ދެވުނީ ވޭނޭ 48
“ކަލޭ ކޮންމެ ގޮތެއް ހަދާފަ ވިޔަސް ނާއިލްގެ ބޮލަށް މައްސަލަ ނުކެނޑޭނެ ގޮތެއް ހަދާތި. މި ކަހަލަ ޅަ އެއްޗެއް އަޅައިގެން ލޯޔަރ ލައިސެންސް ގެއްލުވާލިޔަކަ ނުދޭތި. މަށަށް ވަރިހަމަ ހެކި ފެބްރިކޭޓް ކުރިޔަސް.” ފޯނުން މީހަކަށް ގުޅައިގެން ހުރެ ޢަލީ އަހުމަދު ވާހަކަ ދައްކަމުން ދިޔައެވެ. އޭނާ ހުރީ ނާއިލް މި ކުރި ކަމެއްގެ ސަބަބުން ރުޅިއައިސްގެން އަނެއް އަތަށް އަޅައިފައެވެ.
އަރީން ހޭ އަރަންދެން ޒަވިއަން ގެއަށް ނުގޮސް އޭނާގެ ގާތުގައި އިނެވެ. އަރީން ހޭ އެރީ މެންދުރުވަނިކޮށެވެ. އެންމެ ފުރަތަމަ ވެސް އޭނާ އަތް އަޅާލީ ބަނޑުގައެވެ. “އަހަރެންގެ ދަރިފުޅަށް ގޮތެއް ނުވޭދޯ” ދަރިފުޅާއި މެދު ކަންބޮޑުވެފައި ހުރެ އަރީން ބުނެލިއެވެ. ޒަވިއަން ބޯ ޖަހާލުމުން އަރީންގެ ހިތުގައިވީ ނުތަނަވަސްކަން ފިލައި، ހަމަޖެހުމުގެ އައްސޭރިއަކަށް ދެވުނު ކަހަލައެވެ.
“އަންނަ އަންގާރަ ދުވަހު އޮންނާނެ ކޯޓު އަޑުއެހުން. ވީ ހުރިހާކަމެއް ތަފްސީލު ކުރަން ޖެހޭނީ ރީން. ބިރުނުގަނެ ތެދުތެދަށް ހުރިހާ ކަމެއް ހިއްސާ ކުރާތި. ދެން އެމީހުން ރީން އަށް ގޮތެއް ހަދާލިޔަކަ ނުދޭނަން އިންޝާ ﷲ.” ޒަވިއަން ބުނެލިއެވެ. އަރީން އެންމެ ރަނގަޅޭ ބުނެލިއެވެ.
އަރީންގެ ޙާލަތު ވަޒަން ކުރަން ޑަކުޓަރުން އައުމުން ޒަވިއަން އެ ފުރުސަތު ދީފައި އެ ޕްރައިވެޓް ރޫމުން ނުކުތެވެ. ފޯނު ނަގައިފައި އެ ވަގުތު އޭނާ ގުޅާލީ ލީވާނަށެވެ. “ރީނަށް ފާރަވެރިވާން ބަހައްޓަން ބޮޑީގާޑުން ހޯދާލަބަ. ވަރަށް ގާބިލު ކުޅަދާނަ އަންހެނުން ބޭނުންވަނީ. ނާއިލްމެން ގޮޅިއަށް ލިޔަސް ބަޔަކު ރީނަށް ލޯ އަޅާފާނެ. ނާއިލްގެ ބައްޕަ ފަހަރެއްގަ ބަދަލު ހިފާލަން އައިސްދާނެ.” ޒަވިއަން ބުނެލިއެވެ.
ފޯނު ކަނޑާލައިފައި ޒަވިއަން އަނބުރާ އެ ޕްރައިވެޓް ރޫމަށް ވަނެވެ. ގޮނޑީގައި އިށީނދެފައި އޭނާ ޔަނާލް މެންނަށް ގުޅައިފައި އަރީން ހޭއެރި ވާހަކަ އަންގާލިއެވެ. ދެން އެއްވެސް އެއްޗެއް ނުބުނެ އަރީނަށް ބަލަން އިނީއެވެ. ޒަވިއަނަށް ދައްކާނެ ވާހަކައެއް ނޭނގުނެވެ. އަދިވެސް އަރީނާއި ކުރިމަތިލާން އޭނާ ލަދުގަނެއެވެ. އޭނާ އަރީނަށް ކުރި ގޯނާތައް މަތިން ހަނދާންވެ ކުށްވެރިކަން އިޙުސާސް ވެއެވެ. އެ ކަންތައްގަނޑު ރިޕޯޓު ނުކޮށް ހުންނަނީ އަރީންގެ އެދުމަށެވެ.
ޒަވިއަންގެ ތޫނު ނަޒަރު އަމާޒުވެފައި ހުރި ކަން އެނގުމުން ފިނިވެފައި ހުރެ އަރީން ފަރާތް ފަރާތަށް ކަޅި ހިންގަމުން ދިޔައެވެ. ޒަވިއަނާއި ވާހަކަ ދައްކަން އޭނާ ހުރީ ފަސްޖެހިފައެވެ. ޒަވިއަން ހިތްހަމަނުޖެހިދާނެ ކަމަށް ބިރުންނެވެ. ޒަވިއަން އޭނާ އާއި މެދު ކަންތައް ކުރި އިހާނެތިގޮތުގެ މަތިން ހަނދާން ނައްތާލާ ކުރިއަށްދާކަށް ފަސޭހައެއް ނުވާނެ ތާއެވެ.
“އަހަރެންނަށް މާފުކުރޭ! އަހަރެންނަކަށް ނޭނގޭ ރީން އަށް… ރީން އަށް ނާއިލް ހެރޭސްކުރަމުން ދިޔަ ކަމެއް. ނޭނގޭ ޝައުލާ ރީނަށް ގެއްލުން ދޭން އަމާޒުކުރި ކަމެއް. ރީން… ރީން ރައްކާތެރި ކުރަން ޖެހޭނެ ފަރާތް ކަމުގައި ވެ ހުރެ… އަހަރެންނަށް އެއް ކަމެއް ވެސް ކުރެވިފަކާ ނެތް. ވޭނުގެ މައްޗަށް އިތުރު ހިތާމަ… އިތުރު ދެރައެއް ދެވުނީ. ނާއިލް އަށް ވުރެ އަނިޔާވެރި… ގޮތަކަށް އުޅެވުނީ. އައިމް ސޮރީ… އަހަރެން… އަހަރެން ބޭނުން ރީނަށް އިންސާފު ހޯދަދޭން. އެކަން… އެކަން އެންމެ ފުރިހަމައަށް ކުރެވޭނީ އަހަރެން ވެސް ކުށަށް އިއުތިރާފު ވެގެން.” ޒަވިއަން އިސްޖަހާލަމުން ބުނެލިއެވެ. އަރީނަށް ތެދުވެ އެނދުގައި ލެނގިލެވުނެވެ. ޒަވިއަންގެ އަޑުގައިވާ މަޑުމޮޅިކަމާއި ސާބިތުކަން ފާހަގަވުމުން އަރީނަށް ހިން ދިރުވާލެވުނެވެ. ޒަވިއަން ޙަޤީޤަތުގައި ވެސް އިސްލާޙުވެއްޖެ ކަމަށް ބުނެ ހިތް ހަރު އަޑުން ގޮވަން ފެށިއެވެ. ކުރިން ރީތިކޮށް އަރީނާއި މުޚާޠަބު ނުކުރާ ޒަވިއަން މިހާރު މުޅީން ވެސް ވާހަކަދައްކަނީ އިޙުތިރާމާއި އެކުގައެވެ. ކުރިން އޭނާގެ ދިފާޢުގައި އިނގިލި ކުރި ވެސް އުފުއްލާލައިފައި ނުވާ ޒަވިއަން މިއަދު އެ ހުރީ އޭނާއަށް ޓަކައި ހިތާ ފުރާނައިން ޤުރުބާންވާން ތައްޔާރަށެވެ. ނުވީތާކަށް އަމިއްލަ ކުށް ޤަބޫލުކޮށް އެކަމަށް ޙައްޤު އަދަބު ލިބިގަންނަން ތައްޔާރަށެވެ.
“ކޭން އައި ޓޭކް ދެޓް އޭޒް އެ ޔެސް؟” އެނދުމަތީގައި އަތް ވިއްދާލަމުން ޒަވިއަން އެހީ އަރީންގެ ދެލޮލަށް ފުން ނަޒަރެއް ދެމުންނެވެ. އަރީން ނޫނެކޭ ކިޔާ ބޯ ހޫރާލައިފިއެވެ. “އެކަމް…” ޒަވިއަން ވާހަކަ ދައްކަން ފެށުމާއި އެކު އަރީން އެ އަނގަމަތީގައި އަތް އެޅިއެވެ.
“ޒެވް ކުރި ކުށަށް ތައުބާ ވެއްޖައިމެއްނު. ބަދަލުގައި މީގެފަހުން އަހަރެންނަށް އޯގާތެރިވާނެ ކަމަށް ބުނީމެއްނު. ދެޓްސް މޯރ ދެން އިނަފް. ކޮންމެހެން މައްސަލަ ކޯޓާއި ހަމައަށް ގެންދިއުން ވާޖިބެއް ނޫން. މިހާ ހިސާބުން ޒެވް އެ ކަންތަކުގެ މަތިން ހަނދާން ނައްތާލާ. އައި ހޭވް އޯލްރެޑީ އެކްސްޕްލެއިންޑް ޔޫ ދި ރީޒަންސް ފޯރ މައި ޑެސިޝަން. ދެން ޝައުލާ އާއި ނާއިލް. އެ މީހުންނަކީ ފުރާވަރުގައި ވެސް އަހަރެންނަށް އުނދަގޫ ކުރަމުން ދިޔަ ދެމީހުން. ޝައުލާ އަހަރެންނަށް ބެހެން ފެށީ ޒެވް އާއި ގުޅުނީމަ. ނާއިލް އަކީ އެ އުމުރުން ފެށިގެން އަހަރެންނާއި އަޅައިގަނެފަ ހުރި ފިރިހެނެއް. އޭނާއަށް އާނ ބަސް ނުދިނީމަ ގަދަކަމުން އަހަރެން ޙާސިލުކުރަން މަސައްކަތް ކުރަނީ. އަދިވެސް އެމީހުން ތިބީ އަހަރެންނާއި ދެކޮޅަށް. އެ މީހުންގެ ކިބައިން ސަލާމަތްވެވޭނީ މިފަހަރު ރަނގަޅު އަދަބެއް ދީގެން.” އަރީން އެހެން ބުނެލީ ޒަވިއަންގެ ދެލޮލުން ނަޒަރު ވަކިކޮށްނުލާ ހުރެއެވެ. ޒަވިއަންގެ ހޫނު ނޭވާ އަތަށް އެޅެމުން ދިޔަ ގޮތުން ވެސް އަރީންގެ ހިތް އަވަސްކުރުވައިފިއެވެ.
އަރީންގެ އެ ގާތްކަމުގެ ސަބަބުން ޒަވިއަންގެ ލޭނާރުތަކުގައި ލޭ ހިނގަމުން ދިޔަ މިންވަރު އަވަސްވެ ހިތުގެ ހަމަޖެހުން ނަގާލައިފިއެވެ. އެ ސާފު ދެލޮލުން އޭނާއަށް ފެންނަމުން ދިޔައީ މިންނުކުރެވޭނެހާ ފުން ލޯތްބެކެވެ. މި ހިތްހެޔޮ ކަމާއި އޯގާތެރިކަން ފާހަގަވެ ޒަވިއަނަށް ބޭއިޚްތިޔާރުގައި ހީނލެވުނެވެ. މި މޮޔަ އަންހެންކުއްޖާ އޭނާއަށް ޓަކައި ނުކުރަނީ ކޮން ކަމެއް ހެއްޔެވެ؟ އެހާ ފުރިހަމަ އަނތްބެއް ދެއްވި ކަމަށް އޭނާއަށް ޝުކުރުވެރިވެވުނެވެ. އަރީން އަނބުރާ ޙަޔާތަށް ގެންނަން އެ ހިތް އެދެން ފެށިއެވެ. އަރީންގެ ހިތްތިރިކަމުގެ ބަދަލަށް އެންމެ ގާތުން ޚިދުމަތްކުރަން ބޭނުންވިއެވެ. އެ ހީނަރުވެ، ނުތަނަވަސްކަމުގެ ހިޔަނި އެޅިފައިވާ ގުޅުން ބަދަހިކުރަން ނަފްސު ގޮވާލިއެވެ.
އަފްޒަލް ގޮސް އަރީން ބާއްވައިފައި އޮތް ކޮޓަރިއަށް ވަންނަން އުޅެނިކޮށް އޭނާ ހުއްޓުވީ ޔަނާލެވެ. އޭނާ ލޮލުން އިޝާރާތްކޮށްލީ އެތެރެއިން ފެންނަމުން ދިޔަ މަންޒަރަށެވެ. އެމީހުންނަށް ފެންނަމުން ދިޔަ ގޮތުން ހީވަނީ ދެމަފިރިންގެ ދެމެދުގައި ލޮބުވެތި ވަގުތުކޮޅެއް ހިނގަމުން ދިޔަހެންނެވެ.
އެކަކު އަނެކަކުގެ ލޮލަށް ގެއްލި ހުސްވެފައިވީވަރުން ޒަވިއަންމެންނަށް ވަށައިގެންވީ މާޙައުލުގެ އަޑާއި މަންޒަރު ފުސްވެފައިވާ ކަހަލައެވެ. ދެމީހުން ކުރެ އެކަކު ވެސް އިސްވެ ދުރަށް ޖެހިލާކަށް ބޭނުމެއް ނުވިއެވެ. ޒަވިއަންގެ ގާތުގައިވުމުން ޒަޚަމުވެފައިވީ އަރީންގެ ހިތަށް ޝިފާ ލިބެމުން ދިޔަ ކަހަލައެވެ. އަޖައިބެއް ފަދަ ކަމެކެވެ. ކުރިމަތީގައި މިހުރީ ފަހަކާއި ޖެހެންދެން އޭނާގެ ނަފްސާއި މުޅި ވުޖޫދު ކަރުނައިން ތެންމާލި ރަޙުމްކުޑަ ޒުވާނާއެވެ. އެހެނަސް ޒަވިއަން މަޢާފަށް އެދި އަމިއްލަ ނަފްސު އިސްލާހުކުރުމަށް ގަދައަޅާ މަސައްކަތް ކުރަމުން ދާން ފެށުމުން އަނެއްކާވެސް އެ ހިތުގެ ކޮންމެ ވިންދެއް ޒަވިއަންގެ ނަމުން ގޮވާލައި އެ ލޯބީގެ ހިޔަލަށް އެދެން ފެށީއެވެ. އަމިއްލަ ހިތުގެ ހުންގާނު އަތުން ދޫވެފައިވާކަން އިހުސާސްވީ ހިނދު، ހާސްކަމާއެކު އަރީނަށް ތުންފަތުގައި ދައިގަނެވުނެވެ.
ޓަކި ޖަހާލުމަށް ފަހު އަފްޒަލް އެތެރެއަށް ވަންނަން ގަސްތުކުރީ މާ ގިނަ އިރު ވާން ފެށުމުންނެވެ. މި އަޑަށް ސިހިފައި ދެމީހުންނަށް ދުރަށް ޖެހިލެވުނެވެ. އަރީން ލަދުގަތް ވަރުން އޭނާގެ ދޮން މޫނު ރަތްވެގެން ދިޔަ ގޮތުން ހީވަނީ ތާޒާ ރަތް ފިނިފެންމަލެއް ފޮޅުނު ހެންނެވެ.
ޒަވިއަން ދެން މިސްރާބު ޖެހީ އެ ތަނުން ނުކުންނާށެވެ. އޭނާ ދިޔައީ އަރީން ހުންނަ ހޮޓެލް ރޫމް މިހާރު ހުރި ގޮތެއް ބަލާށެވެ. އެތަނުގެ ސެކިޔުރިޓީ މަތިކުރަން ޒިޔާދު ވަނީ މަސައްކަތް ފަށައިފައެވެ. އަރީން އަނބުރާ ގެއަށް ނުދާނެތީ ހުންނަ ތަނެއްގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ އޭނާ ޒިންމާއެއް ކަމަށް ދެކުނެވެ.
“އޭތް. ސޫމޯ. ތިޔަހެން ގެއްލިފަ އިންނާނެ ކަމެއް ނެތޭ. އިއްސޭ އެ ބުނީނުން އަރީންގެ ޙާލު ރަނގަޅޭ. މަސައްކަތަށް ބުރޫ އަރަންޏާ އަހަރެމެންނަށް ވެސް ގެއްލުން ކުރާނޭ.” ޒައިން ސުމައްޔާގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ. “އެ މައްސަލަ ބަލަނީ ވެސް ނިކަން އިތުބާރު ހިފޭ ބަޔެކޭ. އަހަރެމެންނަށް ވުރެ ވަކި ދެރައެއް ނުވާނެ.” އަފާފް ސުމައްޔާ ހިތްހަމަ ޖައްސާލެވޭތޯ ދެތިން އެއްޗެއް ބުންޏެވެ. “ދެން ހެވޭ. އައިލް ފޯކަސް.” ސުމައްޔާ ހަމަޖެހިލަމުން ކޮންޕިޔުޓަރަށް ނަޒަރު ހުއްޓާލިއެވެ.
ނާއިލްގެ ލޯޔާރ އޭނާ އާއި ބައްދަލުކުރަން އެދުނީ ވަކިންނެވެ. އެ ރޫމަށް ވަދެފައި ރީމާޒު ގޮނޑީގައި އިށީނެވެ. “ނާއިލް ބައްޕަ ބުނީ މައްސަލަ ޝައުލާގެ ބޮލަށް ކަނޑާލަން. ނާއިލް ޖެހޭނެ އަހަރެން ބުނާ ގޮތަކަށް ކޯޓުގައި ވާހަކަ ދައްކަން. އޭރުން ނާއިލްގެ ލޯޔާރ ލައިސެންސް ނުގެއްލި ސަލާމަތް ވެވޭނީ. އެކަމަކު މައްސަލަ އަކީ މިހާރު އެބަ ބަލާ ނާއިލް އާއި ދެކޮޅަށް ސެކްޝުއަލް ހެރޭސްމަންޓްގެ މައްސަލައެއް. ހުކުމް ލުއި ކުރަން އުނދަގޫވާ އަނެއް ގޮންޖެހުމަކީ އެއީ.” ރީމާޒު ބުނެލިއެވެ.
“މައްސަލަ ޝައުލާ ބޮލަށް ކަނޑާލަށޭ. ތި ބުނަނީ މަށޭތަ އަރީ ބަނޑަށް ވަޅި ހަރާލީ. ވަކި އެ ކަމަށް ދޮގެއް ހަދާނެ ކަމެއް ނެތް. އަހަރެންނެއް ނޫން އެ ކަން ރޭވީ ވެސް. ކިހިނެއްތަ ހެރޭސްމަންޓްގެ މައްސަލައެއް އައީ. ކާކު އެ ކަން ރިޕޯޓު ކުރީ؟” ނާއިލް ވާހަކަ ދައްކަމުން ދިޔައީ ހިތްހަމަނުޖެހިފައި ހުރެއެވެ. “ޒަވިއަން ޒިޔާދު. ހެކި ވެސް އެބަހުރި. ޖެހޭނީ އެއީ ފޭކް ކްލިޕްތަކެއް ކަމަށް ބުނެ އިންކާރު ކުރަން. އެ އަންހެން ކުއްޖާ އަށް ޖަވާބުދޭން ނުކެރޭ ކަހަލަ ގޮތަކަށް ސުވާލު ކުރީމަ ވީނުން. އޭރުން ފަހަރެއްގައި އެ ކަމުން ބޯ ދަމައިގަނެވިދާނެ.” ރީމާޒު ބުނެލިއެވެ.
“ދަރިފުޅު ދެން ދުވަސްކޮޅަކަށް މަންމަމެން ގާތަށް ބަދަލުވާންވީނުން. ދެމީހުން ދެމެދުގައި ތި ޖެހުނު ބޮޑު މައްސަލައެއް ޙައްލުވާން ދެން. ޢާފިޔައްތަ ބުނި ބޮޑު ކަމެއް ވީ ވާހަކަ. އަދި މަޢާފަށް ވެސް އެދުނު. މާގިނަ ތަފްސީލެއް ނުދޭ. އެކަމަކު ބަލާ ބެލުމަށް ހިޔެއް ނުވޭ މައްސަލައެއް ޖެހުނު ހެން ވެސް.” ޑިސްޗާޖް ކުރެވުނު ވަގުތު ޔަނާލް ބުނެލިއެވެ. “އަޅުގަނޑު ބޭނުމީ އިހަށް ހޮޓެލުގައި އުޅެލަން. މިކަމުގައި އަޅުގަނޑު ބޭނުން ގޮތެއް ހެދުމުގެ ފުރުސަތު ދެއްވާ.” އަރީން ފުރަތަމަ ފަހަރަށް ޔަނާލް ގާތުން ކަމަކަށް އެދުނެވެ.
“އެންމެ ރަނގަޅު. ދަރިފުޅު ބޭނުން ގޮތެއް. އެކަމަކު މަންމަ ބޭނުން އިރަކު ޒިޔާރަތް ކުރާނަން. އެހެން އުނދަގޫ ކުރިޔަސް ޝަކުވާ ނުކުރާތި” ޔަނާލް ބުނެލިއެވެ. އަރީން މައްސަލައެއް ނެތޭ ބުނެލިއެވެ. އެއަށްފަހު އެ ޕްރައިވެޓް ރޫމުން ނުކުމެގެން ދިޔައެވެ. އޭނާ އަނބުރާ ހޮޓެލަށް ދިޔައީ ޔަނާލާއި އެކުގައެވެ.
ރޭގަނޑަށް ހުސްވުމުން ސުމައްޔާ އެންމެ ފުރަތަމަ ވެސް ދިޔައީ އަރީންގެ ގާތަށް ހޮޓެލަށެވެ. “ހާދަ ބައިވަރު އެއްޗެހިނެއް ހިފައިގެންނޭ ތިޔައީ. ކޮންހާ ސާމާނެއް.” ސުމައްޔާގެ އަތުގައި އޮތް ބޮޑު ދެ ކޮތަޅު ފެނިފައި އަރީން އެހިއެވެ. “ކައިފިންތަ؟” ސުމައްޔާ ކޮށްލީ ސުވާލެކެވެ. އަރީން ބޯ ހޫރާލިއެވެ. “ރަނގަޅު. އަހަރެން މި އައީ ރީނަށް ކައްކާފަ ކާންދޭން. މި ގޮނޑީގައި އިށީނދޭ. ރިއަލިޓީ ޝޯ އެއް ގޮތަށް އަހަރެން ކައްކާތަން ބަލަން ތައްޔާރުވޭ.” ސުމައްޔާ ބުނެލިއެވެ. އަރީން ހީނލަމުން ގޮނޑީގައި އިށީނެވެ.
ސުމައްޔާ ބޭނުންވާ ތަކެތި އަތުރާލައިފައި އުޅުނީ ވައިޓް ސޯސް ޕާސްތާ ކައްކާށެވެ. ކެއްކުމަށް ނުފަރިތަކަމުން އަރީންނަށް ނުހީ އިނދެވެނީ ކިރިޔާއެވެ. އެހީވާން ތެދުވަންނައިރަށް ސުމައްޔާ ދެލޯ އަޅާލަމުން އިށީންނަން ބުނާތީ އެ ތަނުގައި ހިމޭނުން އިނީއެވެ.
“އޫހް. މި ހިރީ. ކާހިތްވާ ވައްތަރު ޖަހާދޯ.” ސުމައްޔާ ތަށްޓަކަށް ޕާސްތާ ރީތިގޮތަށް އަޅާ ތައްޔާރު ކޮށްލައިފައި އަރީންގެ ކުރިމަތީގައި ކައުންޓަރު މަތީ ބެހެއްޓިއެވެ. އޭރު ސުމައްޔާގެ ބުރުގަލަށް ޗީޒް އެޅިފައި ހުއްޓެވެ. ހެދުމުގައި ހަރުލައިފައި ޕާސްތާ ކޮޅެއް އޮތެވެ. އެއް އަތުކުރި ރީއްޗަށް އޮޅާލެވިފައި ވިއެއް ކަމަކު އަނެއް އަތް ނުއޮޅާ ދޫކޮށްލެވިފައި ވިއެވެ. އެ އަތް އޮތީ ވަކި ވަރަކަށް ތެމިފައެވެ.
“ހެހެހެ. އާން މީރު ވައްތަރު ޖަހާ.” އަރީން ހިނިގަނޑެއް ޖަހާލައިފައި އުލުން އެތިކޮޅެއް ނަގާ ކާލިއެވެ. ކިތަންމެ ޙާލަކުން ކެއްކިނަމަވެސް ރަޙަ ރަނގަޅެވެ. އެކަމާ އަރީން ހައިރާން ވިއެވެ. ބޮޑުވައި އިނގިލި ހިއްލާލަމުން އަރީން މީރޭ ބުނެލިއެވެ. އެ ވަގުތު ބެލް އަޅާ އަޑުއިވުނެވެ. އަރީން އިންތަނުން ތެދުވެ، ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ދޮރު ހުޅުވައި ބޭރު ބަލައިލިއެވެ. އޭރު ސުމައްޔާ ހުރީ ދެވަނަ ތަށްޓަކަށް ޕާސްތާ އަޅާށެވެ.
އިޙުސާނު އަރީންގެ ތުންފަތުގައި އިނގިލި ޖައްސާލަމުން އަންގާލީ ވާހަކަ ނުދެއްކުމަށެވެ. އެއަށްފަހު، ފިޔަވަޅުގެ އަޑު އިވުނަނުދީ ސިއްރުސިއްރުން އެތެރެއަށް ވަދެގެން ދިޔައެވެ. އަރީން ދޮރު ލައްޕާލިއެވެ. “ކާކުތަ މި ގަޑީގައި އައީ.” ސުމައްޔާ ތަށި ފުރާ ޕާސްތާ އަޅައިފައި އަނެއް ފަރާތަށް އެނބުރުނެވެ. އިޙުސާނަށް ދެލޯ ބޮޑުކޮށްލެވުނީ ސުމައްޔާ ހުރި ގޮތް ފެނިފައެވެ. އަނގަމަތީގައި އަތް އަޅާލީ ހިނިގަނޑު ބަނޑަށް ހިންދާލަން މަސައްކަތް ކުރަމުންނެވެ.
“އެ ސޮރަށް ވެސް ކާން އަޅައިދެގަ. ސުމައްޔާ ވަރަށް މަސައްކަތުން ޕާސްތާ ކެއްކީއޭ. ލޯބިވެރިޔާ ކެއްކި އެއްޗެއް ރަހަ ބަލަން ލިބޭނެ ފުރަތަމަ ފަހަރު ކަންނޭގެ މިއީ.” އަރީން ލާނެތް ރާގަކަށް ބުނެލިއެވެ. އިޙުސާނު ގޮސް ގޮނޑީގައި އިށީނެވެ. ސުމައްޔާ ވަގުތުން އަނެއް ފަރާތަށް އެނބުރިފައި ގޮސް އިތުރު ތަށްޓަކަށް ޕާސްތާ އަޅައިގެން ގެނެސް އިޙުސާނު ކުރިމަތީގައި ބެހެއްޓިއެވެ.
“އެބަ އަންނަން ފާޚާނާ އަށް ވަދެލައިފައި.” ލަދުން ހަލާކުވާވަރު ވެފައި ހުރެ ސުމައްޔާ ދިޔައީ ކޮޓަރި އާއި ދިމާލަށެވެ. އެތެރެއަށް ވަދެ ދޮރު ތަޅުލައިފައި ސުމައްޔާ ދެއަތް މުއްކަވާލަމުން ލޯގަނޑުން އޭނާގެ ސޫރަ ބަލައިލިއެވެ. އިޙުސާނު ކުރިމަތީގައި ކޫލް ސިފަ ދައްކާ ސުމައްޔާ އެހެން ހުއްޓާ ފެނުމުން އޭނާ ހިތަށް އަރާނެ އެއްޗަކާއި މެދު ވިސްނާލެވުނެވެ. އަމިއްލަ ސޫރަ ހުރި ވައްތަރު ފެނުމުން ސުމައްޔާ އަށް ވެސް ހެވިއްޖެއެވެ.
އަރީނާއި އިޙުސާނުގެ ހިނިގަނޑު ފަޅައިގެން ދިޔައީ ސުމައްޔާ ދިޔަތާ އިރުކޮޅެއް ވުމުންނެވެ. “ސުމައްޔާ އަކީ އެހާ ވަރަށް ކައްކާ މީހެއް ނޫންވީމަ ނުފަރިތައީ. ޢަބްދުއްރަޙްމާންބޭ އަބަދުވެސް ކައްކާނީ. ސުމައްޔާ ލައްވާ ނުއެއް ކައްކާނެ.” އަރީން ހިނިގަނޑު ހިންދާލަމުން ބުނެލީ އިރުކޮޅެއް ފަހުންނެވެ. “ނަސީބެއްނު އާދެވުނު ކަން. އަދި ނުލިބޭ ނަސީބެއް މިއީ. ކުރިން އާދެވުނު ނަމަ ކައްކާ ތަން ބެލުނީސް.” އިޙުސާނު ބުނެލިއެވެ.
ސުމައްޔާ ނުކުތް އިރު ހުރީ އޯވާސައިޒް ޓީޝާޓަކާއި ޓްރައުޒާއެއް ލައިގެންނެވެ. މޫނުމަތި ތާޒާވެފައި ހުރުމުން އެ ނުކުތީ ފެންވަރައިގެން ކަން އެނގެއެވެ. ތިން މީހުން ކާން ފެށީ ސުމައްޔާ އައުމުންނެވެ. ކަމުން ދިޔަ ވަގުތު ސުމައްޔާ އިސް އުފުލާލާ ބަލައި ނުލައެވެ. އަރީނާއި އިޙުސާނު އެތައް ފަހަރަކު ގޮވުމުން ވެސް ކަހާތަން ހިރުވާ ނުލައެވެ.
“ރީން ކޮޓަރިއަށް ދޭ ދެން ރެސްޓުކޮށްލަން. އަހަރެން ތަށިތައް ދޮވެފައި ބަދިގެ ސާފު ކޮށްލާނަން.” ކައި ނިމުމުން ސުމައްޔާ ބުނެލިއެވެ. އަރީން ވަކި އެއްޗެއް ނުބުނެ ގޮސް ކޮޓަރިއަށް ވަނެވެ. އަރީން ވަނުމުން ސުމައްޔާ އެންމެ ފުރަތަމަ އިޙުސާނުގެ ކަނދުރާގައި އަތް އަޅުވާލަމުން ހިފައިގަތެވެ.
“އައުމުގެ ކުރިން ގުޅަން ޖެހޭނެއްނު.” ސުމައްޔާ ދޫކޮށްލީ އިރުކޮޅެއް ފަހުންނެވެ. އިޙުސާނު ކަނދުރާގައި ފިރުމާލީ ތަދުވުމުންނެވެ. “ސަންތި އަހަރެންނަށް ކޮންމެ ފަހަރަކު މި ކަހަލަ މަރުގެ އަދަބު ދޭން ހެޔޮ ވާނެތަ. އަހަރެން މަލާމާތެއް ވެސް ނުކުރަމެއްނު. މެރީ ކުރިއްޔާ އަހަރެން ކެއްކުމާއި ހަވާލުވެފާނަމޭ.” އިޙުސާނު ކުޑަކުއްޖެއް ހެން އަނގަ ހަދާލިއެވެ.
“ކައިވެނީގެ ކުރިން ކައްކަން ދަސްކުރާނަމޭ. ތި ރަސްގެފާނު ބަލަހައްޓަން ޓްރެއިންވާނަމޭ.” ސުމައްޔާ ދެލޯ އަޅާލަމުން ބުނެލިއެވެ. އަވަސް ޙަރަކާތާއި އެކު އެތަން ސާފުކޮށް ނިންމާފައި އޭނާ ނުކުތެވެ. ސުމައްޔާގެ ފަހަތުން އިޙުސާނު ދިޔައީ އޭނާ ރުއްސަން ތަފާތު ވާހަކަ ދައްކަމުންނެވެ.
ސުމައްޔާ ސިޑިން ތިރިއަށް ދާން ދިމާކޮށްލުމުން އިޙުސާނު އެ އަތުގައި ހިފާ ދަމައިގަތެވެ. “ކޭ އެއްޗެހި ހަޖަމުކުރަންތަ ތި އުޅެނީ. މިއީ ވިހި ވަނަ ފުލޯ އޭ.” އިޙުސާނު ހިތްހަމަ ނުޖެހިފައި ބުނެލިއެވެ. “ސިޑިން ތިރިއަށް ނުދެވޭހާ ކަންނެތިއްޔާ ދޭބަލަ ލިފްޓަށް އަރަން. އަހަރެން ހިނގައިދާނަމޭ ސިޑިން.” ސުމައްޔާ އަތް ދަމައިގަންނަމުން އެ ސިޑިން ތިރިއަށް ފައިބައިގެން ދިޔައީ ރޫސްލައިފައެވެ. އިޙުސާނު ފަހަތުން ސުމައްޔާ އަށް ގޮވަމުން ތިރިއަށް ދިޔައެވެ.
އެންމެ ތިރިއަށް ދެވުނު އިރު އެ ސޮރަށް ހުރީ މާނޭވާ ލެވިފައެވެ. ސުމައްޔާ އަށް ވެސް ނޭވާ ހަމައަކަށް އަޅުވަން އިރުކޮޅަކު ފާރުގައި އަތް ޖައްސާލައިގެން ހުއްޓެވެ. “ކޮބާ؟ އޭރު ވެސް ބުނީމެއްނު. ހަމަ ސިޑިން އަންނަން ވެއްޖޭ.” އިޙުސާނު ސުމައްޔާގެ ބުރަކަށިމަތީ ފިރުމާލިއެވެ. “ވަޓް އެވާ.” ސުމައްޔާ ކަޅި އަނބުރާލައިފައި އެ އިމާރާތުން ނުކުންނަން ދިޔައެވެ.
ލީވާން ދިން މައުލޫމާތު ޝީޓުތައް ބަލަމުން ޒަވިއަން އޭނާ ހިތްހަމަޖެހޭ ކަހަލަ ކުދިން ފާހަގަ ކުރަމުން ދިޔައެވެ. އިންޓަވިއު ކުރަން ގެންނަ ވަރަށް އޭނާ އަށް ކަމުދިޔައީ ހަ ކުދިންނެވެ. “މި މީހުންނަށް އަންގާ މާދަމާ ހެނދުނު އިންޓަވިއު އަށް އަންނަން. ގަޑި އަކަށް ދިހައެއް ޖަހާއިރު.” ޒަވިއަން ފާހަގަ ކުރި ކުދިންގެ މައުލޫމާތު ގަނޑުތައް ލީވާން އަތަށް ދިނެވެ.
“ހާދަ މަދު ބަޔެކޭ. ކިހާ މަތީ މިންގަނޑެއްތަ ތި ގެންގުޅެނީ؟” ލީވާން އަތުގައި ހުރި ގަނޑުތައް ގުނާލިއެވެ. “ސްޓޭންޑާޑް މަތިވެގެންނޭ ރީން ރައްކާތެރިކުރެވޭނީ.” ޒަވިއަން ރައްދުގައި ބުނެލިއެވެ. ލީވާން ވަކި އެއްޗެއް ނުބުނެ އެ ކުދިންނަށް އިންޓަވިއުއަށް އަންނަން އެދިފައި މެސެޖެއް ކޮށްލިއެވެ.
***
ތިން ވަނަ ފިޔަވައްސަށް ދާން އޮތް ބަހާއި ދިމާލަށް ދުވެފައި އަންހެން ކުއްޖަކު އައެވެ. އިސްތަށިގަނޑު ވަޔާ ވިހުރެން ދޫކޮށްލެވިފައި ވީ އިރު އެ ކުއްޖާ ހުރީ ހިތް އަވަސްވެފައެވެ. ގަޑި ނުޖެހެނީސް ދެވޭނީ މި ބަހަށް އަރައިގެން ކަމުން އޭނާ ފަޔަށް ލެވުނު ބާރެއް ލައިފައި ދުވަމުން ދިޔައެވެ. އެހެނަސް… އެ ހިސާބަށް ނުފޯރަނީސް ބަސް ނައްޓާލައިފިއެވެ. އެ އަންހެން ކުއްޖާ ކަރު އެލުވާލަމުން ބަސް ސްޓޮޕްގައި ހުރި ބެންޗެއްގައި އިށީނެވެ. މިހާރު ނުވަގަޑި ސާޅީސް ހިނގައިފިއެވެ. ފުރަތަމަ ފިޔަވަހިން ތިންވަނަ ފިޔަވައްސަށް ފައި މަގުގައި ދާން ވަރަށް ވަގުތު ނަގާނެއެވެ.
އިރުކޮޅެއް ފަހުން ޓެކްސީއެއް ލިބޭތޯ އެކުއްޖާ ތެދުވެއްޖެއެވެ. ބާރަށް އަތް ހޫރަމުން ދިޔައީ ވަގުތު ކުޑަތަން ވެފައި ވުމުންނެވެ. އެ ކަން ޙާސިލުކުރުމަށް ވެސް ވަގުތު ނެގިއެވެ. ޓެކްސީ އަށް އަރާ ހަމަޖެހިލެވުނު އިރު ފަންސާސް ވެއްޖެއެވެ. ގަޑި ޖެހޭނެކަން ޔަޤީން ވުމުން އެ ކުއްޖާ އަށް ވީ ދެރައިން މޫނުގައި އަތް އަޅާލެވުނެވެ.
އެ އަންހެން ކުއްޖާ ޑައިމަންޑް ސްކައި އެޝޫރަންސްގެ މައި އިމާރާތުގެ ތެރެއަށް ވަދެގެން ދިޔައިރު ދިހަ ގަޑި ފަހެއް ހިނގައިފިއެވެ. ރިސެޕްޝަނުން އެހީ ހޯދައިގެން އޭނާ އިންޓަވިއު ރޫމަށް ދާން އިތުރު ތިން މިނެޓު ނެގިއެވެ.
“ހައި. އަޅުގަނޑުގެ ނަމަކީ ޖަންނަތު. އަހަރެންނަށް އިންޓަވިއު ކުރަން ގޮވައިފިތަ؟” ކައިރީގައި އިން އަންހެން ކުއްޖާ ގާތުގައި ޖަންނަތު އެހިއެވެ. އޭނާ އަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ އެ ކުއްޖާ ބޯ ހޫރާލުމުންނެވެ. “ފާތިމަތު ފަލަކް.” ލީވާން އެ ވަގުތު ނުކުމެ ގޮވާލީ ޖަންނަތާއި ޖެހިގެން އިން ކުއްޖާ އަށެވެ.
ޖަންނަތު އަށް ގޮވާލުމުން އޭނާ އެތެރެއަށް ވަނެވެ. އެތެރޭގައި އިން ޒަވިއަން ފެނި އޭނާއަށް ހިންދިރުވާލެވުނެވެ. މޫނުމަތިން ހީވަނީ ރުޅިގަދަ މީހެއް ހެންނެވެ. މި އިންޓަވިއު ރަނގަޅަށް ދޭތޯ ދުޢާކޮށްލަމުން އޭނާ ގޮސް ގޮނޑީގައި އިށީނެވެ. ޒަވިއަންގެ ސުވާލުތަކަށް ކެރުންތެރިކަމާއި ޖަންނަތު ޖަވާބު ދެމުން ދިޔައީ އިސްޖަހާލައިގެން ހުރެއެވެ. އިސް އުފުލާލާ ބަލައިލައިފިނަމަ އަނގަ އޮޅިދާނެ ކަމުގެ ބިރު އޮތީމައެވެ.
އިންޓަވިއު ކޮށް ނިމުމުން ހުރިހާ ކެނޑިޑޭޓުން ފޮނުވާލައިފައި ލީވާން އެތެރެއަށް ވަނެވެ. އޭރު ޒަވިއަން އިންޓަވިއު ކުރި ނޯޓްސްތައް ބަލަން ހުއްޓެވެ. އޭނާ އަށް ކަމުދިޔަ ތިން ކެނޑިޑޭޓުންގެ މައުލޫމާތު ޝީޓުތައް މޭޒުމަތީގައި ފަތުރާލިއެވެ.
“އިލެވެން އަށް މި ތަނުން އެންމެ ރަނގަޅު ދެ މީހަކު ނަގާބަލަ. އަހަރެންނަށް މި ތިން ކުދިން ވެސް ވަރަށް ޤާބިލު.” ޒަވިއަން ބުނެލިއެވެ.
ލީވާން އެ ގަނޑު ތަކާއި އިންޓަވިއު ނޯޓްސް ތަކަށް ފަރުވާތެރިކަމާއި އެކު ބަލައިލިއެވެ. “ފަލަކް ވަރަށް ރަނގަޅު. ދެން މި ކުއްޖާ. ޖަންނަތު ދޫކޮށްލަން މަށަށް ފެންނަނީ.” ލީވާން އޭނާ ދެކޭ ގޮތް ހިއްސާކުރިއެވެ. “ނޫނޭ. އަހަރެންނަށް އެންމެ ކުޅަދާނަ ކަމަށް ފެނުނީ ޖަންނަތު. ދެން ލީވާނަށް ފެނުނު އެންމެ ރަނގަޅު ކުއްޖާ ފަލަކު ޖޮބަށް ނަގަމާ.” ޒަވިއަން ރައްދުގައި ބުނެލިއެވެ.
“މި ދެ ކުދިންނަށް ޒިންމާތައް ބުނެދީ އިންޑަކްޝަން ދިނުމާއި އިލެވެން ހަވާލުވާން ވީނުން. ތިއީ ވެސް ބޮޑީގާޑު ޓްރައިނިން ހެދި މީހެއް ވިއްޔާ. އަންގާރަ ދުވަހުން ފެށިގެން ޖޮބަށް ނުކުމެވޭ ވަރު ކުރައްޗޭ.” ޒަވިއަން ބުނެލިއެވެ. “އެ ދުވަހުގެ އަޑުއެހުން ނިންމާފަ ދޯ ރީނަށް އިންޓްރޮޑިއުސް ކުރާނީ.” ލީވާން ބުނެލިއެވެ. “ރަނގަޅުވާނެ. އާނ. އަދި އަނެއް ކަންތައް. ބައްޕަގެ ހޮޓެލުން މި ދެކުދިންނަށް ރޫމެއް ހަމަޖައްސަދޭތި.” ޒަވިއަން އިތުރަށް ބުނެލިއެވެ.
މައްސަލައިގެ އަޑުއެހުން އޮތް ދުވަހެވެ. ވަގުތު ހޯދައިގެން ސުމައްޔާމެން ހަވީރު ކޯޓަށް އައެވެ. ބޭރުން މީހަކު ނުވައްދާ ގޮތަށް ހަދަން އަރީން އެދިފައިވުމުން އެ ތަނުގައި ތިބީ ވަރަށް މަދު ބައެކެވެ.
ބިޑިއަޅުވައިގެން ނާއިލް އާއި ޝައުލާ ގެނެސް ވެއްދުމުން ހިތް ނުތަނަވަސްވެފައި ހުރެ އަރީނަށް ސުމައްޔާގެ އަތުގައި ހިފާލެވުނެވެ. ޝައުލާގެ ނުރައްކާތެރި ނަޒަރުން އަރީން ފިއްސާލަން މަސައްކަތް ކުރަމުން ދިޔަ ކަހަލައެވެ. ޤާޟީ އައުމާއި އެކު އަޑުއެހުން ފެށުނީ ދެނެވެ.
ޕްރޮސެކިޔުޓަރުން ނާއިލް އާއި ޝައުލާގެ ދެކޮޅަށް އުފުލާ ދައުވާ ތަފްސީލުކޮށްފައި ހެއްކާއި އެކު ވާހަކަދައްކަން ފެށިއެވެ. އެއަށްފަހު ނާއިލްގެ ލޯޔާރ ރީމާޒު އޭނާ ދިފާއުކޮށްފައި ވާހަކަ ދައްކަމުން ދިޔައީ ޝައުލާ ކުށްވެރިކޮށްފައެވެ. ދޮގު ހަދައިގެން ވިޔަސް ނާއިލަށް ދަށް ޙުކުމެއް ކުރާނެ ގޮތެއް ހަދަން އޭނާ ހުރީ ތައްޔާރަށެވެ. މި ކަމާއި ހެދި ޝައުލާގެ ގާތަށް ރުޅިއައެވެ. އެ ތަނުގެ މާޙައުލު ހޫނުވެގެން ދިޔަ ގޮތުން ސުމައްޔާ އަށް ދަތްކުނޑި ވިކާލެވުނެވެ. އަރީނަށް ހެކިބަސް ދޭން ގޮވާނެ އިރަކަށް އޭނާ އިންތިޒާރު ކުރަމުން ދިޔައެވެ.
ހެކިބަސް ދިނުމަށް އަރީނަށް ގޮވާލުމުން އޭނާ ގޮނޑިން ތެދުވިއެވެ. ސުމައްޔާ އަރީންގެ އަތުގައި ހިފައިގެން ވަކި ހިސާބަކަށް ދިޔައެވެ. އަރީން ހެކިވެރިންނަށް ޚާއްޞަ ގޮނޑީގައި އިށީނެވެ. ފުން ނޭވާއެއް ލައިފައި އޭނާ ވާހަކަ ދައްކަން ފެށިއެވެ. އެހެނަސް އޭނާއަށް އެ ވާހަކަތައް ދައްކަން ފަސޭހައެއް ނުވިއެވެ. ނާއިލް، ޝައުލާގެ އިތުރުން ރީމާޒުގެ ތޫނު ނަޒަރު އަމާޒުވެފައި ހުރުމުން ހިތް ބިރުގަތެވެ.
“އަރީން. އަޅުގަނޑުމެންނަށް ސާފުވާނެހެން ވާހަކަ ދައްކަވާ.” ޤާޟީ ކޮންމެވެސް ވަރަކަށް ނުރުހުންވެފައި ބުނެލިއެވެ. އަރީން އިސްޖަހާލިއެވެ. ޒަވިއަންމެން ހާސްކަމުގެ ނަޒަރެއް ދީގެން އިންތިޒާރު ކުރަމުން ދިޔައީ އަރީން ވާހަކަދައްކާނެ އިރަކަށެވެ. އަރީން ހެކިބަސް ނުދީފިނަމަ މިހާރު މި އޮތް ގޮތުން ރަނގަޅު ޙުކުމެއް ނުކޮށްފާނެއެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
28 Comments!
Comments are closed.







First 💗
Masha allah varah reethi mi part vx… Curiously waiting for the next one… When next?
Yea u first 😊😊
IA next Monday
Shukran Mrs just black 🖤 ✨✨
masha allah , amaizing story like always , when is the next ep?, cant waitt , dont let naail and saulaa get away with their crimes please,
Depends on their ability to get away with it 😒😒
IA next Monday
Shukran reader ✨✨
Mi part ves varah reethi. Reen please rangalhah vaahaka dhakkachchey . hmm…. Now areen and zavian is kinda cute. Zev abadhuves areen ah thihen treat kurachchey. ” jannath ” eyes mivaahaka in adu ivifa huri name akaa varah vaththaru. Curiously waiting for next part???
Really hope zev continues to treat her well 😊😊
Jannath is a new character
Shukran Miss jennie ✨✨
Xev and reen ge gulhun rangalhu vaa than fennaathee vrh ufaa vey😊
Aslu Reen dhn Xev aa ehkoh geah dhaakah v ey. Ekani hotel ga ulheyne Kameh nethey.
That Naail vs salaamai vaane gotheh hoadhey tho tha ulhen v. kushah ehbas vefa islaahu vebala.
Sumeee ge cooking skills so good dhw 😂😂 ihsaan Kairin ithuru lessons nagan jehey eba
Reen! Come on girl. Face it. lawyer ennu thee. You can do it. Naail and Shaulaa ah rangalhu hukumeh kuraa varu vaanee heki based dhineema ey.
Whn nxt???????????
Luv u 💗
Reen ehaa faseyha in anburaa ge ah dhaanetha 🤔🤔
Naail adhives ammilla kuh gaboolu kuran beynun nuvanee 😒😒
Ofc, ihsaan kairin lesson thakeh nagan jehifa huree
Let’s hope she does give testimony
IA next Monday
Shukran Anonymous ✨✨
Lyt darl 🫰🏻🫰🏻
Love it!
Isse and soomoa r so cute I swearr!!💗💗
Reen alhe heki bas dhehchey plzz.. Alhe konme gotheh hadhaafa ves naail ah hukum kuda kuriya nudheythi😭 tbh naail was way worser than shaula cuz he freaking harassed her even tho shaula was tryna kill her. But as usual attempt failed😹
When next?
Lysm
Hoping she gives testimony
Yeaa, he’s worse than shaula 😒😒
IA next Tuesday
Shukran Your fav bab ✨✨
Lyt darl 🫰🏻🫰🏻
V reethi mi part ves ☺️
I’m so happy xev ar aree ge gulhun couples eh ge Gothah kuriah dhaathan fenuneema so happy ❤️🩹
Alhey efakeerah malaamaay kuraakah nuvaanu sumo lad hun go’s viridhaane 🫠🤭
Adhi sumo dhas kuraaneyey kahakan isse ah takaa🥘
Dhen dhww naail ar shaula ah varugadha adhabah dheebala 😒
Dhuniyeyga adhi madheh nuveyey ratehivaane kudhineh 😒😒
Hama aree ar xev ar dhemeehunge dhey thereah vannan jeheyne 🤨
Aree alhe hekibas dheebala thee ves kulhadhaana lawyerekey😔😔
I can’t wait to read dhen vaane gotheh 🫣
When next???
Hehe, sumee kahala hiyvaru gadha kujjakah goal eh haasilu kuran ehaa undhaguleh nuvaane IA 😄😄
IA next Monday
Shukran SHEEZA @SHEEX ✨✨
Hey, Mi bai Heekuri varah vuren maa salhi. u beynun kohfa ehuri ibaaraaiy thakaa bas koshaaru thakeh dhw hama antharees vejje.
Reen n Xev gulhigen ekuga ulhen masahkaiy kohbala.
sumeee n Issey Marry kohgen ulhey than kiyaalan emme beynumee.
Next Ep avahah Up kohla dheeba. kiyaa hithun keiy vanee kee eh noon. Avahah neri dheeba
Thx White Rose
I’m delighted to hear that 😄😄
Dhe meehun marry kuraane dhuvaheh adhi neynge
Hehe, lets wait until Monday
Shukran xxx_dodo_xxx ✨✨
WOW WOW WOW, mi prt hama baraabaru.
Alhey, dhn Reen Rangalhah hekibas dheythi. noonee I gosdhaanan emeehunnge bas hutti anga bandhuvaa varah echchehi govaalan.
49 ah hama mi inthizaaru kureveny.
Wait Up!
which island n atoll r u from?
vaahaka reethi kamun ahaalee ingey.
echchekey hee nukurachchey.
Rose.
I’m overjoyed with this sweet comment 😄😄
Avahah aadhey reeen ah help eh dheyn 🫠
Maa personal info eh veema share kurevey kah neiy, I can say that I’m from north of Maldives 😅😅
Shukran Anonymous ✨✨
Varah Vx mi bai reethi.
Xev en Reen, wow both really falling fr each other. loabi kosheyy dhemeehun ulhenee dhwww. v cute ethankolhu. Reen ah Saabahey bunaavaru vey.
Haadha hee nuveyy Jannath akee rangalhu manje ej hen. dhen neyngey dhw.
Always Good Luck With the next prt.
IA I’ll resd the next prt.
dhen nerey bai dhigu kohla dheeba.
Hehe, love is really blooming between zev and reen 😅😅
Jannath ge character develop vee varakun engidhaane thaa 🫠🫠
Shukran Caspian ✨✨
I think jannath or falak akee blue waters ge spy eh hen😭😭😭
That’s also a possibility 😒😒
Shukran JIMINAA ✨✨
OMG ALHUGANDAH HEEVANEE NAIL GE BAPPA FONUVAAGEN KANNEYNGE JANNATH EDHIYAEE…ANYWAYS MI LART VES VARAH REETHI.
WHEN NEXTTT.??
CANNNTTTT WAITTTT
LOVE YAHHH.!!!
That is a possibility 😒😒 but lets see what happens
Shukran Verrr ✨✨
Lyt darl 🫰🏻🫰🏻
Mi part ves varah reethi
When next?
Luv you 😘
IA next Monday
Shukran What.is. ✨✨
Lyt darl 🫰🏻🫰🏻
North of the MALDIVES is haa atoll kolhu dhw? don’t mind im very bad at identifying directions!
Btw next Monday or tuesday??
Thats a part of north, haa shaviyani noonu
Now let’s stop this talk on location 😖😖
Shukran Jc ✨✨
IA mirey submit kohlaanan
still pending?
Now uploaded
Shukran Yoongi OPPA ✨✨