައި ބަދިގެ ފަރާތަށް ދިޔައިރު ރަނާ ދޮރުން ބޯދިއްކޮށްގެން އޮވެ ހެނީއެވެ. ޒާނިޝްވެސް އަހަރެމެންނަށް ލަނޑެއް ދެވުނީމައި ހީނ ހީނފައި އުޅޭއިރު ހީވަނީ އާކުކުޅަކަށް ގާ ބިހެއް އެޅިގެން އުޅޭހެނެވެ.

ހެނދުނުގެ ނާސްތާއަށް ހުރިހާ ފިރިހެންވެރިން އެއްސުފުރާއެއްގެ މަތީގައި އިންސާފުކުރަމުން ދިޔައިރު އެކިކަހަލަ މަޖާ ވާހަކަތައް ދެކެވެމުން ދިޔައެވެ. ހާފިޒް އާއި ޝިޔާމް ހުރުމުން މުޙައްމަދުބެ އަކީވެސް އަނގަ ގަދަ މީހެންކަން އެނގިއްޖެއެވެ. ދަތުރު ދިއުމުގެ ކަންތަކުގައި މަޝްވަރާ ކުރެވެމުން ދިޔައެވެ. ނަމަވެސް މިއިން އެއްވެސް ކަމަކުން އަހަރެންގެ ހިތަށް ކުޑަވެސް ފިނިކަމެއް ނުލިބުނެވެ. އަޔާން އާއި ޒާނިޝް އެހާ އަނގަތަޅާ އުޅުނުއިރު އަހަރެންނަކަށް އެމީހުން ދައްކާ ވާހަކައަކަށް ވެސް މާބޮޑު ސަމާލުކަމެއް ނުދެވުނެވެ. އަހަރެންގެ ހިތަށް ލިބިފައިވާ ޒަޙަމްތަކުން ލިބެމުންދިޔަ ވޭން ވަނީ މާބޮޑުވެފައެވެ.

ސައިބޮއެ ނިމިގެން އަހަރެން މަންމަ އަށް ގުޅާލީމެވެ. އާދައިގެ މަތިން ކުރެވުނު މަޖާކަންތަކާއި އެއްޗިހި ކިޔައިދީ ހެދީމެވެ. އަހަރެންނަށް ޝާޔާގެ ވާހަކަ ފަށާނެ ގޮތެއް ނޭނގުނެވެ. މަންމަގާތު އެވާހަކަތައް ކިޔައިދޭނެ ގޮތެއް ނުވިސްނުނެވެ.

“ދަރިފުޅު ކޮންކަމަކާ ތި ވިސްނަނީ. . ” އަހަރެންގެ އަޑެއް ނީވި ގިނައިރު ވުމުން ކަން ނޭނގެއެވެ. މަންމަ އަހައިލިއެވެ. މަންމަ ވަރަށް ފަސޭހައިން އަހަރެންގެ ހުރިހާ އިޙްސާސެއްވެސް ދެނެގަންނާނެއެވެ.

“ނަތިން. . ހަމަ. . މޮމް. . އައިތިންކް އައިމް އިން ލަވް. . ” އަހަރެންނަށް ބުނެވުނީ އެހިސާބަށެވެ.

“ހަމަ އަސްލުވެސްތަ. . ކޮންކުއްޖެއްތަ މަންމަގެ ސިއާންގެ ހިތް އަތުލައިގެން އެއުޅެނީ. . ވަރަށް ރީތި ކުއްޖެއްތަ؟ ދެން ރީތި ވީމަތާ ދޯ ދަރިފުޅުގެ ހިތް އަތުލެވޭނީ. . ހެހެހެ. . ޓެލް މީ މޯރ. . ” މަންމަ އެކުއްޖާއާއި ބެހޭގޮތުން އޮޅުންފިލުވަން ބޭނުންވެފައި ހުރި ވަރު ހާމަކުރިއެވެ. އަހަރެން މަންމައަށް އެންމެ ފުރަތަމަ ހުވަފެނުން ފެނުނު ރެއިން ފެށިގެން މިރޭ ފަތިހު ކަންތައްވީ ގޮތާއި ހަމައަށް މަންމަ އަށް ކިޔައިދިނީމެވެ. އެއަށްފަހު ދިޔައީ ހުސްކަމެކެވެ. އަހަރެން އިންތިޒާރުކުރަމުން ދިޔައީ މަންމަގެ ބަހަކަށެވެ.

“އައި އޯލްރެޑީ ލައިކް ހަރ. . ” މަންމަ އެކްސައިޓެޑް ވެފައި ހުރި އިރު ހީވަނީ ފުރާވަރުގެ އަންހެން ކުއްޖެއް ހެނެވެ. ޝާޔާއާއި ބައްދަލުކުރާހިތުން މަންމަ ހުރީ ކެތް މަދުވެފައެވެ. މަންމައާއި ބައްޕައަކަށް އަންހެން ކުއްޖެއް ނުލިބެއެވެ. އަހަރުމެން އާއިލާގއި ތިބެނީ ދޮންބެއާއި އަހަރެންނެވެ. އެހެންކަމުން މަންމަ ހުންނަނީ ދޮންބެވެސް މީހަކާ ނީންނާތީ އަބަދު ޝަކުވާ ކޮށްލަ ކޮށްލައެވެ.

“ޝާޔާ އަށް މަންމަގެ ސަލާމް ބުނެދެއްޗޭ އިނގޭ. . މަންމަ ވަރަށް އަވަހަށް ދާނަން ތިރަށަށް އިރާދަކުރެއްވިއްޔާ. . ދަރިފުޅުގެ ޝާޔާ ދެކިލަން. . ދެން ދަރިފުޅު އެކަމާ މާބޮޑަށް ފިކުރު ނުކުރައްޗޭ. . މަންމަ ގޮސް ތިހުރިހާ ކަމެއްވެސް ހަމަޖައްސާލަދޭނަން. .” މަންމަ ފޯން ބޭއްވީ އަހަރެންނަށް އުންމީދު ތަކެއް އާކޮށްދީފައެވެ. ހިތުގައިވި ހުރިހާ އުދާހެއް އެއްފަހަރާ ކަހަލަ ގޮތަކަށް ފިލައިގެން ދިޔައެވެ. ހިތަށް ހަމަޖެހުން ލިބުނެވެ.

ހުކުރު ދުވަސް ކަމަށް ވުމާއިއެކު މަސައްކަތް އަވަސް ކޮށްލާފައި ހާފިޒް އާއި ޝިޔާމް ވެސް ދިޔައީ ގެއަށެވެ. އަހަރެމެން ވެސް އަވަހަށް ފެންވަރާލައިގެން ނިކުތީ ހުކުރަށް ދާން ތައްޔާރުވެގެންނެވެ. އާންމުކޮށް ހުކުރު ދުވަހަކީ އެއްޗިހި ދޮންނަ ދުވަހަކަށް ވީނަމަވެސް މާދަމާ ދަތުރު ރޭވިފައި ވާތީ ދޮވުން ލަސްކޮށްލީ މާދަން ރެއަށެވެ.

“ރޭ ފަތިހު ހޭލާ އުޅުނިންދޯ. . ވެއަރ ޑިޑް ޔޫ ގޯ. . މަށަށް ހޭލެވިގެން ބަލައިލިއިރު ކޮޓަރިއަކު ނެތް. . ” ޒާނިޝް ވާހަކަދެއްކީ މިސްކިތަށް ދާން ނިކުންނަމުން ނެވެ.

“އަހަރުމެން މިހެން ތިއްބަ މިހާރު ދަންވަރު މީޓް ކުރަންވެސް ދާން ފެށީއޭ ދޯ. . ޔޫ އަރ ޓޫ މަޗް ޑޫޑް. . ” އަޔާން ވެސް އަހަރެންގެ ކޮނޑުގައި ޖަހާލަމުން ދިމާކޮށްލިއެވެ. އަހަރެންގެ ހިތަށް އެރިއެވެ. އެ ހުވަފެން ކިޔައިދޭން ވީބާއެވެ؟ މީގެ ކުރިންވެސް އެހެން ފެންނަ ހުވަފެންތައް ކިޔައިދީ އުޅެމެވެ. އެކަމަކު މިއީ ތަފާތު ހުވަފެނެކެވެ. އެންމެ ފަހުން އަހަރެން ނިންމީ އެދެމީހުންނަށް ކިޔައިދޭށެވެ. އެ ދެމީހުންގެ ވެސް ޚިޔާލު ހޯދާލާށާ އެކީގައެވެ.

“އައި ސޯ އަ ޑްރީމް. . އޭގެ ފަހަކުން ނުނިދުނު. . އައިލް ޓެލް ޔޫ ލޭޓަރ. . ” މިސްކިތަށް އަރަމުން އަހަރެންގެ ވާހަކަ މެދުކަނޑައިލީމެވެ. ގެއާއި މިސްކިތާއި ކައިރި ވީމައާއިއެކު މިސްކިތަށް ދާން ދެމިނެޓެއްހާއިރު ވެސް ނުނަގައެވެ. ހުކުރު ނިމިގެން މިސްކިތުން ފޭބި ގަޑީގައި ބަކުރުބެ އާއި ދިމާވިއެވެ.

“އެކޮއެ. . ބޭބެގެ މަރިޔަން މިއަދު ހެނދުނު އަތުވެއްޖެ. . ހުންނާނެ ވަރަށް ރަނގަޅަށް ކާން ވެސް ހަދާފަ. . ދާންވީއެއްނު ގޭދޮށަށް ގޮތެއް ހަދާލަން. . ” ބަކުރުބެގެ އެދުނު ނަމަވެސް އަހަރެންނަކަށް ދާކަށް ނުކެރުނެވެ. އަހަރެންގެ ފިނޑިކަމެވެ. ޝާޔާއާއި ފޭސްކުރާކަށް އަހަރެންނަކަށް މިހާއަވަހަކަށް ފަސޭހައެއް ނުވާނެއެވެ.

“ގޭގަ އައިޝާ ދައްތަ ވަރަށް ރަނގަޅަށް ކާން ހަދާފަ ހުރީ. . ދެން އެހެން ފަހަރަކުން ދޯ. . ” އަހަރެން އުޒުރު ދައްކާލީމެވެ.

“އެހެންވީރު ކޮންމެހެންވެސް ވާނެ ހަވީރު ސައިފޮދެއް ބޯލަން އަންނަން. . ” ބަކުރުބެ ކުރު ނުކުރުމުން އަޔާންމެން ގޮވައިގެން ދާން އެއްބަސް ވީމެވެ.

މެންދުރަށް ވަރަށް ރަނގަޅަށް ކާން ހަދާލާފައި ހުއްޓެވެ. ހަނާކުރި ކުކުޅާއި، ކުކުޅު ރިހަ، ހިކިކޮށް ހަދާފައި ހުރި ސޮސެޖް، ފްރައިޑް ރައިސް، ރޮއްޓާއި، ސެލެޑް، އަދި ދެތިން ވައްތަރެއްގެ މޭވާ ވެސް ހުއްޓެވެ. މިއަދަކީ އެ ޢާއިލާގެ އެންމެ މެންބަރެއް ނޫނީ އެހެން ހުރިހާ އެންމެން ވެސް ހަމަވި ދުވަހެކެވެ. އެއީ އައިޝާދައްތަގެ ދޮށީ ފިރިހެން ކުއްޖާއެވެ.

“ހަމަ އެކަނި ރިޔާޟް ދޯ މަދީ. . އެސޮރު މީން ދުވަހަކު ގުޅާލިތަ. . ” މުޙައްމަދުބެ އައިޝާދައްތަ ކައިރީ އަހައިލިއެވެ. އެއާއިއެކު އައިޝާދައްތަގެ މޫނުމަތިން ފެންނަން ހުރި އުފާވެރިކަން ގެއްލުނެވެ.

“ކިހިނެއް ގުޅާލާނީ. . އެހެރީ ވަރެއްގެ އަންހެނެކާ ޖެހިފަ. . އެޝައުޝަން އަހަރެމެންނާ ގުޅިއަކަ ދޭނެތަ. . އަހަރެމެންނަށް އެއްޗެއް ފޮނުވިޔަސް އެހާ މައްސަލަ ޖައްސާ. . ” އައިޝާދައްތަ ފޫހި ރާގަކަށް އެހެން ބުނެފައި ތަށިތައްޓަށް ފަނި އަޅަމުން ދިޔައެވެ.

“ރިސޯޓުން ޗުއްޓީ އެއް ނަގާވާހަކަ ބުނި އަންނަ މޭމަހު ތެރޭގަ. . ނަގައިގެން އަނަނާނެމޭ ބުނި އެންމެ ފަހުން ގުޅި ދުވަހު. . ” މުޙައްމަދުބެ އިތުރުކޮށްލިއެވެ. ކުއްލިއަކަށް އަޔާންގެ ފޯން ރިންގުވާން ފަށައިފިއެވެ. ގުޅަނީ އަޔާންގެ މަންމަ އާލިޔާ ދައްތައެވެ. އެއީވެސް އަޔާން ކަހަލަ ސަކަމިޒާޖެއްގެ ހިތްހެޔޮ ދައްތައެކެވެ.

“މަންމާ. . އަޅުގަނޑު ކަނީ އޭ. . ނިންމާލާފަ ގުޅާލާނަން. . ” އެހެން ބުނެފައި ފޯނު ބާއްވައިފިއެވެ. “މަންމަ އެގުޅީ. . މަންމަ އައިޝާ ދައްތައާއި ވާހަކަދައްކާލާ ހިތުން އައީއްސުރެ ކިޔާ. . އެކަމަކު ރަނގަޅު ވަގުތަކާ ދިމާ ނުވާތީ އަދިވެސް ލަސްވެފަ އޮތީ. . ” އަޔާން ހަނާކުރި ކުކުޅު ފައެއް ތައްޓަށް ލަމުން ވާހަކަ ދެއްކިއެވެ.

“މީ ރަނގަޅު ވަގުތެއްނު. . އެހެންވީމަ ކައި ނިމިގެން ވާނެ ގުޅާލަދޭން. . ދައްތަވެސް ޖެހޭނެއެންނު ތި ދެކުދިންގެ މައިން ބަފައިންނާވެސް ގުޅުން ބަދަހިކުރަން. . ” އައިޝާދައްތަ ފަނިފޮދެއް ބޮއެލަމުން ބުނެލިއެވެ. އައިޝާދައްތައަކީ ވަރަށް މީހުންނާ ގުޅޭ ހިތްހެޔޮ މިޒާޖެއްގެ މީހެކެވެ. މުޙައްމަދުބެ ހުރުމާއިއެކު އަޔާން އާއި ޒާނިޝް ތިބީ ވަރަށް މަޑުމައިތިރި ވެފައެވެ. ރަނާ އާއި ރިޔާ ވެސް އިރު އިރުކޮޅާ ވައްކަޅިން ބަލާލުން ނޫން ކަމެއް ނުކުރެއެވެ. ކައި ނިމިގެން އަހަރުމެން ސިޓިންރޫމް ގައި ޖައްސައިލީ ކުޑަކޮށް ބަނޑުދަމާލާށެވެ.

“މިއުޅެނީ މައިޓު ސެޓުކުރަން އިނގޭ. . މިހާރު މިހިރީ ދޭތިން އެކައްޗަށް ޖައްސާފަ. . ” އަޔާން ފޯން ނަގާ އާލިޔާ ދައްތައަށް ޑައިލްކޮށްލަމުން ބުނެލިއެވެ.

“ޔޫ ކާންޓް ބީ ސީރިއަސް. . މިހާއަވަހަށް މަންމަކައިރީ ވެސް ބުނީތަ. . ” ޒާނިޝް ޝަކުވާކޮށްލި އިރު ހީވަނީ ޒާނިޝްއަށްވުރެ ކުރިން ބުނެގެން ދެރަވެގެން އުޅޭހެނެވެ.

“ވައި ނޮޓް. . ދެން އަބަދު ކިހިނެއް ބޭބެ ކޮއްކޮ ވެފަ ހުންނާނީ. . ބަޓް އަދި މޮމް ކައިރިއަކު ނުބުނަން ރަނާގެ ވާހަކައެއް. . ޔޫ ނޯ. . ސްޓެޕް ބައި ސްޓެޕް ތާ ދޯ ޖައްސަން ޖެހޭނީ. . ” އަޔާން ވަރަށް ފަޚުރުވެރިކަމާއިއެކު ބުނެލިއެވެ.

“މޮމް މަޑުކުރައްޗޭ. . އައިޝާ ދައްތަ ވެސް ވާހަކަ ދައްކާލަން ބޭނުންވެފަ ހުރީމަ ކައިގެން މި ގުޅީ. . ” އަޔާން ގޮސް ފޯނު އައިޝާ ދައްތަ އަތަށް ދިނެވެ.

“އައްސަލާމް ޢަލައިކުމް. . ” އައިޝާ ދައްތަ ސަލާމް ގޮވައިލިއެވެ.

“ވަޢަލައިކުމުއް ސަލާމް. . އައިޝާ ކިހިނެއް ހާލު. .މީ އަޔާންގެ މަންމަ އާލިޔާ. . ”

“ހާލު ވަރަށް ރަނގަޅު. . އަޔާން ބުނި ވަރަށް ވާހަކަ ދައްކާލާ ހިތުން އުޅުނު ވާހަކަ. . ”

“އާނ. . އަޔާން ވަރަށް ދައްކާނެ އައިޝާގެ ހެޔޮވާހަކައާއި، ތިކޮޅު މަޖާ ވާހަކަ. . އަހަރެން ވެސް މިހުންނަނީ އެސޮރު ކިޔާވަރުން ދާ ހިތްވެފަ. .”

“އެހެންވީރު މާ ރަނގަޅަކަށެއްނު މިދިމާވީ އާލިޔާއާއިވެސް ދިމާވާނެތާ. . އަވަހަށް އުޅޭ މިކޮޅަށް އަންނަން. . އަހަރެން މިކޮޅުގަ ތިބެވޭނެ ގޮތް ހަމަޖައްސާލަދޭނަން. . ”

އެ ކޯލު ނިމުނީ އާލިޔާ ދައްތަވެސް މިކޮޅަށް އަންނަ ގޮތަށް ނިމިގެނެވެ. އަޔާން ހުރީ ލިބުނު ކާމިޔާބީއަށް ވަރަށް އުފާ ވެފައެވެ. އަޔާންގެ މަންމަ އަންނަ ވާހަކަ އަޑުއިވުމުން އެއްމެ އުފާވި އެކަކީ ރަނާ އެވެ. ރަނާ އާލިޔާ ދައްތަ އާއި ބައްދަލު ކޮށްލާހިތުން ކެތްމަދުވެފައި ހުންނަހެން ހީވެއެވެ. ޒާނިޝް ވެސް މިހާރު ވިސްނަމުން ދަނީ ރިޔާ އާއި އޮތްގުޅުން އިތުރު ހަރުފަތަކަށް ގެންދާނެ ގޮތަކާއި މެދުގައެވެ.

ހަވީރު ހިޔާއެރުމުން އަހަރެންނާއި ޒާނިޝް އަދި އަޔާން ޒަބަރުޖުދުގެ އަށް ދާން ނިކުތީމެވެ. ދިޔަ މަގުމަތީގައި އަހަރެންނަށް ރޭ ފެނުނު ހުވަފެނުގެ ވާހަކަ ވެސް ކިޔައި ދިނީމެވެ. އަޔާން އާއި ޒާނިޝް ވެސް ހުރީ ފެނުނު ހުވަފެނާމެދުގައި ކަންބޮޑުވެފައެވެ.

“އަހަރެންނަށް ހީވަނީ ޝޯން އަށް ތިފެންނަ ޕްރިކޮގްނިޓިވް ޑްރީމްސް ތަކަކީ ވަރނިން އެއް ހެން. . އަދި އެހެނެއް ނުވެއެއްނު. . އެހެންވީރު ޔޫކޭން ސްޓޮޕް ދެޓް ފްރޮމް ހެޕެނިންގް. . ޔޫ ކޭން ސޭވް ހަރ. .” ޒާނިޝް ގެ ޚިޔާލު ދިނެވެ. އަހަރެންނަށްވެސް އެ ވާހަކަތަކާ އެއްބަސް ވެވުނެވެ.

“ޔާ. . އައިކޭން ސޭވް ހަރ. . ޔޫ ނޯ ދެޓް. . ” އަހަރެންނަކީ އޮސްޓްރޭލިޔާގައި ކިޔަވަން އުޅުނުއިރު ލައިފް ސޭވިންގް ޓްރެއިނިންގް ޕްރޮގްރާމް އިން އެންމެ މަތިން ސްކޯރ ކުރި އެކަކެވެ. އަހަރެންނަށް ޝާޔާ ގެނބެނިކޮށް ފެންނާނެނަމަ އަހަރެންނަށް ޝާޔާ ސަލާމަތް ކުރެވޭނެއެވެ.

“ސޯ. . ލެޓްސް ގެޓް ދިސް އޯވަރ ވިތް. . ތިބުނީ ޝާޔާ ގެނބެނިކޮށް ފެނުނީ އެއްވެސް މީހަކު ފެންނަން ނެތް ހިސާބެއްގައޭ. . އެކަމަކު ޝާޔާ އެކަނި މިރަށު މޫދަކަށް އެރޭކަށް ނުދާނެ. . ސޯ މޭބީ. . އެއީ ފަޅުރަށެއް. . އެން ރިމެމްބަރ ދެޓް ވީ އަރ ގޮއިންގް އަ ޓްރިޕް ޓުމޯރޯ. . ” އަޔާން އެ ބުނަން އުޅުނު އެއްޗެއް އަހަރެންނަށް ނަގައިގަނެވުނެވެ. އަހަރެމެން ނިންމީމެވެ. މާދަން ދަތުރު ދާއިރު ޝާޔާ ގޮވައިގެން ދިއުމަށެވެ. އެއީ ހުވަފެނުން އެފެންނަނީ ދާން އޮތް ފަޅުރަށަށް ޝާޔާ ގޮސްގެން އުޅޭ މަންޒަރޭ އަހަރެންނަށް ހީވަނީއެވެ. އެއަށްފަހު ޝާޔާގެ ހުރިހާ ހަރަކާތަކަށް ފާރަލާނީއެވެ. ގެނބިއްޖެ ނަމަ ސަލާމަތް ކޮށްދެވޭ ހިސާބުގައި އަހަރެން ހުންނާނީއެވެ. އެހެން ވީއިރު ހުވަފެން ސީދާވެ، އަހަރެންނަށް ޝާޔާ ސަލާމަތް ކުރެވުނީއެވެ.

“އޯކޭ. . ދެން ދެޓްސް ދަ ޕްލޭން. . ” އަހަރުމެން އެގޮތަށް ރާވައިލީމެވެ.

ޒަބަރުޖުދުގެ އާއި ހަމައަށް އާދެވުނުއިރު އުނދޯލިގޭގައި ބަކުރުބެ އާއި ހައްވާ ދައްތަ އިނެވެ. ބަދިގެ ފަރާތުގައި ޝާޔާ އުޅޭތަން އަހަރެންނަށް ފެނުމުން އެހެންތަނަކަށް އަހަރެންގެ ނަޒަރު ދުރުކޮށްލުންވީ އުނދަގޫ ކަމަކަށެވެ.

“އަނހާ. . މިއޮށް އައީނު.. އަވަހަށް އާދޭ އެތެރެއަށް.. ދަރިފުޅާ މަރިޔަން. . އާދެބަލަ މިކޮޅަށް. . ” ބަކުރުބެ އުނދޯލިގެއަށް އައުމަށް އިޝާރާތް ކޮށްލަމުން ގޮވައިލިއެވެ. ހައްވާދައްތަ ތެދުވެ އަހަރުމެންނަށް ތަން ދެއްކިއެވެ. ރީތި ހުދު ކަށިވެލިތަކުގެ މަތިން ހިނގާލާފައި ދާއިރު ހިތަށް ބުނެދޭން ނޭނގޭކަހަލަ ހިތްހަމަޖެހުމެއް ގެނުވަމުން ދެއެވެ. އެ ޖާދުވީ އަޑުން ސިކުނޑި ތާޒާކޮށްދެއެވެ. އަހަރުމެން ގޮސް އުނދޯލީގައި އިށީނީމެވެ. އެއާއިއެކު ގޭތެރެއިން ނިކުމެގެން އައި ރީތި އަންހެން ކުއްޖާ އަހަރުމެންގެ ލޮލުގައި އަޅައިގަތެވެ.

ރީތިގޮތަކަށް އިސްތަށިގަނޑު ހައްޔަރުކޮށްލާފައި ވާއިރު އެ ކަޅުކުލަ ގަދަ އިސްތަށިގަނޑުގެ ބޯކަން އެނގެއެވެ. އަޅާފައިވާ އައިލައިނަރ އަދި މަސްކަރާގެ ސަބަބުން އެލޮލުގެ ވިދުން ގަދަކަމށް ދައްކައެވެ. ތުންފަތުގައި ކުލަޖައްސާފައިވާއިރު އެތެތްކަން ގަދަ ތުންފަތުގެ ޖާދޫގައި ނުޖެހޭނެ ހިތެއް މަދުވާނެއެވެ. ހަމުގެ ކުލަ އަލިވެފައި ހޮލީވުޑްގެ ފިލްމީ ތަރިއެއްފަދައެވެ. ލާފައިވާ ރީނދޫ ކުލައިގެ މެކްސީއިން އެ ރީތިކަން ފުރިހަމަކޮށްދީފައި ވެއެވެ.

“ދަރިފުޅާ. . މިތިބީ މިރަށަށް މާލެއިން އައިސްއުޅޭ ކުދިންކޮޅެއް. . ސިއާން ކައިރީ ދަރިފުޅުގެ ވާހަކަ ދައްކާލީމަ ދަރިފުޅާ ބައްދަލުކޮށްލާ ހިތުން އުޅޭތީ މި ގެނައީ. . ” ބަކުރުބެ ބުނިއެއްޗަކުން ޒާނިޝް އާއި އަޔާން އަހަރެންނާއި ދިމާލަށް ލޯބޮޑުކޮށްލާފައި ބަލައިލީ ކީކޭ ހިތަށް އަރާފައި ކަމެއްވެސް ނޭނގެއެވެ. އެއާއިއެކު އެ ރީތި ކުއްޖާގެ ލޮލުގެ ތޫނު ނަޒަރު އަހަރުމެން ތިންމިހުންނާއި ސީދާވެގެން ދިޔައެވެ. އެބެލުމުގައިވެސް ވަނީ ހިތްތައް ލަންބުވާލާފަދަ ޖާދުވީ ބާރެކެވެ.

“ބެލިގޮތަކުން އެޅުނީ ހިތުކޫރު. . ” އަޔާން ދަތްދޮޅީ އަތް ވިއްދާލަމުން ބުނެލީ ޚިޔާލީ ދުނިޔެއަކަށް ގެއްލިފައި އިނދެކަހަލައެވެ.

“އަލި މޫނޭ ސިފަވާ ހޫރު. . ” ޒާނިޝްގެ ވެސް ޙާލަކީ އެއެވެ. ހީވަނީ ހޭލާ އިނދެ ހުވަފެން ބަލަނީހެނެވެ.

“ބަލިކޮށްލީ ހިތް ގަދަމަހި ނޫރު ހައިރާންވެއޭ. . ” ދެމީހުން އެއްފަހަރާ ކަހަލަގޮތަކަށް ރާގުލައްވާލިއެވެ. އެތާނގައި އެހެން ބަޔަކު ތިބިކަމެއްވެސް ނުދެނެހުރި ތޯއްޗެކެވެ. އަހަރެންނަށް ނިތްކުރިމަތީގައި އަތްތިލައިން ޖަހާލެވުނީ ގަތްލަދެއްގެ ބޮޑުކަމުންނެވެ. އޭރު އެއަންހެން ކުއްޖާގެ ރީތި މިއުޒިކީ ހުނުމުގެ އަޑު އިވެމުން ދެއެވެ.

“ހާއި އަހަރެންނަށް ކިޔަނީ ޝައިހާ. . ” އެއަންހެންކުއްޖާ ތަޢާރަފްވެލިއެވެ. ބަލާބެލުމަށް ވަރަށް ޒަމާނީ ގޮތްގަނޑު ހެނދުން އެޅުމުގައި އާއި، ވާހަކަދެއްކުމުގައި ހުރި ކުއްޖެކެވެ. އެއީ އެކަހަލަ ފަގީރު އާއިލާއެއްގެ ކުއްޖެކޭވެސް ބަލާފައެއް މީހަކު ނުބުނާނެއެވެ. އަހަރެމެންވެސް ޝައިހާއަށް ތަޢާރަފް ވެލީމެވެ.

“އާދޭ ދަރިފުޅު އެކުދިން ގޮވައިގެން ސައިބޯން. . ” ބަކުރުބެ އެހެންބުނެފައި ބަދިގެފަރާތަށް ހިނގައިގަނެއްޖެއެވެ. ޝައިހާވެސް ފަހަތުން ހައި ހީލްގައި ހިނގަމުން ގޮސް އަހަރުމެންނަށްވުރެ ކުރިން ކާގެއަށް ވަދެއްޖެއެވެ. އޭރު ކާގޭ ފެންޑާގައި ޝާޔާ އިސްޖެހިފައި ހުއްޓެވެ. ޝާޔާގެ މިލާ މޯޅިވެފައިވާ މޫނު ފެނިފައި އަހަރެންގެ ހިތުގެ ހިނގުން ހުއްޓުނު ކަހަލައެވެ. ކިތަންމެ ފަހަރަކު ޝާޔާއާއި ވާހަކަ ދައްކާލަން ހިތްއެދުނެވެ. ނަމަވެސް ވަގުތެއް ތަނެއް ނުދިނެވެ.

“ޝާޔާ. . !!” ކުއްލިއަކަށް ކާގޭތެރެއިން ޝައިޙާގެ އަޑު ހޮނު ގުގުރިއެއްފަދައިން އިއްވާލިއެވެ. އަހަރެންގެ ބޮލުގައި ހީވީ މީހަކު އެތިފަހަރެއް ވީއްލައިލިހެންނެވެ. އަހަރުމެން ތިންމީހުންނަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ. އެރީތި ދޮންކަމާ އެއްވަރަށް ކުޅިވެސް ފިސާރި ގަދަތާއޭ ހިތަށް އެރިއެވެ. އެއާއިއެކު ޝާޔާ ދުވެފައި ކަހަލަގޮތަކަށް އައިސް ކާގޭތެރެއަށް ހުއްޓުނީ އަޅަކު ސާހިބު މީހާގެ ކުރިމައްޗަށް ހުއްޓުނުހެނެވެ. އަހަރެންނަށް ހުރެވުނީ ގަނޑުވެފައި ހުރިހާމަންޒަރެއް ބަލާށެވެ.

“ދަރިފުޅާ ތަންކޮޅެއް ރުޅިމަޑުކޮށްފަ މަޑުމަޑުން ވާހަކަ ދައްކަބަލަ. . ” ބަކުރުބެ ހީވީ ޝައިހާގެ އަސްލު ސިފަ އަހަރުމެން ކުރިމަތީ ހާމަވެދާނެތީ ކަންބޮޑުވެގެން އުޅުނުހެނެވެ.

“ކިހިނެއް ރުޅި މަޑުކުރެވޭނީ. . ސައިހަދަން ބުނީމަ މިހިރީ ހުރިހާ ހެދިކާތަކެއްވެސް ތަށިތައްޓަށް އަޅާފަ ދިމާލަށް ބަހަށްޓާފަ މެއްސައް ކާންދޭން. . ! މަތިގަނޑެއް ނެތީތަ މިގޭގަ. . !؟؟” ޝައިހާގެ ރުންކުރު ހަރުކަށި އަޑު އިވުމާއިއެކު އަހަރެންގެ ހިތުގައި ހީވީ މީހަކު ހިފާ ފިތާލިހެންނެވެ. އަހަރެންނަށް މުއްކަވާލެވުނެވެ. އަހަރުމެންގެ ކުރިމަތީގައި ޝާޔާ އެފަދަ އިހާނެތިގޮތަކަށް އެ ނިކަމެތިކޮށްލީ އެކަހަލަ ކުޑަ ކަމަކާ ހެއްޔެވެ؟ އަހަރެންގެ ހަނދާނަށް އައީ ބަކުރުބެ ޝައިހާގެ ވާހަކަ ފުރަތަމަ ބުނި ދުވަހު ޝާޔާގެ މޫނުމަތި ކުލަވަރު ބަދަލު ވި މަންޒަރެވެ. ޝާޔާގެ ބަދުނަސީބު ދިރިއުޅުމަކީ މިއީތާއެވެ. އަހަރެންގެ ލޮލުން ކަރުނަ ނީރާލީ ޝާޔާގެ ލޮލުން ވިދާލި ކަރުނައިގެ މުތީފެނި ހިތަށްކުރި އަސަރުންނެވެ.

Share Article

Follow Me Written By

GuDuMeena

Level 310 Stories500 Comments100 Comments

Other Articles

Previous

ހިތް ނުރޮއްވާ… (21)

Next

ކައިއާ….01

Next
April 27, 2014

ކައިއާ….01

Previews
April 27, 2014

ހިތް ނުރޮއްވާ… (21)

66 Comments!

  1. Thu says:
    April 27, 2014 at 8:20 pm

    Hama balabalaa indha thi upkh dhiny….

    1. GuDuMeena says:
      April 27, 2014 at 9:06 pm

      🙂 kudakoh las vee ma sorry ingey
      Internet slow kamun rulhi gadha vefa hutta v vx. . upload kuran ulhen fashaifin 7:56 ga . . bt v varu mi. .

  2. MAL says:
    April 27, 2014 at 8:27 pm

    OMG… mum agree v tha???? did dhe know shaaya cnt talk??? V v cool mum eh dhw… I LIKE HER.. 😉 mi bai vx v reethi ingey.. keep it up gudu

    1. GuDuMeena says:
      April 27, 2014 at 9:09 pm

      YEAH!! Mom agree v ey. . Mom ah kiyadhiney hurihaa vaahaka eh vx. . Vaahaka nudhekkey vaahaka vx. .

  3. Thu says:
    April 27, 2014 at 8:37 pm

    V salhi mi bai vx….ekm thankolheh kuruhen hyve….bt dis was awesome….liked it…haadha foni shaihaa gandekey dhw…mi manje ah ragalhu filaavalheh dheythi….n shon n shaya ge lyf thankolheh rom n happy khlaba…waitin for da next part….:)

    1. GuDuMeena says:
      April 27, 2014 at 9:10 pm

      hm m m. . eba visnan shaiha size ah kandaalan. . 😛 Thanks btw

  4. lonely grl says:
    April 27, 2014 at 8:40 pm

    haadha nulafaa shaihaa gande k dhw ae e. foni gandu. eyna dheke v rulhi aissa mi hury mi rey. me ah fenunu dhuvahakun laany hama guraedhoo ah. bodu moya gandu…….. wah,wah kyaa cool moms hay….. waysaa moms sab ko dheyyy!!!! v nyc mi part vex

    1. GuDuMeena says:
      April 27, 2014 at 9:12 pm

      Ohw thankew Grl. . sean ge mom v.cool vaane. . 😀

  5. veera says:
    April 27, 2014 at 8:52 pm

    Mi part ves v reethi thanks gudu up kohla dhinyma

    1. GuDuMeena says:
      April 27, 2014 at 9:13 pm

      Its all my pleasure. . 🙂 Thanks for the comment dear. .

  6. liuu says:
    April 27, 2014 at 8:58 pm

    kn ireii vaahaka inthixaaruga innathaa….svn thrty in fashaign mi innany….finally got…..bt ithnk ths prt is tooo short……:( ….huh……wot a bad grl is shaihaa….i hate her…..zabarujudhugey myhun shaayaa aka hevei noon dhoo….alhey….dhn haadha hiyydhachey shaayaaa…. shon shaayaa aaa marry kurn beynunvaa vaahaka shaayaa mn gey myhun gathu bunaanama dho….eyrah bakurube kadavaane.. 🙂 🙂 :)……..btw gudu……da song is 1 of my favorite so thnks ingey.. i like ayaan n xaanish…..vvv majaa dhe edhe boyzzz 😉 🙂 :D……hey shon ge mom ebbass v .dho…so coool mom …….very few get like tht dhooo???????ANW vaahaka hama frst class….hama vvvv obi……neynge dhn bunanvx……hama vvvvvvv nice <3 ……..:) 🙂 🙂 ..

    1. GuDuMeena says:
      April 27, 2014 at 9:16 pm

      Ohw. . Im so sorry i kep u waiting for that long.. . 🙁
      heevany emyhun shaayaa ah ehaa rangalhakah kanthah nukuraahen. . n u knw dhw hw Shaiha is treating her. .
      abt Xen and Aan. . they are the coolest buddies ever. . 😀 thanks for the Comment ingey Liuu. .

  7. GuDuMeena says:
    April 27, 2014 at 9:04 pm

    To all my fans. .
    my very first story “Udhuhunas” which is a long story technically. . i have started writing in Mandhootimes last year. . But so manythings came up and i lost the feeling to continiue. . so it has been discontinued. .
    Udhuhunas is a Fictional story. . + romance + drama. . the concept was broader than my level at that time. . but now i am thinking of continuing it again. . after this story if u guys like it. . so i have left a link to the story at my facebook page. . plx let me knw what u think abt it. . 🙂
    Thankew all so much. . <3

  8. Shazu says:
    April 27, 2014 at 9:11 pm

    vvvv reeeeeeeeethi mi part vex dhen oiy bai vex avahah up kohdhehchey ingey

    1. GuDuMeena says:
      April 27, 2014 at 9:19 pm

      Owk Shazu. . maadhan rey 8 pm ga In Sha Allah next part up kohdheynan. . 😀

  9. shai says:
    April 27, 2014 at 9:19 pm

    WHN YOU I’LL UPDATE NXT PART

    1. GuDuMeena says:
      April 27, 2014 at 9:47 pm

      8pm tomorrow night. . 🙂

  10. Someone says:
    April 27, 2014 at 9:23 pm

    Ey mashavves varah reethi lava eh ey gudu! 😛 I like sooooooo much! Kureege varah ufaaveri hadhaaneh aavegen e dhiyey! lolun fen aissi!
    Btw vaahaka hama varah reethi. Comment nukuriyas dhen ingeynu aharumennah reeethivaanekan dhoa gudu gandaaaaaaaaa! 😛
    waiting…. waiting….

    1. GuDuMeena says:
      April 27, 2014 at 9:50 pm

      Oh really. . v.happy Soneone ah e sng like v ma. . and Thanks comment kolly ma . . i really appreciate. . 🙂

  11. ishaa says:
    April 27, 2014 at 9:34 pm

    Sorry gudu that I didn’t comment to ur story…there was a problem in my phone..but any way this part is also fabulous like others…now you became my favourite authour in maldives…keep going like this…and one more sorry that I don’t use facebook so can’t like your page…. 🙁

    1. GuDuMeena says:
      April 27, 2014 at 9:54 pm

      Ohw dear Ishaa. . Its owk. . being ur favourite writter among hundreds of them is no small thing. . Im so honored. . 🙂 🙂 🙂 Thanks for the comment Ishaa. . and dnt worry In Sha Allah one day u’ll be able to like my page. . 😉

  12. princess says:
    April 27, 2014 at 10:05 pm

    wowww LOVE THE STORY 🙂

    1. GuDuMeena says:
      April 27, 2014 at 10:22 pm

      hahaha. . u liked it princess. . thankew for the comment. .

  13. Naza says:
    April 27, 2014 at 10:11 pm

    WOW!!! shone’s mum is soooooo awesome 😀 ekam dhn mioh ai thui shaihaa eh dhww…furthama nazarun wes foohi wehje…..huh!! warah foohi wey 😛 guduuuu teach tht grl a lesson ingey 😉

    1. GuDuMeena says:
      April 27, 2014 at 10:25 pm

      hahaha. . . dhw. . varegge shaihaa ekey eiy . . . 😛 adhi rangalhah woshifilaawalheh dhey nan. . 😛

    2. Naza says:
      April 28, 2014 at 9:37 am

      hehehe wil b waiting for tht filaawalhu 😛

  14. bookworm says:
    April 27, 2014 at 10:38 pm

    varah reethi <3 shaaya mi shaiha ge alheh tha. varah foohivey. bakurube ves siyaan migeyah mi gennani shaiha ya set kuran thoacheh. keekey then bunaany. ayaan ge ves kanthah vaki kuda eh nooney dhw 😀 hehehe then Gudu alhey shoun and shaaya gulhuvaba 😛 waiting for the next part. keep it up <3

    1. GuDuMeena says:
      April 27, 2014 at 10:50 pm

      hahaha. . Bakuru be vx kihaa bo rangalhu. . 😛
      btw thanks Bookworm buddy. .

  15. bubbles says:
    April 27, 2014 at 10:51 pm

    Maasha allah v nice mi baiy vs.. aslu bakurube beynun vanee shone aa shaiha aa gulhen.. eiy aslu eyna ge plan.. male’ kujjakah vefa rich v ma e ulheny.. huhh .. aslu bakurube mn ves ehaa ragalhu heneh hiyeh nuve shaayaa akah.. dhn shaayaa ah dhera goi nu hadhachey.. gudu keep up ur wonderful work.. gud nit.. 😀

    1. GuDuMeena says:
      April 27, 2014 at 11:09 pm

      Bubbles ah thi heevee hama rangalhah. . :D. . Balaanan Shaya ah rangalhu gotheh hedheytho. . 😉 Gud nyt Bubbly. .

  16. me says:
    April 28, 2014 at 12:00 am

    thanks.. luv it.. ☺☺good night brother…

    1. GuDuMeena says:
      April 28, 2014 at 11:09 am

      Thanks dear. . bt nw good morning. .

  17. Hanaaa says:
    April 28, 2014 at 12:08 am

    Gudu ge vaahaka v reethi nd gudu ge udhuhunas vaahaka continu nukuraathy v dheravefa mi hunanay
    Keep it up gudu

    1. GuDuMeena says:
      April 28, 2014 at 11:12 am

      ehehe. . ehentha. . Hana ah kamudhiyaiyma v. ufaavejje. . In Sha Allah mi vaahaka nimigen Udhuhunas continue kuraanan. . 😀

  18. nishan says:
    April 28, 2014 at 12:34 am

    Haha mioh vahtaali mivaahakaige Nubai golaa.. Mi part vs obii.. And GuDu ge udhuhunas part 1 kiyaalin miadhu.. Vaahakaige sifa kurun thakaa genes dheefa in goiy varah salhi.. Mi story ninmaafa estory fashan fennanee 😉 thafaathu n interesting ehchakah vaane kan yageen.. Unmeedhu kuran evaahaka ehkoh kiyaalan libeyne kamah… GuDu ah vaane mikan.. Best of luck..

    1. GuDuMeena says:
      April 28, 2014 at 11:14 am

      Thanks Nishan Bro. . e vaahaka vx 11 parts liyefa othy bt up kuree 7 parts. . eythi v.interesting vaane. . In Sha Allah adhi kiyaalan libeyne oneday. .

  19. leen says:
    April 28, 2014 at 6:38 am

    mi part vx varah nice..avahah aneh part up koh dhechey gudu..gudu thy boy eh thr? or grl eh thr?..hama ahaaly

    1. Someone says:
      April 28, 2014 at 8:08 am

      Gudu ey boy eh!
      Gudu… Kudhin haadha varakah e ahanee bboy eh hey girl eh hey? 😛 Eheheh

    2. Someone says:
      April 28, 2014 at 8:10 am

      Gudu ey boy eh!
      Gudu… Kudhin haadha varakah e ahanee boy eh hey girl eh hey? 😛 Eheheh

    3. GuDuMeena says:
      April 28, 2014 at 11:16 am

      ehehe Leen someone e buny hama rangalhah. . Gudu aky boy eh. . Thnks coment kollythy. . Tc Leen. . Hpe u enjoyed

  20. bexti says:
    April 28, 2014 at 10:33 am

    wow….!! itx amazng.. Plx upload the next part sooooooooooonnn..

  21. GuDuMeena says:
    April 28, 2014 at 11:18 am

    WoW. . bexti vx comrnt kolly tha. . 😡 thankew dear. . mirey 8 ga next part. . come again to read. . <3

  22. lax says:
    April 28, 2014 at 12:34 pm

    wow… reeethi kan…. cant wait also… <3

    1. GuDuMeena says:
      April 28, 2014 at 12:41 pm

      hahaha. . sissyyy. . long time no c.. <3 <3 mirey aneh bai kiyaalan annah chey. . 😀 sooo happy to c yaa

  23. star says:
    April 28, 2014 at 2:30 pm

    vvvvvvvvvv rethi. i can`t wait , plx upload kohba

    1. GuDuMeena says:
      April 28, 2014 at 7:04 pm

      Thanks Ithustar. . 😛 hahaha enmefahun enguneeyo. .

  24. shai says:
    April 28, 2014 at 3:43 pm

    yeah i’m waiting for the nxt part v v prefect reyga comment liyan ulhenikoh nidhuny ey alhe mom ehbasvytha anehkaa mom ah igeytha eiee manman kuhjehkan

    1. GuDuMeena says:
      April 28, 2014 at 7:09 pm

      mirey anekka nunidhahchey. . 😀 thanks for the comment ingey Shai ehaa bura masakkathun cmt kollyma. . <3

  25. maee says:
    April 28, 2014 at 4:02 pm

    masha allah v.salhi mi part vx………..mi faharu lava genesdhyfa in goi v.salhi…v.unique story eh mee…..waiting 4 nxt part

    1. GuDuMeena says:
      April 28, 2014 at 7:11 pm

      Thanks Maee. . 🙂

  26. princess says:
    April 28, 2014 at 4:54 pm

    princess name ga ehen kuhjje comment thah post kuramun gendhey eba SO PLX!!!!! I KINDLY REQUES NOT TO DO THIS!!!!!! That comment ix the 11th comment in this part…..

    1. GuDuMeena says:
      April 28, 2014 at 7:13 pm

      Dnt worry Princes. . Yam ge comment eh vejjiyya GuDu ah engeyneye. . 😀

  27. me says:
    April 28, 2014 at 5:32 pm

    hehe.. nw itx gud evening…

    1. GuDuMeena says:
      April 28, 2014 at 7:14 pm

      Yes indeed. . Its a lovely evening. . 🙂

  28. princess says:
    April 28, 2014 at 6:08 pm

    STORY REEETHI KAMUN SECOND FAHARAH WES KIYAALEWUNY MI <3

    1. GuDuMeena says:
      April 28, 2014 at 7:16 pm

      ehehe. . Thank yew again dear. .

  29. princess says:
    April 28, 2014 at 7:31 pm

    REALLY….. thatx sweet…. anywaxxx vvv nice this part……

  30. princess elsa says:
    April 28, 2014 at 7:38 pm

    lol now okaay thrr princess ganda 😛
    neyge ehn princess eh ulhey kameh i don’t read the comments eha ginain -.-
    waitin for the next part 😀

    1. GuDuMeena says:
      April 28, 2014 at 10:25 pm

      Mihaaru Owk ye dhw Princess. . BTW Thanks Elsa

  31. Zee says:
    April 28, 2014 at 7:42 pm

    Alley imbibes vvv reethi, dhuvahaku 2 or 3 part genes dhen v nu,,, vaahaka kiyaafa diners aa varanHehehHeevany hinges abadhu, here any kurimathin fennahen heheh thanks guru

    1. GuDuMeena says:
      April 28, 2014 at 10:28 pm

      Thanks Zeee. . BTW Auto spelling Check off kollaafa bahatan feney phone ge. . 😀 v.majaa comentu. . hahaha<3

  32. APPY says:
    April 28, 2014 at 8:05 pm

    MI PART VX VVVV REETHI INGAY…………KIHINEY THA THI HAA REECHA STORY LIYAN DHAS KURI

    1. GuDuMeena says:
      April 28, 2014 at 10:31 pm

      hahaha. . assu hama neynge dhw. . . v.vaahaka kiyaa ulhen. . n hama ehen meehun liyaahen liyeveytho balany. . amilla mind ga scene eh create koffa eah wordings dheny reethi gothakah direct kollaafa. . 😀
      Thanks for the comment APPY

  33. twinkle says:
    April 30, 2014 at 3:14 pm

    ވަރަށް ސަޅި ވާހަކައެއް

  34. Shai says:
    May 4, 2014 at 6:52 pm

    oh GuDu…mashah ves kiyany shaiha eyyyyyy

    1. GuDuMeena says:
      May 4, 2014 at 8:01 pm

      Oh. . Thats so sad. . Im sure The Shaiha in the story is totaly different frm uw. . ehehe

Comments are closed.


All Right Reserved!