ހަވީރުގެ ތެތްފިންޏެވެ. ހަލަބޮލި މާހައުލުގެ ތެރެއިން ސީމާ ފަހަރަކު ފިހާރައަކަށް ވަންނަމުން ދެއެވެ. އެކި ފިހާރައިން އެކި ސާމާނު ނަގަމުންގޮސް ކޮތަޅުތަކުން ސީމާގެ އަތް ފުރިފާވެއެވެ. އާދައިގެ ހިނގުމެއްގާ ކުރިޔަށް ދިޔަ ސީމާގެ މިސްރާބު ކުއްލިޔަކަށް ބަދަލުކޮށްލިއެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރަކީ ސީމާއަށް އާކަމެއް ނޫނެވެ. އަދި އެއީ ސީމާގެ ހިތަށް ފަސޭހަ ކަމެއްވެސް ނޫނެވެ. މިހާރަކަށް އައިސް ފިހާރައަށް ނުކުންނަ ކޮންމެ ފަހަރަކުވެސް ސީމާ އެކަމާ ކުރިމަތިލާން ޖެހެއެވެ. އެހެންކަމުން، ކަމުގެ ހަޤީޤަތް ބަލަން […]
“ސޮރީ” އެއްއަތުން ކޯކުތަށި ހިފައިގެނ ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް އަނެއްއަތުން ޒެނީޝްގެ މުލައްދަނޑީގައި ހިފާލާގެން ހުރި ވެއިޓަރު މާފަށް އެދުނެވެ. ނަމަވެސް ޒެނީޝް އައް އެއްޗެއ ނުބުނެވިފައި ިިިިިިިިިިިިިިިިިިުިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިުިިިިިިިިިިިިިިިިި ހުރީ ކުރިމަތީ ހުރި ސޫރަ ފެނިފައިވެ. ދިގުވެފައި އެހާމެ ރީޗެވެ. މަޑު ފިޔާތޮށިކުލައިގެ ތުންފަތެކެވެ. ކަޅުކަޅިރަވައަކާއި ހިމަ ދެލޮލެވެ. އަދި އެހާމެ ރީތި އަހުލާގުގެ ވެރިއެކެވެ. ހުއްޓުމެއްނެތި މާފަށް އެދެމުން ދިޔައެވެ. […]
”އަސްލު ހަގީގަތުގަ ކޮންމެ ގޮތެއް ހަދާފައިވެސް ޔޫހާމެން މަސައްކަތް ކުރަން ޖެހޭނެ އެގޯތިން ބައެއް ހޯދަން. އައިލީޝްއަށް އެކަނި އެޔޮށް ބޮޑުގޭ ކިހިނެއްތަ ލިބޭނީ؟ ގޭ އެކަންޏެއް ނޫން. މުދަލާ ފައިސާވެސް. ޔޫހާއަށް ވެސް ބައެއް ލިބެން ޖެހޭނެ ދޯ؟” ޓެރަސް މަތީގައި ހުރި އަށްޓެއް ކަހަލަ ތަނެއްގައި ޒައިކްއާއި ޔޫހާ ދެފައި ވައްކޮށްލައިގެން އިނީ ކޭކް ކާށެވެ. ދެމީހުންގެ މޫނުމަތިންވެސް މަކަރުވެރިކަން ފެންނަމުން ދިޔައީ އެހައިވެސް ބޮޑަށެވެ. ”ތިބުނީ ރަނގަޅަށް. އެކަމު ހީވޭތަ އެ އައިލީޝްގެ […]
ފެންވަރައިގެން ނިކުތް ރާކިން ފެނުމުން ނޫރާ އެނދުމައްޗައް ކޮޅައް ތެދުވެފައި ކަރާޓީ ޕޯސްއެއްޖައްސާލިއެވެ. “ދެން ކުރިއަށް އެންމެ ފިޔަވަޅެއް އެޅިއަސް ނިމުނީ”. ނޫރާ ބުނެލިއެވެ. “އަދިވެސް އަހަރެންތަ ގޮސްވީ”. ރާކިން ކަރުގައި އިން ހިކީ ނޫރާ އަށް ދައްކާލިއެވެ. “ޑޯންޓް ޓެލްމީ ދެޓް ވީ ޑިޑް އިޓް؟؟؟؟”. ނޫރާ ހިންދިރުވާލަމުން ބުނެލިއެވެ. “ދެން ވީ ކަމެއްވީ ނުވާކަމަކައް ނުވާނެ”. ރާކިން އިސްޖަހާލަމުން ބުނެލިއެވެ. ނޫރާ މޫނުގައި އަތް އަޅަމުން ހަޅޭލަވައިގަތެވެ. ރާކިން ހުރީ ހިނިގަނޑު ކޮންޓްރޯލް ކޮއްގެނެވެ. […]
* “ވުޕްސް.. މާފުކުރޭ..” ހޫޑީ ލައިގެން ހުރި އެޒުވާނާ ބުނެލިއެވެ. އެމީހާގެ ހުޑްގެތެރެއިން މޫނު ފެންނަ ވަރެއްނުވިއެވެ. އަވްލީންގެ ހިތް ޝައްކާއިވަހުމުން ފުރުނެވެ. ގައިމުވެސް އެއީ އަވްލީން ދެނެފަރިތަ އަޑެކެވެ. ނަމަވެސް ޔަގީންކުރެވޭނެގޮތެއްނެތެވެ. އަވްލީން އެޒުވާނާއަށް މާފުކޮއްފައި އެތެރެއަށްވަނެވެ. އެޒުވާނާ ހުރީ އަވްލީންއާއި ދިމާލަށް ބަލަހައްޓައިގެންނެވެ. އެމީހާ ހުޑް ތަންކޮޅެއް މަތިކޮއްލާފައި ވިހަ ހީނލުމެއް ހީނލިއެވެ. * އަވްލީން ފަސްތަށި ވެނީލާ އައިސްކްރީމާއި ތިންވެނީލާ އައިސްކްރީމް ބަކެޓް ހިފައިގެން ކުރިއަށް ފިޔަ ވަޅެއްއެޅިއެވެ. “އޭތް ވާރޭގެޕަރީ…” ކުއްލިއަކަށް […]
އަހަރެން ޝީރީން ބައްޕަ މެންނަށް ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ޝީރީންއަށް ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ އަހަރެންގެ މި ގުޅުމަށް ވާނީ ކިހިނެއް ހެއްޔެވެ؟ މި ހުރިހާ ސުވާލެއް ހިތުގައި ފުނި ޖަހައިގެން އަހަރެން އިންތަނުން ތެދުވެގެން ގެއާ ދިމާލަށް މިސްރާބު ޖެހީ މިސުވާލުތަކުގެ ޖަވާބު ހޯދުމުގެ ނިޔަތަކު ނޫނެވެ. އެހެނަސް އެހެން ކަމަކުއެވެ. ******************** އެޕިސޯޑް 7 “މަންމާ!” ގެއަށް ވަން ގޮތަށް ފުދޭވަރަކަށް ބާރަަށް މަންމަ އަށް އަހަރެން ގޮވާލީމެވެ. “ކީކޭ ދަރިފުޅާ!” […]
ކޮލެޖު ނިންމާލުމަށްފަހު ނިކުން ކައިލް ހުރީ ފޯނަށް ނަޒަރު ހުއްޓާލައިގެންނެވެ. ހަފްތާގެ ހޮނިހިރު ދުވަހާއި ބުރާސްފަތި ދުވަހަކީ މަސައްކަތުގައި ރައިހާއަށް އެންމެ ބުރަ ދުވަސްތައް ކަމުން ކައިލް އެދުވަސްތަކުގައި ގެއަށް ދަނީ ހިނގާފައެވެ. ފޯނަށް ނަޒަރު ހުއްޓާލައިގެން ކުރިއަށްދިޔަ ކައިލްގެ ފިޔަވަޅުތައް މަޑުޖެހުނީ އޭނާގެ ކުރިމައްޗަށް މީހަކު ހުރަސްއެޅުމުންނެވެ. ފޯނުން ނަޒަރު ވަކި ކޮށްލަމުން ކުރިމަތި ބަލައިލި އިރު ކައިލްގެ ކައިރީ ޒުވާނަކު ހުއްޓިލައިގެން ހުއްޓެވެ. އުމުރުގެ ގޮތުންނާއި އިސްކޮޅުން ކައިލް އާއި ދާދި އެއްވަރު ވީނަމަވެސް […]
އެވަގުތެ ބައްޕަ އަވަސް ނޭވާލާން ފެށިޔެވެ.ވަގުތުން އަހަރެން އެތަނުން ނެރެވުނެވެ.އަހަރެން ނުކުތްތަނާ ދޮންތަނާ ދޮންތަޔާއި ދޮންތަބެ އަހަރެންކައިރިޔަށް އައެވެ. ހުދާއްކޮ ކިހިނެއްވީ؟ކީކޭ ޑޭޑް ބުނީ….ދޮންތަ އެހިއެވެ.އަހަރެން އެއްވެސް އެއްޗެއް ނުބުނަމެވެ.ހަމަ ގިސްލަ ގިސްލާފައި ރޮވުނީއެވެ.ހިތަށް ކުރި އަސަރެއްގެ ބޮޑު ކަމުންނެވެ.މަންމައަށް ފަހު ބައްޕަ އަހަނާއި ވަކިވާކަށް ނޭދެމެވެ.ކުއްލިޔަކަށް އަ.އި.ސީ.ޔޫގެ ދޮރުހުޅުވުނެވެ.އަދި ދުއްވާއެދެއްގައި ބައްޕަ ނެރުނެވް.އަހަންނަށް ދުވެފައި ބައްޕަ ކައިރިޔަށް ދެވުނެވެ. ޑޭޑް ޕްލީސްއަހަރެން ދޫކޮށްފަ ނުދާތި މަންމަވެސް އަހަރެން ދޫކޮށްފަ ގޮސްސި ޑޭޑް ވެސް……… އަހަންނަށް ބުނެވުނީ […]
ރަނގަޅަށް ސައިބޯލައިގެން ހަވީރުގެ ހިތްގައިމު މަންޒަރު ދެކިލުމަށް ޓަކައި ނުކުތީ އަތިރިމައްޗަށެވެ. ބަލާލާ ކޮންމެ ދިމާއަކުންވެސް ފެނިގެންދަނީ ކުދިވެރިން ދުވެ ފުމެމުންދާ މަންޒަރެވެ. ޒުވާން އުމުރުފުރައިގެ ކުދިން ޖޯޑްޖޯޑަށް އެތުރިފައިވާ ތަނެވެ. އެހެނަސް މިއުފާވެރި މާހައުލުން ވެސް އަހަރެންގެ ހިތަކަށް އެއްވެސް ކަހަަލަ ހިތްހަމަޖެހުމެއް ނުލިބުނެވެ. ވާނީވެސް އެހެންނެވެ. މިރެއަކީ އަހަރެންގެ އުފާތައް ކަފުން ކޮށް ވަޅުލާ ރެއެވެ. މިކަހަލަ ވިސްނުމެއްގެ ތެރެއިން އަހަރެންގެ މާޒީއަށް ފީނާލެވުނެވެ. އަހަރެންނަކީ ޒުވާން އުމުރުގެ އެެހެން ކުދިން ފަދައިން އުފަލާއި […]