Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މަންޒިލް 38

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
February 27, 2026 4 Mins Read
7 Comments

ޕްރިމިއާރ ލީގު އަދި ޗެމްޕިއަންސް ލީގުގައި އާސެނަލްގެ ފަރާތުން ރަނގަޅު ކުޅުމެއް ދައްކަމުން ދިޔައެވެ. ހުރިހާ ކުޅުންތެރިން ވެސް އެ ކުޅުންތެރިއެއްގެ އެންމެ މޮޅު ކުޅުން ކުޅެމުން ދިޔައެވެ. އާސެނަލް ޓީމުގަައި ދަށް ކުޅުންތެރިއެކޭ ބުނެވޭ ފަދަ އެއްވެސް ކުޅުންތެރިއެއް ނެތެވެ. ކުރީ ސީޒަނެކޭ ވެސް އެއްގޮތަށް މޮޅު ކުޅުމެއް އެރިކްގެ ފަރާތުން ފެންނަމުން ދިޔައެވެ. ދިފާއު ކުރުމުގެ އިތުރަށް ހަމަލާ އުފެއްދުމަށް ވެސް އެހީވަމުން ދިޔައެވެ. އެެރިކްގެ އެހީއާއެކު ހުރިހާ މުބާރާތެއްގައި އާސެނަލިން ވަނީ ޖުމްލަ ފަސްލަނޑު ކާމިޔާބުކޮށްފައެވެ. އޭގެ އިތުރަށް އެރިކް ވަނީ މުހިންމު މެޗެއްގައި ފަހުވަގުތު ލަނޑެއް ކާމިޔާބުކޮށް އާސެނަލަށް މުހިންމު ތިން ޕޮއިންޓު ހޯދަދީފައެވެ.

އިޝަލްގެ ކުޅުން ވެސް ވަކި ދަށެއް ނޫނެވެ. އޭނާ ވަނީ ތިން މެޗު ފިޔަވާ ހުރިހާ މެޗަކުން ކްލީން ޝީޓް ހޯދާފައެވެ. ޖެހިޖެހިންގެ ދެ ހަފްތާގައި ޕްރިމިއާރ ލީގުގެ އެންމެ މޮޅު ސޭވްގެ އެވޯރޑް ވެސް އިޝަލަށް ވަނީ ލިބިފައެެވެ.

ދެހަފުތާއަށް ލީގު މެދު ކަނޑާލިއިރު ދިހަ ޕޮއިންޓުގެ ފަރަގަކާއެކު އާސެނަލް އޮތީ ޕްރިމިއާރ ލީގު ތާވަލުގެ އެއްވަނާގައެވެ. ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައަށްވެސް ކޮލިފައިވެފައެވެ. ސީޒާންގެ އެންމެ ކާމިޔާބު ޓީމެއްކަމަށް ހުރިހާ އެންމެން ވެސް އެއްބަސްވަމުން ދިޔަ ޓީމަކީ އާސެނަލެވެ. މި ސީޒަނުގައި އާސެނަލަށް ތަށްޓެއް ނުނެގިއްޖެ ނަމަ ދެން އަވަސް މުސްތަޤުބަލެއްގައި ތަށްޓެއް ހޯދަން އާސެނަލަށް ފަސޭހަ ނުވާނެކަމަށް ފުޓުބޯޅައިގެ ތަޖުރިބާކާރުން ބުނަމުން ދިޔައެވެ.

ބަދިގެތެރޭގައި މިންހާ މަސައްކަތް ކުރަމުން ދިޔައީ ބަސްބޫސާއެއް ތައްޔާރު ކުރެވޭތޯއެވެ. ބާސްބޫސާއަކީ އަރަބިންގެ ތެރޭގައި އަދި ދެކުނު އެފްރިކާގައި މަޝްހޫރު ފޮނި ކާއެއްޗެކެވެ. އެރިކްގެ އާއިލާއަށް އެންމެ ކަމުދާ އެއް ޑޭސާރޓެވެ. ފްރާންސްގައި އުޅެ ބޮޑުވި ކަމުގައި ވިއަސް އެރިކް ބޮޑުވީ އަރަބި ކެއުންތަށް ކައިގެންނެވެ. ޖަޒާއިރުގެ އާދަކާދައާއި ސަގާފަތް ކާރާ ވަނީ އޭނާގެ ހުރިހާ ކުދިންނަށް ވެސް ދަސްކޮށްދީފައެވެ. ރޭގަނޑު ކެެއުމަކަށް އެރިކާއި އޭނާގެ އާއިލާއަށް އިޝްމާ އަދި އަކްމަލް ވަނީ ދަޢުވަތު ދީފައެވެ. ބޮޑެތި ކެއްކުންތަށް ކައްކަން ފަރިތަނުވިއެއް ކަމަކު ފޮނި ކާތަކެތި ހެދުމުގައި މިންހާއަކީ މާހިރެކެވެ. ޔޫޓިއުބް ވިޑިއޯއެއް ބަލައިގެން އެންމެ ފުރިހަމައަށް ބަސްބޫސާ ތައްޔާރު ކުރެވޭތޯ ބެލިއެވެ. އޭނާއަށް އަތްގާތް ކޮށްދޭން ޒާޔާ ވެސް އުޅުނެވެ. ދޭތެރެއަކުން އަހާނާއި އިޝަލް އައިސް އުނދަގުލެއް ކޮށްލައެވެ. އެދެމީހުން މައިތިރިވީ އިޝްމާ އައިސް ދެމީހުން ބަދިގެއިން ނެރުމުންނެވެ.

މިންހާގެ އާއިލާއާއި އެތަށް ފަހަރަކު ބައްދަލުވެފައިވީ ނަމަވެސް މިރޭގައި މާބޮޑަށް އެރިކްގެ ހިތްވަނީ ނުތަނަވަސްވެފައެވެ. ކުރީގައި އެ އާއިލާއާ އޭނާ ބައްދަލުކުރީ އިޝަލްގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގަޔައާއި އަކްމަލްގެ އިރުޝާދުގެ ދަށުން ކުޅޭ ކުޅުންތެރިއެއްގެ ގޮތުގައެވެ. މިރޭ އޭނާ އެދަނީ އޭނާގެ ވާން އުޅޭ ހަޔާތުގެ ބައިވެރިޔާގެ އާއިލާ އާއި ބައްދަލު ކުރާށެެވެ. އަކްމަލް އެރިކްގެ އާއިލާއަށް ދަޢުވަތުދީފައިވަނީ މިންހާގެ ބޮޑުބޭބެގެ ހައިސިއްޔަތުންނެވެ.

އެރޭގެ ކެއުމުގައި ބައިވެރިވުމަށް މާއިޒާއި ނަވްޔާގެ އިތުރުން ޔޫސުފާއި ނަވާރް ވެސް އައިސް ތިއްބެވެ. ޔޫސުފް ބޭނުންވީ ލިވަޕޫލުގައި ހުންނަ އޭނާގެ ގެއަށް އެންމެ ފުރަތަމަ އެރިކްގެ އާއިލާ ގެންދާށެވެ. އެހެނަސް އަކްމަލްގެ އެދުމުގެ މަތިންނާއި އެރިކްގެ އާއިލާއަށް ވެސް ފަސޭހަވާނީ އަކްމަލްމެން ގެއަށް އައުންކަމަށް ވާތީ އެ ވިސްނުން ދޫކޮށްލީއެވެ.

ހަތެއް ޖެހިއިރު އެރިކް އާއި ކާރާ އަދި ބެހެރަދް ތިބީ އަކްމަލްމެން ގޭގައެވެ. ކޮއްކޮމެން ބަލަން މިއާ ގޭގައި މަޑު ކުރީއެވެ. އިޝްމާ އާއި އަކްމަލްގެ މެހެމާންދާރީ ވަރަށް ވެސް ފުރިހަމައެވެ. މިންހާގެ ބޮޑު އާއިލާ އާއި ބައްދަލުވުމާއެކު ކާރާ އަދި ބެހްރަދް ވެސް ތިބީ އުފަލުންނެވެ. ހުރިހާ އެންމެން ވެސް ނުހަނު ގާތްވެފައި އެކުވެރިއެވެ.

އެންމެން ކައި ނިމިގެން ސިޓިން ރޫމަށް ދިއުމުން އިޝަލް ބަދިގެއަށް ވަނެވެ. ބޮޑު ކޮންޓެއިނަރަކަށް ކާއެއްޗިހި އަޅަައި ޕެކް ކުރިއެވެ. މީހަކަށް ހިލަމެއް ނުވާނޭހެން ނިކަން ސިއްރުން ކޮންޓެއިނާރ ހިފައިގެން ގެއިން ނުކުތެވެ.

ސޯފާގައި އެންމެން ތިބިއިރު އެކި ވާހަކަ ދެކެވެމުން ދިޔައެވެ. މިންހާ އާއި އެރިކް ހިމޭންކަމާއެކު ތިއްބެވެ. އާއިލާ އެންމެން ތިބުމާއެކު ދެ ޒުވާނުން ވެސް ތިބީ ލަދުންނެވެ. ދޭތެެރެއަކުން ކާރާ މިންހާއާ ސުވާލެއްކޮށްލައެވެ. ލަދުރަކި ކަމާއެކު ކުރު ޖަވާބެއް ދީފައި މިންހާ ފުއްދާލައެވެ.

“އަސްލު މިރޭ ބައްދަލުވުމުގެ މަގުސަދަކީ އެރިކް އާއި މިންހާގެ ކައިވެނީގެ ކަންތަށް އޮތީ ކިހާ ހިސާބެއްގަތޯ ބެލުމަށް. އަހަރުމެންގެ މުޅި އާއިލާއަށް ވެސް އެރިކް ވަރަށް ކަމުދޭ…. ދެކުދިންގެ ގުޅުމަށް ހުރަސް އަޅާނެ އެކަކުވެސް މި އާއިލާއަކު ނެތް….އަހަރުމެން އެންމެވެސް ވަރަށް އުފަލުން މި ތިބީ… މިހާރު ދެން މި އިންތިޒާރު ކުރަނީ ދެކުދިންގެ ކައިވެނި އޮންނާނެ ދުވަހަކަށް” މުޅި އާއިލާގެ ފަރާތުން އަކްމަލް ވާހަކަ ދެއްކިއެވެ. އެރިކްމެން ގެއަށް ގޮސްފައި އައިސް މާނީ އާއި އާރާޝް މަތިން ހަނދާންވެގެން މިންހާ ރުއި ދުވަސް ފަހުން އަކްމަލް މަސައްކަތް ކުރަމުން ދިޔައީ ބައްޕައެއްގެ ރޯލު އަދާކުރެވޭތޯއެވެ. އޭނާ ކަންތަށް ކުރަމުން ދިޔައީ އާރާޝް ވެސް ކަންތަށް ކުރާނެ ގޮތަށެވެ. އެކުވެރިޔާއަށްޓަކަަި މިއަދު އޭނާއަށް ކޮށްދެވެން އޮތްކަމަކީ އެއީއެވެ.

ކައިވެނީގެ ވާހަކަ ދެކެވެމުން މިންހާ އަދި އެރިކަށް ވެސް ލަދުން އިސްޖަހައިލެވުނެވެ. ދެމީހުންގެ ދެމެދުގައި އެވާހަކަ ދެކެވިފައިވީމައި ކަމުގައި ވިއަސް މުޅި އާއިލާއާއެކި ތިބެ ކައިވެނީގެ ވާހަކަ ދައްކަން ވުމުން ތަފާތު އިހުސާސެއް ކުރެވެމުން ދިޔައެވެ.

“އަހަރުމެންނަށް ވެސް މިންހާ ވަރަށް ކަމުދޭ… އެރިކްގެ ހޮވުމާ މެދު ވަރަށް ހިތްހަމަޖެހޭ….މިންހާ ފަދަ ރަނގަޅު ކުއްޖަކާ އެރިކް ގުޅުމުން ވަރަށް އުފާވޭ…އަހަރުމެން ވެސް މި ތިބީ މިންހާ އައި އެރިކްގެ ކައިވެނީގެ އިންތިޒާރުގަ” ކާރާއަށް ވެސް މިންހާ ވަރަށް ކަމުދެއެވެ. ފުރަތަމަ ބައްދަލުވި ދުވަހުވެސް މިންހާއަކީ ރަނގަޅު ކުއްޖެއްކަން އޭނާއަށް އެނގުނެވެ. އޭނާ ދެން އެންމެ ދެކެން ބޭނުންވާ ދުވަހަކީ އެރިކް އާއި މިންހާގެ ކައިވެނި ކުރެވޭ ދުވަހެވެ.

އަޚްތަމް ނިންދުވުމަށް ފަހު މިއާ ސިޓިން ރޫމަށް ނުކުތެވެ. އެޑްރިއަނާއި އެރޮން ޕީއެސްގަ ޖެހިފައި ތިއްބެވެ. އަރްޔަން ހުރީ އެމީހުން ކުޅޭތަން ބަލާށެވެ. ގަޑިން ނުވައެއް ޖަހަން ކައިރިވެފައި ހުރުމާއެކު ކުޅުން ހުއްޓާލަން ކޮއްކޮމެންނަށް އެންގިއެވެ. އުސޫލެއްގެ ގޮތުން އަށެއް ޖެހުމުގެ ފަހުން ޕީއެސް ކުޅުން ކާރާ އޮންނަނީ އެކުދިންނަށް މަނާ ކޮށްފައެވެ. މިރޭ ކާރާ ގޭގައި ނެތްކަމުގެ ފައިދާ ނަގާ ފޯރީގައި ކުޅެން ތިއްބެވެ. ފަސް މިނެޓު ފަހަން ބަހައްޓާނަމޭ ކިޔައި ދެންވެސް ކުޅުމައިގެ ކުރިއަށް ދިޔައެވެ. މިއާ ބޯހޫރާލުމަށްފަހު ބަދިގެއަށް ދާން މިސްރާބު ޖެހިއެވެ. ކޮލެޖަށް ދާން ހެނދުނު ނާސްތާ ކުރި ގޮތަށް އޭނާ އެއުޅެނީ ނުކައެވެ. ކޮއްކޮމެން ކޭގަޑީގައި ވެސް އޭނާ ނުކައި ހުރީ ފިލާވަޅު ދަސްކުރަންށެވެ.

ގޭގެ ބެލް އެޅުމާއެކު މިއާ ގޮސް ދޮރު ހުޅުވީ އޭނާގެ މަންމަމެން އައި ކަމަށް ހީކޮށެވެ. އެރިކް އާއި މިންހާގެ ކައިވެނީގެ ކަންތަށް އޮތީ ކިހާ ހިސާބެއްގައިތޯ އެނގުމަށް އޭނާ ވެސް ހުރީ ކެތްމަދުވެފައެވެ. މިއާގެ ހިނިތުންވުން ފިލައި ދިޔައީ ދޮރު ކުރިމަތީ ހުރި އިޝަލް ފެނިފައެވެ. އެރޭގެ އެވަގުތުގަައި އިޝަލް އެގެއަށް އައުމުން މިއާ ހައިރާންވިއެވެ. މިއާއަށް ސުވާލު ނުކުރެވިގެން އުޅެނިކޮށް އަރްޔަނަށް އިޝަލް ފެނިގެއަށް އުފާވެފައި އިޝަލަށް ގޮވާލިއެވެ. އެރިކާއިއެކު އެގެއަށް އިޝަލް އައިސް ގޭމު ކުޅޭތީ އަރްޔަނަށް އިޝަލް ވަރަށް ކަމުދެއެވެ. އިޝަލްއަކީ މިހާރު އޭނާގެ ބެސްޓްފްރެންޑޭ އެރިކް ގާތު ކިޔައެވެ. އިޝަލްވެސް ވަރަށް ވެފައި އަރްޔަނާއި އެއްބައިވެގެން މަޖާކޮށް ގޭމު ކުޅެއެވެ.

އަރްޔަން އިޝަލް އަތުގައި ހިފައި އެތެރެއަށް ވެއްދިއެވެ. އަޝަލާއިއެކު އައުމުން އޭނާއަށް ވެސް ގޭމު ކުޅެވޭނެތީވެ އޭނާ ހުރީ ނިކަން އުފަލުންނެވެ. އެޑްރިއަނާއި އެރޮން ގާތު ހަތަރު މީހުންނަށް ކުޅެވޭ ގޭމެއް ކުޅެން ފަށަން ބުންޏެވެ. “އަރްޔަން މިރޭ މިހާރު މާލަސްވެއްޖެއްނު… ތިދެމީހުން ވެސް ގޭމު ބަހައްޓާފަ ނިދަން ދޭބަ..” އެރޮން އަތުން ޖޮއިސްޓިކް މިއާ އަތުލިއެވެ. އެދެމީހުން ނިދަން ނުދަނީސް އަރްޔަންވެސް ނިދަން ނުދާނެކަން އެނގޭތީވެއެވެ. ނުވިތާކަށް އެގަޑީ އިޝަލްއައުމުން ވެސް އޭނާ ހުރީ އުނދަގޫވެފައެވެ. ކޮއްކޮމެން ކޮޓަރިއަށް ފޮނުވާލުމަށްފަހު އިޝަލް އެގަޑީގައި އެގެއަށް އަންނަން ޖެހުނު ސަބަބަކީ ކޮބައިތޯ އެހިއެވެ.
“ކާން ދަޢުވަތު ދިނިީމަ ނައިމަ ބަލަން ވާނެނެއްނު ކީއްވެތޯ ނައިީ…. ބާބީއަށް ވީ ކާއެެއްޗިހި ހިފައިގެން މިއައީ ” ނުހަނު ހަމަޖެހިފައި ހުރެ އިޝަލް ވަނީ އެގޭގެ ކާގެއަށެވެ. އޭނާ ގެނައި ކޮންޓެއިނަރު މޭޒު މަތީ ބެހެއްޓުމަށްފަހު ބަދިގެއިން ދެތަށި ގެނަސް އެއަށް ކާއެެްޗިހި އަޅަން ފެށިއެވެ. މިއާއަށް ބަލާލުމަށްފަހު ގޮނޑީގައި އިށީންނުމަށް ލޮލުން އިޝާރާތް ކުރިއެވެ. މިއާ އިން ތަނުން ގުޑިވެސް ނުލިއެވެ. ދެފަރާތަށް ބޯހޫރާލުމަށްފަހު އިޝަލް މިއާ އަތުގައި ހިފައި ގެނެސް ގޮނޑީގައި ބޭންދިއެވެ.
“ބާބީއާ އެއްކޮށް ކާންވެގެން އަހަރެން ރަނގަޅަށް ނުވެސް ކައި މިއައީ… ރިކް ބުނީ ކޮލެޖުން އައި ގޮތަށް ބާބީ ނުކައޭ އުޅެނީ..” އިޝަލް ވާހަކަ ދައްކަމުން ދިޔަ ގޮތުން އިޝަލަށް ބަލަހައްޓައިގެން މިއާ އިނެވެ. ހީވަނީ ބިރެއް ފެނިގެން ބަލާހެއްނެވެ. “ބާބީ މަށެއް ނޫޅެން ބާބީ ކާލާކަށް… ރިކްގާތު ބުނެފަ މި މިގެއަށް މިއައީ” މިއާ އިންގޮތުން މަޖާ ވެގެން އިޝަލް ބުންޏެވެ.

ހިމޭންކަމާއެކު މިއާ ކައި ނިންމާލިއެވެ. އެހުރިހާ އިރުވެސް އިޝަލް އަނގަ ހުއްޓާނުލައި ވާހަކަ ދައްކަމުން ދިޔައެވެ. ކަމުން އިޝަލް ވާހަކަ ދައްކަނީ ކިހިނެއްްތޯ މިއާ ހިތަށް އެރިއެވެ. އިޝަލް ދެއްކީ ހުސް ފުޓުބޯޅަ ވާހަކައެވެ. ދެން އަންނަ ހަފުތާގައި އޮންނަ ރާއްޖޭގެ ފުޓުބޯޅަ އެވޯރޑް ހަފުލާއަށް ދާން ޖެހޭ ވާހަކައެވެ. އޭނާ ވަނީ އަހަރުގެ ރާއްޖޭގެ އެންމެ މޮޅު ތިން ގޯލު ކީޕަރުންގެ ތެރޭގައި ހިމެނިފައެވެ. އަދި އަރަމުން އަންނަ އެންމެ މޮޅު ޒުވާން ކީޕަރާއި ކުޅުންތެރިމްގެ ތެރޭގައި ވެސް ހިމެނިފައެވެ. އުއްމީދަކީ ހުރިހާ އެވޯޑެއް ލިބުން ކަމުގައި ވިއަސް އެންމެ މޮޅު ތިން ކުޅުންތެރިންގެ ތެރޭގައި ހިމެނިފައިވުމުން އޭނާ ހުރީ އުފަލުންނެވެ. ކުޑައިރު އެ ހަފުލާގައި ބައިވެރިވެ ބައްޕަގެ އިތުރަށް ބޮޑުބޭބެމެން އެތަށް އެވޯޑެއް ކާމިޔާބު ކުރާތަން އޭނާއަށް ވަނީ ފެނިފައެވެ. ބޮޑުބޭބެ އާރާޝް މަތިން ހަނދާންވާ ވާހަކަ ވެސް މިއާ ގާތު ބުންޏެވެ. އޭނާ މޮޅު ކުޅުންތެރިއަކަށް ވާތަން ބޮޑުބޭބެއަށް ނުފެންނާނެތީ އެކަމާ ދެރަވާ ވަރު ވެސް ހިއްސާކުރިއެވެ. “އެންމެ ދެރަވަނީ އެދެމީހުންނާ ބާބީއާ ބައްދަލު ނުވީމަ… މި ވާހަކަ ބާބީގާތު ބުނާނެ ގޮތެއް އަހަންނަކަށް ނޭންގެ…އަހަރެން ބޭނުން މިއާއާ ކައިވެނި ކުރަން”

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

މިހިތުގެ ދިރުން ( ޕާރޓް 1 )

Next

ކިޔުންތެރިންގެ ސަމާލުކަމަށް-މަޢާފް

Next
February 27, 2026

ކިޔުންތެރިންގެ ސަމާލުކަމަށް-މަޢާފް

Previews
February 26, 2026

މިހިތުގެ ދިރުން ( ޕާރޓް 1 )

7 Comments!

  1. Anonymous says:
    February 27, 2026 at 8:29 am

    When next?

    1. Kiyara says:
      February 27, 2026 at 7:17 pm

      In Sha Allah soon

    2. Kiyara says:
      February 27, 2026 at 7:23 pm

      In Sha Allah Manzil will be uploaded every Thursday and Loaibatakaa on every Monday…thank you soo much everyone for still supporting me…❤️❤️
      -kiyara-

      Please follow my Instagram @author_kiyara for more updates

  2. Anonymous says:
    February 27, 2026 at 1:10 pm

    Vrh reethi MA! Curiously waiting for the next part

  3. anonymous... says:
    February 27, 2026 at 4:20 pm

    Kn irakun next.vvrh gina dhuvahu ge inthizaareh mee 🙂

  4. Verrr says:
    February 28, 2026 at 5:04 pm

    OMYGAWD AFTER A LONG TIME DHW
    varah reethi mi part ves
    Waiting for the next part
    When next.??

  5. Verrr says:
    March 17, 2026 at 7:54 am

    Heyy mi vhk ge anneih episode kon irakun dhen up Kuranee
    Waiting ….

Comments are closed.

Next Episodeމަންޒިލް 39←


All Right Reserved!