Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިތުބާރު ގެއްލުވާނުލާ 1

Hudhuna Level 1
February 20, 2026 3 Mins Read
5 Comments

ފަތިހުގެ ފިނިކަން ފޫދުއްވާލަމުން އިރުގެ ރަންދޯދިތައް ދުނިޔެއަށް މަރްހަބާ ކިޔަމުން ދިޔަވަގުތެވެ. މޫދު ލޮނުގަނޑުން މައްޗަށް އަރައިގެން އައި އިރުގެ ރަން އަލި ވަނީ އުޑުމަތި މަޑު އޮރެންޖު ކުލައަކުން ފާއްދާލާފައެވެެ. ނޫކުލައިގެ ސާފުވިދާ ބަބުޅާ ލޮނުގަނޑަށް އެކީހެން އިރުގެ އަލި އެޅިފައިވާ އިރު ބަލައިލަން ނުހަނު ހިތްގައިމެވެ. މަޑު އޮރެންޖާއި ރީންްދޫ ކުލައެއް އެކުލެވިފައިވީ މާހައުލަށް އިތުރު ހިތްގައިމުކަމެއް ގެނެސްދެނީ އެކި ޒާތުޒާތުގެ ދޫނި ސޫފާސޫފީގެ ރީތި މިއުޒިކީ ރާގުތަކުންނެވެ. ޖެހޭ ފިނި ރޯޅިއާއެކީ ގަސްގަހުގެ ފިނިކަންގަދަ ފަތްތައް ހެލެލާގޮތް މީހުންގެ ހިތްތަކަށް ހަމަޖެހުން ގެނުވާހާ ހިތްގައިމެވެ.

މިމަންޒަރަށް ގެއްލިފައި އިން އަންހެން ކުއްޖާގެ މޫނުމަތީގައި ވަނީ މާނަފުން ހިނިތުންވުމެކެވެ. އަަރައިގެން އައި އިރުގެ ރަންދޯދިތަކުގެ އެންމެ ފުރިހަމަ ހިންހަމަޖެހުން  ހޯދަމުންދިޔައިރު އޭނާ އަށް ވަށައިގެންވާ މާހައުލުގައި ހިނގާ އެއްވެސް ކަމެއް އެނގޭ ހެނެއްހިޔެއް ނުވެއެވެ. އެޔަށްވުރެން  މާބޮޑަށް އެނާ އިނީ އަމިއްލަ ހިޔާލުތަކަށް ގެއްލި ހުސްވެފައެވެ.

އަހަރެންނަށް ހޭވެރިކަމެއް އައީ މީހަކު އަހަރެން ގާތުގައި ރަށަަށް އާދެވުނީ ކަމުގައި ބުނުމުންނެވެ. އެއާއެކު އަހަރެންގެ ނަޒަރު ހިންގާލެވުނީ ރަށުގެ މަލަމައްޗަށެވެ. އަހަރެއްގެ ތެރޭގައި ރަށަށް ވަނީ ނުހަނު ގިނަ ބަދަލުތަކެއް އައިސްފައެވެ. މަގުތަކުގައި އެޅިފައިވާ ތާރުގެ ސަބަބުން ރަށް ސިފަވަނީ ވަރަށް ތަރައްގީކޮށެވެ. ލޯންޗުން ފޭބުމާއެކު އަހަރެންގެ ނަޒަރު ހުއްޓުނީ އަހަރެންގެ އިންތިޒާރުގައި ހުރި އާއިލާ އަށާ އެކުވެރި ޝާޔާއަށެވެ. ޝާޔާ އަކީ ކުޑައިރުއްސުރެން ދެގޮތެއް ނުވާ އަބަދުވެސް އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. އެމީހުން ގާތަށް ދިއުމުން މަންމަގެ މޫނުމަތިން ފެނިގެން ދިޔައީ އުފާވެރި ކަމުގެ ކަރުނައެވެ. އެއާއެކު އެންމެ ސިކުންތެއް ވެސް މަޑުނުކޮށް މަންމަގެގައިގައި ބައްދާލީމެވެ. އެހާ ދުވަސްކޮއްފައި ދަރިއަކު ފެނުމުން އުފާ ނުވާނީ ކޮން މައެއްހެއްޔެވެ. އެއަށްފަހު އަހަރެން ޝާޔާ ގާތަށް ޖެހެލީމެވެެ. އޭނާ ބުނިގޮތުގައި އަހަރެން ކުރިޔަށް ވުރެން ރީތީ އޯލައެވެ. ދެން އަހަރުމެން މިސްރާބު ޖެހީ ގެއަށް ދިއުމަށެވެ. ނަމަވެސް މަންމަ އައީ ހަނދާން ނެތިގެން ބައްޕަ ކައިރި ނުބުނެއެވެ. އެހެންކަމުން ޝާޔާ އޭނާގެ ދޮންބެއަށް ގުޅާފައި އެތަނަށް އައުމަށް ބުންޏެވެ. އެއާއެކު އަހަރެންގެ މޫނުމައްޗަށް އެރި ކުލަވަރު އެތާންގައި ތިބި އެންމެނަށް ފާހަގަވިއެވެ. އެހެންނުވާންވީ ސަބަބެއްނެތެވެ.

ޝާޔާގެ ދޮންބެ މީލާން އަަކީ އަހަރެން ކުޑައިރުއްސުރެން ނަފުރަތު ކުރަމުން އަައި މީހެކެވެ. އަހަރެން ކުޑައިރު އުޅުނީ ޝާޔާމެން ރަށު ސްކޫލުގައިއެވެ. އޭރު އަހަންނާއި މިލާން އަކީ އެއްގުރޭޑެކެވެ. އަހަންނާއި ދިމާ ކޮއްލާނެ ފުރުސަތަކަށް އަބަދުވެސް އޭނާ ހުންނާނީ ބަލަބަލައެވެ. އަހަރެންގެ މިޖާޖާއި، އުޅުމާ ވާހަަކަ ދައްކާ ގޮތަށްވެސް ބެހޭނެއެވެ. ކިތަންމެ ދުވަހަކު މަންމައާއި މިޝަކުވާކުރެވެއެވެ. އެދުވަހުން ފެށިގެން މިއަދާހަމައަށް ވެސް އަހަރެން އޭނައަށް ނަފްރަތުކުރަމެއެެެވެ.

އެހާއިރުތަކެއް ނުވަނީސް މަގުގެ އެއްފަރާތުން ހިނގަމުން އަންނަ މިލާންއަށް ބަލައިލެވުނެވެ. ހުދު ކުލައިގެ ހޫޑީއަކާާއި ނޫކުލައިގެ ޖިންސް އޭނާ އަށް ނުހަނު ގުޅެވެ. ލޮލުގައި އެޅިފައިވީ އަވިއައިނުގެ ސަބަބަބުން އިތުރަށް ފުރިހަމަކަމަށް ދައްކައެވެ. ބޭއިހުތިޔާރުގައި އަހަންނަށް ތައުރީފު ކޮއްލެވުނެވެ. އޭނާ އައުމުން އެންމެންވެސް ގެއަށް ދިއުމަށް މިސްރާބުޖެހިއެވެ.މިވީ މަދު ސިކުންތުތެރޭގައި ވެސް އޭނާ އަހަންނަކަށް ބަލައެއްނުލައެވެ.މިކަމާ އުފާކުރަމުން އަހަރެން ހިނގައިގަތީ ދެނެއް އޭނާގެ އުންދަގުލެއް ނުވާނެ ކަމަށް ހީކުރަމުންނެވެ.

ނަމަވެސް ކަންވެގެންދިޔައީ އެހެންނެއް ނޫނެވެ. އޭނާ ދިޔައީ އަހަންނާއި ޖިއްސުންކުރަމުންނެވެ.ނުވީތާކަށް އަހަރެންގެ އަތުގައި އަހަރެންގެ އޮތް ފެންޓާ ދަޅުވެސް އަތުލީއެވެ. މިކަމާ އޭނާއާ ދިމާލަށް ކުދިކިޔަމުން ދިޔައިރު މަންމަމެން ތިބީ ހީލަހީލައެވެ. އޭނާ އަތުން އެދަޅު އަތުލުމަށް ދުއްވައިގަތީމެވެ. ހީވަނީ ދުވުމުގެ ރޭހެއްހެނެވެ. މިއޮއްފަދަ ހޫނުގަދަގަޑީގައި ދުވަންޖެހުމުން އަހަރެން ހުުރީ މިލާން ދެކެ ރުޅިއައިސްފައެވެ.އުމުރުން  ކިތަންމެ ބޮޑުވިޔަސް އުޅެނީ ކުޑަ ކުއްޖެއްހެނެވެ. ދުވަމުންދިޔަ އަހަރެން ގަލެއްގައި އަޅައިގަނެފައި ވެއްޓެމުން ދިިޔައިރު އަހަރެންނަށް ވާނެ ތަދު އިހްސާސްވުމާއެކު ދެލޯމަރާ ފިއްތާލީމެވެ. ނަަަަމަވެސް އެއްވެސް ތަދެއް އިހްސާސް ނުވުމުން މަޑުމަޑުން ލޯ ހުޅުވާލީމެވެ. ކަަމަކުދާކަށްނެތެވެ. އަހަރެން އޮތީ އެންމެ ނަފުރަތުކުރާ މީހާގެ އަތުތެރޭގައެވެ. އޭރު އަހަރެންގެ ފަައިން އަންނަނީ ލޭ އަންނަމުންނެވެ.ނަމަވެސް އަހަންނަކަށް އެތަދު ހިހުސާސް ނުވާކަހަލައެވެ. ގައިގައި ހުރި ބާރެއް ލާފައި އަހަރެން މަސައްކަތް ކުރީ އެއަތުތެރެއިން ނުކުންނާށެވެ.ނަމަވެސް އެކަން ނުވީ އޭނާ އަހަރެން ހިފެހެއްޓުމުންނެވެ.މީ ކިހިނެތް ވެގެން އުޅޭ މީހެއްހެއްޔެވެ. އަހަރެން މިތާ އޮންނަންވީ ހެއްޔެވެ.ދެން އޭނާ ދައްކާލީ އަހަރެން ގެ ފައިން ލޭ އަންނަމުން ދިޔަ މަންޒަރެވެ. މިކަން ވެސް މި އިނގުުނީ އަދިކިރިޔާއެވެ. އެޔާކު އޭނަ އަހަރެން އުރާލިއެވެ. ހިނގައިފި ނަަމަ ތަދުވެދާނެ އޯލައެވެ. އަހަރެން އެނާ އަތުތެރެއިން ނުކުތުމަށް އޭނާ އާދިމާލަށް ހަޅޭހަވައިގަތީމެވެ.

ގެއަށް ވަދެވުމާއެކު މިލާން އަހަރެން ބޭންދީ ސިޓިންރޫމް ސޯފާގައެވެ.އޭރު ލޭވެސް ހުރީ މަނާވެފައިއެވެ. އަހަރެން ސޯފާގައި ބޭންދުމަށްފަހު މިލާން ގޮސް ބޭސް ހިފަައިގެން އައެވެ.އެއަށްފަހު އަހަންނަށް ތަދު ނުވާނެހެން ބޭސް އުނގުޅަންފެށިއެެެވެ.މަޑުމަޑުން އަހަރެން އޭނާގެ މޫނަށް ނަޒަރު ހިންގާލީމެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމެވެ. ދެރަވެފައި ހުރި މިންވަރެވެ. އޭނާ ފަރުވާތެރި ކަމާ އެކު ބޭސްލައި ނިންމައިފިއެވެ. އަހަރެން އޭނާ އަށް ޝުކުރު އާދާކުރީމެވެ. ނަމަވެސް އެއީ ކަމެއްނޫނެ ބުނެ އޭނާ އެތަނުންދިޔައެވެ. ނަމަވެސް އަހަނަށް ނޭންގުނީ މިލާން އަކީ އަހަރެންގެ ކާކު ކަމެވެ.

ފަޔަށް ލުއިވުމުން އަހަރެން މަޑުމަޑުން ސިޓިންރޫމް ބޭރު ފަޅިޔަށް މިސްރާބުުޖެހީމެވެ. މާމަ އިންދާފައި ހުރި މާގަސްތަކުން އެތަނަށް ދިރުން ލިބޭކަަހަލައެވެ. އަހަންނަށް އެންމެ ކަމުދަނީ ފިނިފެންމަލެވެ.އެފޮޅެލުމުން އިންނަގޮތެވެ.ސިއްރު ސިއްރުން އަހަރެން މަލުގެ ފޮޓޯއެއް ރައްކާކުރީމެވެ. މި މަންޒަރު ބަލަން އިތުރު ފަރާތެއް ހުރި ކަމެއް އަހަނަކަށް ރޭކާވެސް ނުލައެވެ.

މެންދުރުގެ ހޫނުކަން ފިލައި ހަވީރުގެ ތެއްފިނިކަން ފެތުރެމުންދިޔަ ވަގުތެވެ. ލޯގަނޑު ކުރިމަތީ ހުރެ ރީތިވަމުން ދިޔައީ މިރަށުގައި އޮންނަ ތުނޑި ބަލައިލުމައް ދިއުމަށެވެ. އޭރު ވެސް ޝާޔާ އަށް ހުރީލަސްވެފައެވެ. އަހަރެން ލަސްކަމުން ޝާޔާ ހުރީ ކުދިކިޔާލަ ކިޔާލައެވެ. އެންމެ ފަހުކަމަކަމަކަށް މަސްކަރާ އަރާލިމެވެ.” އެކަމަކުވާ މީޝް ކާކަށް ދެކެންތަ ތިހާ ތިއްތިވަނީތި މަހީކުރީ މިލާން އައްކަމަށް”. ޝާޔާ ޝަކުވާ ކޮއްލިއެެވެ. “މިލާންއޭ އައްޗީޑި! މަ ވައިވެސް ނޭޅޭނަން އެސޮރަކާ އެއް” އަހަރެން ރައްދުދިނީމެވެ. ތައްޔާރުވެ ނިމުމާ އެކު އަހަރުމެން މިސްރާބުޖެހީ ތުނޑި އަށް ދިއުމަށެވެ. ޝާޔާ ބުނިގޮތުގައި މިހާރު އެސަރަހައްދު ވަނީ އެކީހެން ބަދަލުވެފައެވެ. އެއާއެކު ކާފަ އަހަރުމެން ހުއްޓުވިއެވެ.އަންހެން ކުދިން އެކަނި ދާކަށް ނުވާނެއޯލައެވެ. “ދަރިފުޅާ މިލާން ދޭބަލަ މިކުދިނާ އެކު”. ކާފަ ބުންޏެވެ. އަނެއްކާ މިޖެހުނީ އެެނެއްހަކަންތަކާއެވެ. ކާފަ އަށްވެސް ފޮނުވަން އިންގުނީ މީނަ ހެއްޔެވެ. ޝާޔާވެސް ހުރެގެންހެނީއެވެ. އަޅެ މީމަޖާކަމެއް ހެއްޔެވެ. މޫނު ކުނި ކޮއްގެންވެސް އަހަރެން މިލާން ފަހަތުން ދިޔައީ އިތުރު ގޮތެއް ނެތުމުންނެވެ.

އެތަނަށް ދެވުމާއެކު އަހަރެން ނަޒަރު ހިންގާލިމެވެ. އާނކެެވެ. ކުރިޔާ ބަލާއިރު މިހާރު ނިކަންރީޗެއެވެ. އެތަނަށް ޒިޔާރާތް ކުރާމީހުންނަށް ހާއްސަކޮށް ކެފޭތަކާއި އެންދޯލިތައް ހުއްޓެވެ. ނަމަވެސް އަހަރެން މިސްރާބު ހުރީ ރާނޅުފެންޖަހާ ހިސާބަށެވެ. އެއީ އަހަރެން ކުޑައިރުއްސުރެން އާދަވެފައި ހުރިކަމެކެވެ.ރާޅު ޖަހާ ވަގުތު އެއިވޭ މިއުޒީކީ ރާނގުން ހިތަށް ހިންހަމަޖެހުންގެނެސްދެވެ. ފަހަތުން މީހަކު އައިސް އަހަރެންގެ ކަކުލާ ހަމަ އަށް ދާނެހެން ފެން އޮއްސާލިއެވެ. ފަަހަށް ބެލީރު އެއީ މިލާންނެވެ. ހުރެބަލަ ކުޅި ދައްކާލާނަމެވެ. އެހެން ހިތާ އަހަރެންވެސް ދުއްވާގަތީ މިލާން ގަޔަށް ފެންޖެހުމަށެވެ. ނަމަވެސް މިލާން ދުވަނީ އަހަންނަށް އަތުނުވާ ވަރަށެވެ. ވަރުބަލިވެގެން އަހަރެން އިށިން ދުނީމެެވެ. ދެނެއް މިކަމެއް ނުވާނެވެ. މިލާން ވެސް އައިސް އަހަރެން ކައިރި އިށިންދުނީރު މާނޭވާލެވެ. “އަހަނަނަށް އިގޭ މީޝް އަށް އަތުނުވާނެކަން ވެސް އެކަމު އެއްކަލަ ކުޑަ ކުޑަ މީޝާ ދުވާ ގޮތް މަށަށް ސިފަވަނީ” މިލާން ބުންޏެވެ. އެއީ ތެދެކެވެ. އޭރުވެސް އޭނަ އާވާދަކޮށް ދުވަމެވެ. އޭނާ އަށްވުރެން ބާރާށް ދުވެވޭކަން އަންގާލުމަށެވެ.ނަމަވެސް އަހަރެން ހިނިތުން ވުމަކުން ފުއްދާލީމެވެ. އަހަންނަށް ނޭނގުުނުކަމަކީ މި ހުރިހާ މަންޒަރުތަކެއް ފޮޓޯ ނެގެމުން ދިޔަކަމެވެ.

ނުނިމޭ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hudhuna

Level 1

Other Articles

Previous

ތި ސޫރަ ނޫން 48

Next

ހިތް އެދޭހާ ކަމެއް.. (35 ވަނަބައި)

Next
February 20, 2026

ހިތް އެދޭހާ ކަމެއް.. (35 ވަނަބައި)

Previews
February 19, 2026

ތި ސޫރަ ނޫން 48

5 Comments!

  1. Aalerr says:
    February 21, 2026 at 8:08 am

    Wahhhhh😍🤌💯💯

  2. Miss jennie says:
    February 21, 2026 at 10:59 am

    Varah salhi mi part. Curiously waiting for next part??
    Ramadan mubarak

  3. Aakoaaii says:
    February 21, 2026 at 1:32 pm

    Masha Allah bestuu u do great job I want an other story 💋
    Ramadan Mubarak bestuu

  4. Aishath-fauza-fayaz says:
    March 3, 2026 at 9:45 pm

    Vr Reeth vaahaka, keep it up💕

  5. Sissy says:
    March 22, 2026 at 7:11 pm

    Keep it up!❤️

Comments are closed.

Next Episodeއިތުބާރު ގެއްލުވާނުލާ 2←


All Right Reserved!