އިވެމުން ދަނީ ރޭގަނޑު ނިދާލަން އެންމެ އަރާމް އަޑެވެ. ބޯކޮށް ވާރޭ ވެހޭއަޑެވެ. ނަމަވެސް ޔޫމީ އަށް އޮތީ ނުނިދިފައެވެ. ރޮއެރޮއެ ޔޫމީ ގެ ލޯ ކައިރިވެސް ވަނީ ވަޅުވަދެފައެވެ. ކުއްލިއަކަށް ޔޫމީ ސިއްސައިގެން ދިޔައީ ކޮޓެރި ދޮރު ހުޅުވުމުންނެވެ. އެއީ ގިނަރޭރޭ ޔޫމީ ހޭދަ ކުރާގޮތެވެ. ކޮޓެރިއަށް ވަނީ މާނީ އެވެ. މާނީ އަކީ ޔޫމީގެ އެންމާބަނޑު ކޮއްކޮ އެވެ. މާނީ ގެ ހެދުމުގެ ބޮޑު ބައެއް ވަނީ ވީދިފައެވެ. ޔޫމީ އަށް ވީގޮތް އިގުނު ނަމަވެސް މާނީ ކައިރި އަހާލިއެވެ. “ކޮއްކޮ އަށް ކާކު މިހެން ހެދީ؟ ކޮންތާކު؟” ޔޫމީ ކޮންމެ އެއްޗެއް އެހިޔަސް މާނީ އަށް އަޑު ނީވޭ ފަދައެވެ. ޔޫމީ އިނީ ގަބު ވެފަ އިން ފާޑަކަށެވެ. ކުއްލިއަކަށް ޔޫމީ މާނީ ގައިގަ ބައްދައިގަނެފަ އަޑުން އަޑުނަގާ ރޯން ފެށިއެވެ. “މާ، މާމާ،މާމަ މާނީ ގައިގަ ޖަހާފަ ހެދުން ކަފައިލީ އެތާ އޮތް ކަތުރަކުން މާނީ އަތުން ތައްޓެއް ތެޅުނީމަ..” މާނީ ގިސްލަމުން ވީގޮތް ބުންޏެވެ. ޔޫމީ އަށް ވެސް ވަނީ އޭރު ރޮވިފައެވެ. ޔޫމީ އަކީ ވެސް އޭގެ އަނިޔާތަށް ތަހައްމަލް ކުރަމުންއަންނަ ކުއްޖެކެވެ. “މާނީ ދެން ހުއްޓާލާ!އިރާދަކުރެއްވިއްޔާ އަދި މިނޫން ދުވަހެއް އަންނާނެ” މާނީ ޔޫމީގެ ބަސް އަހައިގެން މޫނު ދޮވެލައިގެން ނިދޭތޯ އޮށޯތެވެ. ނަމަވެސް މާނީ ލޮލަކަށް ނިންޖެއްނައެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ. މާނީމެންގެ ހިތްދަތި ދިރިއުޅުމާ ވިސްނައިގެން ގިނަރޭރޭ ހަމަ ނިންޖެއް ނުލިބެއެވެ. މާނީ އަށް އެހެން އޮވެ މާޒީގެ ފުން ކަނޑުގެ ތެރެއަށް ގެނބުނެވެ. މިހެން މާޒީ ހަނދާންކޮށް ކަރުނަ އަޅާ ރޯން އޮވެ އެތަށް ދަމެއްވާ ފަހުން ދެކުދިންނަށްވެސް ނިދޭނީ އެވެ. މާނީ އަށާއި ޔޫމީ އަށް އަޅާލަނީ ހަމަ އެކަނި ދޮންބެ ޒިހާން އާއި ދޮންބެ ދައްތައެވެ. މާމަ ނަސީމާ އިންތިހާއަށް ދެކުދިން ދެކެ ނަފްރަތުކުރެއެވެ.
………………………………………….
ރައިނާ އަކީ ރަށުގެ ރީތި ކުދިން ތެރޭ ފާހަގަ ކޮއްލެވޭނެ ކުއްޖެކެވެ. ނަމަވެސް ރައިނާ ހިތް ކިޔާ ކަހަލަ ކުއްޖެއްނުފެނެ އެވެ. އެ އަހަރަކީ ރައިނާ ސުކޫލް ނިންމި އަހަރެވެ. ރައިނާ އިންތިޒާރު ކުރަނީ ނަތީޖާ ލިބޭނެ ދުވަހަލަށެވެ. ރައިނާ ގެ މަންމަ ވަނީ ރައިނާގެ ނަތީޖާ ލިބުމުން އިތުރަށް ކިޔެވުމަށް މާލެ ދިއުމަށް ހަމަ ޖައްސާފައެވެ. މިކަމާ ރައިނާ ހުންނަނީ ނުހަނު އުފާ ވެފައެވެ. ކިޔަވައިގެން ރަނގަޅު ވަޒީފާ އަކަށް ދިއުމަކީ ރައިނާ ގެ ވަރަށް ބޮޑު ހުވަފެނެކެވެ. ނަމަވެސް ރައިނާ އަށް ނޭނގުނު ކަމަކީ ރައިނާ ގެ ހުވަފެން ތައް ވިއްސިވިހާލިކޮށް މުޅި ދިރިއުޅުން ހަލާކު ކޮއްލާފަދަ ކޮޅިގަނޑެއް އަންނަން އުޅޭކަމެވެ.
އާދައިގެމަތިން ރައިނާ އުޅުނީ ގޭދޮށް ކުނިކަހާށެވެ. ރައިނާ އަކީ ރީތި ކަމާ އެއްވަރަށް ގެވެހިވެސް ކުއްޖެކެވެ. ރައިނާގެ މަންމަ އަށް އެހީތެރިވުމަށް ކޮންމެ ދުވަހަކު ފަތިސް ނަމާދު ކޮއްގެން އަންނާނެއެވެ.
“ރައިނާ ރަންކޮޅާ ދައްތަ އަށް މިގޭދޮށް ކުނިކަހައިދެއްޗޭ! މިއުޅެނީ މިއަދު ރަށު ހޮސްޕިޓަލަށް އަލަށް އަންނަ ޑޮކްޓަރަށް ކޮޓެރި ސާފު ކޮއްލަދެން ވެގެން، އެހެންވެ އެކޮއި ދައްތައަށް މިއަދު މި ގޭ ދޮށް ކުނިކަހައިދެއްޗޭ!” ޖެހިގެން ހުރިގޭ ހަދީޖައްތަ ރައިނާ އަށް ގޮވައިފަ ބުންޏެވެ.
“އާ އޯކޭ ދައްތާ! އާ ޑޮކްޓަރު އަންނަނީ ތިގެއަށްތަ؟” ރައިނާ އަށް އަހާލެވުނެވެ.
“އާން.. މިގެއަށް އަންނަނީ.. މިފަހަރު އަންނަނީ ފުރާސް މީހެކޯ ބުނާ އަޑު ދައްތަ އެހިން… އާންމު ބަލިތަކުގެ ޑޮކްޓަރެކޯ އަންނަނީ…” ހަދީޖާ ގެއަށް ވަންނަމުން ބުންޏެވެ.
ރައިނާ އަވަސްވެގަތީ ހަދީޖާމެން ގޭ ކައިރި ކުނިކެހުމަށެވެ. ފަރިތަކަމާ އެކު ރައިނާ އެއްކޮށް ކުނިކަހާނިންމާލިއެވެ. ކުނިކަހާނިންމާލި އިރު ރައިނާ ވަނީ ވަރަށް ވަރުބަލިވެފައެވެ. ކުނިތައް ޑަސްބިނައް އެޅުމައްފަހު ގޭ ޖޯލިފަތީގަ އިށީންދެލީ ވަރުބަލި ފިލުވާލާށެވެ. އިރުކޮޅެއް ފަހުން ހޮސްޕިޓަލްގެ އެމްބިއުލޭންސް އަންނަތަން ފެނުނެވެ. ރައިނާ ވެސް އިނީ އަލަށް އަންނަ ޑޮކްޓަރު ބަލާލާހިތުނެވެ. އެންބިއުލޭސް އިން ރަށު ކައުންސިލް ރައީސް އާއި ހޮސްޕިޓަލް މެނޭޖަރު ނިކުތެވެ. އެންމެ ފަހުން ނިކުތީ ރަށައް އަލަށް އައި ޑޮކްޓަރެވެ. ނަމަވެސް ޑޮކްޓަރު ފެނުމުން އެހެންޏާ ނުވާކަހަލަ އިހުސާސް ތަކެއް ރައިނާ އަށް ކުރިއެވެ. އެހެން ނުވާންވީ ކީއްވެހެއްޔެވެ. ކުރިމަތިން ފެނަން މިހުރީ ރީތި ހުސްކޮށްގެން ހުރި ޒުވާނެކެވެ. ހީވަނީ މޮޑެލް ކުރާ މީހެއް ހެންނެވެ އެހާވެސް ހިތްގައިމު މީހެކެވެ. ބަލާބެލުމައް ހީވަނީ 24 ވަރަކަށް އަހަރުގެ ޒުވާނެއް ހެންނެވެ. ހަމުގެ ކުލައަލި، އިސްކޮޅުން އިންތިހާ އަށް ދިގު، ފިރިހެން ވަންތަ ހަށިގަނޑެއްގެ ވެރިއެވެ. ތުނި ތުބުނޅި އެއް އިންނަ އިރު އިތުރަށް މީހާގެ ރީތިކަން ފާޅުވެއެވެ. ލައިގެންހުރީ އަތްދިގު ކަޅު ގަމީހަކާއި މަޑު ނޫކުލައިގެ ސްކިނީ އެކެވެ، ވަރަށް ގުޅެއެވެ. ރައިނ ހިތައް އެރިއެވެ. މިހާ ރީތި ފިރިހެނުން ވެސް އުޅޭބާވައެވެ. ރައިނާ އަށް އިނދެވުނީ ކަޅި ޖަހާނުލާ ކުރިމަތިން ފެނަން ހުރި ޒުވާނާ އަށް ބަލާށެވެ. ކުލި އަކަށް އެ ޒުވާނާ ރައިނާ އާދިމާ އަށް ބަލާލިއެވެ. ކުޑަކޮށް ސިހުން ނަމަވެސް ރައިނާ އަށް ކުރިން ވެފައިން ވަރަށް ވުރެ ބޮޑުވަރުވިއެވެ. އެ ޒުވާނާ ގެ ލޮލަކީ ޖާދުލެއް ފަދަ ލޮލެކެވެ. އަޅި ކުލައިގެ ކަޅިއެއް އިން ލޮލުން ރައިނާ އަށް ބަލާލުމުން ރައިނާގެ ހިތުގެތެޅުން އަވަސް ވިއެވެ. ރައިނާ އަށްވީގޮތް ފެނިފަ އެޒުވާނާ ރައިނާ އަށް ހީލިއެވެ. ކޮލަށް އެޅިގެން ދިޔަ އަޑިކޮޅުން ގައިން ހީބިލި ނަގައިގެންދާ ވަރުވިއެވެ.
ކުއްލިއަކަށް ސިއްސައިގެން ދިޔައިީ ރައިނާގެ އަތުގަ މީހަކު ވިކައިގަތުމުންނެވެ. ރައިނާ ސިހިފައި ބަލައިލި އިރު ކައިރި ޖޯލީގަ އިނީ އެންމެ ގާތް އެކުވެރިޔާ ޔަމްނާ އެވެ. “ސާބަހޭ ކަމަނާ! ކަމަނާގެ ރޯމެއޯ އަކީ އެއީތަ؟ އެހާވަރަށް އެމީހާއާ ދިމާއަށް ބަލައިފިވިއްޔަ..” ޔަމްނާ ގަސްތުގަ ރައިނާ ލަދު ގަންނަވާލިއެވެ.
“އަހަންނެއް ނުބަލަން! ޔަމް ވެސް ގޮވާވެސް ނުލާ އައިއްސަ މަގޭގައިގަ ވިކައިގަތީ ވިއްޔަ!” ރައިނާ ރުޅިއަންނަ ކަމައް ހެދެމުން ރައްދުދިނެވެ.
“ސުބުޙާނައްލާހް! ނުބަލަމޭ؟ އަހަރެން ރައީ ކުރިމަތީ ހުންނައިރުވެސް ޖެހޭތަ މަ މިހުރީ އޭބުނަން؟ މަ އެވަރައް ގޮވި އިރުވެސް އާވާރާ ވެފަ އިން މީހެއްހެން އިނީ ވިއްޔަ!” ޔަމްނާ ހެމުން ހެމުން ރައިނާ އަށް ރައްދުދިނެވެ. އޭރު ރައިނާ އިނީ ލަދުން މޯޅި ވާވަރުވެފައެވެ. އެންމެ ފަހުން ރައިނާ އަށް ޖެހުނީ އެޒުވާނާ ފެނުމުން ކުރުވި އާދަޔާ ހިލާފް އިހުސާސް ތަށް ކިޔައިދޭށެވެ.
“ޔަމް ޕްލީޒް އެޓްލީސްޓް އެ ކުއްޖާގެ ނަން އިންގޭތޯ ބަލައްޗޭ! އަޅޭ ހާދަ ހޮޓޭ އޭނަ. ޔަމް މަންމަ އަށް އިނގުނަ ނުދޭއްޗޭ ޕްލީޒް. އޭރުން ހަދީޖައްތަ މަގޭ މަންމަ ގާތު ބުނާނެ” ޔަމްނާ އިނީ ރައިނާ އަށް ވެފަ އިން ވަރު ފެނިފަ އަޖައިބުވެފަ އެވެ. ރަށުގެ ގިނަ ފިރިހިން ކުދިން ތިބެނީ ރައިނާ ދެކެ މޮޔަ ވެފައެވެ. ނަމަވެސް ކިތަންމެ ރީތި ކުއްޖެއް ލޯބި ހުށައެޅިޔަސް ރައިނާ ހިތް ރުހޭ ކަހަލަ ކުއްޖަކާ ދިމާ އެއް ނުވެއެވެ. ރައިނާގެ ހިތް ފަތަހަ ކުރީ ރަށައްއަލަށް އައި ބީރައްޓެހި މީހާ އަށެވެ. އެއީ އަދި ރާއްޖެއާއި އެތަށް މޭލެއް ދުރުމީހެކެވެ. ނަމަވެސް ރައިނާގެ އުފަލަށްޓަކައި ޔަމްނާ ހުރީ ކޮންމެ ކަމެއްކޮށްދޭންވެސް ތައްޔާރަށެވެ. ދެއެކުވެރިންވެސް ގެއަށް ވަނީ ހަވީރު ހިނގާލަންދާން އެއްބަސްވެގެންނެވެ.
ރައިނާ އަވަސްވެގަތީ މެންދުރު ކެއުމަށް މަންމައަށް އެހީތެރިވުމަށެވެ. ރައިނާގެ މޫނު މަތީ ވަނީ ނުފިލާ ހުރި ހިނިތުން ވުމެކެވެ. ބައެއްފަހަރަށް ލަވައެއް ކިޔާ ނަށާލާހަދައެވެ. ރައިނާގެ މަންމަވެސް ހުރީ ރައިނާ އުޅޭގޮތުން ކިރިޔާ ހިނިފަޅައިގެން ނުގޮހެވެ. ގެއަށް ވަދެގެން އައި ރައިނާގެ ދޮންބެވެސް ހިނިފަޅައިގެން ދިޔައީ ރައިނާ ކުރަން ހުރިކަން ތަށް ފެނިފައެވެ. ރައިނާ ހުރީ ފިޔާ ހަނާކުރަން ހުރެގެން ނަށަމުން ލޯބީގެ ލަވައެއް ކިޔާލާށެވެ. ރައިނާ އަށް ސިހިފާ ބަލައިލީ ރައިނާގެ ދޮންބެ ޒިހާން މާވަރަކަށް ހޭތީއެވެ.
“ދޮންބެ ކީއްވެ މާވަރަކަށް ތިހެނީ؟” ރައިނާ އަށް އަހާލެވުނެވެ.
“އެހެންނެއްނުވާނީ ރައީ މާ ލޯބި ކޮށް ލަވަކިޔާފަ ނަށަންޔާ!” ޒިހާން އެހެން ބުނެފައަނެއްކާ ހިނިގަޑުފަޅައިގެން ދިޔަ އެވެ.
“އާން ދަރިފުޅާ މަންމަވެސް މިހުންނަނީ ބުނާނެ އެއްޗެއް ނޭނގިފަ މަގޭ ރައިނާ މިއަދު އެހެރަ އުޅޭގޮތަކުން، އެއްފަހަރު ފެނުން ކުނި ކަހަން ހުރި ފިހިގަނޑަށް ބޮސްދޭތަން، ފިޔާ ކޮށަން ހުރެގެން އެކިޔަނީ ކޮންމެސް ސޫރައެއް ބިންވަޅުނެގެއްޖެޔޯ” ރައިނާގެ މަންމަ ނަސީމާވެސް ހެމުން ހެމުން ރައިނާ އުޅުން ގޮތް ކިޔައިދިނެވެ. މިވާހަކަތަށް އަޑު އަހަން ހުރި ރައިނާގެ ބައްޕަ އަލީވެސް ދިޔައީ ހިނި ފަޅައިގެންނެވެ. ރައިނާ އަށް މިއަދު އުޅެވުނު ގޮތާދޭތެރޭވިސްނާލާފާ ލަދުން މަރުވާވަރުވިއެވެ. އަވަހަށް ބަދިގޭ މަސައްކަތް ނިންމާފައި ރައިނާ ދިޔައީ ކޮޓެރިއަށެވެ. އޭރުވެސް ޒިހާން ދިޔައީ ހުއްޓުމެއްނެތި ރައިނާ އާއި ދިމާކުރަމުންނެވެ.
ރައިނާވެސް ކޮޓެރި އަށް ވަދެ މިއަދު އުޅެވުނު ގޮތާ ދޭތެރޭ ވިސްނާލާފަ ހެވުނެވެ. މެންދުރު ނަމާދަށް ބަންގިގޮވުމުން ރައިނާއަވަސްވެގަތީ ނަމާދު ކުރާށެވެ. ނަމާދު ކުރަން ހުރެގެންވެސް ތިން ފަހަރުމަތިން އަލުން ނަމާދު ކުރަން ޖެހުނީ ހެެވޭތީ އެވެ. ނަމާދު ކޮށް ނިމިގެން ރައިނާ އަށް އޮވެވުނީ މިއަދު ފެނުން އެ ހިތް ގައިމު ޑޮކްޓަރާ ދޭތެރޭ ވިސްނާށެވެ. ބަލިކަމަށް ހެދިގެން ޑޮކްޓަރަށް ދާއްކަންދާންވެސް ހިތައް އެރިއެވެ. އެކަހަލަ ހިޔާލް ތަކެއްގަ އޮވެފަ ރައިނާއަށް ނިދުނެވެ.
ޒިހާން ނަމާދުކޮށް ނިމިގެން ގެއަށް ދިޔަ މަގުމަތީ ލަޔާލީ އާއި ދިމާވެގެން ވާހަކަ ދައްކާލަން މަޑު ކުރިއެވެ. ލަޔާލީ އަކީ ޒިހަން ގެ ލޯބިވެރިޔާއެވެ. ޒިހާން އާއި ލަޔާލީ ދަނީ މީގެ 10 މަސް ފަހުން ކައިވެނި ކުރަން ތައްޔާރުވެގެންނެވެ. ދެމީހުން ވާހަކަ ދައްކަން ތިއްބަ މަގުން ހިގާފަ ދިޔަ ޒުވާނަކު ލަޔާލީ އަށް ހީލިއެވެ. ޒިހާންވެސް އެ ޒުވާނާ އަށް ބަލާލިއެވެ. ފުރަތަމަ ބަލައިލުމުންވެސް ޒިހާން ހަނދާންވީ ރައިނާ މަތިންނެވެ. ރައިނާ އަކީ އެއްވެސް އިރެއްގަ ލޯބިވެރިޔެއް ގެންގުޅުން ކުއްޖެއް ނޫނެވެ. ނަމަވެސް ރައިނާ އަބަދުވެސް ޑްރީމް ބޯއީ އެއް ގެންގުޅެއެވެ. އެޒުވާނާ ގެ ލޮލުގެ ކަޅި ހުރީ އަޅި ކުލައިންނެވެ. އަދި ހީލި އިރު ކޮލަށް އަދި ކޮޅެއްވެސް އެޅުނެވެ. ޒިހާން ހުރީ އެޒުވާނާ އަނެއް މަގައް އަޅަންދެން ޒިހާން ހުރީ ބަލަހައްޓައިގެންނެވެ.
“ޒިހާން އެއީ އަލަށް ރަށަށް އައި ޑޮކްޓަރެއް. ދެން ލާލީ އަށް އޭނަ އިނގޭނެ އެއްނު ލާލީ މިއީ ނަރުހެއްވިއްޔަ” ލަޔާލީ ހުރީ ޒިހާން ހުރިގޮތުން ކަންބޮޑުވެފައެވެ. ލަޔާލީ ހީކުރީ ޒިހާން އެކަމާ ހިތްހަމަ ނުޖެހުނީ ކަމަށެވެ. އެހެންވެ އަވަސް އަވަހައް ވާހަކަ ތަށް އަމުނާލިއެވެ. ލަޔާލީ ވާހަކަތަށް އަވަސް އަރުވާލާފަ ބުނިގޮތުން ޒިހާން އަށްހެވުނެވެ.
“އެހެންވެ އެއް ނޫނޭ ލޯބިގނޑާ! ރައީ އަށް އެގޮތަށް ތިބޭ ބޯއީސް ވަރަށް ރީތިވާނެ، ވިތް ޑިމްޕަލްސް އެންޑް ލައިކް ހިޒް އައިސް” ޒިހާން ލަޔާލީގެ ކޮލުގާ މަޑުމަޑުން ހިފާލަމުން ލޯބިން ބުންޏެވެ.
“ރައީ އަށް ފެންނާނެ ކަންނޭންގެ މިހާރު. ޖެހިގެން ހުރިގޭގަ އެއްނު ޑޮކްޓަރު އުޅެނީ. އަނެއްކާ ރައީ ގެ ބެސްޓުފްރެންޑު ޔަމްނާ އުޅެނީ އެގޭގަ، ނޭންގޭނެ އެއްނު ޔަމް ތްރޫކޮށް އޭނަ ސެޓު ނުކުރާނެ ކަމެއް. ހެހެހެހެހެ…” ރައިނާ ހީލަމުން ބުންޔެވެ.
“ވަޓް! ރިއަލީތަ؟ ޔަގިން އޭނަ ފެނިގެން މިއަދު މޮޔަވެފަ ރައީ އެހެރީ” ރައިނާ އުޅުން ގޮތް ހަނދާންވެފަ ޒިހާން އަށް އަނެއްކާވެސް ހެވެން ފެށިއެވެ.
“ކިހިނެއް މޮޔަވެގެން އުޅުނީ؟” ލަޔާލީވެސް އަހާލީ ޒިހާން މާވަރަކަށް ހޭތީއެވެ.
ޒިހާން ހެމުން ހެމުން ރައިނާ މިއަދު އުޅުންގޮތް ކިޔައިދިނެވެ. ލަޔާލީ އަށްވެސް ހުރީ ހެވިފައެވެ. ކުއްލިއަކަށް ޒިހާން ލަޔާލީ އަތުގަހިފައިގެން ދުވެފަ ވަނީ ކައިރީ ހުރި ފަޅުގެއެއްތެރަށެވެ، ވަތް ގޮތަށް ލަޔާލީ ގައިގަ ބައްދާލިއެވެ. ލަޔާލީގެ ކޮލަށް ބޮސްދޭން ފެށިއެވެ. އަދި ކަންފަތް ދޮށުގަ އައި ލަވް ޔޫ އޭބުންޔެވެ. ޔަލާލީ ލަދުން މޫނުގަ އަތް އެޅި އެވެ. ޒިހާން ލަޔާލީގެ މޫނުން އަތްނެގުމައްފަހު ޒިހާންގެ މޭތެރޭ ލަޔާލީ ފޮރުވާލިއެވެ. އެލޯބި ވަގުތު ކޮޅަށްނިމުނެއް އައީ ޒިހާން އަށް ފޯނެއް އައުމުންނެވެ. ޒިހާންގެ މަންމަ ގުޅީ ކާން އައުން ލަސްވެގެންނެވެ. މިދަނީކަމަށްބުނެ ފޯނު ބާއްވާފައި ލަޔާލީ ނިއްކުރިޔަށް ބޮސްދިނުމަށްފަހު ދިޔައީ ލަޔާލީ ގެއަށް ލާފަ ކާންދާށެވެ. ގެއަށް ވަދެފަ އަވަސް އަވަހަށް ދިޔަައީ މަންމަ ކައިރިއަށެވެ.
“މަންމާ ސޮރީ ލަޔާލީއާ ވާހަކަދައްކަން ހުރީމަ ލަސްވީ. ކޮބާ މިގޭ މޮޅު ނެށުންތެރިޔާ ކައިގެން ފިލީދޯ” ޒަހާން ހުރީ ރައިނާ އާއި ދިމާ ކޮއްލާ ހިތް ވެފައެވެ.
“ނުކައިއަދިއެއް! ނިދާފަ ކަންނޭންގެ ދޭބަލަގޮވަން، ގޮވާފަ ބުނޭ ކާން އަންނާށޭ މަންމަ މިދަނީ ހަދީޖައްތަމެން ގެއަށް” ނަސީމާ ގެއިން ނިކުންނަމުން ބުންޏެވެ.
ރައިނާއަށް ހޭލެވުނީ ޒިހާން ދޮރުގަ އެކި ރާގު ރާގަށް ތަޅާ ގޮވާވަރުންނެވެ. ރައިނާ ތެދުވެ އަވަހަށް ގަދި ބަލާލި އެވެ.
“އޯނޯ! 2:30ވީ. މިއަދު ހާދަ ފޫހިގަޑިއަކުއޭ އެނިދުނީ” ރައިނާ އަވަސް އަވަސްއަވަހަށް މޫނު ދޮވެގެން ކާން ދިޔައެވެ. ކާން ދިޔައިރު ޒިހާން އިނީ ރައިނާގެ އިންތިޒާރުގައެވެ.
“ކޮބާ ހޭލެވިއްޖެދޯ! ދޮރު ވެއްޓޭވަރުވީރުންނެއްނު ރައީ އަށް ހޭލެވެވެނީ، ކޮބާ ނެތްތަ ލަވަ އެއް؟” ޒިހާން އަށް ރައިނާ އާއި ދިމާނުކޮށެއް ނީނދެވުނެވެ.
ރައިނާ ތުންދަމައިގެން އިނދެގެން ބަތް އަޅައިގެން ކާން ފެށިއެވެ.
“އަނެއްކާ ޖެހިގެން ހުރިގެއަށް އައި ޑޮކްޓަރ ފެނިފަތަ ދީވާނާވެފަ ތިހިރީ؟” ޒިހާން އެހެން އެހުމުން ރައިނާ ކޮށި އެރި އެވެ. ރައިނާއަށް ވީގޮތް ފެނިފަ ޒިހާންއަށް ޔަގީންވިއެވެ. ނަމަވެސް ރައިނާވެސް ވަކި އަނގަޔަކުން ދެރައެއް ނޫނެވެ.
“ދޮންބެ އެއްނު ތިއުޅެނީ ލަޔާލީ އާއި ހެދި މޮޔަވެގެން އަވަހަށް އިންން” ލަޔާލީ މިހެން ބުނުމުން ޒިހާން ރަކި ވިއެވެ. ލަޔާލީ އަވަހަށް ކައިނިމިގެން ދިޔައީ ކޮޓެރިއަށް ވަންނާށެވެ. ޒިހާންވެސް ކައިނިމިގެން ދިޔައީ ކޮޓެރިއަށެވެ. ރައިނާ ކޮޓރިއަށްގޮސް އަވަށް ދިޔައީ ފެންވަރާށެވެ. ނަމާދު ކޮއްގެން ޔަމްނާއާއި އެކީ ހިނގާލަން ދާށެވެ.
ޒިހާން އަސުރު ނަމާދުން އައިއްސަ ކޮޓެރިއަށް ވަންނަން ދަނިކޮއް ރައިނާގެ ކޮޓެރިކައިރި ހުއްޓުނީ ރައިނާ ލަވަ ކިޔާ އަޑު އިވޭތީ އެވެ.
“ފުރަތަމަ ނަޒަރުން، ހަމަ އެހިނދުން،
ތިޔަ ސޫރަ ހިތުގާ ބިންވަޅުނެގުނޭ،
ތިލޯތްބައް މިހިތް އާދަވޭ އާދަވޭ، ކަލާދެކެ ވަރަށް ލޯބިވޭ ލޯބިވޭ” ޒިހާން އަޑުއަހަން ހުރެފަ ހެމުން ހެމުން އަވަހަށް ކޮޓެރިއަށް ދިޔައެވެ.
ރައިނާ ހުރީ ލަވަ ކިޔަމުން ރީތިވާށެވެ. މިއަދު ރައިނާ އެހެން ދުވަސް ދުވަހާ ހިލާފަށް ދިޔައީ ރީތިވަމުންނެވެ.
“އައްސަލާމް އަލައިކުމް”
“ވައަލައިކުމުއްސަލާމް، އަހަ ޔަމްނާ އާދޭ އަވަހަށް އިށިންނަން” ނަސީމާ ޔަމްނާ އިށިންނަން ތަން ދެއްކި އެވެ.
“ހައި ޔަމްޕުޓީ..” ޒިހާން ޓިވީ ބަލަން އިނދެފަ ޔަމްނާއަށް ގޮވާލިއެވެ.
“ހޫމް. ކޮބާ ރައީ؟” ޔަމްނާ އަހާލިއެވެ.
“އެބައުޅޭ! ލަވަ ކިޔާ ދައްކާލާ މިއަދުއެބަ! މަ ނަމާދުން އައި އިރުވެސް އިވޭ ފުރަތަމަ ނަޒަރޭ ކިޔަ ކިޔާފަ ލަވަ ކިޔާ އަޑު” ޒިހާން އާއި ނަސީމާ މަޖާ ވެފަ މިއަދު ރައިނާ އުޅުން ގޮތް ކިޔައިދިނެވެ. ޔަމްނާއަށް ވެސް ހެވުނީ ރައިނާއަށް ވާވަރުފެނިފައެވެ. ކުޑައިރުކޮޅަކުން ރައިނާ ރީތިވެލައިގެން ނިކުތެވެ. އެންމެން އެއްކޮށް ދިޔައީ ސައިބޯށެވެ. ސައިބޯންތިބެގެންވެސް ޔަމްނާއާއި ޒިހާން ދިޔައީ ރައިނާއާއި ދިމާކުރަމުންނެވެ. ރައިނާވެސް އެމީހުންނަށް ރައްދުދެއެވެ. ސައިބޮއެ ނިމިގެން ރައިނާ އާއި ޔަމަނާ ދިޔައީ ހިނގާލާށެވެ.
ދިޔަ މަގުމަތީ ރައިނާ އަށް ޔަމްނާ ދިޔައީ ޑޮކްޓަރ ގެ ވާހަކަ ކިޔައިދެމުންނެވެ.
“ވަރަށް ފްރެޑްލީ މީހެއް އެއީ. މެންދުރުކާން އިދެގެން މަންމައާއި މަށާ އޭނަ އާއި ވާހަކަ ދެއްކިން، މަ އިނީ މަންމަ ކިޔާ އެއްޗިހި އިނގިރޭސިން ތަރުޖަމާ ކޮއްދެން، ހެހެހެހެހެ… ދާނިޔަލްއޯ ކިޔަނީ ނަމަށް. ފްރާންސް މީހެކޯ، 25 އަހަރޯވީ” ޔަމްނާ ދާނިޔަލް އާއި ބެހޭ މައުލޫމާތު ދިނެވެ.
“ވާވް! ދާނިޔަލް، ހާދަ ލޯބި ނަމެކޭދޯ، އެކަމް މަށާބަލާފަ ބޮޑުދޯ؟ ވަރިހަމަ މަށަކައް ނޭނގެ މިވާގޮތެއް” ޔަމްނާ ހުރީ ހަމަ ރަނގަޅަށްވެސް ދީވާނާ ވެފައެވެ.
“ހަހަހަހަހަހަހަހާ…. ސޯ ޔޫ ލޮވް ހިމް ރައިޓް” ޔަމްނާ ދިމާ ކޮއްލި އެވެ.
“މޭބީ. ލޯބިވިޔަސް ހިޔެއްނުވެ ލިބޭނެހެންނެއް، އޭނަ މަށަށްވުރެ ނުލާހިކު ބޮޑު، އެތަންތާ އުޅޭނެ މަށަށްވުރެ މާރީތި ކުދިން” ރައިނާ މާޔޫސް ކަމާ އެކު ބުނެލިއެވެ.
“އޭޖް ޑަޒެންޓް މެޓާ، އޭނަ އަށްވެސް ހަމަ ރައީ ދެކެ ލޯބި ވެވިދާނެ ދޯ” ޔަމްނާ ހީލަމުން ބުންޏެވެ.
“ލެޓްސް ސީ ދޯ ހެހެހެ.” ރައިނާ ހެމުން ބުނޏެވެ.
ދެމީހުން ހިނގާލަން ގޮއްސަ ގެއަށްދާން މިސްރާބު ޖެހީ އިރު އޮއްސުމުންނެވެ. ގެއާ ހަމާލަށް ދެވުނު އިރު ދާނިއަލް ވެސް ނަމާދަށްދާން ނިކުންނަނީ އެވެ. ދަަމުން ޔަމްނާ އަށާއި ރައިނާ އށް ހީލިއެވެ. ރައިނާއަށް ހުރެވުނީ ނޭވާ ހިފަހައްޓައިލަިގެންނެވެ. ޔަމްނާ އާއި ދެމީހުން ހެމުން ގެއަށް ވަނެވެ.
އެރޭހޭދަވީ ރައިނާއަށް އެކަހަލަ ގޮތަކަށެވެ. ރައިނާ އުޅޭގޮތުން ޒިހާން ހުންނަނީ އަބަދު ރައިނާއާއި ދިމާކޮށްކޮށެވެ. އެރޭ ރައިނާއަށް ނިދުނީވެސް ދާނިޔަލްގެ ހިޔާލުގައި އޮވެ މެންދަމުން އަލިވެ 2 ވެސް ޖެހިފަހުންނެވެ.
(ނުނިމޭ)
15 Comments!
Comments are closed.

kobaatha loabyga hayyaru vefaa stort
story*
loabyga hayyaru vefaa story genesdeebala.pls
Alhe aneh story genesdheebala pls pls pls
Flower kobaatha loabeega hayyaru vefaa story…. We want tht story
V mistake gina bt v nice Vaane hn Hyvany keep it up avahah next part up kndhehchey
Miee Nie ge furathama vaahaka. Thanks mistake eh inihyaa buneladheythi! 🙂
Ey mee loabee hayyaru vefaaa liyaa flower eh noontha??
Thivaahaka baavvaafa rvaahaka genes dhinnama. Alhe flower next episode ah wait kohkoh mihaar varubali vejje. Ava’s kohdheebaa . waiting………………………………………..
Loabi ga hayyaruvefa vaakaka koba ekathi nimmaafa anekathi genesdhy eyrun readers happy vaany
Sorry warah bodah alhugandakee loabygaa hahyaruvefaa kiyaa writer eh noon, olhumakun eh name eh jehifa eindhy. Now my name was changed.
well… woobin adhi luhan ge pic fenunyma comment nukoh nuhurevuny… adhi nukiyan… unmeedhu kuran reethi story ah vaane kamah… ??
#luhan #woobin ❤❤??
Hehe. 🙂
veenuvy eh neygun
Hehe. Ingeyne vaahaka ehkoh kiyai nimunyma 🙂