ފާހާނާގެ ދޮރު ލެއްޕުމާއެކު އިވުނު މަޑު އަޑަކީ ރާމިޔާއަށް މުޅި އުމުރަށްވެސް ކަމެއް ނިމިގެންދިޔަ ކަމުގެ އިހުސާސް ކުރުވި އަޑެކެވެ. އިސްކުރު ދޫކޮށްލުމާއެކު އޮހިގަތް ފެނުގެ އަޑުން އޭނާގެ ސިކުނޑީގައި އެނބުރެމުންދާ ހަލަބޮލި ޚިޔާލުތައް ފޮރުވާލަން މަސައްކަތް ކުރި ނަމަވެސް، އެ ހިތްނުތަނަވަސްކަމުގެ މައްޗަށް ގަދަވެވޭވަރެއް ނުވިއެވެ. ހޫނު ފެންތިކިތައް އޭނާގެ ހަށިގަނޑުގައި ބީހެމުންދިޔައިރު، ލައިގެން ހުރި އަންނައުނު ތެމި ފޯވަމުން ދިޔަ ނަމަވެސް އެކަމަކަށް އޭނާ ފަރުވާލެއް ނުބެހެއްޓިއެވެ. މިފަދަ ހިތްދަތި ވަގުތެއްގައި ހަމަޖެހުމަކީ އޭނާގެ […]
ޚަބީބުގެ ހިތް ހިތްވަނީ ފުނޑުފުނޑު ވާއިރު އެހެން ކަމެއް ހެންނެވެ. ގެއަށް ދިއުމަކީ މިވަގުތު އެންމެ ރައްކާތެރި ގޮތް ބާވައެވެ؟ އޭނާގެ ޒަމީރު ކުރެން އަހާލިއެވެ. ސިހުމާ ފެންވަރަށް ފޮނުވަން ވެގެންއެވެ. ގޭގައި އެ ހުރި ނާމާންކަމުގެ ތެރެއަށް ހުސީ ގެންދިއުމަކީ ބުއްދިވެރި ކަމެއް ބާވައެވެ؟ އޭނާ އަޒީލުގެ ލޮލަށް ބަލާލިއެވެ. ޒާއިނާއަށްވެސް ރޭކާލިއެވެ. “ޒާއިނާ: ހުސީ ގޮވައިގެން އަހަރުމެން ދެމީހުން ގޮސްފާނަށް ޚަބީބު މަޑުކޮށްލާ.” ހަމަޖައްސާލަމުން ޒާއިނާ އެންގިއެވެ. ގެއިން ކުރިމަތި ވާނީ ކޮންފަދަ […]
އަހަރެންގެ ތަގްރީރު އަޑު އެހުމަށް ފަހު މަޑުމައިތިރި ކަމާއެކު އިޔާޝް އޮތެވެ. އަހަންނާއި ޖަދަލު ކުރާނެ އިތުރު ވާހަކަތަކެއް ނެތުމުން އިޔާޝަށް މަޑުމަޑުން ނިދެން ފެށިއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ އަހަންނާ ދެކޮޅަށް ދައުވާ އުފުލުމުގެ ބާރު އިޔާޝްގެ ކިބައިގައި ނެތްކަން އޭނާއަށް ވެސް އެނގެއެވެ. އެގޮތުގައި ހޭދަވީ ގަޑި އިރެކެވެ. ކުއްލިޔަކަށް އިޔާޝް ފޯނުގެ ސްކްރީން ދިއްލުނެވެ. އަހަރެން ވަރަށް ރަނގަޅަށް އެ ފޯނަށް ބަލައިލީމެވެ. އައިސްފައި ވަނީ މެސެޖެކެވެ. “އަހަރެން ފޮޓޯ ފޮނުވީމަ އަޅާވެސް […]
ތުންކޮޅު ފިއްތާލަމުން އެޒިކިއެލް އަނެއްކާވެސް ރޯން ފެށިއެވެ. ކުޑަ ކުއްޖަކު ދެރަވުމުން މަންމަ ކައިރިއަށްދާ ބީދައިން މިކްޔާގެ މޭގެތެރޭގައި އޭނާ ބޮނޑިވެލިއެވެ. އެޒިކިއެލް ރޯން ބޭނުން ވަރަކަށް ރޯން ދޫކޮށްލަމުން މިކްޔާ އޭނާގެ ބޮލުގައި ބޮސް ދިނެވެ. މިކްޔާގެ ލޮލުން ވެއްޓުނު ކަރުނަ ތިކި ވެސް އެޒިކިއެލްގެ އިސްތަށިގަނޑު ތެރެއަށް ވަދެގެން ދިޔައެވެ. (52 ވަނަ ބައި) ހަސްފަތާލުން އައިސް ޒާލާ ސޯފާގައި އިށީނދެލިއެވެ. ހުރިހާ އެއްޗެހިތައް ހިފައިގެން ޒަވުލްއާއި ޒާލާ އެތެރެއަށް ވަނުމުން ޒާލާ ކޮޅަށް […]
ފަސީހުގެ ހަށިގަނޑުގެ ބަރުދަން މެހެކްގެ އުނގަށް އިހުސާސްވި ގޮތުން، އެއީ އޭނާއަށް ކުރިން ދުވަހަކުވެސް ތައްޔާރުވެވިފައި ނުވާފަދަ އަސަރުގަދަ ވަގުތެކެވެ. އެއީ އެތައް އަހަރެއް ވަންދެން ފަސީހުގެ ހިތުގެ ފުންމިނުގައި ފޮރުވައިގެން އުޅުނު ހުރިހާ އުދާސްތަކެއް އެއްފަހަރާ ބޭރުވެ، އޭނާ ބަލިކަށިވި ނާޒުކު ވަގުތެކެވެ. ފަސީހުގެ ނޭވާ މެހެކްގެ ހެދުމުގެ ތުނި ފޭރާމަށް އިހުސާސްވަމުން ދިޔައިރު، ތުރުތުރުލަމުންދިޔަ އޭނާގެ އިނގިލިތަކުން ދޭހަވަނީ މި ދުނިޔެއަށް ނޭޅޭ ފަދަ ނާޒުކު ނިންޖަކަށް އޭނާ އަމާންދީފި ކަމެވެ. ފަސީހުގެ ބަރުދަނުގެ […]
“ސިހުމާ: ނޫނޭ! ދަރިފުޅާ މަޑުކުރޭ! ތިފުޅި ހުސްވަންދެން!” ސިހުމާ ލޯބިން ބުނެލިއެވެ. އެވަގުތު އެ ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނީ ނަރުހެކެވެ. އޭނާގެ އަތުގައި އޮތީ ހުދު ކަރުދާސް ގަނޑެކެވެ. އޭނާގެ މޫނުމަތީގައި އެކުލެވިގެން ވަނީ ސީރިއަސްކަމެވެ. “ނަރުސް ކުއްޖާ: ޚުބާބު… ކިހިނެއް. މި އެކެއް ޖަހާކަށް ހާއިރު ގެއަށް ދޫކޮށްލާނެ! ދެރަނުވޭ ހުރިހާ ކަމެއްވެސް ރަނގަޅު. މާ ބޮޑު ކަމެއް ދިމާވެފައި ހުރިކަމަކަށް ނުބެލެވޭ.” ނަރުސް ކުއްޖާގެ އޯގާތެރި އަޑު ކޮޓަރިތެރޭގައި ގުގުމާލިއެވެ. އެހާ […]
ފަސީހަށް މެހެކް ގާތުގައި ދެއްކުނު ވާހަކައަށްފަހު އޭނާގެ ނޭވާ ތާށިވާންވެށިއެވެ. އެންމެ ނޭވާއަކަށް އެދި އޭނާގެ ހަށިގަނޑު އާދޭސްކުރަމުން ދިޔައެވެ. ނޭވާ ލާން އުޅެއުޅެވެސް ނޭވާ ލެވޭ ގޮތެއް ނުވިއެވެ. އޭނާގެ އެސްފިޔައިގައި ހަރުލާފައިހުރި ކަރުނަތައްވެސް އެއް ވާމަކަށް ކޯރެއްގެ ފެން އާރު ފައިބާހެން ފައިބައިގަތެވެ. އެވަގުތުވެސް ފުސްވެފައިވާ ނަޒަރަކުން ފަސީހުގެ ކަޅި އަމާޒުވެފައިހުރީ މެހެކްއަށެވެ. އެހެނަސް އެ ދެލޮލަށް ސިފަވަމުންދިޔައީ މާޒީގެ ހިތި ހަނދާންތަކެވެ. ޖޫލީގެ ހިނިތުންވުމެވެ. ޖޫލީދެކެ އޭނަ ވީ ލޯތްބެވެ. ދެމީހުން އެކުއެކީގައި […]
މަގެ ލޯބި ނޫނުހޭ ތީ ދޯ ހިތުގައި އަހާބަލާ އާ ދޯ މިހިތޭ ކަލާ ދިނީ އާއާ މިފުރާނާ މީ ކަލާ ހައްގޭ މަގެ ލޯބި ނޫނުހޭ ތީ ދޯ ހިތުގައި އަހާބަލާ އާ ދޯ މިހިތޭ ކަލާ ދިނީ އާއާ މިފުރާނާ މީ ކަލާ ހައްގޭ ************************************ މި ހިތާއި ޖާނު އެދިގެން އިރު ހަނދު އެކީގައި ލޯބިން ތިޔަ ލޯބި ހަނދުމަ ކުރަމުން ހުވަފެން ހިޔާލު ދެކެމޭ […]
އަތުގައި އޮތް ސިނގިރޭޓު އެންމެ ފަހު ފަހަރަށް ދަމައިލަމުން ބިންމައްޗަށް ވައްޓައިލައި ފައިން އަރައި އޭގެ އަލިފާން ކޮޅު ނިއްވައިލީމެވެ. ނަމަވެސް ރުހާމްގެ މޫނު ފެނުމުނުންނާއި މިއަދު ރުހާމް އެ ކުރަން އުޅުނު ކަންތަށް ހިތަށް އެރުމުން އަހަރެންގެ ހިތުގައި މީގެ ކުޑައިރުކޮޅެއް ކުރިން ހިނދުނު ނަފްރަތާއި ރުޅިވެރިކަމުގެ އަލިފާން އަނދައިގަތެވެ. އަނގައިގާ ހުރި ދުންތަށް ފަޒާގެ ތެރެއަށް ދޫކޮށްލަމުން ރުހާމްގެ ގާތަށް އަހަރެން ޖެހިލީމެވެ. ކަންބޮޑުވެ ނުތަނަވަސް ވެފައިވީ ކަމުގައިވީ ނަމަވެސް ހަމަޖެހޭ ގޮތް ދައްކަމުން […]