އެކުގައިވާނަން-31
ސިކުނޑި ތެރޭގައި ހައިޖާނު ގަނޑެއް އުފެދެން ފެށިއެވެ. އަޒްހާން އަށް ހީވީ އޭނާގެ ބޮލަށް އެނބުރުން އަރަން ފެށިހެންނެވެ. އަނބު ގަސް ދަށުގައި އިށީން ދެލާފައި ދެއަތުން ބޮލުގައި ހިފާއްޓާލީ މީހަކު ހަމައަކަށް އެޅިލަން ދެކަށެވެ. ދެލޯ މަރައިގެން ފުންކޮށް ނޭވާލަމުން ދިޔައިރު ވެސް އަޒްހާން އިނީ ބިރުންނެވެ. މީހާމައަކަށް އެޅިފައި ދެއަތުން މޫނުގައި އަތް އަޅައިގެން އިންދައި ގޯތި ދޮރު ހުޅުވުނު އަޑަށް އަޒްހާން ބަލާލިއެވެ.
*ޕާރޓް-31*
އޭރު ރާޝިމް ހުރީ މޫނުމައްޗަށް ސުވާލު މާކެއް އަރުވައިގެން އަޒްހާން އަށް ބަލާށެވެ. އަޒްހާން ތެދުވިއެވެ.
“އަޒްހާން.. މިތާ ކީއްތިކުރަނީ..؟” ސުވާލެއް ކޮށްލާނެ ހާވަރު ދުލައް ލިބުމުން ރާޝިމް އަހާލިއެވެ. އަޒްހާން އިނީ ފަށަންވީ ގޮތެއް ނޭނގިފައެވެ. ފުރަތަމަ އޭނާ ބޭނުންވީ ރާޝިމް ހަމައަކަށް އެޅޭށެވެ. އެހެން ކަމުން އޭނާ ބުނީ ޖޯލީގައި އިށީން ދެލުމަށެވެ. ރާޝިމް ވެސް އިތުރު ސުވާލެެއް ނޮކޮށް ޖޯލީގައި އިށީނެވެ.
“ކޮބާ ޔަސްރާ..؟” ގޭތެރެއަށް ފޯދާލަމުން ރާޝިމް އަހާލިއެވެ. އަޒްހާން އޭރު އިނީ އަތުގެ އިނގިލިތަކާއި ކުޅެލަ ކުޅެލައެވެ. އޭނާ ބުނާނީ ވެސް ކީކޭ ހެއްޔެވެ؟
“ރާޝިމް..” އަޒްހާން ގޮވާލިއެވެ.
“ކިހިނެއްވީ..؟ ހާދަ ހާސްވެފަހެން ހީވެއޭ..” ރާޝިމް އަށް މިފަހަރު ފާހަނގަ ކުރެވުނެވެ.
“ޔަސްރާ އާ ހަޔާ އަދި ކައިލާން ވެސް..” އަޒްހާން ހުއްޓާލިއެެވެ. އޭނާ އިނީ ރާޝިމް އަށް ބަލާށެވެ.
“ކިހިނެއްވީ އެތިން ކުދިންނަށް..؟” ރާޝިމްގެ ހިތް އަވަސްވިއެވެ. އަނެއްކާ އޭނާގެ ލޯބިވާ ކޮށްކޮ އަށް އެވީ ކިހިނެއް ހެއްޔެވެ؟
“އެތިން ކުދިން.. ގެއްލިއްޖެ..” އެއްމެ ފަހުން އަޒްހާން ބުނެލިއެވެ.
ރާޝިމްގެ މޫނުމަތީ ހީވީ މީހަކު ގާބުރި އަކުން ޖެހިހެންނެވެ. ލިބުނީ ޝޮކެކެވެ. ކަންފަތަށް މިއިވުނީ ހަމަ ރަގަނޅަށް ހެއްޔެވެ. އަޒްހާން ސަމާސާ ކުރަނީ ހެއްޔެވެ؟ ނޫނެކެވެ. އޭނާ އެކުރަނީ ސަމާސާ އެެއް ނޫނެވެ. އަޒްހާންގެ މޫނުމަތިން ފެންނަން ހުރި ހާސްކަމުން އޭނާ އެހުރީ ބިރުންކަން އެނގެއެވެ. ރާޝިމް ދެތިން ނޭވާ އެއް އެތެރެކޮށްލިއެވެ. އަދި އަނެއްކާ ވެސް އަޒްހާން އަށް ބަލާލިއެެވެ.
“ކޮންއިރަކު އެކުދިން ގެއްލުނީ..؟” ލަސްލަހުން ރާޝިމް އަހާލިއެވެ.
“އަހަރެން ދެއްމެ މިގެޔަށް މިއައީ ރާޝިމް އަށް ވެސް އެނގޭނެ ހަޔާ އުޅެނީ މިގޭގަކަން ދޯ.. އެހެންވެ.. އެކަމު އައިރު ނެތް އެއްވެސް ކުއްޖެއް.. އަހަރެންނަށް ހީވަނީ އެމީހަ އެކުދިން ގެންދިޔައީހެން..” އަޒްހާން ކިޔައިދިނެވެ. ރާޗިމް ގަބޫލު ކުރިއެެވެ. ޔަސްރާ އަށް ދިމާކުރާ މީހަ އެހެނީ ޝަޔާން އަށް ވުންވެސް އެކަށީގެން ވެއެވެ. އެދެމީހުން އެއްބަސް ވެގެން ނުކުތީ އަޒްހާން މެން ގެޔަށް ދިއުމަށެވެ. ގެޔަށް ދިޔަ މަގުމަތީގައި ދެމީހުން ވެސް ޕޮލިހުންނަށް ގުޅަން ނިއްމިއެވެ.
މަޑުމަޑުން އެސްފިޔަތަށް ހުޅުވާލާފައި ހަޔާ ދެލޯ ހުޅުވާލިއެވެ. އަދިވެސް ފެންނަނީ ފުސްކޮށެވެ. ބޮލަށް ހުރީ ބަރުވެފައެވެ. ދެތިން ފަހަރަކު ކަޅި ޖަހާލާފައި ހަޔާ ބަލާލިއެވެ. އޭނާގެ ކަންފަތުގައި ޖެހުނީ މީހެއްގެ ގިސްލުމުގެ އަޑެވެ. ވަގުތުން ހަޔާގެ ސިކުނޑި ހޭލައްވާލިއެވެ. ދެލޯ ބޮޑު ކޮށްލާފައި ބަލާލީ އަޑުއައި ދިމާއަށެވެ. އޭރު އެކޮޓަރި ގަނޑުގެ ފާރު ކާރީގައި ގޮޑީގައި އަށްސާފައި ޔަސްރާ އިނެވެ. ހަޔާ އަށް ލިބުނީ ހައިރާންކަމެވެ. މިއީ ކޮންތަނެއްހޭ އޭނާ ހިތަށް އެރިއެވެ. ބިންމަތީގައި އޮތީ ހުސް ހިރަފުހެވެ. ކޮޓަރިގަނޑު ބޮޑެވެ. ފަންކާއެއް ވެސް ނެތެވެ. ހަޔާ ކަނާތް ފަރާތަށް ބަލާލީރު ހަމަ ޔަސްރާ ގޮތަށް ކައިލާން ވެސް އިނީ ބަނދެފައެވެ. ކައިލާންގެ އަނގަމަތީ ވަނީ ފޮތި ކޮޅެއް އައްސާފައެވެ. ހަޔާގެ އަނގަމައްޗަކު ފޮތި ކޮޅެއް ނާޅައެެވެ. ހަޔާ ޔަސްރާ އަށްގޮ ވާލިއެވެ.
“ޔަސްރާ..” ޔަސްރާ އިސްއުފުލާ ބަލާލިއެވެ. ހަޔާ ފެނުމުން އޭނާ އަށް އަނެއްކާ ވެސް ރޮވުނެވެ.
“ނޮރެ ޔަސް.. އަހަރެންނަށް ޔަގީން ކޫދުން އަންނާނެކަން އަހަރެން ބަލާ.. ބިރުނުގަނޭ.. އަަހަރެމެން ހިގާ ދޯ މިތަނުން ނުކުންނަން.. ޔަސް ޕްލީސް ނޮރެ..” ޔަސްރާ ބާރަށް ރުއި ގަތުމުން ހަޔާ ބުނެލިއެވެ. އޭނާ އަށް ވެސް ރޮވިދާނެއެވެ. މިކަހަލަ ކަމެއް އަދި ފުރަތަމަ ފަހަރަށް އަލަށް ދިމާވުމުން ހަޔާ ވެސް ހުރީ ބިރުންނެވެ. ނަމަވެސް އޭނާ ބަލާ ފިލްމް ތަކާއި ކިޔާ ވަހަކަތަކުގެ ސަބަބުން އޭނާ އެހާ ބިރެއް ނުގަނެއެވެ. އޭނާ އަށް ސަލާމަށްވާނެ ގޮތް އެނގެއެވެ. ނަމަވެސް ސިކުނޑިއަކަށް ނާދެއެވެ.
ކުއްލިއަަކަށް ހަޔާގެ އިސްތަށިގަނޑުގައި ހިފައި ފަހަތަށް ދަމައިގަތެެވެ. ހީވީ ބޮލުގައި ހުރި އިސްތަށިތަށް އުފުރާލަން އުޅުނު ހެންނެވެ. ހަޔާ އަށް ހަޅޭ ލަވައިގަނެވުނެވެ. ޝަޔާން ހަޔާގެ ކަންފަތާއި ހަމައަށް ގުދު ވެލިއެވެ.
“ކަލޭ މާފާޑު ފާޑު ނުދައްކަށްޗޭ.. ހީއްކުރީތަ މަކާރިން ކަލޭމެނަށް ފިލޭނެއޭ.. ޕިސް ޕިސް.. ކުދި ކުދި ބަޔެކޭ.. ކާކުތަ ކަލޭމެން ސަލަމާތް ކުރަން އަންނާނީ.. އެއަޒްހާން ގަނޑުތަ..؟” އެެހެން ބުނެ ޝަޔާން ފެށީ ހޭށެވެ. އަޒްހާން އަށް މަލާމާތް ކުރާ ގޮތަކަށެވެ.
“ބުނަން.. ކަލޭމެންނަކަށް ދެން ސަލަމަތެއް ނެތް.. ކަލޭމެން އެއްމެންގެ ދުވަސް ދުއްވާލާނަން.. އެކަމު އެއީ އެހާ ފަސޭހައަކުންނެއް ނޫން..” ޝަޔާން ހިގައިފައި ގޮސް އެތާ އިން ހުސް ގޮޑީގައި އިށީންދެލިއެވެ. އޭނާ ލައިގެން ހުރި އަތްކުރު ޓީޝާޓް ވަނީ އޭނާގެ ހަށިގަނޑަށް ހިފާލާފައެވެ. ލައިގެން އިން ކަޅު ޖިންސް އާއި އަތުގައި އޮތް ކަޓަރުން އޭނާ ފެންނަން ހުރީ ބިރުވެރި ކޮށެވެ. ހަޔާ ޝަޔާން އަށް ލޯއަޅަލިއެވެ.
“އެއިން..؟؟!! ކީކޭ.. އެތިންކުދިން ގެއްލުނީއޭ..؟!!” މިންހާ އަށް ބުނެލެވުނީ ތަންކޮޅެއް ބާރަށެވެ. އޭރު އޭނާ ކުރިމަތީގައި ރާޝިމް އާއި އަޒްހާން ތިބީ އިސްޖަހާލާގެންނެވެ.
“އަޅެ އެކުދިން ކޮބާތަ.. މަގޭ ދަރިން.. ހެޔޮނުވާނެ.. ޕޮލިހުންނަށް ގުޅާ.. ދަރިފުޅާ.. އެކުދިން ސަލާމަތުން ގެނެސް ދެއްޗޭ..” މިންހާ އަށް ރޮވުނެވެ. އަޒްހާން މިންހާ ކާރީ ނޮރެއުމަށް ބުންޔެވެ. ނަހާންވެސް ހުރީ ހުއްޓުން އަރާފައެވެ. އެހެން ހުރެފައި އޭނާ އަވަހަށް ފޯން ނަގައި ޕޮލިހުންނަށް ގުޅިއެވެ. އަޒްހާން އާއި ރާޝިމް ނުކުތުމާއި އެކީ ޖިޔާން އައެވެ.
“ތެދެއްތަ.. ހަޔާ އާ ޔަސްރާ އާ ކައިލާން އާ ގެއްލިގެން ތިއުޅެނީ..؟” ޖިޔާން އަހާލިއެވެ. އެމޫނުމަތިން ހާސްކަން ފާޅުުވޭވޭ ހުއްޓެވެ.
“އާން.. ދޮންބޭ.. އަޅެ އެކުދިންތަށް ވާނީ ކޮންތާކު..” އަޒްހާން ދެރަވިއެވެ. އެއަޑުގައި ހިތާމަ އެކުލެވިގެން ދިޔައެވެ. އޭނާ އަށް ކުއްވެރި ކުރެވުނީ އަމިއްލަ ނަފްސެވެ. އަވަހަށް އެކުދިން ކާރިއަށް ދެވުނުނަމަ ގައިމުވެސް މިހެން ކަންތަށް ނުވީހެވެ.
“އަހަރެން އަތުގަ އެބައޮތް ހަޔާ އަށް ޓްރެކް ކުރެވޭނެ ގޮތެއް..” ޖިޔާން އެެހެން ބުނެ ފޯންނެގިއެެވެ. ރާޝިމް އެއީ ކިހިނެއްހޭ އަހާލިއެވެ.
“ހަޔާ އަޅާގެން އުޅޭ ފަށަކީ އެއީ އޭގަ ޓްރެކަރެއް އިންނަ ފަށެއް..” ޖިޔާން އޮޅުން ފިލުވާދިނެވެ.
ޕޮލިހުން ވެސް މަސަށްކަތް ފަށާފިކަމަށް ނަހާން އެންގިއެވެ. ޖިޔާން އާއި އަޒްހާންގެ އިތުރަށް ރާޝިމް އާއި އެކީ ނަހާން އަންނަން އުޅުމުން ޖިޔާން ބުނީ މިންހާ ކާރީ ނަހާން މަޑުކުރުމަށެވެ. ފޯނުން ދައްކާ ގޮތުގައި ހަޔާމެން ތިބީ ވަރަށް ދުރުގައެވެ. ތިންމީހުން ވެސް ސައިކަލުގައި ދަތުރު ފެށިއެވެ. އަޒްހާން ޕޮލިހުންނަށް ގުޅައި އެކުދިންވީތަން އެނގޭކަމަށް ބުންޔެވެ. ތިންމީހުންގެ ވެސް ހިތް ދިޔައީ ބާރަށް ތެޅެމުންނެވެ. އެކުދިންނަށް ވަނެ ގޮތެއް ވެސް ނޭނގެއެވެ. އެކުދިންގެ ހާލަކީ ކޮބާ ހެއްޔެވެ؟ އެކުދިން ސަލާމަތުން ދުނިޔޭގައި ހުންނާނެ ބާއެވެ؟ ނޭނގެއެވެ.
ޝަޔާން އިނީ އޭނާގެ ފޯން ހިފައިގެންނެވެ. އޭނާ އިނީ ވަަރަށް ހަމަޖެހިލައިގެންނެވެ. ހަޔާ އާއި ޔަސްރާ އަދި ކައިލާން ވެސް މަސަށްކަތް ކުރަމުން ދިޔައީ ސަލާމަށް ވެވޭ ތޯއެވެ. ޝަޔާން އަށް ކަމެއްހެންވެސް ހީނުވެއެވެ. އޭނާ އިނީ ވަަރަށް ހަމަޖެހިލާގެންނެވެ.
ކޮންމެ ކުއްޖެއްގެ ވެސް މޫނުމަތިން ބިރުވެރިކަމާއި ހާސްކަން ކިތަށްމެހާ ވަރަކަށް ވެސް ފެންނަން ހުއްޓެވެ. މިކަހަލަ ހާލަތެއްގައި ކުރަންވީ ކަމެއް އެއްވެސް ކުއްޖަކަށް ނޭނގެއެވެ. ދުވަހަކުވެސް ކުރިމަތިވެދާނެ ކަމަކަށް ހީނުކުރާ ކަހަލަ ކަމެކެވެ. ޝަޔާން ކަހަލަ ނުލަފާ ރަހުމްނެތް ޖަނަވާރެއް އެކުދިންނަށް ހަދާލާނީ ބޭނުން ގޮތެކެވެ.
މަންޒިލާއި ކައިރިވަމުން ދިޔަ ވަރަކަށް އެއްމެންގެ ހިތްތަށް ދިޔައީ ތެޅެމުންނެވެ. ވާނެ ގޮތެއް ނޭނގޭތީވެ އެކަމުގެ ބިރަށެވެ. ސައިކަލުތަށް މަޑުކޮށްލީ އެގެގަނޑާއި ފުދޭވަރަކަށް ދުރުގައެވެ. އެއީ ޕޮލިހުންގެ އެންގުމެކެވެ. ޕޮލިސް ޓީމް އަކާއި އެއްކޮށް އަޒްހާން މެންވެސް ގޭތެރެއަށް ވަންނަން ހިގައިގަތެވެ. ދެބަޔަށް ރާނައިފައިވާ އެގެފެނަން އޮތީ ވީރާނާވެފައެެވެ. މިގެ ފަޅަށް އޮންނަތާ މިހާރު ކިތަށް ދުވަސްވެދާނެ ހެއްޔެވެ؟ ޕޮލިހުން އައިސް ތަޅު ހަލާއްކޮށްލާގެން ވަނެވެ. ޕޮލިސް ޓީމް އަންގާފާވާގޮތަށް އެއްމެން ވެސް އުޅުނީ ވަަރަށް މަޑުމަޑުންނެވެ.
“އެނގޭތަ.. އަސްލު އަހަރެން ޔަސްރާ މަރާލަން އުޅުނީ ވަކި އަހަރެން ބޭނުންވެގެނެއް ނޫން..” ޝަޔާން އިނީ ކުޑަދޮރުމަތީގައި އިށީންދެގެންނެވެ. އެތިން ކުދިން ވެސް ތިބީ އަޑުއަހާށެވެ.
“މީހަކު ބުނެގެން އަހަރެން ޔަސްރާ އަށް މިބެހެނީ.. އެމީހ ބުނީ ޔަސްރާ އަށް ފުރަތަމަ އަނިޔާ ކުރާށޭ.. ޔަސްރާ ބިރުގަންނަވާލާށޭ.. ދެން ޔަސްރާގެ ދުވަސް ދުއްވާލާށޭ.. އަހަރެނަށް ވަރަށް ރަގަނޅު މުސާރަ ލިބެޔޭ މިކަންތަށް ކުރީމަ.. ފުރަތަމަރޭގެ މަސަށްކަތް ނިއްމާލީމަ ލިބުނު ތިންހާސް..” ޝަޔާން އޭނާގެ އަމިއްލަ ނަފްސަށް ފަޙްރު ވެރިވެފައު ހުރެ ބުނަމުން ދިޔައެވެ.
“އެނގެން ބޭނުންތަ އެއީ ކާކުކަން..؟” ކޮންމެ ކުއްޖެއްގެ މޫނަށް ވަކި ވަކިން ބަލާލަމުން ޝަޔާން އަހާލިއެވެ.
“ކެރެންޔާ ނިކަން ބުނެބެޔަ..” ކައިލާން ބުނެލިއެވެ.
“އެއީ ޔަސްރާގެ ދޮންމަަންމަ.. ފިރާޝާ..” ޝަޔާންގެ މިޖުމްލަ އާއި އެކީ އެތިން ކުދިންގެ ވެސް ދެލޯ ބޮޑުވިއެވެ. ފިރާޝާ ޔަސްރާ މަރާލަން ބޭނުންވަނީ ކީއްވެހެއްޔެވެ؟ ޔަސްރާ އޭނާ އަށް ކީއްކޮށްގެން ހެއްޔެވެ؟
ޔަސްރާ އިނީ ގަނބުވެފައެވެ. ފިރާޝާ ވަނީ އޭނާގެ މުޅި ދިރިއުޅުން އެފުއްމިފުށަށް ޖަހާލާފައެވެ. އޭނާ ފިރާޝާ އަށް ވާހަކަވެސް ނުދައްކާ ފިރާޝާގެ ލޯކުރިމައްޗަށް ނުވެސް އަރައެވެ. އެވަރުންވެސް ފިރާޝާ އަށް އުނދަގޫވީހެއްޔެވެ؟ ހިތަށް ކުޅަދާނަ ނުވީ ހެއްޔެވެ؟ އޭނާގެ ކުށަކީ ކޮބާހެއްޔެވެ؟ ޔަސްރާގެ ދެލޮލުން ކަރުނަ ހިލުނެވެ.
ޝަޔާން އިނީ ހޭށެވެ. އޭނާ އަށް މަޖާވީ އެކުދިންނަށް ވީގޮތް ފެނިފައެވެ. އެހެން ހޭންހުއްޓައި ކުއްލިއަކަށް އެކޮޓަރިގަނޑުގެ ދޮރު ހުޅުވާލާފައި އެވަނީ ޕޮލިސްޓީމްއެވެ. ޝަޔާން އަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. ނަމަވެސް އޭނާ ވެސް ޖީބުގައި އޮތް ފިސްތޯލު ނަގައި ތައްޔާރު ވެލިއެވެ.
ޕިލިސް ޓީމް އައިސް ލަސްލަހުން އަންނަން ފެށީ ޝަޔާން އާއި ދިމާއަށެވެ. ޝަޔާން އެރީ ކުޑަދޮރު މައްޗަށެވެ. އޭނާ އިނީ ނުލަފާ ގޮތަކަށް ހީލައިގެންނެވެ. އޭނާ ބިރު ނުގަންނަނީ ހެއްޔެވެ؟
“ފިސްތޯލު ބާއްވާފަ.. ލަސްލަހުން ތިތަނުން ފައިބޭ..” އެއް ޕޮލިހަކު ބުނެލިއެވެ. އެމީހުން ތިބީ ފިސްތޯލު ނުލާއާދެވުނީމައި ޖެހިލުންވެފައެވެ. ޝަޔާންގެ ހިނިތުންވުން ފުންވިއެވެ.
“މަށެއް ނުހިފޭއްޓޭނެ.. ކޮންމެ ގޮތެއް ވިއަސް މަ މަގޭ މަސަށްކަތް ނިއްމާނަން..” އެހެން ބުނެ ޝަޔާން ފިސްތޯލް ދިމާކޮށްލީ ޔަސްރާ އަށެވެ. ޔަސްރާގެ ނޭވާ ކަރުގައި ތާށިވިއެވެ. ދެލޯ ބޮޑުކޮށްލައިގެން އޭނާ ހުރީރު ބިރުން ތުރުތުރު އަޅަން ފަށާފިއެވެ. ހަޔާ އާއި ކައިލާން ވެސް ހުއްޓުން އެރިއެވެ. ދެން އިވުނީ ފިސްތޯލު ޖެހި ބާރު އަޑުފައްގަނޑެވެ. އެއްމެންނަށް ވެސް ދެލޯ މަރާ ތަގުޅި ކޮށްލެވުނެވެ.
*ނުނިމޭ*
14 Comments!
Comments are closed.







V reethi mi part ves MA💛
Alhey dhen e emeehunan ehen hahaha Bala 15 aharuge kuda kudhiney🫣
Pls yasra ah gotheh nahadhaathi mihaaruves azhaan dhuniyeyga hunan beynun vaa 1 sababakee yasra 😪
Don’t take his happiness away 😭
Curious next part ah!!
When next?
Thank you Sheex! 🥰
Sorry they are actually 17 years old!! 🤭
Lets see dhw dhen vaane goii! 🧐
Inshaallah v vahah next part ves kiyaalan libeyne!
Anne two vhk liyelaafa ehnnu dhen annehkaaves mi vhk innaanee! 😊
Varah reethi mi part ves..
Alheyy yas ah when nahdhahcheyy..yass salaamaih vaanetha
When next.??
Waiting for the next part ..
Love yahhhh.!!💗
Thank you Verrr!! 🤗
Lets see dhw yas ah vaane goii! 🤭
Next part ves v avahah inshaallah! 😉
Love you too baby! 😘
Hi after a long time vrh miss vi vhk and muxo mathin
Mi part vx vrh reethi MA! 😍
Mi Shayernu dheke haadha rulhi aadhey eba 😡
Firaasha ves haadha nulafa Eyyy dhww!!!!!
Yasra ge kushaky Koba tha firaashaaaaaaaa???? 😠
Yas mikamun salaamaiy kuraathi plssss
Azhern ahtakaaaaaaa vrh rulhi aadhey eba
Curiously waiting for the next part when’s next??
Lyyy and Tc gurll 💗
Awwn! 😭 I missed your lovely comments too baby girl!! 😉
Glad you liked this part aswell! 🤗
Please don’t hate shayerrn! He hot!! 😄
Yeah as a step mom firaashaa aslu goas!!
Lets see dhw vaane goii! 🧐
Next part ves v avahah inshaallah! 💙
Love you more! 😘 you also take care! 🥰
MaaSha AllaH🖤🥀
Cer was too buxyy…Dhenme Namaadhu kohlagen
I’ve seen it!🖤🖤🖤
III,Sorry for Yass…Please Save my Yas!!🌹🥀
Yas ah dhera gotheh nuvabalaaAa Axhern eyru moya vedhaane 🎀🥀
I also Love her! But not in any of sight,Axhern deserves it!!🫶♥️
Haya & Kailern ah ves Haadha dhera gothekey!
I Hate That weird ShaYerNyyuu…😫😫
Why’s he doing that for me?Adhi eyves Yas’s StepMother Firaasha bunegen!!
Pis..pis Mi Varu meehun Furaana ves dhuhvaalane kamaa shahkehnuu…Asluves Cer mi bonee thedhah real koh Especially Ma’le ga Vrh Vrh popular ekahala Kidnaps!!🖤🎀
Cxx,Sorry for making it long! I never double_check there’s must be arrows!
I’m raptured seeing Ur story!!🖤🥀
Ramadan Mubarak!!
Lysm…TC of yourself & Family,Friends
See ya,TTYL
🖤🖤🖤
Me=Her
Keyboard mistake ah ingey Muxoo Sorry!🎀
Thank you cer!! 🥰
Lets see dhw vaane goii! 😄
Love you too!💙 You also take care!
Ramadaan kareem! 💚
Vrh reethi mi part vx
Ramadan Mubarak _MuXo_
Ramadan Mubarak everyone 😊
Ramadan Mubarak Gurl <3
Thank you Gurl!! 🥰
Ramadaan mubaarak! 🤗
Hope this month is a wonderful month for you and all! 😘💙
Vrh reethi mi part ves
When next?
Really happy to know you liked this part aswell! 🤗💙
Next part dhen liyelaanan Inshaallah day after tommoro! 😊