“މޭބީ ފޯރޓީންތް ނޮވެމްބަރ އިޒް ނޮޓް ދި އެނިވަރސަރީ އިޔަރ ފޯރ އޮންލީ ޔާޝް ކުޑަބެ އެންޑް ރީއްތަ.. އިޓް ވިލް ބީ އަ ވެރީ ސްޕެޝަލް ޑޭ ފޯރ އެނަދަރ ނިއު ކަޕްލް އެންޑް އައި ވިލް މޭކް ޝުއަރ ޓު މާރކް ‘ފޯރޓީންތް އޮފް ނޮވެމްބަރ 2020’ އޭޒް އަ ޑޭޓް އޮފް ދި އެނިވަރސަރީ ފޯރ އެނަދަރ ކަޕްލް އަލޯންގ ވިތް ޔާޝް ކުޑަބެ އެންޑް ރީއްތަ..” ހިތާހިތުން އެހެން ކިޔަމުން ިޔަ […]
ޑައިނަމޯއަށް ވަދެ އަޒާން ހުސް މޭޒެއްގެ ކައިރީ އިށީނދެލިއެވެ. މާޝާއަށް ގުޅާފާ ބަލާ ދާނަމޭ ބުނުމުން އެކަނި ދާނަން ނަމަށް ބުންޔެވެ. އަޒާން އެއްލި ކަޅިއަކުން އެތަނަށް ވަދެގެން އައި މެދު އުމުރުގެ ޒުވާނެއް އޭނާގެ ލޮލުގައި އަޅައިގަތެވެ. ފިރިހެނުންގެ ހިތްތައް ކަތިލާނޭކަން ޔަގީނެވެ. ހަމަ ގައިމުވެސް އަޒާންގެ ހިތް ކަތިލައިފި އެވެ. އަޒާން އަށް ބަލަން އިނދެވުނީއެވެ. ************************************* ފައިހާ ގެއަށް ވަދެ ފުރަތަމަ ދިޔައީ ފެންވަރާލާ ބޯ ހަމަ ޖައްސާލާށެވެ. ފެންވަރައިގެން އިސްތަށިގަނޑު ހިއްކަން […]
ދެވަނަބައި ހިތި މާޒީ އެހަނދާންތައް ސިކުނޑީގައި ކޮށްޓަމުން ދިޔައީ އުދަނގޫކުރާފަދަ ގޮތަކަށެވެ ***** (މާޒީ) އުމުރުން 14 އަހަރު ފުރިފައިވީއިރު އަލީމާއަށް ލިބެމުން އައީ ހަމައެކަނި ބައްޕަގެ ލޯތްބެވެ. އަލިީމާގެ އުމުރުން 13 އަހަރުގައި މަންމަ ނިޔާވީ ބަލިއެނދުގައި އޮވެއެވެ. މާ ފުދުންތެރިވެމަންމަ މިދުނިޔޭގައި ނެތްނަމަވެސް އަލީމާ ދިރިއުޅެމުން އަންނަނީ އުފަލާއި ހިތްހަމަޖެހުން ލިބިގެންނެވެ. އުމުރުން 14 އަހަރު ފުރިފައިވީއިރު އަލީމާއަކީ ބުރުސޫރަ ރީތި ހިތްތިރި އަންހެންކުއްޖެކެވެ. އެއްއުމުރެއްގެ ކުދިންނާއެކު ކުޅެން އުޅޭއިރުވެސް އަލީމާއަކީ ރީތިކަމުން ހޮވާލެވޭ […]
“ލެޓް ގޯވް އޮފް މައި ހޭންޑް.” ޒަޖާ ދެބުމަ ކައިރިކޮށްލަމުން ބުންޏެވެ. “ނޯވް.. ވީ ނީޑް ޓު ޓޯކް!” ޖީޒާން ދެބުމަ މައްޗަށް ހިއްލައިލަމުން މިހެން ބުނުމަށްފަހު އަދިވެސް ޒަޖާގެ އަތުގެ ހުޅުގައި ހިފައިގެންހުރެ ސިޑިންއަރައި އޭނާގެ ކޮޓަރިއަށްވަދެ ދޮރު ލައްޕައި ތަޅުލިއެވެ. ޖީޒާންގެ މި ޢަމަލުގެ ސަބަބުން ޒަޖާގެ ހިތުގައި ކުޑަ ބިރުވެރިކަމެއް އުފެދުނެވެ. އެހެންކަމުން އޭނާ ފަހަތަށް ޖެހެމުން ޖެހެމުން ގޮސް ލައްވީ ފާރުގައި ޖެހިފައެވެ. އޭނާގެ މޫނު މަތިންވެސް ބިރުގަނެފައިވާ މިންވަރު ފާހަގަވެފައި […]
ހެނދުނު އިރު އެރުމުން ކިޔާރާ ދިޔައީ ހެނދުނުގެ ސައި ހަދާށެވެ.އަތުގައި ރިހުނެއްކަމަކު ވަރަށް އުނދަގުލުން ސައި ހަދާ ނިންމާލި އެވެ.ކިޔާރާ އެންމެނަށް ގޮވަން ދާން ހިނގައިގަތްތަނުން ރައުލާ ކާގެ ދޮރު ހުޅުވާފައި ވަނެވެ. ރައުލާ ހެނދުނު ހޭލެވުނީ ހަތެއްވެސް ޖަހާ ބޮޑުވި ފަހުން އެވެ.އެހެންކަމުން އަވަސްއަވަހަށް ތާޒާވެލައިގެން ކާގެއަށް މިސްރާބު ޖެހީ ސައި ހަދަން ކަމަށެވެ.ކިޔާރާއަށް ސައި ހަދަން އުނދަގޫ ވާނެކަން އެނގޭތީއެވެ.ނަމަވެސް ރައުލާ ކާގެއަށް ވަތް ތަނުން މޭޒުމަތީ ސައިހަދާފައި ހުއްޓެވެ.އެހެންކަމުން އޭނާ ނުރުހުނ ވެފައި […]
ފެށުނީއްސުރެ ހަށިގަނޑު ފިޓްކޮށް ބެހެއްޓުމަކީ ނާޒިލްގެ އާދައެކެވެ. އޭނާ އެކަން ކުރަނީ ވަކި މޫސުމަކާ ގުޅުވައިގެނެއް ނޫނެވެ. އެއީ ދިރިއުޅުމުގެ އެއްބައެވެ. އާދައިގެމަތިން ފަތިސް ނަމާދަށްފަހު، ދުވަން ތައްޔާރުވެގެން ނާޒިލް ނިކުތީ މާލެ ވަށައިގެން ބުރެއް ޖަހާލުމަށެވެ. ދުވަމުން ގޮސް ދަރުބާރުގެއާ އަރާ ހަމަވިތަނާ މީހަކު ގޮވާހެން ހީވެގެން ފަހަތް ބަލާލިއެވެ. “އަނހަ.. އެޑަމް.. ހާދަ ދުވަހެއް ކޮށްފައޭ މިދިމާވީ ދޯ..” ދުވެފައި އައިސް ނާޒިލްއާ އަރާ ހަމަކުރި އެޑަމްއަށް ނާޒިލް ޖަވާބުދިނެވެ. އެޑަމްއަކީ ނާޒިލްގެ ޒަމާންވީ […]
އެންމެންނަށް ގެއަށްއާދެވުނު އިރު މަޢްރިބް ނަމާދަށް ގޮވާފިއެވެ. އީމާ އަދި ޒިހާން އެމީހުންނާ ވަކިވެގަތީ އަނެތްކާ ވެސް ކަމެތް ރާވަން ނިންމާފައެވެ. ” ވަރަށް ގުޅޭ ދޯ އިޝޫ އެން ރީހާން ” ޒިހާން ގެ ސައިކަލު ފަހަތުގައި އިނދެފައި އޭނާ ގެ ބުރަކަށީ ލައްވެލަމުން އީމާ ބުނެލިއެވެ. ” އާން ވަރަށް ގުޅޭ ” ހިނިތުންވެލަމުން ޒިހާން ބުނެލިއެވެ. އީމާ ގެ ގެއާ ހަމަވުމުން ފައިބާ ހިތް ނުވެފައި އިންނަމަވެސް އަނދިރިވެފައިވުމުން އީމާ ސައިކަލުން ފައިބަމުން […]
* “ތެރަޕީ އެންޑް ޓައިމް.. ޕޭޝަންޓް ރަނގަޅުވާހާ އަވަހަކަށް އެކަން ކުރެވިދާނެ އިނގޭތޯ.. އެކަމަކު އަޅުގަނޑަށް ބޮޑަށް ބުރަވެވެނީ އެކަން ނުކުރަން.. އެހެން ހައްދަވައިފިނަމަ އެކްސިޑެންޓްގެ މަތިން ހަނދާން އާވެ ޕޭޝަންޓް ޓްރައުމާއެއް ތެރެއަށް ގޮސްދާނެ.. ނަމަވެސް އެކަން ކުރައްވާނނަމަ ވަގުތު ވީހާވެސް ރަނގަޅަށް ބޭނުންކުރައްވާ.. އޭރުން އެކަން ކުރެވިދާނެ.. އެކަމަކު މިކަމުގައި އަޅުގަނޑަކަށް އެއްވެސް ޔަގީންކަމެއް ނުދެވޭނެ..” ޑޮކްޓަރު ކިޔައިދިނެވެ. “އަދި މީގެވެސް އިތުރުން ތެރަޕީ……….” “ނޫން ތިކަން ކޮށްގެންނެއް ނުވާނެ..!!” ޑޮކްޓަރުގެ ވާހަކަ މެދުކަނޑާލީ […]
ގަޑިން 3:45 ވީ އިރުވެސް ޖައިލަމް އެއް ނާދެއެވެ. ކަރު ހިއްކައި ގަނެގެން ލިއުޝާ ނުކުތީ ބަދިގެއަށް ގޮސް ފެންފޮދެއް ބޯ ލަންށެވެ. ލިއުޝާ ކޮޓަރިން ނުކުތް ވަގުތު ގޭގައި ހުންނަ ހުސް ކޮޓަރީ ދޮރު ކައިރީގައި ޖައިލަމް ގެ ބޫޓުގެ އިތުރުން އަންހެން ކުއްޖެއްގެ ހީލްސް ހުއްޓެވެ. މަޑު މަޑުން އެ ކޮޓަރީގެ ދޮރުގައި ކަންފަތް ޖައްސާލެވުނެވެ. ލިއުޝާ އަށް އެތެރޭން އިވުނު އަޑަކުން ގޮއްމުއް ކަވާލެވުނެވެ. ****************************** މާޝާއަށް އަދިވެސް ނަތާޝާ ހޮސްޕިޓަލުން ކަނޑާލަންވީ […]