Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންލޯބި

ފުރާނަ 3

inan ahmd
inan ahmd Level 2
February 25, 2026 3 Mins Read
2 Comments

ޒެހެކް އަށް ފާހަނައިން ނުކުމެވުނު ވަގުތު ދޮރުގައި ތަޅައިގަތް އަޑު އިވުނެވެ. އަޅާވެސްނުލާ ގޮސް ވެނިޓީ މަތީގައި ހުރި ކޮކޯ ބަޓަރ ލޯޝަން ފުޅިން އެތިކޮޅެއް އަތަށް އަޅާލުމަށްފަހު ހަންގަނޑު އޮމާންވާ ވަރަށް އުނގުޅާލިއެވެ. ގޮނޑީގައި އިޝީނދެ ވެނިޓީ ގާތަށް ދަމާލައި ހަމަޖެހިލަިގެން އިނދެ ސްކިންކެއަރ ހަދާ ނިންމަލިއެވެ. އޭރުވެސް މެދުކެނޑުމެއް ނެތި ދޮރުގާ ތަޅަމުން ދާ އަޑު އިވެމުން ދިޔައެވެ. ލާނެތް ހިނިތުންވުމެއްގައި ހުރެ އަލަމާރި ހުޅުވާލާފައި ބޮޑީސޫޓަކާއި ފްލެއރޑް ޕޭންޓް އެއް ލިއެވެ.

“ޑޫ އައި ލުކް އޯކޭ؟ ވެއިޓް އަ އޯވާ ސައިޒްޑް ޓީޝާޓް ވުޑް ގޯ ސޯ ވެލް ވިތް ދިސް ފިޓް”

އަލަމާރި އެފުއް މިފުށަށް ޖެހި އިރުވެސް ހިންހަމަޖެހޭ އެއްޗެއް ނުފެނުމުން ޗޮކެއް ކަނޑާލާފައި އެނބުރލި ވަގުތު ކަބަޑުތެރޭ އޮތް ބޭބީ ޕިންކް ކުލައިގެ ޓީޝާާޓު މަތިން ހަނދާން ވެގެން އުފާވެފައި ހުރެ ގޮސް ކަބަޑުން އެ ނަގައި ލިއެވެ. ލޯގަނޑު ކުރިމަތީ ހުރެ ފަރިބަލާލާފައި ހިންހަމަ ޖެހޭ ވަރަށް ސެންޓުބުރުވާލިއެވެ.

ލުއި ފިޔަވަޅު ތަކެއްގއި ދޮރާދިމާލަށް ދަމުން ވިހަ ގޮތަކަށް ހީލާފައި ކަބަޑުން ބޭބީ ޕައުޑާ ފުޅި އަކާއި ހުދުކުލައިގެ ގްލިޓާ އަޅާފައި ހުރި ފުޅިއެއް ނަގައިގެން ނިކުންނަން މިސްރާބު ޖެހީ ޒައިއެލް ބޭރުގައި ހުންނާނެކަން އިނގޭތީއެވެ. ނަމަވެސް އޭރު ޓަކި ޖެހުމުގެ އެއްވެސް އަޑެއް ނީވެއެވެ.

ކޮޓަރީ ދޮރު ހުޅުވާލި އިރު ޒައިއެލްގެ ހިލަމެއް ނުވާތީ ހިންހަމަޖެހިފައި ހުރެ ބޭރު ދޮރު ހުޅުވާލުމުގެ ކުރިން އަތުގައި އޮތް ދެ ފުޅީގެ މަތިގަނޑުތަށް ދޫކޮށްލިއެވެ. ފިޔަވަޅުތަކެއްގެ އަޑު ދޮރާ ކައިރިން އިވެންފެށުމާއެކު ދޮރުގެ ބިއްދަށަށް ވަދެ ފިލާ ހަމަޖެހެލިއެވެ. ދޮރު ހުޅުވާލުމާއެކު އެތެރަށް ވަދެވަދެ ހުރި ޒައިއެލްގެ ބޮލަށް ފުށާއި ގްލިޓާ ކުނޑިތަށް އަޅައިލިއެވެ.

“ވަޓް ދަ……. އޭ މީނދަ މީދަލާ މަގޭ އަތު ނުޖެހެއްޗޭ އިނގޭ! އަތު ޖެހެއްޖިއްޔާ ހުވާ ބިއްލާހި ވަރުގަދަ ލަނޑެއް ދޭނަން!”

ދެމީހުނަށް މުޅި ގޭތެރެ ވަށާ ދުވެވުނު އިރުވެސް އެއްވެސް މީހަކު ހިފާއްޓާލެވޭ ގޮތެއް ނުވެއެވެ. ޒައިއެލް ރުޅި އައިސްގެން ފަޅައިގެންދާން ގާތްވެފައި ހުރި ނަމަވެސް ޒެހެކް ހުރީ ހެވޭ ވަރުން ބަނޑަށް ތަދުވެފައެވެ. ދުވަމުން ގޭ ބޮޑު ދޮރާ ކައިރިވެވުނު ހިނދު ދޮރުން ބޭރަށް ދެމިގަނެފައި ގޯތިތެރޭވެސް މަޑުނުޖެހި ދުވެނެގި އިރުވެސް އަތުޖެހޭ ގޮތެއް ނުވިއެވެ.

މާނޭވާލެވޭ ވަރުވެގެން ވަރުބަލި ފިލުވާލަން ޒެހެކް މަސް ފެންގަނޑު ކައިރީ ހުއްޓެލިއެވެ. ޒައިއްލެއަށް މި މަންޒަރު ފެނުނު ވަގުތު މޮޅު ޚިޔާލެއް ލިބުނު ފަދައަކުން ނިކަން ހެވިފައި ހުރެ ޒެހެކް ކައިރިއަށް ގޮސް ޒެހެކް މަސްފެންގަނޑު ތެރެޔަށް ވައްޓާލަން އަތް ދަމާލިއެވެ. ނަމަވެސް ޒައިއެލްގެ ހަމަލާއަކަށް ހުށިޔާރުވެގެން ހުރި ޒެހެކް ތަންވަޅު ބަލާފައި އެއްކައިރިޔަށް ޖެހެލި ވަގުތު މޫނުވަތަށް ޒައިއެލް މަސްފެންގަނޑު ތެރެއަށް ވެއްޓިގެން ދިޔައެވެ.

“އަޅެ މަ މަރާލަންތަ ޒީ ތިއުޅެނީ؟ ގްލިޓާ އާއި ބޭބީ ޕައުޑަރ އަޅާފަ އެވަރުން ނުފުދިގެން މަ ފެންގަނޑު ތެރެއަށް ވައްޓާލައިފިއޭ”

“ބްލްލްލްލްލް. ލޫޒަރ ހަހަހަހަ ޒީ ނިދި އައިއްސަ ހުންނަ ގަޑިގަޑީ އުނދަގޫ ކުރަންޏާ ވާންވީ ގޮތަށް ހަމަ ތި ވީ”

“މިއަދު ދެން މަސްދަތުރު ދާން ރެޑީ ވެގެން ހުރީމަ ނުބެހޭނަން އިނގޭ! އެކަމަކު ދެން ފަހަރަކުން ވަރުގަދަ ލަނޑެއް ދޭނަން”

ޒައިއްލްގެ ވަހަކައިން އެއްވެސް އަސަރެއް ނުކުރިތާނގާ އަޅައިވެސްނުލާ ހުރެ ގޮސް ހަޓު ތެރޭގައި ހުރި ބެންޗެއްގެ މަތީ އިށީނދެ ހަމަޖެހެލިއެވެ. އިރުކޮޅެއްނުވެ ހާލަކުން އުޅެގެން ޒައިއެލް މަސް ފެންގަނޑުތެރޭން ބޭރަށް ނިކުންނަންކުރާ މަސައްކަތް ފެނުމާއެކު ހިނިއައިސް ލޮލުން ފެން އަންނަ ވަރުވެފައި އިދެވުނެވެ. ނަމަވެސް ހިނިގަނޑު މަތަކޮށްލާފައި ހަމަޖެހެލީ ޒައިއެލް ރުޅި އައިސްފައި ހުރިވަރު ފެނުމުންނެވެ.

ނަމަވެސް ކޮންޓަރޯލު ނުވެގެން ބާރަށް ހޭން ފެށުމާއެކު އަނގަމަތީ އަތް އަޅާ އޮއްބާލަން މަސައްކަތް ކުރިނަމަވެސް ވީ ބޭކާރެވެ. މިތަން ޒައިއެލަ އަށް ފެނުން ވަގުތު އޭނާ އަަށްވެސް ހެވުނީ ޒެހެކް ނުހޭން ކުރަމުން ގެންދާ މަސައްކަތް ބޭކަރުވަމުން ދާތަން ފެނިފައެވެ.

***************************************

އަނމާންކަމުގެ ސާލެއް އޮޅައިލެވިފައި އޮތް ” ބްލޫ ކެއަރ ހޮސްޕިޓަލް” ތެރެ ހަލަބޮލިވާކަށް 5 މިނެޓުވެސް ނުނެގިއެވެ. ސްޓްރެޗަރ މަތީ ބާއްވައިގެން އެންބިއުލަންސުން ނެރުނު މީހާ ގޮވައިގެން ހަސްފަތާލަށް ވަންނަން ދިޔަ މީހުންގެ ތެރޭގައި އަލާނިޔާ ހިމެނެއެވެ. ރޮއިރޮއި ދެލޯ ދުޅަވެގެންގޮސް ރަތް ކުލައަކަށް ބަދަލުވެފައިވާ އިރު ލައިގެން ހުރި ހުދާއި ނުލުން ރޮނގުދެމި އެންމެ ފަހުގެ ފެޝަނަށް ފެތޭ ވައްތަރުގެ ގަމީހާ ހުދު ޖިންސު ފޯވެފައި ވަނީ ގަދަ ރަތް ކުލައިގެ ލެއިންނެވެ.

އިމަޖެންސީ ރޫމުގެ ދޮރުން ބޭރަށް ދެމިގަތް ޑޮކްޓަރުން ތަކުގެ ފަހަތުން ނިކުތް ނަރުހުންގެ ޓީމުގެ ތެރޭގައި ލައުރާ ހުރި އިރު އެ ބޮޑު ދެލޮލުން ފާޅުވާން ހުރި ކަންބޮޑުވުން ސިއްރެއް ނުވެއެވެ.ލޮޑުކަން ކިތަންމެ ވަރަކަށް އިހުސާސްވީ ނަމަވެސް ދޮރުން ބޭރަށް އެޅި ފިޔަވަޅާއެކު ލެއިން ތަތްތެޅިގެން ގިސްލަ ގިސްލާފައި ރޯން ހުރި އަލާނިޔާ ފެނި ވަރުބަލިކަން ފިލާދިޔަ ތަނެއްވެސް ނޭނގުނެވެ.

ހިތް ގެނބޭކަހަލަ އިހުސާސެއް ކުރވެމުން ދިޔައިރު ދެލޮލަށް ކަރުނަތަށް ޖަމާވަމުން ދިޔައެވެ.ދުވެފައި އަލާނިޔާ ގާތަށް ގޮސް ވީ ކިހިނެއްތޯ އެހިނަމަވެސް ވީ އެއްވެސް ގޮތެއް އޮޅުންފިލާ ގޮތެއް ނުވުމުން އެކުގައި މަސައްކަތް ކުރާ ނަރުހެއް ކަމަށްވާ އިޝްވާއަށް ގޮވާލުމަށްފަހު އަލާނިޔާ ގާތު މަޑުކޮށްލުމަށް ބުނެ އިމަޖެންސީ ރޫމަށްވަދެ ބަލި މީހާގެ މައުލޫމާތު ސާފުކުރެވޭތޯ މަސައްކަތް ފެއްޓެވެ.

އައިޑީ ކާޑު އޮތްތޯ ގާތުގައި ހުރި ޑރ. ދަޔާނިޔަލް ގާތު އެހުމުން އިސްޖަހާލަމުން ބޯހޫރާލި އިރު އެހެން ޑޮކްޓަރަކު ގޮވައިލި އަޑު އިވިގެން ފަހަތަށް އެނބުރުނު އިރު އައިޑީ ކާޑެއް ދިއްކޮށްލައިގެން ހުރިތަންފެނި އޭގައި ހިފައި ބަލައިލިއެވެ. އޭގައި އިން ނަން ފަނޑުކޮށް ކިޔާލެވުނު އިރު ދެފައިން ވަރުދޫވެ ބޮލަށް އެނބުރުން އަރާހެން ހީވެ އެނދުގެ އަރިމަތީގައި އަތްޖައްސާލެވުނެވެ.

“އިޒާން ބިން މައިކަލް”

Share Article

inan ahmd
Follow Me Written By

inan ahmd

Level 2

Welcome to my inked world 🫶🏼

Other Articles

Previous

އެދިގެން ކަލާ ލިބޭތޯ 46

Next

ދެވުނީ ވޭނޭ 48

Next
February 26, 2026

ދެވުނީ ވޭނޭ 48

Previews
February 25, 2026

އެދިގެން ކަލާ ލިބޭތޯ 46

2 Comments!

  1. Sheex says:
    February 25, 2026 at 12:29 pm

    V reethi mi part ves MA ❤️
    BTW I’m first dhww ☺️☺️☺️
    V CURIOUS anekaa kihineh vaanee next part ga! Can’t wait!!🙃🙃🙃

    1. inan ahmd inan ahmd says:
      February 25, 2026 at 5:52 pm

      Thank you sm, Sheex. Stay tuned for the next part to find out what happens.

Comments are closed.



All Right Reserved!