Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
މަޖާލޯބި

ދީވާނާ ލޯބިން ވެއްޖޭ. . [10]

GuDuMeena Level 310 Stories500 Comments100 Comments
April 30, 2014 8 Mins Read
99 Comments

“މަށަކަށްނޭނގެ. . ތަތްކަންވެސް އެހާވަރު..” އަޔާން އަށް އަރަން އަތް ދިއްކޮށްލަމުން ޝައިހާ ފޫހި ގޮތަކަށް ބުނެލިއެވެ. އަޔާންގެ އަތުގައި ހިފައިގެން ޕިކަޕަށް އެރުނު އިރު ޝައިހާ ކުރީ އަޔާން ގައިގާ ޖެހި ފިތިގެންނެވެ. ޝައިހާ ފެނުމުން ރަނާ ގޮވައިލިއެވެ. ނަމަވެސް އެކަމާ ޝައިހާއެއް މާބޮޑަކަށް ނުވިއެވެ. އަހަރެންނަށް ބަލައިލެވުނީ ގޭގެ ދޮރާއި ދިމާލަށެވެ. އޭރު ގޭތެރެއިން ބޮޑު ބެކްޕެކެއް ހިފައިގެން ޝާޔާ ފެންޑާއަށް ނިކުންނަނީއެވެ. އެއީ ޝައިހާގެ ހެނދުން ބޮނޑިކަން އަހަރެންނަށް ވަގުތުން އެނގިއްޖެއެވެ. އެކަމަކު މިކަހަލަ ކުޑަ ދަތުރެއް ދާއިރު ‘ގޯތި ގެދޮރު’ ހާ ސާމާނު ގެންދަނީ ކީއްކުރަންބާއޭ އަހަރެންގެ ހިތަށް އެރިއެވެ. ޝާޔާ އަށް ބަރުވެގެން އުޅޭކަން އެނގުމުން އަހަރެން ފައިބައިގެން ގޮސް ޝާޔާ ކައިރިޔަށް ހުއްޓުނީމެވެ. ޝާޔާ ލަދުން އިސްޖެހިފައި ހުރެ އަހަރެންނަށް ބަލައިލިއެވެ. އަހަރެންވެސް ހިނިތުންވެލާފައި ޝާޔާ އަތުން ދަބަސް ނަގައިގެން ދާންފެށީމެވެ. އޭރު ބަކުރުބެއާއި ހައްވާ ދައްތަވެސް ގޭގެ ދޮރުމަތީގައި ތިއްބެވެ. އަޔާން އާއި ޒާނިޝްވެސް ޕިކަޕުގައި ހެވިފައި ލޯއަޅައިގެން ތިއްބެވެ. ޝައިހާ ފުސްމޫނު ހަދައިގެން ހުރީ އެމަންޒަރު ހަޖަމްކުރަން އުނދަގޫވެގެން ތޯއްޗެކެވެ. އަހަރެންގެ ހިތް އުފަލުން ނަޝަމުން ދިޔައީ ޝާޔާއާއި އެހާ ކައިރީގައި ހުރެވުމުންނެވެ. ޝާޔާގެ ހިތުގައި ވާ ލޯބި ދުލުން ހާމަ ކުރުމެއްނެތި އަހަރެންނަށް އިޙްސާސް ކުރެވެމުން ދިޔައެވެ.

އަހަރެން ދަބަސް ޒާނިޝް އަތަށް ދިއްކޮށްފައި ޕިކަޕަށް އަރާ ޝާޔާ އަށް އަތް ދިއްކޮށްލީމެވެ. އެއެންމެންގެ ތެރޭގައި ލަދުގަނެފައި ހުރި ނަމަވެސް ޝާޔާ އަތްދިއްކޮށްލިއެވެ. ޝާޔާގެ އަތް އަހަރެންގެ އަތުގެ ތެރޭގައި މަސްހުނިވި ވަގުތު ހަށިގަނޑުގައި ދުވެލި ކަރަންޓްގެ އޮއިވަރާއިއެކު އަހަރެންގެ ހިތުގެ ވިންދު އަވަސް ކޮށްލައިފިއެވެ. ޝާޔާގެ ކިބައިގައި އަހަރެންގެ ޙިއްސު ތަކާއި ކުޅެލާފަދަ ޖާދުވީ ބާރެއް ވެއެވެ. ޝާޔާ ޕިކަޕަށް އެރުމާއިއެކު ޕިކަޕް ނައްޓާލިއެވެ. ޝާޔާ އަށް އެހެން ތަނަކަށް ދިއުމަށް ވަގުތެއް ނުލިބުނެވެ. އަހަރެންގެ ކުރިއަށް ޝާޔާ ގެނެސް އަހަރެން ޝާޔާ ހިފެހެއްޓީމެވެ. ޝާޔާގެ ކޮނޑުގައި އަހަރެން ހިފަހައްޓައިގެން ހުރިއިރު ޝާޔާގެ އިސްތަށިގަނޑު ވަޔާއެކު އަހަރެންގެ މޫނު މަތީގައި ބީހެމުން ދިޔައިރު ދުވަމުން ދިޔަ މީރުވަހުން އަހަރެންގެ ހިތް ފުރިގެންދިޔައެވެ. އެ އިސްތަށިކޮޅާއި ކުޅެލަ ކުޅެލާ ހުންނަން ހިތް ބޭނުން ވިއެވެ. ޝާޔާއާއި އެހާ ކައިރީގައި ހުރެވުމުން އަހަރެންނަށް ބަޔާންކުރަން ދަތި އުފާވެރި އިޙްސާސްތަކެއް ކުރުވަމުން ދިޔައެވެ. ޝާޔާގެ ހަމަހިމޭންކަމާއި ރަކި ހިނިތުންވުމުން ޝާޔާގެ ޙާލަކީވެސް އެއީކަން އަހަރެންނަށް އެނގުނެވެ.

ޝައިހާ އަޔާން ގައިގާ ޖެހިފިތިގެން ހުރިތަންފެނި ރަނާގެ ހިތަށް ހިސާބަކަށް އަސަރުވެސް ކުރަމުން ދެއެވެ. އަޔާން ވެސް ހުރީ އެހެން ހުންނަން ޖެހުމުން ނުތަނަވަސްވެ ރަނާ ހިތަށް އަރާފާނެ އެއްޗަކާމެދު ކަންބޮޑުވެފައިކަން އެނގެއެވެ. ނަމަވެސް ތިބެންޖެހުނު ފުލް ކަމުން އެހެން ދިމާލަކަށް ގުޑިލެވޭކަށްވެސް ނެތެވެ. އޭރު ޝައިހާ އަޔާންގެ މޫނަށް ބަލަހަށްޓައިގެން އަޔާންގެ އުނަގަނޑުގައި އަތް އަޅުވާލައިގެން ހުއްޓެވެ.

ބަނދަރަށް އާދެވުނުއިރު ބަނދަރުގައިވެސް ދަތުރު ދިއުމަށް އައިސް ތިބިމީހުން ތިއްބެވެ. އޭރު ދޯނި އޮތީ ތައްޔާރު ކޮށްފައެވެ. ދޯންޏަށް ހުރިހާ އެއްޗިހި އެރުވުމަށް ފަހު ދޯނި ނައްޓާލިއިރު ހައެއް ޖަހަން އުޅެނީއެވެ. އޭރު ތޮއްޖެހިފައިވާ ދޯނީ ތެރޭގައި އަންހެންވެރިން ހެނދުނުގެ ސައި ތައްޔާރުކޮށްފައި ހުރި ތަރަމޯޒް ތަކުން ސައި އަޅައި މަސްހުނި މޮޑެގެން މަސްހުންޏާ ރޮއްޓާ ކާންދޭން ފަށައިފިއެވެ. ވަދުދޫކޮށްގެން ދިޔައިރު އިރުކޮޅަކާ ކޮންމެވެސް މަހެއް ގަނެއެވެ. ދެތިން ލައްޓި ބޭނުނެވެ. ބޮޑުބެރުގެ ފޯރިގަދަ ލަވަތަކުން ދޯނީތެރޭގައި ވައި ހިއްޕާލާފައި ވެއެވެ. އަހަރެންނަށް ވެސް މަޑުން ހުރެވެނީ ހަމަ ކިރިޔާއެވެ. އަޔާން އާއި ޒާނިޝް އިރު އިރުކޮޅުން އަރާ ނަޝާލާފައި ފައިބާނެއެވެ. ހުރިހާ އެންމެންގެ މޫނުނމަތިން ފެންނަމުން ދިޔައީ އުފާވެރި ކަމާއި ހިތްހަމަޖެހުމެވެ. އޭގެތެރެއިން ވަކިން އަހަރެންގެ ލޮލުގައި އަޅައިގަތީ ޕާޓީއަށް ތައްޔާރުކުރި ދުވަހު އަހަރެންނާއި އެކު ކާޑުކަފަން އުޅުނު ދެކުދިން ކައިރީ އިށީނދެލައިގެން އެ ހިތްގައިމު ކުޅިވަރުތަކަށް ހިތްދޫކޮށްލައިގެން އިން ޝާޔާއެވެ. ޝާޔާގެ ހިތުގައި އުފާވެރިކަމުގެ ގުލްޒާރެއް ފޮޅިފައިވާ ކަހަލައެވެ. އަހަރެންނަށް ކަޅިޖަހާނުލާ ބަލަން ހުރެވުނީ ޝާޔާގެ ހިނިތުންވެފައިވާ މޫނަށެވެ.

ގަޑިއެއްހާއިރުގެ ދަތުރަކަށްފަހު އިންނަ ފިނޮޅަށް ދެވުނެވެ. ރަށަށް ގާތްކުރުމަށްފަހު ޖެހުނީ މޫދަށް ފުންމާލައިގެން ރަށަށް އަރާށެވެ. އެ ރަށުގެ ރީތި ދޮންފަޅާއި ސާފު މޫދުފެނި އަހަރެންގެ ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ. އެމޫދުގެ ތެރޭގައި ފަތާލަން ހިތް އެދެމުން ސިޔައެވެ. އަޔާން އާއި ޒާނިޝް ވެސް އަހަރެންނަށް ބަލާފައި ނިތްއަރުވާލީ ރަށުގެ ރީތިކަން ފާހަގަކޮށްފައެވެ. ފިރިހެންވެރިންގެ ތެރެއިން ބަޔަކު މޫދަށް ފުންމާލައި އަންހެންވެރިން ބާލަން ފަށައިފިއެވެ. ބައެއްމީހުން އަންހެންކުދިން ނުތެންމަން އުރާލައިގެން އެއްގަމަށް ގެންދަނީއެވެ. މުހަންމަދުބެ ވެސް އައިޝާދައްތަ އުފުލާލައިގެން ގެންދިޔަތަން ބަލަން ހެވިފައި ރަނާއާއި ރިޔާ ހުއްޓެވެ. ކިޔޫގައި ފަހަރަކު މީހެއް ބާލަމުން ދިޔައެވެ. އަޔާން އާއި ޒާނިޝްވެސް ފުންމާލީ ރަނާ އާއި ރިޔާ ގެންދިއުމަށެވެ. ނަމަވެސް ރަނާއަށްވުނެ ކުރިން އަޔާންގެ އަތްމައްޗަށް ފުންމާލީ ޝައިހާއެވެ. އެމަންޒަރުބަލަން ހުރި ރަނާގެ ހިތުގައި ޖެހުނެވެ. އަޔާންވެސް ރަނާގެ މޫނުމަތިން ފެންނަން ހުރި މަޑުމައިތިރި ކަމާއި ހިތާމައިގެ އަސަރުން ހިތަށް އަސަރު ކުރިއެވެ. އެހެންނަމަވެސް ވަގުތުގެ ގޮތުން އަޔާން ބެލީ އަވަހަށް ޝައިހާ އެއްގަމަށް ލާފައި ރަނާ ބަލާ އަންނާށެވެ. އޭރު ޒާނިޝް ރިޔާ އަތްދަނޑި މައްޗަށް ލައިގެން އެއްގަމަށް ދަނީއެވެ. އަޔާން އަށް އާދެވުނުލެއް ތަންކޮޅެއް ލަސްވީއެވެ. ހާފިޒް ރަނާ އުރާލައިފިއެވެ. ހިތަށްކުރި އަސަރުން މޫނު އަނބުރައިލި ނަމަވެސް ރުޅިއަންނާކަށް ޖާގައެއް ނެތެވެ. ރަނާވެސް އަޔާންގެ ހިތަށް އަރާނެ އެއްޗެއް ނޭނގިފައި އަޔާންއަށް ބަލަމުން ދިޔައެވެ. ޖަޒުބާތުތަށް ހިތުގައި ފޮރުވައިލާ ހިނިތުންވުމެއް މޫނުމައްޗަށް ވެރިކުރުވީ ގަދަކަމުންނެވެ. ރަނާ އެއްގަމަށް އާދެވުމުން އަޔާން އަނަނަންދެން މަޑު ކޮށްގެން ހުއްޓެވެ.

ފަހަރަކު މީހެއް ފައިބަމުން ގޮސް އަހަރެންނަށް ޖާގަ ލިބިއްޖެއެވެ. އަހަރެން ފަސްއެނބުރި ބަލައިލީ ޝާޔާއަށެވެ. އޭރު ޝާޔާގެ ތޫނު ނަޒަރު އަހަރެންނަށް އަމާޒުވެފައި ހުއްޓެވެ. ހަތަރުކަޅި ހަމަވުމާއިއެކު ޝާޔާގެ މޫނު ރަތް އާފަލަކަށް ބަދަލުވެގެންދިޔަ މަންޒަރު އަހަރެންނަށް ފެނުމާއިއެކު ހިތުގައި ފޮނި އާރެއް ދުވެލިއެވެ. ޝާޔާ އިސްޖަހައިގެން ހުރިއިރު އެ ފިޔާތޮށި ތުނި ތުންފަތާ ހިނިތުންވުމެއް ސަމާސާ ކުރަމުން ދިޔައެވެ. އަހަރެން ފުންމާލާ މަޑުކޮށްލީ ޝާޔާ އާއި ޖެހޭނެ އިރަކަށެވެ. ޝާޔާއަށް ދާންޖެހޭނީ އަހަރެންގެ އަތުގެ ތެރޭގައި އޮވެކަން ހިތަށް އެރުމާއިއެކު އަހަރެންގެ ހިތް ކެތްމަދުވެފައި ވަނީ އެހިނދުކޮޅަށެވެ. ޝާޔާގެ ހިތުގެ ތެޅުމުގެ އަޑު އަހަރެންނަށް އިވޭހެންވެސް ހީވެއެވެ. ޝާޔާގެ ހިތް ތެޅެމުންދިޔައީ އެހާބާރަށްކަން އަހަރެންނަށް އިޙްސާސް ކުރެވުނެވެ.

މަޑުމަޑުން ޝާޔާ ދޯނީގެ މަތިކަންމަތީގައި އިށީނެވެ. އަހަރެން އަތް ދިއްކޮށްލުމާއިއެކު ފުންމާލީ ލޯ މަރައިލަމުންނެވެ. އަހަރެންގެ އަތުގެ ތެރޭގައި ޝާޔާގެ ތުނި ހަށިގަނޑު ހިފަހައްޓާލެވުނެވެ. އަހަރެންގެ އަތުތެރޭގައި ޝާޔާ ޙިމާޔަތަ ހޯދަމުން ދިޔައިރު އަހަރެންގެ ހިތް ބަންޑުންވަމުން ދިޔައީ އުފާވެރިކަމުގެ އިންތިހާ އިޙްސާސް ތަކުންނެވެ. ޝާޔާގެ މޫނަށް އަހަރެންނަށް ނަޒަރު ހުއްޓާލައިގެން ހުރެވުނުއިރު އެނިޔަނެތި ސޫރަ އަހަރެންގެ ހިތުގައި ކަނޑާނެގެމުން ދިޔައެވެ. ޝާޔާ ގެ ލޯމަޑުމަޑުން ހުޅުވާލައި އަހަރެންނަށް ބަލައިލިއެވެ. އެ ލޮލުގެ ވިދުންގަދަ ބެލުމުން ހިނދުކޮޅަކަށް ނަމަވެސް އަހަރެން ގަނޑުވިކަހަލައެވެ. އަހަރެންގެ އަމިއްލަ ނަފްސުގެ މައްޗަށް ބާރުފޯރުވައި ހަމަޖެހިލެވޭތޯ ބެލީމެވެ. އެއަށްފަހު ޝާޔާއަށް އެއްލޯ މަރައިލީމެވެ. އަހަރެންގެ ހަރަކާތުން ޝާޔާގެ ހިތަށް ތީރު ތަކެއް ހެރެމުން ދާކަހަލައެވެ. އެއްގަމަށް އާދެވުމާއިއެކު ޝާޔާ ބެހެއްޓީމެވެ. އަހަރެންނަށް ހުރެވުނީ އެހިނދުކޮޅު ކުރުކަމުން ހިތާހިތާ ޝަކުވާކޮށްލަ ކޮށްލައެވެ.

“ހޭ. . ގައިސް. . ރިމެމްބަރ. . އަހަރެންގެ ޑްރީމް. . ޝާޔާ ގެންނަން އަހަރުމެން ނިންމީ ކީއްވެގެންކަން. . ” އަހަރެން އަޔާން އާއި ޒާނިޝް އަށް ހަނދާން ކޮށްލަދިނީމެވެ. އޭރު އަންހެންވެރިން ބަނޑަހަ ޖަހާނެ ރަނގަޅު ތަނެއް ހޯދަން އުޅެއެވެ.

“ސޯ. . ވަޓް އަރ ވީ ސަޕޯސް ޓުޑޫ. . ؟” ޒާނިޝް އަހައިލިއެވެ. އަޔާންވެސް ރަނާއަށް ލޯއަޅަމުން އަހަރެންނަށް ސަމާލުކަން ހުއްޓޭ ތޯ ބެލިއެވެ.

“ދެން އަހަރެން ޝާޔާ އަށް ފާރަ ލާނަން. . ޖަސްޓް ލުކް އައުޓް ފޯރ ހަރ. .” އަހަރެނަނަށް ވެސް ކުރެވޭނެ މާ ބޮޑު ކަމެއް ނެތެވެ. ޝާޔާ އެކަނި ދޫކޮށްނުލާ ފާރަލުން ނޫން ކަމެއް ނުކުރެވޭނެއެވެ.

“ކޭ ޝޯން. . ޑޮންޓް ވޮރީ ޓޫ މަޗް. . ޖަސްޓް ފޮލޯ ހަރ. . ޔޫކޭން ސޭވް ހަރ ވަޓް އެވަރ ހެޕަންސް. .” ޒާނިޝް އަހަރެންގެ ކޮނޑުގައި ޖަހާލަމުން ހިތްވަރުދިނެވެ. އަޔާން ވެސް ހިތްވަރު ދިނުމަށް ބުރަކަށީގައި ޖަހާލިއެވެ. އަހަރެންނަށްވެސް ހާސްވެވެނީއެވެ. ޝާޔާއަށް ގޮތެއް ވެއްޖެނަމަ އަހަރެންނަށް އަމިއްލަނަފްސަކަށް މާފެއް ނުކުރެވޭނެއެވެ. ޝާޔާ މިދަތުރު އައީ އަހަރެންގެ އެދުމަށެވެ. އެހެންވީރު ޝާޔާ ރައްކާތެރި ކުރުމަކީ އަހަރެންގެ ޒިންމާއެކެވެ.

ރަށަކީ ބޮޑުރަށަކަށް ވެފައި ފަޅުވެސް ހަމައެހާބޮޑެވެ. މުޙައްމަދުބެއާއި ބައެއް ފިރިހެން ކުދިން ދިޔައީ މަސް ބާނާށެވެ. އޭރު ރަށުގެ ހޭޅީގައި ހެދިފައިވާ ރަނިކަ ގަހެއްގެ ދަށުގައި އޮތް ބޮޑު ހިޔާގަނޑުގައި ގެނައި ސާމާނުތައް ބަހައްޓައި އަންހެންވެރިން އުނދުން ބަހައްޓަން އުޅެއެވެ. އޭރު އެއްބަޔަކު ދަރުހޮވަން ރަށުތެރެއަށް ހިނގައްޖެއެވެ. އެ ގުރޫޕުގައި ޝާޔާ ހުރިކަން އެނގުމުން އަހަރެންވެސް ފަސް ފަހަތުން ދިޔައީމެވެ. އޭރު އަޔާންއާއި ޒާނިޝް ރަށްބަލާލަން ދިޔަ ކުދިންނާއިއެކު ދިޔައެވެ. އެ ގުރޫޕުގައި އަންހެން ކުއްޖަކަށް ދިޔައީ ޝައިހާ އެކަންޏެވެ. ރަނާ އާއި ރިޔާ އުޅުނީ ކެއްކުމަށް ބޭނުންވާ ސާމާނުތައް ތައްޔާރުކުރުމުގައި އުޅުނު ގުރޫޕާއިއެއްކޮށެވެ.

“އައްދެ މިވެސް އަންހެން ކުއްޖެއްތަ ދަރުހޮވަން އައިސް މިހުރީ.. ” ލަމްހާ އެހެން ބުނުމުން ދެންތިބި ކުދިންވެސް އަހަރެންނަށް ބަލާފައި ހޭންފެށިއެވެ. އަހަރެންވެސް ވަކި ދެރަވާނެ ހެއްޔެވެ.

“އަންހެން ކުދިން ނުވާނެ ފިރިހެނަކާނުލާ ވަލުތެރެއަށް ވަންނާކަށް.. ތިހެން އުޅެނިކޮށް ދަރުފައެއް ކަމަށް ހީކޮށް ނުބައި އެއްޗެއް ބިންދާލެވިއްޖިއްޔާ ކިހިނެއް ހަދާނީ.. ” އަހަރެން ލޯބޮޑު ކޮށްލާފައި އެހެން ބުނުމުން ބައެއް ކުދިން ބިރުން ހަލާކު ވާވަރު ވެފައި ތިއްބެވެ. “އެންމެ ރަނގަޅު.. ބިރު ނުގަންނާނެއްޏާ އަހަރެން ގޮސްދާނަން. . ” އަހަރެން އެނބުރިލަމުން ބުނެލީމެވެ.

“ނޫން.. މަޑުކުރޭ..! މިހާރު އަހަރުމެން ބިރުގަންނަވާލާފައި ކޮންމެހެން ދާނެކަމެއް ނެތް.. ” އެންމެފަހުން އަހަރެންނަށް ފްރީ ޕާސް ލިބުނީއެވެ. އުފަލުން ގޮސް ޝާޔާގެ ފަހަތުން އަރާ ހަމަކޮށްލާފައި ކޮނޑުގައި ކޮށްޓާލަމުން ނިތްއަރުވާލީމެވެ. ޝާޔާވެސް އަހަރެންނާދިމާލަށް އެނބުރިލާފައި ހީނލިގޮތުން އަންނާރުއޮށްތަކެއްހާ ކުދި ލޯބި ދަތްތައް ފެނިގެންދިޔައީ އާޝޯހުވާހާ ރީތިކޮށެވެ. ދެފަރާތަށް ބޯހޫރާލަމުން އަނެއްކާވެސް ކުރިއަށް ދިޔައެވެ. ވަކިހިސާބަކަށް ދެވުނުއިރު ވެއްޓިފައި އޮތް ގަހެއްގެކައިރިއަށް ދެވިއްޖެއެވެ. އޭރުއެގަސް އެއްކޮށް އޮތީ ހިކިފައެވެ. ބަލާކަށް ނުހުރެ ހުރިހާ ގޮތްޕެއް ދަރަށް ހަދާލިއިރު އަހަރެން ހުރީ ސޮނި ވެއްޓިފައެވެ. އަންހެންވެރިންނަކީ ފިސާރި ކުޅަދާނަ ބައެކޭ އަހަރެންގެ ހިތަށް އެރިއެވެ. ޝާޔާގެ މުރާލިކަން އަހަރެންނަށް ވަކިން ފާހަގަ ވިއެވެ. ޝާޔާގެ ކޮންމެ ހަރާކާތެއްގައިވެސް ފާޑުވެރިކަން ހުއްޓެވެ. އެންމެފަހުން ދަރު ބޮނޑި ބޮނޑި ހަދާފައި އަހަރެންނަށް ޖެއްސީ އެ އުފުލާށެވެ. އާދެވުނު މޮޔަ ހީވާ ވަރު ކުރިއެވެ. އެހުރިހާ ދަރެއް ކައްކާތަނާ ހިސާބަށް ގެނެވުނުއިރު އަހަރެންގެ ގައިގާ ހެލިލާނެ ވަރުވެސް ނެތެވެ. އޭރު އެކުދިންތައް އަހަރެންނަށް ވެފައިވާވަރު ފެނިފައި ދިމާކޮށް ހެމުން ދިޔައެވެ.

އަހަރެންގެ ކޮނޑުގައި މީހެއް ކޮށްޓާލުމުން ބަލައިލިއިރު ފިނި ކޯކު ތައްޓެއް ހިފައިގެން އައިސް ޝާޔާ އަހަރެންގެ ކައިރީގައި ހިނިތުންވެފައި ހުއްޓެވެ. ޝާޔާ އަށް ކެތް ނުކުރެވުނީ ކަންނޭނގެއެވެ. އަހަރެން ޝާޔާގެ މޫނަށް ބަލައިގެން ހިންދެމިލީމެވެ. އަހަރެންގެ ހަށީގައިވި ވަރުބަލިކަން ފިލައިގެން ދިޔައީ ކިހިނެއް ކަމެއްވެސް ނޭނގެއެވެ. ޝާޔާގެ އަތުން އެހާ ލޯބިން ކޮންމެ ދުވަހަކު ވެސް އަހަރެންނަށް ޚިދުމަތް ކޮށްދޭން ހުންނަން ބޭނުމެވެ. ޝާޔާ އިސްޖަހައިލީ އަހަރެންގެ ހުއްޓިފައިވާ ނަޒަރުން ސަލާމަތް ވުމަށް ކަންނޭނގެއެވެ. އޭރު އަހަރުމެން ދެމީހުންނަށް ބަލަމުން ދެންތިބި ކުދިން ދިމާކުރަން ފައްޓައިފިއެވެ. އަހަރެންވެސް އަވަހަށް ކޯކުތަށީގައި ހިފާލީމެވެ. އެއާއިއެކު ޝާޔާ ލަދުން އިސްޖެހިފައި ހުރެ ހިނގައި ގަތެވެ. އަދި ފަސްއެނބުރި ބަލައިލީ ހިތް ކަތިލާފަދަ ލޯބި ހިނިތުންވުމަކާއިއެކުއެވެ. އަހަރެންގެ ހިތް އެދުނީ ޝާޔާ އަހަރެންގެ މެޔާލާ ބޮނޑިކޮށްލާށެވެ.

ކައްކަން ބޭނުންވާ ހުރިހާ އެއްޗެއް ތައްޔާރުކޮށް ނިމިއްޖެއެވެ. ދަރުހިފައިގެން އަހަރުމެން ގުރޫޕުވެސް އައިސް ހަމަޖެހިލީއެވެ. ދެން އޮތީ ކެއްކުމެވެ. އެއްބަޔަކު ކުކުޅު ނޮޅަން ތިއްބެވެ. އޭރު އުނދުން ތައް ރޯކޮށްފިއެވެ. އެހެންކަމުން ރަނާ އާއި ރިޔާވެސް ދިޔައީ ބޮޑެތި މީހުންނަށް ކައްކަން ހަވާލުކޮށްފައެވެ. އޭރު އަޔާން މެން ގުރޫޕުވެސް ރަށް ވަށާ ބުރެއްޖަހާފައި އައިސް ހަމަވަނީއެވެ. ހީނސަމާސާކުރަމުން އައި އެންމެންގެ ތެރޭގައި މެދަށް ހުރި އަޔާންގެ މޫނަށް ބަލައިލިއިރު ކަމަކުދާކަށް ނެތެވެ. އެފަކީރު ހީވަނީ ކަންބޮޑުވެ ކުރާނެކަމެއް ނޭނގިގެން އުޅޭހެނެވެ. އޭރު ޝައިހާ އަޔާންގެ އަތުގައި ހިފާ އެލިގެން އޮތްގޮތުން ހިނިވެސް އައެވެ. ނަމަވެސް އެމަންޒަރު ފެނުނު ރަނާގެ ހިތަށް ކުރީ އެހެން ކަހަލަ އިޙްސާސް ތަކެކެވެ. އަޔާން އާއި ދިމާލަށް ބަލަން ހުރި ރަނާގެ ލޮލުން ނީރާލި ކަރުނައިގެ މުތީ އަހަރެންނަށް ފެނުނެވެ. އޭރު ރަނާއަށް ބަލަން އަޔާން ހުރިއިރު ޝައިހާގެ ކަންތަކުން އުނދަގޫ ވެގެން އުޅޭކަން އެނގެއެވެ. އަހަރެން މަޑުމަޑުން ރަނާ އާއި ކައިރިވެލާ ކޮނޑުގައި ހިފާލީމެވެ. އެއާއި އެކު ރަނާ ކަރުނަ ފުހެލާފައި އަހަރެންނާއި އެއްކޮށް ދިޔައެވެ. ތަންކޮޅެއް ދުރުގައި އަތިރިމައްޗަށް ހެދިފައިހުރި ބިޔަ ކާނިގަސް ދަށުގައި ރަނާ ގޮވައިގެން އަހަރެން މަޑުކޮށްލީމެވެ. އަދި ވެގެން އުޅޭ ގޮތް ރަނާއަށް ވަރަށް ރަނގަޅަށް ކިޔައިދީ އަރާފައިވާ އޮޅުން ފިލުވައި ދިނީމެވެ.

އޭރު އަޔާން ދުވެފައި އަތިރިން އަންނަތަން ފެނެއެވެ. އަޔާންގެ މޫނުމަތިން ކަންބޮޑުވުން ފެންނަން ހުއްޓެވެ. ރަނާވެސް އަޔާން ފެނުމާއިއެކު ލޯފުހެލާފައި ދުވެފައިގޮސް އަޔާން ގެ ތަނަވަސް މޭމަތީގައި ބޮނޑިވެގަތެވެ. ރަނާއާއި އަޔާންއާއި ދެމީހުންގެ ހިތުގައި އެކަކު އަނެކަކަށް އުފެދިފައިވާ ލޯބި ފެނި އަހަރެންގެ ހިތަށް ވެސް އަސަރު ކުރިއެވެ. ލޮލުން އައި ކަރުނަތިކި ހިންދާލާ އަހަރެންވެސް އެދެމީހުންނަށް ވަގުތުކޮޅެއް ދީފައި ދާން ހިނގައިގަތީމެވެ.

“ޝައިހާއަށް ކިހިނެއް ހަދާފަ ތިއައީ. . ” އަހަރެންނަށް އަހާނުލާ ނުހުރެވުނެވެ.

“ކީކޭ އަހަރެން ވަކި ބުނާނީ. . އަހަރެން މިއައީ އަހަރެން ރަނާއާއި ރައްޓެހިވެގެން އުޅޭ ވާހަކަ ބުނެފަ. . އެމަންޖެ ފްރަސްޓްރޭޓް ވެގެން އެބައުޅޭ. . ” އަޔާން ކޮނޑު އަރުވާލަމުން އެހެން ބުނުމުން އަހަރެންގެ ހިތުގެ ތެޅުން ބާރުވީ އެހުރިހާ ރުޅިއެއް ޝާޔާއަށް ނުބާލާނެބާއޭ ހިތަށް އަރާފައެވެ. އަހަރެން ބެލީ އަވަހަށް އެކޮޅަށް ދެވޭތޯއެވެ.

އަހަރެން ދިޔައިރު ޝައިހާ ގަހެއްގެ ދަށުގައި ފުސްމޫނު ހަދައިގެން އިނެވެ. އަހަރެން މާބޮޑަށް އަޅާނުލާ ބެލީ ޝާޔާ ފެނޭތޯއެވެ. އޭރު ޝާޔާ ފެން ފުޅިއެއް ހިފައިގެން އައިސް ކައްކަން ތިބި މީހުން އަތަށް ދެނީއެވެ. އަހަރެން މަޑުމަޑުން ކައިރިވެލާފައި ޝާޔާގެ އަތުގައި ހިފައިގެން ދުއްވައިގަތީ އަތިރިއާއި ދިމާލަށެވެ. އޭރު އެތަން ބަލަން ތިބެ އެކި މީހުން އަހަރުމެންނާއި ދިމާކުރަމުން ދިޔައެވެ. ޝައިހާ އަށް އެމަންޒަރުވީ ހަޖަމްކުރަން ފަސޭހަ މަންޒަރަކަށް ނޫނެވެ. ނަމަވެސް ހަގީގަތަކީ ހިތިއެއްޗެކެވެ. ހަގީގަތަކީ ޝައިހާ އަހަރެން ގެނައީ ޝާޔާގެންނަން ބޭނުންވެގެންނެވެ.

ޝާޔާގެ އަތުގައި ހިފައިގެން ދުވަމުން އަހަރެން ދިޔައިރު ޝާޔާގެ ދެތުންފަތް ދޭތެރެއިން މުތްތަކެއްހެން ވިދަވިދާ ހުރި އަންނާރު އޮށްތަކެއް ފަދަ ދަތްތައް ފެންނަން ހުއްޓެވެ. ކުޑަކޮށް ލަދުގަނެ، ކުޑަކޮށް ހާސްވެ، އުފާވެ، ކުޑަކޮށް ބިރުގަނެފައިވާއިރު ޝާޔާހުރީ އިޙްސާސް ވަމުންދިޔަ އުފާވެރިކަމަށް ހިތް ދޫކޮށްލައިގެން ކަހަލައެވެ. އަހަރެން ހުއްޓުނީ ހޭޅިފަށުގައި އެނތެރެއަށްދެވޭނެ ހެން ހެދިފައިވާ ހުއި ގަސްތަކަކާއި ދިމާލުގައެވެ. އެދިމާލުގައި ބިޔަކޮށްހެދޭ އެއްވެސް ގަހެއް ނެތެވެ. އެހެން ކަމުން ފަސޭހައިން ހުއިގަސްތަކުގެ ތެރެއިން އެނތެރެއަށް ދެވުނެވެ. އަހަރުމެންގެ އިސްކޮޅު ހުރި ހުއިގަސްތަކުގެ ތެރެއަށް ވަދެފައި އަހަރެން ވެއްޓިގަތީ ޝާޔާގެ އަތުގައި ހިފައިގެންނެވެ. ޝާޔާ ވެއްޓުނީ އަހަރެންގެ މޭމައްޗަށެވެ. އޭރު ހުއިގަސްތައް، މަތި ހިޔާކޮށްލައިފިއެވެ. ޝާޔާގެ އިސްތަށިގަނޑު އަހަރެންގެ މޫނަށް ހިޔާކުރަމުން ދިޔައިރު ޝާޔާގެ ހޫނު ނޭވާ އަހަރެންގެ މޫނަށް އެޅެމުން ދިޔައެވެ. އެމަސްތީކަމުގައި އަހަރެން ޝާޔާގެ ކޮނޑުގައި ހިފާ ފޮރޮޅާލީމެވެ. އަހަރެންގެ ބާރުގެ ދަށަށް ޝާޔާ ގެންނަމުންނެވެ. އޭރު ޝާޔާ އޮތީ އަހަރެންގެ ދަށުގައެވެ. ޝާޔާގެ ވިދުންގަދަ ދެލޮލުގެ މައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅު އަހަރެން އެއްފަރާތް ކޮށްލީ އެރީތިމޫނަށް ބަލަހައްޓައިގެން ހުރެއެވެ. އަހަރެންގެ ހިތުގައި އުތުރި އަރައިގަތް ލޯބީގެ ފުން އިޙްސާސް ތަކުގެ ސަބަބުން އަހަރެންނަށް މަޑުމަޑުން ޝާޔާގެ ނިއްކުރިއަށް ބޮސްދެވުނެވެ. އެ ހިނދުކޮޅުގެ ހިތްގައިމު ކަމަށް އިތުރު މަސްތީކަމެއް ގެނުވީ ދެހިތުގައި ކުޅެވުމުން ދިޔަ ފޮނި ފޮނި ރާގެކެވެ.

“އައި. . ލަވް. . ޔޫ. . ” އަހަރެންގެ ދެތުންފަތް ދޭތެރެއިން ނިކުތީ އަހަރެންގެ ހިތުގެ އަޑިން ނިކުތް ހިތުގެ އިޙްސާސެވެ. ޝާޔާގެ ކޯތާފަތް މަތީގައި ދުވެލި ލަދުވެތިކަމުގެ ކުލަވަރާއިއެކު ދެ ލޯ މަރާލީ “މީ ޓޫ. . ” އޭ ބުނާފަދަ ގޮތަކަށެވެ. ދެހިތުގެ އިޙްސާސްތައް އެކުވަމުން ދިޔައެވެ.

“ހިތްދެވިއްޖޭ ކަލާޔަށް ހުވާ. .

ހުމް. . ހިތްދެވިއްޖޭ ކަލާޔަށް ހުވާ،

ތީ ފުރާނައިގެ ދިރުމޭމަގޭ ލޯބިވާ. .

ވިންދުގާވެސް ތިލޯތްބޭ ވަނީ ހަމަހުވާ. .

މަސްތުވެއްޖޭ ކަލާފެނިހުވާ،

ތިޔަހަނދާންތަކުގަ އޭ ނިމިދަނީ، ރޭދުވާ. .

ވިންދުގާވެސް ތިލޯތްބޭވަނީ ހަމަހުވާ. .

ފެންނަހިނދު ތިޔަނަޒަރު، ހިތްޒަހަމް ކޮށްލައޭ. .

ކޮންމެ ހަރަކާތަކުންވެސް އަސަރު ކުރުވަޔޭ. .

ހުމް. . ފެންނަހިނދު ތިޔަނަޒަރު، ހިތްޒަހަމް ކޮށްލައޭ. .

ކޮންމެ ހަރަކާތަކުންވެސް އަސަރު ކުރުވަޔޭ. .

ނަންތި ހިތުގާމި ލިޔެވިއްޖެޔޭ. .

މަންޒިލޭ ތީއެދޭހިތް މަގޭ ލޯބިވާ. .

ހިތްދެވިއްޖޭ ކަލާޔަށް ހުވާ،

ތީ ފުރާނައިގެ ދިރުމޭމަގޭ ލޯބިވާ. .

ވިންދުގާވެސް ތިލޯތްބޭ ވަނީ ހަމަހުވާ. .

“ޝާޔާ!. . ޝާޔާ!. . ” ޝައިހާގެ އަޑު ހޮނު ގުގުރިއެއްފަދައިން އިއްވާލުމާއިއެކު އަހަރެމެންގެ ލޯބީގެ ގުލްޝަންތެރެއިން ހަމަބިމަށް އާދެވުނެވެ. އެއާއިއެކު ޝާޔާ ފުންމައިގެން ތެދުވީ ބިރެއް ފެނިގެން ތެދުވިހެނެވެ. އޭރު ޝާޔާގެ ލޯހުރީ ބޮޑުވެފައެވެ. އަހަރެން ޝާޔާގެ އަތުގައި ހިފެހެއްޓީމެވެ. ނުދާށޭ ބުނާކަހަލަ ގޮތަކަށެވެ. ނަމަވެސް ޝާޔާ ދާން ބޭނުންވުމުން ދޫކޮށްލީމެވެ. ޝާޔާ ހުއިގަސްތަކުގެ ތެރެއިން ނިކުތްތަން ބަލަން ހުރި ޝައިހާ އަށް އަހަރެން އެތަނުން ފެނުމުން ލޯއަޅައިލީ އެލޮލުގެ ހޫނުން އަހަރެން އަންދާ އަޅިޔަށް ހަދާލަން ގަސްތުކޮށްގެން ކަހަލައެވެ.

“ތިގަނޑެއް ނުގަނެވިގެން ދޯ ކަލޭމެން އަހަރެންގެ ބޮލަށް އެރިގެން ދަތުރު އައީ. .” ޝައިހާގެ ރުޅިވެރިއަޑުން ޝާޔާގެ ހިތް ފޮތިފޮތި ކުރަމުން ދިޔައެވެ. “ކަލޭގެ ހާދަ ލަދެއް ހަޔާތެއްވެސް ނެތޭ ދޯ. . ؟ ހަމަ ތަނަކުން ފިރިހެނެއް ފެންނައިރަށް ފަހަތުން މޮޔަވެގެން ދުވާއިރު ކަލޭގެ ފެންވަރު އެނގޭތަ؟؟ ކަލޭތީ ބޮޑު މަންމަނެއްކަން އެނގޭތަ؟ ކަލެޔަކާހެދި ލަދުން މަށަކަށް ނެތޭ މީހުންގެ ކުރިމަތީގަ އިސްއުފުލާލައިގެން އުޅޭކަށް!! މަށަށް މިހާ ދުއްޕާން ބޮޑުނުކޮށް މަރުވާނަމަ ކިހާ ރަނގަޅުތަ މީނދަ އެތި!”ޝާޔާގެ ބުރަކަށީގައި އަތްއަޅާ ކޮށްޕަމުން ޝައިހާ ބޭރުކުރަމުން ދިޔަ ވިހަގަދަ ޖުމްލަތައް އަހަރެންގެ ހިތަށް ލޭޒަޚަމް ދެމުން ދިޔައެވެ. އޭރު ޝާޔާގެ ލޮލުން ލޭކަރުނަ އަންނަމުން ދިޔައިރު ޝައިހާގެ ވިހަ ޖުމްލަތަކުން އެހިތް ފަޅައިގެން ގޮސްފައިވާ ކަހަލައެވެ. އަހަރެންނަށް ކެތެއް ނުކުރެވުނެވެ.

“ޝައިހާ!. . ” އަހަރެންނަށް އައިސް ޝައިހާގެ އަތުގައި ހިފާ އަހަރެންނާއި ދިމާލަށް އަނބުރާލެވުނީ އަމިއްލަނަފްސު ކޮންޓްރޯލް ނުކުރެވިގެންނެވެ.

-ނުނިމޭ-

Share Article

Follow Me Written By

GuDuMeena

Level 310 Stories500 Comments100 Comments

Other Articles

Previous

އޯގާވީ ހިތަކުން…21

Next

ހިތް ނުރޮއްވާ… (22)

Next
April 30, 2014

ހިތް ނުރޮއްވާ… (22)

Previews
April 30, 2014

އޯގާވީ ހިތަކުން…21

99 Comments!

  1. GuDuMeena says:
    April 30, 2014 at 7:58 pm

    Gud evening all lovely readers. .
    This is the last episode for the week. . hope u all enjoyed all the part of this week. . and im looking forward to bring more entertining and thrilling 5 parts in the coming week. .
    Thank uw all for ur kind support. .
    Gud nyt. . and Happy Labours Day <3 😉

  2. ishaa says:
    April 30, 2014 at 8:04 pm

    This part was fabulouse… It happened as I said in the previous part..would be in patiently waiting for the next pert gud night

    1. GuDuMeena says:
      April 30, 2014 at 8:13 pm

      ehehehe. . i hav to say u r a Good Guesser. . 😀 nex part on saturday night In Sha Allah. . 🙂

  3. lam says:
    April 30, 2014 at 8:10 pm

    V v v v varah salhi.dhen vaanee kihineh baa

    1. GuDuMeena says:
      April 30, 2014 at 8:20 pm

      ehehe. . Thankew Lam. .Dhen v.majaavaaane. . hiy ves thelheyne. . 😀

  4. hadhee says:
    April 30, 2014 at 8:21 pm

    Really v nice gudu…… Waiting 4 the next part…..

    1. GuDuMeena says:
      April 30, 2014 at 8:31 pm

      🙂 thankew hadhee. .

  5. shiu says:
    April 30, 2014 at 8:26 pm

    mi part ves vvvv salhi… 🙂 ekm dhn thio foohi shaihaa gande dho…eyna noolhey nama..waiting for the next part 😀

    1. GuDuMeena says:
      April 30, 2014 at 8:34 pm

      ekahala charecter eh vx ulhuneem ehnu stowri salhi vaany. . 😀 thanks a lt shiuu

  6. princess elsa says:
    April 30, 2014 at 8:29 pm

    aww haadha molhey gudu describe kohdhen
    dhen shaihaa moonuga jehyma rangalhu waany
    btw love this part <3

    1. GuDuMeena says:
      April 30, 2014 at 8:40 pm

      realllyyy. . Thanew. . bt nuvaane anhen kudhinge moonuga jahaakah. . its nt manly. . 🙂

  7. MAL says:
    April 30, 2014 at 8:38 pm

    give shaiha a tight slap… shaiha haadha goahey.. gudu i think shaihaa needs a lesson for calling that to shaaya n being so rude.. btw mi part vx hama awesum.. 🙂 waiting for upcoming parts

    1. GuDuMeena says:
      April 30, 2014 at 8:48 pm

      u’ll cm to knw the real meaning of RUDENESS in the comming part. . 😀 thankew mal. .

  8. veera says:
    April 30, 2014 at 9:33 pm

    Vvvvvvvvvvvvvv nice mi part ves.veera ge baby ya emeh reethi song miray thi genes dhiny thanks GuDu.gud nyt

    1. GuDuMeena says:
      April 30, 2014 at 10:26 pm

      Ohw really Veera. . Im so happy for i did. . Veera ge baby ah GuDu ge salaaam v.bodah. . GuDu ah vx. v.nice mi sng. . n GuDU ai wife rattehi vegen ulhunu iru ga mi sng ah act vx koffa innaane. . 😀 ehehe good memories. . 😉 Gud nyt Veera

  9. jilaa says:
    April 30, 2014 at 9:41 pm

    Gudu this is my first comment to ur story..and I would like ti say that from ur stories only ifelt that dhivehi stoties could be intresting…so please continue in this field insha allah one day ur gonna be a succesful authour.though I don’t comment I will read ur stories regularly…

    1. GuDuMeena says:
      April 30, 2014 at 10:30 pm

      Wow Jilaa.. . umm. . u knw. . im speechless. . Thankew for the compliment. . and yeah Dhivehi Stories cn b interesting if we made them so. . and thankew for the good wishes. . In Sha Allah i will try my bst to b succesful in this feild. . Im loving writing more everyday. . Jst Coz of u guys. . Thankew for supporting me Guys. . 🙂 um reallllyyyyyy Greatful

    2. jilaa says:
      April 30, 2014 at 11:46 pm

      Thankx gudu u made me feel that my mother tounge special….and my gud wishes would be always there with u.. 😀

  10. Appy says:
    April 30, 2014 at 9:51 pm

    mi part vx hama vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv salhi……mi ga in lava vx vvv reethi…….dhn mihaaru hitha a ranii kihiney baaea vaanii………………… varah balaala hiy eaba vey

    1. GuDuMeena says:
      April 30, 2014 at 10:32 pm

      Hahaha. . Thanks Appy. . . dhen adhi v.interesting vaane dhathuru. . 😀 ehehe. . Just 2 more days. . 😉

  11. Laaraa says:
    April 30, 2014 at 9:53 pm

    Vvvvvv obi. Dhen wait nukureveyne saturday ah mihaarves dhuvaalak 2 faharu check kohlevey uploadvi tho plxxxxxx

    1. GuDuMeena says:
      April 30, 2014 at 10:34 pm

      Oohh. . Laaraa. . Im sorry to keep uw waiting for that Long. . 🙂 bt hope u’ll do that for me. . Plx. . 🙂

  12. lonely grl says:
    April 30, 2014 at 9:56 pm

    mireyge part v rom…. aslu shaiha ayaan aah kaeri nuvi nama rana ayaan dheke kihavarakah lobi vaa kameh neyngeye. so shaiha shud b there. btw it wa jxt awesum 😉

    1. GuDuMeena says:
      April 30, 2014 at 10:36 pm

      U r damn right!!. . hahaha. . aslu Shaiha v.important role ekey e kulheny mi story ga. . Atleast she makes u cry-out with hatred. . 😉 thanks for the coment

  13. Appy says:
    April 30, 2014 at 10:06 pm

    Gudu key vetha ea shaihaa eahaa goohyy…….i hate shaihaa…….

    1. GuDuMeena says:
      April 30, 2014 at 10:37 pm

      adhi fahun engeyne Shaiha ehaa goohy kiyvegen kan. . 🙂 Gud nyt Appy

  14. shai says:
    April 30, 2014 at 10:15 pm

    nice gudu ah rply kohfa ihnaane anehbauga i want ur rply nice mashah heeevany shaayaa ah adhi vaahaka dhehkeyne kahneynge………

    1. GuDuMeena says:
      April 30, 2014 at 10:39 pm

      Ohw. . Shai. . kn kahala hlp eh Shai beynunvany. . i’ll c what i cn do. . 🙂 thanks for the coment. .

  15. Uma says:
    April 30, 2014 at 10:20 pm

    Gudoooo Hama govaaly Inge 🙂

    1. GuDuMeena says:
      April 30, 2014 at 10:40 pm

      Laaaaaahhhhhbbbbba. . . Uma eha baarah govaaleema GuDu dhiyaiy hama sissaigen. . 😉

  16. Haxu says:
    April 30, 2014 at 10:31 pm

    alhey shaihaa mi hadha nulafaa meeheke dhw… plxx shayaa ah dhera gotheh nahadhaathi gudu..

  17. GuDuMeena says:
    April 30, 2014 at 10:42 pm

    sorry Haxxxu Shayaa ah v.baivaru goi goi hedhijje mihaaru vx. . i mean gudu liyefa huri part thakuga. . 😉 bt fahun rangalhu vaane. . faharaku shaya ah vuren rangalhu kujjeku vx aisdhaane ennu. . 😛

  18. maee says:
    April 30, 2014 at 10:45 pm

    may gandu angayah anna hisabun thi ninmaly viyya….any ways v.nice ……shaiha gandu v.foohi vey….eyna ah gotheh hadhan vnu…….Gudu hadha molhey dw vahaka liyan……heevey lava kiyan vx v.molhu vane hen…BEST OF LUCK

    1. GuDuMeena says:
      May 1, 2014 at 1:35 am

      Maee haadha molhey dhw guess kuran vx. . :p gudu Dharumavantha school ga ulhunu iru ga lava mubaaraathuga baiveri v mey. . 😛 ehehe Thanks Maee
      gud nyt

  19. Appy says:
    April 30, 2014 at 11:24 pm

    appy inthizaaru kuraanan eagay dhuvahakh……… Gud nyt GUDU

    1. GuDuMeena says:
      May 1, 2014 at 1:36 am

      🙂
      gud nyt again

  20. shaa says:
    April 30, 2014 at 11:52 pm

    wow nice… waiting for the next part

    1. GuDuMeena says:
      May 1, 2014 at 1:37 am

      Thanks Shaa. . 🙂

  21. Hanaaa says:
    May 1, 2014 at 12:00 am

    Guduge mi vaahaka v nice…v silly mistake thakeh hunnany… Ekanthahthah rangalhu kohlaagiya v perfect vaane…haaskoh eh sentenshehga maa ginain ekehge nsme beynun kuraathy v hadi…eyge badhalugai badhalu nanthah beynun kuraanama v rangalhuvaane… Gudnyt gudu

    1. GuDuMeena says:
      May 1, 2014 at 1:39 am

      Thanks Hanaa. . Thy adhi vx GuDu rangalhu kuran jehey thankolheh. . Thanks faahaga kolly thy. . Gud nyt Hanaaa

  22. ishaa says:
    May 1, 2014 at 12:13 am

    Happy b day gudu with many happy returns of the day 😀

    1. GuDuMeena says:
      May 1, 2014 at 1:40 am

      Thankew Ishaa u r one of the few. . 😉 Gud nyt Ishaa

  23. ishaa says:
    May 1, 2014 at 12:15 am

    HBD gudu with many happy returns of the :Dday..may Allah give u a happy and a long life..

    1. GuDuMeena says:
      May 1, 2014 at 1:41 am

      Thankew for the Good wish. . 🙂

  24. aisha says:
    May 1, 2014 at 12:19 am

    soooooo nice 🙂
    dhigu inthizaare 🙁

    1. GuDuMeena says:
      May 1, 2014 at 1:42 am

      Thanks Aishaa. . Gud nyt

  25. zoodaan says:
    May 1, 2014 at 6:57 am

    zoo ah mi lavvaalani emme fahah dhoh comment kollan ves..ma bodah busy v ma..any way hama comment eh koh nulaa hith hama eh nujehey..vaahaka kiyaalevunu kamuge hith hama jehun libenee ves comment eh kolleema…mee haadha varehge anhenekey dho dhathuru mi gendhevunee…migolaa adhi varah vefa a hunnanee ves..:P shawn akee haadha kerey zuvanekey dho..gadha ingey..dhen ulhey avahah shawn mom erashah gendhan..zoo ummeedhu kuranee kommes dhuvahakun shaya ah vaahaka dhekkeyne kamah…gudu u know u ge sifa kurunthah simple sweet.zoo ah aisha ge vaahaka thakah vuren ves gudu ge vaahaka kamu gossi..aishaa hunnaaani dhen maa bodah fantasy vefa adhi nuvee thaakah abadhuves ulhey boys kujjaa hunnaani model ekey kiyaafa thakuraaru ibaaraathun sifa koffa..foohi gotheh aee…gudu your the best..love you bodukohh..ummmwahhh

    1. GuDuMeena says:
      May 2, 2014 at 2:26 pm

      Thanks Zoo.. Thihaa Dhigu commenteh kolla dhineema. . and im so happy to knw u like my stories more. . 😀

    2. zoodaan says:
      May 3, 2014 at 8:16 pm

      🙂

  26. zoodaan says:
    May 1, 2014 at 7:07 am

    thi thi ee aa magey hith edhey mi emme molhu vaahaka thedhey..

    ethah vaguthuthakeh ma gunamay inthizaaruga..balaa levey iru irukolhaa….hulhuvaafa lappaalevey mi esfiya ..vanee keith madhuvefaa hama thedhey..

    1. GuDuMeena says:
      May 2, 2014 at 2:31 pm

      Hahaha. . Zoo u r quite a singer. . aren’t u 😉

    2. zoodaan says:
      May 3, 2014 at 8:14 pm

      ..: ……p :yeah…i am…you’r absolutely right;..

  27. Fayaa says:
    May 1, 2014 at 8:26 am

    Dhen shaihaa aa soan aa gulhuvaba :p

    1. GuDuMeena says:
      May 2, 2014 at 2:33 pm

      Thanks Fayaa. . BTW dhen mihaaraku 2 myhun nugulhuvifa kaaeh nethennu. . 😛

  28. princess says:
    May 1, 2014 at 8:47 am

    OMG…..GUDU 2day ur b day!!!!! happy b day 2 u
    happy b day 2u
    happy b day dear GUDU
    happy b day 2u….
    WISH U A VVV HAPPY B DAY
    GOD BLESS U

    1. GuDuMeena says:
      May 2, 2014 at 2:35 pm

      Thankew Princess. . 😀

  29. princess says:
    May 1, 2014 at 8:57 am

    OMG…. Gudu 2 day ix ur b day??????? here v go….
    HAPPY B DAY 2U
    HAPPY B DAY 2U
    HAPPY B DAY DEAR GUDU
    HAPPY B DAY 2U
    Wish u avvv happy b day N may god bless u happy and a long lyf….
    N this part olso fabulous thums uppp!!! u r the best

    1. GuDuMeena says:
      May 2, 2014 at 2:36 pm

      Thankew Yam. . Thats so sweet of u. . 😉

  30. me says:
    May 1, 2014 at 9:28 am

    Oops bro…! Is it yur b’day today….?? Wish you a very very happy birthday… May Allah bless you always… &enjoy ur day…. I tried to give yu a gift here.. ☺☺☺☺bt ehvx emoticon eh nudhahkaa.. Soo so sad. .. Plx dhn heekollaa I’ve given you a gift eyy… Once again happii happii b’day brother…

    1. GuDuMeena says:
      May 2, 2014 at 2:39 pm

      Ohw sissy. .. thts v.thoughtful of uw. . Thankew v.much and i really love ur gift.. 😉

  31. me says:
    May 1, 2014 at 9:43 am

    Masha Allah haadha molhey… Biiiig biiig like & biiiig biiig thanks for the marvellous story… Eagerly waiting for the upcoming parts… Bro kahala hard working guys ah happy labours day… :p you’re getting three days for holiday ennu.. So vvv thithi thithi koh liyache… :p take a great great Care…

    1. GuDuMeena says:
      May 2, 2014 at 2:43 pm

      Thanks Me. . bro mi balany hama thibunaahen hama thihthi thihthi koh liyeveytho . . 😀

  32. Naza says:
    May 1, 2014 at 10:28 am

    haye hayeyyyy………adhi kudakoh waarey wehunu nama ma rom wees bt migoiy wes hama warah fakka 😀 shaiha aai shimaalah thankolheh haru baheh bulebala shone 😛 hama shock e libiifa ganduwefa innaane kahala 😛 gudu ge mi story hama habeyxx 😉 dhn gudu ah bunelan othy WISH U A V HAPPY B’DAY ey 😀 koba awahah pizza aai ehchihi fonuwaa 😛 ok comment eh through koh wias 😉 enjoy ur speciaal day ingey 😀

    1. GuDuMeena says:
      May 2, 2014 at 2:49 pm

      u “have got a Chicken n Spice Pizza from GuDuMeena” Enjoy ur Pizza 😉

    2. Naza says:
      May 3, 2014 at 3:22 pm

      aww thank u sooo much gudu 😛 the pizza was delicious 😉 😛

  33. shai says:
    May 1, 2014 at 10:53 am

    happy birthday gudu

    1. GuDuMeena says:
      May 2, 2014 at 2:51 pm

      Thanks Shai . . . 🙂

  34. shue says:
    May 1, 2014 at 11:45 am

    just wow… ….. 🙂 waiting for the next part….

    1. GuDuMeena says:
      May 2, 2014 at 2:52 pm

      🙂

  35. bookworm says:
    May 1, 2014 at 12:56 pm

    just amazing <3 enjoyed to the max 😀 waiting imaptiently for next week! nothing to say ur the best <3 keep it up with the good work, eageerly waiting to see the next twist in this story 😀

    1. GuDuMeena says:
      May 2, 2014 at 2:56 pm

      Thanks Bookworm Buddy. . 😉 will see. .

  36. zoodaan says:
    May 1, 2014 at 1:41 pm

    ohh….is it Gudu…mee thedhu vaahaka eh tha mi kudhin mi kiyanee…angaa ves nulaa v vagah dhoa thiulheni…submarine dheyn jehidhaane thee tha anekkaa…:P..heheh any way wish you a very happy b day.God bless you…
    Enjoy Your day….Cheeeeeeeeeeeeeeeeeeeeeeer………:) 🙂

    1. GuDuMeena says:
      May 2, 2014 at 2:59 pm

      hehehe. . Thats true Zoodan Buddy. . and thankew v.much for the wiSh. .:D

  37. liuu says:
    May 1, 2014 at 2:13 pm

    ….sorryy gudu fhn cmnt kurevunyma….bcox i was so busy in schoool :(btw vaahaka ham vvvvvv nice 🙂 🙂

    1. GuDuMeena says:
      May 2, 2014 at 3:00 pm

      Its Owk dear. . im so happy u did. . 😉

  38. liuu says:
    May 1, 2014 at 2:14 pm

    happy birth day gudu……may u b successful in ur life 🙂

    1. GuDuMeena says:
      May 2, 2014 at 3:01 pm

      Thanks for the wish. . 😀

  39. nishan says:
    May 1, 2014 at 2:17 pm

    wow.. habeys inge.. thi shaiha ah rangalhu loti eh dheeba 😀 eyrun maithiri vedhaane .. GuDu keep it up 🙂

    1. GuDuMeena says:
      May 2, 2014 at 3:04 pm

      Thanks NiShaanTey. . 😀 next part ga adhi Shaiha adhi fakkaa kameh kuraane. . 😛

  40. Haxu says:
    May 1, 2014 at 2:55 pm

    ey gudu seriously today is ur B’ DAY tha………… happy birth day gudu. <3. ey gudu shayaa noon ehen girl akah shwn nudheythi plxxx..gudu thikuraaa hiyvarah hama saabas thivaruge vahaka liyuntherieh haxu nudheken dhuvaalaku part eh thi up kohlani hama n vaahaka genes dheyleh ehaa furi hama.. gud luk..

    1. GuDuMeena says:
      May 2, 2014 at 3:06 pm

      Thanks Haxu. . Haxuge hivvaruge basthakun GuDu hama ithurah charge vejje. . V.HAPPY. . 😀

  41. Aishath says:
    May 1, 2014 at 5:11 pm

    vvvv reethi mibaives heekuran va avahah up kuraane kamah. ur a pretty gud writer

    1. GuDuMeena says:
      May 2, 2014 at 3:07 pm

      Thanks Aisha. . 🙂

  42. ZxZ says:
    May 1, 2014 at 6:37 pm

    Commenting for the very first time! 🙂 Miadhu hama comment eh nukoh hurevuny..used to be a silent reader before! Ekam vaahaka kuraih dhaa goi reethi vyma hama bunenulaa nuhurevuny! Keep it up and hope to see more of your stories soon 🙂 Good luck and oh wish u a very very HAPPY B’DAY!! 🙂 🙂

    1. GuDuMeena says:
      May 2, 2014 at 3:10 pm

      Ohw ZxZ. . im so glade u finally comented. . n its on my birth day. . 🙂 ur coment itself is enough for a wish to me. . Thankew. . 😀

  43. bookworm says:
    May 1, 2014 at 8:01 pm

    happybirthdayy gudu 😀 have a happy blast 😛 i wish u more success in the near future <3 keep it up! hihihi fb page ah vadheli ma mi inguny birthday kan ves 😛 !!

    1. GuDuMeena says:
      May 2, 2014 at 3:11 pm

      ehehe. .Thanks again buddy. . 😀

  44. yaana says:
    May 1, 2014 at 8:24 pm

    ufaaaveri ufan dhuva+haka yaanaage faraathun kiyamey guduah mare habaa…:):D

    1. GuDuMeena says:
      May 2, 2014 at 3:13 pm

      hahaha. . Thankew thankew . . Thankew. . Yaanaa haadha reethi koshey lava thi kiyaalee. . 😀

  45. princess says:
    May 2, 2014 at 3:36 pm

    gudoooooooooooo!!!!!!!!! koba v giftx libun dw princess mennakah nufonuvaanantha?????? hehehe….. just kidding

    1. GuDuMeena says:
      May 2, 2014 at 4:06 pm

      Nt much gifts. . GuDu ge Kokka eh dhin v.meerru giftef. . Fridge ga v . . dhaan v kaalan. .:D n reyga kurinreyga Big Big Cake eh libunu. . adhi vx kai hus nuve. . Princess annan v nu Cake kolheh Kaalan. .:D

  46. naj says:
    May 2, 2014 at 5:07 pm

    gudu ge storyy ah dhw enme ginain commnt libenyy mihaaru 🙂
    that proves mi storyy akee ey mihaaru esfiya in enme gina kudhin kiyaa storyy akee 🙂
    heyy gudu
    yesterday ur birthdayy tha
    kyve nubunyy
    nubuny ma rulhi 😛
    aslu vx i dont know
    happy B day gudu 🙂

    1. naj says:
      May 2, 2014 at 11:20 pm

      Happy Birthday To You♪♫•*¨*•.¸¸♥ ¸¸.•*¨*•♫♪Happy Birthday To You♪♫•*¨*•.¸¸♥ ¸¸.•*¨*•♫♪Happy Birthday Dear♪♫•*¨*•.¸¸♥ ¸¸.•*¨*•♫♪Happy Birthday To You♪♫•*¨*•.¸¸♥ ¸¸.•*¨*•♫♪Happy Birthday♪♫•*¨*•.¸¸♥ ¸¸.•*¨*•♫♪Happy Birthday, I hope you enjoy your day & I wish you many, many more♪♫•*¨*•.¸¸♥ ¸¸.•*¨*•♫♪…!!! ♥ ♥

      ❤♫❤♫❤.•*¨`*•..¸♥☼♥ ¸.•*¨`*•.♫❤♫❤♫❤
      ╔═════════ ೋღ❤ღೋ ═════════╗
      *♫❤H░A░P░P░Y░♥B░I░R░T░H░D░A░Y♫❤ *
      ╚═════════ ೋღ❤ღೋ ═════════╝

      ❁❃❀✿
      A flower gift for u

      “…….ℒℴѵℯ…………ℒℴѵℯ
      …ℒℴѵℯ ℒℴѵℯ….ℒℴѵℯ ℒℴѵℯ
      ℒℴѵℯ ℒℴѵℯ ℒℴѵℯ ℒℴѵℯ ℒℴѵℯ
      .ℒℴѵℯ ℒℴѵℯ ℒℴѵℯ ℒℴѵℯ ℒℴѵℯ
      ..ℒℴѵℯℒℴѵℯℒℴѵℯℒℴѵℯℒℴѵℯ
      ……ℒℴѵℯℒℴѵℯℒℴѵℯℒℴѵℯ
      ……..ℒℴѵℯℒℴѵℯℒℴѵℯ
      …………ℒℴѵℯℒℴѵℯ
      ……………ℒℴѵℯ”
      and a heart
      🙂

    2. GuDuMeena says:
      May 3, 2014 at 7:40 pm

      and i hav to admit. . This is the most beautiful wish i’ve got so far. . 😉 thankew v.much for that. . 😀

    3. GuDuMeena says:
      May 3, 2014 at 7:38 pm

      I am So sorry Naj. . kihineh engeyny Naj ah neyngeyne kameh GuDu ge B’th Day. . Dhen ekam mihaaru mi enguny ennu dhw.. ehen v ma dhe rulhi naadhey ingey Manjey. . 😉 ehehehe. . Thanks Ingey wish kollyma..

  47. princess says:
    May 2, 2014 at 5:16 pm

    yes i`ll.. may be in my dreams…. hehehe… v dhahivey eba ingey…dhen keep enjoying…. hehe

    1. GuDuMeena says:
      May 3, 2014 at 7:41 pm

      🙂

  48. Reesh says:
    May 2, 2014 at 9:29 pm

    Varah reethi! 🙂
    HAPPY BIRTH DAY! 😀
    ACTRESS NIUMA AKEE GUDU MEN RASHU KUJJEH DHOA? HAMA AHAALEE INGEY 😉

    1. GuDuMeena says:
      May 3, 2014 at 7:47 pm

      Yes. . Thats v.true Reesh. . and v r kinda related through my dad. . u knw in a long chain.. bt no real life relationship. . she doesn’t even knw abt me i Guess. . ehehe BTW..Thankew for the Wish. . 😀 gud nyt

Comments are closed.


All Right Reserved!