Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޮތްބަށްޓަކައި 8

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
February 23, 2026 4 Mins Read
5 Comments

“ޝްޝްޝް…މިއީ ޒެއިން” ޒެއިން އަތްތިރި ކޮށްލަމުން ވައި އަޑުން ބުނެލިއެވެ. ޒެއިންކަން އެނގުމުން ހެމަޖެހުން ލިބިގެން ދިޔަ ނަމަވެސް ލައިރާ ހުރީ ހިތްޖަމަ ނުޖެހިފައެވެ. ޒެއިން އޭނާ ވެއްދީ ލަބާން ކޮޓަރިއަށް ކަން އެނގުމުން އިތުރަށް ހިތްހަމަ ނުޖެހުނެވެ. ޒެއިން ކޮށްޕާލުމަށްފަހު ކޮޓަރިން ނުކުންނަން ލައިރާ ދިޔައެވެ. “ލައި..ލައިރާ މަޑަކޮށްބަ..އެނގޭތަ ލަބާން މަންމަ ކުރަން އެ އުޅެނީ ކީއްކަން؟ ލައިރާ މީހަކާ ދެވަން…އެހެންވެ ލައިރާ ގާތު ރީތިވެގެން އަންނަން އެ ބުނީ..” ލައިރާގެ ފައި ބިމުގައި ހަރުލައިގެން ދިޔައެވެ. ދޮންމަންމަގެ ހެޔޮކަމުގެ ފަހަތުގައިވި ސިއްރު ހާމާވެގެން އެ ދިޔައީއެވެ. ލައިރާ ހިތުގައި ރިއްސާލިއެވެ. އޭނާ އަދި ކައިވެންނެއް ކުރަން ތައްޔާރެއް ނޫނެވެ. ކައިވެނި ކުރުމުގެ ކުރިން އޭނާ ހާސިލް ކުރަން ބޭނުންވާ ކަންކަން އެބަހުއްޓެވެ. އަދި އޭލެވެލްގެ ނަތީޖާ ވެސް ނުލިބެއެވެ. ކަރުނަވީ ލޮލަކުން ޒެއިނަށް ބަލާލެވުނެވެ. އޭނާ ސަލާމަތްކޮށްދިނުމަށް އާދޭސްކުރާ ފަދައަކުންނެވެ.

 

ލައިރާގެ ކަރުނަވީ ދެލޯ ފެނި ޒެއިންގެ ހިތް ކުދި ކުދި ވިހެން ހީވިއެވެ. ލައިރާ ގެނަސް އެމޭތެރޭގައި ފޮރުވާލަން ބޭނުންވިއެވެ. އެހެނަސް ލައިރާގެ ހުއްދަނެތި އެފަދަ ކަމެއް ކުރަން ބޭނުމެއް ނުވިއެވެ. ނުވިތާކަށް ހާރިމާއި ލަބާން ކޮޓަރީގެ ކަނެެއްގައި މަންޒަރު ބަލަން އެބަ ތިއްބެވެ.

 

ކަރުނަތަށް ހިންދާލުމަށްފަހު ލައިރާ ކޮޓަރިން ނުކުމެގެން ދިޔައެވެ. ޒެއިންގެ ފަރާތުން އިޝާރާތެއް ނުލިބުމުން ހިތަށް ތަދުވިއެވެ. ޒެއިނަކީ ލަބާންގެ އެކުވެރިއެެއްކަން ހިނދުކޮޅަކަށް ވެސް ހަނދާން ނެތުމުން އަމިއްލަ ނަފުސުދެކެ ރުޅި އާދެވުނެވެ. ލޮލުން ކަރުނަ ފުހެލުމަށްފަހު ތައްޔާރުވާންފެށިއެވެ. ދޮންމަންމަ ދައްކާ މީހަކާ ބައްދަލު ކުރުމަކުން ވާނެ ގެއްލުމެއް ނެތެވެ.

 

ލަހުފާނާއި ރީމާ ތައްޔާރުވެގެން ސިޓިން ރޫމުގައި ތިއްބެވެ. ލައިރާ އަދި މީހަކާ ދެވަން ލަހުފާނު ބޭނުމެއްނޫނެވެ. ކުއްޖަކު ލައިރާއާ އިންނަން އެދުނު ވާހަކަ ރީމާ ލަހުފާނު ގާތު ބުނުމުން ފުރަތަމަ އޭނާ ދެކޮޅު ހެދިއެވެ. މީހަކާ އިންނަވަރަށް ވުރެ ލައިރާ ހަގުކަމާއި އެކުއްޖާގެ ކިޔެވުން އަދި ކުރިއަށް އޮތީ ކަމަށް ބުންޏެވެ. އެހެނަސް ރީމާ އެކި ވާހަކަ ދައްކާއިގެން ހަމައެކަނި އެ ޒުވާނާއާ ބައްދަލު ކުރަން ލަހުފާން އެެއްބަސްވިއެވެ.

 

ރީމާ ގުޅާފައި ސިޓިންރޫމަށް ނުކުންނަން ބުނުމުން ލައިރާ ނުކުތެވެ. ލައިރާ ހުރީ ކަކުލާ ހަމައަށް އަންނަ ވަރު މަޑު ނޫކުލައިގެ ކުރުތާއަކާ އެ ކުލައިގެ ހަރުވާޅެއް ލާފައި ކަޅު ޝޯލެއް އަޅައިގެންނެވެ. އިސްޖަހައިގެން ހުރެ ލައިރާ ސިޓިން ރޫމަށް ވަނެވެ. ދޮންމަންމަ އޭނާ އަތުގައި ހިފައި ގެންގޮސް ވަކިން ހުރި ސޯފާގައި ބެއިންދިއެވެ. އިސްޖަހައިގެން އިނުމުން އޭނާއާ ބައްދަލު ކުރަން އައިސް ހުރި ޒުވާނާގެ މޫނެއް ލައިރާއަކަށް ނުފެނެއެވެ.

 

“މިއީ ލައިރާ…މިގޭގެ ހުރި ހަމައެކަނި އަންހެންކުއްޖާ…ވަރަށް މުރާލި މަސައްކަތްތެރި ދަރިއެއް މިއީ…ގޭތެރޭގެ މަސައްކަތް ވަރަށް ކުރާހިތުން މި ދަރި ކުރާނެ.. ސުކޫލަށް ދާ ދުވަސް ދުވަހުވެސް ބަރާބަރަށް ކައްކާނެ…މަ ބުނަން ކޮންމެހެން ކައްކާނެ ކަމެއް ނެތޭވެސް އެކަމުވެސް މި ދަރި މާ ކުރާހިތްވާ ކަމެއްވީމަ ކުރޭ…” ރީމާ ނިކަން ވެފައި ލައިރާގެ ހީވާގި ކަމުގެ ވާހަކަ ދައްކަމުން ދިޔައެވެ. އޭނާގެ ވާހަކަ ހުރީ ވަރަށް ފަށުވި ކޮށެވެ. އަޑުއަހާ މީހަކަށް ހީވާނީ އޭނާއަކީ ލައިރާއަށް އޯގާތެރި އަޅާލާ ދޮންމަންމައެއްހެންނެވެ.

 

ލަބާން ކޮޓަރީ ދެކޮޅަށް ހިނގާލަ ހިނގާލަ ޒެއިން ހުއްޓެވެ. ލައިރާއަށް އޭނާ ހިތުގެ ހާލު ބަޔާންކޮށްދޭން ބޭނުމެވެ. ލައިރާ އޭނާއާ މެދު ދެކޭގޮތް ނޭންގޭތީ ޖެހިލުންވަނީއެވެ. އެކަކު އަނެކަކު ދެކެ ލޯބިވާކަށް ދެމީހުން މާގިނައަކުން ބައްދަލުވީކީވެސް ނޫނެވެ.

“ޒެއިން ކަލޭ މޮޔައެެއްހެން ނުހިނގާ ގޮސް ލައިރާ ގާތު ހިތުގެ ހާލު ބަޔާންކޮށްދީބަ ދޯ!” ޒެއިން ހުއްޓާނުލާ ހިނގާތީ ބޮލަށް އުނދަގޫވެގެން އެންމެ ފަހުން ހާރިމް ބުންޏެވެ. ޒެއިން އެއަށް ރައްދެއް ނުދިންތާގައި ހިނގުން ހުއްޓާކަށް ވެސް ނޫޅުނެވެ.

ލައިރާގެ ހަޔާތާއި ގުޅޭކަމެއް ކަމަށް ވުމުން އެދޭތެރެއަށް ނުވަންނަން އަނގަ މަޑުން ލައިގެން ލަބާން ހުއްޓެވެ.

 

ކުއްލިއަކަށް ރީމާ އާއި ލައިރާގެ ހަޅޭކުގެ އަޑު އިވުނެވެ. ސިކުންތެއް ވެސް މަޑު ކުރުމެއް ނެތި ލަބާން ދުން ޖަހާފައި ކޮޓަރިން ނިކުތެވެ. ލަބާން ފަހަތުން ހާރިމާއި ޒެއިން ވެސް ނުކުތެވެ.

 

ބިންމަތީގައި ލަހުފާން ހޭހުސްވެފައި އޮތެވެ. ރީމާ ލަހުފާނު މޫނަށް ފެންޖަހަމުން އޭނާއަށް ގޮވަމުން ދިޔައެވެ. ލައިރާ ވެސް ކަކޫ ޖަހައިގެން ލަހުފާން ގާތު އިނެވެ. ލައިރާ ގިސްލަމުން ބައްޕަ ގާތު ތެދުވުމަށް އާދޭސް ކުރަމުން ދިޔައެވެ.

ބައްޕަ އެހާލުގައި އޮތްތަށް ފެނުމުން ހަދާނެ ގޮތެއް ނޭންގި ލަބާން ހުއްޓުން އެރިއެވެ. މެއަށް ބާރުވާހެން ހީވިއެވެ. މަންމަ އަދި ކޮއްކޮ މަސަލަސް ކުރަން ކުރަންވީ ކީއްކަމެއް ލަބާނަކަށް ނޭންގުނެވެ.

 

ހާރިމް ގާތު އެމްބިއުލާންސަށް ގުޅަން ބުނެފައި ޒެއިން ދިޔައީ ލައިރާ ގާތަށެވެ. ބިންމަތިން ލައިރާ ނެގުމަށްފަހު ސޯފާގައި ބޭންދިއެވެ. އޭނާ ވަށައިގެން ނަޒަރު ހިންގާލީ ލައިރާއާ ބައްދަލު ކުރަން އައި ޒުވާނާ ހުރިތޯ ބަލާށެވެ. އިތުރު މީހެއް ފެންނާކަށް ނެތެވެ. އެކަމަށް ނުވިސްނާ ޒެއިން ބެލީ ލައިރާއަށް އެހީވެވޭތޯއެވެ.

 

ހޮސްޕިޓަލަށް ލަހުފާން ގެންދިޔަ ގޮތަށް އަވަސް ފަރުވާދޭ ކޮޓަރިއަށް ވެއްދިއެވެ. ލަހުފާނާއެކު ލައިރާ ހޮސްޕިޓަލަށް އަޔަކަ ރީމާ ނުދިނެވެ. ލައިރާ އެމްބިއުލާންސަށް އަރަން އުޅުމުން އަޑުގަދަކޮށްލިއެވެ. ލައިރާއާއެކު ގޭގައި ލަބާން މަޑުކުރިއެވެ. ބައްޕައަށް އެހީވުމަށް ޒެއިނާއި ހާރިމް ގާތު އޭނާ އެދުނެވެ. ލައިރާ އެކަނި ހާލަށް ދޫކޮށްފައި ދާކަށް ލާބަނަކަށް ނުކެރުނެވެ. އޭނާ ދެން ބެލީ ބޭބެ ރުމާނަށް ގުޅޭތޯއެވެ. ތިން ހަތަރު ފަހަރު ގުޅައިގެން ވެސް ރުމާން ފޯނެއް ނުނެގިއެވެ.

 

ބައިގަޑިއިރު ފާއިތުވެގެން ދިޔައިރުވެސް ލަހުފާނުގެ ހާލެއް ލަބާން އަދި ލައިރާއަކަށް ނޭންގެއެވެ. ބައްޕަ ގާތަށް ގެންގޮސްދޭށޭ ކިޔައި ލަބާން ގާތު ލައިރާ ވަރަށް ރުޔެވެ. ލައިރާ ގެންދަން ބޭނުންވި ނަމަވެސް މަންމަގެ ގޮތް އެނގޭތީވެ ހޮސްޕިޓަލަށް ދާކަށް ލަބާން ބޭނުމެއް ނުވިއެވެ.

 

ހޮސްޕިޓަލަށް ލަހުފާނު ގެނައިތާ ބައިގަޑިއިރު ފަހުން އޭނާ ވަނި ނިޔާވެފައެވެ. އަވަސް ފަރުވާދޭ ކޮޓަރިން ނިކުމެ ޑޮކުޓަރު އެ ޚަބަރު ދިނުމާއެކު އަޑުން އަޑުނަގާފައޖ ރީމާ ރޮއެ ގަތެވެ. އެކުވެރިޔާއަށް ޓަކައި ޒެއިން އާއި ހާރިމް ވެސް ދެރަވިއެވެ. ލަބާން އަދި ލައިރާއަށް އެ ޚަބަރު ދޭނެ ގޮތެއް ޒެއިނަކަށް ނޭންގުނެވެ. ލަބާނަށް ވުރެ ބޮޑަށް ލައިރާއާ މެދު ޒެއިން ކަންބޮޑުވިއެވެ. ލައިރާއަށް އޭނާގެ ބައްޕައަކީ ކިހާ މުހިންމު މީހެއްކަން ލަބާންގެ ބައެއް ވާހަކަތަކުން ޒެއިނަށް ވަނީ ކޮންމެސް ވަރަކަށް ދެނެގަނެވިފައެވެ.

 

ބައްޕަގެ ކުއްލި ވަކިވުމާއެކު ލައިރާގެ ދުނިޔެ އެފުށް މިފުށަށް ޖެހިގެން ދިޔައެވެ. ލަހުފާނު މަރުގެ ޒިންމާ ރީމާ އެޅުވީ ލައިރާ ބޮލުގައެވެ. ލަހުފާނަށް އެރޭ ހާއެޓޭކު ޖެހުނީ ލައިރާގެ ނުބައިކަމުން ކަމަށް ބުނެ ލައިރާއަށް ހަޅޭއްލެވިއެވެ. ލިބިފައި ހުރި ހިތާމައެއްގެ ބޮޑުކަމުން ދޮންމަންމަގެ ވާހަކަތަށް ލައިރާއަށް ޤަބޫލު ކުރެވުނެވެ.

 

ނަދާ އުނގުގައި ބޯއަޅައިގެން އޮތް ލައިރާގެ ހަރަކާތެއް ހުރިހެން ވެސް ހީނުވެއެވެ. ނަދާ ދިޔައީ މަޑުމަޑުން ލައިރާ ބޮލުގައި ފިރުމަމުންނެވެ. ލަބާން ގުޅާފައި ލަހުފާން ނިޔާވި ޚަބަރު ދިނުމާއެކު ސިކުންތެއް ވެސް މަޑުނުކޮށް ލައިރާ ގާތަށް ނަދާ ދިޔައެވެ. ލައިރާގެ ހާލު ނަދާއަށް ވުރެ ބޮޑަށް އެނގޭނެ ދެވަނަ މީހަކު ނުހުންނާނެއެވެ. ކަށުނަމާދުން އައިންސުރެ ލައިރާ އެއޮންނަނީ އެހެންނެވެ. ލަހުފާނު ހޮސްޕިޓަލަށް ގެންދިޔައިން ސުރެ ފެންފޮދެއްހާ ހިސާބު ވެސް އޭނާ ނުބޮއެވެ.

 

ކަށު ނަމާދަށްފަހު ލަބާނާއި އެކު ޒެއިން ވެސް އެގެއަށް ދިޔައެވެ. ވެވުނު ވަރަކުން ލަބާނާއި ލައިރާއަށް އެހިވާން ޒެއިން ބޭނުންވިއެވެ.

 

ލަބާނާއި ލައިރާ ކެއެމަށް ސޫޕެއް ޒެއިން ތައްޔާރު ކުރިއެވެ. ތަބަކަކަށް ދެތަށި ސޫޕް ލައިގެން ޒެއިން ލައިރާ ކޮޓަރި ކައިރިއަށް ދިޔައެވެ. ދެތިން ފަހަރު ޓަކި ދިނުމާއެކު ނަދާ ދޮރު ހުޅުވިއެވެ. ނަދާ އަތަށް ތަށި ދީފައި ޒެއިން ލަބާން ކޮޓަރިއަށް ދިޔައެވެ.

ގަދަކަމުން ނަމަހީ ވެސް ލައިރާއަށް ސޫޕް ދެވޭތޯ ނަދާ ބެލިއެވެ. ލައިރާއަށް ދިރުނީ ބަރާބަރު ދެ ސަމުސަލެވެ.

 

ޒެއިން ސޫޕްތަށި ގެންގޮސް ދިނުމާއެކު ނަސީބަކުން ލަބާން އެ ހުސްކުރިއެވެ. ހިތްދަތި ވެފައި ހުރި ނަމަވެސް ޒެއިނަށް އެކަން ނުދައްކަން އޭނާ ގަދަކަމުން ސޫޕްތަށި ހުސްކުރީއެވެ. އޭނާއަކީ ހިތްބަލި މީހެއްކަން އެކިވެރިޔާއަށް ދައްކާކަށް ލަބާން ބޭނުމެއް ނުވިއެވެ.

 

ކައިގެން ހަމަނުޖެހިވި އުޅެނިކޮށް ރީމާ ގޭތެރޭގައި އަޑުގަދަ ކުރިއެވެ. ލަބާނަށް ފުންނޭވައެއް ދޫކޮށްލެވުނީ މަންމަގެ ޒީލަގަދަކަން ހިތަށް އެރުމުންނެވެ. ބައްޕަ ފަސްދާނު ލެވުނުތާ އަދި 24ގަޑިއިރު ހަމަނުވެއެވެ. އެހާ އަވަހަށް ލައިރާއަށް ހަޅޭއްލަވަން ފެށީއެވެ. ގައިގައި ވަރު ނެތްކަމުގައި ވިއަސް މަންމަގެ އިހާނެތި ބަސްތަކުން ކޮއްކޮ ސަލާމަތް ކުރަން ލަބާން ދިޔައެވެ.

 

ރީމާ އާއި ލައިރާ ދެމެދުގައި ނަދާ ހުއްޓެވެ. ރީމާ އައި ލައިރާ ގެއިން ނެރުމަށެވެ. އެކަން ހުއްޓުވީ ނަދާއެވެ. ރީމާ އަދިވެސް ދިޔައީ ގެއިން ނުކުންނާށޭ ކިޔައި ލައިރާއަށް ހަޅޭއްލަވަމުންނެވެ. ޒެއިން، ހާރިމް އަދި ނަދާ ތިއްބޭ ކިޔައިފައި އަޑު މަޑު ކުރާކަށް ކޮންމެހެން ނޫޅެއެވެ.

 

“ހެޔޮ ނުވާނެ… ހަޅޭއްލެވުން ހުއްޓާލަބަ….ތި ވަރަށް ހަޅޭއްނުލެވިއަސް ލައިރާ މި ގެއިން ގެންގޮސް ދާނަން… ނަދާ ލައިރާއަށް މުހިންމު ވާނެ އެއްޗިހި ދަބަހަކަށް އަޅައިދީބަ….އެންމެ ސިކުންތަކު ވެސް ލައިރާ ދެން މިގޭގަ ނުބަހައްޓާނަން..” ހަމައެކަނި ކަޅު ދަބަހެއް ކޮނޑުގައި އަޅައިގެން ލަބާން ނުކުތެވެ. މަންމަ އާއި އެއްފުރާޅެއް ދަށުގައި ލައިރާއަށް އެންމެ ސިކުންތަކުވެސް ދިރިނޫޅެވޭނެކަން ލަބާނަށް އެނގެއެވެ. އޭނާ ބޭނުންވަނީ ލައިރާ ގޮވައިގެން އެގެއިން ނުކުންނާށެވެ. ބައްޕަ ނެތް ދުވަހަކުން ލައިރާ ރަނގަޅަށް ބަލައިދިނުމަށް ބައްޕަ އަބަދުވެސް އޭނާ ގާތު ބުނެއެވެ. ކުރީގައި އެކަމަށް އޭނާ މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. އެހެނަސް މިއަދު އޭނާ ބޭނުންވަނީ ކޮއްކޮ ރައްކާތެރި ކުރުމަށެވެ. މި ވަގުތު ލައިރާއަށް ހުރި އެންމެ ބޮޑު ނުރައްކަލަކީ ރީމާއެވެ.

 

ލައިރާ ގޮވައިގެން ލަބާން ދިޔައީ ކުއްޔަށް ދޫކުރާ ކޮޓަރިއަކަށެވެ. ހިތާމައިގެ ސަބަބުން ރަނގަޅަށް ވާނުވާއެއް ލައިރާއަކަށް ނޭންގެއެވެ. ނޫނިއްޔާ ދުނިޔޭގެ އިތުރު އެއްވެސް ކަމަކާ ލައިރާ އަޅާނުލަނީއެވެ. ހަފުތާއެއް ހޭދަވީ އެކަހަލަ ގޮތަކަށެވެ. ކޮންމެ ދުވަހަކު ލައިރާ ގާތަށް ނަދާ އާދެއެވެ. ޒެއިން އަމިއްލައަށް ކައްކާފައި ކޮންމެ ދުވަހެއްގެ ކެއުން ގެނަސްދެއެވެ. ވަޒީފާއެެއް ހޯދުމަށް ހާރިމް ލަބާނަށް އެހީވެއެވެ. ލިއަމާއި ނަޔަލް ވެސް ލަބާނަށް ގުޅައި ހާލުބަލައި ހަދައެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ތި ސޫރަ ނޫން 49 ( ފަހު ބައި )

Next

ބަރަކާތްތެރި މެހެމާންދާރީ

Next
February 23, 2026

ބަރަކާތްތެރި މެހެމާންދާރީ

Previews
February 22, 2026

ތި ސޫރަ ނޫން 49 ( ފަހު ބައި )

5 Comments!

  1. Eyesherth says:
    February 23, 2026 at 9:10 am

    Mi part ves varah reethi, Masha Allah….
    Cant’t wait for the next episode… When is it..???

    1. Kiyara says:
      February 23, 2026 at 4:28 pm

      In Sha Allah next week ga….thank you ☺️❤️

  2. Anonymous says:
    February 23, 2026 at 9:55 pm

    Manzil vaahaka dhn nugenes dhenee thw?

    1. Kiyara says:
      February 23, 2026 at 10:54 pm

      I am working on it In Sha Allah will upload soon….i am trying upload both versions of manzil…

  3. Soil@ says:
    February 25, 2026 at 6:57 pm

    ލޮތްބަށްޓަކައި އެއް ނޫން ކިޔާނީ ލޯތްބަށްޓަކައި.. ރަނގަޅުކޮށްލާ

Comments are closed.

Next Episodeލޯތްބަށްޓަކައި 09←


All Right Reserved!