Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މިހިތަށް ލޯބިދޭށޭ – 19 ބައި

Twinklebean Level 110 Stories
February 21, 2026 4 Mins Read
2 Comments

ރީކެޕް..

“އައި އޭމް ހަންގްރީ.” ކައިލްއާއި ކައިރީގައި ހުއްޓީލަމުން އެލައިރާ ބުނެލިއެވެ.

“އޯކޭ.. ހިނގާ ކާންދަމާ ދޯ..” ކައިލްގެ ބަހައް އެލައިރާ ބޯޖަހާލިއެވެ.


“ރަނގަޅައް ކެއިންތަ..” ރެސްޓޯރެންޓް އިން ނިކުންނަމުން ކައިލް އަހާލިއެވެ.

“ޔެއާރ.. އޭތި ވަރަށް މީރު..” އަތް ގަޔާއި ލައި ބާރު ކޮއްލަމުން އެލައިރާ ބުނެލިއެވެ. އެލައިރާގެ ހަރަކާތްތަކުން އޭނާ އެހުރީ ވަރަށް ފިނިވެފައިކަން އެނގެއެވެ. ދެވަނަ ވިސްނުމެއް ނެތި ކައިލް އޭނާ ލައިގެން ހުރި ޖެކެޓް އެލައިރާގެ ގައިގައި އޮޅާލިއެވެ.

“ކައިލްއައް ފިނިވާނެއްނު..” އެލައިރާ ބުނެލިއެވެ.

“ނޫން.. ކައިލްއައް އޯކޭ.. އެލައި ތިހުރީ މާ ފިނިވެފަ. ބަލިވެދާނެ..” ކައިލް ބުނެލިއެވެ.

ކުޑަ ވަގުތުކޮޅަކައް ދެމީހުންގެ ދެމެދުގައި ހަމަހިމޭންކަން އޮތެވެ. އެޔައްފަހު މިފަހަރު އިސްވެ ފުރަތަމަ ވާހަކަ ދެއްކީ އެލައިރާއެވެ.

“ހިނގާ ބީޗްއަކައް ދާން.. އިފް ޔޫ ކޭން.. ” އޭނާ އެހެންބުނި އިރު ހުރީ އިސްދަށައް ޖަހައިގެންނެވެ.. ހީވަނީ ބުނަން ނުކެރިފައި ހުރެގެން ބުނެލިހެންނެވެ. އެލައިރާގެ ބަހަށް ކައިލް އިތުރު އެއްޗެކޭ ނުބުނެ ފުރަތަމަވެސް ނަގާލީ އޭނާގެ ފޯނެވެ. އަދި ފޯނު ކަންފަތުގައި ޖަހާލީ މާހިރުބޭގެ ނަންބަރައް ގުޅާލަމުންނެވެ.

ކޯލް

ކައިލް: “ހަލޯ.. އެބައިންތަ ސައިކެއް.. އެބަ ޖެހޭ ވައިފް ގޮވައިގެން ކުޑަ ތަނަކައް ޖައްސާލަން..”

މާހިރު:  ‘އާން.. އެބައިން.. ކިހާ ހިސާބަކަށް ދާންވީ..”

ކައިލް: އާދޭ އަވެލި ރެސްޓޯރެންޓާއި ދިމާއައް.. ކައިލްމެން މިތިބީ މިތާގަ..”

“އޯކޭ.. އެބަ ގާތްކުރަން..”

ކޯލް ނިމުމުން ކައިލް ފޯނު ޖީބައް ލިއެވެ. އޭރު އެތަނުގައި ހުރި ގެސްޓް ކުޑަކުއްޖެއްގެ ކައިރީގައި އެލައިރާ ހުއްޓެވެ. އެކުއްޖާވެސް އެލައިރާޔައް ފޯރި އެބަހުއްޓެވެ. ހީވަނީ އެނގިގެން ވާހަކަދައްކާ ހެންނެވެ. އެވަގުތު ކައިލްގެ ހިތައް އެރިއެވެ.

“ޝީ ވިލް މޭކް އަ ގްރޭޓް މަމް..” ކައިލް ހިތާއި ހިތުން ބުނެލިއެވެ. މާގިނަ އިރުތަކެއް މަޑުކުރާކައް ނުޖެހުނެވެ. މާހިރުބޭ ސައިކަލެއް ހިފައިގެން އައިއްސިއެވެ. ސައިކަލު ދިނުމައްފަހު އެހެން ކުއްޖެއްގެ ސައިކަލެއްގެ ފަހަތައް އަރައިގެން ހިނގައްޖެއެވެ.

“އެލައި.. އާދޭ ދާން..” ސައިކަލައް އަރަމުން ކައިލް ގޮވައިލިއެވެ. އެޔާއެކު ގެެސްޓް ކުއްޖާގެ ގައިގައި ބައްދާލައިފައި އައިސް ސައިކަލް ކައިރީގައި ހުއްޓުނެވެ.

“އަމް.. ކިހިނެތް އަރަނީ..” އިސްދަށައްޖަހައިގެން ހުރެ އެލައިރާ އަހާލިއެވެ.

“އަދި އަލައްތަ ސައިކަލަކައް އަރަނީ..” ހައިރާންވެފައި ހުރެ ކައިލްއައް އަހާލެވުނެވެ..

“ނޫ..ނޫ..ނޫން.. ބައްޕަގެ ފަހަތައް އެކަނި އެރީ.. ” އިނގިލިތަކާއި ކުޅެލަމުން އެލައިރާ ބުނެލިއެވެ.

” ގެޓް ޔޫޒްޑް ޓު މީ ނައު.. ދެން ގިނަވަގުތު އެއްކޮއް އުޅެން ޖެހިދާނެ…” ހިނިތުންވެލަމުން ކައިލް ބުނެލިއެވެ. އިރުކޮޅަކު މަޑުކޮއްލުމައްފަހު އެލައިރާ ކައިލްގެ ފަހަތައް އަރާލިއެވެ.

” ބާރަށް ހިފަހައްޓައްޗޭ..” ކައިލް އެހެން ބުނެލުމައްފަހު ސައިކަލް ދުއްވަން ފެށިއެވެ. ކައިލް ގަސްދުގައި ބާރަށް ދުއްވީ އެލައިރާ ކައިލްއާއި ކައިރިޔައް ގެނެއުމަށެވެ. އެކަން ވެސް ކާމިޔާބު ވިއެވެ. ކައިލް ބާރަށް ދުއްވާވަރަކައް އެލައިރާ ކައިލްގެ ގައިގައި ބައްދާލައެވެ. މިގޮތައް ނަމަވެސް އެލައިރާ ކައިރީގައި ހުންނަން މިހާރު ކައިލް ބޭނުމެވެ. މާގިނަ އިރުތަކެއް ނުވެ ބީީޗްއައް އާދެވުނެވެ. އެލައިރާ ސައިކަލުން ފޭބުމައްފަހު މަޑުމަޑުން ހިނގަމުން ގޮސް މޫދާއި ކައިރީ އިށީންދެލިއެވެ. ކައިލްވެސް ސައިކަލް ޕާރކް ކޮއްލުމައްފަހު އައިސް އެލައިރާގެ ކައިރީގައި އިށީންދެލިއެވެ. ޖެހެމުންދިޔަ ވައިރޯޅިޔާއި، މޫދުގެ އަޑު އިވެން ފެށުމުން ވަރަށް ހިތްހަމަޖެހެއެވެ.

“ކައިލްއައް އިނގޭތަ… އަހަރެން އެންމެ ފުރަތަމަ މިރަށައް އައީ އުމުރުން 6 އަހަރުގަ” އެލައިރާ މަޑުމަޑުން ބުނެލިއެވެ. “މަންމަ ބަލިވުމުގެ ކުރިން.” ކައިލް އަޑުއަހަމުންދިޔައެވެ.

“ކިތަންމެ ކުޑަޔަކަސް އަދިވެސް އެދުވަސްތައް މަތީން ހަނދާންވޭ… މަންމަ ނުލާ ހޭދަވާ ކޮންމެ ސިކުންތުކޮޅެއްގަވެސް އަބަދުވެސް ހިތައް އަރާ ކީއްވެބާއޭ މަންމަ އަހަރެން ދޫކޮއްފަ ދިޔައީ..” އަޑުގައި ކުޑަ ތުރުތުރުއެޅުމެއް ހުރިނަމަވެސް ހިތްވަރުކޮއްފައި އެލައިރާ ވާހަކަދެއްކިއެވެ.

“ސޮރީ.. ކުރިން އެނގުނުނަމަ އެހެން ރަށަކައް ބަދަލުކޮއްލީމުސް” އެލައިރާގެ އަތުގައި ހިފާލަމުން ކައިލް ބުނެލިއެވެ. “އެލައިއައް ބުނެވެންޏާ.. އަހާލަން ބޭނުން.. މަންމަޔައް އަސްލު ވީ ކިހިނެތްކަން..” ކައިލް މަޑުމަޑުން އަހާލިއެވެ.

ފުން ނޭވާއެއް ދޫކޮއްލުމައްފަހު އެލައިރާ ފެށިއެވެ. “މަންމަ ވަރަށް ބަލިވީ.. ހުމެއް ޖެހިގެން.. ވަރަށް ގިނަ ދުވަސްވަންދެން ހޮސްޕިޓަލުގަ ވެސް އޮތް.. އޭގެ ފަހުން މަންމަޔާއި މައްޕަ ވަރަށް ހިފާނެ.. ނޭނގެ ކީއްވެގެންކަމެއް.. ބައްޕަވެސް ހުންނަނީ ފާޑަކައް.. ބައެއްފަހަރު އަހަންނާވެސް ވާހަކަ ދައްކަނީ.. މަންމަ ކައިރި އެހީމަ ބުނާނެ “ދަރިފުޅާއޭ.. މަންމަޔައް މާފްކޮއްދެއްޗޭ..” އެކަމް.. ނޭނގެ ކޮންކަމަކައްކަމެއް.. އެހީމަ ބުނާނެ “ދަރިފުޅައް އެނގޭނެޔޭ ފަހުން” އެލައިރާ ކުރިޔައްދިޔައެވެ. މިފަހަރު އަސްލައް ވެސް އޭނާގެ ލޮލުން ކަރުނަ އަންނާންފެށިއެވެ.

“އެހެން އުޅެނިކޮއް.. އެއްދުވަހަކު.. އަހަރެން ދިޔައީ މަންމަޔައް ބޭސްދޭންވެގެން.. އެކަމް.. ދިޔައިރު.. މަންމަގެ މުޅިއަގައިން ހުސް ފޮނަ އަރާފައޮތީ.. އަތުގަ އޮތް ފުޅިއެއްވެސް.. އަހަރެން ބައްޕަޔައް ގޮވީ.. ހޮސްޕިޓަލައް ގެންދިޔުމުގެ ކުރިންވެސް އޮތީ މަރުވެފަ.. ބައްޕަ ކައިރީ ކޮންމެދުވަހަކު އޭރު އަހަރެން އަހަން.. މަންމައައް އެހެން ހެދީ ކާކުހޭ…؟ އެކަމް.. ބައްޕަ އަބަދުވެސް ބުނަނީ އެއީ މަންމަ އަމިއްލަޔައް ކުރި ކަމެކޭ.. އެކަމް.. އަހަންނަކައް ހިޔެއް ނުވޭ މަންމަ އެވަރުގެ ކަމެއް ކޮއްފާނެހެނެއް.. އޭގެ ފަހުން ނުކެރޭ އަހާކައް.. ބައްޕަވެސް ހުންނަނީ އަބަދު ރުޅި އައިއްސަ… ސަފާނާޔާއި އިން ފަހުން އަދި ވަކިން މާ ޗޭންޗް… މަންމަ ދުނިޔެ ހުރިއިރުވެސް އޭރު ސަފާނާ އަންނާނެ ގެޔައް.. ބައެއްފަހަރު.. އެދެމީހުން އެއްކޮއް އުޅޭތަން ފެނި މަންމަ ވަރަށް ރޯނެ.. އޭރު ނުވިސްނުނަސް މިހާރު އިނގޭ މަންމަ އެވަރަށް އެރޮއީ ކީއްވެކަން.. ލޯ ކުރިމަތީ އެންމެ ލޯބިވާ މީހާ ބޭވަފާތެރިވާތަން ބަލަން ކެތްވާނީ ކާކައް؟ ” ވާހަކަދައްކައި ނިމުން އިރު އެލައިރާޔައް އިނީ ހަމަ ރަނގަޅައްވެސް ރޮވިފައެވެ. ކައިލްގެ ސިކުނޑީގައި އިތުރު ސުވާލުތަކެއް އުފެދޭންފެށިއެވެ. އެލައިރާގެ މަންމަގެ މަރު ކައިލްއައް އެނގިފައި ވާގޮތުގައި ވީ ހުމެއްޖެހިގެންނެވެ.. އެކަމް.. އެލައިރާގެ ވާހަކަތައް ހުރިގޮތުން އޭގައި ކޮންމެވެސް ނުބައެއްވެއެވެ. މިވާހަކަތައް ގެޔައް ގޮއްސައި ބައްޕަޔާއި ހިއްސާކުރަން ކައިލް ނިންމިއެވެ.

“ދެން ނުރޮއެ އެލައި.. އެލައިގެ މަންމަ މިހާރު އެވީ މާ ރައްކާތެރި ތަނަކު.. ކައިލް އުފާކުރަން އެލައިއައް އެލައިގެ މަންމަ އެއްފަހަރުނަމަވެސް ފެނުނީތީ..” އެލައިރާގެ ބޮލުގައި ފިރުމާލަމުން ކައިލް ބުނެލިއެވެ.

“ތިބުނީ.. ” ކަންބޮޑުވެފައި އިނދެ އެލައިރާ އަހާލިއެވެ.

“މިބުނީ.. ކައިލް ދެވަހަކުވެސް ކައިލްގެ މަންމައެއްް ނެދެކެން.. އުމުރުން އެންމެ 3 އަހަރުގަ މަންމަ ދިޔައީ.. ކުޑަކޮއްވެސް ސިފައެއްނުވޭ.. ބައްޕަ ބުނި މަންމަ އެހެން މީހަކާއި އިނދެގެން ދިޔައީ އަހަރެން ބައްޕަގެ ބޮލައް ޖަހާފަ.. އޭރުއްސުރެއް އަހަރެންގެ ހަމައެކަނި ހުރިހާ ވެސް މީހަކީ ބައްޕަ.. ކުޑައިރު މަންމަނެތަސް އަހަންނަކައް ދުވަހަކުވެސް ބައްޕަ އެކަމެއް އިހްސާސްކޮށެއް ނުދޭ.. މިއަދު އަހަރެން މިހާ ކާމިޔާބު މީހަކައް ވުމުގެ ސިއްރަކީ ވެސް ހަމަ އެބައްޕަ.. ބައްޕަގެ ދުލުން ބުނި ކޮންމެ ކަމެއް އަހަރެން ކުރާނަން..” މޫދާއި ދިމާއައް ބަލަހައްޓައިގެން އިނދެ ކައިލް ވާހަކަދެއްކިއެވެ..

” އެހެންވީމަ.. މި ކައިވެނި ވެސް ތި ކުރީ ބައްޕަ ބުނީމަތަ..؟ މިހުރިހާ ކަމެއް.. ތިކުރަނީ ބައްޕަ ބުނީމަތަ..؟” މަޑުމަޑުން އެލައިރާ އަހާލިއެވެ.

“ތެދައް ބުނަންޏާ.. ކައިލް އެލައިއާ އިންނަން އެއްބަސްވީ ބައްޕަގެ ބުނުމުގެ މަތިން.. އެކަމް.. އެލައިއާ އެކު ހޭދަވި މިކުޑަ ދުވަސްކޮޅުތެރޭގަ.. ކައިލްއައް ބުނެދޭންނޭނގޭ ހިތްހަމަޖެހުމެއްލިބުނު.. ނޭނގެ އެލައިއައް ފީލް ނުވާކަމެއް.. އެކަމް.. ކައިލްއައް ހީވަނީ.. ކުޑަކޮއް.. އެލައިދެކެ ލޯބިވެވިއްޖެހެން.. ކިހިނެތް.. ކޮންއިރަކު.. ކީއްވެ ވީ ކަމެއްކަންވެސް ނޭނގެ.. އެނގޭހާވެސް އެއްޗަކީ.. ކައިލްގެ މި ފަޅު ދިރިއުޅުމުގެ ކުލަ މީހަކު ދެވަނަފަހަރައް ޖައްސައިދީފިކަން..” އިންތަނުން ތެދުވަމުން ކައިލް ބުނެލިއެވެ.

“ހިނގާ ދާން ދެން ގެޔައް ދާން.. މިހާރު އެބަ ވާރޭ ބޯވާހެން ހީވޭ..” ސައިކަލާއި ދިމާއައް ހިނގައި ގަންނަމުން ކައިލް ބުނެލިއެވެ. ދެންމެ އެދެއްކި ވާހަކަތަކައް އެއްޗެކޭ ބުނަންނޭނގިފައި އެލައިރާޔައް އިނދެވުނީއެވެ.. “ކައިލްއައް ހީވަނީ.. ކުޑަކޮއް.. އެލައިދެކެ ލޯބިވެވިއްޖެހެން” އެ ބަސްތައް ސިކުނޑީގެ ތެރޭގައި ހުއްޓުމެއް ނެތި އެނބުރެމުން ދިޔައެވެ. އެލައިރާޔައް ވެސް އެކަހަލަގެ އިހުސާސެއްކުރެވެއެވެ.  ނަމަވެސް ކައިލް އައް ލިބުނު ހިތްވަރެއް އޭނާގެ ގަޔަކު ނެތެވެ. މަޑުމަޑުން އިން ތަނުން ތެދުވެ ގޮސް ކައިލްގެ ސައިކަލް ފަހަތައް އަރާލިއެވެ. މިފަހަރު ސައިކަލް ދުއްވީ ވަރަށް މަޑުންނެވެ. ދެމީހުންގެ މޫނުމަތީންވެސް ފެންނަނީ މަޑުމައިތިރިކަމެވެ. އިރުކޮޅެއްގެ ތެރޭގައި ގެޔާއި ހަމަޔައް އާދެވިއްޖެއެވެ. އެޔާއެކު އެލައިރާ އަވަސް އަވަހައް ސައިކަލުން ފޭބިއެވެ. އަދި އެތެރެޔައް ވަނެވެ. ކައިލްވެސް މާހިރުބޭގެ އަތައް ސައިކަލް ހަވާލުކޮއްލުމައްފަހު ކޮޓަރިޔާއި ހަމަޔައް ދިއުމައް ހިނގައިގަތެވެ.


އެރޭ އެލަިރާޔައް ނިދިފައި އޮތް ވަގުތު ބަލާފައި ކައިލް ގޮސް އޭނާގެ ބައްޕަޔައް ފޯނު ކޮއްލިއެވެ. އަދި އެރޭގައި އެލައިރާ ދެއްކި ވާހަކަތައް ކިޔައިދިނެވެ. ބައްޕަ އެކަމާއި އުޅޭނަމޭ ބުނުމުން ކައިލް ކުޑަކޮއް ހަމަޖެހުނެވެ. ބައްޕަގެ އެޖެންޓުންނަކީ ކަމެއް ހޯދަން މަސަތްކަތް ކުރަންޏާ އަބަދުވެސް އެކަމެއް ހޯދާނޭ ބައެކެވެ. ފޯނު ބޭއްވުމައްފަހު އެނބުރި ކޮޓަރިޔައް ވަދެ އެނދުގައި އޮށޯވެލިއެވެ. އެވަގުތު ކައިލް ސިހުނީ މަޑު ގިސްލުމަކުން ރޯ އަޑު އިވޭތީއެވެ. އެލައިރާޔާއި ދިމާއައް ބަލާލިއިރު އޭނާގެ ދެލޯ ވަނީ މެރިފައެވެ. އެރޮނީ ނިދީތެރޭގައި ކަން އެނގުމުން ކައިލް ދެތިންފަހަރަކު އެލައިރާގެ ނަމުން ގޮވާލިއެވެ.

“އެލައި.. ހޭލަބަ” ކައިލް މަޑުމަޑުން ގޮވާލިއެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނައެވެ. ކައިލް އަނެއްކާވެސް ގޮވާލިއެވެ. އެވަގުތު ސިހިފައި ކުއްލިޔަކައް އެލަިރާޔައް ހޭލެވުނެވެ. އޭރު މާނޭވާ ވެސް ލަނީއެވެ. އެހެން އިނުމައްފަހު ކުއްލިޔަކައް ކައިލްގެ ގައިގައި ބައްދާލިއެވެ.

“އިޓްސް އޯކޭ.. ކައިލް މިހުރީނު.. ކާމް ޑައުން..” އެލައިރާގެ އިސްތށިގަނޑުގައި ފިރުމަމުން ކައިލް ބެލީ އޭނާ ހަމަޔަކައް އެޅުވޭތޯއެވެ. ކުޑއިރުކޮޅެއްގެ ފަހުން އެލައިރާ ކުޑަކޮއް ހަމަޔަކައް އެޅުނެވެ.

“ސޮރީ..” އަތުގައި އިން ފެން ތަށި ކައިލްގެ އަތައް ދެމުން އެލައިރާ ބުނެލިއެވެ.. ” ބިރުން ހުރި ވަރުން.. އެހެން ހެދުނީ.. ސޮރީ..”

“ޝުޝް… އެލައި ކޮންމެވަގުތަކު ކައިލްގެ ގައިގައި ބައްދާލިޔަސް ކައިލް ނުބުނާނަން ދޫކޮއްލާށެކޭ.. އެންޑް މިހާރު ތީ ހަމައެކަނި ކައިލްގެ މީހެއް.. އެލައި އެއްވެސް ކަމެއް އެކަނި ހޭންޑަލް ކުރާކައް ދެނެއް ނުޖެހޭނެ.. އައި ޕްރޮމިސް…” ކައިލްގެ މެޔާއި އެލައިރާ ކައިރިކޮއްލަމުން ކައިލްބުނެލިއެވެ.

“ސްލީޕް.. އައި އޭމް ހިއާރ..” މިފަހަރު އެލައިރާ އިތުރު އެއްޗެކޭ ނުބުނެއެވެ. މާ ގިނައިރުތަކެއް ނުވެ އޭނާޔައް ނިދިއްޖެއެވެ. އެލައިރާޔައް ނިދުނުކަން ޔަގީންކޮއްފައި ކައިލްވެސް ނިދަން ދެލޯ މަރާލިއެވެ.

 

 

 

 

 

 

 

 

 

 

Share Article

Follow Me Written By

Twinklebean

Level 110 Stories

Other Articles

Previous

ހިތް އެދޭހާ ކަމެއް.. (35 ވަނަބައި)

Next

ޖަވާހިރުގެ ބާރު – 9

Next
February 21, 2026

ޖަވާހިރުގެ ބާރު – 9

Previews
February 20, 2026

ހިތް އެދޭހާ ކަމެއް.. (35 ވަނަބައި)

2 Comments!

  1. Anonymous says:
    March 31, 2026 at 8:31 pm

    Mihaaru mi vaahaka nugenesdhe neetha??

  2. Anonymous says:
    April 7, 2026 at 11:38 am

    Mivaahaka kiyaalan libeynee kondhivahakun t

Comments are closed.



All Right Reserved!