ލޮތްބަށްޓަކައި 7
ސާއިމް އާއި ނަދާގެ ބައްދަލުވުންތަށް ގިނާވާން ފެށިއެވެ. ލައިރާއާއެކީ ބޭރަށް ދާއިރު ސާއިމް ވެސް އެކުދިންނާ ބައިވެރިވާންފެށިއެވެ. ސާއިމް ނަދާއަށް ދެމުންދާ ނަޒަރުތަށް ލައިރާއަށް ސިއްރެއް ނުވިއެވެ. އެކުވެރިޔާއަށްޓަކައި ލައިރާ އުފާކުރިއެވެ. އޭނާގެ ނަޒަރުގައި ލަބާންއަށް ވުރެ އެތަށް ގޮތަކުން ސާއިމް ނަދާއަށް ރަނގަޅެވެ. ނަދާއަށް އެކަން ވިސްނި ލަބާން މަތިން ހަނދާންނައްތާލުމަށްފަހު ސާއިމާއި ގުޅޭނެ ދުވަހަކަށް ލައިރާ އިންތިޒާރު ކުރަމުން ދިޔައެވެ.
ޒެއިން އާއި ލަބާން ތިބީ ލަބާންމެންގޭ ދޮރުމަތީގައެވެ. ދެމީހުން ވެސް އިންތިޒާރު ކުރަމުން ދިޔައީ ހާރިމަށެވެ. ލަބާން ބަސްއަހައިގެން ކިޔެވުމާއެކު ލަހުފާން ވަނީ އޭނާއަށް އެންމެ ފަހުގެ ޕީއެސްއެއް ގަނެދީފައެވެ. އެކުގައި އޭނާއެކު ކުޅެން ތިބީ ޒެއިން އާއި ހާރިމް ކަމުން އެ ދެޒުވާނުން އެގެއަށް އައުމަށް އޭނާ ދަޢުވަތު ދިނެވެ.
ފޯނަށް ގެއްލިފައި ހުރި ޒެއިންއަށް އިސްެއުފުލާލެވުނީ ލައިރާގެ ލުއި ހުނުމުގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. ލައިރާގެ ސޫރަ ދެކިލުމަށް ކެއްމަދުވެފައި ހުރި އޭނާގެ ހިތަށް ފިނިކަން ލިބިގެންދިޔައެވެ. ލައިރާ ފެނުމާއެކު އިޚްތިޔާރެއް ނެތި ޒެއިނަށް ހިނިތުންވެވުނެވެ. އެހެނަސް އޭގެ ދެވަނަ ސިކުންތުގައި އެ ހިނިތުންވުން ފިލައިގެން ދިޔައީ ލައިރާ ގާތު ހުރި ޒުވާނާ ފެނިފައެވެ. ލައިރާގެ ހުނުމުގެ އަސްލަކީ އެ ޒުވާނާކަން އެނގުނު ހިނދު ހިތުގައި ހަސަދައިގެ ހުޅުކޮޅެއް ރޯވެގެން ދިޔައެވެ.
ނަދާ އާއި ސާއިމްއާއެކު ހިނގާލަން ލައިރާ ވެސް ދިޔައެވެ. ނަދާ ގެއަަށް ލުމަށްފަހު ލައިރާވެސް ގެއަށް ލައިދިނުމަށް ސާއިމްއައެވެ. ލައިރާ އެކަނި ދާން އުޅުނުން ހަމަ ހިލާ ސާއިމް އެކަމަަށް އެއްބަހެެއް ނުވިއެވެ. ގެއަށް އައި މަގުމަތީގައި ސާއިމް ބުނެލާ ސަމާސާ ވާހަކަތަކުން ލައިރާ ހުރީ ހިނިއަސްގެން ގޮސް ހަލާކުވާ ވަރުވެފައެވެ. ގެއާ އަރާ ހަމަވުމާއެކުހެން ސާއިމްއަށް އަލްވަދާއު ކިޔާފައި ގެއަށް ވަންނަން މިސްރާބު ޖެހި ލައިރާ އައީ ޒެއިންގެ ހަތަރު ކަޅި ބައްދަލުވީ ހިނދު ލައިރާގެ ފިޔަވަޅުތަށް ހުއްޓުނެވެ. ޒެއިންގެ މަޢުނަވީ ފުން ނަޒަރުން އޭނާ ހިތުގެ އެންމެ ހިމަ ނާރާށްވެސް އަސަރު ކޮށްފިއެވެ. ވަށައިގެންވި ހުރިހާ ކަމެއް ހަނދާނުން ކައްސާލައިގެން ދިޔައެވެ. ހިތުގެ ވިންދު އަވަސްވެގެން ދިޔައެވެ.
ލައިރާ އާއި އެކި ހުރި ސާއިމް ފެނުމުން ލަބާނަށް ހައިރާނަކަން ލިބުނެވެ. ސާއިމް ދެއްކި ވާހަކައަށް ލައިރާ ހިނިތުންވި ގޮތުން އެދެމެދުގައި އެކުވެރިކަމަށް ވުރެ ގާތް ގުޅުމެއް އޮންނަހެން ހީވުމާއެކު ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ. އެއާއެކު އޭނާއަށް ހިނިތުންވެވުނެވެ. ނަދާގެ ހިތް އަލުން އަނބުރާ ހޯދުމަށް އޭނާއަށް އަދިވެސް ފުރުސަތު އެބައޮތެވެ. ނަދާއަށްޓަކައި އޭނާގެ ހިތުގައި ލޯބިކުރިލައި އުފެދުނީ ކޮންއިރަކު ކަމެއް ޚުދު ލަބާނަކަށްވެސް ނޭންގެއެވެ. ނަދާއަށްޓަކައި ރަނގަޅު ހެޔޮ މީހަކަށް ވާން ލަބާން ބޭނުމެވެ. ނަދާއަށް ހައްޤުވާފަދަ ޤަދަރުވެރި ހަރުދަނާ ހެޔޮލަފާ މީހަކަށް ވުމަށް އޭނާ ވަނީ އަޒުމު ކަނޑައަޅާފައެވެ. އޭނާ ދެން ނަދާއާ ގުޅެން ބޭނުންވަނީ އެފަދަ މީހަކަށް ވުމަށްފަހުއެވެ. ލަބާންގެ އަމާޒަކީ އިތުރަށް ކިޔަވައިގެން ރަނގަޅު ވަޒީފާއެެއް ހޯދުމަށްފަހު ނަދާއާ ކައިވެނި ކުރާށެވެ.
“އޭ ލައިރާ އެއީ ސާއިލް ދޯ؟ ނަދާގެ ފްރެންޑް ތި ދެމީހުން ކޮންކަމެއް؟” ލަބާން ލައިރާއާ ދިމާކޮށްލިއެވެ. އެއާއެކު ޒެއިން އަދި ލައިރާގެ ނަޒަރުވެސް ލަބާނަށް ހުއްޓުނެވެ. ލައިރާގެ ޖަވާބަކަށް އިންތިޒާރުކޮށްގެން ކެތްތެރިކަން ކުޑަވެފައި ލަބާން އަދި ޒެއިންވެސް ތިއްބެވެ.
” ސާއިމް…ހަގީގަތުގައި ސާއިމް އާއި އަހަރެންގެ ކޮންމެކަހަލަ ގުޅުމެއް އޮތަސް އެއީ ލަބާންއާ ބެހޭ ކަމެއް ނޫން… އެކަމުދެން ތިހާ ރީތިކޮށް އެހީމަ ބުނާނަން…ސާއިމަކީ މަގޭ ބޭބެއެއްފަދަ މީހެއް މިހާރު…އެއީ މިހާރު ނަދާގެ ފްރެންޑެއްް ނޫން ނަދާގެ ބޯއިފްރެންޑް.. އެންޑް ހީ އިޒް ޓްރީޓިން ހާރ ދަ ވޭ ޝީ ޑިޒާރވްސް ޓު ބީ ޓްރީޓެޑް..” ލަބާންގެ ހިނިތުންވުން މަޑުމަޑުން ފަނޑުވެގެންދިޔައެވެ. މީގެ ކުރިން ދުވަހަކުވެސް ނާޅާ ވޭން ހިތުގައި އަޅައިގެން ދިޔައެވެ. ލައިރާ އެންމެ ފަހުން ބުނި ޖުމްލަ ކަންފަތުގައި ތަކުރާރުކޮށް ގުގުމައިގެން ދިޔައެވެ. ނަދާ އަތުން ބީވުމުގެ ހިތާމައާއެކު ލައިރާ އޭނާދެކެ ނަފްރަތު ކުރާ މިންވަރުވެސް ލަބާނަށް އިހުސާސްވިއެވެ. އެކަމަށްޓަކައި ވެސް ދެރަވިއެވެ. ލައިރާ އަދި ނަދާއާ މެދު ކުރީގައި ކަންތަށްކުރެވިފައި ހުރި ގޮތް ހަނދާންވާން ފެށުމާއެކު އޭނާއަށް މި ލިބެނީ އެކަމުގެ ހައްގު ސާޒާކަން އަމިއްލައަށް ވިސްނުނެވެ. “ގުޑް ފޯ ޔޫ ގާއިޒް…ނަދާ ޓްރޫލީ ޑީޒްރވްސް ދަ ބެސްޓް” ގަދަކަމުން ހިނިތިންވެލަމުން ލަބާން ބުނިއެވެ. ހަގީގަތުގައި ވެސް އޭނާ ނަދާއަށް ހެޔޮއެދެއެވެ. ނަދާއަށް ހުރިހާ އުފަލެއް ލިބުމަށް އެދެވެއެވެ.
ލަބާނާއި ޚިލާފަށް ޒެއިނަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ހިތާހިތުން ހިނިތިންވެވުނު ނަމަވެސް މޫނު މަތިން އެއްވެސް އަސަރެއް ނުދައްކާވޭތޯ ބެލިއެވެ.
ލަބާން ދެރަކޮށްލެވުމުން ލައިރާއަށް ހަމަޖެހުން ލިބިގެން ދިޔައެވެ. ސާއިމް އައި ނަދާއާ މެެދު އެކުވެރިކަމަށް ވުރެ އިތުރު ގުޅުމެއް އަދިއެެއް ނެތެވެ. ނަދާގެ ހިތްހަލާކު ކުރުމަށްފަހު ވަކި އުފަލުގައި ލަބާން އުޅޭކަން ލައޮރާ ނޭދެއެވެ. ނަދާ ލަބާނަށް މާފު ކުރިކަމުގައި ވީ ނަމަވެސް ލައިރާ ލަބާނަކަށް މާފެއް ނުކުރެއެވެ.
އިރުކޮޅެއްފަހުން ހާރިމް އައުމާއެކު ތިން ޒުވާނުން ގޭތެރެއަށް ވަނެވެ. ޕީއެސް ކުޅުނު އިރު ލަބާން ހުރީ ވަރަށް މަޑުންނެވެ. ގޭމަށް ވުރެ ބޮޑަށް އެހެން ހުރީ އެހެން ވިސްނުމަކަށް ގެއްލިފައެވެ. ހާރިމް ލޮލުން ލަބާން ހުރި ގޮތް ޒެއިނަށް ދައްކާލިއެވެ. ޒެއިން އެއްޗެކޭ ބުނަން އުޅެލާފައި ވެސް ހިމޭންކަން ޚިޔާރުކުރީ އަންހެން ކުދިންނާ މެދު ވާހަކަ ދައްކާ ވަރަށް ވުރެއް ދެމީހުންގެ ގުޅުން ދުރުވީމައެވެ. އަދި ލަބާންގެ މިޒާޖުވެެސް އެނގޭތީއެވެ.
“ތި ދެމީހުން ވެސް ކުއްޖެއްދެކެ ލޯބިވެއްޖެޔާ، އެކުއްޖާއާ މެދު ރަނގަޅަށް ކަންތަށް ކުރައްޗޭ…އެކުއްޖާއަށް ހައްގުވާފަދަ ރަނގަޅު މީހަކަށް ވެވޭތޯ ބަލާތި… ޒެއިން މަށަށް ފެނެ ކަލޭ ލައިރާއަށް ބަލާގޮތް…ލައިރާދެކެ ހަގީގީ ލޯބިވަންޏާ ހަރުދަނާ މީހަކަށް ވެގެން ލައިރާއާ ކައިވެނިކޮށްގެން މިގެއިން ގެންދޭ…މަގޭ މަންމަ ދުނިޔޭގައި ހުރި ހިނދަކު ލައިރާ އުފަލުގައި އުޅުނަކަ ނުދޭނެ…މިހާރުވެސް އެއުޅެނީ ބައްޕަ ބޮލަށް އެރިގެން ލައިރާ ކޮންމެސް މީހަކާ ދެވަން…އެކަމަކު ލައިރާދެކެ ލޯބިނުވަންޏާ ހަނދާންނައްތާލާ…ލައިރާގެ ހާލަށް ލައިރާ ދޫކޮށްލާ” ފެންކަޅިވެފައި ހުރި ހާލު އާދޭހައީއެކު ލައިރާއަށް ހެޔޮކޮޒް ހިތުމަށް ޒެއިން ގާތުން އެދުނެވެ. ހައިރާންވެފައި ބުނާނެ އެއްޗެއް ނޭންގި ޒެއިނަށް އިނދެވުނެވެ. އެއީ ހަމަ ލަބާންތޯ ހިތަށް އެރިއެވެ. އޭނާގެ ހިތުގައި ލައިރާއަށްޓަކައި އުތުރި އަރަމުން ދަނީ ހަގީގީ ލޮތްބެވެ. ލައިރާ ފެނުނު ފުރަތަމަ ދުވަހުންސުރެ އެހިތުގައި ލައިރާގެ ނަން ވަނީ ކަނޑާނެގިފައެވެ. ޒެއިން ބޯޖަހާލުމަށްފަހު ަލައިރާދެކެ ހަޤީޤަތުގައި ވެސް ލޯބިވާކަން ހާމަކުރިއެވެ. ލައިރާ އުފަލުގައި ބެހެއްޓުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން ކަމުގައި ބުންޏެވެ. “ލައިރާގެ ހިތް އޮތް ގޮތެއް މަށަކަށް އަސްލު ނޭންގެ…” ޒެއިން ތެދަށް ބުންޏެވެ. ލައިރާގެ ހިތުގައި އޭނާއާ މެދު އޮތް ގޮތެއް އޭނާއަކަށް ނޭންގެއެވެ. ސީދާކޮށް ލޯބިވާކަމެއް ނޫނީ ނުވާކަމެއް ވެސް އޭނާއަކަށް ނޭންގެއެވެ. ލަބާން އާއި ޒެއިންއާ ދެމެދު ދެކެވެމުން ދިޔަ ވާހަކަތަކުން ހާރިމް ހުރީ ބަސްހުއްޓިފައެވެ. އެ ދެ ޒުވާނުންގެ ދެމެދުގައި އެފަދަ ވާހަކަތަކެއް ދެކެވިދާނެކަމަށް ހުވަފެނުން ވެސް ހާރިމް ނުދެކެއެވެ.
އިޝާ ނަމާދުކޮށްލައިގެން ލައިރާ ނުކުތީ ރޭގަނޑުގެ ކެއުން ތައްޔާރު ކުރާށެވެ. ބައްޕަ މާލޭގައި އުޅޭތީވެ ދޮންމަންމަގެ އަނިޔާ މިދުވަސްކޮޅުގައި މަދެވެ. އަނެއްކާވެސް ބައްޕަ ބޭރަށް ފުރުމުން ދޮންމަންމަގެ އަނިޔާ އިތުރުވާނެއެވެ.
ލައިރާ ބަދިގެއަށް ދިޔަތާ ފަސްމިނެޓު ފަހުން ރީމާވެސް އައިސް ބަދިގެއަށް ވަނެވެ. ރީމާގެ ވިހަ ގަދަ ބަސްތަކާއީ ކުރިމަތިލާން ލައިރާ ހުރީ ތައްޔާރަށެވެ. “ލައިރާ މިރޭ ކައްކާނެ ކަމެއް ނެތް..ނުވައެއް ޖަހަން ވާއިރަށް ރީތިވެގެން ސިޓިން ރޫމަށް ނުކުމެލަބަ..” ރީމާގެ މަޑުމައިތިރި އޯގާތެރިކަމުން ލައިރާގެ ހިތްބިރުގަތެވެ. ހަދަންވީ ގޮތެއް ނޭންގި ހުއްޓިފައި އިންދައި ދެވަނަ ފަހަރަށް ވެސް މަޑުމައިތިރި ކަމާއެކު ރީމާ އޭނާގެ ބަސްތަށް ތަކުރާރު ކޮށްލިއެވެ. ލައިރާ ބޯޖަހާލުމަށްފަހު ތައްޔާރުވާން ކޮޓަރިއަށް ދާން ހިނގައިގަތެވެ.
ފުން ޚިޔާލުގައި ހުރި ލައިރާއަށް ސިހުން ލިބުނީ އޭނާ އަތުގައި ހިފައި މީހަކު ދަމައިގަތުމުންނެވެ. ލިބުނު ސިހުމުގައި ލައިރާ ހަޅޭއްލަވައިގަންނަން އުޅުނު ނަމަވެސް އެކަން ކާމިޔާބު ނުވީ ބާރުގަދަ އަތަކުން އޭނާ އަނގައިގައި އަތް އެޅުމުންނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.






Ommmggggg…
Welcome back….
After a long time, your story ehge new episode kiyaalan mi libuny… This was a huge surprise, ngl…. Varah varah reethi mi part ves…
Can’t wait for the next episode…. Ummeedhu kuran maa gina dhuvahu inthizaaru kuran nujehi, next ep kiyaalan libeyne kamahh…
And I hope mifaharu mi story nimendhen readers aa Hama ah genes dheyne kamah…
Snd if you aren’t able to, please do let us readers know why we aren’t getting a new episode….
Lysmmmm….
Can’t wait…
Thank youuu sooo much for your support….. In Sha Allah vaahaka nimmadheynan…i am trying to get back to writing again this year… Hopefully i will be able to finish my on going stories and start a new one this year….In Sha Allah next episode tmrw kiyaalan libeyne