Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިހާއަށް އާދޭސް 10…

kamana Level 310 Stories500 Comments100 Comments
October 20, 2016 5 Mins Read
12 Comments

“ޖެހޭނީ ވަރިކުރަން… އަހަރެން ބޭނުމީ ވަރިވާން… ވަރިކުރާށޭ… އެހެން ނޫނީ… އެހެން ނޫނީ މި ދަރިފުޅު ދުނިޔެއަށް އުފަންވިޔަ ނުދޭނަން،……….. އައްދޯއި … މަންމާ…..” ޝީރީންގެ ވޭނީ އާހުގެ އަޑު މުޅި ގޭގައި ގުގުމާލިއެވެ. ޝީރީން އެދުގެ ފަޑީގައި ހިފެހެއްޓީ އެތަދަށް ކެއްނުވުމުންނެވެ.

ޝީރީންގެ ބަނޑުގެ ރިހުން މާގަދަވުމުން ޑރ ނާސިހާގެ ލަފާއަށް ޝީރީން ވިއްސަން ޖެހުނީ ހެލްތްސެންޓަރގައެވެ. ޝީރީން އެތަކެއް ވޭނާ ރިހުމުގެ ވަގުތުތަށް ގުނުމައްފަހު އެހުރިހާ ރިހުމަކުން އެއްކިބާވީ ހަމަ ކުއްލިއަކަށެވެ. އެވަގުތު ކަންފަތަށް އިވިގެންދިޔަ މަޑު ތުއްތު ތުއްތު ރުއިމުގެ އަޑުން އިރުކޮޅަކަށް ނަމަވެސް ޝީރީންގެ ދެލޮލުން މައިވަންތަކަމުގެ ކަރުނަފޭބިއެވެ. ނާސިހާގެ އަތުގައި އޮތް އެ ކުޑަ ފުރާނަ އެއީ ހަމަ ޝީރީންގެ ބަނޑުން އުފަންވި ދަރިފުޅުބާއޭ ޝީރީންގެ ހިތައްއެރިއެވެ. އެ ދޮން ބައްޓެއްކަހަލަ ފުއްގަނޑު ޝީރީންގެ މޫނުގައި ޖައްސާލި ވަގުތު ޝީރީންގެ ދެލޮލުން ފައިބައިގެން ދިޔަ ކަރުނައަކީ އެ ދަރިފުޅަށްޓަކާ އެލޮލުން އޮހުނު އެންމެ ފުރަތަމަ ކަރުނަތިއްކެވެ.

“މަރުހަބާ.. އަންހެން ކުއްޖެއް. ” ނާސިހާ އެ ފުރާނަ ޝީރީންއާ ކައިރިކޮއްލަމުން މަރުހާބާ ކިޔާލީ ފުޅާ ހިނިތުންވުމާ އެކީގައެވެ.

“ދަރިފުޅާ މަނިކޫ ދެން އިށީދެބަލަ…. މިހާރު ކިހާ އިރެއް ތިހެން ހިނގާލަ ހިނގާލަ ހުންނަތާ.. އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނޭ…” ޝިޔާމާ އެހެން ބުނުމުން މަނިކުވެސް ހިތާ ހިތާ ދުއާ ކޮއްލީ ހުރިހާ ކަމެއްވެސް ރަނގަޅުވުމަށް އެދިއެވެ. “އެއީ ތެދެއް ދަރިފުޅާ…. މާ ހާސްވަނީއޭ…” އަފީފް ވެސް މަނިކުގެ ބުރަކަށީގައި ޖަހާލަމުން އެހެން ބުންޏެވެ.

ވިއްސާކޮޓަރީގެ ދޮރުހުޅުވުނު އަޑާއެކީ އެންމެންނަށް އެދިމާ ކުރިއަށް ޖެހިލެވުނީ ދެލޯ ބޮޑުކޮއްލަމުންނެވެ. “އަންހެން ކުއްޖެއް… މަރުހަބާ މަނިކު” ފެހި ކުލައިގެ ރަޖާގަނޑަކުން ނިވާކޮއްލެވިފައިވާ އެތުއްތު ކުއްޖާ މަނިކުގެ އަތަށް ލައިދެމުން ނާސިހާ ހީލީ ކައިރީގައި ތިބި އެންމެންނަށް ހީލަމުންނެވެ.

މަނިކުގެ އަތުތެރޭގައި މޫނުފޮރުވާލި އެ ތުއްތު ފުރާނަ ފެނި މަނިކުގެ ހިތް އުފަލުން ރޮއިގަތީ އެ ދަރިފުޅު ހެޔޮ ހާލުގައި ދުނިޔެއްއަށް އުފަންވުމުން ޝުކުރު ކުރަމުންނެވެ. އެ ތުއްތު ދަރިފުޅު ތުންކޮޅަށް ޖެއްސި ވައްތަރަކުން މަނިކު ކައިރީގައި އިން ޝިޔާމާއާއި ސަމްސިއްޔަ އެކަކު އަނެކަކަށް ބަލާލީ އެންމެ ފުރަތަމަ މާމަ ދަރިފުޅުގެ އެ އަމަލުންނެވެ. “ބާލާބަލަ އަފީފް.. މިއޮތް ކުޑަ ފުރާނައެއް… ހަމަ ހީވަނީ އަހަރެމެންގެ ޝީރީންހެން..” ސަމްސިއްޔަ އެހެން ބުނުމުން އަފީފް އެއްބަސްވީ ސަމްސިއްޔަ ގާތްކޮއްލަމުންނެވެ.

ހިތްފުރޭވަރަށް އެކަކު އަނެކަކު އަތުން އެ ތުއްތުކުއްޖާ އުރަމުން ދިޔައީ މިއިން ޒަމާނަކުވެސް އެ ކުޑަ އާއިލާއަށް އުފާވެރިކަން ނުގެންނަވަރަށް އުފާވެރިކަން ގެންނަމުންނެވެ.

………………

ޝީރީންގެ ހާލު ރަނގަޅުވުމުން ހޮސްޕިޓަލްގައި މަޑުކުރަން ޖެހުނީ އެންމެ ތިންދުވަހެވެ. އެ ތިން ދުވަސް ތެރޭގައި ޝީރީންގެ އަތަށް އެ ތުއްތު ކުއްޖާ ލިބެނީ ގާތުން ދޭ ގަޑީގައި އެކަންޏެވެ. އެކަމާ ޝީރީން ޝަކުވާއެއް ނުކުރެއެވެ. އެހެން ނަމަވެސް އެ ތުއްތު ކުއްޖަ އަތުތެރޭގައި އޮންނަ ވަގުތަކީ ޝިރީންއަށް ތަފާތު އިހްސާސްއެއް ކުރުވާ ވަގުތެވެ. އެއީ ކޮން ކަހަލަ އިހްސާސްއެއްކަން ހުދު ޝީރީންއަށްވެސް ނޭނގެއެވެ.

“ދަރިފުޅާ ކޮބާ ނަމެއް ހޯދައިފިންތަ….” އެ ތުއްތު ކުއްޖާ އުރައިގެން ނާނާ ކިޔަމުން ދިޔަ ސަމްސިއްޔަ މަނިކުއާއި ޝީރީން ކުރެން އަހާލިއެވެ. “ރީތި ނަމެއް ކީމަ ރަނގަޅުވާނެ..” ޝީރީން ޖޫސްތައްޓެއް ބޮމުން ބުނެލީ އެހާ ގަޔާ ނުވާ ރާގަކަށެވެ. އެވަގުތު މަނިކު ހިތްހަމަ ނުޖެހުނަސް އެއްޗެއް ނުބުނީ ސަމްސިއްޔަ ކުރިމަތީ މައްސަލައެއް އުޅޭކަށް ނުދެއްކުމަށެވެ. “މަންމާ އަޅުގަނޑަށް އެނގޭ ކިޔާނެނަމެއް…. މި އީ ބައްޕިގެ ކުޑަ ކުޑަ އަޔާނާ… ބައްޕިގެ ރަންގަނޑު..” އަޔާނާގެ ކޮލުން ވަސްގަނެލަމުން މަނިކު ބުންޏެވެ. “އަޔާނާ… މަންމައަށްވެސް ކަމުދޭ… މާމަގެ އަޔާނާ…” އަޔާނާގެ ކޮލުގައި ކުޑަކޮށް ހިފާލާމުން ސަމްސިއްޔަވެސް ބުނީ އެނަން ކަމުދާތީއެވެ.

……………………..

އަސްރުވަގުތު ނިމިގެން ދިޔައިރު ރަންދޯދިގޭން ފެނިގެން ދަނީ މީހުން އެކި ކަންކަމުގައި ބުރަވެ އުޅޭތަނެވެ. ކުކުޅާއި ބޮނޑިބަތުން ޕާރްސަލް ކުރެވިފައިވާ އެ ޕާރްސަލް މަތީގައި ބޮޑުއަކުރުން އަޔާނާ ބިންތު މުހައްމަދު މަނިކު ޖަހާފައިވާއިރު ކޮންމެ މީހެއްގެ ދުލުންވެސް އިވިގެން ދަނީ އެނަމުގެ ފުރިހަމަވާހަކައެވެ.

“ކޮބާ ދެން މި ނިމުނީތަ…. މަނިކު މިކޮތަޅު ގެންދިޔާމަ މިރަށު އެންމެންނަށް ޕާރްސަލް ބަހާ ނިމުނީ ދޯ…. އަޔާނާ ބޭބީގެ ބައްޕި ހާދަ ރަނގަޅޭ ދޯ” ބޮނޑިބަތް ތައްޓަށް އަޅަމުން ލައިލާ ދިޔައީ މަނިކުއާވެސް ދިމާކުރަމުންނެވެ. “ރަނގަޅުވާނެދޯ… އެއީ މަގޭ އަޔާނާއޭ..” މަނިކުވެސް ފަހުރުވިރިކާއެކީ ބުނެލިއެވެ. “އެހެންތަ… މަންމާ މި ނިމުނީނުދޯ… އަޅުގަނޑު އަންނާނަން އަޔާނާ ފުއްގަނޑާ ބެހިލާފަ….” އަތްދޮންނަމުން ލައިލާ ފަރިޔާލު ކައިރިން ހުއްދަ ހޯދުމައްފަހު މިސްރާބު ޖެހީ ޝީރީންގެ ކޮޓަރިއާ ދިމާލަށެވެ.

………

ދެކޮޅަށް ހިނގާލަ ހިނގާ އިން ޝީރީންގެ މޫނުމަތިން ފެނިގެން ދަނީ ހާސްކަމެވެ. ޝީރީން އިރު އިރުކޮޅާ ކަންފަތުގައި ފޯނު ޖައްސާލަނީ މީހެއްގެ އިންތިޒާރުގައިވާ މީހެއްހެނެވެ. “އަޅެ ދެން މޯންޑޭ ފޯނު ނަގަން ވެއްޖެއެއްނު…” ޝީރީން އެގޮތަށް ގުޅާތާ މިހާރު ހަތްދުވަސްވަނީއެވެ. އެގޮތަށް ފޯނުނުނަގައި ހުންނަންވި ސަބަބެއް އެއްގޮތަކަށްވެސް ޝީރީންގެ ސިކުންޑިއަކަށް ނުވިސްނުނެވެ.

“މޯންޑޭ….” އެންމެ ފަހަން ޝީރީންގެ ހިތްވަރު އެލުވާލީ ދެން އެ ފޯނު ނުނަގާނެ ކަމަށް ނިންމައެވެ. ޝީރީން އެނދުމަތީ އިށީނުމައްފަހު ހެޑް ބޯޑްގައި ލެގިލީ ނިދާފައި އޮތް ތުއްތު ތުއްތު އަޔާނާއަށް ބަލާލަމުންނެވެ. އަޔާނާ ލޯބިގޮތަކަށް ނިދާލާފައި އޮތްއިރު އިރު އިރު ކޮޅާ ތުން އޫ ކޮއްލާގޮތް ވަރަށް ވެސް ލޯތްބެވެ. ބޭއިހްތިޔާރުގައި ޝީރީންއަށް އަޔާނާއާއި ކައިރިއަށް ޖެހިލާ އޮށޯވެލީ އެކުޑަ ކުޑަ މޫނުކޮލަށް ބަލަމުންނެވެ. އެހެން ޝީރީން އޮތްއިރު ވަމުން ދިޔައީ ބަޔާން ނުކުރެވޭ އިހްސާސްއެކެވެ. އިރު އިރުކޮޅާ ޝީރީން ހީލަނީ އެތުއްތު ކުއްޖާގެ މޫނަށް އަންނަ ބަދަލުތަކުންނެވެ. އެގޮތުގައި ފޫހިކަމެއް ނެތި އޮއްވައި ޝީރީން ސިހުނީ ފޯނު ރިންގުވާއަޑަށެވެ. ފޯނުގެ ސްކްރީނަށް އަރާފައިވާ ނަންފެނި ޝީރީންގެ ހިތް އުފަލުން ނަށާލިއެވެ.

“މޯންޑޭ ކީއްވެ ފޯނު ތި ނުނަގަނީ.. މިހާރު ގުޅާ ގުޅާ ވަރުބަލިވެއްޖެ… މޯންޑޭ ތިހުރީ ރުޅިއައިސްފަތަ…” ޝީރިންގެ އަޑުގައިވަނީ ޝަކުވާއެވެ. “ބޭބީ ކުޑަކަމެއްގައި އުޅުނީމަ… ސޮރީ… ކޮބާ ކިހިނެއްވަނީ މިހާރު.. އަންނާކަށްނުވޭތަ… މިސްވެއޭ…” މޯންޑޭ ޝީރީންއަށް ދެއްކި ކޮންމެ އުޒުރަކީ ޝީރީން ހިތުން ގަބޫލުކުރި އެއްޗެކެވެ. “އައި މިސްޔޫ ޓޫ… ދެން އެމީހާ ގަނޑުކައިރިން ސަލާމަތްވެގެން ދާނަން ވަރަށް އަވަހަށް… އޭނަ ވަރި ނުކޮއްގެން މިހުންނަނީ…. އެކަމް ވަރިނުކޮށްވެސް ނުވާނެ.. އޭނަ ވަރިކުރާވަރު ކޮއްލާފަ މިފަހަރު ހުއްޓާލާނީ…. އޯކޭ ބޭބީ…” މޯންޑޭއާ ވާހަކަ ދައްކަމުން ދިޔަ އިރު ޝީރީންގެ ތުންފަތުގައި ވަނީ މިވީ ދުސްތަކުގައި ފެނިފައި ނުވާހާ ބޮޑު ހިނިތުންވުމެކެވެ. އެހެން ވާހަކައިގެ ވަގުތު ގުނަމުން ދަނިކޮށް ޝީރީން ސިހުނީ ކަބަޑު މަތީގައި އިން ހުސްފުޅި ވެއްޓުނު އަޑަށެވެ.

“ލައިލާ….. މޯންޑޭ އެބަ ގުޅަން އެނގޭ” ފަހަތުގައި އިން ލައިލާފެނި ޝީރީންގެ މޫނުން ދާތިކީގެ އަސަރުފާޅުވާން ހުއްޓެވެ. ” ޝީރީން… މިއައީ އަޔާނާ ކައިރިއަށް… ނިދަނީދޯ…. އެހެން ވީމަ ފަހުން އަންނާނަން… ޝީރީން ނުކަނީތަ…. ހިނގާ ބޮނޑިބަތް ކާން… ވަރަށް މީރު” ލައިލާ ވާހަކަ ދައްކަން ފެށުމުން ޝީރީންގެ ހާސްކަން ފިލައި ދިޔައީ ހީވެސްނުކުރާހާ އަވަހަށެވެ. “އިރުކޮޅަކުން މިދަނީ… ލައިލާ ދެން ޓަކި ޖަހާލައްޗޭ…. ތިގޮތަށް ނުވާނުދޯ ދެމަފިރިން އުޅޭ ކޮޓަރިއަކަށް ވަންނާކަށް” ޝީރީންވެސް ހީލަމުން ވާހަކަ ދެއްކީ ހިތާ ހިތާ ލައިލާއާއި ދިމާ ކުދި ކިޔަމުންނެވެ. “ސޮރީ…. އަންނާތި އެނގޭ” މާފަށް އެދުމައްފަހު ލައިލާ އަވަސްވެގަތީ އެ ކޮޓަރިން ނިކުތުމަށެވެ. ޝީރީންއަށް ނޭނގުނަސް ލައިލާ އެ ކޮޓަރީގައި ޓަކި ޖެހި އަދަދު މީހަކަށް ނޭނގޭނެއެވެ. އެންމެފަހުން ނިދި ކަމަށް ހީކޮށް ދާން ހިނގައިގަތް ތަނާ ޝީރީންގެ އަޑު އިވި ކޮޓަރީ ދޮރު ހުޅުވާލީ އެކަހަލަ އެއްޗެއް އަޑު އިވޭނެ ކަމަކަށް ނޫނެވެ.

“އޭ ލައީ ނުކަނީތަ… ކޮންތާކަށް ތިދަނީ” ބާރު ހިނގުމެއްގައި ހިނގާފައި ދިޔަ ލައިލާ ހުއްޓުނީ ނަދީމް ގޮވާލުމުންނެވެ. އެވަގުތުވެސް ލައިލާއަށް ބަލާލެވުނީ ނަދީމް ކައިރީގައި ފުޅާ ހިނިތުން ވުމެއް ދީގެން ހުރި މަނިކުއަށެވެ. މަނިކު ކައިރީގައި މިވާހަކަ ބުނަންވީބާއެވެ. ނޫނެކެވެ. އޭރަށް މަނިކުގެ ކުޑަ ފޯދެމުންދާ އާއިލާ ދާނީ ރޫޅިގެންނެވެ. “އޭ ލައީ” ލައިލާ އަމިއްލަ ދުނިޔެއިން ބޭރަށް ނިކުމެވުނީ މަނިކު އައިސް ލައިލާގެ ބޮލުގައި ފުއްޓައްކެއް ޖެހުމުންނެވެ. “ނުކާނަން…. އިހަށް ދަނީ” ލައިލާ ނިތުގައި ފިރުމާލުމައްފަހު ހިނގައިގަތީ އެންމެ ސިކުންތަކުވެސް މަނިކު ކުރިމަތީ ނުހުރުމަށެވެ.

“ކިހިނެއްވީ… މިއަދު ތަދުވާތީވެސް ނޫޅޭ… ނަދީމް ކައޭ ކީއްކުރީ އަނެއްކާ…” މަނިކު ލޯ އަޅާލަމުން ނަދީމްއާއި ސަމާސާ ކޮއްލިއެވެ. ” ހަހަަހަހަހ ނޫޅެން ބުނާކަށް ކައޭ ކައިރީގައެއް…” ނަދީމްވެސްދެރަ ނުވުމަށް އެއަތް ރައްދުދިނެވެ. ދެ އެކުވެރިން ސަމާސާ ކުރަމުން ދިޔައިރުވެސް ދެމީހުންގެ ހިތު ތެރޭގައި އޮތީ ހަމަ އެއްމެ ސުވާލެކެވެ. ލައިލާއަށް އަނެއްކާ ވީ ކީއްބާއެވެ.

…………………………………….

ރޭގަނޑުގެ އެ ހަމަ ހިމޭން ވަގުތުގައި ލައިލާ ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލަ އިނީ ގޮތް ހުސްވެފައިވާ މީހެއްގެ މިސާލުންނެވެ. ކޮންމެ ފަހަރަކުވެސް މަނިކަށް ގުޅަން ޑައިލް ކޮއްފައިވެސް ކަނޑާލަނީ ދެހިތެއްގަ އިނދެގެންނެވެ. “އާރގގގގގ.. ކޮބާބާ ރަނގަޅު ގޮތަކީ….. މަނިކު ކައިރީގައި ނުބުނެ ހުންނަން ހާދަ އުދަގުލޭ….. ގުޅާނީ” އެންމެ ފަހުން ލައިލާ ނޭވާ ހިފަހައްޓާލުމައްފަހުގައި މަނިކުގެ ނަންބަރަށް ޑައިލް ކޮއްލިއެވެ.

……..

މަގުމަތި ފެނިގެން ދަނީ ވަރަށްވެސް ފަޅުކޮށެވެ. އިވެމުން ދިޔައީ ޖެހޭ މަޑު ވައިރޯޅީގެ އަޑާއި ސޫފީގެ އަޑެވެ. ބޭރު ޖޯލީގައި ދެކޮޅަށް ހިނގާލަ ހިނގާލަ އިން ލައިލާ އިނީ ކެއްތެރިކަން ކޮޅުންލާ ހިސާބަށް ގޮސްފައެވެ. ލައިލާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ ފިރިހެންވަންތަ ހިނގުމެއްގައި އަންނަ ޒުވާނާ ފެނިއެވެ.

“ކިހިނެއްވީ ލައީ… މިއަދު ކަމެއްވީދޯ….. ހުރިހާ ކަމެއްވެސް ރަނގަޅުތަ…” މަނިކުގެ އަޑުގައިވަނީ ކަންބޮޑުވުމެވެ. ލައިލާއަށް ކޮންމެވެސް ކަމެއްވެއްޖޭ އޭރުވެސް މަނިކުގެ ހިތް ބުނެލިއެވެ. “ނޫން…. ލައީ އަކަށް ނުވޭ… އެކަމް މަނިކު ބުނެބަލަ… ހުރިހާ ކަމެއް އޯކޭތަ…” ލައިލާވެސް މަނިކުއާ ކޮއްލީ ސުވާލެވެ. “ލައީ… ކިހިނެއްވީ… އަހަރެން އޯކޭއޭ… ލައީ ގުޅާފަ ހާސްވެގެން އުޅޭތީނު އަހަރެން މިއައީވެސް…” މަނިކުގެ ހިތް ތެޅިލީ ލައިލާ ކިޔަން އުޅޭއެއްޗެއް ނުވިސްނުމުންނެވެ.

“މަނިކު…… ލައީ… ލައީ ބޭނުމެއް ނޫން ތި ދެމީހުން ދޭތެރެއަށް ވަންނާކަށް… އެކަމަކުވެސް…. މަނިކު ލައީއަށް ހީވަނީ ޝީރީން ވަރިވާން ބޭނުންވާހެން….. ޝީރީން މަނިކުއާއި އިނީ ލޯބިންނެއް ނޫންތަ…” ލައިލާ ވަރަށް އުދަގުލުން ނަމަވެސް ބުނަންބޭނުންއެތި ބޭރުކޮއްލިއެވެ. “މަނިކު ކީއްވެ އެއްޗެކޭ ނުބުނީ… އަނެއްކާ… އަނެއްކާ ލައީ ދެކެ ރުޅިއައީތަ..” މަނިކު އެއްޗެއް ނުބުނެ ގޮސް ޖޯލީގައި އިށީނުމުން ލައިލާ ދެރަވީ ނުބައި ކުންހީއެއް ކުރެވުނީ ކަމަށް ހީކޮށެވެ.

“ލައީ… ލައީ ކައިރީގައި ތީ ކާކު ދެއްކިވާހަކައެއް…” ދެއަތް ދައްދޮޅީގައި ޖައްސާލަމުން މަނިކު އަހާލިއިރު އެއަޑުވަނީ ބަދަލުވެފައެވެ. “މަނިކު އަނެއްކާ އަހަންނަށް މިހީކުރެވެނީ ރަނގަޅަށްތަ… މަނިކަށް އެނގޭތަ އެކަން….” ލައިލާއަށް ރުޅިއާދެވުނީ ކީއްވެގެން ކަމެއް ހުދު ލައިލާއަށްވެސް ނޭނގެއެވެ. “އެނގޭ…. ލައީ އެކަމް އަހަރެން ކީއްކުރާނީ… ޝީރީން ބޭނުންވަނީ އެހެން މީހެކޯ…. ލޯބިވަނީ އެހެން މީހެއްދެކެޔޯ” މަނިކު ހިފަހައްޓައިގެން ހުރި ކަރުނަތަށް އަތުގެ އިނގިލިތަށް ފޫދުއްވާލައިފައި ދާންފެށީ ލައިލާ ބަލަ ބަލަ އިންދައެވެ. “ލައީ ދެން އަހަރެން ކިހިނެއް ހަދާނީ…. ޝީރީން ކައިރީގައި ވަރަށް އާދޭސްވެސް ކޮއްފިން… އަހަރެން ބުނިން އަހަރެން ލޯބިވެއޭ…. ހަމަ ގައިމުވެސް މަސައްކަތް ކުރެވިދާނެ ދޯ.. އަނެއްކާ މިހާރު… މިހާރު އަހަރެމެން ދެމީހުންނެއްވެސް ނޫން.. ކުޑަ ކުޑަ ދަރިއަކު އެއޮތީ… އަހަރެން ކިހިނެއް ހަދާނީ… ލައީ އަހަރެން ބޭނުން ދެމީހުންވެސް… ދަރިފުޅުވެސް ޝީރީންވެސް…. ލައީ އަޅެ ކިހިނެއް އަހަރެން ހަދަންވީ…” މަނިކުގެ އަޑު މަޑު މަޑުން ދިޔައީ ގިސްލުމަށް ބަދަލުވަމުންނެވެ. ލައިލާގެ ދެލޮލުންވެސް ކަރުނައައީ އެންމެ ލޯބިވާ މީހާގެ ހިތުގެ ހާލު އެނގި ކުރެވޭނެ މާބޮޑު ކަމެއް ނެތީމައެވެ. ލައިލާ މަނިކުގެ ގައިގަ ބައްދާލީ ނުރޯށޭ ބުނަމުންނެވެ. އެހެން ނަމަވެސް މަނިކު އެފަދަ އެހީއަކަށް ބޭނުންވެފަ ވާލެއް ބޮޑުކަމުން ލައިލާގެ އުނަގަނޑުގައި ދެއަތުން ވަށާލަމުން ބައްދާލީ ހިތްފުރޭވަރަށް ރޯން ހުވާންކޮއްގެން ކަހަލަ ގޮތަކަށެވެ.

ނުނިމޭ…..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kamana

Level 310 Stories500 Comments100 Comments

Other Articles

Previous

ކާމިޔާބު އަންހެނާ 5

Next

ވާލޯބި އެނގޭނަމަ… 1

Next
October 21, 2016

ވާލޯބި އެނގޭނަމަ… 1

Previews
October 20, 2016

ކާމިޔާބު އަންހެނާ 5

12 Comments!

  1. kamana says:
    October 20, 2016 at 10:50 pm

    Heyy guyxxx here is the new part. Hope yu all will enjoy. ??

  2. maisha says:
    October 20, 2016 at 11:05 pm

    wow need more

    1. kamana says:
      October 21, 2016 at 2:51 pm

      Thnk yu mai?

  3. thaathi says:
    October 20, 2016 at 11:08 pm

    wow v reethi

    1. kamana says:
      October 21, 2016 at 2:52 pm

      Thnk yu thaathi?

  4. shafey says:
    October 20, 2016 at 11:10 pm

    V reethi

    1. kamana says:
      October 21, 2016 at 2:53 pm

      Thnk yu shafey?

  5. Saandy says:
    October 20, 2016 at 11:18 pm

    ވަރަށް ރީތި… ކިހިނެއް ވާނެބާ؟؟ ކޮންމެވެސް މީހަކަށް ފެނިގެން އަޑެއް އަރުވާލާނީ ކަންނޭނގެ… ކޮން އިރަކުން ކުރިއަށް އޮތް ބައި އަޕްކޮށްލާނީ؟ އެބަ ވަރަށް އިންތިޒާރު ކުރެވޭ

    1. kamana says:
      October 21, 2016 at 2:54 pm

      Thnk yu saandy. Insha allah sundayga up kohdheynan. ?

  6. Appy says:
    October 21, 2016 at 7:34 am

    V rythi mi bai vx …..waiting dhn in bayahh ☺

    1. kamana says:
      October 21, 2016 at 2:55 pm

      Thnk u appy?

  7. Yeah Hooooo. says:
    October 22, 2016 at 12:21 am

    Varah salhi. ❤️❤️❤️

Comments are closed.

Next Episodeއިންތިހާއަށް އާދޭސް 11…←


All Right Reserved!