Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ތި ސޫރަ ނޫން 48

yooon
yooon 10 Stories100 Comments100 Login100 Stories500 Comments
February 19, 2026 11 Mins Read
44 Comments

* “ލީން ހަމަ ސްޓޯރީ މެދުކަނޑާލަނީއޭ.. ދެން ކިހިނެއްތަވީ..؟” ބޭރު ބަލަން އިން މިލީންއަށް ސިހިފައި ބަލާލެވުނެވެ. އޭރު އޭނާއަށް ބަލަން ނައުރާ އިނީ ކެތްތެރިކަމެއް ނެތިއެވެ. *

ލައިގެން ހުރި ފިޔާތޮށި ޖެކެޓް ރީތިކޮށްލަމުން މިލީން ހީނލިއެވެ. އޭނާއަށް އިނދެވުނީ ކެނެޑާގެ ވެންކޫވަރގެ ރީތިކަމަށް ގެއްލިފައެވެ. އާދައިގެ ބާރު މިނެއްގައި ދުއްވަމުން ދިޔަ ބަހުގައި މިލީން އާއި ނައުރާ އިނީ ޖެހިޖެހިގެން އިން ދެ ގޮނޑީގައެވެ. ބަހުގައި ތިބި މީހުން މަދެވެ. ވަޒީފާ ނިމިގެން ގެއަށް ދާ ދެތިން މީހަކާއި މުސްކުޅި ދައްތައެއްގެ އިތުރުން ފަހަތު ބަރީގައި ތިބި އެކުވެރިންގެ ގްރޫޕު ފިޔަވާ ބަހުގައި ހުރީ ދުއްވާ މީހާ އެކަންޏެވެ.

“އަޅެ ވާހަކަ އެ ނިމުނީއޭ އަނެއްހެން.. ދަ ވޯލްޑް ވޯޒް ޝޮކްޑް ޓު ނޯ މައި ސްޓޯރީ.. ދެކޮޅަށް ވާހަކަ ދައްކާ ލިޔުމެއް ހެން އެ ސިޗުއޭޝަން ސިފަ ކޮށްދެވޭނީ.. އެއްބަޔަކު މަގޭ ސައިޑުގަ.. ބާކީ ތިބި މީހުން މަށާ ދެކޮޅަށް.. އެކަމު އެންމެން ވިސްނާއުޅޭ ގޮތަށް ބަލަމުން ދުނިޔެއަކު ނޫޅެވޭނެ ދޯ..؟ މީހުންގެ ދުލެއް ނުހިފެހެއްޓޭނެ.. ކުރެވުނީ ކުށެއްކަން އެނގި އެ ކުށަށް އަދަބު ލިބިގަނެގެން މިހުރީ.. މަށާއި ގާތް މީހުންނަށް އެވަރު އެނގެންޏާ އޯކޭ.. އެނީވޭސް..! ދެން ނައުއަށް އިނގެއެއްނު ބާކީ ބައިގައި ވީ ގޮތް..” މިލީން ބުނެލިއެވެ. ނައުރާ ބޯ ހޫރާލާފައި އަދި އިތުރަށް ތަފްސީލު ދިނުމަށް އެދެން ފެށިއެވެ. ކުޑަ ކުއްޖެއް އައިސްކްރީމް ދޭން އާދޭސް ކުރާ ބީދައިންނެވެ.

“ޕޯސްޓް-ޖެއިލް ސްޓޯރީއަށް ދަމާ އެހެންވިއްޔާ.. އެލް އުޅުނު ވަރަށް މެރީ ނުކުރަން ވެގެން އަހަންނާ ނުލާ.. އެކަމަކު ދިހަ އަހަރު ނައު.. އަހަރެން ޖަލަށް ލާން ހުކުމް ކުރީ ދިހަ އަހަރަށް.. އެއީ ވެސް މަގޭ ލޯޔަރުންގެ ބުރަ މަސައްކަތާއެކު.. ދިހަ އަހަރޭ ބުނީމަ ހީވެދާނެ ވަރަށް ކުރު މުއްދަތެކޭ.. ބަޓް އިޓްސް ނޮޓް.. އެހުރިހާ އަހަރެއް ވަންދެން ކިހިނެއްތަ އެމީހުން މަޑުކުރިޔަ ދޭނީ..؟ އެހެންވެ ބުނީ އަހަރެން ހަމަ އެތަނުގައި ހުރި ފަދައިން ވެޑިންގ ބާއްވާށޭ.. ވަރަށް މިސްވި އެންމެން މަތިން.. ދޮންބެ އެންޑް ކިއަނާ އޯލްސޯ ގޮޓް މެރިޑް.. ތިއްތި އާއި ތަނާ ވެސް.. ދޮންބެގެ މިހާރު ހުރޭ ދެ ކުދިން.. އަލްކާ އެންޑް އިރަމް.. ތަނޫ އިޒް ޕްރެގްނެންޓް.. ޖެންޑަރ ރިވީލް އޮންނާނެ ނެކްސްޓް މަންތްގަ.. ޝާއްކޮއަށް ފަހު ފެމެލީގެ ބޮޑު އިވެންޓަކަށް އަދި ކިރިޔާ ކަންނޭނގެ މި ދެވެނީ..” މިލީން ގާތަށް ހިނިއައެވެ.

“ދެން އޮން ގުޑް ބިހޭވިއަރ، ޖަލުން ދޫކޮށްލީ ފަސްވަނަ އަހަރުގަ.. އެކަމަކު އޭގެ މާނައެއް ނޫން އެއްކޮށް މިނިވަންވީ އޭ.. ޖަލުން ދޫކޮށްލީ އެމީހުންގެ ގަވައިދުތަކާ ކިރިޔާ ޚިލާފު ވިޔަސް އެނބުރި ޖަލަށް ލާ ގޮތަށް.. ބަޓް ދެން އައި ވޯންޓް ޑޫ ދެޓް އެނީމޯ އިރާދަކުރެއްވިއްޔާ.. ޕެރޯލް އޮފިސަރާ ބައްދަލު ކުރަން ޖެހޭ ކޮންމެ މަހަކު.. ކޮމިއުނިޓީ ސާރވިސްއަށާ ތެރަޕީއަށް ވެސް ދިޔައިން ގަވައިދުން.. އެތަނުން ނައުއާ ވެސް ދިމާވީ.. އައިމް ރިއަލީ ގްލޭޑް އައި މެޓް ޔޫ.. ދެން ޔުއެލްއާ ދޮންބެގެ ކޮންޕެނީ އިން ޖޮބެއް ހޯދައިގެން އެތަނުގައި މަސައްކަތް ކުރަން ފެށީ.. ޕާޓްނަރޝިޕަށް ފަހު ކޮމްޕެނީ ވެސް ދެގުނައަަށް ކުރިއަށް ޖެހިލާފަ އޮތީ.. އެންޑް ސަރވް ކުރަން ބާކީ އޮތް ފަސް އަހަރަށް ފަހު ކުރީ އަހަރު މި އެއްކޮށް މިނިވަންވީ..”

“ކެނެޑާއަށް އަންނަން ވެސް ޖެހުނު އެތަންމެ މަސައްކަތެއް ކުރަން.. ޕާސްޕޯޓް އަލުން ހައްދާ އިމިގްރޭޝަނާ ވެސް އެތަންމެ މުއާމަލާތެއް ކޮށްގެން ދަތުރު ހަމަޖެއްސޭވަރު މިވީ.. ކުރީގެ ޕްރިޒިނަރއަކަށް ވީތީ ޖެހުނު ހާލު.. ތިއެއް ނޫނޭ އަސްލު ކީއްވެތަ ނައު މަށާ އެއްކޮށް ތި އައީ..؟” މިލީން އެއްސެވެ.

ނައުރާ ހީނލިއެވެ. އެއާއެކު އޭނާގެ ވާތު ކޮލަށް އަޑިކޮޅެއް އެޅުނެވެ. ކުރު ފަން އިސްތަށިގަނޑެއްގެ ވެރި ނައުރާ އަކީ ހަމުގެ ކުލަ އަނދިރި ނުހަނު ރީތި ކުއްޖެކެވެ. ޑްރަގްގެ ވަބާގައި ޖެހިގެން އެކަމުން ސަލާމަތްވާން ރިހެބަށް ގޮސް ނިމިގެން އޭނާ އަދިވެސް މުޅިން ހަމައަކަށް އެޅެން ވެގެން ފަހުން ތެރަޕީއަށް ދިޔައިރު އިއްތިފާގުން މިލީންއާ ދިމާވީއެވެ. އޭގެފަހުން ބައްދަލުވެ ވާހަކަ ދެކެވި ނުހަނު ގާތް ދެ އެކުވެރިންނަށްވެ ނިމިގެން ދިޔައީއެވެ.

“މަގޭ ގާތު ހުއްޓުމެއް ނެތި ފަސް އަހަރު ވަންދެން ދެއްކީ ޔައުލާންގެ ވާހަކަ.. ތި ޔައުލާނެއް ދެކެން މަ ވެސް ބޭނުންވާނެއްނު..؟ މިހާރު އެބަ ހީވެ މަ ހެން އޭނަގެ އެންމެ ގާތް އެކުވެރިޔަކީ.. ބޮޑު ފޮތެއް ލިޔެވޭ ވަރަށް މަށަށް އޭނަ ދަސްވެއްޖެ ލީން ފަރާތުން..” ނައުރާ ހިނިއައިސްފައި ބުނެލިއެވެ. އަދި އިނގިލި ބިންދާފައި ކިޔަން ފެށިއެވެ. އެއީ ޔައުލާން ޒާމިން ހަލީމް ކަމާއި އެންމެ ކަމުދާ ކުލައަކީ ރަތް ކަމާއި އޭނާ ޖިމަށް ލޯބިކުރާ ވަރާއި އެހެން ގޮސް ކިޔަނިކޮށް މިލީން ޕިސްޕިސް ކިޔަމުން އޭނާ ހުއްޓުވިއެވެ. އަދި އިތުރަށް ވާހަކަ މި ކިޔާދެނީ ކަމަށް ބުނުމުން ނައުރާ ވަގުތުން ކަންފަތް ދިނެވެ.

“އެލް ދެން އޮބްވިއަސްލީ ވީ ނަރުހަކަށް.. ޕޭޝަންޓުން އެންމެ ލޯބިވާ ނަރސް އެއީ.. މަގޭ ހަޔާތުގަ ވެސް ދިމާވި އެންމެ ހިތްހެޔޮ ކުއްޖާ އެއީ.. އެލްގެ ނައިވްކަމުން އޭރު އެޑްވާންޓޭޖް ނެގުނީތީ ދެރަ ވެސް ވޭ.. އެކަމަކު ޖަލަށް ދިޔުމުގެ ފަހުން އަހަރެމެންގެ ގުޅުން ގާތް ވެގެން ދިޔައީ.. އެލް ހިތްބުރައެއް ނުކުރޭ.. ބަސްޓްވީމަ ވެސް މަށަށް އެންމެ އަޅާލީ އެލް.. ގަޑިން ގަޑިއަށް ކޭތޯ، އިތުރު އެއްޗެއް ބޭނުންވޭތޯ ބަލާ އެކަނިކޮށް ނުލާ އަބަދުވެސް އެކީ ވަގުތު ހޭދަކުރާނެ.. މަންމައާ ބައްޕައާ ދޮންބެ ވެސް ވަަރަށް ރަނގަޅު.. އެކަމަކު އެލް އިޒް ދަ ބެސްޓް ހަމަ.. އައިމް ޕްރައުޑް އޮފް ދަ ވުމެން ޝީޒް ބިކަމް.. އަ ލަވިންގ ސިސްޓަރ އެންޑް އަ ގްރޭޓް މޮމް..”

“ދެން ކާކުތަ..؟ އާނ ޝަފްވާން ދޯ.. އޭނަ އެލެކްޓްރޯނިކްސް ކޮންޕެނީއެއްގަ މަސައްކަތް ކުރަނީ.. ސައިޑް ޖޮބަކަށް އޭނަ އުޅެނީ އެ ބޭންޑްގަ.. ރާއްޖޭގަ ނުހަނު މަޝްހޫރު ބޭންޑެއް އެއީ މިހާރު.. ބޭރު ގައުމުތަކުގެ ތަރުހީބު ވެސް އޮވޭ ފުދޭވަރަކަށް.. ދުުވަހުން ދުވަހަށް ކުރިއަރަމުން މަގުބޫލު ވަމުން އެ ބޭންޑް ދަނީ.. ޝަފްވާން އަދިވެސް ކުޑަކޮށް ގަމާރު ވާނެ.. ތިއްތިއާ ހަމަ އެއް ބްރެއިން ސެލްއެއް ޝެއާ ކުރާ މީހެއް އެއީ.. އެކަމަކު އޭނަ ވެސް ވަރަށް ރަނގަޅު.. ޖަލުން އެނބުރި އައީމަ އޭނަ އަހަންނާ ކުރިމަތިލީ އެކުވެރިއެއް ފަދައިން.. އަހަންނަށް ވެސް ޝަފްވާން ފެނުނީ ކޮއްކޮގެ ލޯބިވެރިޔާގެ ގޮތުގައި.. ދެކެވުނީ ހަމައެކަނި އެކުވެރިއެއްގެ ގޮތުގައި.. ނަތިން މޯ، ނަތިން ލެސް..”

“ޖަލުގައި ހޭދަކުރި ދުވަސްތަކުގެ ތެރޭގައި ޝަފްވާނާ މެދު ވެސް ވިސްނުނު.. އެކަމަކު ދުވަހުން ދުވަހަށް ޝަފްވާނާ މެދު ހިތުގައި އޮތް އިހުސާސްތައް ނެތެމުން ދިޔައީ.. ތެރަޕީއަށް ގޮސްގެން މީހާ ރަނގަޅަށް ހަމައަކަށް އެޅެމުން ދިޔަވަރަކަށް އަމިއްލަ ނަފްސު ބޮޑަށް ދަސްވަމުން އައީ.. އައި އޭމް ޕޮސެސިވް، ނޮޓް އިން އަަ ގުޑް ވޭ.. އައިމް ވޯކިންގ އޮން އިޓް.. އޭރު އަސްލު ޝަފްވާނާއި ވަކިވި ވަކިވުން ބަލައިގަންނަން ދަސްނުވީ.. ޝަފްވާން ލިބޭތޯ ޚިޔާރުކުރި ގޮތުގެ ސަބަބުން ހިނގި ހިތާމަވެރި ކަންކަމާހުރެ އިތުރަށް ވިސްނުނީ ފަހަތަށް އެނބުރެވެން ނެތްކަން.. ކޮންމެހެން ވެސް ޝަފްވާން ހޯދަން ޖެހޭނެކަން އަދި އެނޫނީ އަހަންނަށް ކުރެވުނު ކަންކަމުގެ މާނައެއް ނޯންނާނެކަން.. އެނބުރި ގޮސްފިއްޔާ އަލިފާނުގައި ވަކިވެ ދިޔަ ކުދިންނާއި ބައްޕަ މަރުވީ އެއްވެސް ކަމަކުން ކަމަކާ ނުލާކަން.. ކުރެވުނީ މޮޔަކަމެއް ކަން ވިސްނުމުގެ ބަދަލުގައި އިތުރު މޮޔަ ކަންތައްތަކެއް ކުރެވުނީ.. އެކަމުގައި ކަނުވެ މަގު ގެއްލިގެން އެންމެންނަށް އިތުރަށް ހިތާމަ ތަކެއް ދެވުނީ.. މިއަދު އުފާވޭ ކޮންމެ ގޮތަކުން ވިޔަސް އެ ދުވަހު ފަޅާއެރީމަ.. އޯރ އެލްސް އައި ވުޑް ސްޓިލް ބީ ލޮސްޓް..”

“ސައިޑް ޓްރެކް ވެެގެން ހުސް ނުގުޅޭ ވާހަކަ ދޯ މި ދެއްކެނީ.. އާނ ދެން ދޮންބެ އާއި ޔުއެލް ޕާޓްނަރޝިޕަށް ފަހު އެއްކޮށް މަސައްކަތް ކުރަނީ.. ދޮންބެ ވަޒީފާ އަދާ ކުރަމުން ވެސް ހަމަ ކިޔަވަނީ.. ހިތަށް އަރާ ފޫއްސެއް ނުވޭބާއޭ ބައެއް ފަހަރު.. ބުރަކޮށް އުޅުނަސް ދޮންބެ ވެސް ވަރަށް ބަރާބަރު.. ހީ ޕްރޮވައިޑްސް ފޯ ހިޒް ފެމެލީ އެންޑް އިޒް އަ ރެސްޕޮންސިބްލް އެޑަލްޓް.. ބޮޑު ކަމެއް ޖެހޭއިރަށް އެންމެ ފުރަތަމަ ވެސް ގުޅަން ހިތަށް އަރާ ކަހަލަ މީހެއް އެއީ..”

“ކިއަނާ އަމިއްލަ ކުޑަ ކެފޭއެއް ހުޅުވައިގެން ގޭގައި އެއްޗެހި ހަދައިގެން ވިއްކަނީ.. ވަރަށް ނަން ހިނގާ ތަނެއް އެއީ.. މީހުން ހަވީރު ސައި ނުގަންނާނެ އެ ނޫން ތަނަކުން.. ތަނޫ ކިޔަވައިގެން ވީ އިންގްލިޝް ޓީޗަރަކަށް.. ސާނަވީއަށް ކިޔަވަދެނީ.. މިހާރު މެޓަރނިޓީ ލީވްގަ ހުރީ.. ތިއްތި ވީ ޝެފަކަށް.. ޗީޒީއިން ކެނޑިގެން މިހާރު ބޮޑު ރެސްޓޯރެންޓެއްގައި މަސައްކަތް ކުރަނީ.. ވަރަށް ކިޔަން އުނދަގޫ ނަމެއް ކިޔާ ތަނެއް އެއީ ހުވާ ދުވަހަކު ވެސް ހަނދާނެއް ނުހުރޭ.. ޗީޒީ ސްޓާފުން ވަރަށް ދެރަވެފަ ހުރީ ތިއްތި ދިޔައީމަ.. ތިއްތިއަކީ ދާ ކޮންމެ ތަނެއް އަލިކޮށްދޭ މީހެއް.. އަބަދު ހިނިއައިސް ބަނޑަށް ތަދުވެފަ ހުންނާނީ ތިއްތި އުޅޭއިރު.. މިހާރު ތަނޫއަށް ނުހަނު މީރުމީރުކޮށް ހަދާދޭ އެއްޗެހީގެ ފޮޓޯ ފޮނުވާނެ.. ވަރަށް ކުޅުދިޔާވޭ..” މިލީން އޭނާގެ އާއިލާގެ ޚަބަރު ކިޔައިދިނެވެ. އަދި ކަމެއް ހަނދާން ވެގެން ހިނިތުންވެލިއެވެ.

“މައި މޮމް އެންޑް ޑޭޑް ގޮޓް މެރިޑް.. އެގެއިން..” ހިނިތުންވެފައި މިލީން ބުނެލިއެވެ.

ނަވާލާއި މިޝްލާ އަލުން ކައިވެނި ކުރުން ވެގެން ދިޔައީ މުޅި އާއިލާއަށް އީދެއް ގެނުވިފަދަ ކަމަކަށެވެ. ވަކިން ޚާއްސަކޮށް އެމީހުންގެ ތިން ކުދިންނަށެވެ. ނަވާޒާއި ހައިފާ ވެސް އެހާ އުފާކުރިއެވެ. މިޝްލާ ޕާޓީއެއް ބާއްވަން ބޭނުންނުވި ނަމަވެސް ނަވާލު ކޮންމެހެން ވެސް ޕާޓީއެއް ބޭއްވިއެވެ. ގާތް މީހުންނަށް ދައުވަތު ދީގެންނެވެ. އޭގެތެރޭގައި ފާއިޒާ ހިމެނުނެވެ. އެ ހަފްލާގައި އޭނާ އުފަލުން ކަރުނަ އެޅިއެވެ. ނަވާލާއި މިޝްލާއަށް އުފާވެރިކަން ދެއްވާތޯ އޭނާ ކުރި ދުއާ އެންމެ ފަހުން އިޖާބަ ކުރެއްވީއެވެ.

ނަވާލާއި މިޝްލާގެ މިފަހަރުގެ ކައިވެނީގެ ހަފްލާ ވެގެން ދިޔައީ ކުރިއަށްވުރެ ވެސް ފުރިހަމަ ހަފްލާއަކަށެވެ. އެއްވެސް މީހެއް ނުވަތަ ކަމެއްގެ ފަރާތުން ހާސްކަމެއް ނުތަނަވަސްކަމެއް ނުލާ އުފަލުން ފުރިގެންވީ ހަވީރެކެވެ. ކައިވެނީގެ ހެދުމުގައި މިޝްލާ ފެނުމުން ނަވާލުގެ ލޮލުން ކަރުނަ ހިލުނު ކަމެވެ. އޭނާ ހަމައަކަށް އަޅުވަން ޖެހުނީ ޒާމިންއަށެވެ. މިލީންއަށް ބައިވެރި ނުވެވުނު ނަމަވެސް އާއިލާގެ ފަރާތުން އެ ވާހަކަތައް އަޑު އިވުމުން ކުރެވެނީ އޭނާއަށް ވެސް އެތަނުގައި ހުރެވުނު ކަމުގެ އިހުސާސެވެ.

އޭގެފަހުން ޖަލުގައި އިންއިރު ވެސް އާއިލާ މެމްބަރުން ލިބޭ ކޮންމެ ފުރުސަތެއްގައި މިލީންއާ ބައްދަލު ކުރެއެވެ. ކިތަންމެ ކުޑަ ހިނދުކޮޅަކަށް ވިޔަސް ވެސްމެއެވެ. އެކުވެރިންގެ ތެރެއިން ބައެއް ކުދިން އާއިލާއާ ބައްދަލުކޮށް އޭނާގެ ޚަބަރުދަބަރު އޮޅުން ފިލުވިއެވެ. ނަމަވެސް ގިނައީ މުޅިން ގުޅުން ކަނޑާލި ކުދިންނެވެ. މިލީން ދެރައެއް ނުވެއެވެ. އެކަން ހައްގު ކަމަށް އޭނާ ގަބޫލު ކުރެއެވެ. އެހެން ނޫނަސް އޭނާގެ އާއިލާ އޭނައާއެކު ވުމުން މިލީންއަށް ފުދެއެވެ.

ޖަލުން ދޫކޮށްލިފަހުން މިލީންއަށް އެނގުނީ އެންމެ ކަމެކެވެ. އޭނާއަށް ލޯޔަރުން ހަމަޖައްސައިދިނީ ޔައުލާން ކަމާއި އޭނާއަށް އެކި ގޮތްގޮތުން އެހީވާން ޔައުލާން މަސައްކަތް ކުރިކަމެވެ. އަދި މިމްރާހު ގާތު މިލީންއަށް ރަނގަޅަށް ބަލައިދޭން އޭނާ ވަރަށް ބޮޑަށް އެދުނު ކަމެވެ. އޭގެ އިިތުރުން ޖަލުގައި ހޭދަ ކުރި ފަސް އަހަރު ތެރޭ ހަތަރު ވަރަކަށް ފަހަރު ޔައުލާން ރާއްޖެ އައިކަމެވެ. ނަމަވެސް އެއިން އެއްވެސް ފަހަރަކު ޔައުލާން މިލީން ދެކިލާކަށް ނާދެއެވެ.

ޖަލުން މިނިވަންވެ ވަޒީފާއަށް ނިކުތް ފަހުން ވެސް ޔައުލާން އެންމެ ފަހަރަކު ވެސް މިލީންއަކަށް ނުފެނުނެވެ. ޔައުލާން އެ ފަހުން ރާއްޖެއަކަށް ނުވެސް އާދެއެވެ. އެހެންކަމުން މިއީ ޔައުލާން ރާއްޖެއިން ބޭރުގައި ޖެހިޖެހިގެން ހޭދަކުރާ ހަ ވަނަ އަހަރެވެ.

ޝަފްވާނާއި މިއަލް ޝައުންއަށް ދެ އަހަރު ވީއިރު ޔައުލާން ގާތަށް ކެނެޑާއަށް ޗުއްޓީގައި ދިޔައެވެ. އަލީސާ އާއި ޒާމިން ވެސް ދޭތެރެއަކު ގޮސްލާ ހަދާއިރު ނަވާލާއި މިޝްލާ ވެސް އެއް ފަހަރު ދިޔައެވެ. ބިޒްނެސް ޓްރިޕްތަކުގައި ރީއަލް ގަވައިދުން ދަތުރު ހަދައެވެ. ނަވާޒުމެންނާއި އަހުނަފްމެންނަށް ނުދެވުނަސް ކޯލާއި މެސެޖްގެ ޒަރިއްޔާއިން ގުޅުން ދަމަހައްޓައެވެ.

މައްސަލައަކީ އެއިން އެކަކުވެސް މިލީން ހުންނައިރު ޔައުލާނަށް ގުޅާފައި ނުވާކަމެވެ. ކުޑަމިނުން ޔައުލާން ބޭނުން ކުރާ ނަންބަރު ވެސް އޭނާއަކަށް ނޭނގެއެވެ. އެހެން މީހުން ގާތު ޔައުލާންގެ ވާހަކަ އެހި ނަމަވެސް ބޯ ހޫރުވާލަނީއެވެ. ނުވަތަ ވާހަކަ އޮޅުވާލަނީއެވެ. ޔައުލާން އޭނަ ދެކެން ނުވަތަ ވާހަކަ ދައްކަން ބޭނުން ނުވަނީކަން އެވަރުން މިލީންއަށް އެނގެއެވެ. މަޝްހޫރު ވިޔަފާރަވެރިޔަކަށް ވުމުން އިންޓަނެޓުންނާ ޚަބަރުތަކުން އޭނާގެ ފޮޓޯ ފެނުނަސް އެވަރަކުން މިލީންއަކަށް ނުފުދެއެވެ.

ކުރީ އަހަރު އޭނާ އެކީއެކަށް މިނިވަންވުމާއެކު މިއަލް އޭނާއަށް ދިނީ އެޑްރެހެކެވެ. ކެނެޑާގެ އެޑްރެހެކެވެ. ދީފައި އޭނާ ބުނީ އެއީ ޔައުލާންގެ އެޑްރެސް ކަން އެކަންޏެވެ. އިތުރު އެއްވެސް އެއްޗެކޭ ނުބުނެއެވެ. އެހާވަރުން ޕާސްޕޯޓާ އެއްޗެހި އަލުން ބަލުން ހައްދާ ކެނެޑާއަށް އަންނަން މިހުރިހާ ހަރުފަތެއް އޭނާ ގިރާކުރީ އެހެންވެއެވެ. ޔައުލާން ދެކެން ބޭނުންވާ ވަރުންނެވެ. ޔައުލާން އޭނަދެކެ އެހާ ރުޅި އަންނަންޏާ އޭނާއަށް އެހީވެދޭންވީ ކީއްވެ ހެއްޔެވެ.؟ ޔައުލާން އޭނާ މަތިން މުޅިން ފޫހިކޮށްލީކަން ގަބޫލު ކުރަން މިލީންގެ ޟަމީރު ދެކޮޅު ހަދައެވެ.

ޔައުލާނަށް އޭނަޔާ މިއަލް އެކަކު އަނެކަކަށް ވެގެން އުޅުނު ދުވަސްވަރު ހަގީގަތް ފަޅާއެރި ގޮތް މިލީން ވަނީ އަޑު އަހާފައެވެ. ފިލްމު ބެލި ރޭ ސޯފާގެ ހާދިސާއެވެ. ތަންކޮޅެއް ކުޑަ ދުވަހުން ފެށިގެން އޭނަ އާއި ޔައުލާންގެ ގުޅުން ހީނަރުވީ ދުވަހާ ހަމައަށް ޔައުލާން އޭނަޔާއި އެކުގައި އުޅުނު ގޮތް ހަނދާން ކޮށްލުމުން ލިބެނީ ހަމަ އެންމެ ޖަވާބެކެވެ. ޔައުލާން އޭނަދެކެ ލޯބިވާ ކަމެވެ. އެންމެ ގާތް އެކުވެރިޔާގެ ހައިސިއްޔަތުން ވާ ލޯތްބަށް ވުރެ ތަފާތު ލޯތްބެކެވެ. ޝަފްވާންގެ ލޯބީގައި އޭނާ ކަނުވެފައި ހުރިވަރުން އޭރު އިހުސާސް ނުވީއެވެ. އަމިއްލަ ނަފްސަށް ވެސް އަޅާނުލާހާ ބޮޑަށް ޔައުލާން މިލީންއަށް އަޅާލިއެވެ. މިހާރު ވިސްނާލެވުމުން އޭނާގެ ރޭވުމުގެ ފަހުކޮޅުގައި ހިތުގައި ޔައުލާނާ ދޭތެރޭ އިހުސާސްތަކެއް އުފަންވިކަން މިލީންއަށް އެނގެއެވެ. ނަމަވެސް އޭރު އެކަން ވެސް އޭނާ ފޮރުވާލީއެވެ.

ނަމަވެސް މިހާރެއް ނޫނެވެ. އެ އިހުސާސްތައް އޭނާ ބަލައިގަތްތާ ކިތަންމެ ދުވަހެކެވެ. ޔައުލާން ދެކެ އޭނާއަށް ވެސް ވެވިފައި މިވަނީ ލޯތްބެވެ. ނަމަވެސް އޭނާއަށް ޔައުލާނަކީ ކިހާ މުހިންމު މީހެއްކަން އޭރު ނުވިސްނުނީއެވެ. އޭނައާއެކު ޔައުލާން އަބަދުވެސް ހުންނާނެ ކަމަށް ގަބޫލު ކުރެވުނީއެވެ. ޔައުލާނަކީ މިލީންއަށް ކިހާ ޚާއްސަ ފަރާތެއް ކަން ރޭކާލީ މާ ދުރަށް ދިޔުމުންނެވެ. އޭނާ ގެއްލުމުންނެވެ. އެއީ މިލީންދެކެ ކޮންމެ ފަދަ ހާލެއްގައި ވެސް ލޯބިވާ ޔައުލާނެވެ. އޭނަގެ ޔޫއެލްލާނެވެ.

ކުރިއާ ޚިލާފަށް މިލީން މިފަހަރު ހަގީގަތަކަށް އިންކާރެއް ނުކުރާނެއެވެ. އޭނާގެ އިހުސާސްތައް އެނގި ހުރެ ޔައުލާންގެ ލޯބި ގަބޫލު ކުރާނެއެވެ. ޔައުލާން މިއަލް ލައްވާ އެޑްރެސް ދޭނީ ކަމެއް ވެގެންކަން އޭނާ ދަނެއެވެ. އެންމެން ވެސް އޭނައަށް ޔައުލާންގެ ޚަބަރުތައް ސިއްރު ކޮށްލައިގެން އުޅެނީ ޔައުލާންގެ އަމުރަށް ކަން ނޭނގޭހާ އޭނަ މޮޔައެއް ނޫނެވެ. މިއަދު ދުވަސްތަކެއް ވަންދެން އޭނާ ދެކުނު ހުވަފެން ހަގީގަތަކަށް ވަނީއެވެ. ޔައުލާނާ އޭނަޔާ ދެމެދުގައި ވީ ދުރުމިން ހިނދަކަށް ވުރެ ހިނދަކުން ކުޑަވަނީއެވެ.

*************

“މާމާ..! ބަނބުކެޔޮ ގަހަށް ބަނބުކެޔޮ ގަހޭ ކިޔުނީ ކީއްވެތަ..؟ ކާކުތަ ހުރިހާ ގަހަކަށް ނަން ދިނީ..؟ އަނބު ގަސް… ފޭރު ގަސް… ތޮރާ ގަސް…” ކާމޭޒުދޮށުގައި އިން ހަތް އަހަރުގެ އިރަމް އަނގަ ހުއްޓައެއް ނުލައެވެ. ކުރިމަތީ އިން ބަތްތަށި ވެސް ހިކެނީއެވެ.

“ތޮރާ ވެޔޮ ކިޔާނީ..” މިޝްލާ ރަނގަޅު ކޮށްލައިދިނެވެ.

“ވެޔޮއޭ..؟ އެއީ ވެސް ގަހެއްތަ..؟ ކީއްވެގެންތަ އެކަހަލަ ނަން ކިޔަނީ.. ގަސް ކީމަ މާ ފަސޭހައެއްނު..؟ މާ ވެސް ގަހެއްނު ހުންނަނީ..؟ ވެއިޓު ކޮށްބަ ފްލާވާގަ ވެސް ވެޔޮ ގަސް ހުރޭތަ..؟؟” އިރަމް ބޮލިރަވައަކަށް ދޫނުކުރެއެވެ.

“ދެން ދަރިފުޅޫ ބަތް ތަށި ހުސްކޮށްބަލަ..! މާމަ ވެސް ކާން ޖެހޭނެދޯ ދަރިފުޅު ސުވާލު ކުރާ ވަރުން މާމައަށް ބަތް ސުވާއެއް އަނގައަށް ނުލެވިފަ އެ އިންނަނީ..” އެއްޗެހި ހިއްކަން އަޅުވަން ހުރި ކިއަނާ ޕިސްޕިސް ކިޔާލައިފިއެވެ.

އިރަމްއާ ޖެހިގެން އިން ނުވަ އަހަރުގެ އަލްކާ މުޅިން ތަފާތެވެ. އޭނާ ހަމަހިމޭން ކަމާއެކު ބަސް އަހައިގެން ބަތް ކާން އިނެވެ. މޭޒުމަތީ ބާއްވާފައި އޮތް ‘ކިންޑްލް’ އިން އޭނާ ވާހަކަ ކިޔަނީއެވެ. ވާހަކައަކާ ނުލާ ކެއުމަކީ އޭނައަށް އުނދަގޫ ކަމެކެވެ. ނިދުމުގެ ކުރިން ވެސް ވާހަކައެއްގެ ތަންކޮޅެއް ކިޔުމަކީ އަލްކާއަށް ލާޒިމު ކަމެކެވެ. އެނޫނީ އެކުއްޖާއަށް ލޮލުފިޔަ ވެސް ނުޖެހެއެވެ.

ބަސްމަދު މިޒާޖެއްގެ ވެރި އަލްކާގެ އިދިކޮޅެއް ފަދަ އިރަމްއަށް ހުރެވެނީ ގޭގެ އެއް ފާރުންް އަނެއް ފާރަށް ފުންމަ ފުންމައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެހާ ހަލުތްވެއެވެ. މިހާރު ވެސް ސްކޫލުން ކުޅިވަރު ތަކުގައި ވާދަ ކޮށްގެން އެތަންމެ ކާމިޔާބީއެއް ހޯދާފައިވެއެވެ. އޭނަ އެންމެ ކުޅޭހިތުން ކުޅެނީ ބާސްކެޓު ބޯޅައެވެ. ނިދާ ކޮޓަރީގެ ދޮރުގައި ބާސްކެޓު ނެޓެއް ހަރުކޮށްފައި ހުރެއެވެ. އަބަދު ފޮތަކަށް ގެއްލިފައި އިންނަ އަލްކާ ބަހެއް ބުނެލާނީ އިރަމް އަޑުގަދަ ކަމުން އުނދަގޫ ވާއިރަށް އެކަންޏެވެ. ހިތްއަލި ތޫނުފިލި ކުއްޖަކަށް ވާތީ އަލްކާ ކިޔެވުމުން ރަންވަނަތައް ގެނެއެވެ.

ކިއަނާ އެހެން ބުނާއިރަށް އިރަމް ބަތްތަށި ހާވަން ފެށިއެވެ. ދެތިން ސަމްސާ ކެއުމަށްފަހު ދެން އޭނާ އަޑުގެ ނެތްތަނަށް އިއުލާން ކުރީ އޭނާގެ ބަނޑު ފުރުނު ކަމެވެ. އަދި ބާކީ އޮތް ބައެއް ނުކެވޭނެ ކަމެވެ.

“އިސްރާފު ކުރާކަށް ނުވާނެއޭ ކާފަ އަބަދުވެސް ބުނަމެއްނު..؟” ކުއްލިއަކަށް ގޭގެ ދޮރު ހުޅުވާލާފައި ވަނީ ނަވާލެވެ. ކޮނޑުގައި ބޮޑު ދަބަހެއް އޮތްއިރު އަތުގައި ކާޑްބޯޑު ފޮށްޓެއް އޮތެވެ. އިރަމްގެ އުފާވެރި ހަޅޭކުން ކަންފަތް ބައްނުވީ ކިރިޔާއެވެ. ނަވާލު އަންނަކަން ނޭނގޭތީ ލިބުނު ހައިރާންކަމުން މިޝްލާގެ ތުންފަތް ވެސް ފޭވީ ބޮޑު ހިނިތުންވުމަކުންނެވެ.

“ކާފަ މިއައީ ޗޮކްލެޓު ވެސް ހިފައިގެން.. ދެއްވާނަން ބަތްތަށި ހުސްކޮށްލީމަ..” ނަވާލު އެހެން ބުނުމާއެކު އިރަމްގެ ބަނޑުގައި ކުރިން ނެތް ޖާގައެއް އުފެދުނީ ކަންނޭނގެއެވެ. ބާކީ ހުރި ފަސް ވަރަކަށް ސަމްސާ ހުސްކޮށްލީ ދެތިން މިނެޓް ތެރޭގައެވެ. ތަށި ސިންކަށް ލާފައި ނުވެސް ދޮވެ އޭނާ ފުންމަމުން ފުންމަމުން ގޮސް ނަވާލުގެ ގައިގައި އޮޅުލައިގަތެވެ. ކާފަދެކެ އޭނާ ނުހަނު ބޮޑަށް ލޯބިވެއެވެ. އަލްކާ ވެސް ގޮސް ނަވާލުގެ ގައިގައި ބައްދާލައިފިއެވެ.

“ކާފަ ވެސް އަންގާލާފަ އަންނަނަމަ ދޯ.. މީޓިންގ އަވަހަށް ނިމުނުކަމީ ނަސީބެއް..” ރީއަލް ގެއަށް ވަނެވެ. ފެން ތައްޓެއް ބޯލައިގެން އޭނާ ފުރަތަމަ ވެސް ދިޔައީ ކިއަނާ ގާތަށެވެ. އެކަކަށް ވެސް ނުފެންނާނެހެން އޭނާ ކިއަނާގެ ނިތުގައި ބޮސްދިނެވެ. ކިއަނާ ރީއަލްގެ މޭމަތީ މަޑުމަޑުން ޖަހާލި ނަމަވެސް އޭނާ ހުރީ ހީލައިގެންނެވެ.

“އާނ ތެދެއް.. ކާފަ އަންނަކަން ކުރިން އެނގުނު ނަމައެއްނު އިތުރަށް ކައްކަން ވެސް އެނގޭނީ.. ކާފަ މިއަދު ދެން ހުރޭ ނުކައި..” މިޝްލާ ޖެއްސުމުގެ ރާގުގައި ބުނެލިއެވެ.

“ދަރިފުޅަށް އިވުނުތަ މާމަ ބުނި އެތި..؟ ކާފަ ދެން ކަނީ ކޯޗެއް..؟” ނަވާލް ދެރަވާ ވައްތަރު ޖައްސާލުމުން އިރަމް ކަންބޮޑު ނުވާން އެދުނެވެ. އަދި އޭނާގެ ބައިން ކާފައަށް ޗޮކްލެޓް ދޭނެކަމަށް ބުންޏެވެ. ބުނެލި ރާގުން ހީވަނީ ތިމަންނަ ދުނިޔޭގައި ހުރި ހާ ދުވަހަކު ކާފަ ބަނޑަށް ޖެހޭކަށް ނުޖެހޭނެއޭ ބުނެލި ހެންނެވެ.

“ނަވާޒުބެ އުޅުނޭ މަސް ދަތުރެއް ރާވަން.. ބައްޕަ ނާންނާތީ ރާވަން ނުރާވަން ހުރީ.. ލީން ވެސް ފުރައިފި ވިއްޔާ.. ކިހާ ދުވަހަކަށް ޗުއްޓީ ނެގީ..؟” ކިއަނާ އެއްސެވެ.

“ބައި މަހަށް ނެގީ.. ނަވާޒުބެ ކައިރީ ބުނޭ ލީން އައީމަ ރާވަން ހުންނާށޭ.. އެކަމަކު ޔުއެލް……” ޖުމްލައިގެ ފަހު ބައި ނަވާލު ބުނެލީ މަޑުން ނަމަވެސް ރީއަލާއި މިޝްްލާއަށް އިވުނެވެ. ޔައުލާންގެ ނަން އިވުމުން ރީއަލް އިސްޖަހާލިއެވެ.

މިޝްލާ ވެސް ބަލާލީ ދުރެވެ. ދުލުން ހާމަ ނުކުރިޔަސް ދަރިއެއް ފަދައިން ގެންގުޅުނު ޔައުލާން މަތިން ވެސް އޭނާ ނުހަނު ބޮޑަށް ހަނދާންވެއެވެ. ޒައިހާންގެ ފަހު ވަސިއްޔަތް ޔައުލާން ފުރިހަމަ ކުރަމުން ދަނީ ވަރަށް ފުރިހަމައަށެވެ. ދެރައީ އޭނާ އެތައް މޭލެއް ދުރުގައި ދިރިއުޅެން ޚިޔާރު ކުރި ކަމެވެ.

“ދެން ކެނޑެން މި އުޅެނީ.. އޭރުން ނުޖެހޭނެ ޗުއްޓީ ނަގާކަށް.. އަބަދު މިކޮޅުގަ ހުންނާނީ.. ގައިބާރު ދެރަ މުސްކުޅި އަކަށް ވަނީ ވިއްޔަ މި މިހާރު..” ސަމާސާ ރާގެއްގަައި ނަވާލު ބުނެލުމުން އިރަމްގެ ހިނިގަނޑު ފަޅައިގެން ގޮސްފިއެވެ.

************

“ހާދަ ވަރަކަށް ތި ވޯކް ހަދަނީ..؟ ގަޑިއިރެއް ވެދާނެ މިހާރު.. ތިއެއް ނޫނޭ އިންނޫ ދޮންތި ގާތު ބުނެބަލަ ތިއްތިއާ ޝެއާ ކޮށްގެން ކާށޭ…” އަހުނަފް ކުސްތަޅައިގަތެވެ.

ތަނާ އިނީ ސޯފާގައި ބިސްކޮލާޓާ ދަޅެއް ހިފައިގެން ޑްރާމާއެއް ބަލަމުން ކާށެވެ. އަހުނަފް މި ޝަކުވާ ބަންނަނީ އޭނާ އެތިކޮޅެއް ނަގަން ދަޅަށް އަތް ކޮއްޕާލުމާއެކު ތަނާ އޭނާގެ އަތުގައި ބޮނޑިއެއް އެޅުމުންނެވެ.

އިޒާ ގާތަށް ހިނިއައެވެ. އޭނާ އިނީ މޭޒެއް ހުޅުވައިގެން ހިސާބު އެސައިންމެންޓެއް ހެދުމުގައި މަޝްްއޫލު ވެގެންނެވެ. ސްކޫލުން ބްރޭކަކާ ދިމާވާތީ ދިން އެސަައިންމެންޓެކެވެ. އެފަދަ ފިލާވަޅުތައް ޗުއްޓީގެ ކުރީކޮޅު އިޒާ ނިންމައެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި އެއީ އެންމެ ބުއްދިވެރި ގޮތެވެ. ފިލާވަޅާއި ބޯ ގޮއްވަން ނުހަދާ ޗުއްޓީގެ ބާކީ ބައި ހޭދަ ކޮށްލެވޭނެތީއެވެ.

“އިންނު ކިޔަވާވަރަށް އަހޫ ނުކިޔަވައޭ.. ބަލާބަލަ އިންނު ބަސްއަހާ ވަރު.. އޭރު މަންމައަށް ޖެހޭނީ އަހުނަފް ގާތު އާދޭސް ކުރަން ކިޔަވަން އިށީންނަން..” ބަދިގެއިން ހައިފާ ބުނެލި އަޑު އިވުނެވެ.

“ބަލަ އިންނު ހާ ގަދައަށް ނުކިޔެވިޔަސް ނެތެއްނު ގެއްލުމެއް ލިބިފައެއް.. ދުވަހަކުވެސް ކިޔަވަން މޮޅެއް ނޫން އަހޫއެއް، އިންނު ސްޓްރެއިޓް އޭ ސްޓާ ފައްޗެއް ގެނަޔަސް.. އެކަމަކު އަހޫ ވެސް ހުރިހާ އެއްޗަކުން ފާސްވީމެއްނު.. މިހާރު މި މަސައްކަތް ކުރަނީ ވެސް ބޮޑު މުސާރައެއް ލިބޭ ތާކު..” އަހުނަފަށް އެއްޗެކޭ ނުބުނެ ނުހުރެވުނެވެ. އެކޮޅުން ހައިފާ ހީނލިއެވެ. އަހުނަފް ދެރަ ނުކޮށްލަން އިޒާ ވެސް ބުނެލީ އަހުނަފް އުފާ ވަންޏާ އެއީ މައްސަލައެއް ނޫން ކަމަށެވެ. އިރުކޮޅަކުން ސްކޫލުން ނިމިގެން ނަވާޒު ގެއަށް އައީ މާދަން ކައްކަން ބޭނުންވާ އެއްޗެހި ގަނެގެންނެވެ.

“ތޭންކްޔޫ ބައްޕާ..!!!” އިޒާ އާއި ތަނާ ޝުކުރު އަދާކުރީ އެކީގައެވެ. ނަވާޒު އައީ އިޒާއަށް ކަމުދާ ކާއެއްޗަކާއި ޖޫސް ޕެކެޓެއް ހިފައިގެންނެވެ. ތަނާއަށް ޚާއްސަކޮށް އޭނާ ބޮޑު ކަރައަކާއި ސްޓޯބެރީ ފަދަ ތަފާތު މޭވާ ގެނެސްފައި އޮތެވެ. އަހުނަފް ސޯފާގެ ކަނަަކަށް ގުޅަވެގެން އޮތީ ހަށަން ބަނދެގެން ތުން އޫ ކޮށްގެންނެވެ. އޭނައަށް އެއްޗެއް ނުގެނެސްދޭތީއެވެ.

“ސަހާދެއް..! ހައިފާ ބަލާބަލަ މިހިރަ ދަރިއެއް އުޅޭ ގޮތް..” ނަވާޒަށް އަހުނަފް އޮތް ގޮތް ފެނިގެން ގޮވާލައިފިއެވެ. ޓިޝޫ އަކުން އަތް ފޮހެމުން ހައިފާ ސިޓިންގރޫމަށް ނިކުމެ ހޭން ފެށިއެވެ.

“އަން މިއޮތީ އަހޫއަށް ކޮފީ ދަޅެއް.. މި ވައްތަރު ނުފެނިގެން ދޯ އުޅުނީ.. އެތާ ތަންކޮޅެއް ދުރުގަ ހުރި ފިހާރައަކުން ލިބުނީ.. މި ވައްތަރު މިހާރު ވަރަށް ނުގެނެޔޯ.. ގޮސް ރީއަލް ގާތު ބުނޭ އަވަހަށް ސެޓިސްފައިޑްއަށް ގެންނާށޭ.. އާނ ދަރިފުޅާ އަދި ތަނާގެ ފައި ދުޅަވެފަ ހުރީ އިނގޭ.. މަންމަ ކިޔާދިން ގޮތަށް އެކުއްޖާގެ ފައި މޮޑެދޭތި..” ނަވާޒު ބުނެލި ބުނެލުމަކަށް ވުރެ ވައްތަރުވީ އަމުރަކާއެވެ.

އަހުނަފް ދަޅު ކަނޑާލަމުން ބޯ ޖަހާލިއެވެ. ތަނާ ބަނޑު ބޮޑުވީ ފަހުން އޭނާ ހުންނަނީ އަބަދުވެސް ހާސްވެފައެވެ. ތަނާއަށް ހޮޑުލެވި އުނދަގޫތަކެއް ތަހަންމަލު ކުރަން ޖެހޭތީ އޭނާ ވެސް ދެރަވެއެވެ. ވިހާއިރު އެފަދަ ދަތިތަކާއި ކުރިމަތިލާން ނުޖެހޭނަމައޭ ހިތަށް އަރައެވެ. ދެމީހުންގެ ދަރިފުޅަށް ޓަކައި ތަނާ އުފުލާ ބުރަ ފެނި އޭނާގެ ހިތުގައި ތަނާއަށް އޮންނަ ދަރަޖަ ކޮންމެ ދުވަހަކު މަތިވެއެވެ. ތަނާއަށް ފަސޭހަ ކޮށްދޭން ކޮށްދެވެން އޮތްހާ ކަމެއް ކޮށްދޭން އަހުނަފް ހުންނަނީ އަތުކުރި އޮޅާލައިގެންނެވެ.

***********

ގަނޑުކޮޅުގައި އޮތް އެޑްރެހަށް މިލީން އާއި ނައުރާއަށް ފޯރުނީ ބަސް ސްޓޮޕުން ފެށިގެން ތިރީހަކަށް މިނެޓް ހިނގައިގެންނެވެ. ދިޔައީ މެޕަށް ބަލައިގެން ނަމަވެސް ގެއްލުނީއެވެ. ޖެނުއަރީ ކަމުން މިއީ ވެންކޫވަރއަށް ސްނޯ މޫސުމެވެ. ލައިގެން ހުރީ ބޯ އަންނައުނު ކަމުން ނައުރާ އާއި މިލީން ފިނިން ކޮންމެވެސް ވަރަކަށް ސަލާމަތްވިއެވެ.

އެއީ ބޮޑު ގަނޑުވަރެއް ފަދަ ގެއެކެވެ. ބަލާލުމުން އެކަނިވެސް މިއީ ޔައުލާން އުޅޭ ތަން ކަން މިލީން ދެނެގަތެވެ. މުށްޓާއި ބެއިޖް ކުލަތައް އެކުލެވޭ އެ ގެ ނުހަނު ރީއްޗެވެ. ޔައުލާނަށް ކަމުދާ އެތަންމެ ސިފައެއް އެގޭ ބޭރުން އެކަނި ވެސް އޭނާއަށް ފެނުނެވެ. ހިތް އަވަސްވެފައި މިލީން ބެލްއަށް ފިތާލިއެވެ. ދޮރު ހުޅުވީ އަންހެނެކެވެ. ގާތްގަނޑަކަށް ފަންސާހާއި ފަސްދޮޅަހާއި ދެމެދުގެ އުމުރުގެ މީހެއްހެން ހީވެއެވެ. އޭނާ އިނގިރޭސިން ކާކު ހޯދަން އައި މީހެއްތޯ އަހާލިއެވެ.

“ޔައުލާން.. އިޒް ހީ ހިއަރ..؟” ނުތަނަވަސްވެފައި ހުރިވަރުން މިލީންއަށް އެހުނުއިރު އަޑު ތުރުތުރު އަޅައެވެ. ރާއްޖެ އިން ފުރުމަށްފަހު މިކޮޅަށް އައިސް ބަހުގައި ވެސް އޭނާ އިނީ ނުހަނު ހަމަޖެހިފައެވެ. ކުއްލިއަކަށް ބޮޑު ސުނާމީ ރާޅެއް ޖެހި ފަދައިން ނުތަނަވަސްކަން އޭނާ ވަށާލައިފިއެވެ. އޭނާ ހަމަޖެއްސުވޭތޯ ނައުރާ ލައްވައިގެން ހުރި ބޯ އަންގިއާއެކު މިލީންގެ އަތުގައި ހިފާލިއެވެ. އެ އަންހެން މީހާ ކުޑަކޮށް ހިނިތުންވެލިއެވެ. އަދި އެތެރެއަށް އައުމަށް އެދުނެވެ.

ރީތި ފަރުނީޗަރުތަކެއް ހުރި ގެއެކެވެ. ދިގު ހޯލެއް ތެރެއިން ލާފައި އަދިވެސް ކުރިއަށް ހިނގަން ޖެހުނެވެ. އެކި ތަންތަން ބަލަމުން މިލީން އާއި ނައުރާ ކުރިއަށް ދިޔައެވެ. ވަކިން ޚާއްސަކޮށް ނައުރާއެވެ. އެއްޗެއްގައި އަތް ޖައްސާލަން އޭނާ ވާ ބޭނުމާއި ދެކޮޅު ހަދަމުން ދިޔައީ ކަށިން ހިތްވަރު ނެރިގެންނެވެ. މިއީ މިލީންއަށް ކިހާ ޚާއްސަ ވަގުތުކޮޅެއް ކަން އެނގޭތީ އޭނައަށް ކުރެވޭ ކަމަކުން ދުވަސް ޚަރާބުވާކަށް ނައުރާ ނޭދެއެވެ.

ކުރިއަށް ގޮސްގޮސް ހުއްޓާ ޓީވީގެ އަޑު އިވެން ފެށިއެވެ. މިލީންގެ ހިތް ހީވަނީ މޭކަށިގަނޑު ފަޅާލާފައި ބޭރަށް ފުންމާލަފާނެ ހެންނެވެ. ފިޔަވަޅުތައް އަވަސް ކޮށްލެވުނީ އިޚްތިޔާރުން ބޭރުގައެވެ.

މިލީންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ސޯފާގައި އިށީނދެލައިގެން ހުރި އަންހެން ކުއްޖާ ފެނިފައެވެ. އެއަށްވުރެ ބޮޑަށް މިލީންއަށް ސިހުމެއް ގެނުވީ އެ އަންހެން ކުއްޖާގެ އުނގުގައި އިން ކުޑަ ފިރިހެން ކުއްޖާއެވެ. ކުރިމަތީ އަޅުވާފައި ހުރި ބޮޑު ޓީވީގެ ސްކްރީނުން ފެންނަމުން ދިޔަ ކުޑަ ކުދިންގެ ކާޓޫނަށް ގެއްލިފައި އެކުއްޖާ އިނެވެ.

މީހަކު ހިނގާ އަޑު އިވިގެން އެ އަންހެން ކުއްޖާ ފަހަތް ބަލާލައިފިއެވެ. ނުހަނު ރީތި ކުއްޖެކެވެ. ގަދަ މުށިކުލައިގެ އިސްތަށިގަނޑު އަރަނީ ކޮނޑާ ހަމައަށެވެ. ހަށިގަނޑުން ތަންކޮޅެއް ފަލައެވެ. ލޯބި ޗަބީ ދެކޮލަށް ވަނީ ފިޔާތޮށި ކުލަ އަރާފައެވެ.

އެ ކުޑަކުއްޖާ ވެސް އެފަދައެވެ. ޔަގީނުން ވެސް މީހަކު މޮޑެގަންނަން ބޭނުން ވާނެއެވެ. އެކުއްޖާ ހުރީ އަތާއި ފައި އެއްކޮށް ހުންނަ ކަހަލަ ރީނދޫ ހެދުންކޮޅެއް ލައްވާފައެވެ. ބޮޑު ދެ ލޮލުން ފެންނަނީ މައުސޫމް ކަމެވެ. ކުއްލިއަކަށް އެ ދެލޯ ހަނިކޮށްލި ގޮތުން ޔައުލާންގެ ލޮލުގައި ހުންނަ ތޫނުކަން ފެނިލިހެން ފަޅި ސިކުންތަކަށް މިލީންއަށް ހީވިއެވެ. އެ ކުޑަ ކުއްޖާގެ އަތުގައި މެގަޒިނެއް އޮތެވެ. މިލީންގެ ލޯ ގޮސް ހުއްޓުނީ އެއަށެވެ. ކާޓޫނު ފޫހިވެގެން ކުޑަކޮށް ކުސްތަޅާލާފައި އެކުއްޖާ ގަނޑު އެއްލަމުން ގޮސް އަންހެން ކުއްޖާގެ އަތުގައި ކޮށްޓާލައިފިއެވެ. މިހާރު ހުޅުވާފައި އޮތް ގަނޑުން ފެންނަން އޮތީ ޔައުލާންގެ ފޮޓޯއެކެވެ.

“ބައްޕި… ކޮން އިރަކުން ގެއަށް އަންނަނީ..؟” އެ ކުޑަ ކުއްޖާ އަހާލައިފިއެވެ. އަންހެން ކުއްޖާއަށް ކުޑަ ކުއްޖާގެ އަޑު އިވުނުހެން ހިޔެއް ނުވެއެވެ. އޭނާ މިލީންއަށް ބަލަން އިނީ ސުވާލުގެ ނަޒަރަކުންނެވެ.

ދަތްޕިލަ ފިއްތާލާފައި ނައުރާއަށް ބަލާލެވުނީ މިލީންއަށެވެ. މިލީން ހުރީ ހުއްޓުން އަރާފައެވެ. އެހެން ހުރެފައި މިލީން އެނބުރުނެވެ. އަދި އައި ބާރުމިނުގައި ނިކުންނަން ހިނގައިގަތެވެ. އެއްފަހަރު އަންހެން ކުއްޖާ އާއި ކުޑަ ކުއްޖާއަށް ބަލާލާފައި ނައުރާ އެ ދިމާއަށް ދާން އުޅުނެވެ. ނަމަވެސް އޭނާ ވެސް އެނބުރި ދުއްވައިގަތީ މިލީންގެ ފަހަތުންނެވެ.

 

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

yooon
Follow Me Written By

yooon

10 Stories100 Comments100 Login100 Stories500 Comments

Transcend reality in this little safe space <3

Other Articles

Previous

އެދިގެން ކަލާ ލިބޭތޯ 43

Next

އިތުބާރު ގެއްލުވާނުލާ 1

Next
February 20, 2026

އިތުބާރު ގެއްލުވާނުލާ 1

Previews
February 19, 2026

އެދިގެން ކަލާ ލިބޭތޯ 43

44 Comments!

  1. Anonymous says:
    February 19, 2026 at 1:16 pm

    WHAT NUVAANE
    WHAT IS HAPPENING YOON
    PLS GIVE ME NEXT PART NOW..🙏🏻

    1. yooon yooon says:
      February 20, 2026 at 6:00 pm

      You’ll seee!
      Thankyou smm! 💕

  2. mirus says:
    February 19, 2026 at 1:18 pm

    alhuga guesses inge mee

    1. e yaulan wife eh nunn ?
    2. arrange marriage ?
    3. yaulaan ah preg veema marry kury ?

    neyngeyy yuel kihinei thr e hedhy ?
    mi bai varah reethi ekam mulhin shockeh nun thi dhiny yunn
    When next ?

    1. yooon yooon says:
      February 20, 2026 at 6:02 pm

      those are really good guesses!
      Lets see dhw whether one of your guesses are the right one
      Thankyouu sm mirus! 💕 hahah
      Next part insh allah 21st Feb vaa Saturday ga

  3. limyafathimath66 says:
    February 19, 2026 at 1:21 pm

    site hulhuvaali gadee up vii🩷
    Vrh ufaavejje hurihaa kudhin ge haalu eguneema
    Mishla navaal finally got happiness🩷
    Hih thelhi theli ovvaa nimuny..
    ei kon dhemehuneh baa..? Cant wait for the next part
    Lysm yoon🩷 May this ramadan be a great month for you and all readers

    1. yooon yooon says:
      February 20, 2026 at 6:03 pm

      woah the timingg!
      Yessyes 💕 they finally got their happiness
      Letss see dhw eii kon dhe meehunneh kan
      Thankyou sm limyafathimath66, Lym dear 💕
      I wish you the same💕

  4. Anonymous says:
    February 19, 2026 at 1:21 pm

    11 mins read 😍 thx dhigu koh genesdheythi
    kiyaalafaa com eh kollaana igey

    1. yooon yooon says:
      February 20, 2026 at 6:04 pm

      you’re welcome i feel so appreciated💕🥹

  5. limyafathimath66 says:
    February 19, 2026 at 1:22 pm

    Luv your logo btw..🩷 been wanting to say this

    1. னஃ,னஸ.ஃஃஓஓனஃய.ஃஃனஃஃனற,னஃஃஃஃஃ says:
      February 20, 2026 at 4:28 pm

      Kkkkkkikkktjlmmxhgh

    2. yooon yooon says:
      February 20, 2026 at 6:04 pm

      Thankyouu sm dear I’m so happy to hear that!💕🥹

  6. aalaaa says:
    February 19, 2026 at 1:36 pm

    mi bai vx varah reethi..dhn kihinehbaa vaaany..story nimeny dho…v dhera roadha mas ekkoh yoon ge vahaka eh kiyan nulibeuythee…ly tc yoon…waiting for the nextpart..

    1. yooon yooon says:
      February 20, 2026 at 6:05 pm

      Thankyouu sm aalaaa!💕 Lets see dhw
      yeah story nimenyy mihaaru
      awhh alhey 😭 maybe i should’ve started uploading TSN roadha mas thereyga or sum
      Lym dear you too tgc 💕

  7. Verrr says:
    February 19, 2026 at 1:37 pm

    YOOOOONNNNN WHAT IS GOING ONN ..AVAHAH BEXT PART GENESS DHEEBA PLEASEEE
    WHEN NEXT

    1. yooon yooon says:
      February 20, 2026 at 6:06 pm

      AAAAA LETS SEEE DHW 🥹💕 INSHA ALLAH TOMORROW FEB 21ST GA NEXT PART
      THANKYOU SM VERRR 💕

  8. mary says:
    February 19, 2026 at 1:52 pm

    v reethi

    1. yooon yooon says:
      February 20, 2026 at 6:07 pm

      Thankyouu sm mary!💕

  9. vivy🤍🐻‍❄️ says:
    February 19, 2026 at 1:53 pm

    Yooonyluv long time no see
    This part was a mixture of emotions i dunno what to feel
    All i know is i am beyind curious to know what is unfolding
    Love you soo so much 🤍

    1. yooon yooon says:
      February 20, 2026 at 6:08 pm

      Hiii vivy long time no see!
      Haha frr im glad you liked it, thankyou sm💕
      Lymm 💕

  10. Sheex says:
    February 19, 2026 at 2:27 pm

    Mi part v reethi MA!
    Yoon kineh thihedhee!!!
    Alhey hurihaa enmen ves ragalhu veema v happy?
    But yaulaan…….life eh start kureetha huh!!! NOoooooooWAY!!!!!!!!!!!
    mihaaru sheex v kehmadhu vehjje?
    Alhey kon iraku next?
    VVVVV REETHI MA MA MA

    1. yooon yooon says:
      February 20, 2026 at 6:08 pm

      Thankyouu sm Sheex💕🥹
      Jsjsjsj hahahah lets see dhw 😭
      Next part insha allah Feb 21st vaa Saturday ga!
      🥹💕 Thankyou sm for the kind words

  11. juman says:
    February 19, 2026 at 2:41 pm

    habeys hee es nukuran ehn vaane kama
    lots of love pretty girl❤️🫶🏾

    1. yooon yooon says:
      February 20, 2026 at 6:09 pm

      hahah💕🥹 Thankyou sm juman, lym

  12. siu says:
    February 19, 2026 at 2:45 pm

    ahu kaarin enmen vx filavalhu naganvy good husband akah vumuge💖
    enmen vs ragalhudho.. real aa kiaana so lobss.. there kids vs
    siu ah firiyeh nuhodhijeeya yoon hoadhan annaanan inge yoon aa hedhi mihaaru standards hurii udun mathee ga
    Love this part. Curiously waitin hama

    1. yooon yooon says:
      February 20, 2026 at 6:10 pm

      Yesyess frr ahunaf is a model husband🥹
      Yeahh hurihaa kudhin vx okayy alhamudhillah
      HAHAHHA STOPP 😭😭💕
      Thankyouu sm siu💕

  13. R@@jihà🧕 says:
    February 19, 2026 at 2:54 pm

    No way YOONNNNNNN
    WHAT IN THE WORLD IS HAPPENING 😭😭😭😭😭
    YUEL IS MARRIED????
    NOOOOO WAYYYYYY I CANT BELIEVE IT
    pls tell me that is not YUEL he wife
    Plssssss
    I swear to god leen is totally heat broken 💔
    Wait then WHY DID HE TRIED TO SAVE LEEN????????????
    So confused 😕🤔
    Pls give them a happy ending plsss

    1. yooon yooon says:
      February 20, 2026 at 6:11 pm

      AAASJJSSK HAHA LETS SEE DHW 😭😭
      Yeahh lyn vrh dhera vefa dhww dhiyaii
      Lets find the answers to your questions in the next part!
      Thankyouu sm Raajiha🥹💕

  14. juju says:
    February 19, 2026 at 3:03 pm

    yoooehlaan luvs mileen too much to do that…….RIGHT?
    yoon alhey ehen nuhadhabaaaa

    1. yooon yooon says:
      February 20, 2026 at 6:12 pm

      yeah aint no way he’d do that…….RIGHTTT?? dhn neynge dhww
      🥹💕Thankyouu sm juju

  15. sofy🌹 says:
    February 19, 2026 at 4:09 pm

    masha allah varah reethi
    neyvaa avas vefa iny kiyaa nimun iru .. yaulaan nukuraane ekahala kameh dho..?

    1. yooon yooon says:
      February 20, 2026 at 6:13 pm

      Thankyouu sm sofy!💕
      Hahaha alhey
      Lets see dhww!

  16. sofy🌹 says:
    February 19, 2026 at 4:10 pm

    ramadan kareem yoon
    maa avahah comment fonuvijje

    1. yooon yooon says:
      February 20, 2026 at 6:13 pm

      Ramadan Mubarak sofy
      Hahah🥹💕

  17. Hamnerrr🎀 says:
    February 19, 2026 at 4:22 pm

    what in the world???
    yuel kihineh ehedhii?😭
    I don’t think she’s his wife ekm
    he loves leen too much
    alhey dhn kihinehbaa vaanyy
    cant wait for next part

    1. yooon yooon says:
      February 20, 2026 at 6:14 pm

      That was my reaction too aslu😓
      Letss see dhw kihineh thw dhn waanyy
      Thankyou sm Hamnerrr💕🥹

  18. Miss jennie says:
    February 19, 2026 at 5:33 pm

    Mi part ves varah reethi. Ahunaf and iram hunnathanehga heyn neyngey meehaku huriyyaa heyn dhaskoggen ves heyne. 😂😂. Alhey yaulaan marry kureetha? Please dont tell me yaulaan is married ey. Curiously waiting for next part???
    Ramadan mubarak

    1. yooon yooon says:
      February 20, 2026 at 6:15 pm

      Thankyouu sm miss jennie 🥹💕
      Hahaha thats so truee lollls
      Letss see dhww 😓
      Ramadan mubarak to you asw dear!

  19. Verrr says:
    February 21, 2026 at 12:06 am

    GUURRRLLLLL ANEIHKKAAA YUEL GE VES TWIN EH HUNNANEE THAAAAAAA.???????

    1. yooon yooon says:
      February 21, 2026 at 5:56 pm

      WHAATTT 😭 Aleesa and Zamin aa suvaalu kuran dhamaa thihen vejjeyya
      Thankyou verrr, good guess! Letss see dhw💕

  20. yooon yooon says:
    February 21, 2026 at 1:28 pm

    Asslaaamu alaikum my dearest readers💕

    I am feeling unwell today and regrettably, I must inform you all that I will not be able to upload part 49 today, as that part still needs some editing.

    Really really sorry guys, hope you understand. I know some of you all were really looking forward to reading the new part today😕 Insha allah I’ll try to upload part 49 tomorrow or day after tomorrow. I will let you guys know!

    ޔޫން މިއަދު ބަލިވެ އުޅޭތީ މިއަދު ގެނެސްދޭން ހަމަޖައްސާފައިވާ ‘ތި ސޫރަ ނޫން 49’ ގެނެސްދެވެން ނެތް ވާހަކަ ވަރަށް ހިތާމަޔާއެކު ދަންނަވަމެވެ. އެ ޕާޓަކީ އަދި ބައެއް ބަދަލުތަކެއް ގެންނަން ޖެހޭ ޕާޓެކެވެ. އިރާދަކުރެއްވިއްޔާ މާދަން ނުވަތަ މާދަން ނޫން އަނެއް ދުވަހު އެ ބައި ގެނެސްދެވޭތޯ ޔޫން މަސައްކަތް ކުރާނަމެވެ. މިއަދު އެ ބައި ކިޔާލަން އިންތިޒާރު ކުރި ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް މައާފަށް އެދެމެވެ. ކިޔުންތެރިން އަބަދުވެސް ދެއްވާ އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ

  21. Alaara says:
    February 21, 2026 at 8:04 pm

    Alhey…so sad😢 I was really hoping part 49 miadhu kiyaalan libeyne kamah..but i understand it yoon..dhe dhuvahun ehdhuvahu yoon konmme part ehves genesdheythee i really appreciate it…GET WELL SOON YOON💞💞…maadhan part 49 upload kohleveytho balahchey..😊😊😊

    1. yooon yooon says:
      February 22, 2026 at 12:45 pm

      sorryy darlings and thankyou sm for understanding!
      aww thankyou sm alaara 🥹💕 i feel sm better now
      Yesss part 49 is out now

  22. Alaara says:
    February 21, 2026 at 8:05 pm

    By the way story hama superb😊

    1. yooon yooon says:
      February 22, 2026 at 12:46 pm

      Thankyouu sm dears💕

Comments are closed.

Next Episodeތި ސޫރަ ނޫން 49 ( ފަހު ބައި )←


All Right Reserved!