Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ދެވުނީ ވޭނޭ 47

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
February 22, 2026 9 Mins Read
34 Comments

“އޭތް. ކަލޭ ކައިރީ ބުނިންދޯ އަރީއަށް ތިކަހަލަ ގެއްލުމެއް ދީގެން ނުވާނޭ.” ނާއިލް ހަޅޭއްލަވައިގަތެވެ. “އެހެންނޭ ކިޔާފަ ކުއްޖާ މަރާ ނުލާ ދާން ވީތަ؟ ކުރިން ވެސް ބުނިންދޯ މިހެން ވިއްޔާ ވަޅިންނޭ ހަމަލާ ދޭން ޖެހޭނީ. އަރީންގެ ވައިޓަލް ޕޮއިންޓަކަށް ނުޖަހާނަމޭ.” ޝައުލާ ރައްދުގައި އެހެން ބުނެފައި އައިސް އަރީންގެ ބަނޑުގެ އެއް ފަރާތަށް އެ ތޫނު ވަޅި ހަރާލިއެވެ. އެއާއެކު އަރީން ލައިގެން ހުރި ހެދުން ކަޅިވެގެން ލޭތައް އޮހިގަތީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. އެ ލޭތައް ފެނި އަރީންގެ ބޮލަށް އެނބުރުން އަރާ ގޮތްވިއެވެ. ބަނޑުގައި އޮތް ތުއްތު ފުރާނަ އާއި މެދު ވިސްނެމުން ދިޔަ ވަރަކަން ނާއިލް އާއި ޝައުލާ އަށް އެ ހިތުގައިވީ ނަފުރަތުގެ އަނގުރު ހޫނު ވަމުން ދިޔައެވެ. އެ ރުޅީގެ މައްޗަށް ގަދަވެގަންނަމުން ދިޔަ ހިތާމައިގެ ސަބަބުން މޭފިތިގެން ދިޔައެވެ. ދަރިފުޅުގެ ފުރާނަ ވަކިވެގެން ހިނގައިދާނެކަން ވިސްނުމަށް އައުމާއި އެކު އަރީނަށް ހީވީ ކޮށި ދައްޗަކުން ހިތުގައި އަޅުވާ ދަމައިގަތް ހެނެވެ. ކަރަށް ވާން އަރަމުން ގޮސް ނޭވާ ލާން ދަތި ވެއްޖެއެވެ.

މީޓިން އެއްގައި އިންދާ ފޯނު ވައިބްރޭޓް ވާތާ އިރުކޮޅެއް ވުމުން ޒަވިއަން އެ ނެގީ ބިޒީ ކޮށްލަން ކަމަށެވެ. އެހެނަސް ގުޅަނީ އަރީން ކަމުން އެތަނުގައި ތިބި ބަޔަކަށް ނުބަލާ ފޯނު ނަގައިފިއެވެ. މި އަމަލުން ލީވާން ވެސް ހައިރާންވިއެވެ. އެތަނުގައި ތިބި އެއްބަޔަކު ހިތްހަމަނުޖެހިފައި ވާހަކަ ދައްކަން ފެށިއެވެ.

“ރީން.” ޒަވިއަން އެ ނަމުން ގޮވާލީ އެކޮޅުން ޖަވާބެއް ނުދިނުމުންނެވެ. އެ ވަގުތު އިވުނީ ދެ މީހަކު ހަޅޭއްލަވަމުން އަރީނަށް އިންޒާރު ދޭ އަޑެވެ. ޒަވިއަން ހާސްވެފައި ހުރެ ތަކުރާރުކޮށް އަރީނަށް ގޮވުމުން ވެސް ޖަވާބެއް ނުދިނެވެ. އެ ބަޔަކު އަރީންގެ ބަނޑުގައި އޮތް ދަރިފުޅު މަރާލާނެ ވާހަކަ ބުނުމުން ޒަވިއަނަށް ފުންމައިގެން ތެދުވެވުނެވެ. ވަގުތުން މީޓިން ކެންސަލުކޮށްފައި އޭނާ އެ މީޓިން ރޫމުން ނުކުތީ ދުވެފައެވެ. ފަހަތުން ލީވާން ވެސް ދިޔައެވެ.

ޒަވިއަން ކާރަށް އަރާ ދުއްވާލީ ހޮޓެލަށް ދާށެވެ. “އިލެވެންގެ ފޯނު ދީބަލަ. އަވަސް ކުރޭ.” އަމިއްލަ ފޯނު ސްޕީކަރަށް ލައިފައި ބާއްވަމުން ޒަވިއަން ބުނެލިއެވެ. ލީވާން އޭނާގެ ފޯނު ދިނުމުން ޒަވިއަން ފުރަތަމަ ވެސް ގުޅީ ހޮޓެލްގެ ސެކިޔުރިޓީ އަށެވެ. އަރީންގެ ރޫމަށް ވަގުތުން ދާން އަމުރު ކޮށްފައި ދެން ގުޅީ އެމްބިއުލެންސަކަށެވެ.

ދެންމެ ދެންމެ ހޭނެތިގެން ހިނގައިދާނެހެން ހީވި ވަގުތު އެ ޔުނިޓްގެ ދޮރު ހުޅުވާލައިފައި އެތެރެއަށް ވަދެގަތީ ހޮޓެލްގެ ސެކިޔުރިޓީ ޓީމެކެވެ. ޝައުލާ އާއި ނާއިލް އަރީން ދޫކޮށްލައިފައި އުޅުނީ ފިލާށެވެ. އެހެނަސް އެ ތަނުގައި ތިބި މީހުން އެ ދެ މީހުން ތިރި އަރުވާލާފައި ހިފެހެއްޓިއެވެ. އެކަކު އަރީންގެ ބަނޑުގައި ފޮތިގަނޑެއް އައްސާލީ ލޭ އައުން ހުއްޓުވޭތޯއެވެ. އެހެން މީހަކު އެމްބިއުލެންސަކަށް ގުޅިއެވެ.

ހޮޓެލު ކުރިމައްޗަށް ކާރު ހުއްޓާލައިފައި ޒަވިއަން ނުކުމެގެން ދިޔައީ އަރީނާއި މެދު ކަންބޮޑުވެފައި ހުރި ވަރުންނެވެ. އޭރު ހާސްވެފައި ހުރިވަރުން އެ ލޭ ހިނގުން އަވަސްވެ ހިތުގެ ހަމަޖެހުން މުޅިން ނަގާލައިފިއެވެ. އެ ތުއްތު ފުރާނައަށް ގޮތެއް ވިއްޔާ ޒަވިއަންގެ ހައްޓާއި ފުރާނަ ވަކިވެދާނެއެވެ. ލީވާން ކާރުގެ ޑްރައިވަރ ސީޓަށް އަރައިފައި ކާރު ޕާކިން ޒޯނަށް ލާން ދިޔައެވެ. އޭނާ ވެސް ހުރީ ހާސްވެ ކަންބޮޑުވެފައެވެ.

ލިފްޓުން މައްޗަށް އަރައިފައި ޒަވިއަން އަރީން އުޅޭ ޔުނިޓަށް ވަނެވެ. އޭނާއަށް ފެނުނު މަންޒަރަކުން ހިތް ނުހުއްޓުނީ ކިރިޔާއެވެ. އަވަހަށް ގޮސް އަރީން ނަގާ އަތް މައްޗަށް ލައިފިއެވެ. “މި ދެމީހުން ސަލާމަތްވެގެން ދިޔަޔަކަ ނުދޭތި. ގެންގޮސް ބްލެކް ރޫމުގައި ބައިތިއްބާ!” ސެކިޔުރިޓީއަށް ތިބި މީހުންނަށް އަންގައިފައި ޒަވިއަން ނުކުމެގެން ދިޔައެވެ. ލިފްޓަށް އަރާ ތިރިއަށް ދާން ފިތަކަށް އޮބާލަމުން ޒަވިއަން އަރީންގެ މޫނަށް ނަޒަރު ހުއްޓާލިއެވެ.

“ޒެވް. ޕްލީ..ޒް މި… ކު..އްޖާ ސަލާ..މަތް ކުރާތި. އަހަ… އަހަރެންނަށް މި ދުނިޔެ އަޅައި ދާ..ން ޖެހުނަ..ސް ހެޔޮ. މި.. މި ކުއްޖާ ސަ..ލާމަތް ކުރާތި.” ކަރުނަވީ ލޮލަކުން ބަލައިލަމުން އަރީން އެދުނެވެ. “ނޫން. ރީން ތިހެން ނުބުނޭ. އިރާދަ ކުރެއްވިއްޔާ ދަރިފުޅު ވެސް ރީން ވެސް އަދި ސަލާމަތް ކުރެވޭނެ. ހެޔޮނުވާނެ ކުޑަކުޑަ އިރުކޮޅަކަށް ހިތްވަރުކޮށްލާ.” ޒަވިއަން އެހެން ބުނެލިއިރު އެ ލޮލުން ކަރުނައިގެ ރޮނގެއް ދެމިއްޖެއެވެ. ލިފްޓު ތިރިއަށް ހުއްޓުމުން ޒަވިއަން އަވަހަށް އެއިން ފައިބައިގެން ނުކުތީ ދުވެފައެވެ. އޭރު ބޭރުގައި އެމްބިއުލެންސެއް ރެޑީގައި އޮތެވެ.

“ދޫކޮށްލާ. މާ އަވަހަށޭ އެ ހަރުފަ އެ ގެންދިޔައީ. އަދި އެ ކުއްޖާ މަރުވި ކަމެއް ޔަޤީނެއް ނޫނޭ.” ހޭބަލިވެފައިވާ މީހެއް ފަދައިން ޝައުލާ ހަޅޭއްލަވަމުން އެއްޗެހި ކިޔައިގަތެވެ. އެ ވަގުތު އެ ތަނުގައި ހުރި ބިޔަ ފިރިހެނަކު ޝައުލާގެ އަނގަމަތީގައި ފޮތިގަނޑެއް އައްސާލައިފިއެވެ. ހިރިނުލެވޭނެހާ ވަރުގަދައަށް އެ ދެމީހުން ބަނދެލައިފައި އެ މީހުން އެ ރޫމުން ނުކުތެވެ. ނާއިލާއި ދެމީހުން ގަދަހަދައިގެން ސަލާމަތްވާން ކުރިހާ މަސައްކަތެއް ދިޔައީ ފެނަށެވެ.

ހަސްފަތާލަށް ދެވޭންދެއް ޒަވިއަން އިނީ އަރީންގެ އަތުގައި ހިފަހައްޓާލައިގެންނެވެ. ހޭނެތިފައި އޮތް އަރީނަށް އަވަސް ފަރުވާދޭން ޑަކުޓަރަކާއި ނަރުހަކު އުޅުނެވެ. ހަސްފަތާލަށް އާދެވުމުން ސްޓްރެޗާ ބާލާ ދުއްވާލަމުން އެތެރެއަށް ވަދެގެން ދިޔައިރު ވެސް ޒަވިއަން އަރީންގެ އަތުން ދުލެއް ނުކޮށްލައެވެ. އީއާރަށް ވެއްދުމުން ޒަވިއަނަށް މަޖުބޫރުވީ ބޭރުގައި ހުންނާށެވެ. އެ ވަގުތު އެ ދިމާލަށް ދުވެފައި ޑަކުޓަރުން އައެވެ.

“ޑޮކްޓަރ. އަހަރެންގެ އަންހެނުންނާއި ދަރިފުޅު ސަލާމަތްކުރޭ. ހެޔޮ ނުވާނެ. ރީނަށް ގޮތެއް ވިޔަކަ ނުދޭތި.” ރޮވިފައި ހުރި ހާލު އެމީހުންގެ ފައިދަށަށް ތިރިވަމުން ޒަވިއަން އާދޭސްކުރިއެވެ. އެ މީހުން ހަމްދަރުދީގެ ނަޒަރެއް ދީފައި އެތެރެއަށް ވަދެގެން ދިޔައެވެ. ޒަވިއަން އެ މަންޒަރު ބަލަން ހުއްޓުން އަރާފައި އިނީއެވެ. އެ ސިކުނޑީގައި ވަރުގަދަ ހައިޖާނުގަނޑެއް އުފެދިފައި ވިއެވެ.

“ކީކޭ އިލެވެން. އަރީނަށް ކިހިނެއް ވީއޭ.” ސުމައްޔާ އަށް ދެވަނަ ފަހަރަށް އަހާލެވުނީ ލީވާން ގުޅައިފައި ބުނި އެއްޗެއް ޤަބޫލުކުރަން އުނދަގޫ ވުމުންނެވެ. “ހޫމް. ނާއިލް އާއި ޝައުލާގެ ކަމެއް. އެ މީހުން އުޅުނީ ފުރަތަމަ އެބޯޝަން ޑްރަގެއް ދޭން. އެކަން ނުވީމަ ހެން ހީވަނީ ވަޅި ހެރީ. އާދޭ ޓްރީޓޮޕަށް.” ލީވާން އެހެން ބުނުމުން ސުމައްޔާ އަށް ވަރު ނެތުނު މީހެއް ފަދައިން އަތް އެލުވާލެވުނެވެ.

“ބައްޕާ… އިއްސޭ… ރީން… ރީން ބަނޑަށް ވަޅި ޖެހިއްޔޯ.” ކޮޓަރިން ނުކުމެފައި ސުމައްޔާ ބުނެލިއިރު އެ ސާފު ލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ. ސޯފާގައި އިން ދެމީހުންނަށް ވެސް ތެދުވެވުނީ ފުންމައިގެން ކަހަލަ ގޮތަކަށެވެ. އިޙުސާނު ސުމައްޔާގެ އަތުގައި ހިފާލަމުން އަވަހަށް ބޭރަށް ނުކުތެވެ. ފަހަތުން ޢަބްދުއްރަޙްމާން ވެސް މާސްކެއް އަޅައިގެން އައެވެ. ތިން މީހުން އެ އިމާރާތުން ނުކުމެގެން ގޮސް އެރީ އިޙުސާނުގެ ކާރަށެވެ.

އީއާރް ކުރިމައްޗަށް ދެވުނު އިރު ލީވާނަށް ޒަވިއަން އިން ނިކަމެތި ޙާލު ފެނި ހިތުގައި ރިއްސާލިއެވެ. ޒަވިއަންގެ އަތުގައި ހިފާ ކޮޅަށް ނަގަމުން ކައިރީގައި ހުރި ގޮނޑިބަރީގައި އިށީނެވެ. އެއަށްފަހު ހިތްވަރުލައިދިނުމުގެ ގޮތުން ވާހަކަ ދައްކަން ފެށިއެވެ.

“ހިތްވަރުކުރޭ. އިންޝާ ﷲ ރީން ސަލާމަތް ކުރެވޭނެ. ޝައުލާމެންނަށް ހަދާ ގޮތެއް ހަދާފަ ފުލުހުންނާ ހަވާލުކުރޭ. މި ފަހަރު އެ މީހުންނަކަށް ސަލާމަތެއް ނުވެވޭނެ.” ލީވާން ބުނެލިއެވެ. “މަ ބޭނުން އެ މީހުންނަށް ވެސް މި އަދަބު ދޭން. ކޯޓުން އެމީހުން ލާނީ ޖަލަށް އެކަންޏެއްނު. އެމީހުން ރީންގެ ބަނޑަށް ހަރާލި ވަޅިން ހަމަލާދޭން ބޭނުމީ. މިހާރު އެމީހުން ކިތަށް ގޮތަށް ރީނަށް ބެހެފިތަ؟ އެމީހުންނަށް ކީއްތަ މަ ދަރިއެއް ރީންގެ ބަނޑުގައި އޮތަސް. ޖެހޭތަ އެ އުފަން ނުވާ ތުއްތު ކުއްޖާ މަރާލަން.” ރުޅިން ތުރުތުރު އަޅަމުން ދިޔަ ޙާލު ޒަވިއަން ވާހަކަ ދައްކަމުން ހީވަނީ ދެންމެ ދެންމެ ވެސް ޝައުލާމެން މަރާލަން ތައްޔާރަށް ހުރި ހެންނެވެ.

“ޒެވް. ހުއްޓާލާ. ތިޔަހެން ވިސްނަންޏާ މިހާރުން މިހާރަށް އަންގާނަން އެ މީހުން ފުލުހުންނާ ހަވާލުކުރަން. ޒެވް ޖަޒުބާތުގަ ޖެހިފަ ހުރެ ކުށަކަށް އަރައިގަންނަ މަންޒަރު ދެކެން ދެއަތް އުރާލައިގެނެއް ނުހުރެވޭނެ.” ލީވާން ރައްދުގައި ބުނެލިއެވެ. “ޖަޒުބާތޭ. ބަލަ އަހަރެންގެ އަންހެނުންނޭ އައިސީޔޫގައި އޮވެ މަރާ ހަނގުރާމަ ކުރަމުން އެ ދަނީ. އެ ބަނޑުގައި އޮތީ އަހަރެންގެ އަލަތު ދަރިފުޅޭ. ރީނަށް އެ ޙާލު ޖައްސާފަ އެމީހުންނަށް ގޮތެއް ނަހަދާ މަށަށް ހުރެވޭތަ. އެ ނާއިލާ ހެދި… އެ *** ނާއިލާއި ހެދި ރީނަށް ކިހާ ގެއްލުމެއް ލިބިއްޖެތަ؟ އޭއްޗަކާ ހެދިއޭ މަށަށް އެ ކުއްޖާ އަށް ނަފުރަތު ކުރަން ފެށުނީ. އޭނާ ކުރި ކޮންމެ ކަމަކަށް މަ ބަދަލު ދޭނަން.” ހިތްހަމަނުޖެހިފައި ހުރެ ޒަވިއަން އެއްޗެހި ކިޔައިގަތެވެ. ޒަވިއަން ނުހުއްޓުވޭނެކަން ރެއަކާލުމުން ލީވާން ފުން ނޭވާއެއް ބޭރުކޮށްލައިފައި ގޮނޑީގައި ހަމަޖެހިލިއެވެ.

“އަރީން ކިހިނެއް. ރަނގަޅު ވާނެތަ؟” ސުމައްޔާ އައިސްފައި ލީވާން ގާތުގައި އެއްސެވެ. “މިހާރު އޮޕަރޭޝަން ކުރެވެމުން އެ ދަނީ. ތިން ގަޑިއިރު ފަހުން ވާނެ ގޮތެއް އެނގޭނީ. ޔަޤީންކަމެއް ނުލިބޭ އެ ކުއްޖާ ސަލާމަތް ކުރެވިދާނެ ކަމުގެ.” ލީވާން ކުރަކިވެފައިވާ އަޑަކުން ބުނެލިއެވެ. މި އަޑު އިވިފައި ސުމައްޔާ އަށް ހީވީ ދެފައިން ވާގިދޫވެގެން ދިޔަ ހެނެވެ. ކުޑަކަކޫ މައްޗަށް ތިރިވެވުނު އިރު އެ ދެލޯ ފުރި ބާރުވަމުން ދިޔައީ ވޭނީ ކަރުނައިގެ މުތީތަކުންނެވެ. މޭގައި ދިލަ ރިހުމެއް އުފެދިގެން ދިއުމާއި އެކު އޭނާއަށް މޭގައި އަތް އަޅާ ބާރުކޮށްލެވުނެވެ. އިޙުސާނު ސުމައްޔާގެ ގައިގައި ހިފަހައްޓާލައިފައި ގޮނޑީގައި ބޭންދިއެވެ. އަރީންގެ މައިންބަފައިންނާއި އެކު ޒިޔާދުމެން ވެސް އެ ތަނަށް އައީ އެ ވަގުތެވެ. ޔަނާލަށް ވެގެން އުޅޭ ގޮތް އެނގިގެން ދިއުމާއި އެކު ހީވީ ލަނގޮޑި ފަޅައިގެން ދިޔަހެނެވެ. މަގޭ ދަރިޔާ އޭ ކިޔާ ގިސްލަގިސްލައިފައި ރޮމުން ދިޔަ ގޮތުން އަފްޒަލަށް ވެސް އޭނާގެ ކަރުނަތައް ކޮންޓްރޯލް ކުރަން އުނދަގޫވިއެވެ. އަނެއްކޮޅުން އާފިޔާ ވެސް ޒިޔާދުގެ ކޮނޑުގައި ބޯ އަޅާލައިގެން އިނދެ އެ ހިތުގައިވީ ރިހުން ކަރުނައިގެ ސިފައިގައި ބޭރުކުރަމުން ދިޔައެވެ. އެންމެން ވެސް އިންތިޒާރު ކުރަމުން ދިޔައީ އޮޕަރޭޝަން ނިމޭނެ އިރަކަށެވެ.

އޮޕަރޭޝަން ނިމުމުނުކަން އަންގައިދޭ ބޮކި ނިވުމުން ބޭރުގައި ތިބި އެންމެން އިންތިޒާރު ކުރަމުން ދިޔައީ ޑަކުޓަރު ނުކުންނާނެ އިރަކަށެވެ. “އަލްޙަމްދުލިއްލާހި. އޮޕަރޭޝަން ވަރަށް ކާމިޔާބު ކަމާއެކު ނިމިއްޖެ. ނަސީބު ރަނގަޅު ކަމުން އެއްވެސް މުހިންމު ގުނަވަނަކަށް ގެއްލުމެއް ލިބިފަކާ ނެތް. ކުއްޖާގެ ޙާލު ވެސް ރަނގަޅު. ކުރިން ގެނައި ކަމުން ﷲގެ ރަޙުމަތާއި އެކު ސީ ސެކްޝަން ހަދަން ނުޖެހި ސަލާމަތް އެވީ. އެއީ އަސްލު ޙަޤީޤަތުގައި ވަރަށް ނާދިރު ކަމެއް. އަރީން މިއީ ވަރަށް ލަކީ ޕޭޝަންޓެއް. މާދަން ވޯޑަށް ބަދަލުކުރެވޭނެ. އެހެނަސް އަދި ހެޔެއް ނާރާ.” ޑޮކްޓަރުގެ ޖުމްލަތައް އިވިފައި އެންމެންނަށް ހަމަޖެހުމުގެ ނޭވާ އެއް ލެވުނެވެ.

އަރީންގެ ގާތަށް އެންމެ ފުރަތަމަ ވަނީ ޒަވިއަނާއި ޔަނާލްގެ އިތުރުން ސުމައްޔާ އެވެ. އޮކްސިޖަން މާސްކެއް އަޅާލެވިފައިވީ އިރު އަރީންގެ ދެލޯ ވަނީ މެރިފައެވެ. ޒަވިއަން އަރީންގެ އަތުގައި ހިފާލަމުން އެ ދޮން މޫނަށް ފުން ނަޒަރެއް ދިނެވެ. ސުމައްޔާ އަށް ޒަވިއަންގެ ޢަމަލުތައް ހުރި ގޮތް ފެނިފައި ހުރީ ތަލިން ކުޅު ހިކޭ ވަރު ވެފައެވެ. އަރީނަށް އެހާ އަނިޔާވެރިވީ މީހަކު މިހާ ބޮޑަށް ބަދަލުވެދާނެ ކަމަކަށް އޭނާ އަށް ޤަބޫލެއް ނުކުރެވެއެވެ.

ޒަވިއަން ދުރަށް ޖައްސާލައިފައި ކަޅި އަޅާލަމުން ސުމައްޔާ ގޮސް އަރީންގެ ބޮލުގައި ފިރުމާލިއެވެ. “ތިހެން ސްޓްރޯންގް ކޮށް އަބަދުވެސް ހުންނައްޗޭ. މި ފަހަރު އެ މީހުން ސަލާމަތް ވެގެން ދިޔަޔަކަ ނުދޭނަން. މިހާރު ވެސް ރީން އަށް ވާ ވަރަށް ދެރަ ލިބިއްޖެ.” ސުމައްޔާ މަޑުމަޑުން ބުނެލިއެވެ. ޔަނާލް ވެސް ގާތަށް ޖެހިލައި ދަރިފުޅުގެ އަތުގައި ހިފާލިއެވެ. ޒަވިއަން އެތަނުން ނުކުންނަން ގަސްތުކުރީ ސުމައްޔާގެ އަލިފާނުގެ ބެލުންތައް އަމާޒުވަމުން ދިއުމުންނެވެ.

ޒަވިއަން ބޭރަށް ނުކުމެ މިސްރާބު ޖެހީ ނާއިލްމެނާ ދިމާކުރަން ދާށެވެ އެ ސޮރުގެ ފަހަތުން ލީވާން ދިޔައީ ޒަވިއަން އިމުން ބޭރުވެދާނެ ކަމުގެ ބިރު އޮތީމައެވެ. ޒަވިއަން ކާރަށް އަރައިފައި ދުއްވާލީ ދުން ކަނޑައިފައެވެ. ފަރިތަކަމާއި އެކު މަގުތަކުން ފުރޭނިގެން ގޮސް އޭނާ ހުއްޓާލީ ޑައިމަންޑް ސްކައި އެޝޫރަންސްގެ ކައިރިއަށެވެ. އެތެރެއަށް ވަދެގެން ދިޔައިރު ވެސް އޭނާގެ ކިބައިން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ ނުރުހުންތެރިކަމެވެ. ދަތްކުނޑި ވިކާލައިގެން ހުރެ ގޮސް އޭނާއަށް ޚާއްޞަ ލިފްޓަށް އެރިއެވެ.

ބްލެކް ރޫމަށް ވަދެފައި ދޮރު ޖެހިއިރު ޒަވިއަން ދިޔައީ އައިސްފައިވާ ރުޅިން ތުރުތުރު އަޅަމުންނެވެ. އޭނާ އެންމެ ފުރަތަމަ ވެސް ގޮސް ހިފީ ނާއިލްގެ ގިރުވާނުގައެވެ. “ކަލޭ ކޯއްޗެކޭ ހިތަށް އަރައިގެން އަހަރެންގެ އަންހެނުންނަށް ބެހެނީ. އޭނ.. ***** ކަލެއަށް ކޮން ޙައްޤެއްތަ އޮތީ އެ ނުއުފަން ތުއްތު ކުއްޖާ މަރާލަން.” ޒަވިއަން ނާއިލްގެ މޫނުގައި ގޮށްމުށުން ތަޅަމުން ހަޅޭއްލަވައިގަތެވެ. އިސާހިތަކު ނާއިލްގެ މޫނުމަތިން ނޫފައިގަނެ ތުންފަތް ފަޅައިގެން ގޮސް ލޭ އަންނަން ފެށިއެވެ. އެވަރުން ވެސް އެ ސޮރު މަލާމާތުގެ ޒާތަކަށް ބަލަހައްޓައިގެން އިނީއެވެ.

“ކަލޭގެ ދަރިއަކަށް ވީމަ. ހެހެހެ. އަހަރެންގެ މީހެއް ޖަހައިގަނެގެން ފުރަތަމަ ދިޔައީ ތި **. އަޒާޔާ މަރާލީމަ އަރީއަށް ނަފުރަތު ކުރަމުން އެ ފަކީރަށް ކަލޭ ވަކި އަނިޔާއެއް ނުކުރަންތަ؟ ހުރިހާ ވެސް މައްސަލަ އަކީ އަރީ ކަލޭ ދެކެ އިންތިހާއަށް ލޯބިވުން. އަހަރެންގެ މީހަކަށް އަރީ ހެދުނުނަމަ އެ ބަނޑުތެރޭ މިއަދު އޮންނާނީ އަހަރެންގެ ކުއްޖެއް. އެއްވެސް ގެއްލުމެއް ނުލިބި ސަލާމަތުން އޮންނާނެ ކުއްޖެއް.” ނާއިލް ކަޅި އަޅާލަމުން ރައްދުގައި ބުނެލިއެވެ. މިއާއި އެކު ޒަވިއަން ނާއިލްގެ ކަރުގައި ހިއްޕެވެ. އޭރު އޭނާ އައިސްފައިވާ ރުޅިން އަމިއްލަ މީހާގެ ނަފުސުގެ މައްޗަށް އޮތް ބާރު ގެއްލިއްޖެއެވެ.

“ކަލޭއާއި ހެދި އަރީނަށް ހުރިހާ ދެރައެއް ލިބުނީ. ތި **ގެ މަކަރާއި ހީލަތްތެރި ރޭވުންތަކުގެ ސަބަބުން އެ ފަކީރުގެ ދިރިއުޅުން ނަރަކައަކަށް ވެގެން ދިޔައީ. ތިއަށް ލޯތްބެކޭ ނުކިޔޭނެ. ޔޫ އޮބްސެސިވް **** ވިއާޑް ސައިކޯޕެތް.” ނާއިލްގެ ކަނދުރާގައި ހިފާލެވިފައިވާ އަތަށް ބާރު ކުރަމުން ޒަވިއަން ވާހަކަދެއްކިއެވެ. އޭރު އެ ދެލޯ ކޮންމެވެސް ވަރަކަށް ފެންކަޅި ވެއްޖެއެވެ. އެ ހިތަށް ސިފަވަމުން ދިޔައީ އަޒާޔާ އާއި އަރީނެވެ. އަނެއްކޮޅުން ނާއިލް ނޭވާ ނުލެވިގެން މަރަށް ތެޅެނީއެވެ. ނާއިލްގެ ފުރާނަ ހިނގައިދާނެހެން ހީވުމުން އެ ދެމެދަށް ވަދެގަތީ ލީވާނެވެ.

“އިނަފް. އެނގޭ ޒެވް ތި ހުރީ ވަރަށް ހިތްހަމަނުޖެހިފައި ކަން. އެކަމަކު އޭނާ މަރާލާކަށް ނުޖެހޭ. ޒަކްވާން! މި ސޮރަށް ފަރުވާ ދީފަ ފުލުހުންނާ ހަވާލުކުރަން ތައްޔާރުވޭ.” އިސްކޮށް ހުރި ސެކިޔުރިޓީ މީހާ އަށް ނަޒަރެއް ދެމުން ލީވާން ބުނެލިއެވެ. މިއާއި އެކު ޒަކްވާން ގޮސް ނާއިލްގެ އަނގަމަތީ ފޮތިގަނޑެއް އައްސާލިއެވެ. ނާއިލް ގޮނޑިން ނަގައިފައި ފަހަތުން ހިފަހައްޓައިގެން އެ ތަނުން ބޭރަށް ދާން ހިނގައިގަތެވެ. ލީވާން ޒަވިއަންގެ ގައިން ދޫކޮށްލީ ނާއިލް އެތަނުން ނެރުނު ފަހުންނެވެ.

“ލީވާން! ބަލަ އަހަންނެއް ނޫންތަ އެ ** މިތަނަށް ގެންނަން ބުނީ. އެހާ ފަސޭހައިން އެ ** ފުލުހުންނަށް ދޫކޮށްލަން ޖެހޭތަ؟” ޒަވިއަން ހިތްހަމަނުޖެހިފައި އެހިއެވެ. “ނާއިލް މަރާލާށޭ ޒެވް އުޅުނީ. އެ ވަރުގެ ކުށެއް ކުރަން ހެޔޮވާނެތަ؟ ނިކަން ރީނާއި މެދު ވިސްނާލާފަ ވިޔަސް އެ ޚިޔާލު ދޫކޮށްލަބަލަ.” ލީވާން މަސައްކަތް ކުރީ ޒަވިއަނަށް ވިސްނައިދެވޭތޯއެވެ. ޒަވިއަން ފިނި ނޭވާއެއް ދޫކޮށްލުމަށް ފަހު ދެން އެނބުރުނީ ޝައުލާ އާއި ދިމާލަށެވެ. އޭރު ޝައުލާ އިނީ ބިރުން ވިރިގެން ގޮހެވެ. ކަޅި ދެ އަތަށް ތެޅެމުން ދިޔައިރު އޭނާ އަށް ވިސްނެމުން ދިޔައީ ޒަވިއަން ކޮށްލަފާނެ ގޯނާއަކާއި މެދުގައެވެ.

“ދެން ކަލޭ. މަ މީހަކާ އިނީމަވެސް ފަހަތުން ނެއްޓިގަންނަން ނޭނގިގެން ތިއުޅެނީ ކީއްވެގެންތަ؟ ކަލޭ ނާކާމިޔާބު ވީއޭ ކިޔާފަ މާ ގައްޑާ ވެގެން އަހަރެންގެ އަންހެނުންނަށް ބެހެން ޖެހޭތަ؟ ތި ސުންޕާ ***** އަންހެނެކޭ ވެސް ނުކިޔޭނެ. އަންހެނެއް ނަމަ މާބަނޑު ޙާލަތުގައި އިން ރީނަށް އެ ފަދަ ގެއްލުމެއް ނުދިނީސް.” ޝައުލާގެ ކަރުގައި ހިފަމުން ދަތްކުނޑި ވިކާލައިފައި ޒަވިއަން ހަޅޭއްލަވައިގަތެވެ. “އާހް.. ޒެ..ވް ތަދު..ވޭ” ޝައުލާ ކަރުނަވީ ނަޒަރެއް ދެމުން ބުނެލިއެވެ. ޒަވިއަން އޭނާގެ ކަނދުރާއިން އަތް ދޫކޮށްލަމުން ކަންކަށިމައްޗަށް ހޫނު އެތިފަހަރެއް ވީއްލާލިއެވެ.

“ހަހް. ތަދުވެޔޭ. ރީން އެހާ ވަރަށް އާދޭސް ކުރިއިރު ވެސް ބީރުކަންފަތެއް ދީފަ ބަނޑަށް ވަޅި ހަރާލަން ޖެހޭތަ؟ ތި ދެމީހުންގެ ސުންޕާކަމާއި ހެދި އަހަރެމެންގެ ކައިވެނި ގޯހުން ގޯހަށް ދިޔައީ.” ޝައުލާގެ އިސްތަށިގަނޑުގައި ހިފާ ދަމައިގަތް އިރު ޒަވިއަންގެ ލޮލުން ކަރުނައިގެ ރޮނގެއް ދެމިއްޖެއެވެ. އެ ޚިޔާލުތަކުގައި ރަސްކަންކުރަމުން ދިޔައީ އަރީނެވެ. އަމިއްލަ ފަރުވާކުޑަކަމާއި ހެދި އަރީނަށް އިތުރު ގެއްލުމެއް ލިބުނީއެވެ. ދެން މި ދެ ނާގަހަރުފައަށް އަރީނަށް ވައި އެޅިލާނެ ފުރުސަތެއް ވެސް ނުދޭން ޒަވިއަން އަމިއްލަ ނަފްސަށް ވައުދު ވިއެވެ.

ޝައުލާ ގޮވައިގެން ބާކީ ތިބި މީހުން ދިއުމާއި އެކު ޒަވިއަނަށް ބިންމައްޗަށް ތިރިވެވުނެވެ. “އިލެވެން. ބީޓް ދަ ހެލް އައުޓް އޮފް މީ. ހެޔޮނުވާނެ. މަށަށް ވެސް އަނިޔާކުރޭ. އަރީން ނުރުހުނަސް މަގޭ އަމިއްލަ ނަފްސަށް އަނިޔާކުރުން ޙައްޤު. ނާއިލްމެންނަށް ވުރެ އަހަރެން ވަކި ދެރައެއް ނޫން.” ޒަވިއަން ބުނެލިއެވެ. “އަރީން ނުރެހޭ ކަމެއް ވަކި އަހަރެންނަށް ކުރެވިދާނެތަ؟ އެހެންނޫނަސް ޒެވް އެގޮތަށް ކަންތައް ކުރީ އަޒާ ނިޔާވުމުގެ ޙަޤީޤަތް އޮޅުން ބޮޅުން ވެފައި އޮތީމައެއްނު. ޔޫ ބޯތް އާރ ނޮޓް ސިމިލަރ. ދެން ހިނގާ ދާން ހަސްފަތާލަށް. އިރުކޮޅަކުން ނާއިލްމެން ވެސް ފުލުހުންނާ ހަވާލުކުރެވޭނެ. އަހަރެމެން އަތުގައި ހުރި ހެކިތައް ޒަކްވާން އަތަށް ދީފަ ވާނީ. ކޯލް ރިކޯޑިން އާއި ނާއިލް އަރީނަށް ހެރޭސް ކުރާ މަންޒަރުތައް ހުރި ކްލިޕްތައް ވެސް ހުންނާނެ.” ޒަވިއަންގެ ކޮނޑުގައި ހިފާލަމުން ލީވާން ބުނެލިއެވެ.

ފުލުހުން ގުޅައިފައި ދިން ޚަބަރަކުން ނައުރީނަށް ހީވީ ދުނިޔެ އެނބުރިގަތް ހެނެވެ. އަމިއްލަ ކޮއްކޮ އެ ކަހަލަ ކަމެއް ކޮށްފާނެ ކަން ޤަބޫލުކުރަން ދަތިވިއެވެ. ކޮޓަރިން ނުކުމެގެން ދަމުން އޭނާ ޑްރައިވަރު މުއާޒަށް ގުޅާލިއެވެ.

ފުލުސް ސްޓޭޝަނަށް ދެވުމުން ނައުރީން އެތެރެއަށް ވަދެގެން ދިޔައީ ދުވެފައެވެ. ބަންދުކޮށްފައި ތިބި ދެމީހުންނަށް ބައްދަލުކޮށްލަން ފުރުސަތެއް ދިނުމަށް އޭނާ އެދުނެވެ. ނާއިލްގެ ދޮންތަ އަށް ވުމުން އެ ފުރުސަތު ވަރަށް ފަސޭހައިން ލިބުނެވެ. އެ ބަންދު ރޫމަށް ވަދެފައި އޭނާ ގޮނޑީގައި އިށީނެވެ.

“އެއީ… ތެދެއްތަ؟ ކޮ…ކޮއްކޮ އާ ޝައުލާ ވެގެން އަރީންގެ ބަނޑަށް ވަޅި… ވަޅިއެއް ހަރާލިންތަ؟” ލޮލަށް ކަރުނަ ޖަމާވަމުން ދިޔަ ޙާލު ނައުރީން ތުރުތުރު އަޅަމުން ދިޔަ އަޑަކުން އެހިއެވެ. ނާއިލް އިސް ޖަހާލިއެވެ. “ކީއްވެ. ކީއްވެތަ އެ ވަރުގެ ކުށެއް ކުރީ. އެ ވެސް އަދި… އަރީންގެ އުފަންނުވާ ކުއްޖާ މަރާލަން. އިނގޭތަ ތި ކުރެވުނީ ކިހާ ވަރެއްގެ ކަމެއް ކަން. އޭނ. ދޮންތަ ހީކުރީ ނާއިލް ތިއީ އެއަށް ވުރެ ރަނގަޅު މީހެއް ކަމަށް.” ނައުރީން ތެދުވެފައި ނާއިލްގެ މޫނުމައްޗަށް ހޫނު އެތިފަހަރެއް ވީއްލާލިއެވެ.

“ނައު ކިހިނެއް ވެގެންތަ ތި އުޅެނީ. އަލަކަށް ނުނެއްނު އެ ހަރުފައަށް ގޮތެއް މި ހަދާލީ. ކުރިން އެހާ ސަޕޯޓިވް ކޮށް އުޅުނު މީހެކެއްނު ތީ. ހަމަ ރަނގަޅަށް ވެސް މިހާރު ނައު ބަދަލުވެއްޖެ. ތި ނަސްރާނީ މަގަށް އެނބުރުނީ ކީއްވެގެންތަ” ޝައުލާ ބުނެލިއެވެ. “ހުއްޓާލާ. އަހަރެންނަށް ކުރިން އުޅެވުނު ގޮތް ހަނދާންވެ މިހާރު ލަދު ގަނޭ. އޭރު އެ ކަހަލަ ކަންތައް ކުރީ ވަކި މާ ގަޔާ ވެގެންނެއް ނޫނޭ ޝައުލާ! ކަލޭގެ ސަބަބުން. ނަސްރާނީ ވެފަ މި ހުރީ އަހަރެންނެއް ނޫން. ދެން ދެމީހުން ޖަލުގަ ހޭދަ ކުރާ ދުވަސްތަކުގައި އަމިއްލަ ނަފްސު އިޞްލާޙު ކުރަން މަސައްކަތް ކުރޭ. ޝައުލާ! ދެން ކަލެއަށް މަ ވައި ވެސް ނޭޅޭނަން. ކަލޭ ތިއީ ހުރިހާ ވެސް ނުބަޔަކީ. އަހަރެންނަށް ނުރަނގަޅު މަގެއް ރީތިކޮށްފަ ދެއްކި މީހަކީ.” ނައުރީން ރައްދުގައި އެއްޗެހި ކިޔައިގަތެވެ. ނައުރީންގެ ކަރުނަވީ ދެލޯ ފެނި ނާއިލަށް ބަސް ހުއްޓިފައި އިނދެވުނީއެވެ.

ނައުރީން ދެން އެތަނުގައި ހުންނަން ބޭނުން ނުވުމުން ނުކުމެގެން ދިޔައެވެ. ފުލުސް ސްޓޭޝަނުން ނުކުތުމާއި އެކު ވަށައިގެން ނޫސްވެރިން އޭނާ އާއި ސުވާލު ކުރަން ފެށިއެވެ. އެ ކަމުން އޭނާ ސަލާމަތް ކޮށްދޭން އައީ މުއާޒެވެ. ނައުރީނަށް ކާރަށް އެރުނީ ވެސް ވަރަށް އުނދަގުލުންނެވެ. އޭނާގެ ބަޑި ފަޅައިގެން ދިޔައީ ކާރު ދުއްވާލުމުންނެވެ. އެ ހިތުގައި ނާއިލާއި މެދު ވީ ޝަކުވާއެވެ. އޭނާ އާއި އެހާ ގާތުން އުޅުނު ކޮއްކޮ އެ ކަހަލަ ނުބައި ކަމެއް ކޮށްފާނެ ކަމަކަށް އޭނާ ދުވަހަކުވެސް ޚިޔާލަށް ވެސް ގެނެވިފައި ނެތެވެ.

ނައުރީން ކޮޓަރީގައި އޮވެގެން ކަރުނައިގެ ސިފައިގައި އެ ހިތުގެ އުދާސްތައް ބޭރުކުރަމުން ދިޔައެވެ. މިހާރު ވެސް ނޫސްތަކުގެ ހެޑްލައިން ތަކަށް އޭނާގެ ނަން އަރައިފިއެވެ. މަޝްހޫރު މީހަކަށް ވެފައި އާއިލާ މެންބަރަކު އެ ކަހަލަ ކަމެއް ކުރުމުން އޭގެ ނަފުރަތުން ބައެއް އޭނާ އަށް އަމާޒުވަމުން ދަނީއެވެ. މި އާޓިކަލްތައް ފުހެލަން މަސައްކަތް ކުރަމުންދާ އޭނާގެ އޭޖެންސީ އިން ވެސް މިހާރު އެތަށް ފަހަރަކު ގުޅައިފިއެވެ. ނައުރީން ފޯނު ނަގާކަށް ނުވިސްނައެވެ.

ނައުރީން ކަރުނަތައް ފުހެލައިފައި ފޯނުގައި އަތްލީ އިރުކޮޅެއް ފަހުންނެވެ. އޭނާ ގުޅާލީ ލީވާނަށެވެ. “ހަ…ހަލޯ! އަ…ރީން ކިހިނެއް؟” ކުރަކިވެފައިވާ އަޑަކުން ނައުރީން ކޮށްލީ ސުވާލެކެވެ. އެ ހިތް އެދެމުން ދިޔައީ އަރީނަށް ގޮތެއް ނުވުމަށެވެ. އަރީނަށް ގޮތެއް ވެއްޖެނަމަ ލީވާނާއި ކުރިމަތިލާން ވެސް އޭނާއަށް ލާހިކެއް ނޫނެވެ.

ގެއަށް އައިސް ވަތް ވަގުތު ފޯނު ރިންގުވާން ފެށުމުން ލީވާން އެ ނެގިއެވެ. ފޯނު ނަގައިފައި އޭނާ ކަންފަތުގައި ޖެއްސެވެ. “ކުރި އޮޕަރޭޝަން ކާމިޔާބު. މިހާރު ސްޓޭބަލް.” ލީވާން ރައްދުގައި ބުނެލިއެވެ. “އައިމް ސޮރީ. އަހަރެން… އަހަރެން ހިޔެއް ނުކުރަން އަމިއްލަ ކޮއްކޮ މި ވަރުގެ ކަމެއް ކޮށްފާނެ ކަމަކަށް. ނާއިލާއި ޝައުލާ އަށް ޙައްޤު އަދަބު ދެވޭ ވަރު ކުރައްޗޭ. އަވަހަށް ރަނގަޅު ލޯޔަރެއް ހޯދާތި.” ނައުރީންގެ ވާހަކަ އިވިފައި ލީވާނަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ނައުރީން ނާއިލްގެ ކުށަށް ފަސް އަޅާލުމަށް އެދިގެން ކަހަލަ ގޮތަކަށް ގުޅައިފާނެތީ އޭނާ ހުރީ ހާސްވެފައެވެ.

“އާނ. ލާހިކެއް ނޫން މި ކަމުން ބޯ ދަމައިގަންނާކަށް ރީން ހޭ އެރީމަ ހެކިބަސް ލިބޭނެ. ނޫރީ މި ކަމާ އެހާ ވަރަށް ނުވިސްނާ ނިދާ.” ލީވާން ރައްދުގައި ބުނެލިއެވެ. އެއަށްފަހު ފޯނު ކަނޑާލައިފައި އޭނާ ގޮސް ކޮޓަރިއަށް ވަނެވެ.

“ކަލޭ ކޮންމެ ގޮތެއް ހަދާފަ ވިޔަސް ނާއިލްގެ ބޮލަށް މައްސަލަ ނުކެނޑޭނެ ގޮތެއް ހަދާތި. މި ކަހަލަ ޅަ އެއްޗެއް އަޅައިގެން ލޯޔަރ ލައިސެންސް ގެއްލުވާލިޔަކަ ނުދޭތި. މަށަށް ވަރިހަމަ ހެކި ފެބްރިކޭޓް ކުރިޔަސް.” ފޯނުން މީހަކަށް ގުޅައިގެން ހުރެ ޢަލީ އަހުމަދު ވާހަކަ ދައްކަމުން ދިޔައެވެ. އޭނާ ހުރީ ނާއިލް މި ކުރި ކަމެއްގެ ސަބަބުން ރުޅިއައިސްގެން އަނެއް އަތަށް އަޅައިފައެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

އެދިގެން ކަލާ ލިބޭތޯ 44

Next

ކަޅު މާޒީ

Next
February 22, 2026

ކަޅު މާޒީ

Previews
February 22, 2026

އެދިގެން ކަލާ ލިބޭތޯ 44

34 Comments!

  1. Verr says:
    February 22, 2026 at 12:08 pm

    Omg omg omg varah reethi …e nail AA shaula kihineih vgn tha kulhenee ainn emeehunah rangalhu adhabu dheythi ingey 😭
    Next part when.??

    1. White rose White rose says:
      February 22, 2026 at 2:59 pm

      Maa bodah hasadha verivefa obsess vegen ulhenynun 😒😒
      IA next Thursday
      Shukran Verr ✨✨

  2. 🌺 says:
    February 22, 2026 at 12:29 pm

    Ahh finally
    This part is also so hilarious cant wait to read the next part 😭😭
    When next??

    1. White rose White rose says:
      February 22, 2026 at 2:59 pm

      IA next Thursday
      Shukran 🌺 ✨✨

  3. Anonymous says:
    February 22, 2026 at 12:32 pm

    OMG! Kiriyaa dhw Reen salaamai v. I think Xev loves Reen mihaaru
    Xev ge actions in feel vanee Ehen. Control in nattaafa ehuree. So happy that the baby and Reen is saved. Shaula adhives hih hama nujehey tha? 😡😤 mihaaru vaa varah reen ah aniyaa dhevijje dhw. I hope she never escape from jail. Ali Ahmed vs ulhenee kuh foruvan. This islaahu vebala.
    Whn nxt
    Luv u 💗

    1. White rose White rose says:
      February 22, 2026 at 3:02 pm

      Yhh, kuda irukolheh lasvi nama ves baby or reen ah bodu gehlumeh libunees
      Maybe he’s falling for her, not so sure yet 🤔🤔
      Dhw, vrh gina gehlun reen fakeerah e nulafaa shaula dheefi
      Lets hope they are locked in jail for a long time
      IA next Thursday
      Shukran Anonymous ✨✨
      Lyt darl 🫶🏻🫶🏻

  4. Miss jennie says:
    February 22, 2026 at 12:33 pm

    Mi part ves varah reethi. Naail and shaula! You both deserve to die. Naai! You dont love areen. You just want to manupulate and control areen. Someone please ali ahumadhu bust kollaba. Reen please baby govaigen zev kairi ah badhalu vachchey. Curiously waiting for next part???

    1. White rose White rose says:
      February 22, 2026 at 3:08 pm

      Fr, they are getting evil day by day, their death will bring peace to xev and reen
      Ali Ahmed ehaa faseyha in bust vaanetha 😒😒
      Shukran Miss jennie ✨✨

  5. reader says:
    February 22, 2026 at 1:52 pm

    loving the story so far. cant wait for next part. you r an amazing writer. continue the good work.
    really really curious how then next part will be. cant waitt. took me less than 24 hours to finish the story line. hoping the story will be longg.
    good luck white rose.

    1. White rose White rose says:
      February 22, 2026 at 3:10 pm

      So ecstatic to hear that 😀😀
      Its long, with over 80 episodes 😄😄
      Shukran reader ✨✨

  6. Who.is.. says:
    February 22, 2026 at 2:05 pm

    Mi part ves varah salhi
    When nex?

    1. White rose White rose says:
      February 22, 2026 at 3:11 pm

      IA next Thursday
      Shukran Who.is.. ✨✨

  7. Your fav bab Your fav bab says:
    February 22, 2026 at 2:10 pm

    Woa zev ah hama kiriyaa dhw aadhevuny!
    Alhe naail and shaula deserves more! Zev actually should’ve stabed both of ’em!
    Thnk God nau aint like her brother! I also thought eleven ah nau gulhee naail dhookohlan bunan kamah!
    Thi Ali Ahmed eh ge singu rulhi gandakee, naail ge nimumakah vaane goth medhuveri kuravvaashi! Ameen😹
    Shaula ge bolah massala kedunas heyo dhw? Well she started it tho!
    When next?
    Lysm💗

    1. White rose White rose says:
      February 23, 2026 at 9:48 am

      Yeaa, kuda hindhu kolheh lasvi namaves…
      Aan, nau thafaathu kamee hama lehvi naseebeh
      Will it actually be naail’s end by Ali Ahmed’s madness 🤔🤔 let’s see
      Shukran Your fav bab ✨✨
      Lyt darl 🫶🏻🫶🏻

  8. Shiu says:
    February 22, 2026 at 4:42 pm

    Mi part vx varah Reethi Masha Allah…
    Thank god Zev e phone negikan,😌 Ewww, Shaula and Naail huvaa dhn jahaany moonu matheega, Zev vaa rulhi madu Adhi vx, Shaula every koffa vx ladheh hayaatheh nethi harufa ah Eba govaennun, Argh 😤 mi Naail akee hama Aslah vx weird psychopath eh 🤬 Nau haadha dheraeh vaane ey dhw 😭 nasraanee Magu my foot, Shaula you’re making me soo mad rn🙄thank god reen and baby Salaamaiy v Kan 😌ooh mi Ali Ahmed gandu Adhi Eba hure ennun dhari kuraa nubai kanthah fas alhai fonuvan thahyaarah, 😤 piss me of 🙄
    When Next?? Curiously waiting for the next part.. Appreciate your hard work 🥰 Lyssm 🤍 رمضان مبارك

    1. White rose White rose says:
      February 22, 2026 at 6:16 pm

      Yea, phn negi kamun reen e salaamaiy vee 😮‍💨😮‍💨
      Aan hama ladhuvethi kamuge sifa ehves varakah neiy ba eh
      Yeaa, nau will be heart broken to hear her lil bro is a criminal 🥀🥀
      Ali Ahmed ves eii hama ehkahala nulafaa meehekehnu 😒😒
      IA next Thursday
      Shukran Shiu ✨✨
      Lyt darl 🫶🏻🫶🏻
      🌟 رمضان مبارك 🌟

  9. Sheex says:
    February 22, 2026 at 5:13 pm

    Omg!! sheex ge rulhi gadah ithurah petrol alhaifi e shaula ar naail ar dhemeehun
    Asluves sheex mee zev nama heyo jalah dhaanjehunas maraalaafa dhookohlaanee
    Im so glad aree and baby stable veema! alhamdhulillah!
    Ali Ahmed kuhforuvaifinama sheex story ah vadhefa eyna maraalaanangey!! Hehe
    When next?
    V reethi mi part ves MA

    1. White rose White rose says:
      February 22, 2026 at 6:19 pm

      Emyhun ulhey gothun rulhi nais nuhureveyne kan yageen 😒😒
      Ekm murderer akah viyya reen vrh dhera vaanehnu 😖😖
      IA next Thursday
      Shukran Sheex ✨✨

  10. xxx_dodo_xxx says:
    February 22, 2026 at 5:20 pm

    WOW! mi part varah ves reethi Maashaa Allah haadha reechchey.
    Hama emme fahun Zev akannu Reen salaamaiyy kuran dhevuny.
    Konirakuntha Issey n Sumee Marry Kuranee???
    WHENNEXT PART ??????????
    ❤️❤️

    1. White rose White rose says:
      February 22, 2026 at 6:46 pm

      Happy to hear that 😄😄
      Yeaa, xev ah reen salaamaiy kuran e dhevuny
      Let’s see when they are getting married, definitely not soon as sumee wants to sort out the unsolved cases first
      IA next Thursday
      Shukran xxx_dodo_xxx ✨✨

  11. Caspian says:
    February 22, 2026 at 5:36 pm

    Eyyyyy, Rose!!!!
    Aslyvx hama ehaaaaaaa reeeethi
    Xevvv! Reen govaigen dheyba Reen Salaamaiyy Kyran emeehunnaaa dhurah
    Shauna n nail kathilaafa angayah let alfalfa emmen kyrimathee valhulaane nama!
    Vrh ufaa vejje MI bai kiyaaa levuneema

    Next Bai avahah nerila dheebala Alhey

    1. White rose White rose says:
      February 22, 2026 at 6:57 pm

      Super glad to hear that 😄😄
      Will xev bring her back, their relationship is quite messed up 🤔🤔
      Dhww, emyhun ge vas ves midhuniye in fohelan vefa e huree 😒😒
      Thursday ah submit kohlevey varu vaany 😖😖
      Shukran Caspian ✨✨

  12. Aishath Limsha Aishath Limsha says:
    February 22, 2026 at 6:55 pm

    Masha Allah 😍 vrh reethi vhk.. dhuvas kolheh kohlaafa anehkaa vx mi vhk continue kureemi vrh reethi ingey… Curiously waiting for the next episode ❤️

    1. White rose White rose says:
      February 23, 2026 at 10:28 am

      Ufaavejje mi vhk kamudhiyaima 😄😄
      Shukran Aishath Limsha ✨✨

  13. Leesha says:
    February 23, 2026 at 1:40 pm

    varah reethi
    Dhen anna bai mere nee kon irakun tha?
    Varah reethi ingey🥰🥰🥰🥰
    Thank you mi bai mere dhineema.
    White Rose ✨✨

    1. White rose White rose says:
      February 23, 2026 at 3:47 pm

      IA next Thursday
      Shukran Leesha ✨✨

  14. Anonymous says:
    February 24, 2026 at 12:12 pm

    Where

    1. White rose White rose says:
      February 24, 2026 at 2:40 pm

      Next Thursday
      Shukran Anonymous ✨✨

  15. Diva_gurly says:
    February 24, 2026 at 2:54 pm

    Sorry i am late at replying
    Ekamaku mibai varah intresting
    I love how zevian is concerned about aree
    Sumee breaking the moment with a glare 😂😂😅
    Ramadhan mubaarik white rose
    Have a nice ramadhan
    Lysm darling

    1. White rose White rose says:
      February 24, 2026 at 4:34 pm

      Issoke, more than happy to see ur comment 😄😄
      Same here, I’m delighted to see him improve
      Shukran Diva_gurly ✨✨
      Lyt darl 🫶🏻🫶🏻
      🌟 رمضان مبارك 🌟

  16. reader says:
    February 24, 2026 at 10:24 pm

    cant wait for next ep, keep up the god work ,
    and also please follow back on instagram, have some tips and suggestion ,
    id: black_******

    1. White rose White rose says:
      February 24, 2026 at 10:41 pm

      Alrsss
      Shukran reader ✨✨

  17. Anonymous says:
    February 25, 2026 at 7:29 pm

    Heyyyy!
    Submitted?????
    Making sure we’ll get to read it tmrw!☺️

    1. White rose White rose says:
      February 25, 2026 at 9:24 pm

      Yeah
      Shukran Anonymous ✨✨

Comments are closed.

Next Episodeދެވުނީ ވޭނޭ 48←


All Right Reserved!