ގެއްލިދިޔަ ހަޔާތް…. 19
“ އަހަރެންވެސް ވަރަށް ހިތްހަމަޖެހޭ އަދި ވަރަށް އުފާވޭ ރޭޝަމް އަހަރެނަށް ލިބުނީމަ… އަދި އޭރު އަހަރެން އުޅުނު ގޮތް ދޫކޮށްލެވޭތީވެސް ވަރަށް ހިތްހަމަޖެހޭ.. އެކަމަކު..“ ޒާހިދު ވާހަކަ ހުއްޓާލިއެވެ.
” އެކަމަކު ކިހިނެއްވީ؟“ރޭޝަމް ހާސްވެފައި އަހާލިއެވެ.
“ މައްސަލައަކީ އަހަރެންގެ ފެމިލީ…. އާމިރާއްތަ ނެތުމުގެ ފަޅުކަން ވަރަށް ބޮޑަށް އިހުސާސްކުރެވޭ… އާމިރާއްތަ ހުރީ ކޮންތާކު ކަމެއްވެސް،ކޮންފަދަ ހާލެއްގަ ކަމެއްވެސް އަހަރެންނަކަށް ނޭނގެ… ރޭޝަމްއަކަށް ނޭނގޭނެ އަހަރެން އެކަމާ ދެރަވާ ވަރެއް…“ ޒާހިދު އިސްދަށަށް ޖަހާލިއެވެ.
” ދެރަނުވޭ… އަހަރެންނަށް ޔަގީން އާމިރާއްތަ ހުރީ ހެޔޮހާލުގަކަން..“ ރޭޝަމް ހަމްދަރުދީއާއެކު ބުނެލިއެވެ.
“ ކިހިނެއް އެނގެނީ ތީ ތެދެއް ކަމެއް… އާމިރާއްތަ ވީތަނެއް އަހަރެންނަށް އިނގޭނަމަ ކޮންމެ ގޮތެއް ހަދާފަ ނަމަވެސް މާލްމެން އާމިރާއްތަ ކައިރިއަށް ގެންދާނަން…“ ޒާހިދު ފެންކަޅިވެފައިވާ ހާލު ރޭޝަމްއަށް ބަލާލިއެވެ.
“ އަސްލުވެސްތަ؟ މާލްމެން ގެންދެވޭނެތަ އާމިރާއްތަ ކައިރިއަށް؟ …..އަހަރެންނަށް…..“ ރޭޝަމް ކުއްލިއަކަށް ވާހަކަ މެދު ކަނޑާލިއެވެ. ބުނެވެން އުޅުނު އެއްޗަކާމެދު ރޭޝަމްއަށް ވިސްނާލެވުނެވެ. އެއްވެސް ވާހަކައެއް ޒާހިދާ ހިއްސާކުރަން އަދި މާ އަވަސްކަމަށް ރޭޝަމް ނިންމިއެވެ.
“ ތިއެއް ނޫނޭ …އަހަރެން ބޭނުމެއް ނޫން ރޭޝަމްއަށް އެއްވެސް ކަމެއް ސިއްރުކުރާކަށް… މިންހާ ވީތަނެއް އަހަރެންނަށް އެނގިއްޖެ.. އަދި ގޭންގުގެ އެންމެ އިސް މީހުންނަށްވެސް މިހާރު އިނގޭ…“ އިރުކޮޅަކު ވިސްނަން ހުރުމަށް ފަހު ޒާހިދު ބުނެލިއެވެ.
” ކީކޭ؟؟؟؟ ތީ ދޮގެއް!!!!! އެހެނެއް ނުވާނެ…“ ރޭޝަމްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ހިތުގެ ތެޅުން އަވަސްވިއެވެ. އަވަސް އަވަހަށް ފޯނު ނަގާ މިންހާގެ ނަންބަރަށް ރޭޝަމް ގުޅާލިއެވެ.
” ހަލޯ.. ކީކޭ ރޭޝަމް؟ މިގަޑީގަ ތިގުޅީ އަނެއްކާ ކަމެއް ވީތަ؟“ އެ ކޮޅުން ވާހަކަދެއްކީ މިންހާއެވެ. އެއަޑު ޖެހުމާއެކު ކުޑަނަމަވެސް ހަމަޖެހުމެއް ރޭޝަމްގެ ހިތަށް ލިބުނެވެ.
“ ކަމެއް… ނު…ވޭ…ކޮބާ މަންމަ؟ މަންމަގެ ހާލު ރަނގަޅުތަ؟ އެންމެންވެސް ރަނގަޅުތަ؟“ ރޭޝަމް ހަމަޖެހޭތޯ މަސައްކަތްކުރިއެވެ.
” އާނ.. އެންމެންވެސް ރަނގަޅު…. ކިހިނެއްވީތަ؟ ކަމެއް ގޯސްވީތަ؟“ ކޮންމެވެސް ކަމެއް ގޯސްވެއްޖެހެން މިންހާއަށް ހީވިއެވެ.
” ކަމެއް ނުވޭ.. ހަމަ އަހާލީ.. މާދަން ގުޅާނަން.. ދެން ބާއްވަނީ..“ ފޯނު ކަނޑާލަމުން ޒާހިދާ ދިމާލަށް ނުރުހުންވެފައިހުރެ ރޭޝަމް ބަލާލިއެވެ.
“ ސަމާސާ ކުރިޔަސް ތީ ބޮޑުވަރު… ކިރިޔާ ބިރުން ގޮސް ހަލާކުނުވީ..“ ރޭޝަމް ހިތްހަމަނުޖެހިފައި ހުރެ ޒާހިދަށް ބަލާލިއެވެ.
“ ހެހެ… ސޮރީ…ހަމަ ރޭޝަމް ރުޅިއައިސްފަ ހުންނައިރު ހުންނަ ގޮތް ބަލާލާ ހިތްވީ..“ ސައިކަލަށް އަރަމުން ޒާހިދު ހިނގަނޑެއް ޖަހާލިއެވެ. ޒާހިދު ކުރީ ސަމާސައެއް ކަމަށް ރޭޝަމް ގަބޫލުކުރިއެވެ. އެހެނަސް އެއީ ސަމާސާއެއް ނޫނެވެ. އެއި ޒާހިދު ރޭވި މޮޅު ރޭވުމެކެވެ.
ގެއަށް ދެވުމާއެކު އަވަސް އަވަހަށް ފޯނު ނަގާ އެންމެ ފަހުން ގުޅާފަ އިން ނަންބަރަށް ޒާހިދު މެސެޖެއް ކޮށްލިއެވެ. އެއީ އަސްލަމްގެ ނަންބަރެވެ.
” ސޮރީ ރޭޝަމް… ހަމަ ރޭޝަމްއަށްޓަކާ އަހަރެން މިގޮތަށް މި ކަންތައް ކުރީ …ޖަސްޓް ޓު ސޭވް ޔޫ…“ ފޯނު އެނދުމައްޗަށް އެއްލާލަމުން ހިތާ ހިތުން ޒާހިދަށް ބުނެލެވުނެވެ.
“ ތިން މީހުން މި މިޝަން ނިންމަން ޖެހޭނީ ….އޭނަ ހުރި ތަނަކުން ހޯދާފަ ކަލޭމެންނާ އެކު މާލެ އައުމަށް އެއްބަސްވާން ބުނޭ… އެއްބަސް ނުވެއްޖެއްޔާ ދެން ހަނދަންޖެހޭ ގޮތް އިނގޭނެ ކަލޭމެންނަށް!!!!“ ސޯފާގައި ޖައްސާލަމުން އަސްލަމް ސިގިރޭޓެއް ރޯކޮށްލިއެވެ.
“ ޔެސް ބޮސް… މާދަމާ އެކަންތައް ނިމޭނެ…“ އެތިން މީހުން އެއްފަހަރާ ހަރު އަޑުން ބުނެލިއެވެ. އަދި އެތަނުން ދިޔައެވެ.
” ދިސް ގޭމް އިޒް ސޯ އިންޓްރެސްޓިންގ… ލަވް އިޓް…ހެހެހެ…“ ސިގިރޭޓް ބުރި އެއްލާލަމުން އަސްލަމް ހިނިގަނޑެއް ޖަހާލިއެވެ.
ފަތިސް ނަމާދަށް ބަންގި ގޮވުމާއެކު ނަރީމާ ތެދުވެ މިންހާއަށް ލޯބިން ގޮވާލިއެވެ. އަމިއްލަ ދަރިއަކު ފަދައިންނެވެ. މޯޅިއަކަށް ދެމިލަމުން މިންހާ ތެދުވިއެވެ. އޭރު އާމިރާ ގޮސް ފާހާނާއަށް ވަންނަނީއެވެ. ނަމާދުކޮށްލައިގެން އާމިރާ ނިކުތީ ބޭރުގައި ކުނި ކަހާށެވެ.
” ދައްތާ.. އަހަރެން އަންނާނަން ޒަފޫމެން ގެއަށް ގޮސްފަ.. ޒަފޫ ބުނި ހެނދުނު ހެނދުނާ އަންނައްޗޭ މޫދަށް ދާން…“ މިންހާ ބޭރަށް ނިކުމެ އާމިރާއަށް ބުނެލިއެވެ.
” މޫދަށޭ؟؟؟މިގަޑީގަ؟“އާމިރާ ހައިރާންވެފައި އަހާލިއެވެ.
“ އާނ ދައްތާ… ޒަފޫ އެންމެ ދާހިތްވަނީ މިގަޑީގަޔޯ… މީހުން މަދުވާނެތީވެ.. ހެހެ“ މިންހާ ޒަފޫމެން ގެއާ ދިމާލަށް ހިނގައިގަތެވެ.
އެގެއާ އަރާ ހަމަވިއިރު ޒަފޫ އޮތީ ބޭރު ޖޯލިފަތީގައެވެ. މިންހާ ފެނުމާއެކު ދުވެފައި ބޭރަށް ނިކުތެވެ.
“ ހިނގާ ދާން.. އަދި ދަމުން އެބަޖެހޭ ފެންފުޅިއެއް ވެސް ގަންނަން….“ މިންހާގެ ކޮނޑަށް އަތް ވައްޓާލަމުން ޒަފޫ ވާހަކަދެއްކިއެވެ.
ފިހާރައަކާ އަރާ ހަމަވުމާއެކު ޒަފޫ އެތެރެއަށް ވަނެވެ. މިންހާ މަޑުކޮށްލީ ބޭރުގައެވެ. އެވަގުތު ފަހަތުގައި ބަޔަކު ތިބިހެން ހީވެގެން މިންހާ ފަހަތް ބަލާލިއެވެ. އެހެނަސް މީހަކު ފެންނަން ނެތުމުން އެއީ ހީވި ހީވުމެއް ކަމަށް ނިންމިއެވެ. އަނެއްކާވެސް ފަހަތުން ބައެއްގެ ހިލަމެއް ވިހެން ހީވެގެން ސިހިފައި މިންހާއަށް ފަހަތް ބަލާލެވުނެވެ. މިފަހަރުވެސް މީހަކު ފެންނާކަށް ނެތެވެ.
” ކޯޗެއް މާ ވަރަކަށް ތިހޯދަނީ؟؟“ފިހާރައިން ނިކުންނަމުން ޒަފޫ މިންހާގެ ކޮނޑުގައި އަތުން ޖަހާލިއެވެ. އެއާއެކު ސިއްސައިގެން ގޮސްފައި މިންހާއަށް ހަޅޭއްލަވައިނުގަނެވުނީ ކިރިޔާއެވެ.
” ކޮންމެވެސް ބަޔަކު ފާރަލާހެން އަހަރެންނަށް ހީވަނީ…“ ފަހަތަށް އިޝާރާތްކޮށްލަމުން މިންހާ ބުނެލިއެވެ.
“ ސާބަސް.. ނެތޭ މީހަކު.. ތިވާނީ ހީވި ހީވުމަކަށް…“ މިންހާ އިޝާރާތްކުރި ދިމާލަށް ބަލާލަމުން ޒަފޫ ބުނެލިއެވެ. ހަވީރުގެ ވަގުތެވެ. ޓެސްޓު ނިންމާލުމަށްފަހު ރޭޝަމް ދިޔައީ ޒާހިދާއެކު ސްކޫޕަށެވެ.
“ ރޭޝަމް އެންމެ ލޯބިވަނީ ކާކު ދެކެ؟“ ޒާހިދު ރޭޝަމްގެ މަޑު އަތްތިލައިގައި ހިފާލިއެވެ.
” މަންމަ ދެކެ…“ ރޭޝަމް ހިނިތުންވެލިއެވެ.
” ތީގެ މާނައަކީ އަހަރެން ދެކެ ނުވެޔޭ ދޯ އެހާ ބޮޑަކަށް…“ ޒާހިދު ރުޅި މޫނު ހަދާލިއެވެ.
“ ހެހެ.. ނޫނޭ.. ޒާހިދު ދެކެވެސް ވަރަށް ބޮޑަށް ލޯބިވޭ.. ބަޓް ފޯރ މީ.. މައި މަމް ކަމްސް ފަސްޓް.. މަންމަ ނެތް ދުނިޔެއެއްގަ އަހަރެންނަކީ ނެތް މީހެއް…“ ރޭޝަމްގެ ދެލޯ ފެންކަޅިވިއެވެ.
“ ހޭއި… އަދި ރޯވަރު ކަމެއް ނުވޭނު…“ ޒާހިދު ރޭޝަމްގެ ކޮލުގައި ހިފާލިއެވެ.
“ އަސްލު ބުނަންތަ ވާހަކައެއް… މަންމަ ނެތް ދުވަހަކުން ވާނެ ގޮތް ހިތަށް އަރާފަ ވަރަށް ދެރަވޭ.. ރޮވެން ވެސް ރޮވޭ… ހާދަ ބޮޑު ނިއުމަތެކޭ މަންމައަކީ… އަހަރެންނަށް އިނގޭ މަންމަ އަހަރެން ބަލާ ބޮޑުކޮށްފަ މިހިރީ ކޮންފަދަ ނިކަމެތި ހާލެއްގަ އުޅެގެންކަން، ކިހާ ބުރަ މަސައްކަތެއް ކޮށްގެންކަން… އަހަރެން ކިޔަވައިގެން ރަށަށް ދާ ދުވަހަކުން މަންމަ ވަރަށް އުފާވާނެ… އަވަހަށް އެދުވަސް އަންނާނެ ނަމަ ދޯ“ ރޭޝަމްގެ ދެލޮލުން ކަރުނަ ފާއްދާލިއެވެ.
“ ހްމް އައި އަންޑަސްޓޭންޑް ޑިއަރ.. ދެން ނުރޮއި ތި އައިސްކްރީމް ކާންފަށާބަލަ… މެލްޓްވަނީ ތިއޮށްގެން…“ ޒާހިދު ހިނިތުންވެލިއެވެ.
” ހަލޯ.. ދަރިފުޅާ …ކޮންތާކު؟“ ނަރީމާ ލޯތްބާއެކު އަހާލިއެވެ.
“ ގޭގަ މިއުޅެނީ.. މަންމަ ހާދަ ލަސްކޮށްފަ ތިގުޅާލީ.. އަނެއްކާ ކަމެއް ގޯސްވީތަ؟“ ރޭޝަމް ބެލްކަންޏާ ދިމާލަށް ހިނގައިގަތެވެ.
” ނޫނޭ ދަރިފުޅާ… ކަމެއް ގޯސްވީކީ އެއްނުން …މަންމަ މިރޭ މާ ބޮޑަށް ދަރިފުޅު މަތިން ހަނދާންވާތީ ހަމަ ގުޅާލީ ނުނިދިގެން…“ ނަރީމާގެ އަޑު ބެ ދުނެވެ.
” މަންމާ.. އަހަރެންވެސް މިރޭ މަންމަ މަތިން ވަރަށް ހަނދާންވޭ އެބަ…. ހިތަށް އަރާ މަންމަ ފެންނާނެ ނަމައޭ.. ނޭނގެ ކީއްވެކަމެއް.. ފާޑަކަށް ހިތް ބިރުގަންނަނީ…“ ރޭޝަމްގެ ހިތުގެ ވިންދު އާދަޔާ ޚިލާފަށް އަވަސްވަމުންދިޔައެވެ.
“ ދެން އަވަހަށް ޝަހާދަތް ކިޔައިގެން ނިދަން ދޭ.. މަންމަވެސް ދެން ނިދަން މިއުޅެނީ…“ ނަރީމާ އޯގާތެރިކަމާއެކު ބުނެލިއެވެ.
“ އާނ.. ދެން ނިދަންވީ.. މަންމާ ކޮބާ އާމިރާއްތަ؟ ރަނގަޅުތަ؟“ ރޭޝަމް އަވަސް ރާގެއްގައި އަހާލިއެވެ.
“ އާމިރާ މިރޭ ވީ ޒަފޫމެން ގޭގަ.. ޒަފޫގެ މަންމަ ކައިރި ރަށަކަށް މިއަދު މުހިންމު ކަމަކު ދިޔުމުން ޒަފޫ ކައިރިއަށް ނިދަން ދިޔައީ…“ ނަރީމާ އެހެން ބުނެލަމުން ފޯނު ބާއްވަނީއޭ ބުނެ ފޯނު ކަނޑާލިއެވެ.
މޯޅިއަކަށް ދެމިލަމުން ރޭޝަމް ގޮސް ނިދަން އޮށޯތެވެ. އެވަގުތު ފޯނަށް ޒާހިދުގެ މެސެޖެއް އައެވެ. “ގުޑް ނައިޓް ސްވީޓް ހާޓް.. ވަރަށް ވަރަށް ލޯބިވޭ..“ މެސެޖް ކިޔާލުމާއެކު ރޭޝަމްގެ ފިނިފެންމަލެއްފަދަ ރީތި ދެތުންފަތަށް ރަކި ހިނިތުންވުމެއް ވެރިވިއެވެ. “އައި ލަވް ޔޫ ޓޫ..“ ޒާހިދުގެ މެސެޖަށް ރިޕްލައި ކޮށްލަމުން ނިދޭތޯ ރޭޝަމް ލޯމަރާލިއެވެ.
މެންދަމުގެ ހަމަހިމޭން ވަގުތެވެ. މުޅި ރަށުތެރެއަށްވެސް ވަނީ ހަމަހިމޭންކަމެއް ވެރިވެފައެވެ. މީހެއްގެ ހިލަމެއްވެސް ނުވެއެވެ. އެންމެންކަހަލަ ގޮތަކަށް އަރާމު ނިންޖަކުން ނިދާފައިވާކަހަލައެވެ. މިންހާވެސް އޮތީ ރަޖާގަނޑު ގައިގައި އަޅާލައިގެން އަރާމު ނިންޖަކުން ނިދާފައެވެ. އެހެނަސް މާ ގިނައިރަކު އެ އަރާމު ނިދީގެ ފޮނިކަމެއް މިންހާއަކަށް ނުލިބުނެވެ. ސިހިފައި މިންހާއަށް ހޭލެވުނީ ކައިރީގައި ބަޔަކު ތިބިހެން ހީވެގެންނެވެ. އެ ހޫނު، ކުޑަ ކޮޓަރިތެރޭގައި އޮތް ފަނޑުއަލިކަމުގެ ތެރެއިން އެއީ ކޮން ބައެއްކަން ސާފުވާގޮތެއް ނުވިއެވެ. “ދައްތާ..ދައްތާ!!!“ ބޭއިޚްތިޔާރުގައި މިންހާއަށް ނަރީމާއަށް ގޮވާލެވުނެވެ. ނަރީމާ އޮތީ ގޭތެރޭގައި ހުރި ފަތްޖެހި އެނދުގައި ނިދާފައެވެ. އެހެންކަމުން މިންހާ ކޮޓަރިތެރޭގައި އޮވެ ގޮވި އަޑު ނަރީމާއަކަށް ނީވުނެވެ.
ކުއްލިއަކަށް މީހަކު މިންހާގެ އަނގަމަތީގައި އަތް އެޅިއެވެ. އެއާއެކު ތެޅިގަނެފައި އެމީހާގެ ކިބައިން ސަލާމަތްވެވޭތޯ މިންހާ މަސައްކަތްކުރިއެވެ. އެހެނަސް އެމީހާ މާ ހުޝިޔާރެވެ.
” ގަދަ ހަދަން އުޅެގެން ލިބޭނެ އެއްވެސް ފައިދާއެއް ނެތް …ރީއްޗަށް އަހަރުމެން ބުނާ ގޮތަށް ކަންތައް ކުރީމަ ހަމަ ތީނައަށް ރަނގަޅުވާނީ..“ މިންހާގެ ފައިގައި ބާރަށް ހިފަހައްޓަމުން އެތަނުން އެކަކު ބަރު އަޑަކުން ބުނެލިއެވެ. އެއަޑު ކަންފަތުގަ ޖެހުމާއެކު މިންހާގެ އަތްފައި ތުރުތުރުއަޅަންފެށިއެވެ. އެއީ މިންހާއަށް އާ އަޑެއް ނޫނެވެ. އެއީ މީގެ ކުރިންވެސް އެތައް ފަހަރަކު މިންހާއަށް އިވިފައިވާ އަޑެކެވެ.
“ ބޮސް އަންގާފަ އޮތީ ކަލޭ ގޮވައިގެން މާލެ އަންނަން.. ކަލޭ އެއްބަސްނުވެއްޖެއްޔާ ކަލޭގެ ދުވަސް ދުއްވާލަން އަންގާފަ އޮތީ… ކޮންގޮތެއް ކަލޭ ބޭނުންވަނީ؟“ އަނެއްކާވެސް ހަމަ އެބަރު އަޑެވެ. އެމީހުންނަކީ އަސްލަމް ފޮނުވައިގެން އައި ބައެއްކަން މިންހާއަކަށް އޮޅިފައެއް ނެތެވެ.
“ ވަގުތު ހިނގަމުން އެބަދޭ …އަވަހަށް ގޮތެއް ނިންމާ!!!“ މިންހާގެ އިސްތަށިގަނޑުގައި ބާރަށް ހިފަހައްޓާލަމުން އެމީހާ ރުޅިވެރިކަމާއެކު ވާހަކަދެއްކިއެވެ. ނޫނެކޭ ބުނުމުގެ ގޮތުން މިންހާ ބޯ ހޫރުވާލިއެވެ. އެފަދަ ރަހުމްކުޑަ ގޮތަކަށް ނިމިދާން އެދޭނީ ފަހެ ކާކު ހެއްޔެވެ؟ އެހެނަސް އެއަނިޔާވެރިކަމުގެ ޝިކާރައަކަށް ރެއާއި ދުވާލު ވުމަށް، އެމީހުންނާއެކު ދިޔުމަށްވުރެ މަރުވުންވެސް މިންހާއަށް މާ ރަނގަޅެވެ.
” ނުދާނަން …ނުދާ..ނަ..ން…“ މިންހާއަށް ވާހަކަދެއްކުނީ ވަރަށް އުނދަގުލުންނެވެ. މިންހާގެ ދުލުން އެބަސްތައް ބޭރުވުމާއެކު އެތަނުން އެކަކު އޭނަގެ ކޮނޑުގައި އޮތް ދަބަހުން އެއް ފޫޓުގެ ދިގު ވަޅިއެއް ނެގިއެވެ. އަދި މިންހާއާ ދިމާލަށް ދެތިން ފިޔަވަޅު އަޅާލިއެވެ. އެއާއެކު ދެން ތިބި އެންމެން ވެގެން މިންހާ ހިފަހެއްޓިއެވެ. ހަޅޭއްލަވަން އުޅެ އުޅެ މިންހާގެ އަރުތެރެއިން އެންމެ ބަހެއް ވެސް ބޭރެއް ނުވިއެވެ. ކުއްލިއަކަށް އެތަނުން އެކެއްގެ ފޯނު ރިންގުވާންފެށިއެވެ.
“ އޭނަ މަރާނުލާ މިކޮޅަށް ގަދަކަމުން ވިޔަސް ގެނޭ.. އަހަރެން ބޭނުމީ އެތައް ލޭކަރުނައެއް އޭނަގެ ދެލޮލުން އޮހޮރުވާފަ އޭނަ މަރާލަން…“ އެކޮޅުން ވާހަކަދެއްކީ އަސްލަމްއެވެ.
“ ސްޓޮޕް އިޓް… ވީ ހޭވް ޓު ކީޕް ހާރ އެލައިވް.. އިޓްސް އެން އޯރޑަރ..“ ފޯނު ޖީބަށް ލަމުން އެމީހާ ބުނެލިއެވެ. އެއާއެކު އެމީހުން މިންހާގެ އަތާ ފަޔާ ބަނދެލިއެވެ. އަދި މިންހާގެ އަނގަމަތީގައި ފޮތިކޮޅެއް އައްސާލިއެވެ.
އިތުރު ވަގުތު ބޭކާރުނުކޮށް އެކޮޓަރިން މިންހާ ނެރުމަށްފަހު ގޭގެ ބޮޑު ދޮރާ ދިމާލަށް އެމީހުން ހިނގައިގަތެވެ. ރޮވިފައިވާ ހާލު ނިދާފައި އޮތް ނަރީމާއަށް މިންހާ ބަލާލިއެވެ. އެހީއަށް އެދި ގޮވަން ބޭނުންވިޔަސް އެފުރުސަތެއްވެސް މިންހާއަކަށް ނެތްކަހަލައެވެ. (ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
69 Comments!
Comments are closed.



.wow.varah reethi
thanks hairaan
congra ur first
noooooo… plc save minha…emyhun ekujja maraa laane…insaanun sifaiga thibi janavaarun thakeh…i hate these people s …police vc nulhey tha dhn…birugannany …hyvany hama aslu hn…mi e …alhe mi vaahakaige mi part vc vrh lwbi..
thanks unaal
Adhi 20 vana baaves update kohlàa
mirey noony haveerun up vaane
Dhen vaane gotheh ge inthixaaruga..
Salhi gothakah next part libeyne kamuge unmeedhuga..
Mi part ves varah reethi..
Keep it up…
thanks meena
Vvvvvv varah reethi….
Oh nooooo…..????v.nice
thanxxxx
Starfish kihineh thi hedhee rasham moyavaane minhath ah kameh vehjje ya ?mi part ves varah reethi masha’allah ????????
thanks mary
This game is so interesting.love it.hehehe
hihihihi tanks aakko
Vrh salhi mi part vess… Dhn kithah part othy nimen…?? Whn next part..?? Waiting….
6 varakah part hen hyvani
next part mirey
thanks
Plz save minha! Intresting story
thanks rose
Koniraku 20..
mirey
Minha vythaneh aslam gaathu buny zaahidh egehjeyya reysham vrh rulhi annaane dhw!!!! ??? story vrh reethi ……Waitin…. When is next part???????
thanks kyaara
20th part dhigukohgenes dhehche plz mi part maa kuru! V nice story
mipart vx innany kurin gehna varah genesdheefa
thanks rose
Mi partvx v nice.. Ekamu minhaa ah dgera gotheh nahadhahchey?
thanks zoya
Alhey hadharychey Minha yah dheragotheh nuhadhahchey
thanks any
Mi part vex v v reethi keep it up
thanks shai
Reysom dheke zaahidhu vany konkahala loaibeh baa.aslam ge kanthah falhaa aruvaalabala eyrun nice vaane
Wow, Masha Allah.. Loabikan mibaives.. V molhu igey n ehaame furihama.. Mi story nimunas ehen story eh fashchey igey.. Luv u
thanks thanks shann
Mivarehhh neh vvvvv salhi ❤️❤️❤️????
thanks anaa
v salhi mi prtves mi vaahaka kiyaairu abaduves hithah arany dhen vaany kihineh baaey.heevany story therey ga ulheveyhen. Starfish haadha molhey masha allah.
thanks nadha
Alhey haadha dherae?. Minhaa ah dheragotheth nuhadhachey pls. Mifaharuves resham minhaa slaamaikoh dhey thi. Thee varah gadha kuhjehnu dho. Vaahakaige mibaives varah salhi. 20vanabaige inthixaaruga mihuree☺
thanks
hear is part 19 enjoy
It’s awesome
When is the next part
tanks
tonight
6vana ey..alhe starfish haadha avahakah thininmany.
6 hen hyvany
ekam 8 varakah part ove dhaane adhi
Haadha kurey mi bai… Ekam v Rythi…. Waiting for next part….. ❤❤❤❤
aanmukoh part laa vararah mi part vs myni
tanks naaanu
Mi part ves v nice
tanks zahee
Alhey plx plx save minhaa ??????????
Haadha Haadha Haadha next part kiyaa hihve Ey….
And thy sana ge v loabi frndeh mihaaru……..
Abadhuves hurevenee mi lovely story up veytho balabala I love this story and you are number one writer………
Keep it up ??????
tanks sana 4 the lovely comment
Thee girl starfish eh tha noonee boy star fish ehtha?
girl eh…hihihihihii
Nice …. waiting for next part
tanks
Salhi ingey starfish..Ekam mi part thankolheh kuru kamah faahanga kurevey..Dhn part eh dhigu kollevidhaane tha? And 20 th part miadhu up koh dhevidhaanetha? 20 th part ves miadhu up koh dheefiyya alhugandu varah ufaa vaane.just cant wait to read the next part…Komme gotheh viyas Reysham and Zahid ah dhera gotheh nahadhahchey ingey starfish..Hpoe that i will get the chance of reading the 20 th part also today..
ps: i am a beeeeg fan of you , starfish..Love u so much..Ummwaaax
hihihihiihi
thanks mazu
mirey up vaane 20th bai
20 th part mirey up koh dhevenyaa kon irakun kamah lafaa kureveny up vaane kamah?? Pleeeex starfish 20 th part thankolheh dhigu kohlahchey ingeyyy…
sry maaz ehaa dhigeh nukureveyne ekam hama kohnme parteh ihna varah innane dhigu min
hyvany 8 ge kurin up vaane hen
v,teethi mi vaahaka Mumbai ves ehaareethi ekam haadha kurey minhaa salaamai vaanetha
thanks azoo
kon mumbai reehchey thibuny kyhve?
E buny mi bai ves reethi vaahaka kanneynge dhw starfish..Typin error eh kamah vedhaane nu dhw
Alhe minhaa maraa nulahchey….eyna salaamai kurey…thi aslamu minhaa dheke lobivaa goi hadhaa….
Wow mi part ves hama varah reeethi…next part ves varah salhi vaane kamah unmeedhu kuran☺ starfish haadha molheyy aslu ????
thanks reeks
And starfish kon rashehge kon age ehge kujjehtha thy? varah ingen beynun …Ahaaly ingey hama… :*
hihihihihih
personal info eh nudheveyne
thanks mazu
my first comment here.. story is vvvvnice.. plx minha salaamaiy kohdhehchey knmes gothakun.. ehnve comment kurnaves eha pressure eh mi ai. Minha maraalafaanethy :((((
hihihihi
thanks