Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިޔައީ ހަނދޭ-12

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
February 28, 2026 5 Mins Read
9 Comments

ދުއްވާ އެއްޗެހީގެ އަޑު ވަނީ މުޅި މާހައިލު ތެރޭ ހިފާލެވިފައެވެ. ރޭގަނޑު ގަނޑި ކަމުގައިވީ ނަމަވެސް ބައިވަރު މީހުންނާއި ކުދިންތަށް ފެނެއެވެ. ޔޫރާ ވެސް ލައިބްރެރީއިން ނުކުމެ މިސްރާބުޖެހީ އަރްފާން މެންގެޔާއި ދިމާއަށެވެ. އަރްފާންގެ ޙަބަރެއް ނުވާތާ މާގިނަ ދުވަސްވިއެވެ. އަނެއްކާ އޭނާ ބަލީ ހެއްޔެވެ؟ ވީގޮތެއް އެނގޭނީ ދިޔައީމައެއްނޫންހެއްޔެވެ؟ 10 ވަރަކަށް މިނެޓް ހިގާފައި އައިސް ޔޫރާ މަޑުކޮށްލީ އަރްފާން މެންގޭ ކުރިމަތީގައެވެ. ދޮރު މަތީގައި ހުރި ފެންލައިޓް އިން އެތެރޭގައި ލައިޓްދިއްލާފައި ހުރިކަން އެނގެއެވެ. ޔޫރާ ގޮސް ޓަކިދިނެވެ. އަޑެއް ބަޑެެއް ނީވެއެވެ. ދެތިން ފަހަރަކު ޖެހީމަވެސް ދޮރު ހުޅުވާކަށް ނައެވެ. އެހެންކަމުން ޔޫރާ ތަޅުގައި ހިފާލިއެވެ. ފަސޭހަ ކަމާއި އެކީ ދޮރު ހުޅުވުނެވެ. އެތެރެއިން ފެނިގެން ދިޔަ މަންޒަރުން ޔޫރާގެ ފައި ބިންގަނޑުން ދަމައިގަތް ކަހަލައެވެ. މީހާ ހުއްޓުން އެރިއެވެ.

*ޕާރޓް-12*

އޭރު ސިޓިނރޫމް ސޯފާމަތީގައި މާހިންގެ ހާމަ މޭމަތީގައި ބޯއަޅާލާގެން އަރްފާން އަށް އޮތީ ނިދިފައެވެ. މާހިން ވެސް އޮތީ އޭނާގެ ބާރުގަދަ ދެއަތް އަރްފާން ވަށާލާގެން ނިދާފައެވެ. އަރްފާންގެ އުނަގަނޑާއި ހަމައަށް ބެޑްޝީޓް އަޅާލެވިފައިވީރު ދެމީހުން ކުރެ އެކަކުގެވެސް ހެދުމެއް ނެތެވެ. ޔޫރާ އަވަހަށް ދޮރުލައްޕާލާފައި އަނެއްފަރާތަށް އެނބުރުނެވެ. އޭރު އޭނާ ދިޔައީ އޭނާގެ ދެލޮލުން އަންނަން ހުރި ކަރުނަތިކިތަކާއި ހަގުރާމަ ކުރާށެވެ. އަވަސް އަވަހަށް އެސްފިޔަ ޖަހާލާފައި ކަރުނަތަށް ހިންދާލިއެވެ. އަދި ލަސްލަހުން ފުންކޮށް ނޭވާ ލިއެވެ. ދެތިން ފަހަރަކު އެހެން ހަދާލުމަށް ފަހު ޔޫރާ ހިގައިގަތެވެ. ބާރަށެވެ.

އަރްފާންގެ ހުރި ލަދުކުޑަކަމެވެ. ހަޔާއްކުޑަކަމުގެ ވެސް އަރާލަހުރި މީހެކެވެ. އައްޗީޑިއެެވެ. އަރްފާން އަކީ އެކަހަލަ ވިޔާނުދާ މީހެއް ކަމަކަށް ޔޫރާ އެއްގޮތަކަށް ވެސް ހިތަކަށް ނާރައެވެ. ޔޫރާ އެއް ނޮރެއެވެ. އޭގެ ބަދަލުގައި އޭނާގެ ހިތުގައިދިޔައީ އަރްފާން އާއި މެދު ނަފްރަތުގެ ހުޅުކޮޅު އަނދަމުންނެވެ. ބާރަށް ހިގައިފައި ދިޔައިރު ރުޅި އައިސްގެން އޭނާގެ އަތްދިޔައީ ތުރުތުރު އަޅަމުންނެވެ. ޔޫރާ ގޮސް ގެޔަށް ވަނެވެ. އޭރު އެކަކުވެސް ފެންނާކަށް ނެތެވެ. މިގަނޑީގައި ބޭރުގައި މީހަކު ނެތްކަމީ އޭނާގެ ނަސީބޭ ހިތަށް އެރިއެވެ. ކޮޓަރިއަށް ވަތްގޮތަށް ޔޫރާ ދޮރު ތަޅުލިއެވެ. އަދި ދޮރުގައި ލެގިލިއެވެ. ދެލޯ މަރާލާފައި އޭނާ އަތް ދަބަސް ބައިންދާފައި ވަނީ ފާޙަނާއަށެވެ. މޫނު ދޮންނަ ތަށިކައިރީ ހުއްޓިލާފައި ޔޫރާ ބަލާލީ އޭނާގެ އަމިއްލަ ނަފްސަށެވެ.

އަރްފާން ފިރިހެނެއް ފަހަތުން ދުވަންޖެހުނު ސަބަބެއް ޔޫރާ އަކަށް ނުވިސްނުނެެވެ. އޭނާ އަރްފާން އަށް ލޯބިދިނެވެ. އޭނާ ރީއްޗެވެ. ދެން އަރްފާން އޭނާ އަށް އެގޮތަށް ފިރިހެނެއް ކާރިއަށް ވަދެ އޭނާ އަށް ބޭވަފާތެރިވާންވީ ކީއްވެހެއްޔެެވެ؟ އަރްފާން މިވީ ބޭވަފާތެރިކަމަށް އޭނާ އެއްގޮތަކަށް ވެސް މަޢާފެއް ނުކުރާނެއެވެ. އަރްފާންގެ މިނުބައި އަމަލުތަކަށް އޭނާ އަށް ރަގަނޅަށް ސަޒާދެއްވާށެވެ. މޫނުދޮވެ ހަދައިގެން ޔޫރާ ގޮސް އެނދުގައި އޮށޯވެލިއެވެެ. އޭސީގެ ފިނިން ހަށިގަނޑަށް އަރާމުވިއެވެ. އެނދުގައި ރަގަނޅަށް ހަމަޖެހިލުމަށް ފަހު އޭނާ ދެލޯ މަރާލިއެވެ.

ނޮރޯން ބޭނުންވިއަސް ކަރަށް ވަނީ ވާންވެފައެވެ. މެޔަށް ވަނީ ބާރުވެފައެވެ. ދެލޯމަރައިގެން އޮތެއް ކަމަކު ޔޫރާގެ ލޮލުގެ ކަނުން ކަރުނަ ތިއްކެއް ވެއްޓުނެވެ. އަރްފާން އާއި އެކީ އޭނާ މިއުޅު 4 އަހަރުވެސް އަރްފާންގެ ކިބައިން މިކަހަލަ ނޭގަންނި އަމަލެއް ފެންނާނެކަމަކަށް އޭނާ އެއްގޮތަކަށް ވެސް ހިތަކަށް ނާރައެވެ. އަރްފާން މިހެން ކަންތަށް ކުރީ ކީއްވެގެން ހެއްޔެވެ؟ އަރްފާން އަށް އޭނާ ހުރެގެން ނުފުދެނީހެއްޔެވެ؟ ޔޫރާ އާއި ނުލާ ދިރިނޫޅެވޭނެ އޭ ބުނެ ހުރިހާ ވައުދަކާއި ކީހުރިހާ އެއްޗެއް ދޮގަކަށް ވީއެއްނޫންހެއްޔެވެ؟ ޔޫރާގެ ސިކުނޑި ތެރޭގައި ކުލަނެތް ފިލްމެއް ހެން ދިޔައީ އޭނާ އާއި އަރްފާން އެއްކޮށް އުޅުނު ދުވަސްތަކުގެ ހަދާންތަށް އާވަމުންނެވެ. ކޮންމެއަކަސް ދެން ކުރާނެ ކަމެއް ނެތެވެ.

ހެނދުނު ހަތެއް ޖެހީރު ރާނިޔާ އުޅުނީ ބަދިގޭގައި ރަޝްނާން އަށް ސައިތަތްޔާރު ކުރުމުގައެވެ. މިއަދަކީ އޭނާ ޔޫޝައު އާއި އެކީ އަތަޅޮތެރޭ ރަށަށް ދާދުވަހެވެ. އެހެންކަމުން ރާނިޔާގެ މޫނުމަތިން ފެންނަން ހުރީ ހިނިތުންވުމެކެވެ. އޭނާ ސައިތައްޔޫރު ކޮށްނިއްމާލާފައި އެނބުރިލި ތަނާހެން ޔޫޝައު އައިސް އޭނާ އާއި ދާދި ގާތުގައި މަޑުކޮށްލިއެވެ. ބަދިގެ ޝީޓް ގައި ރާނިޔާ ލެނގިލާފައި ހިނިތުންވެލިއެވެ. އޭރު ޔޫޝައު އިނީ ލޯބިން ފުރިގެންވީ ނަޒަރަކުން ރާނިޔާ އަށް ބަލާށެވެ.

“ހާދަ އުފާވެފައޭ ދޯ..؟” ޔޫޝައު މަޑުމަޑުން ރާނިޔާގެ ކޮލުގައި ފިރުމާލަމުން ބުނެލިއެވެ. ރާނިޔާގެ ހިނިތުންވުން ފުންވިއެވެ.

“އުފާވެނެ ދޯ.. ހަދާނެތް ނެތް އެއްމެ ފަހުން ރަށުން ފޭބި ދުވަހެއް ވެސް..” ރާނިޔާ ބުނެލިއެވެ.

“މާ އުފާނުވައްޗޭ..” ޔޫޝައު އެއްމެޔަކަނަށް ހީލަމުން އެހެން ބުނެލުމުން ރާނިޔާ އަކަށް ނުވިސްނުނެވެ. އޭނާ ބޯއަރިކޮށްލިއެވެ. ޔޫޝައު ރާނިޔާ އާއި ކާރިވެލާފައި ރާނިޔާގެ ކަންފަތާއި އަނގަކާރި ކޮށްލިއެވެ.

“އަހަރެންނަކަށް ހިޔެއްނުވޭ ރާނިޔާ އަށް ހިގާނެހާ ވަރު ހުންނާނެހެނެއް އަަހަރެން ރާނިޔާ އާއި ވަގުތުކޮޅެއް ހޭދަކޮށްލާރަކަށް..” ޔޫޝައުގެ މިޖުމްލައާއި އެކީ ރާނިޔާގެ މުޅި މޫނުއެއްކޮށް މަޑު ފިޔާތޮށީ ކުލައަކަށް ބަދަލު ވިއެވެ ވަގުތުން އޭނާ ޔޫޝައުގެ ކޮޑުގައި ޖަހާލިއެވެ.

އެދުވަހު ރަޝްނާން އޮފީހުގައި ހުރީރުވެސް އޭނާގެ އަށް މަސަށްކަތަށް މާބޮޑަކަށް ފަރުވާތެރިކަމެއް ނުދެވުނެވެ. އޭނާގެ ސިކުނޑިތެރޭގައި ގޮނާކުރަމުން ދިޔައީ ޒަހްރާގެ ހިޔާލުތަކެވެ. ޒަހްރާގެ ޖަވާބަކީ ކޮބާއެވެ. ޒަހްރާ ގާތަށް ދާން އޭނާ ބޭނުމެވެ. އަވަހަށް ބްރޭކް ގަޑި އަންނާނެ ނަމައޭ ރަޝްނާން ހިތަށް އެރިއެވެ.

ބްރޭކް ގަޑިލިބުނީރަށް ރަޝްނާން އަވަހަށް ނުކުތެވެ. އޭނާ ގޮސް ވަނީ “ކޯޒީ ކޯރނާ” އަށެވެ. އޭރުވެސް އެތަންނުގައި މީހުން އުޅެއެވެ. އެތެރެއަށް ކަޅި އުކަމުން ރަޝްނާން ގޮސް އިށީނީ އޭނާ އާމުކޮށް އިށީންނަ ތާގައެވެ. އޭރު އޭނާގެ ހިތްދިޔައީ ބާރަށް ތެޅެމުންނެވެ. ޒަހްރާ ފެންނަ ފަށުގައި ހުންނަން ރަޝްނާން ހުންނަން ބޭނުމެވެ. އެކަމު އޭނާގެ ހިތުގައި ޒަހްރާ އަށް ދެވިފައިވާ މަޤާމް ކިޔާދީފައި ދެން ޒަހްރާ ކުރިމައްޗަށް އަރަން އޭނާ ޖެހިލުންވެ ލަދުގަނެއެވެ.

ހުސްމޭޒުތަކުން ތަށިތަށް ނަގާފައި އެތަން ސާފު ކޮށްލާފައި ޒަހްރާ އެނބުރިލިތަނާހެން ރަޝްނާން ފެނުނެވެ. ޒަހްރާގެ ހިތް އަވަސްވިއެވެ. ރަޝްނާން އަކަށް އޭނާ އެއް ނުފެނެއެވެ. ޒަހްރާ އަވަހަށް ވަނީ ބަދިގެޔަށެވެ. އެނާ ސިންކު ކައިރިއަށް ގޮސްލާފައި އިނީއެވެ. އޭނާ ރަޝްނާން ކާރިއަށް ދާކަށް ބޭނުމެއް ނޫނެެވެ. ރަޝްނާން ފެންނާރަކަށް އޭނާގެ ގައިން ހީބިހި ނަގައިގަނެއެވެ. ނޭވާ އަވަސްވެއެވެ. ހިގާއިރު ފައި އޮޅެއެވެ. ޒަހްރާ އެހެން އިންދާ އެތާ މަސަށްކަތް ކުރާ އެހެން ކުއްޖެއް ކަމަށްވާ ޖަނާ ފެނުމުން އޭނާ ޖަނާ އަށް ގޮވާލިއެވެ.

“ކިހިނެއްވީ..؟” ޖަނާ އައިސް ޒަހްރާ ކާރީ ހުއްޓިލަމުން އަހާލިއެވެ. ޒަހްރާ އެދުނީ ރަޝްނާންގެ އޯރޑާރ ނެގުމަށެވެ. ޖަނާ ވަކި އެއްޗެކޭ ނުބުނެ ގޮސް ރަޝްނާންގެ އޯރޑާރ ނަގާގެން އައެވެ. ޒަހްރާ އިނީ ބަލާށެވެ. ޖަނާ ފެނުމުން ރަޝްނާންގެ މޫނުމަތި މޯޅިވިގޮތެވެ. ކޮންމެ ގޮތެއް ވިއަސް އޭނާ އަކަށް ރަޝްނާންގެ ކުރިމައްޗަށް އަރާނެހާ ހިއްވަރެއް ނެތެވެ. ޒަހްރާ ނިކަން ލޯބިން ރަޝްނާން އަށް ކޮފީ ގިރައިދީފިއެވެ. މިފަހަރު ވެސް އޭނާ އެދުނީ ޖަނާކާރީގައެވެ.

ޒަހްރާ މިއަދު މަސަށްކަތަށް ނާންނަ ދުވަހެއް ހެއްޔެވެ؟ ރަޝްނާންގެ ހިތަށް އުނދަގޫވިއެވެ. ޒަހްރާ ކޮބާ ހެއްޔެވެ؟ އަނެއްކާ އޭނާ ބަލިވީ ހެއްޔެވެ؟ އެހެން ނޫނީ އޭނާގެ އޯރޑާރ ނަގަން އަބަދުވެސް އަންނާނީ ޒަހްރާ އެެވެ. މިއަދު އައީ އެެހެން ކުއްޖެކެވެ. ހިތުތެރޭގައި ޝަކުވާ ކުރަމުން ރަޝްނާން ކޮފީތަށި ހުސްކޮށްފައި ޕޭކޮށްލާފައި ނުކުތެވެ.

މެންދުރުވީއިރު ވެސް ޔޫރާ އޮތީ އެނދުގައެވެ. ސީލިންގަށް ނަޒަރު ހުއްޓާލާގެން ހުރީރު ޔޫރާގެ ދެލޯވަނީ ރަތްވެ ދުޅަވެފައެވެ. އޭނާގެ މޫނުމަތިން ފެންނަން ހުރީ ހުސްކަމެވެ. އެއްވެސް ދިރުމެއް ނެތެވެ. އެހެން އޮތީރު އޭނާގެ ސިކުނޑިތެރޭ އަދިވެސް ފިލްމެއްގެ ތަންކޮޅެއް ހެން އަރްފާން އާއި މާހިން ނިދާފަތް އޮތްތަން ދިޔައީ ތަކުރާރުވަމުންނެވެ. އޭނާ އަށް އެމަންޒަރު ސިކުނޑިތެރެއަކުން ފިލުވައެއް ނުލެވެއެވެ. އެއަށް ތުރެއް އޭނާ އަށް ވަނީ އަސަރުކޮށްފައެވެ. ހިތްވަނީ ކުދިކުދިވެފައެވެ. ދެން އެހިތުގެ އެތިކޮޅުތަށް އަނބުރާ ގެނެސްދޭނީ ކާކުހެއްޔެވެ؟ ކިހިނަކުން ހެއްޔެވެ؟ އޭނާގެ މުޅި ހިތުން ހަޤީޤީކޮށް ލޯބިވީ އަރްފާން ދެކެއެވެ.

1 ޖެހުމުން ރަޝްނާން އައީ ޔޫރާ ބަލައެވެ. ނަމަވެސް ގޭތެރެއަކުން ވެސް ޔޫރާ ފެންނާކަށް ނެތެވެ. ޔޫރާ އަނެއްކާ ދިޔައީ ހޭހިތައި ރަޝްނާން ބަލާލީ ޔޫރާގެ ބޫޓް އިންތޯއެވެ. ބޫޓް އެބައިނެވެ. ޔޫރާ ކޮބާ ހެއްޔެވެ. ޔަޤީނެވެ. އަދިވެސް ތައްޔާރު ވަނީއެެވެ. ޕިސް ޕިސް ކިޔަމުން ރަޝްނާން ގޮސް ޔޫރާގެ ކޮޓަރި ދޮރުގައި ޓަކިދިނެެވެ. އަޑެއް ބަޑެއް ނީވެއެވެ. ދެވަނަފަހަރަށް ޓަކިދިނެވެ. މިފަހަރު ވެސް އަޑެއް ނީވެއެވެ. ރަޝްނާން ތަޅުގައި ހިފައި މަޑުމަޑުން ދޮރު ހުޅުވާލިއެވެ. އެތެރެ އޮތީ އަދިރި ކޮށެވެ. އޭސީގެ ހުރީ ސޯޅައަށް ލާފައެވެ. ވަރަށް ވެސްފިންޔެވެ. ލައިޓް ދިއްލާލީރު ޔޫރާ އޮތީ ނިދާފައެވެ. ރަޖާގަނޑު ދަށަށް ވަދެ ހަމަޖެހިލައިގެން އޮތީރު ޔޫރާ ހަމަރަގަނޅަށް ވެސް އޮތީ ނިދާފައެވެ. އަނެއްކާ ޔޫރާ އަށް ހޭނުލެވުނީ ހެއްޔެެވެ؟ ނޫނެކެވެ. ޔޫރާ އަކީ ފޯން އެލާރމް ކުރާ ކުއްޖެކެވެ. ޔޫރާ ބަލީ ހެއްޔެވެ؟ ރަޝްނާން ގޮސް ޔޫރާގެ ނިތްކުރީގައި އަތްޖައްސާލީ ޔޫރާ ހުން އައީ ކަމަށް ހީއްކޮށެވެ. ހުމެއް ވެސް ނެތެވެ. ބަލި ނޫނިއްޔާ އޭނާ އެއް އެއްމެ ދުވަހެއްވެސް ކޮލެޖް އަށްނޮގޮސް ނުދާނެއެވެ. ކޮންމެ ވެސް ކަމެއް ވެއްޖެކަން ރަޝްނާން އަށް އެނގެއެވެ. ޔޫރާގެ ދެލޯ ވަނީ ދުޅަ ވެފައެވެ. އޭނާ ކޮންމެ ވެސް ކަމަކާއި ހިތާމަ ކުރަނީއެވެ.

ރަޝްނާން ގެއިން ނުކުމެ ދޮރު ތަޅުލިއެވެ. ދެން އަނެއްކާވެސް އޭނާގެ މަންޒިލަކަށްވީ އޮފީހެވެ.

ޔޫރާ އަށް ހޭލެވުނީރު ގަނޑިން ހަވީރު 4 ޖަހާފިއެވެ. މިހާ ގިނައިރު ނިދީރު ވެސް އޭނާގެ ހަށިގަނޑުގައި އެއްވެސް ވަރެއް ނެތެވެ. ވަރަށް ވަރުބައްޔެވެ. ފެންވަރައި ހަދައިގެން ޔޫރާ ބަދިގެޔަށް ވަދެ ކޮފީ އެއް ގިރާލިއެވެ. ކޮފީ ބުއި ނިއްމާގެން އޭނާ އަނެއްކާ ވެސް ވަނީ ކޮޓަރިއަށެވެ. ދެން އޭނާ ނުކުތީރު އޭނާ ހުރީ ރީތިވެލައިގެންނެވެ. ނޫކުލައިގެ ސްވެޓާ އަކާއި އެކީ ކަޅުކުލައިގެ ފުޅާ ޖިންސް އެއް ލައިގެން ހުރީރު އޭނާގެ އިސްތަށިގަނޑް ވަނީ ދޫ ހުޅީއަކަށް އަށްސާލެވިފައެވެ. ވާއަތު ކޮޑުގައި އޭނާގެ ހޭންޑް ބޭގް އަޅައިލައިގެން އެދެލޯ ފޮރުވާލުމަށް އަވި އައިނެއް އަޅާލައިގެން ޔޫރާ ނުކުތެވެ. އޭނާ ދިޔައީ ހޮސްޕިޓަލަށެވެ. ބޭސް ކޮޅެއް ބަލައެވެ. ޔޫރާ އަކީ ބޭސްކާކުއްޖެކެވެ. އޭނާ އަކީ ސްޓްރެސްވީ މައި ބޭސްކާންޖެހޭ ކުއްޖެކެވެ.

އެތާ ހުރި ގޮޑިބަރީގައި އިށީންދެލީ އަދި އެތާ އެތަށް ބަޔަކު ކިއުގައި ތިބީމައެވެ. ޔޫރާ އިށީންދެފައި ފޯންނެގިއެވެ. އޭނާ އިނީ ވާހަކައެއް ކިޔާށެވެ. އިރުކޮޅަކު އެހެން ހުއްޓައި މީހަކު އޭނާގެ ނަމުން ގޮވާލި ނިކަން ގާތުން އިވުނުހެން ހީވުމުން ޔޫރާ އިސްއުފުލާ ބަލާލިއެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

ހިތް އެދޭހާ ކަމެއް.. (36 ވަނަބައި)

Next

ޖަވާހިރުގެ ބާރު – 10

Next
February 28, 2026

ޖަވާހިރުގެ ބާރު – 10

Previews
February 27, 2026

ހިތް އެދޭހާ ކަމެއް.. (36 ވަނަބައި)

9 Comments!

  1. Shaba_73 says:
    February 28, 2026 at 9:58 am

    Mi part vx vrh reethi MA! Just a wauu 💗
    Arfaaan what the hell 😲 huhh euuuu disgusting 🤢
    Yoora and Ashvaan gulhuvahchey 🤗
    Rashnaan kurimahchah aran xahra ah nukereny dhw!
    Xahra ge answer akah keh Madhu vefa mihury
    Anehkaa Kaaku baa yooraa ah govaaly e
    I think it’s Arfaaan or Ashvaan…. 🤔
    Curiously waiting for the next part when’s?
    So curious to know what will happen next..
    Lysm and Tc gurll 💗

  2. _MuXo_ _MuXo_ says:
    February 28, 2026 at 10:15 am

    Thank you Shaba_73!! 🤗
    Yoora and ashwaan v cute dhw ehkoh!😄
    Yes, Xahra ladhuganna nee Rash kurimahchah aran! 😊
    Xahra ge answer igeyne thaa dhw dhen! 🤭
    Next part ga igeyne yoora ah govaalee kaakukan! 😉
    Next part inshaallah dhen in two vhk liyelaafa! 😶
    Love you more, you also take care! 😘💙

    1. Shaba_73 says:
      February 28, 2026 at 12:04 pm

      Yhh yoora and Ashwaan vrh ves cute ❤️

  3. Miss jennie says:
    February 28, 2026 at 11:32 am

    Mi part ves varah reethi . kaaku baa yoora aj govee? Yoora stress veema kihinayvaatheebaa base kanee? Curiously waiting for next part???

    1. _MuXo_ says:
      February 28, 2026 at 11:34 am

      Thank you miss jennie! 🥰
      Dhen anna part ga igeyne ehnnu dhw yoora ah govee kaakukan! 😊
      Next part ves v avahah! 🤭

  4. Alaika_22 says:
    February 28, 2026 at 1:18 pm

    Mi part ves Vrh Reethi MA!! 😍
    Arufaan u are soo bad…..u Don’t have permission to hurt Yoora…. 😤
    Kaaku Baa Yoora ah govee e…. I think it’s Ashwaan…!!
    Curiously waiting for next part……
    Whn nxt??????
    Lysm and Tc my girll

    1. _MuXo_ says:
      February 28, 2026 at 11:17 pm

      Glad you like it Alaika_22! 🥰
      Next part ga igeyne ehnnu dhw yoora ah govee kaakukan! 🧐
      Next part Inshaallah v avahah kamah balamaa! 😄
      Love you too😘 you also take care! 😉

  5. ♨ says:
    February 28, 2026 at 7:57 pm

    Here you from? @ Muxo

    1. _MuXo_ says:
      February 28, 2026 at 11:18 pm

      Do you mean where are you from..? 😶
      If so I’m from M atoll! 🤗

Comments are closed.

Next Episodeތިޔައީ ހަނދޭ-13←


All Right Reserved!