
އެދިގެން ކަލާ ލިބޭތޯ 46

(46 ވަނަ ބައި)
“މިލާން…” ވައިއަޑަކުން އައިކަންއަށް ކިޔާލެވުނުއިރު އެލޮލުން ވިދަމުންދިޔަ ކަރުނަތައް ކޯތާފަތުން ތިރިއަށް ދެމިގަތެވެ. ކަޅުކުލައިގެ މާސްކަކުން އެ މޫނުގެ ބޮޑު ބައެއް ފޮރުވިފައިވިޔަސް އެ މަހިނޫރުގެ އަސަރު އެކުލެވިގެންވާ ދެލޯ އޭނައަށް އޮޅިދާނެހެއްޔެެވެ؟ އެވަރުންވެސް އިތުރަށް ޔަޤީންކުރަން ބޭނުންވިޔަސް އައިކަންގެ އިނގިލިތައްވެސް ހަރަކާތެއްނުކުރިއެވެ. މިލާންގެ މާސްކް ދަަމައިގަންނަން އަތް ހަރަކާތްކޮށްލާފައިވެސް އޭނައަށް އަތް ތިރިކޮށްލެވުނެވެ. އޭނަގެ ހަށިގަނޑުން ވަރު ދޫވެގެންދިޔައިރު މިލާންގެ ކަރުން އަތްދޫކޮށްލިގޮތަށް ފަހަތަށް ފިޔަަވަޅުތައް ނެގެންފެށުނެވެ. ލަސްލަހުން ފަސްއެނބުރުނު ގޮތަށް ފާރުގައި އަތްވިއްދާލެވުނުއިރު އޭނަގެ ލޮލުން ކޯދުލާފައި އައި ކޯރެއްފަދައިން ކަރުނަތައް އޮހިގަތްފިއެވެ. އަމިއްލަ ހިތް އޮތް ގޮތާއިމެދު އެހާ ޔަޤީންވެގެން އައި ހިނދުކޮޅެއް އޭނަގެ ހަޔާތުގައި ނާދެއެވެ.
“ކާކު؟” ބާރުފިޔަވަޅުތަކެއްގެ އަޑާއިއެކު ކެބިންތެެރެއިން ވޮޗަރުގެ އަޑުއިވުނެވެ. އެއާއިއެކު ބެލްކަންޏާއި ދިމާލުން ގަދަ އަލިކަމެއް އެޅިގެންދިޔައެވެ.
“ދޭ…” އައިކަންގެ ޖަވާބަކަށް އިންތިޒާރުކޮށްގެން ހުރި މިލާންއ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.